Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (16)

Dheem&Eekku Level 410 Stories100 Login500 Login
March 15, 2021 6 Mins Read
0 Comments

“ޔީޝާ…!” ފިރިހެނެއްގެ އަޑަކަށްވުރެވެސް ބަރު އަޑަކުން އޭނާގެ ނަމުން މީހަކު ގޮވާލިއެވެ. އެއަޑު އިވުނު ގޮތުންވެސް އެއަޑުގެ ވެރިޔާ ހުރީ އޭނައާ ނުހަނު ކައިރީގައިކަން ޔީޝާއަށް ދެނެގަނެވުނެވެ. ސިހިފައި ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. ދެލޯ ހުޅުވާލި ވަގުތު ގައިމަތީ އޮތް ކަޅުއެތި ފެނިފައި ޔިޝާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުގަނެފައި ހުރި ވަރުން ޔީޝާގެ އަނގައިން އެންމެ އަޑެއްވެސް ބޭރެއް ނުކޮއްލެވުނެވެ. ދެލޯ ބޮޑުކޮއްގެން ޔީޝާއާ ދިމާއަށް ބަލަން ހުރި މަހުލޫގުގެ މޫނުމަތީވަނީ ރުޅިވެރިކަމެވެ. އެބިރުވެރި ސިފައިގައި ހުރި އެއްޗާ ދިމާއަށް ނުބަލަން ޔީޝާ ދެލޯ މަރާ ބަރުކޮއްލިއެވެ. ޔީޝާގެ ދެލޯ ފޫދުއްވާލާފައި ރޮނގަގަށް ކަރުނަ އޮހިގަތެވެ. ތުން ފިއްތައިގެން އޮވެ ޔީޝާއަށް ރޮވެމުން ދިޔައީ އަނގައިން އެންމެ އަޑެއްވެސް ބޭރުކޮއްލަން ބިރުންނެވެ.

ޔީޝާ އެހެން އޮއްވާ އޭނާގެ މޫނާ ވަރަށް ކައިރިން ހޫނު ނޭވާ އިހްސާސް ވާން ފެށިއެވެ. އެ ބިރުވެރި އެތި އެހުރީ އޭނާއާ ވަރަށް ކައިރީކަން ޔީޝާއަށް ޔަގީންވިއެވެ.

*****

“އަހަރެންގެ ނަމަކީ ޒަބޫރިޝް..!” އޭތީގެ ބަރު އަޑު ޔީޝާގެ ކަންފަތް ބުޑުގައި ގުގުމާލިއެވެ. އެއާއެކު ޔިޝާގެ އަތުގެ ކުޑަހުޅުގައި ބާރަށް ހިފައްޓާފައިވާ އަތް ދޫވެގެން ދިޔައެވެ. ދެވަނަ ސިކުންތު އެކޮޓަރި ކުޑަދޮރު ވަރަށް ބާރަށް ކެހިގަތް އަޑު އިވުނެވެ. އެއަޑަށް ޔީޝާއަށްވެސް ސިހިފައި ތެދުވެވުނެވެ. ނިދިން ހޭލެވުނު އިރު ޔީޝާއޮތީ ދާހިއްލާ ފޯވެފައެވެ. ތެޅެމުން ފޮޅެމުން ގޮސް އަވަހަށް ކޮޓަރި ބޮކިތައް ދިއްލާލިއެވެ. ކުރީ ރެއެކޭ އެއްފަދައިން މިރޭވެސް ޔީޝާ ހޭލީ ބަރަހަނާ ހާލުގައެވެ. މިވަނީ ކިހިނެއް ކަމެއް ނޭނގިފައި ޔީޝާ އަވަސް އަވަހަށް އެނދުން ފާބައިގެން އައިސް ފާހަނައަށް ވަނެވެ. ފާހަނައަށް ވަދެ ގައިން ތުވާލި ނައްޓާލި ވަގުތު ޔީޝާއަށް ސިހިފައި ހަޅޭލަވައި ގަނެވުނެވެ. އޭނާގެ ދޮން ހަންގަނޑުގައި ރަތްވެފައި ހުރި ނިޝާންތަކެއް ހުއްޓާ ފެނުމުންނެވެ. ކަރު ދަށުގަޔާއި މޭަ މަތީ އަދި ބަނޑުގައިވެސް އެ ނިޝާންތައް ހުރީރު ފެންނަ މީހަކު ހައިރާންވާނެކަން ގައިމެވެ.

“އަނެއްކާ ހުސްގަޔާ އޮތްވާ މަދިރި ހެފީބާ..” އެތައް އިރަކު ވިސްނުމަށް ފަހު ޔީޝާގެ ސިކުނޑިއަށް އައި އެއްޗަކީ އެއީއެވެ. އެނޫންގޮތަކަށް އޭނާގެ ހަށިގަނޑުގައި މިފަދަ ނިޝާނެއް ހުންނާނެ ގޮތެއް ޔީޝާއަކަށް ނުވިސްނުނެވެ. ގަޔަށް ފެންއަޅާ ތާޒާ ވެލައިގެން ފާހަނައިން ނުކުންނަން ހިނގައިގަތް ވަގުތު ޔީޝާގެ ބަނޑުގެ ކޮޅަށް އެރީ ދިލަ ތަދެކެވެ. ބުރަކައްޓަށާއެކު އަރައިގަތް އެ ތަދުން ޔީޝާއަށް ކަކޫ މައްޗަށް ތިރިވެވުނެވެ. ބަނޑު ކޮޅުގައި އަތް އަޅާލެވުނު އިރު ޔީޝާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.

ފާހަނަ ތަޅުން ގަނޑުމަތިން ތެދުވުމަށް ދޮރު ކަނީގައި ޔީޝާ ހިފާލިއެވެ. ހިތްވަރު ކުރަމުން ޔީޝާ ހިނދެމިލި ވަގުތު ޔީޝާގެ ފައިން ލާފައި ތެތް އެއްޗެއް ތަޅުންގަނޑު މައްޗަށް ފޭބިއެވެ. ދެލޯ ބޮޑުކޮއްލާފައި ތަޅުންގަނޑު މައްޗަށް ބަލާލިއިރު ހުދުކުލައިގެ ތަޅުންގަނޑު މަތީގައި ވަނީ ހުސް ލެޔެވެ. ޔީޝާގެ ބަނޑުގައި މިހާވަރަަށް ރިއްސަން ފެށި ސަބަބެއް އޭނާއަށް ރޭކާލީ ދެނެވެ.

ފާހަނައިން ނުކުމެ ޔީޝާ ހެދުން ލިޔެވެ. އަދި އެނދުމަތީ އޮތް ރަޖާ ގަނޑާއި ފޮތިގަނޑު ނަގާ ގުޅައަކަށް ކޮޓަރި އެއްކަނަކަށް އަޅާލިއެވެ. ބާލިސް ދަށުގައި އޮތް ފޯނު ހިފައިގެން އައިސް ޔީޝާ އިށީނީ އަފާގެ އެނދުމަތީގައެވެ. ފޯނުން ކަލަންޑަރު ހުޅުވާލާފައި ޔިޝާ އެދުވަހުގެ ތާރީހު ބަލާލިއެވެ.

“ހާދަ އަވަހަކަށް މިމަހު..؟” އާންމުކޮށް ޔީޝާ ހައިޟުވާ ދުވަސް ގާތް ނުވާތީ ޔިޝާ ހައިރާންވިއެވެ. ނަމަވެސް އެއީ ބައެއްފަހަރު ވެދާނެ ކަމެކޭ ހިތަށް އަރާފައި ޔީޝާ އެކަމަކާ އަޅައެއް ނުލައެވެ. އަނެއްކާވެސް ނިދޭދޯ އެނދުމަތީގައި ޖައްސާލިއެވެ. އެތަށް އިރަކު ފުރޮޅިލަ ފުރޮޅިލަ އޮއްވާ ޔީޝާއަށް ނިދުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ.

 

ރޭގައި ގިނައިރު ނުނިދާ އުޅުމުން ޔީޝާއަށް ހޭލެވުނީ ވަރަށް ލަހުންނެވެ. ކަންނެތް ގޮތަކަށް އެނދުމަތިން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އޭރު މިސްކިތުގައި ހުކުރު ކުރަމުން ދާ އަޑު އިވެމުން ދިޔައެވެ. އެނދުމަތީ އޮތް ރަޖާ ގަނޑާ ބާލިސްތަށް ތަރުތީބުކޮއްލާފައި ޔީޝާ ކޮޓަރީގެ އެއްފަރާތެއްގައި ހުރި ހެދުން އަލަމާރި ކައިރިއަށް ޖެހިލިއެވެ. ކޮނޑުގައި އަޅުވާފައި ހުރިތަނުން ހެދުމަކާ ޖިންސެއް ނަގާފައި އެބުރުނު ވަގުތު ކުޑަދޮރު ކައިރިއަށް ނަޒަރެއް ހިންގާލެވުނެވެ. އެޔާއެކު ބޭއިހްތިޔާރުގައި ކުޑަދޮރާ ދިމާއަށް ހިނގާ ގަނެވުނެވެ.

އެއްފަހަރު ހުޅުވިފައިވާ ކުޑަދޮރަށް އަނެއްފަހަރު ހުދުކުލައިގެ މުށިގަނޑު މަތީ ހުރި ކިލާ ފިޔަވަޅުތަކަށް ޔީޝާއަށް ބަލާލެވުނީ ހައިރާނުގެ ނަޒަރަކުންނެވެ. އެފިޔަވަޅުތަށް ހީވަނީ ކިލާ ފަޔަކުން ތެތް މުށިގަނޑު މައްޗަށް އެރުމުން ހުންނާނެ ފަދަ ފިޔަވަޅުތަކެއް ހެނެވެ. އެފިޔަވަޅުތަށް އެތާ ހުންނަންވީ ސަބަބެއް ޔީޝާއަކަށް ނުވިސްނުނެވެ. އަނެއްކާ ޔީޝާއަށް ނޭނގި މީހަކު އެކޮޓަރިއަށް ވަނީބާއެވެ. ނަމަވެސް ދެވަނަ ސިކުންތު އެ ޝައްކު ފުހެވިގެން ދިޔައީ ކުޑަދޮރުން ލާފައި އެކޮޓަރިއަށް މީހަކަށް ވަންނަން އުނދަގޫވާނެތީއެވެ. އެއީ ދެވަނަ ފަންގި ފިލާގައި ހުންނަ ކޮޓަރިއަކަށްވެފައި ފާރުން ލާފައި އެރޭނެ ގޮތެއްވެސް ނޯންނާނެތީއެވެ.

ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަށް އެއްފަރާތް ކޮއްލަމުން ޔީޝާ ފާހަނައަށް ވަނީ މެންދުރު ކެއުމަށް ދާނިޝްމެން އުޅޭ ބަޔަށް ދާން ތައްޔާރު ވާށެވެ. ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރު ވުމަށްފަހު ޖިންސުގެ ފަހަތު ޖީބަށް ފޯނު ޖަހާލަމުން ޔީޝާ ކޮޓަރިން ނުކުތެވެ. ދޮރު ކައިރީ ހުރި ހަރުން ފައިވާނެއް ނަގާ އަރާލަމުން ޔީޝާ ދޮރު ހުޅުވާލިއެވެ. އެވަގުތު ދޮރު ކުރިމަތީ ހުރި ދާނިޝް ފެނިފައި ޔީޝާ ސިއްސައިގެން ގޮސް ތޫލި ހަޅޭކެއް ބޭރުކޮއްލެވުނެވެ.

“ސާބަހޭ.. މީމަށޭ.. ބިރުގަތީތަ؟” ޔީޝާއަށް ވީގޮތުން ހެވިފައި ދާނިޝް އަހާލިއެވެ.

“ދެން އެނގޭނެތަ މިހާ ހިނދަށް މިތާ ހުންނާނެ ކަމެއް.. ވަރަށް ފޫހިވޭ” ދާނިޝް އޭނާ ބިރުގަންނަވާލުމުން ފުސްމޫނު ހަދާފައި ޔީޝާ ދޮރު ލައްޕާލުމަށް ފަހު ސިޑިން ތިރިއަށް ހިނގާގަތެވެ.

“ރުޅިއައީތަ؟ އަހަރެން ގަސްތުގަ ޔީޝް ބިރުގަންނަވާލީކީ ނޫނޭ” ޔީޝާގެ ފަހަތުން ހިނގާ ގަންނަމުން ދާނިޝް ބުނެލިއެވެ. އާދައިގެ މަތިން އެމީހުން ކޯޅޭ ކޯޅުމުގައި ދެމީހުން ސިޓިން  ރޫމަށް ވަދެގެން ދިޔައިރު އެހެން މީހުން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.

 

“ޔީޝް ހިނގާ ހިނގާލަން ދާން..” ނިހާ މެންނާއެކު ފިލްމު ބަލަން ތިބެފައި ޔީޝާއާއި ދާނިޝް ބޭރަށް ނުކުމެލިއިރު ހަވީރު ވެއްޖެއެވެ. ދެމީހުން އެކަނި ވެލުމަށް ދާނިޝް ހިޔާލު ދިނީ އެހެންވެއެވެ. ހިނގާލަން ދިއުމުގެ ކުރިން ކުޑަކޮށް ރީތިވެލަން ބޭނުން ކަމަކަށް ބުނެ ޔީޝާ ކޮޓަރިއަށް ދިޔުމުން ދާނިޝްވެސް ޔީޝާގެ ފަހަތުން މައްޗަށް އެރިއެވެ. ޔީޝާ ކޮޓަރިއަށް ވަނުމުން ދާނިޝް މަޑުކޮއްލީ ސޯފާގައެވެ.

ތުންފަތުގައި ލިޕް ބާމު ކޮޅެއް އުނގުޅާލާފައި ދެތުންފަތް ކާއްތާލަމުން ޔީޝާ ފަހު ފަހަރަށް އަމިއްލަ ސޫރަ ބަލާލިއެވެ. ބާނިލާފައިވާ އޭނާގެ ފަން އިސްތަށިގަނޑު ތެރެއިން އަތް ހިނގާލަމުން އިސްތަށިގަނޑު ރީތި ކޮއްލިއެވެ. އަދި ރީތިވާ މޭޒުމަތީ ހުރި މުށި ސެންޓު ފުޅި ނަގާ ގަޔަށް ޖަހާލިއެވެ. ހިތް ހަމަ ޖެހޭވަރަށް ރީތި ވެލުމަށްފަހު އެނބުރި ދާނިޝް ކައިރިއަށް ދާން ހިނގައިގަތް ތަނާ ޔީޝާގެ ބަނޑުގައި ހީވީ މީހަކު ގޮށްމުށުން ޖެހިހެނެވެ. ކުއްލިއަކަށް ބަނޑުކޮޅަށް އަރާގަތް ތަދަކުން ޔީޝާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބަނޑަށް އެރި ތަދު ކުރިއަށް ވުރެ ގަދަވާން ފެށުމުން ދެކަކުލު ހުޅުން ބާރު ދެރަވެ ޔީޝާ ބިންމައްޗަށް ތިރިވިއެވެ. ބަނޑު ކޮޅުގައި އަތް އަޅައިގެން ހުރި ޔީޝާގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔައީ ބޭއިޙްތިޔާރުގައެވެ.

ފޯނާ ކުޅެން އިން ދާނިޝްގެ ކަންފަތުގައި އެއަޑު ޖެހުމުން ހާސްވެފައި ޔީޝާގެ ނަމުން ގޮވަމުން ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރު ބޮޑަށް ހުޅުވާލާފައި އެތެރެއަށް ވަތްއިރު ތަޅުންގަނޑު މައްޗަށް ތިރިވެ އިން ޔީޝާ ފެނި ދާނިޝް އެދިމާއަށް ދުއްވައި ގަނެވުނެވެ. އޭރު ބަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުވެގެން ޔީޝާއަށް ރޮވެނީއެވެ.

“ޔީޝް ކިހިނެއްވީ؟ ކިހިނެއްތަވީ؟” ދަނިޝް ހާސްވެފައި އަހަމުން ދިޔައެވެ. އަދި ޔީޝާގެ އަތުގައި ހިފާ ނަގަން މަސައްކަތް ކުރިއެވެ.

“ބަނޑު… ބަނޑަށް ތަދުވަނީ”  ޔީޝާއަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.

“ދެންވެސް ބިންމަތީގަ ނީންދެ ހިނގާ އެނދުގަ އޮތްތާލަން.. ބިންމަތިން ތެދުވެބަލަ” ދާނިޝް އެހެން ބުނުމުން ޔީޝާ ބޯޖަހާލަމުން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް ކޮޅަށް ހުރުންވެސް ބޮޑު ވޭނަކަށް ވިއެވެ. ކަކުލުން ތިރީގައި އެއްވެސް ބާރެއް ނެތްފަދައެވެ

ޔީޝާއަށް ހިނގަން އުނދަގޫވުމުން ދާނިޝް އެއްވެސް އުނދަގުލަކާ ނުލާ ޔީޝާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އަދި އަވަހަށް ގެންގޮސް އެނދުމަތީ ބޭއްވިއެވެ.

“ޔީޝް.. ހިނގާބަ ބޭސްކާން.. ޕެއިން ކިލާސް އެބަހުރިތަ؟” ދާނިޝް އެހެން ބުނުމުން ޔިޝާ ލިޔާ މޭޒު ވަތްގަނޑަށް އިނގިލި ދިމާކޮއްލިއެވެ.

ބޭސް ކެއުމަށްފަހު ޔީޝާގެ ބަނޑަށް ލުޔެއް ލިބުނުއިރު އިރުއޮއްސިއްޖެއެވެ. އެއީ އެހާބޮޑު ކަމެއް ނޫންކަމަށް ބުނެ ޔީޝާ ދާނިޝް ފޮނުވާލަން މަސައްކަތް ކުރިނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް ޔީޝާއަށް ދުރަށް ޖެހިލާކަށް ދާނިޝް ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް މަގްރިބަށް ގޮވަން ކައިރި ވުމުން ދާނިޝް މިސްކިތަށް ދާން ދިޔައެވެ.

އިޝާ ނަމާދުން ފޭބުމުން އެރެއަށް ފިހާރަތަށް ހުޅުވަން ވާއިރަށް ޔީޝާ ތައްޔާރުވީ ގަންނަން ޖެހޭ ބައެއް އެއްޗެހި ހުރުމުން ފިހާރަތަކަށް ވަދެލާށެވެ. އޭރު ޔީޝާގެ ބަނޑުގެ ރިހުންވެސް ކެނޑިއްޖެއެވެ. ގަޑިން 8 ގަޑި ބައި ވަނިކޮށް ޔީޝާ ގެއިން ނުކުމެ އެރަށުގެ ފިހާރަތަށް ގިނަ ހިސާބަށް ހިނގާގަތެވެ.

ރޭގަނޑުގެ ހަމަ ހިމޭންކަން ނަގާލަމުން ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު މަޑުކޮއްލީ އެރަށުގައި މީހުން ނޫޅޭ ހިސާބުގައި ހުރި ފަޅުގެޔެއް ކައިރިއަށެވެ. އޭރު އެހެން ސައިކަލެއްވެސް އެތަނަށް މަޑުކޮއްގެން ހުއްޓެވެ. އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް ވައްޓާލުމަށްފަހު ފައިން އަރާ ޗިސް ޗިސް ކޮއްލުމަށްފަހު އަޒާން އެމީހުނާ ދިމާއަށް ހިނގާގަތެވެ. އަޒާން އައިސް އެމީހުނާ ހަމަޔަށް އެރުމުން ސައިކަލު މަތީ ތިބި ދެމީހުންވެސް ސައިކަލުން ފޭބިއެވެ. އެކަކުގެ އިސްތަށިގަނޑު ކޮނޑަށްވުރެ ދިގުކޮއްފައި ހުރިއިރު އަނެއް މީހާގެ އިސްތަށިގަނޑު ވަނީ ތުނިކޮށް ކޮށާފައެވެ. ދެމީހުންގެ ކަރުގައި އަޅާފައިވާ ހުރި ޗޭނުތަކާ ލައިގެން ހުރި އެއްޗެހިން އެއީ ރަނގަޅު ގޮތަކަށް އުޅޭނެ ބަޔެއް ނޫންކަން ހާމަވެއެވެ.

“ކޮބާ މަގޭ އެތިކޮޅު؟” އަޒާން އެހެން ބުނީ ވަރަށް ނުރައްޓެހި ކޮށެވެ.

“ފުރަތަމަ ލާރިކޮޅު ގެނޭ.. ކަލޭ ލާރިކޮޅު ނުދީ ބަޗާފިއްޔާ ދުވަސް ދުއްވާލާނަން” އެމީހާ އެހެން ބުނެފައި އަޒާންގެ ބޮލުގައި ފުއްޓައްކެއް ޖެހިއެވެ.

“ދެންވެސް ދީބަލަ އަވަހަށް.. ކަލޭ މެނޭނުން މަގޭ އަތުން ލާރިކޮޅު ކަޓުވާލާފަ އެތިކޮޅު ހަމަޔަށް ނުދިނީ.. ” އެމީހާގެ އަތް ފޮޅުވާލަމުން އަޒާން އެހެން ބުނީރު ހުރީ ރުޅިއައިސް ރަތްވެފައެވެ.

“މިގޭ ބިއްދަށު ފާރުގެ ލޯވަލަކަށް ޖަހާފަ އިންނާނެ.. ލާރިކޮޅު ގެނޭ އަވަހަށް” އެމީހާ އެހެން ބުނުމުން އަޒާން ޖީބުން ރަތްކުލައިގެ ދެނޫޓޫ ދިއްކޮއްލިއެވެ.

އެމީހާ އޭގައި ހިފުމަށް ފަހު އަވަހަށް ސައިކަލަށް އެރިއެވެ. އަޒާންވެސް އަވަސް ފިޔަވަޅުގައި އެގޭގެ ބިއްދަށަށް ހިނގާގަތެވެ. ފާރުގެ ލޯވަޅަކަށް ޖަހާފައި އިން ރަބަރު ކޮތަޅު ފެނުމުން އަޒާންގެ މޫނުމައްޗަށް ހިތް ހަމަ ޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ.

މީހަކަށް ފެންނަން ވާއިރަށް އަވަހަށް އަޒާން ފާރުބުރި މަތިން ފުންމާލައިގެން ގޮސް ފަޅު ގެގަނޑަށް ވަނެވެ. އެގޭގެ އެންމެ ބިއްދަށަށް ހުރި ކުޑަ ކޮޓަރިގަނޑަށް ވަދެ އަޒާން އެއް ކަނެއްގައި އުޑަފައިން އިށީނެވެ. ޖީބުގައި އޮތް ޕެކެޓު ނަގާ އޭގައި އޮތް ޕެނަޑޯލް ފާޑު ގުޅައެއް ނަގާ އަނގަޔަށް ލިޔެވެ. އަދި ސިނގިރޭޓެއް ނަގާ ރޯކޮއްލިއެވެ. ސިނގިރޭޓުގެ ދުންތަށް އަނގަޔާ ނޭފަތުގެ ތެރެއަށް ދަމައިގަތް ވަގުތު އަޒާންގެ ނޭވާ ހޮޅިއާ ނާރުތަށް ދުމުން ފުރިގެން ދިޔައެވެ. އަޒާންއަށް ނޭވާ ލާން އުނދަގޫވަމުން ދިޔަނަމަވެސް ހަމަ ބުއްދި ފިލައިގެން ދިޔައިރު ހިތަށް ނޭގޭ ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ. ނޭފަތް ދަމަމުން ކެއްސަމުން އަޒާން ފަޅުގެއިން ނުކުތް އިރު ކިރިޔަ ކިރިޔާ ކޮޅަށް ހުރެވެނީއެވެ. ވަޔާ ހެލެމުންދިޔަ ރުކެއްހެން ދެފަރާތަށް ހެލެމުން އަޒާން ހިނގަމުން ދިޔައިރު ފެންނަ މީހަކަށްވެސް އަޒާން މިހާރު އެހުރީ މަސްތުގެ ހާލަތުގައިކަން ޔަގީން ވާނެއެވެ.

ދެއަތް ބަރާ ވާވަރަށް ކޮތަޅު ތަކެއް ހިފައިގެން ޕޭމެންޓު މަތިން ހިނގަމުން ދިޔަ ޔީޝާ އަޒާންގެ ލޮލުގައި އަޅައިގަތީ ދެނެވެ. ފަހަތުންވެސް އެއީ ޔީޝާކަން އަޒާންއަށް އެނގުނެވެ. އަޒާންގެ ނަޒަރު ޔީޝާގެ އުނަގަނޑުން ތިރީގެ ވަނާތަކަށް ހުއްޓިފައި ވާއިރު އަޒާންގެ ލޭ ނޭނގޭ ގޮތަކަށް ކެކެމުން ދިޔައެވެ. އިރު އިރުކޮޅާ ހިންދިރުވާލެވެނީ ކޯއްޗެއް ހިތަށް އަރާފައި ކަމެއްވެސް ނޭނގެއެވެ. ޔީޝާއާ އެއްހަމަ ކުރަން އަޒާންގެ ހިނގުން ބާރުކުރިއެވެ. ނަމަވެސް ބޮލަށް އަރާފައި ހުރި އެނބުރުމަކުން އަޒާންއަކަށް ބާރަކަށް ހިނގެނީކީވެސް ނޫނެވެ.

އާދައިގެ ވަރަކަށް ހިނގަމުން ދިޔަ ޔީޝާއަށް މީހަކު ފަހަތުން އަންނަހެން ހީވެގެން ފަހަތް ބަލާލި ވަގުތު ސިހިގެން ދިޔައެވެ. އަޒާން އައިސް ކައިރީ ހުންނާނެ ކަމަކަށް ޔީޝާ ހިޔެއް ނުކުރެއެވެ. އަޒާން ބަލަހައްޓައިގެން ހުރިގޮތުން ޔީޝާއަށް އުނދަގޫވިއެވެ. އެތަނުގައި ނުހުރުމަށް އަވަހަށް ހިނގާތް ވަގުތު އަޒާން ޔީޝާގެ އަތުގައި ހިފާ ދަމައިގަތެވެ. ކުއްލިއަކަށް އަޒާން އެހެން ހެދުމުން ޔީޝާ އަރި އަޅާލާފަައި އަތުގައި ހުރި ކޮތަޅުތައް ދޫވެގެން ދިޔައެވެ. ވެގެން އުޅޭގޮތެއް ނޭނގިފައި ހުއްޓަ އަޒާން އޭނާގެ އަތުގައި ހިފާ ދަމަމުން ގެންދިޔައީ ޖެހިގެން ހުރި ހަނި ގޯޅިއަށެވެ.

ސަލާމަތަށް އެދި ހަޅޭ ލަވައި ގަންނަން އަނގަ ހުޅުވާލިތަނާ އަޒާން ޔީޝާގެ އަނގަމަތީ އަތް އަޅާ ބާރު ކޮއްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ނިކަން ލޯބިން-11

Next

އަންނަންދެން ހުންނާނަން ލޯބިން 25

Next
March 15, 2021

އަންނަންދެން ހުންނާނަން ލޯބިން 25

Previews
March 15, 2021

ނިކަން ލޯބިން-11



All Right Reserved!