“ރާއިންގެ އަނގައިން ތިސުވާލުތަކަކަށް ޖަވާބު ނުލިބޭނެ ޒާޔާ މަރުވިޔަސް ޒަޔާން” ފަހަތުން އިވުނުއަޑަށް ރާއިންއަށާއި ޒަޔާންއަށް ބަލާލެވުނީ އެކީގައެވެ. ރާއިންގެ މޫނުމަތީގައިވީ ހައިރާންކަމެވެ. ޒަޔާން އަށް ޖަވާބުނޭނގޭ ސުވާލުތަކެއް އިތުރުވެގެންދިޔައެވެ. “ދޮންބެ” ވައި އަޑުން ރާއިން ބުނެލިއެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ދޮރުމަތީގައި ޝާން ހުއްޓެވެ. ރާއިންއާއި ދިމާއަށް ބަލަހައްޓައިގެނެވެ. ސަނާ ކޮޓަރިއަށްގޮސް ޒަޔާން ދެއްކިވާހަކަތައް ކިޔައިދިނުމުން އެވާހަކަތައް ހިއްސާކުރީ ޝާންއާއެވެ. ޒަޔާންވީ ރާއިންގެ ކޮޓަރީގައިކަން އެނގުމުން އޭނަ އެތަނަށްއައީ އެވާހަކަ ދައްކަންއެއީ އެންމެ އެކަށޭނެ […]
“މިންޖުކުރަމުން އަހަރެންގެ ހިތް، މިންޖުކުރަމުން ތިޔަ އިންތިޒާރުން، މިންޖުކުރަމުން ތިޔަހަނދާންތަކުން، މިންޖުކުރީ ތިޔަލޯބީގެ ނިޝާން، “ އެގަނޑުގައި ލިޔެފައި އޮތް ޅެންބައިތު ޒަޔާން ކިޔާލިއެވެ. ހަމަޔަގީނުންވެސް މިފޮތުން އެމީހަކީ ކާކުކަން އެނގޭނެއޭ މިހާރު ޒަޔާންއަށް ޔަގީންވެއްޖެއެވެ. ފޮތުގެ ގަނޑުތައް އުކަންފެށީ އެހެންވެސް އެއްޗެއް ފެނިދާނެކަމަށެވެ. އަތަށް ހުއްޓުމެއް ގެނެވުނީ ފަތްޖަހާލާފައިއޮތް ގަނޑެއް ފެނުމުންނެވެ. ނެގުމުން އެއީ ފޮޓޯގަނޑެއްކަން އެނގުނެވެ. މޭޒުމަތީގައި ފޮތްބޭއްވުމަށްފަހު ފަތްޖަހާފައި އޮތް ފޮޓޯގަނޑު ހުޅުވާލިއެވެ. އެއީ ކާކުގެ ފޮތޯއެއްކަން އެނގުމުން ޒަޔާންގެ ހިތަށް […]
ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން މަރާލެވިފައިވާ އެދެލޮލުގައި ޒަޔާން ބޮސްދިނެވެ. ދެކޯތާފަތުގައި ބޮސްދިނުމަށްފަހު އެތުންފަތުގައި ބޮސްދޭންފެށިއެވެ. ޒާޔާގެ ލޮލުން ކަރުނަ ފާއްދާލީ އެވަގުތު އައިސްގެން ނުވާނެ ހިޔާލުތަކެއްވެރިވުމުންނެވެ. އޭނައަށް އެވަގުތުވެސް އެދެވުނީ ރާއިންއަށެވެ. ރާއިންގެ ބީހުމަށެވެ. ހިތާއި ދެކޮޅަށް ކިތަންމެ ވަރަކަށް ހަނގުރާމާ ކުރިޔަސް ކުރިނުލިބޭނެކަން ޒާޔާއަށް އިހުސާސްވިއެވެ. މިވަރުން އޭނައަށް ޒަޔާން އާއި އެކު ކެތްކުރެވޭނީ ކިހިނެތްހެއްޔެވެ؟ ޒަޔާންގެ އެންމެބީހުލުމެއްވެސް ބަލައި ނުގަނެވޭއިރު އޭނަ ޒަޔާންގެ އަންބަކަށްވެގެން ދިރިއުޅޭނީ ކިހިނެތްހެއްޔެވެ. އެންމެފަހުން އޭނައަށްޖެހުނީ ހަތިޔާރު ބަހައްޓާށެވެ. […]
“ކަމަނާގެ ވާންއުޅޭ ފިރިކަލުން މިއަދު މާލެ އާދޭ، އެއަރޕޯޓް އަށް ދާނަންތަ؟” ގޮނޑީގައި އިށިއިނދެފައި ސަނާގާތުން ކޮފީއެއްހަދައިދިނުމަށް އެދެމުން ރާއިން ޒާޔާއާ ސުވާލުކޮށްލިއެވެ. ރާއިން އެގޮތަށްވާހަކަ ދެއްކުމުން ސަނާގާތަށް ހިނިވެސް އައެވެ. ނަމަވެސް ޒާޔާގާތުގައި ދާންވާނެކަމަށް ބުނަމުން އޭނަވެސް ދިމާކޮށްލިއެވެ. ނަމަވެސް ޒާޔާ ބަހަކުން ބަހެއްނުބުނެ އިނީއެވެ. ރާއިންއަކަށްވެސް ސަނާއަކަށްވެސް ޖަވާބެއްނުދެއެވެ. ޒާޔާ އެއްވެސް އެއްޗެއް ނުބުނާނެކަންވެސް އޭނައަށް އެނގެއެވެ. “4 ޖަހާއިރު ރެޑީވެގެން ހުންނާތި، ބަލާ އަންނާނަން” ކޮފީތަށި ހިފައިގެން ތެދުވަމުން ރާއިން ޒާޔާއަށް ބަލައިލަމުން […]
“ރާއިނ..”އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޒާޔާ ހުއްޓުނީ ރާއިން އޭނގެ ތުންފަތުގައި ކިސްކޮށްލުމުންނެވެ. ރާއިން ދުރުކޮށްލަންވެގެން ނެގިއަތުގައި ރާއިން ހިފާލަމުން އެއަތް ޒާޔާގެ ފުރަގަހަށްލަމުން އޭނަގެ އަތުތެރޭ ޒާޔާ ރަނގަޅަށްވެސް ހައްޔަރުކޮށްލިއެވެ. ރާއިން ނުހިފަހައްޓަ އޮތްއަތުން ރާއިންގެ މޭގައި އަތްއަޅާ ޒާޔާ އެނަ ދުރުކުރުމަށް މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ރުޅިއާއި ހިތާމަ އެކުގައި އިހުސާސްކުރަމުންދިޔަ ރާއިން ހުރީ ޒާޔާ ދޫކޮށްލާ ގޮތަކަށްނޫނެވެ. ޒާޔާއާއި ކުރިއަށްވުރެ ބޮޑަށް ކައިރިވަމުން އޭނަ ދިޔައެވެ. ޒާޔާގެ މޫނުގެ އެތަން މިތަނގައި ބޮސްދެމުން […]
“އެންމެ ރަނގަޅުތަ މިރޭ ތަންކޮޅެއްފަހުން އަހަރެން ގުޅަލިޔަސް” ޒާޔާ ދާން ހިނގައިގަތުމުން ޒަޔާން ގޮވާލާފައި އަހާލިއެވެ. އެންމެ ރަނގަޅުކަމުގައި ބުނަމުން ޒާޔާ ހިނގައިގަތެވެ. ޒަޔާން ހުރީ ހިތްހަމަޖެހިފައެވެ. އޭނަ ކޮންމެހެން ޒާޔާއަށް ޕްރެޝަރ ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނަ ބޭނުންވަނީ މަޑުމަޑުން ޒާޔާގެ އިތުބާރު ހޯދާށެވެ. މަޑުމަޑުން ޒާޔާގެ ހިތާހަމައަށް ވާސިލުވާށެވެ. ޒާޔާއާއި އެކު އަބަދުވެސް އޭނަ ވާނެކަމުގެ ޔަގީންކަން ދޭށެވެ. ޒާޔާއަމިއްލައަށް އޭނައަށްޓަކައި އެހިތް ހުޅުވާލާށެވެ. ހަމަގައިމުވެސް އޭނަ އެމަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރާނީ ފޫހިކަމެއް […]
“ޔެސް، އައި ސެޑް ޔެސް ޓް ހިމް” ނޫރާ ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ޒާޔާ ބުނެލިއެވެ. އެއާއި އެކު ނޫރާ ތޫލިއަޑަކުން ހަޅޭލަވައިގަނެފައި ޒާޔާގެ ގައިގައި ބައްދައިގަތެވެ. “ދެން ފަހަރި ކިޔަން ފަށަންވީދޯ” ޒާޔާގެ ގައިގައި ބައްދައިލައިގެން ހުރެ ނޫރާ ވާހަކަ ދެއްކިއެވެ. ނަމަވެސް ޒާޔާ ޖަވާބުގައި އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. އެވަގުތު ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ދެކުދިން ދުރުވެލާފައި ބަލާލިއެވެ. އެތެރެއަށް ވަދެގެން އައީ ޔަޝްރާއާއި ސަލްމާއެވެ. “މަންމަ މިއަދު އަސްލުވެސް ވަރަށް […]
ރާއިން ދެޖީބަށް އަތްޖަހާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިގެނެވެ. އޭނަ އެތަނަށް ދައްކަން އައި ވާހަކަ ދައްކަންވީބާއޭ ހިތަށް އަރަމުންދިޔައެވެ. ޒާޔާ ލިޔާމޭޒުމަތީގައި ފޮތްބާއްވާލުމަށްފަހުވެސް ހުރީ ރާއިންއަށް ފުރަގަސްދީގެނެވެ. އޭނައަށް ސިހުމެއް ލިބުނީ އޭނަގެ އުނަގަނޑުގައި ދެއަތް ވަށާލަމުން ރާއިން އޭނަގެ ފަހަތުން ބައްދާލުމުންނެވެ. ނޭވާވެސް ހީވީ ކުޑަހިނދުކޮޅަކަށް ތާށިވިހެނެވެ. ރުޅިއައިސްފައި ބުނަން އުޅުނު ޖުމަލަތައްވެސް ހަނދާން ނެތިއްޖެއެވެ. ރާއިން ޒާޔާގެނަން ދެފަހަރަކު ލަސްލަހުން ކިޔާލިއިރު އެއަޑުވެސް އިވުނީ ހުވަފެނެއްގައި އޮއްވައި މީހަކު ގޮވާލިހެނެވެ. ކުޑައިރުކޮޅެއްފަހުން ޒާޔާ […]
“ދަރިފުޅު ކޮންމެވެސް އެއްޗެއް ބުނެބަލަ” ޒާޔާ އެއްވެސް އެއްޗެއް ނުބުނެ އިންނަންފެށުމުން ޔާސިރު ބުނެލިއެވެ. ޒާޔާއަށް ބަލާލެވުނީ ހިނިތުންވެލައިގެން އިން ރާއިންއާއި ދިމާއަށެވެ. ކަރުނުން ފުރިގެންވާ ލޮލަކުންނެވެ. ރާއިންގެ ތުންފަތުގައިވި ހިނިތުންވުމަކީ އޭނައަށް ކުރާ މަލާމާތެއް ހެއްޔެވެ. “ރާއިން ހަމަ ތިހާ ރަހުމްކުޑަ މީހަކަށްވީތަ، ދުވަހަކުވެސް މިހިތަށް ހަމަޖެހުމެއް ނެތީތަ، ކޮންކުށެއްގެ ބަދަލުތަ ރާއިން އަހަރެންގެ ފަރާތުން ތިހިފަނީ” ޒާޔާ ހިތާހިތާ ޝަކުވާ ކޮށްލިއެވެ. “ޒާ ވިސްނަން ވަގުތު ބޭނުންވަންޏާ އިޓްސް އޯކޭ، ޒާ ބޭނުން ޖަވާބެއް […]