Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 27

darkangel Level 110 Stories
May 6, 2015 4 Mins Read
28 Comments

 “އެންމެ ރަނގަޅުތަ މިރޭ ތަންކޮޅެއްފަހުން އަހަރެން ގުޅަލިޔަސް” ޒާޔާ ދާން ހިނގައިގަތުމުން ޒަޔާން ގޮވާލާފައި އަހާލިއެވެ.

އެންމެ ރަނގަޅުކަމުގައި ބުނަމުން ޒާޔާ ހިނގައިގަތެވެ.  ޒަޔާން ހުރީ ހިތްހަމަޖެހިފައެވެ. އޭނަ ކޮންމެހެން ޒާޔާއަށް ޕްރެޝަރ ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނަ ބޭނުންވަނީ މަޑުމަޑުން ޒާޔާގެ އިތުބާރު ހޯދާށެވެ. މަޑުމަޑުން ޒާޔާގެ ހިތާހަމައަށް ވާސިލުވާށެވެ. ޒާޔާއާއި އެކު އަބަދުވެސް އޭނަ ވާނެކަމުގެ ޔަގީންކަން ދޭށެވެ. ޒާޔާއަމިއްލައަށް އޭނައަށްޓަކައި އެހިތް ހުޅުވާލާށެވެ. ހަމަގައިމުވެސް އޭނަ އެމަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރާނީ ފޫހިކަމެއް ނެތިއެވެ. އަދި ޒާޔާއާއި ދޭތެރޭ ކުޑަވެސް ހިތްހަމަނުޖެހުމެއް އެހިތުތެރޭ ނުބާއްވައެވެ. ޒާޔާގެ ހިތުގައި އޭނައަށްޓަކައި ޖާގައެއް އުފެދުން އެއީ މިހާރު އެންމެ ބޭނުންވާކަންތަކެވެ. ނަމަވެސް އެކަމުގައި އޭނައަށް ކާމިޔާބުވާނީ ނިހާޔަތަށް ކެތްތެރިވެގެންކަން އޭނައަށްވެސް ވިސްނެއެވެ. އެހެންނޫނީ އެނާޒުކު ހިތެއް އޭނައަކަށް ނުލިބޭނެއެވެ.

ޒަޔާން އެދުނުނގޮތަށް އެރޭ އޭނަ ޒާޔާއަށް ގުޅާލިއެވެ. ކުރިން ނުދަންނަ ނަންބަރަކުން މެސެޖުކުރީ ޒަޔާން ކަމުގައި ބުނުމުން ޒާޔާ ކުޑަކޮށް ލަދުގަތެވެ. އޭނައަށް އެމެސެޖުތައް ރީތިވީމައެވެ. އަދި އެވާހަކަ ނޫރާގާތުގައިވެސް ދެއްކިފައި އޮތީމައެވެ. ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ޒަޔާން ފޯނު ބާއްވައިފިއެވެ. ޒަޔާންގެ ކޮންމެ އަމަލަކުން ޒާޔާއަށް ރާއިންގެ ހަނދާންތައް އާވަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ހިތަށް އޭނަ ވިސްނައިދެމުން ދިޔައީ މިހާރު އޭނަގެ ދިރިއުޅުމުގައި ހުރީ ޒަޔާން ކަމެވެ. އަދި އޭނައަކަށް ރާއިންއާއި ދޭތެރޭ ވިސްނުމުގެ ހައްގެއް ނެތްކަމުގައެވެ.

ޖެހިގެންއައި ދުވަހު އެއްވެސް މީހެއްގެ ގާތުގައި ނުބުނެ ރާއިން ލަންކާއަށް ފުރައިގެން ދިޔައީ އެހެންމީހުންނާއި ދުރުގައި ދުވަސްކޮޅެއް ހޭދަކޮށްލުމުން މީހާ ހަމައަކަށް އެޅޭނެކަމަށް ވިސްނައިގެނެވެ. ލަންކާއަށް ދިއުމަށްފަހު ޔާސިރަށް ގުޅާފައި އޭނަހުރީ އެތާގައިކަމަށް ބުނުމުން ޔާސިރަށްވެސް ހައިރާން ކަމެއްލިބުނެވެ. އެއްވެސް މީހެއްގެ ކައިރީ އަހައިލުމެއްވެސް ނެތި އެގޮތަށް ކަންތައްކުރުމުންނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނީ ރާއިން ހިތްހަމަޖެހޭގޮތަށް ކަންތައް ކުރުމަށް ވަގުތު ދިނުމަށެވެ.

ދުވަހުގެ ހެނދުނު ޒާޔާ ކޮލެޖަށްދާން ތައްޔާރުވެގެން ގެއިން ނުކުތްއިރު ކާރުކައިރީގައި ޒަޔާން މަޑުކޮށްލައިގެން ހުއްޓެވެ.

“އެންމެ ރަނގަޅުތަ އަހަރެން ޒާ ކޮލެޖަށް ލައިދޭން ދިޔަޔަސް؟” ޒާޔާ އޭނައާ އަރާހަމަވުމުން ޒަޔާން ބުނެލިއެވެ. ބޭނުން ނުވިޔަސް ޒާޔާއަށް ނޫނެކޭ ބުނާކަށް ނުކުރުނެވެ. މަޑުމަޑުން ބޯޖަހާލުމާއިއެކު ޒަޔާން ކާރުގެ ކުރީ ދޮރުފަތް ހުޅުވާލުމުން ކާރަށްއެރިއެވެ.

“ކޮންއިރަކު ލައިސެންސް ނެގީ މިކޮޅުން” ޒަޔާން ކާރު ދުއްވާލުމުން ޒާޔާއަހާލިއެވެ. މާގިނަވާހަކައެއް ނުދެއްކުނެއްކަމަކު ޒަޔާން އިނީ ހިތްހަމަޖެހިފައެވެ. ކޮލެޖު ކައިރިއަށް އަރާހަމަވުމުން ބަލާއަންނަންވީގަޑި ޒާޔާކުރެން ޒަޔާން އަހާލިއެވެ. ނިމުނީމަ ގުޅާނެކަމަށް ބުނަމުން ޒާޔާ ކާރުން ފޭބިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ޒާޔާ ކޮލެޖަށް ލައިދޭން ޒަޔާން ދެއެވެ. ބައެއްދުވަސް ދުވަހު ކޮލެޖު ނިމޭގަޑީގައި ކާރުދުއްވާލަންވެސް ދެއެވެ. އޭނަ ބޭނުންވަނީ ޒާޔާއާއި އެކު ހޭދަކުރާވަގުތު ގިނަކުރާށެވެ. އަދި ޒާޔާއާއި ދެމެދުއޮތް ގުޅުން އިހުނަށްވުރެ ގާތްކުރާށެވެ. ނަމަވެސް ޒާޔާގެ ފަރާތުން މާއެދެވޭ ބަދަލެއް ނުފެންނަކަން އޭނައަށްވެސް ފާހަގަވެއެވެ.

ހަފްތާއެއްހާ ދުވަސްފަހުން ރާއިން އެނބުރި މާލެއައެވެ. ކުރިންވެސް އުޅުނުގޮތަށް ގޭގައި މާގިނަ ވަގުތު ހޭދަނުކޮށް މަސައްކަތުގައި ގިނަވަގުތު ހޭދަކުރަން އޭނަފެށިއެވެ. އޭގެ ދެދުވަސްފަހުން ޒަޔާންމެން ފުރަން ހަމަޖެހުނެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް އޭނައަށް ހުރިހާވަގުތެއް ހުސްކޮށްލައިގެން އެގޮތަށް މާލޭގައި ނުހުރެވޭނެކަން އޭނައަށްވެސް އެނގެއެވެ. ކައިވެނި އަވަސަކުރަން ބޭނުންވިޔަސް އަދި އެއްއަހަރު މަޑުކުރަން ނިންމީ ދެންއޮތީ ޒާޔާގެ ކިޔެވުމުގެ އެންމެ ފަހު އަހަރަށްވެފައި ޒާޔާވެސް އެގޮތް ބޭނުންވާތީއެވެ. ޒާޔާބޭނުންވި ކޮންމެ ގޮތަކަށް އޭނަކަންތައް ކޮށްދޭންބޭނުންވެއެވެ. ޒާޔާ ރަނގަޅަށް ބަލައިދިނުމަށް ޒަޔާން އެދުނީ ރާއިންގެ ކައިރިންނެވެ. ޒަޔާންގެ އެބަސްތަކުން ރާއިންގެ ހިތުގެ ރިހުންވީއިތުރެވެ.

އެންމެފަހުން އެމީހުން ފުރާދުވަސްވެސް އައިސް ޖެހިއްޖެއެވެ. އެންމެންވެސް ތިބީ ޔަޝްރާގެ އާއިލާ ފުރުވަން ދިއުމަށް އެއާޕޯރޓަށްދާން ތައްޔާރުވެގެނެވެ. އޭރު ގަޑިން ރޭގަނޑު 10 ޖެހީއެވެ. ޒާޔާގެ ކޮޓަރީގައި މީހަކު ޓަކިޖަހާލުމުން ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒަޔާންފެނިފައި މެޔަށް ފިނިވެލިއެވެ. އެތެރެއަށް ވަންނަން ތަން ދެއްކުމުން ޒަޔާން ކޮޓަރިތެރެއަށް ވަނެވެ. އެއީ ޒަޔާން އެކޮޓަރިދުށް ފުރަތަމަފަހަރެވެ. ވަށައިގެން ބަލައިލެވުނީ އެހެންވެއެވެ. ލައިގެން ހުރި ޖިންސްގެ ޖީބަށް ދެއަތްޖަހައިލައިގެން ޒާޔާއާއި ދިމާ ބަލަހައްޓައިގެން އޭނަ ހުއްޓެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު ހުޅުވާލެވިފައި ހުރި ދޮރު ލައްޕާލިއެވެ. އަދި ޒާޔާކައިރިއަށް އައެވެ. ޒާޔާ ހުރީ ނޭވާ ހިފަހައްޓައިލަގެނެވެ. އިސް ޖަހައިލައިގެން ހުރީ އެމޫނަށްވެރިވެފައިވާ ނުތަނަވަސްވެރިކަން ފެނިފައި ޒަޔާން ސުވާލެއް ކޮށްފާނެތީއެވެ.

ޒަޔާން މަޑުމަޑުން އައިސް ޒާޔާގެ އުނަގަނޑުގައި އަތްއަޅުވާލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. އެއްވެސް ހަރަކާތެއްވެސް ނުކޮށްލައި ޒަޔާންގެ އަތުތެރޭ ޒާޔާހުރީ މަޖުބޫރުވެފައިވާ މީހަކު ފަދައިންނެވެ. ޒާޔާއާއި ކުޑަކޮށް ދުރަށްޖެހިލަމުން އެދޮން ކޯތާފަތުގައި ޒަޔާން ބޮސްދިނެވެ.

“އައި ވިލް މިސްޔޫ އަލޮޓް، ޑޯންޓް ފޮގެޓް ދެޓް އެމް ވެއިޓިންގ ފޯރޔޫ، އައި ލަވްޔޫ ސޯމަޗް” ޒާޔާގެ ގައިން ދޫކޮށްލުމަށްފަހު އެމޫނުގައި ދެއަތުން ހިފާލަމުން ޒަޔާން ވަރަށް ލޯބިން ބުނެލިއެވެ. އަދި ޒާޔާގެ ނިތްކުރިއަށް ބޮސްދެމުން އަނެއްކައިވެސް އެއަތުގެ ތެރެއަށް ޒާޔާގެނައެވެ. އަދި ޒާޔާގެ ދެއަތް އޭނަގެ ކޮނޑުގައި އަޅުވާލިއެވެ.

ޒަޔާންގެ އެއުފާވެރި ވަގުތުކޮޅު ގެއްލުނީ އެކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުމުންނެވެ. ޒާޔާގެ ގައިން ދޫކޮށްލުމާއި އެކުހެން ދޮރު ހުޅުވާލި ރާއިންފެނިފައި ޒާޔާ އިސްޖަހާލިއެވެ. ކުޑަކޮށް އެތެރެއަށް ވަދެހުރެ ލަސްވަނީކަމުގައި ރާއިން ބުނެލިއެވެ. އޭރުވެސް ޒަޔާން ހުރީ ޒާޔާގެ އަތުގައި ހިފާލައިގެނެވެ. ރާއިން އެހެންބުނުމުން ޒާޔާގެ ދެއަތުގައި ހިފާލަމުން “ޓޭކް ކެއަރ” އޭ ބުނަމުން ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“ޓޭކް ކެއަރ އޮފް ހާރ މޭން” ރާއިންގެ ކޮނޑުގައި ޖަހާލަމުން ޒަޔާން ބުނެލިއެވެ.

“އައިވިލް މޭކް ޝުއަރ އޮފް ދެޓް، ޕްރޮމިސް” ޒާޔާއާއި ދިމާއަށް ބަލާލަމުން ރާއިން ބުނެލިއެވެ. ރާއިންއާއި ހަތަރު ކަޅި ހަމަވިވަގުތު ޒާޔާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

*************************

ޒަޔާން ދިޔަކަމުގައިވިނަމަވެސް ކޮންމެ ދެމަހަކުން އެއްމަހަކު އޭނަ މާލެ އާދެއެވެ. އަދި ބޮޑުޗުއްޓީގެ ގިނަދުވަސްތަކެއްވެސް އޭނަހޭދަކުރީ މާލޭގައެވެ. ޒަޔާންގެ ހިތްހެޔޮ މިޖާޒުގެ ސަބަބުން ޒާޔާވެސް އޭނައާއިއެކު އުޅެން އާދަވެއްޖެއެވެ. ނަމަވެސް އަދިވެސް އެހިތަކުން ޒަޔާންއަކަށް ޖާގައެއް ނުދެވެއެވެ. ރާއިން ފެނުމުން ނޭނގިނަމަވެސް ހިތަށްލިބޭ އުފަލެއް ޒަޔާންއާއިއެކު ހޭދަކުރެވޭ ވަގުތުތަކަކުން ނުލިބެއެވެ. އެކުގައި ގިނަވަގުތެއް ހޭދަކުރި ކަމުގައިވިނަމަވެސް އެއިން އެއްވެސް ވަގުތެއް ހަނދާނުގެ ފަލްސަފާގައި ލިޔެލާވަރެއް ނުވެއެވެ. ދުވަސްތައް އެގޮތުގައި ހޭދަވަމުން ދިޔައެވެ. އެންމެފަހުން ޒާޔާގެ އެއަހަރުގެ ކިޔެވުމުގެ ފުރަތަމަ ސެމިސްޓާރވެސް ނިމިއްޖެއެވެ.

     “ދަރިފުޅު ގާތުގައި އެބައޮތް ވާހަކައެއް ދައްކާލަންވެފަ، ކައިނިމގެން ބައްޕަ ކޮޓަރިއަށް ވަދެލާތި” ރޭގަނޑު ކެއުން ނިންމާލުމަށްފަހު ޔާސިރު ގޮނޑިން ތެދުވަމުން ރާއިންއަށް ބުނެލިއެވެ. ރާއިން އެންމެ ރަނގަޅު ކަމުގައި ބުނުމުން އެތެރެއަށް ހިނގައިގަތެވެ.

     ކައިނިމިގެން ރާއިން ޔާސިރުގެ ކޮޓަރިކަރި ދޮރުގައި ޓަކިޖަހާލަމުން އެތެރެއަށް ވަނެވެ. ރާއިން އެތެރެއަށް ވަތްތަންފެނިފައި ޔާސިރު ސޯފާއާއި ދިމާއަށް އިޝާރާތްކުރީ އިށިއިނުމަށެވެ. ރާއިން އިށިއިނުމުން އޭނަވެސް އައިސް ސޯފާގައި އިށިއިނދެލިއެވެ. އަދި އޭނަ ދައްކަން އެއުޅޭވާހަކަ ރުޅިނައިސް ރަނގަޅަށް އަޑުއެހުމަށް ބުނެޏެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހައިގެން ރާއިން އިނީ ޔާސިރު ދައްކަން އުޅޭވާހަކައަށް ފުރސަތުދިނުމުގެ ގޮތުންނެވެ.

     “ރާއިން، ޔާނާގެ ބައްޕަ ބޭނުންވޭ ދަރިފުޅާއި ޔާނާގެ ކައިވެނި ވީހާވެސް އަވަހަކާ ކުރުވަން، މިއަހަރުގެ ފަހުކޮޅުގައި ކައިވެނި ހަމަޖައްސަން ބޭނުންވާވާހަކަ ބުނި، އަދި ޔާނާގެ ގާތުގަ މިވާހަކައެއް ނުދައްކާ، އެކަމަކު ފުރަތަމަ ދަރިފުޅުގާތުގައި މިވާހަކަ ދައްކައި ދިނުމަށް އެދުނީމަ މި ދެއްކީ، ބައްޕަވެސް ދެން ބޭނުމީ ތިދެކުދިން ކައިވެނި ކުރަން، މިއަހަރު ޔާނާގެ ކިޔެވުންވެސް ނިމޭނެ، ދަރިފުޅު ވިސްނާލާފަ ބުނެބަލަ” ޔާސިރު ވާހަކަދެއްކީ ރާއިން ހިތްހަމަޖެހޭނެގޮތަކަށެވެ. ރާއިން ވިސްނާފައި ޖަވާބެއްދޭނެކަމުގައި ބުނެފައި އެތަނުން ދިޔަޔަސް އެންމެ ރަނގަޅުތޯއަހާލިއެވެ. ޔާސިރު އެދެއްކިވާހަކައަކުން އޭނަގެ މުޅި މޫޑު އިތުރަށް ހަރާބުވެއްޖެއެވެ.

     ޔާސިރުގެ ކޮޓަރިން ނުކުތް ގޮތަށް ރާއިންގެ މިސްރާބުހުރީ ގެއިންބޭރަށެވެ. ސައިކަލަށް އަރާ ސްޓާރޓް ކޮށްލުމަށްފަހު ދުއްވާލީ ވަކި މަންޒިލެއް ނެތިއެވެ. އެކި މަގުގައި ބާރަށްދުއްވުމަށްފަހު ސައިކަލު މަޑުކޮށްލީ ރާޅުގަނޑު ސަރަހައްދުގައެވެ. މިހާރަކަށްއައިސް ކިތަންމެ ކުޑަކަމެއްގައިވެސް އޭނައަށް މާ ރުޅިއިސްކުރެވެނީއެވެ. ހިޔާލުތަކާދުރުވާން މަސައްކަތް ކުރަމުންގޮސް އޭނަ ސިނގިރޭޓުވެސް ބޯން ފަށައިފިއެވެ. ގޭގެ ގިނަ ބަޔަކަށް އެކަން ސިއްރުވެފައި އޮތްކަމުގައިވި ނަމަވެސް ސަނާއަށާއި ޝާންއަށް އެކަން އެނގެއެވެ. އެއާދަ ހުއްޓާލާތޯ ޝާންއަށްވެސް ވަރަށް ނަސޭހަތްދެވިއްޖެއެވެ. ނަމަވެސް ވީކަމެއް ނެތެވެ. އޭނަގެ މިޖާޒު އެއްކޮށްބަދަލުވެއްޖެއެވެ. ގެއިން ނުކުމެގެން އައީ އެއްވެސް މީހެއްގެ ގާތުގައި އެއްޗެކޭ ބުނެވިދާނެތީއެވެ. ނަމަވެސް އެތާގައި އެތަށް އިރަކު އިންއިރުވެސް އޭނަގެ ހިތުގެ އުދާސްގަނޑު ބޭރުވާވަރެއް ނުވިއެވެ. ރުޅިވީގަދައެވެ. އެތަނުގައި އެތަށްއިރަކު އިނުމަށްފަހު ގެއަށްދާން ސައިކަލަށްއެރިއިރު 12 ޖަހާ ބޮޑުވެއްޖެއެވެ.

     ވަގެއްހެން މަޑުމަޑުން ގެއަށްވަނުމަށްފަހު ރާއިން އޭނަގެ ކޮޓަރިއަށް ވަނެވެ. އެނދުހުރަހަށް ބަންޑުން ވެއްޓިގަނެގެން އޭނައޮތީ ވިސްނާ ވިސްނާ ބޮލަށް އުނދަގޫވެގެނެވެ. އެހެން އޮވެފައި ސްޓަޑީ ޓޭބަލްއަށް ބަލާލީ އެއްޗެއް ހަނދާންވުމުން ބަލާލާކަހަލަ ގޮތަކަށެވެ. ބޯހިއްލާލައިގެން ބަލަންއޮވެފައި ކުއްލިއަކަށް ތެދުވެގެން އައިސް މޭޒުގެ ސައިޑެއްގައި އިން ވަތްގަނޑެއް ހުޅުވާލިއެވެ. އަދި ފޮތެއްގެ ދަށުގައި އޮތް ތަޅުދަނޑިނަގާ ކޮޓަރިން ނުކުތެވެ. އެދިޔަގޮތަށްގޮސް ހުއްޓުނީ ޒާޔާގެ ކޮޓަރި ކުރިމަތީގައެވެ. ތަޅުގައި ހިފާލިއިރު ހުރީ އޭނަ ހީކުރިގޮތަށް ތަޅުލާފައެވެ. ދެކޮޅު ބަލާލުމަށްފަހު އަތުގައި އޮތް ތަޅުދަނޑިން ދޮރުހުޅުވާލަމުން އެތެރެއަށް ވަނެވެ.

     މޫނުދޮވެލައިގެން ފާހާނައިން ޒާޔާއަށް ނުކުމެވުނީ ރާއިން ދޮރުތަޅުލިވަގުތާ އެއްކޮށެވެ. ފާހާނާގެ ދޮރުލެއްޕުނު އަޑަށް ރާއިން ފަސް އެނބުރި ބަލާލިއެވެ. “ވަޓް ދަ ހެލް ރާއިން” ރާއިން ފެނުމާއިއެކު އިހުތިޔާރެއްނެތި ޒާޔާއަށް ބުނެވުނެވެ. ނަމަވެސް ރާއިންއަށް އެއަޑު އިވުނުހެންވެސް ހީނުވެއެވެ. ޖިންސް ޖީބަށް ތަޅުދަނޑިކޮށްޕާލަމުން ޒާޔާގެ ގާތަށް ހިނގައިގަތެވެ. ޒާޔާއަށް ފަހަތަށް ޖެހެވުނީ ރާއިންގެ މޫނުގައިވާ ކުލަވަރެއް ތަރުޖަމާކުރަން ނޭނގިގެނެވެ. ފަހަތަށް ޖެހިޖެހިހުރި ޒާޔާގެ ދެއަތުގެ ރާއިން ހިފާލަމުން އޭނަގެ ގާތަށް ދަމާލިއެވެ. އެއަށްފަހު ފާރުގައި ޒާޔާތަތްކޮށްލަމުން މޫނުގައިދެއަތުން ހިފާލިއެވެ. ޒާޔާހުރީ ވާނުވާނޭނގިގެން ބިރުގަނެފައެވެ.

     “ރާއިނ..”އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޒާޔާ ހުއްޓުނީ ރާއިން އޭނގެ ތުންފަތުގައި ކިސްކޮށްލުމުންނެވެ. ރާއިން ދުރުކޮށްލަންވެގެން ނެގިއަތުގައި ރާއިން ހިފާލަމުން އެއަތް ޒާޔާގެ ފުރަގަހަށްލަމުން އޭނަގެ އަތުތެރޭ ޒާޔާ ރަނގަޅަށްވެސް ހައްޔަރުކޮށްލިއެވެ.

“ނުނިމޭ”

Hi guys, sorry for not updating on time, n I have something to tell u, my exams are starting after one week so m bxy with my study. I ll be not writing coming 3 weeks but will update in the 3rd week. Hope u guys will understand. Gud nyt.

Share Article

Follow Me Written By

darkangel

Level 110 Stories

Other Articles

Previous

ފަނާ 9

Next

ފަނާ 10

Next
May 7, 2015

ފަނާ 10

Previews
May 6, 2015

ފަނާ 9

28 Comments!

  1. ummi says:
    May 6, 2015 at 11:30 pm

    Oowwe v v reethii thank u dear… n gd nyt 🙂 🙂 🙂

  2. lyn says:
    May 6, 2015 at 11:35 pm

    V habeys mi story

  3. lyn says:
    May 6, 2015 at 11:36 pm

    V happy ve mi kahala nice story thah genes dhey thy

  4. Zaage zayan says:
    May 6, 2015 at 11:37 pm

    Oh no. Dhen noon. Beynumeh noon dhen raain aa zaaya gulhuvaakassheh. Please.

  5. Me says:
    May 7, 2015 at 12:03 am

    oh no… So sad .. Cant wait that long .aanyway all da best .

  6. butterfly says:
    May 7, 2015 at 12:05 am

    Wow mi part ves v nice …..rain ah tha zaayaa libeny v Gina dhuvas fahun dhw next part kiyaalan libeyny so sad

  7. Myschic says:
    May 7, 2015 at 1:15 am

    Wow v nice . Waiting for the next part . V loabi mi vaahaka I love it .. Keep it up and best of luck for your exam .

  8. thankful says:
    May 7, 2015 at 5:52 am

    All the best dear

  9. zaana says:
    May 7, 2015 at 8:06 am

    zayaan maraala ehen nuuny ehehmyhaku eyna ah hoadhadhee
    eyrun dhen salhivaany rythi v story v dhigu inthizaareh dhw kuran mijehuny inthizaaruge nimun v fonivaanekamah hykuran

  10. luv luvy. says:
    May 7, 2015 at 8:12 am

    Wow wow mi part ah v interest vejje .. BT not much… V salhi.,luv thisart.. Avaha gulhuvaa Raain n xaaya

  11. thooooooko says:
    May 7, 2015 at 10:18 am

    V v v salhi…zayaan ah yaana dhee

  12. nishy says:
    May 7, 2015 at 11:11 am

    ….V salhi mi part ….. good luck for ur exam

  13. halee. says:
    May 7, 2015 at 11:21 am

    Varah varah reethi vaahaka..<3 <3 <3

  14. mary says:
    May 7, 2015 at 11:26 am

    wow v nice best of luck

  15. story says:
    May 7, 2015 at 11:32 am

    Darkangle mifaharu haadha dhigu inthixaareh kuran thi jehsy….ekam story hama best ingey…nxt prt zaa nd raain gulhuvahchey ingey…vaahakaige inthixaaruga mihiry keiytheri kamaai eku

  16. naj says:
    May 7, 2015 at 12:15 pm

    So romantic……but I want xaain and zaya gulhuvan

  17. anaa says:
    May 7, 2015 at 12:57 pm

    raain gohei nuhadhachey

  18. doll says:
    May 7, 2015 at 12:57 pm

    v reethi

  19. nihaa says:
    May 7, 2015 at 1:43 pm

    Wow v habeys now…

  20. Nash says:
    May 7, 2015 at 4:22 pm

    Omg…three weeks
    This story is the best
    Lurrrw it

  21. aana says:
    May 7, 2015 at 5:10 pm

    ..Ok will wait 4 de nxt par eagerlyy

  22. semei says:
    May 7, 2015 at 6:52 pm

    GUd luck 4 ur exam… raain ahvaa goaheh nahadu vahchey.. mihn mi buny kury ge reeti ulun gadu vs badal vgn diya e ma..

  23. luv luvy. says:
    May 8, 2015 at 11:10 am

    Gud luck 4 ur exam. Do it well !!!! Ehn I ‘m waiting 4 next part

  24. shifa says:
    May 8, 2015 at 6:38 pm

    Omg
    Fahu thankolhu.. 🙂
    Shocked..
    Hehe anyways mi part ves varah reethi…Ok 3 week viyas ill wait fr next part
    ..Gudluck with ur exams.. 🙂

  25. aishh says:
    May 22, 2015 at 11:53 am

    Mihaar 3 vana week mioh nimenyy, adhivx up eh nuve

  26. butterfly says:
    May 23, 2015 at 12:18 am

    Knirakun tha up kuranyalhe

  27. swyty girl.. says:
    May 23, 2015 at 1:56 pm

    Miharu he many weeks vejje thr??? Dhn fhw adhivx exam nunimey thr. Mifaharu vaane thankolheh dhigu kh lab ingey….

  28. Zuu says:
    July 16, 2015 at 4:11 am

    Luv it.
    I just want rain and xaayaa to b together
    Can’t wait for the next one….

Comments are closed.


All Right Reserved!