ޒާޔާއަށްބެލެނީ ނަށަންތިބި މީހުންތަކުގެ ތެރެއިން ރާއިންއަށެވެ. ރާއިންއަށްވެސް ކުޑައިރުކޮޅެއްފަހުން އޭނައާދިމާއަށް ބަލަންހުރި ޒާޔާފެނުނެވެ. އޭނަގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އަދި ޒާޔާއާއި ދިމާއަށް ކުރިއަށް ހިނގައިގަތެވެ. ޒާޔާގެ ހިތް ތެޅެންފެށިއެވެ. ރާއިން ހަމަ ހަގީގަތުގައިވެސް އެއަންނަނީ އޭނަގާތަށްބާއޭ ހިތަށް އެރިއެވެ. ވަށައިގެންވާ މާހައުލުގައިވެސް ތިބީ ހަމައެކަނި އެދެމީހުންހެން ޒާޔާއަށް އިހުސާސްވިއެވެ. ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ރާއިން ޒާޔާއާއި ކައިރިއަށް އަންނަމުން ދިޔައެވެ. ޒާޔާމެންނާއި އަރާހަމަވުމަށްފަހު ރާއިން ހުއްޓިލިއެވެ. ޒާޔާގެ ތުންފަތުގައިވި ހިނިތުންވުން ފެނިފައި ރާއިންގެ ހިތަށް އުދަގޫވަމުން […]
އިންތިޒާރު 4 ދޮރުންވަދެގެން އައި ޒުވާނާފެނުމުން އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ނަމަވެސް އެއާއި ހިލާފާށް ޒާޔާއަށް އިސްޖަހާލެވުނެވެ. ދެއަތް ޖޯޑުކޮށްލެވުނީ އަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ދިއުމުންނެވެ. އޭނާ ފިނިވާންފެށިއެވެ. އެދޮން ކޯތާފަތަށް މަޑު ރަތްކުލައެއް ވެރިވެގެން ދިޔައެވެ. ޝާން ކުރިއަށް ޖެހިލާފައި އެޒުވާނާގައިގައި ކުޑަކޮށް ބައްދާލިއެވެ. އަދި ކޮނޑުގައި މަޑުމަޑުން ދެފަހަރަކު ޖަހާލިއެވެ. ” މަމް” ޝާން އާއި ދުރަށް ޖެހިލުމަށްފަހު އެތެރެއަށް ހިނގައިގަންނަމުން އެޒުވާނާ ބުނެލިއެވެ. “ރާއިން، ދަރިފުޅު ބުނެވެސް ނުލާ” […]
“ދޮންބެ ދައްތައަށް އެކްޓިން ކުރަން ޖެހިއްޖިއްޔާ ވަރަށް މޮޅުވާނެކަން ޔަގީން” ސަނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ހެމުން ޒާޔާ ބުނެލިއެވެ. “އެއީ އެކްޓިންގ އެއްނޫނޭ، ހަމަ ރިއަލް” ކާރުގައި އިނދެ ހަމަޖެހިލަމުން ސަނާ ބުނެލިއެވެ. ސަނާ މިހެން ބުނުމުން ޒާޔާ އަށް އަނެއްކައިވެސް ހެވުނެވެ. ” ސީރިއަސްކޮށޭ، ބައެއްފަހަރު އަހަރެނގެ ހިތަށއަރާ އަހަރެނގެ މައިދައިތައަކީ މަންމައެއްނޫނޭ، ދައްތައޭ، މިހާރުވެސް ހީވަނީ މަގޭ ދަރިއެއްނޫންހެން ހިތާނަކޮށްގެން އެއުޅެނީ، ދައްތައާއި ބޭބެގެ ދަރިއެއްހެން. އެހެންނުވާނީ ޝާންއަކީ މަންމަމެން އެކްސްޕެކްޓް […]
އެރިއިރާއިއެކު މ.ރަބާބް ހިޔާ އަށް ހީވަނީ ބަހާރު މޫސުމެއް އައިސްގެން އުޅޭހެނެވެ. ގޭތެރެއަށް ކުޑަވަރެއްގެ ޢީދެއް އައިސްފައިވާ ކަހަލައެވެ. ގޭތެރެ ޑެކަރޭޓް ކުރާ މީހުން ދަނީ ވަގުތަށް ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމައަށް ނިންމޭތޯ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ނަންމަޝްހޫރު ކޮންޝްޓްރަކްޝަން ކުންފުނި ކަމަށްވާ ޑްރީމް ބިލްޑާރސްގެ ވެރިޔާ ޢަބްދުﷲ ނައީމްގެ އެންމެ ހަގު ކާފަ ދަރިފުޅު ޒަކްވާން ހިތާނަކުރުމުގެ ހަފްލާއަށް އެގޭގެ ހުރިހާ މެންބަރުންނާއި ނޯކަރުން ދަނީ ތައްޔާރުވަމުންނެވެ. “ޒަކްވާން ގެއަށް ދޫކޮށްލާއިރެއް މިހާރު އެނގިއްޖެތަ؟” […]
“ހިތުގާ އެޅި ކޫރުމުން އެކުގާ ތިޔަދިން ލައްޒަތުން މިތުރާގެ އެކި ހަނދާނުން ރޭތައް ގުނިން އިންތިޒާރުން” ޒާޔާ އޭނަގެ ޑައިރީގައި ޅެން ލިޔަމުން ގެންދިޔައިރު އެވަށް މޫނު މައްޗަށް ވެރިވެފައިވަނީ މައުނަވީ ހިނިތުން ވުމެކެވެ. ބައެއްފަހަރު ލިޔެވޭ އެއްޗެހިން ކުޑަކޮށް ހީލައެވެ. އަނެއްބައިފަހަރު ލަދުގެނފައި މޫނުގައި އަތް އަޅައެވެ. ޅެން ލިޔެ ނިންމާލުމަށްފަހު ޅެމުގެ ތިރީގައި “ހުރީމޭ ތި އިންތިޒާރުގައި” މިހެން ލިޔެލިއެވެ. އަދި ޑައިރީގެނެސް މޭގައި ޖައްސާލުމަށްފަހުއެނދުގައި އުއްޑުން އޮށޯވެލިއެވެ. އެތުނފަތުގައިވި ރީތި […]
ކުރިމަތިން ފެންނަމުން ދހިޔަ މަނޒަރަކީ ހަޤީގަތެއް ކަން ގަބޫލުކުރާކަށް ޒާޔާ ބޭނުމެއް ނޫނެވެ. ފަސް އަހަރުވަންދެން ކުރި އިނތިޒާރުގެ ނިމުން މި ގޮތަށް ދެކޭކަށް އޭނަ ބޭނުމެއް ނޫނެވެ. ތަޤުދީރު ޒާޔާއާ މެދު މި ކުރަނީ ކޮނަކަހަލަ ސަމާސާއެއް ހެއްޔެވެ. ލޮލުގައިވި ކަރުނަތައް ހިންދައިލި ނަމަވެސް ހިތުގަ އަޅާވޭނަށް ލުޔެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟ ފެބްރުއަރީމަހު އަލަށް ފަށާވާހަކަ “އިންތިޒާރު”