“ކީއްވެ ރާއިން” ޒާޔާ ދެވަނަ ފަހަރަށް އެސުވާލު ތަކުރާރުކޮށްލީ ރާއިން އެއްވެސް ޖަވާބެއްނުދީ އެހުރިގޮތަށް ހުރީމައެވެ. ޒާޔާތެދުވެގެންއައިސް ރާއިންގެ ކައިރީހުއްޓިލިއެވެ. ނަމަވެސް ރާއިންއޭނައާއި ކުރިމަތިލާން ބޭނުމެއްނުވިއެވެ. ފަސްއެނބުރުމެއްނެތި ހުރިގޮތަށް ހުއޓިލައިގެން ހުރީއެވެ. “ރާއިންއަށް ހަމަނޭގެނީތަ އަހަރެން މިތާގައި މިއިނީ ކީއްވެގެން ކަމެއް” އެތަށް ޝަކުވާއެއް ހިތުގައި ހުރިކަމުގައިވިނަމަވެސް އެކަމެއް ނުމެދެއްކުނެވެ. ނަފްރަތުގެ މައްޗަށް އަދިވެސް ވަނީ ލޯބިވެރިވެފައެވެ. މަޑުން އެހުނީ އެހެންވެގެނެވެ. “ރާއިން އެހާ އަވަހަށް ހަދާންނެތުނީތަ، އެއީވެސް މިކަހަލަ އާހަރެއް ފެއްޓުނުރެއެއް، އަހަރެންނަށް ޕްރޮޕޯޒްކުރީ މިކަހަލަރެއެއްގައި، […]
ހެނދުނުގެ ނާޝްތާކުރުމަށްފަހު ގޭގެ އެންމެންވެސް ރާއިން އާއިއެކު އެއަރޕޯޓަށް ދާން ތައްޔާރުވިއެވެ. އެއީ ހޮނިހިރު ދުވަހެއްކަމުން ޒާޔާވެސް ހުރީގޭގައެވެ. ނަމަވެސް އެމީހުންނާއި އެކު އޭނައަކަށްދާކަށް ނުކެރުނެވެ. އެންމެން ކާރަށްއެރިގަޑިގައި ޒާޔާހުރީ ބެލްކަނީގައެވެ. ރާއިން ކާރަށް އަރަމުން އެމޫނަށް ބަލާލިއެވެ. ޒާޔާހީލުމަށްފަހު މަޑުމަޑުން އަތުން ހަނާ އަޅާލިއެވެ. “އައިލަވްޔޫ” ކާރަށް އެރުމަށްފަހު ރާއިން ޒާޔާއަށް މެސެޖެއް ފޮނުވާލިއެވެ. އެމެސެޖުގެ ޖަވާބުގައި ޒާޔާވެސް ހަމައެހެން ލިޔެލިއެވެ. އެއީ މީގެ ފަސްއަހަރު ކުރިން އެދެމީހުން ބައްދަލުވި އެންމެ ފަހުފަހަރެވެ. ***************************************************************** އެދުވަހަށްފަހު […]
“އަހަންނަށް އެންމެ ރީތީ އަހަރެންގެ މަންމަ ގޮތަށް ބުރުގާ އަޅާފައިތިބޭ ކުދިން” ރާއިން ޖަބާބުދިނީ ޒާޔާއާއިދިމާއަށް ބަލަހައްޓައިގެން އިނދެގެނެވެ. ޒާޔާއަށްވެސް އެއަޑު ކިތަންމެ ރީއްޗަކަށްވެސް އަޑުއިވުނެވެ. އެއީ އޭނައަށް ބުނި އެއްޗެއްކަންވެސް އޭނައަށް ނަގައިގަނެވުނީ ރާއިން ބަލަހައްޓއިގެން އިނުމުންނެވެ. ސަނާއައިސް ރާއިންއާއި ދިމާކުރަމުން ވާހަކަ ދައްކަން ފެށިއެވެ. އެތާގައި މަޑުކުރަން ނޫޅެ ޒާޔާ ކޮޓަރިއަށްދާން ހިނގައިގަތެވެ. ފަހަތުން ރާއިން ދާންބޭނުންވި ކަމުގައިވިޔަސް ކުއްލިއަކަށް ތެދުވެގެން ދާން ނުކެރުނީ ސަނާ އާއި ޝާން ވާހަކަ ދައްކަން ތިބުމުންނެވެ. […]
ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު މަޑުހިނގުމެއްގައި ރާއިން ޒާޔާގާތަށް ހިނގައިގަތެވެ. އެނދުކައިރީ ތިރީގައި އިށިއިނުމަށްފަހު އެމޫނަށް ބަލާލިއެވެ. ތެތްކަންގަދަ އެތުންފަތަށް ބަލާލެވުނީ ދަހިވެތިނަޒަރަކުންނެވެ. ހިންދިރުވާލެވުނީ އެތުންފަތުގައި ލޯބިކޮށްލުމަށް ހިތްއެދުނުވަރުންނެވެ. ޒާޔާއާއި ގާތްވެލުމަށްފަހު ފުރަތަމަފަހަރަށް އެތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ނިދިފައިއޮތް ޒާޔާއަށް އެއްވެސްކަމެއް އިހުސާސެއްނުވިއެވެ. އަތުގެ ނުފަށުން ތުންފަތުގައި ބީހިލުމަށްފަހު އަނެއްކާވެސް ރާއިން އެތުންފަތުގައި ބޮސްދިނެވެ. ކުޑަހިނދުކޮޅަކަށް ދެމިގެންދިޔަ އެހަރަކާތް ހުއްޓުނީ ޒާޔާލޯހުޅުވާލުމަށްފަހު ރާއިންގެ ކޮނޑުގައި އަތްއަޅާ ކޮށްޕާލަމުން ހަޅޭއްލަވައިގަތުމުންނެވެ. ވެއްޓެންދިޔަ ރާއިން ހަށިގަނޑު ބެލެންސް ކޮށްލުމަށްފަހު ތެދުވެ ޒާޔާގެ […]
“އިޒް އިޓް އަ ޔެސް” ދެންވެސް ވާހަކަދެއްކީ ރާއިންއެވެ. ޒާޔާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާއިން ޒާޔާ އުފުލާލުމަށްފަހު އެނބުރިލއެވެ. އަދި ބެހެއްޓުމަށްފަހު ވަރަށް ލޯބިވާކަމަށް ބުނެލިއެވެ. ލަދުން ރަތް ވެފައިވާ އެމޫނުފެނި ރާއިން އަނެއްކާވެސް ޒާޔާއޭނަގެ އަތުތެރެއަށް ގެނައެވެ. “ހެޕީ ނިއު އިޔަރ ލަވް” ޒާޔާގެ ގައިގައި ބައްދާލައިގެން ހުރެ ރާއިން ބުނެލިއެވެ. އަދި ފޯނުނެގުމަށްފަހު ޒާޔާއަށް ގަޑިދައްކާލިއެވެ. އޭރު 12 ޖަހާ 5 މިނިޓް ހިނގަނީއެވެ. ޒާޔާ ހީލިއެވެ. ރާއިންބުނިގޮތަށް އޭނަގެ ހިތުގެވެރިޔާއަށް […]
ނިދަންއޮތް ކަމުގައިވިނަމަވެސް ޒާޔާގެ ލޮލަށް ނިންޖެއް ނައެވެ. 11 ގަޑި ބައިވާން ކައިރިވިއިރުވެސް އޭނައަކަށް ނުނިދުނެވެ. 11 ގަޑި ބައިވެ ފަސް މިނެޓު ހިނގިތަނާ އޭނަގެ ފޯނަށް މެސެޖެއް އައެވެ. “އެމް ވެއިޓިންގ” ރާއިންގެ ނަންބަރުން ފޮނުވާފައިވާ މެސެޖެކެވެ. ރާއިން އެއުޅެނީ މޮޔަވެގެންބާއޭ ހިތަށް އަރަމުން ކޮޓަރިން ދާން ހިނގައިގަތެވެ. ނަމަވެސް ހުރެވުނީ ނިދާހެދުމުގައިކަން ހަނދާންވެ އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލުމަށްފަހު އެއްޗެހި ބަދަލުކޮށްލިއެވެ. ޖިންސަކާއި ޓީޝާޓެއްލުމަށްފަހު އިސްތަށިގަނޑުގައި ކުޑަކޮށް ފުނާއަޅާލާފައި ފޯނުބަލާލީ އިތުރު މެސެޖެއް އައުމުންނެވެ. […]
” ހިތުގާ އުފެދުން ލޯބި، ފޮނުވީ ފޮނި ހިނިތުންވުމަކުން މިތުރާ ތިޔަދިން ވޭން، ފޮރުވީ ލޮލުގައިވި ކަރުނަތަކުން އެކުގައިވި ކުޑަވަގުތުކޮޅުން، ކުރި ވައުދާ ހުވާތަކަށް ވީމޭ އަބަދުމެމަ ވަފާތެރި، ހުރެގެން ތިޔަ އިންތިޒާރުން ވޭނީ ކަރުނަ ހިތަށް، ލިބުނީ ނިމުމުން ކުރި އިންތިޒާރު ބާކީ އަދުމިތާ މިވީ، ލިބެމުން ހިތި ޒަހަރު އަލުން “ އޮތްގޮތަށް އޮވެގެން ޒާޔާ މަޑުމަޑުން ކިޔާލިއެވެ. ނަމަވެސް އެހިތުގެ ރިހުމަކަށް ބަދަލެއްނައެވެ. ރޮވެމުން […]
ޑޮކްޓަރު އައިސް ޒާޔާ ޗެކްކޮށްލުމަށްފަހު ބުނީ ހުން ދަށައްގޮސްފައިވާކަމަށެވެ. އަދި އިތުރަށް ގޯސްނުވާނަމަ ހެނދުނު ގެއަށް ދޫކޮށްލާނެކަމަށެވެ. ޒާޔާއަށް ހަމަޖެހުމެއްލިބުނެވެ. ރާއިންއަށް އޭނަކުރިމައްޗައް އައިސް ޔާނާގޮވައިގެން އުޅޭނެ ފުރުސަތެއް ދެންނުލިބޭނެއޭ ހިތާއެވެ. ޖެހިގެންއައި ދުވަހު މެންދުރު އެހާއިރު ޒާޔާ ގެއަށްދޫކޮށްލައިފިއެވެ. ނަމަވެސް ވަރުބަލިކަމުން އަދިވެސް ގިނައިރު އޮންނަނީ އޮށުއޮވެގެނެވެ. އޭނާގެ ސިކުނޑި އަބަދު ހުންނަނީ ބަރުވެފައެވެ. ނޫރާ ގިނަވަގުތު ހޭދަކުރީ ޒާޔާގާތުގައި އޭނަގެ އެކަނި ފިލުވައިދިނުމަށެވެ. އޭނަ ޒާޔާއާއެއްކޮން ރީތި ފިލްމެއްބަލަން އުޅުނެވެ. ހަވީރު ސައިބޯން ތިބެގެން […]
“ރާއިން” ރާއިން ހޯދަމުން އައި ސަލްމާ ޓެރަސް ދޮރުމަތީ ހުރެފައި ގޮވާލިއެވެ. ރާއިން އާއި ޔާނާ ސިއްސައިގެން ގޮސް ދުރައްޖެހެވުނެވެ. ކުރިމަތީ ހުރި ސަލްމާފެނި ދެމީހުން ހާސްވިއެވެ. ޔާނާއަށް ހާސްވެފައިހުރެ ރާއިންއަށް ގޮވާލެވުނެވެ. ދެމީހުންގެ ހިތުގައިވެސް ވީ އެއްސުވާލެކެވެ. ސަލްމާއަށް އެމީހުން ދެއްކިވާހަކަ އަޑުއިވުނުބާއެވެ. އަޑުއިވުނުނަމަ ދެން ކަންތައްވާނީ ކިހިނެތްހެއްޔެވެ. “ރާއިން ބައްޕަ އެބަ ގޮވާ” މިހެން ބުނެލުމަށްފަހު ރާއިންއާށާއި ޔާނާއަށް ހީލުމަށްފަހު ސަލްމާ ޓެރަސްއިން ފައިބަންދިޔައެވެ. ރާއިންއާއި ޔާނާއަށް ހިފަހައްޓައިލައިގެން ހުރި ނޭވާބޭރުކޮށްލެވުނީދެވެ. ރާއިން މޫނުގައި […]