“ދައްތަ މިވަގުތު ބޭނުންވަނީ އެކަނިވެލަން….” އެނދުގައި އިށިއިނދެލަމުން ޔާނާއަށް ސަލްމާ ބުނެލިއެވެ. ކޮޓަރީގެ އެއްދިމާއަކަށް ބަލަހައްޓައިގެން އޭނައިނެވެ. ކޮޓަރިން ނުކުންނަން ހިނގައިގަނެފައިވެސް ދެފަހަރަކު ހުއްޓިފައި ޔާނާއަށް ފަހަތްބަލައިލެވުނެނެވެ. ޔާނާ ސަލްމާގެ ކޮޓަރިންނުތް އިރު ޒަޔާންވެސް ކުރިން ހުރި ކޮޓަރިން ނުކުމެގެން ތިރިއަށްދާތަން ފެނުނެވެ. އެހެންވެ އޭނަގެ މިސްރާބުވެސް ބަދަލުކޮށްލީ އެދިމާއަށެވެ. ޕާޓތެރެއަށް ނުކުތްއިރު މާގިނަ މެހެމާނުންނެއް ނެތެވެ. އާއިލާގެ ގިނަބަޔަކު ފޮޓޯނެގުމުގައި އުޅުނެވެ. ކަންތައް ވާނެގޮތް ކުރިން ޒަޔާންއަށް އަންދާޒާކޮށްލެވިފައި އޮތުމުން އެމީހުން ވަނީ މާކުރިން ފޮޓޯވެސް […]
ޔާނާ ހައިރާންވީ އޭނައަށްނުވެސް އެނގި އެޕާޓީގައި އޭނަގެ ބައްޕަވެސް ބައިވެރިވުމުންނެވެ. ކިހިނެތްވެގެން ވީކަމެއްތޯ ސުވާލުކުރުމުގެ ކުރިން ސަލްމާ އެތަނަށް އައިސްފިއެވެ. ޔާނާގެ ބައްޕައަށް ހޫނު މަރުޙަބާއެއް ކިޔިއެވެ. ސަލްމާގެ ވާހަކަތަކުން އޭނަގެ ބައްޕައަށް އެޕާޓީއަށް އިންވައިޓްކުރީ އޭނަކަން ޔާނާއަށް އެނގުނެވެ. ނަމަވެސް ދެން އެމީހުން ބުނެލިވާހަކައަކުން ޔާނާގެ ބޯ އަނބުރައިނުގަތީ ކިރިޔާއެވެ. އެހެން އެކަންތައް ވެއްޖެނަމަ ދެންކަންތައް ވާނީ ކިހިނެތްހެއްޔެވެ؟ އިރުކޮޅަކުން އެތަނަށް އައި ޔާސިރުއަށްވެސް ސަލްމާ އެކަންތައް ހަނދާންކޮށްދީފިއެވެ. ކުރީދުވަހު ވީކަންތަކާ ގުޅިގެން އޭނަ ހުރީ […]
ޝާންއަށް ހުރިހާ ވާހަކައެއް ކިޔާދީނިމުމުން އާޔަންއަށްވެސް ޒާޔާއާއި ރާއިންއާ ދެމެދު އައިސްފައިވާ ހުރަހުގެ ވާހަކަ ކިޔާދިނެވެ. ޝާން އެންމެންނަށްވެސް އެންގީ އެކަން އިތުރުމީހަކަށް ނާންގާ އަދި މަޑޫކުރުމަށެވެ. ޔާސިރުގެ ފަރާތުން އަންނަ ބަދަލަކާ ގުޅިގެން ދެން އިތުރަށް ވާހަކަ ދައްކާށެވެ. އާޔަންވެސް ނޫރާކައިރީގައި އިތުރަށް ނުވިސްނަން ބުނަމުން އެރެއަށް އަލްވަދާއު ކިޔާލިއެވެ. ނުބުނިކަމުގައިވިނަމަވެސް އެންމެން ތިބީ ޔާސިރުއަށް ހުރިހާކަމެއް އެނގުމުގެ ސަބަބުން ހާސްވެފައެވެ. ނަމަވެސް އެންމެންގެ މޫނުމަތިންވެސް ހަހަޖެހުމުގެ ކުލަވަރު ދައްކަމުންދިޔައީ ދެން ތިބިމީހުން ހާސް ނުކުރަން […]
ނޫރާއަށް އަދިވެސް ވިސްނެނީއެވެ. ރޭގައި އާޔަންއަށް ގުޅައިގެން ވާހަކަ ދެއްކިއިރު ޒާޔާގެ ވާހަކަ ކިޔައިދިނުމަށް އެދުމުންނެވެ. ކުރުކޮށް ކިޔާދިނުމުންވެސް އަނެއްކާ ސުވާލުކޮށްގެން ހުރިހާ އެއްޗެއް އެހީމައެވެ. ފަހުން ދިމާވެފައި އެކަމާއަދި ވާހަކަ ދައްކަން ބޭނުންވާކަމަށް ބުނީމައެވެ. ރާއިންއާ ބެހޭގޮތުންވެސް ސުވާލު ކުރުމުންނެވެ. އާޔަންއަށް ރާއިން މާލެދިޔަކަން އެނގުނީ އެދުވަހު ހަވީރުވަގުތެއްގައި ނޫރާމެންގެއަށް އައުމުންނެވެ. “ކީއްވެ އަހަރެންގާތުގައި ނުބުނީ ރާއިން މާލެ ދިޔަވާހަކަ،” އާޔަން ނޫރާއާއި ސުވާލުކުރިއެވެ. “އާޔަން ނުވެސް އަހަމެންނު ފަހުން ރާއިންބެ ކޮބާތޯއެއް…” ޖަވާބުގައި ނޫރާއަށް […]
ޖެހިގެންއައި ދުވަހު އެންމެންވެސް އުޅުނީ އެރޭއޮންނަ ރަންކިޔުމުގެ ހަފްލާއަށް ތައްޔާރުވުމުގައެވެ. ރަންކިޔުމާ ގުޅިގެން ކުޑަހަފްލާއެއްބާއްވަން ދެފަރާތުގެ އާއިލާއިންވެސް ބޭނުންވުމުންނެވެ. އެދުވަހުގެ މެންދުރު ވަގުތެއްގައި ރާއިންވެސް އައިސްފިއެވެ. ނަމަވެސް ނޫރާފަހަތުން އުޅުމުން ޒާޔާއަށް އޮތީ އެކަން ނޭނގިފައެވެ. ޒަޔާންވެސް ޒާޔާ ބޭރަށް ނުކުމެ ނޫޅެފާނެތީ އެކަން އެހަށް ސިއްރުކޮށްފައި ބޭއްވީއެވެ. ރަންކިޔުން އޮތީ 8 ޖަހާއިރުކަމުން ފިރިހެން ކުއްޖާގެ އާއިލާމީހުން އެހާއިރުވާންވާއިރު އެގެއަށް އައިސްފިއެވެ. އެމީހުންގެ އިސްތިގުބާލުގައި އޭރު އާއިލާގެ ހުރިހާއެންމެންހެންވެސް ގޭގެ ބޮޑުހޯލުގައި ތިއްބެވެ. ޒާޔާއާއި ޔާނާ […]
“ޔާނާވެސް މިއަދު އަންނާނެ….ދޮންބެ ޔަގީންތަ ޕްލޭން ވޯރކްކުރާނެކަން…އިފް މިހުރިހާކަމެއް ފްލޮޕްވެއްޖިއްޔާ…” ޒަޔާންކައިރިއަށް އައިސް ނޫރާ އިތުރުކޮށްލިއެވެ. “ޑޯންޓް ޓޯކްއެބައުޓްއިޓް، އެވްރީތިންގ ވިލްބީފައިން، ހުރިހާ ކަމެއް ރަނގަޅު ކުރާކަންނު މިއުޅެނީ،…ޕްލޭން ވޯރކްވެސް ކުރާނެ، އެން އައިތިންކް ޔޫގޮޓް މޯތިންގްސް ޓް ތިންކް….” ޒަޔާން ނޫރާއާއި ދިމާކޮށްލިއެވެ. އިތުރަށް އެވާހަކަތަށް ދައްކަންބޭނުން ނުވުމާއިއެކު ވާހަކަ ބަދަލުކޮށްލުމަށެވެ. އަދި ނޫރާ އެންމެ ފަސޭހައިން އެތަނުން ދާނީވެސް އޭރުންކަން އެނގޭތީއެވެ. ޒާޔާމެންނަށް އާދެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށެވެ. ބޯޓުންފައިބައިގެން ގެއާހަމައަށް ދެވެންދެންވެސް ޒާޔާ އެންމެބަހެއްވެސް […]
ޒާޔާއަށް ގެއަށް އާދެވުނީ 12 ޖަހަން އުޅެނިކޮށެވެ. ވަރުބަލިވެފައި ހުރުމާއިއެކު ބެލީ ގައިދޮވެލައިގެން ނިދޭތޯއެވެ. ޖެހިގެން އޮތީ ޗުއްޓީދުވަހެއްކަމުން ހަމަޖެހިގެން ނިދާލާށެވެ. ފޯނު ބަލައިލަން ހަނދާންވެސް އޭނަ ނެތެވެ. ފަހަކަށް އައިސް ފޯނަށް ދެވޭ ސަމާލުކަން ކުޑަވީމަކަމަށްވެސް ވެދާނެއެވެ. ހެނދުނު ހޭލައިގެން ފޯނު ބަލާލިއިރު މިސްވެފައި 25 މިސްކޯލް އޮތެވެ. ބޭރު ދެނަންބަރަކުން ގުޅާފައި އޮތްއިރު ޒަޔާންވެސް ގުޅާފައި އޮތެވެ. އަދި ސަނާވެސް ގުޅާފައި އޮތެވެ. ޒަޔާން އަށް ވައިބަރއިން މެސެޖު ކޮށްލުމަށްފަހު ދެން އިންނަންބަރަށް ބަލަހައްޓައިގެން […]
“ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް، ކޮންމެތާކު ހުރިނަމަވެސް ދަރިފުޅުގެ ހާލު ބޭބެބަލާނަން، އެއްވެސް ކަމަކު އެދެން ފަސްނުޖެހޭތި، ކަމެއްބޭނުންވެގެން އެކަމަކަށް ނޭދި ނުހުންނާތި، ދަރިފުޅު ބޭނުން އިރަކު އަންނަންވީ، ބޭބެގެ އުފަން ދަރިއަކަށް ނުވިކަމުގައިވިނަމަވެސް ބޭބެ ބަލަނީ ތިއީ ބޭބެގެ އުފަން ދަރިއެއްގޮތުގަ، ބަލައިގެން އުޅޭތި” އެންމެ ފަހުވަގުތު ޒާޔާގެ ބޮލުގައި ފިރުމާލަމުން ޔާސިރު ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލާފައި ޒާޔާ ބޯޖަހާލިއެވެ. ޝާން އާއި ސަލާމް ކޮށްލުމަށްފަހު ސަނާގައިގައި ޒާޔާ […]
ޒަޔާން ނޫރާއަށް އެހަގީގަތް ކިޔާދޭން އުޅުމުން އެކަމަށް އިންކަރުކުރީ ޔަޝްރާއެވެ. އަދި މާއަވަސްކަމުގައި ބުނެ އިހަށް މަޑުކުރުމަށް ބުންޏެވެ. މަންމަ ބޭނުންވިގޮތަށް ޒަޔާން ކަންތައްކުރިއެވެ. އަދި ސިއްރުނުކޮށް އެކަންތައްވީގޮތް މަންމައަށް ހިއްސާކުރެވުމުން ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް ހިތުގެ އެއްކަނަކުން އަދިވެސް ޒާޔާއަށް އެދެވެމުން ދިޔަ ނަމަވެސް ޒާޔާއަށް އޭނަގެ ލޯބި ނުހޯދައިދެވުމުން އެކަމާ ދެރަވިއެވެ. ހުރިހާ ކަމެއް އެނގިހުރެ އެކަން ސިއްރުކުރަން ޖެހުމުން އުނދަގޫވެސް ވިއެވެ. ޒާޔާ ދެރަވާނެވަރު އިހުސާސްވެފައި އަދި އިތުރަށް ދެރަވިއެވެ. ނަމަވެސް ޒާޔާއަށް […]