ސަލާމް ކިޔުންތެރިން… އަޅުގަނޑު ޓާމްޓެސްޓަށް ތައްޔާރު ވުުމުގެ ގޮތުން ދުވަސްކޮޅަކަށް ވާހަކަ ލިޔުން މަޑުޖައްސާލާނަމެވެ. މިކަމުގެ ސަބަބުން “ވަޢުދޭ ވެވޭމީ” ގެ 2 ވަނަ އެޕިސޯޑް ނެރުން ލަސްވީއެވެ. އިންޝާ ﷲ ޓާމްޓެސްޓް ނިންމުނީމަ ކުރިއަށް ހުރި ބައިތައް އަޕްލޯޑް ކުރަން ފަށާނަމެވެ. އަދި ވަގުތު ވީވަރަކުން ކުރުވާހަކަ ނެރެން މަސައްކަތް ކުރާނަމެވެ. ކިޔުންތެރިންގެ ތި އެއްބާރުލުމާ އެހީތަކަމަށް ޝުކުރު އަދާ ކުރަމެވެ. ހުރިހާ ކިޔުން ތެރިންނަށް ވެސް ކާމިޔާބު އިމްތިހާނަކަށް އެދެން… =Craxy_Baby=
ކަޅުފޮއެ އަނދިރި ރެޔެކެވެ. އެ އަނދިރި ކަމުގެ ތެރޭގައި ހިނގާފައި އައި އަންހެން ކުއްޖާގެ ލޮލުގައި ކަރުނައިގެ މުތީތަކެއް ވިދަމުން ދިޔައެވެ. ދެލޮލަށް އިނގިލި ކޮށްޕާލިޔަސް ނޭންގޭހާ އަނދިރި ކަމުގެ ތެރޭގައި އުޅެން އެ އަންހެން ކުއްޖާ ބިރު ނުގަންނަނީ ހެއްޔެވެ؟ ލަސް ހިނގުމެއްގައި އެކުއްޖާ ހިނގަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތް މުސާފިރެއް ފަދައިންނެވެ. ނަމަވެސް އެކުއްޖާއަށް މާކާ ދުރަކަށް ނުދެވުނެވެ. ކެރީގެ ރަހުމެއްނެތް ހަމަލާތައް އެކުއްޖާއަށް އަމާޒުވިއެވެ. ވާރޭގެ ބޮޑު ތިކިތަކުން ތެމިފޯވިޔަސް އެކުއްޖާގެ […]
ފުރަތަމަ ނަޒަރުން ލޯބި ވެވޭ ވާހަކަ އަކީ މީގެ ކުރިން އަހަރެން އަޑުއަހާ ވާހަކައެކެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި އެއީ ބޮޑު ފުލޯކެކެވެ. އެހެނީ ލޯތްބަކީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވެގެން ނޫނީ ނުވާނެ އެއްޗެކެވެ. އެހެން ނަމަވެސް އެއީ ކުށްހީއެއް ކަން އިހުސާސްވީ ރައްޓެހިން ތަކަކާއެކީ ނޮޅިވަރަންފަރަށް ކުރި ދަތުރުންނެވެ. އަހަރެންނަށް ރާވިން ފެނުނީ ތިމާގެ މީހެއްގެ ގެޔަށް ކާން ދިޔަ ދުވަހަކުއެވެ. ރާވިން އަކީ އެގޭ ދައްތައެއްގެ ކުއްޖެކެވެ. ފުރަތަމަ ފެނިލުމުން […]
ފަތިހުގެ ބަންގިޔާއިއެކު އައިނާ އެނދުން ތެދުވިއެވެ. ބަރުހެލި ފިޔަވަޅުތަކާ އެކު އައިނާ މިސްރާބު ޖެހީ ފާހަނާއާއި ދިމާލަށެވެ. ދަތްއުންގުޅާ ، މޫނުދޮވެ ، ވުޟޫކޮށް ހަދައިގެން އޭނާ ފާހަނައިން ނިކުމެ ނަމާދުކުރިއެވެ. “އައިނާ…..” އަޝްރާގެ ބާރު އަޑުން އައިނާގެ ނަމުން ގޮވާލިއެވެ. “ލައްބަ” ދުވެފައިކަހަލަ ގޮތަކަށް އޭނާ ކޮޓަރިން ނުކުމެ އަޝްރާ އާއި އަރާ ހަމަވުމަށްފަހު އިސްޖަހައިލިއެވެ.އަދި ވަރަށް އިޙްތިރާމާއކު ބުނެލިއެވެ. “ދައްތާ އަޅުގަނޑު މިދަނީ ސައި ހަދަން…. އިރުކޮޅަކުން ދުރުވެލާ ” “މިހިރަ ކަންނެތް ކުއްޖާ […]
އުމުރުން 19 އަހަރުގެ ނައިނާ އަކީ އެކަނިވެރި ބަފަޔަކާ އެކީގައި އުޅެމުން އަންނަ ކުއްޖެކެވެ. ބައްޕަގެ ފަރާތުން އަންހެން ކުއްޖަކަށް ލިބެންޖެހޭ ހިމާޔާތް ނުލިބުނުު ތާންގައި ރުހުމުގެ ލޮލުން ބަލައިވެސް ނުލާނެއެވެ. އެހެންކަމުން ނައިނާގެ ހިތް ހަމަޖެހުމަކަށް ވެފައި ވަނީ އެންމެ ގާތް އެކުވެރިޔާ ހައިޒަލްއެވެ. އެންމެ ކުޑަ އިރުއްސުރެ އެކީގައި އުޅުމުގެ ނަތީއްޖާ އަކަށްވީ ޒުވާން ދެ ހިތުގައިވެސް އައު ވިންދެއް ޖަހަން ފެށުމެވެ. ދެ ޒުވާނުންވެސް ހިތުގައިވި ފުން ލޯބި ފޮރުވައިގެން އުޅޭތާ 2 […]
އަރައިގެން އައި އިރާއެކު މިލްނާއަށް ލޯ ހުޅުވައި ލެވުނީ ބޮޑުދައިތަ ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ކަމާއެކު ހިނގާފައި ގޮސް ދޮރު ހުޅުވާލި ވަގުތު މިލްނާއަށް ކުރިމަތި ލާން ޖެހުނީ ބޮޑުދައިތަގެ ބަހުގެ ޙަމަލާ ތަކާއެވެ. “މިލްނާ…އެންމެ ފަހަރަކުވެސް ނުގޮވަނިސް ތެދުވިއްޔާ ކީއްތަވާނީ…އާން އެހެންޔާ…މަންމަގެ ގޮތްތާ ހުންނާނީ…މަލީހާއަށް ވެސް ކަލޭ ނުބެލިގެން ކަންނޭންގެ މަށަށް ކަލޭ ދީފަ އެ ފިލީ…” ބޮޑުދައިތަ ފެށީ ނުރުހިފައި ވިޔަސް، ނިންމާލިއިރު އެ އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. މިލްނާ […]
އިރުފެނުން ތޮޅެލުމާއެކު، މަންމަ ޝައިނާއަށް ގޮވަން ފެށިއެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ބަދިގެއަށް ޝައިނާ ވަދެލީ މަންމަ ގާތުގައި ބުނެލައިފައި ދިޔުމުގެ ނިޔަތުގައެވެ. އެވަގުތު ޝައިނާއަށް ފެނުނީ ބައްޕަ، މަންމައަށްއާ ދިމާލަށް އެއްޗެހި ކިޔައި އަތް އިސްކުރިތަނެވެ. ލޮލުން ހޯސްލާފައި ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ޝައިނާ ސުކޫލަށް ދިޔައީ އެއީ ނުފެންނަ މަންޒަރަކަށް ހަދަމުންނެވެ. މަންމައާއި ބައްޕަގެ މިފަދަ ޢަމަލުތައް ތަކުރާރުވާތަން ފެނި އެކަމާ ޝައިނާ ރޮއެ ހިތާމަ ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. […]
އިރު ފެނުން ތޮޅެލުމާއެކު އިޒްނާ އަވަސްވެގަތީ ފެންވަރާ ތައްޔާރު ވާށެވެ. މިއަދަކީ އިޒްނާގެ ވަޒީފާގެ ފުރަތަމަ ދުވަހަށްވެފައި، ކުރަންދާ މަސައްކަތުގެ ސަބަބުން އިޒްނާ ހުރީ ނުތަނަވަސް ވެފައެވެ. ނަމަވެސް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެ ވަޒީފާއަށް ދިޔުމަށް އިޒްނާއަށް ވަނީ މަޖުބޫރުވެފައެވެ. “އައްސަލާމު ޢަލައިކުމް..” ވައިލެޓްމާގޭ ދޮރު މައްޗަށް ހުއްޓުމަށް ފަހު އިޒްނާ ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމުއްސަލާމް..” ސަލާމް ބަލައިގަތް އަޑު އިވިފައި އިޒްނާގެ ގައިން ހީބިހި ނަގައިގަތެވެ. އެ އަޑު އޭނާގެ އަޑާ ހާދަ […]