Skip to content
އެސްފިޔަ

އަސަރުކުރީ މަށަށެވެ.

 

އިރުފެނުން ތޮޅެލުމާއެކު، މަންމަ ޝައިނާއަށް ގޮވަން ފެށިއެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ބަދިގެއަށް ޝައިނާ ވަދެލީ މަންމަ ގާތުގައި ބުނެލައިފައި ދިޔުމުގެ ނިޔަތުގައެވެ. އެވަގުތު ޝައިނާއަށް ފެނުނީ ބައްޕަ، މަންމައަށްއާ ދިމާލަށް އެއްޗެހި ކިޔައި އަތް އިސްކުރިތަނެވެ. ލޮލުން ހޯސްލާފައި ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ޝައިނާ ސުކޫލަށް ދިޔައީ އެއީ ނުފެންނަ މަންޒަރަކަށް ހަދަމުންނެވެ.

މަންމައާއި ބައްޕަގެ މިފަދަ ޢަމަލުތައް ތަކުރާރުވާތަން ފެނި އެކަމާ ޝައިނާ ރޮއެ ހިތާމަ ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެއްދުވަހަކު ޝައިނާ ސުކޫލުން އައި އިރު މަންމަ ފެންޑާގައި އިނދާ ފެނުނެވެ. އޭރު މަންމަގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ކުލަވަރެވެ. ދެލޯ ރަތްވެފައި ވާއިރު ކޯތާފަތްވެސްވަނީ ތެމިފައެވެ. މަންމަ ގާތުގައި ޝައިނާ ގޮސް ވީގޮތް އެހުމުން މަންމަ ޖަވާބު ދިނީ ނުރޯން ހިތްވަރު ކުރަމުންނެވެ. “މަންމައާއި ބައްޕަ ދެން އުޅޭނީ ވަކިން..” ޝައިނާއަށް މަންމަގެ ބަސްތައް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ރޮމުން ކޮޓަރިއަށް ވަދެ ޝައިނާ އެތައް އިރަކު އިނުމަށް ފަހު ނިދުނެވެ.

އަތިރިމަތީގައި އިރު އޮއްސޭ މަންޒަރު ބަލަން އައިސް ތިބި މީހުން ތަކުގެ ތެރޭގައި ޝައިނާ އިނީ މުޅިން އެހެން ޙިޔާލެއްގައެވެ. އަބަދުމެ ހިނިތުންވުން ފެންނަން ހުންނަ އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަޔާ މޮޅިވެރިކަމެވެ. މަންމައާއި ބައްޕަ ދުރުވި ދުރުވުމަކީ ޝައިނާއަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ. އެ ކަންތައް އެހެން ދިމާވީ ޝައިނާގެ ސަބަބުން ކަމަށް ހީކުރެވި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ‘އޭ ސްޓާރ’ތައް ހޯދަމުންއައި ޝައިނާވަނީ ކިޔެވުމާއި މުޅިން ދުރުވެފައެވެ. އިރުގަނޑެއް ވަންދެން އަތިރި މަތީގައި އިނދެފައި ޝައިނާ ގެއަށް ދިޔައެވެ.

ކޮޓަރިއަށް ވައިން ގޮތަށް ޝައިނާ ކަޓަރެއް ނެގައި އަތުގައި އަޅުވަމުން ދިޔައީ ދޮރު ކައިރީގައި މަންމަ ބަލަން ހުރިކަން ނޭންގިއެވެ. އެ މައިމީހާއަށް މި މަންޒަރު ފެނުމުން ހީވީ މީހަކު ހިތުގައި ވަކި އަޅާލި ހެންނެވެ. ރޮއެގަންނަމުން ގޮސް ޝައިނާގައިގައި އޮޅުލައި ގަތެވެ. އެއާއެކު ޝައިނާގެވެސް ބަޑި ފަޅައިގެން ދިޔައެވެ. އަދި ހިތް ފުރެންދެން މަންމަ ގެ ހިމާޔަތުގައި ހުރެ ރޯލިއެވެ.

މަންމަ ޝައިނާއަށް، މަންމައާއި ބައްޕަ ދުރުވި ސަބަބު ކިޔައިދިނެވެ. ޝައިނާއަކީ ބޮޑުވެ ހެޔޮ ވިސްނުން ލިބިފައިވާ ކުއްޖަކަށް ވާތީވެ ވަރަށް ފަސޭހައިން މަންމަ ބުނި ބަސްތައް ގަބޫލު ކުރެވުނެވެ. މަންމަގެ މިންނެތް މަސައްކަތާއި، ޝައިނާގެ ބުރަ މަސައްކަތުން ޝައިނާގެ ކިޔެވުން ކުރިއަށް ވުރެ ބޮޑުތަން ރަނގަޅުވިއެވެ. އަދި އޭނާއަށް ކުރެވުނު ބޮޑު ކުށަށް ތަޢުބާވިއެވެ.

Comments (7)

  1. Doodles

    Omg 😳 this was a nice story keep it up

    1. Craxy_Baby
      Doodles

      thankiiuuu doodles…

  2. hihihihi

    wowwwwwwww gurrllll

    1. Craxy_Baby
      hihihihi

      thankiu hihihihi

  3. hihihihi

    keepp it upppp….

  4. gurllll

    niceeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee mannnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn

    1. Craxy_Baby
      gurllll

      thankiu gurlll

Comments are closed.