އާދައިގެ މަތިން ދުވަހެކެވެ. ޒާން ސްކޫލަށް ލާފައި ނައިނާއައީ ހިނގާލާފައެވެ. ނަމަވެސް ގެއާ ހިސާބަށް އެރިތަނުން ހުއްޓެން މަޖުބޫރުވީ މީހަކު ގޮވާލުމުންނެވެ. “އޮހް… ޒިޔާން؟… މިތާ ކީއްކުރަނީ؟… ނައިނާ އަހާލިއެވެ. “މި ދެން ހަމަ ނުކުމެލީ… ނައި ކީއްކުރަނީ؟…” ޒިޔާން ނައިނާއާ އެކީ ހިނގައިގަންނަމުން އަހާލިއެވެ. “މިއައީ ދަރިފުޅު ސުކޫލަށް ލާފަ…” އެއާއެކު ޒިޔާންގެ މޫނަށް ދިޔައީ ފާޑެއްގެ ގޮތެއް ވެގެންނެވެ. “އޭން؟… ޔޫ ހޭވް އަ ކިޑް؟… މީހަކާ އިނދެގެންތަ ތިއުޅެނީ؟…” ރައްޓެހިންގެ ގޮތުގައި ދުވަސް […]
ޖެހިގެން އައީ ބަންދު ދުވަހެއް ކަމުން ހައިޒަލްއާއި ނައިނާ ބޭރަށް ނުކުމެލީ ރިހާނާއާއި ޒާން ހަވާލު ކޮށްފައެވެ. ހަވީރުގެ އެ ހިތްގައިމު ވަގުތުގައި އެދެމީހުންގެ މިސްރާބަކަށްވީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓް އެކެވެ. ކޮފީ ބޯނިމިގެން ހައިޒަލް ރުފިޔާ ދައްކަން ދިޔުމުން ނައިނާ ނުކުތީ މަގު މައްޗަށެވެ. އެވަގުތު ސައިކަލެއްގައި ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނި ނައިނާ ދިޔައީ ސިއްސައިގެންނެވެ. “ނައިނާ… އެކަނިތަ؟…” ޖެހިލުމެއްވެސް ނެތި އެމީހާ އަހާލިއެވެ. “ނޭންގުނުތަ؟… މީ ޒިޔާން… ފިހާރައިން މީޓްވި އެއްނު…” […]
ނޯޓް: އެޕިސޯޑް 3 ގަ އަޅުގަނޑަށް ހެދިފައި އިން ކުޑަ މިސްޓޭކްއެއް އެއީ، 2 އަހަރު ފަހުންނޭ ޖެހުން… އަސްލު އެއީ 5 އަހަރު ފަހުން… “މަންމާ…” ހައިޒަލްގެ ބާރު އަޑަށް ބަދިގޭގައި އުޅުނު ރިހާނާއާއި ނައިނާ ނުކުތެވެ. އެވަގުތު ހައިޒަލްގެ މޫނު ފެނި އެ ދެމީހުންގެ ވެސް ހިނިގަނޑު ފަޅައިން ދިޔައެވެ. އޭރު ސޯފާގެ ފުރަގަހު ފިލާއިނދެ ޒާން ދިޔައީ ހެމުންނެވެ. ވަގުތުން އެއީ ޒާންގެ ކަމެއްކަން ހައިޒަލްއަށް އިނގުނެވެ. ބާރަކަށް ހިނގާފައިގޮސް އެކުއްޖާ އުރާލިއެވެ. […]
ސްކޫލު ދައުރުއްސުރެ އެއްކޮށް އުޅުނު އެންމެ ގާތް އެކުވެރިޔާއާ ލޯބީގެ ގޮތުން ގުޅެން ލިބުމަކީ އަހަރެންގެ ނަޒަރުގައި ވަރަށް ނަސީބުގަދަ މީހަަކަށް ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އަހަރެންނަށް ވެސް އެފުރުސަތު ލިބުނެވެ. އެންމެ ގާތްކޮށް އުޅުނު އާހިން އަހަރެން ކައިރީ ރައްޓެހިވާން އެހީ އަހަރެން ގްރޭޑް 8 ގައި އުޅެނިކޮށެވެ. އެއިރު އަހަރެންގެ ހިތުން އާހިންއަށް ޖާގަދެވިފައި ނުވިކަމުގައި ވިޔަސް އާހިންގެ އެ އެދުމަށް އަހަރެން އާން ބަސްދިނީމެވެ. އޭނާ އަކީ ރަނގަޅު ކުއްޖެއްކަން އަހަރެންނަށް އިނގޭތީއެވެ. […]
ހިމޭން ރެޔެކެވެ. މަޚުލޫގެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި ދުނިޔެ ނިދައިފާވާ ކަހަލައެވެ. ނަމަވެސް އަހަރެންގެ ނިދި ވަނީ މާ ދުރުގައެވެ. ފެނުނު ބިރުވެރި ހުވަފެނަަށް ފަހު ނުނިދިގެން ކޮޓަރިން އަހަރެން ނުކުތްއިރު މުޅި މާހައުލަށް ވަނީ ހިމޭންކަން ވެރިވެފައެވެ. އެ ހަމަހިމޭން ކަން ފޫއަޅުވާލީ ކޮޓަރި ތެރޭން އިވުނު ބާރު އަޑުފަށްގަނޑުންނެވެ. ހިތް އަވަސްވެފައިހުރެ އަހަރެން ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލީމެވެ. އެވަގުތު ރީތިވާ މޭޒު ކައިރި ހުރި އަހަރެންގެ ފިރިމީހާ ފެނި، ހާސްވިއެވެ. “ހުޝާ… ކީއްކުރަނީ […]
“ސަރ…” ހައިޒަލް، އޮފީހަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ފަހަތުން އަޑު އައެވެ. “އެ ޖެހުނީ ކަންތަކާ… އަވަހަކަށް ސަލާމަތެއްވެސް ނުވާނެ…” މަޑުމަޑުން ހައިޒަލް ބުނެލިއެވެ. “ބިޒީ ނޫނިއްޔާ އަޅުގަނޑާ އެއްކޮށް ލަންޗަށް ދާނެންތަ؟… އަޅުގަނޑު ޕޭ ކުރާނަން…” ތުއި އަޑަކުން އެ އަންހެން ކުއްޖާ އަހާލިއެވެ. “ނައުހާ… ތިކަންތައް ދެން ހުއްޓާލަން ވެއްޖެއްނު… ނައުހާ އަށް އިނގޭތަ ތިއީ މީހެއްގެ އަންބެއް ކަމެއް؟…” ހައިޒަލް ވިސްނާދޭ ރާގަކަށް ބުނެލިއެވެ. އެއާއެކު ނައުހާ ފޫހިކަމުގެ އަޑެއް ލައްވާލިއެވެ. “ޕިސް… […]
ލޯބިވެއެވެ. އިންތިހާ އަށެެވެ. ފުރާނަ ގުރުބާން ކުރާހާވެއެވެ. އެހާވެސް ލޯބި ވީމެވެ. ނަމަވެސް ބަދަލުގައި ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ދޯކާއެވެ. ފެނުނީ ކެހިވެރި، ބޭވަފާތެރިއެކެވެ. ބޭރުފުށުން ލޯބި، އެހެނަސް އެތެރެފުށުން މަކަރެވެ. ދުނިޔެ މަތިން ފޫހި ވިއެވެ. ލޯބި، މި ލަފުޒު ދެކެވެސް ނަފުރަތު ކުރެވުނެވެ. ކުށަކީ ކޮބައިހެއްޔެވެ؟ ލޯބި ވެވުން ހެއްޔެވެ؟ ނުވަތަ ވަފާތެރިކަން މަތީ ހުރުން ހެއްޔެވެ؟ ކޮންމެ ތެދުވެރި ހިތަކަށް އޮތީ މިގޮތް ހެއްޔެވެ؟ ލޯތްބަކީވެސް ހާދަހާ ބޭއިންސާފު އެއްޗެކެވެ. ކުރާނީވެސް ވަކި […]
ރޮމުން ގިސްލަމުން ނައިނާ، ރިހާނާއަށް ހަގީގަތް ކިޔައިދިނެވެ. އެއިރު ނައިނާއަށް ގިސްލެވެއެވެ. “ދަރިފުޅާ…. ދެން ހުއްޓާލާ… މަންމައާ ހައިޒަލް އަބަދުވެސް ދަރިފުޅާ އެކީ ވާނަން…” ރިހާނާ ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. “މިސް ނައިނާ… މޭ އައި ކަމް އިން…” ޑޮކްޓަރ ތާރާ އާ އެކީ ވައިން ތިން ވަރަކަށް ފުލުހުން ފެނި ނައިނާ ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ. ހުއްޓުން އަރާފައި އޮތް ނައިނާ ކައިރިއަށް އެތަނުން އަންހެން […]
ރިހާނާ ކުރަމުން ދާ ސުވާލުތައް ވެސް ހައިޒަލްއަށް ރަނގަޅަށް އަޑުވެސް ނީވޭ ކަހަލައެވެ. އަދި އަވަސް ވެފައިވާ ހިތަކާ އެކީ ދޮރު ހުޅުވާލިއެވެ. “ނެއިންންންންންން” ބިންމަތީ ހަރަކާތެއް ނެތިފައި އޮތް ނައިނާ ފެނި ހައިޒަލް މޮޔަވި ކަހަލައެވެ. ދުވެފައި ގޮސް ނައިނާ އަތް ދަނޑި މައްޗަށް އުފުލާލިއެވެ. އަދި ރިހާނާ ކައިރި އެންބިއުލެންސަށް ގުޅަން ބުންޔެވެ. އެންބިއުލެންސް އަށް ނައިނާ އެރުވުމާއެކު ބާރު ދުވެލީގައި ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. އެއިރުވެސް ހައިޒަލްގެ އަތް ނައިނާގެ އަތުން ދޫ […]