މިސްކީނެކެވެ. އޮންނާނީ ހިތެކެވެ. ކުރާނީ އަސަރެވެ.
ފަތިހުގެ ބަންގިޔާއިއެކު އައިނާ އެނދުން ތެދުވިއެވެ. ބަރުހެލި ފިޔަވަޅުތަކާ އެކު އައިނާ މިސްރާބު ޖެހީ ފާހަނާއާއި ދިމާލަށެވެ. ދަތްއުންގުޅާ ، މޫނުދޮވެ ، ވުޟޫކޮށް ހަދައިގެން އޭނާ ފާހަނައިން ނިކުމެ ނަމާދުކުރިއެވެ. “އައިނާ…..” އަޝްރާގެ ބާރު އަޑުން އައިނާގެ ނަމުން ގޮވާލިއެވެ. “ލައްބަ” ދުވެފައިކަހަލަ ގޮތަކަށް އޭނާ ކޮޓަރިން ނުކުމެ އަޝްރާ އާއި އަރާ ހަމަވުމަށްފަހު އިސްޖަހައިލިއެވެ.އަދި ވަރަށް އިޙްތިރާމާއކު ބުނެލިއެވެ. “ދައްތާ އަޅުގަނޑު މިދަނީ ސައި ހަދަން…. އިރުކޮޅަކުން ދުރުވެލާ ” “މިހިރަ ކަންނެތް ކުއްޖާ އަވަސްކުރޭ…. މަ އޮފީހަށް ދާންޖެހޭ .. އަމައެއް ނެތް އައްޕަ އަޅާނުލާ ….” އިތުރު އެއްޗެކޭ ނުބުނެ އައިނާ އަޝްރާ އަށް ސާއި ހެދުމަށްފަހުގައި އައިސް ކޮޓަރިއަށް ވަނެވެ.
އާދައިގެ މަތިން މިއަދުވެސް މެންދުރު ނަމާދުކޮށްފައި ކާންހެދުމަށްފަހުގައި އައިނާ ދިޔައި އަތިރިމައްޗަށެވެ. ހިޔާލުތަކަށް ގެނބެމުން ގޮސް އޭނާއަށް އޭނައަށް މަންމަ މަތިން ހަދާންވިއެވެ. ނޭންގިހުއްޓާ އޭނާގެ ކޯތާފަތް ތެތްމަން ފެށީ ހިތާމައިގެ ކަރުނަތަކެވެ.” މަންމާ… އަހަރެން ގާތަށް އާދޭ ، މިހުރިހާ ހިތާމައެއް މިއަދު ކުރާކަށް ނުޖެހުނީހެއް ނޫންތޯ؟މަންމަ މިތާންގަ ހުރިނަމަ…. ބައްޕަ އަޅައެއް ނުލާ” އައިނާ ގިސްލާ ރޯންފެށިއެވެ. މުޅިމާހައުލު ވަނީ އެއްއަޑުން ބައްދާލައިފައެވެ. ރުޔުން ހުއްޓާލުމަށް ފަހުގައި ދުވެފައި ގެއަށްއައިސް ކޮޓަރީގައި އިން ގޮނޑީގައި އިށީންދެލިއެވެ.
“އައިނާ….އައިނާ” އަޝްރާ ހަރުކަށި އަޑާއެކު އައިނާ އަށް ގޮވަމުން އައިސް އެކޮޓަރިއަށް ވަނެވެ. އަދި ގޮނޑި މަތީގައި ނިދިފައި އިން އައިނާގެ އިސްތަށިގަނޑުގައި ހިފާ ބިންމައްޗަށް ވައްޓާލިއެވެ. “ކަލޭ… ތިޔައީ ނޯކަރެއްތަ… ނޫނީ މިގޭ މެހެމާނެއްތަ؟” އަޝްރާ އައިނާގެ ގައިގާ ކޮޅުފައިން ޖެހިއެވެ. އިހާނެތި ގޮތަކަށް އިސްތަށި ގަނޑު ހިފާ ކޮޅަށް ނަގާފައި އަޝްރާ އައިނާގެ ކަންކަށިމަތީ ހޫނު އެތިފަހަރެއް އަޅާލިއެވެ. އެއާއިއކު އޭނާގެ އަނގައިން މަޑު އާހެއްގެ އަޑު އިވިގެން ދިޔައެވެ. ނަމަވެސް އަޝްރާ ކަހާތަން ހިރުވާވެސް ނުލައެވެ. އަދި އޭނާ ގެއިން ބޭރަށް ނެރެފައި އުޑުފައިން ބޭންދިއެވެ. އައިނާ ވަރަށް ރުޔެވެ.
ކައރިން ދިޔަ ސައިކަލެއްގައި އިން މީހަކަށް މިމަންޒަރު ފެނުމާއިއެކު ދުވެފައި އައިސް އައިނާ ކޮޅަށް ނެގިއެވެ. “ކޮއްކޯ ކިހިނެއްވީ؟” އައިނާގެ އަތުގައި ހިފާލައިފާ އޭނާ ބުނެލިއެވެ. އެއާއެކު އޭނާގެ ޝަޙްސިއްޔަތާ ވެދިޔަ ކަންތަށް އެމީހާއަށް އޮޅުން ފިލުވައިދިނެވެ. “އަސްތަޣްފިރުއް ﷲ ….އަހަރެން އައިނާ ސަލާމަތް ކޮއްދޭނަން ” މިފަދައިން ބުނެފައި އެމީހާ އޭނާގެ އެކުވެރިއެއް ގޮވައިގެން އައިސް އަޝްރާ ކައިރިން އައިނާ މިނިވަން ކުރިއެވެ. އަދި އޭނާ ބައްޕައަށް އެންގުމަށްފަހުގައި ދެތިން ދުވަސް ތެރޭ އައިނާ މާލެ ބަދަލް ކޮށްދިނެވެ.
ފަސްއަހަރުފަހެވެ. “ދަރިފުޅޫ” އައިނާ އޭނާގެ ދަރިފުޅު މިރާންގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. “އައިނާ…. ކާކުގެ ދަރިއެއް؟ މާލެ އައިސް ވެސް މިމަސަކަތް ދޯ… އަހަރެން ކައިރިން ސަލާމަތް ވުމަކުން ވަކި ފައިދާއެއް ނުވި އެއްނު” އައިނާގެ ފަހަތުން އިވުނީ އަޝްރާ ނޫން އިތުރު ކާކުގެ އަޑެއްހެއްޔެވެ؟ “ނޫން ދައްތާ އަހަރެން މާލެއައިސް ރަނގަޅު ތައުލީމް ހޯދާ މުސާރަ ލިބޭ ވަޒީފާ އަކަށް ވަނީ، އަދި މިހާރު މީހަކާވެސް އިނދެފިން މިހުރީ އަޅުގަނޑުގެ ދަރިފުޅު” އައިނާ އަދިވެސް އަޝްރާއަށް އިޙްތިރާމް ކުރެއެވެ. “ހައްހައް ދޮގުހަދަން މޯޅޭ ދޯ…އަދިވެސް އަމައެއް ނުލިބެއެއްނުން” އަޝްރާ އަނެއްވާވެސް އައިނާ ދެރަކޮއްލިއެވެ. ” މިވާހަކަ ބުނަން އުޅޭތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ ، ދައްތާ އަހަންނަކީ މިސްކީނެކެވެ. އޮންނަނީ ހިތެކެވެ. ކުރާނީ އަސަރެވެ. ” މިހެންބުނެ އަޝްރާ އާޝޯޙް ކޮއްލާފައި ހިންގައިގަތެވެ.


