Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ވަޢުދޭ ވެވޭމީ
ހިތާމަލޯބި

ވަޢުދޭ ވެވޭމީ 1

Eesh
Eesh Level 4100 Login10 Stories
March 25, 2024 3 Mins Read
7 Comments

ކަޅުފޮއެ އަނދިރި ރެޔެކެވެ. އެ އަނދިރި ކަމުގެ ތެރޭގައި ހިނގާފައި އައި އަންހެން ކުއްޖާގެ ލޮލުގައި ކަރުނައިގެ މުތީތަކެއް ވިދަމުން ދިޔައެވެ. ދެލޮލަށް އިނގިލި ކޮށްޕާލިޔަސް ނޭންގޭހާ އަނދިރި ކަމުގެ ތެރޭގައި އުޅެން އެ އަންހެން ކުއްޖާ ބިރު ނުގަންނަނީ ހެއްޔެވެ؟ ލަސް ހިނގުމެއްގައި އެކުއްޖާ ހިނގަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތް މުސާފިރެއް ފަދައިންނެވެ. ނަމަވެސް އެކުއްޖާއަށް މާކާ ދުރަކަށް ނުދެވުނެވެ. ކެރީގެ ރަހުމެއްނެތް ހަމަލާތައް އެކުއްޖާއަށް އަމާޒުވިއެވެ. ވާރޭގެ ބޮޑު ތިކިތަކުން ތެމިފޯވިޔަސް އެކުއްޖާގެ ފަރުވާލެއް އެކަމުގައި ނެތްފަދައިން އަނެއްކާވެސް ހިނގައިގަތެވެ.

“ނައިނާ..” ފަހަތުން ދުވެފައި އައި ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރި ފިރިހެން ކުއްޖާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. އެ ފިރިހެން ކުއްޖާ ހުރީ ތެމިފައިކަމުން ލައިގެން ހުރި ތުނި ގަމީސް ވަނީ ގަޔަށް ހިފާފައެވެ. އެހެންކަމުން އެ ހަށިގަނޑުގެ ފިރިހެން ވަންތަކަން ވަރަށް ބޮޑަށް ފާޅުވެސް ވެއެެވެ. “ހައިޒަލް..” ނައިނާ ދުވެފައި ގޮސް ހައިޒަލްގެ އަތުތެރޭ ބޮނޑިވެގަތެވެ. އެ ދެ އަތުގެ ހިމާޔާތް ލިބުމުން ނައިނާއަށް ކުޑަވެސް ހަމަޖެހުމެއް ލިބުނެވެ. “ނެއިން.. މިރޭވެސްތަ؟..” ހައިޒަލްގެ އަޑުގައި ކަންބޮޑުވުމާއި ރުޅިވެރިކަން ހުއްޓެވެ. ހައިޒަލްގެ މިސުވާލާއެކު ނައިނާ ބާރުބާރަށް ރޯންފެށިއެވެ. ނައިނާގެ މި ޢަމަލުން ހައިޒަލްއަށް ޖަވާބު ލިބުނު ކަހަލައެވެ. އެ ތޫނު ދެލޮލުން ފާޅުވި ނަފްރަތުން ހީވީ އެތާހުރި ގަސްތައްވެސް އަނދާލަފާނެހެންނެވެ. “ނެއިން.. މީގެފަހުން ނެއިން އުޅޭނީ އަހަރެމެންގެ ގޭގައި.. މަންމަ ކައިރީ ބުނެގެން ހުސްކޮޓަރި ރީތިކޮށްލާނީ.. ބައްޕައެއްކަމަކު ނެއިން ނުޖެހޭނެ ހެދިހާ ގޮތެއް ހެދިގެން ހުންނާކަށެއް.. ނެއިންއަށް ކަމެއްވެއްޖިއްޔާ އަހަރެން ދެރަވާނެ ވަރު އިހުސާސް ނުކުރެވެނީތަ؟..” ހައިޒަލް ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ޒެލް.. އަހަރެން ގެންދޭ.. ލައްކަ ދުވަހު ކެތްކުރެވިއްޖެ.. ޒެލް.. މި ނެއިން ދެކެ އެކަކުވެސް ލޯތްބެއް ނުވާނެދޯ.. މިކަހަލަ އިއްފަތްތެރި ނޫން މީހެއް އެކަކުވެސް ބޭނުމެއް ނުވާނެދޯ..” ނައިނާ ގިސްލަމުން ބުނެލިއެވެ. “ޝޫޝް.. ނެއިން ތިކަހަލަ އެއްޗެހި ނުކިޔައްޗޭ.. މި ހައިޒަލް ދުނިޔޭގަ ހުއްޓާ ނެއިން ދެކެ ލޯބިވާނެ އިތުރު މީހަކު ބޭނުމެއް ނުވާނެ.. ބެސްޓީސް ހުންނަނީ ކަމަކުދޯ..” ހައިޒަލް، ނައިނާގެ ކޮނޑުގައި އަތް ވަށާލަމުން ބުނެލިއެވެ.

“ނެއިން.. ދެން ހިނގާ ދާން.. ރޯގާ ޖެހިދާނެ..” ހައިޒަލް، ނައިނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެއިރު ވާރޭ ވެސް ވަނީ ތުނި ކޮށްލާފައެވެ. ހީކަރުވާވަރުން ނައިނާ ތުރުތުރު އަޅަމުންދިޔަ ތަންފެނި ހައިޒަލްގެ ތުންފަތުގައި ކުޅެލީ ހިތްތައް ކަތިލާފަދަ ހިތްގައިމު ހިނިތުންވުމެކެވެ. ވަގުތުން ނައިނާ ގަޔާ ގާތަށް ދަމައިލާ ހައިޒަލްގެ ގަޔާލާ ފިއްތާލިއެވެ. އެ ހަށިގަނޑުގެ ހޫނުކަން އިހުސާސް ވާނޭ ފަދައިންނެވެ.

ގެއަށް ވަދެވުމާއެކު ހައިޒަލް ގޮވާލީ އޭނާގެ މަންމައަށެވެ. ގަޑިން ދަންވަރު ދޭއް ޖެހި ކަމުގައި ވިޔަސް ރިހާނާ ނުނިދާނެކަން ހައިޒަލް އަށް އެނގެއެވެ. “ކިހިނެއްވީ ދަރިފުޅާ…” ރިހާނާ ބޮލުގައި ހުޅިޖަހަމުން ކޮޓަރިން ނުކުތެވެ. “މަންމާ…. އަޅުގަނޑު ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ސާފު ކޮށްދީބަ…. މިރެއިން ފެށިގެން ނެއިން ހުންނާނީ މިގޭގައި….. އެންމެ ރަނގަޅު ދޯ” ހައިޒަލް އަދަބުވެރިކަމާއެކު އެއްސެވެ. އެވަގުތު ރިހާނާގެ ލޮލުގައި ނައިނާ އަޅައިގަތެވެ. ނައިނާ އާއި ހައިޒަލް ތެމިފައިހުރުމުން ސުވާލުގެ ނަޒަރަކުން ހައިޒަލް އަށް ބަލައިލިއެވެ. ހައިޒަލް ލޮލުގެ އިޝާރާތުން އެއްވެސް ސުވާލެއް ނުކުރުމަށް ބުންޔެވެ. އެއާއެކު ރިހާނާ އިތުރު ސުވާލެއް ނުކޮށް ނައިނާއަށް ކޮޓަރި ސާފުކޮށްދޭން ދިޔައެވެ. “ނެއިން…. އަހަރެން މިއަންނަނީ ނެއިން މެންގެއަށް ގޮއްސަ އިނގޭ..” ހައިޒަލް އަނެއްކާވެސް ގެއިން ނުކުތެވެ. “ޒެލް ގޮސްގެން ނެއިންގެ އެއްޗެހި ގެނެވޭތަ…” ނައިނާ އޑުގައި ލަދުވެތިކަން ވިއެވެ. “ޔަގީނެއްނުން… އަހަރެން ވަރަށް މޮޅުވާނެ” ނައިނާ ހަމައަކަށް އެޅޭކަން ހީވެ ހައިޒަލް ވެސް އިތުރަށް މަޖާ ވެލިއެވެ. “ހޫން…. އަހަރެން ގޮވައިގެން ދޭ…” ނައިނާ އޭނާގެ އަތް ހައިޒަލް އަށް ދިއްކޮށްލިއެވެ. ވަގުތުން ހައިޒަލް އެމަޑު އަތުގައި ހިފައިން ދުއްވާގަތެވެ. ނައިނާވެސް ހެމުން ހައިޒަލްގެ ފަހަތުން ދިޔައެވެ.

ނައިނާގެ ކޮޓަރިއަށް ސިއްރުސިއްރުން އެދެމީހުން ވަނެވެ. އަދި ފޮށްޓަށް ނައިނާގެ އެއްޗެހި އަޅަން ފެށިއެވެ. ހުރިހާ އެއްޗެއް ޕެކްކޮށް ނިމުމާއިއެކު ހައިޒަލް އާއި ނައިނާ ގެއިން ނުކުންނަން ހިނގައިގަތެވެ. “މަގޭ ހުއްދަ އާއި ނުލައި ކަލޭ މިގެއިން ބޭރަށް ފިޔަވަޅެއް އެޅިޔަސް ތިއީ މަގޭ ދަރިއެއްނޫން..” ގެއިން ނުކުންނަނިކޮށް ނައިނާގެ ބައްޕަ ނާޒިހުގެ އަޑު މުޅި ގެ ގުގުމައިލިއެވެ. އެއަޑު އައި ބާރުކަމުން ނައިނާވެސް ސިހިގެން ދިޔައެވެ. ނާޒިހުގެ އެޖުމްލައިން ހިތްދަތިވެފައި ހުރި ނައިނާގެ އަތުގައި ހައިޒަލް ހިފައިލީ ހިތްވަރު ދޭފަދަ ގޮތަކަށެވެ. “ހެހެހެ… މީގެ ކުރިން އެނގޭތަ މިއީ ދަރިއެއްކަން…. ތިމާ ހިތުހުރި ގޮތަކަށް އަހަރެންގެ ކިބައިން ނުރުހުގަ އެދުން ފުއްދަމުން ދިޔައިރު މިއީ ދަރިއެއްކަމެއް ނޭންގޭތަ….” ނައިނާ ހަޅޭއް ލަވައިގަތެވެ. އަދި އިރުކޮޅަކުވެސް މަޑުނުކޮށް ގެއިން ނުކުމެގެން ދިޔައެވެ. ފަހަތުން ހައިޒަލްވެސް ނުކުމެ ނައިނާ އާއި އެއްވަރުކުރިއެވެ. “މާޝާﷲ…. މަގޭ ނެއިން ހާދަ ހިތްވަރު ގަދައޭ….. މަށަށް ވެސް ދަސްކޮށްދީބަލަ ދޯ……” މާހައުލުގެ ސީރިޔަސްކަން ކަނޑުވައިލަމުން ހައިޒަލް ބުނެލިއެވެ. ނައިނާގެ މަޑު ހީލުމުގެ އަޑު އިވިފައި ހައިޒަލް އަށްވެސް ހިނިތުންވެވުނެވެ.

“ނެއިން ދޭ ނިދަން…. މާދަން ފަތިހު ދާނަން އުނދަގޫ ކުރަން” ނައިނާގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅު ކަންފައި ކައިރިއަށް ވައްދައިލަމުން ހައިޒަލް ބުނެލިއެވެ. ނައިނާ ހޫން އަޅުވާލައިފައި ކޮޓަރިއަށް ވަނެވެ.

އިރުއަރައި ރަށުތެރެ ހޫނުކޮށް ލުމާއިއެކު ހައިޒަލް ފުންމައިގެން ތެދުވިއެވެ. އަދި ގަޑި ބަލާލުމަށްފަހު ހިނިތުން ވެލިއެވެ. ފާހަނާއަށް ވަދެ ފެންވަރައިގެން ހައިޒަލް ކޮޓަރިން ނުކުތެވެ. ކަޅުކުލައިގެ ހޫޑީ އަކާ ކަޅު ޖިންސެއަގައި ހައިޒަލް ފެންނަލެއް ވަރަށް ފުރިހަމައެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު ހައިޒަލް ގެ މޫނުމަތި އުޖާލާއެވެ. “މަންމާ…. ނެއިން ނުނިކުމޭތަ” ހައިޒަލް ބަދިގޭގައި އުޅުނު ރިހާނާ ކުރެން އެއްސެވެ. ރިހާނާ ހައިރާންވެފައި ހައިޒަލް އަށް ބަލަމުން ދިޔަތަން ފެނި ހައިޒަލްގެ ތުންފަތް މަތީ ލާނެއް ހިނިތުންވުމެއް ކުޅެލިއެވެ. “އަދި ނުނިކުމޭ…. ސައި ހަދާލާފަ ގޮވާލަން ދާން ކަމަށް މަންމަ މިހުރީ” ރިހާނާ ރޮށިފިހަމުން ބުނެލިއެވެ. “އޯކޭ… މަންމަ ސައިހަދާ…. އަހަރެން މިދަނީ ނެއިން ނަގަން…” ހައިޒަލް ފުންމަމުން ނައިނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ރިހާނާ ހުރީ ހައިރާން ވެފައެވެ. އެއީ ދުވަހަކުވެސް ހައިޒަލް އުޅުނު ގޮތެއް ނޫންކަމުންނެވެ.

ހައިޒަލް ޓަކި ޖަހާތާ އެތައް އިރެއް ވީއިރުވެސް ނައިނާގެ ޚަބަރެން ނުވިއެވެ. ހާސްވެފައި ހުރި ހައިޒަލް ދުވެފައި ދިޔައީ ޑަބަލް ތަޅުދަނޑި ބަލައެވެ. ސައި ހަދާ ނިންމާލުމަށް ފަހު ގޭތެރެއަށް ނިކުތް ރިހާނާއަށްވެސް ފެނުނީ ހައިޒަލް ތަޅުދަނޑި ފަތި ހިފައިން އައިސް ދޮރު ހުޅުވަން މަސައްކަތް ކުރާތަނެވެ. “ދަރިފުޅާ؟…. ކިިހިނެއްވީ؟….” ރިހާނާއަށް ފެންނަމުން ދިޔައީ މީގެ ކުރިން ފެނިފައިވާ ކަހަލަ މަންޒަރެއް ނޫނެވެ. “މަންމާ… ނެއިން ދޮރެއް ނުހުޅުވި އޭ…. އަޅުގަނޑުގެ ހިތް އެބަ ބުނޭ ނެއިން އަށް ކަމެއް ވެއްޖެއޭ…” ހައިޒަލްގެ އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ރިހާނާ ކުރަމުންދާ ސުވާލުތައް ހައިޒަލްއަށް ރަނގަޅަށް އަޑުވެސް ނީވޭ ކަހަަލައެވެ. އަދި އަވަސްވެފައިވާ ހިތަކާއެކީ ދޮރު ހުޅުވާލިއެވެ. “ނެއިންންންން…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

އިހުސާސްތަކޭމީ 8

Next

ވެވުނީ ލޮތްބޭ – 8

Next
March 25, 2024

ވެވުނީ ލޮތްބޭ – 8

Previews
March 24, 2024

އިހުސާސްތަކޭމީ 8

7 Comments!

  1. konmes kujjeh says:
    March 25, 2024 at 3:38 pm

    konmes ehen vaahaka egga vx keen naina and haizal hama eyga ves ulhenee….. plus e story ga vx naina aa dhimaalah haizal govaanee nein kiyaafa… hehe
    anyways varah reethi mi part.. waiting for next ….

    1. Eesh Craxy_Baby says:
      March 25, 2024 at 5:33 pm

      yeaa…bunedheyshey ruhemeyga ulheyne…but stry coppy eh nukuran ingey..i just like those name…btw thnxxx konmes kujjeh

  2. Someone says:
    March 26, 2024 at 5:00 am

    Varah reethi…Masha allah

    1. Eesh Craxy_Baby says:
      March 26, 2024 at 1:48 pm

      thnxxx Someone

  3. Snowy says:
    March 27, 2024 at 2:44 am

    Kon irakun next part upload kirany❤️

    1. Eesh Craxy_Baby says:
      March 31, 2024 at 5:47 am

      IA alhuganduge term test nimunuhaa avahakah 2 vana episode kiyaalan libeyne…mi dhuvaskolhu alhugandu tern test ah ready vamun dhaathyve vhk nuliyeveny.

  4. Kiyaa meeha says:
    August 10, 2024 at 11:41 pm

    Ehen part thah koba

Comments are closed.

Next Episodeވަޢުދޭ ވެވޭމީީ 2←


All Right Reserved!