ހެނދުނުގެ ހިތްގައިމު ވަގުތެވެ. ގިނަ ބަޔަކަށް އެ ވަގުތު އެއީ ހެނދުނުގެ ވަގުތު ކަމުގައި ވިޔަސް އާރިކްއަށް އެއީ ދަންވަރެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އާރިކްފަދަ މަސްތުވާތަކެތީގެ ދުނިޔޭގައި އުޅޭމީހުންގެ ހާލަކީ އެއީއެވެ. ދިރިއުޅުން ހުންނާނީ ބުޅާފަދަ ޖަނަވާރުންގެ އުސޫލާ އެއްގޮތަށެވެ. ރޭގަނޑު ހޭލާ އުޅެފައި ނިދާނީ ހެނދުނުވުމުންނެވެ. އާރިކްގެ އުޅުންވެސް ހުރީ މިފަދައިންނެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން އާރިކް ދެލޯ ހުޅުވާލިއިރު މެންދުރު 2 ޖަހާ ބޮޑުވެއްޖެއެވެ. ލޮޑުކަން ހަށިގަނޑަށް ވެރިވެފައިވުމުން އިރުކޮޅަކު އޮވެފައި […]
“މާމަގެ ޒާން… އާދެބަލަ މާމަ ކައިރިއަށް…” ރިހާނާ، ޒާންގެ ސަމާލުކަން ހޯދިއެވެ. އެއާއެކު ޒާން ދުވެފައި އައިސް ރިހާނާގެ އުނގަށް ވަނެވެ. “މާމަގެ ދޮންދޫނި މަތިން ވަރަށް މިސް ވާނެ އިނގޭ… މާމަ ކައިރިއަށް އަންނައްޗޭ އިނގޭ…” ޒާންގެ ބޮލުގައި ފިރުމަމުން ރިހާނާ ބުނެލިއެވެ. އެއާއެކު ޒާން ހީލަމުން ބޯ ޖަހާލިއެވެ. އެރޭ ދަންވަރެވެ. ނިދިފައި އޮތް ޒާންގެ ބޮލުގައި ލޯތްބާއެކު ބޮސް ދިނުމަށް ފަހު ނައިނާ ކޮޓަރިން ނުކުތެވެ. އެއިރު ސޯފާގައި ހައިޒަލް އިނެވެ. މަތިން އެއްވެސް […]
ހާލަތަކީ ކިތަންމެ އަވަހަކަށް ވެސް ބަދަލު ވެދާނެ އެއްޗެކެވެ. ތަޤްދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތެއް ދުނިޔޭގައި ނުވެއެވެ. މިއީ ކޮންމެ އިންސާނަކަށްމެ އިނގޭނެ ހަގީގަތެކެވެ. އެހެންނަމަވެސް ރާވާގޮތަށް ކަންތައްތައް ކުރިޔަށް ނުދިޔުމުން އެކަމާ ރޮއް ހިތާމަކޮށް ޝަކުވާ ކުރަނީ މަދުބައެއް ނޫނެވެ. އަހަރެންނަކީވެސް މިބުނާ ފަދަ މީހެކެވެ. އަހަރެންގެ އާއިލާ ބިނާކުރުމަށް ރޭވި ހުރިހާ ރޭވުންތަކާއި ދެކުނު ހުރިހާ ހުވަފެންތައް ވިއްސި ވިހާލެވިގެން ދިޔަ ވަގުތު ރޮއެ، ޝަކުވާ ކުރެވުނެވެ. އެއީ […]
މާލޭގެ ހަލަބޮލި މަގުތަކުން ނައިނާ ހިނގަމުން ދިޔައެވެ. ޒާންގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔަ ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން ހުރަސްކުރި މީހެއްގެ ސަބަބުންނެވެ. “މަންމީ…” ނައިނާ ހުއްޓުން އަރާފައި ހުރުމުން ޒާން ގޮވާލިއެވެ. އެހެނަސް ނައިނާ ހުރީ ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ގެއްލި ހުސްވެފައެވެ. “ބައްޕާ…” ނާޒިހު އައިސް ނައިނާގެ ކުރިމަތީ ހުއްޓުމުން ނައިނާއަށް ވައި އަޑުން ގޮވާލެވުނެވެ. ނާޒިހު މިނިވަންވީ ކޮން އިރަކު ހެއްޔެވެ؟ “ނައިނާ… މީހަކާވެސް އިނީތަ މަގޭ ވަލީ […]
ހަވީރު ފިންޔަށް ބޭރަށް ނުކުތް އަހަރެންގެ މިސްރާބަކަށްވީ ރަށު ތުނޑިއެވެ. ތުނޑިމައްޗަކީ އެއް އިރެއްގައި އަހަރެން އެންމެ ލޯބިވި މަންޒިލެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އަހަރެންނާއި އަހަރެންގެ ލޯބިވެރިޔާ ޝިއުރާ އެންމެ ގިނައިން ބައްދަލު ކުރާ ތަނެވެ. އަހަރެމެން ދެމީހުންގެ ގިނަ ހަނދާންތަކެއް ވަޅުލެވިފައިވާ ތަނެކެވެ. އެ ހަނދާންތައް އާވުމާއެކު ބޭއިޚްތިޔާރުގައި ފެންކަޅިވިއެވެ. ނުވެސް އިނގި ހުއްޓާ ކަރުނަތައް ކޯތާފަތުގައި ބޮސްދޭން ފެށިއެވެ. ލަސްހަރަކާތަކާ އެކު ކަރުނަތައް ފޮހެލަމުން، އޮއްސެމުންދިޔަ އިރަށް ނަޒަރު ހުއްޓާލީމެވެ. އަހަރެންގެ […]
ގޭތެރެއަށް ވަދެގެން ދިޔަ ނައިނާއަށް މަރުހަބާ ކިއީ ހަމަހިމޭން ކަމެވެ. ކޮޓަރިއަށް ބޯ ދިއްކޮށްލިތަނުން ނިދާފައި އޮތް ޒާން ފެނި ނައިނާއަށް ހިނިތުންވެވުނެވެ. އެ ހިނިތުންވުން އިތުރަށް ފުން ވީ ޒާން ކައިރީ ނިދިފައި އޮތް ހައިޒަލް ފެނިފައެވެ. ލަސްހިނގުމެއްގައި ނައިނާ ގޮސް ހައިޒަލް ކައިރީ ހުއްޓުނެވެ. އެވަގުތު ނިދީގައި ހައިޒަލް ބުނެލި އެއްޗަކަށް ނައިނާގެ ސަމާލުކަން ހުއްޓުނެވެ. ދެވަނަ ފަހަރަށްވެސް ހައިޒަލް އެއްޗެކޭ ކިޔާހެން ހީވެ، ރަނގަޅަށް އަޑުއަހާލަންވެގެން ނައިނާ ތިރިވެލިއެވެ. “ނެއިން…” ހައިޒަލްގެ ދެ […]
ފެރީ ގިމަތައިން ނުކުތް ވަގުތު ފެނުނު މަންޒަރުން އަހަރެން ގަނޑުވި ކަހަލައެވެ. ފެންނަމުން ދިޔަ މަންޒަރު، ހުވަފެނަކަށް ވާނެނަމައޭ ހިތަށްއެރީ ކިތަށް ފަހަރުކަމެއް ނޭންގެއެވެ. “އައިލީ…” އަހަރެން ހުއްޓުން އަރާފައި ހުންނަން ފެށުމުން ކުރިމަތީގައި ހުރި 28 ވަރަކަށް އަހަރުގެ ޒުވާނާ ގޮވާލިއެވެ. އަހަރެން ހިތި ހިނިތުންވުމެއް އެ ޒުވާނާއަށް ހަދިޔާކުރުމަށްފަހު ޓެކްސީއަށް އަރާ އަހަރެންގެ މިސްރާބަށް ދަތުރު ފެށީމެވެ. އެ ޒުވާނާއަށް ފަސްދީފައި ޓެކްސީ ދުއްވާލުމާއެކު އަހަރެންގެ ލޮލުގައި ހުރި ކަރުނަތައް މިނިވަންވެގެން ފައިބާ ގަތެވެ. އެ […]
“ޒިޔާނާ…” ފާހަނައިން ނުކުތް ޒިޔާނާ ފެނިފައި ރިޒާމްއަށް ގޮވާލެވުނެވެ. “އެކުދިން އައީތަ؟… އާދޭ ދާން…” ކޮޓަރިން ނުކުންނަން ދިޔަ ޒިޔާނާގެ އަތުގައި ރިޒާމް ހިފެއްޓިއެވެ. “މިތާ އިށީންދެބަލަ… ޒިޔާ… ކޮންމެ ކަމެއްގެވެސް ހަގީގަތް ފާޅުވާ ދުވަހެއް އަންނާނެ… އިނގޭ މިދުވަހަށް ޒިޔާ ރެޑީ ނޫންކަން… ޚުދު އަހަރެންވެސް ރެޑީއެެއް ނޫން… ހީވެސް ނުކުރާ ގޮތަކަށް އެންމެފަހުން ކަންތައްތައް މިވީ…” ރިޒާމްގެ ވާހަކައިން ޒިޔާނާ ހާސްވަމުން ދިޔައެވެ. “ޒިޔާ… އެއީ ނައިނާ… ޒިޔާނާގެ ދަ-” ރިޒާމްއަށް ބުނެވުނީ އެހާ […]
އޮފީހަށް ގޮސް ވައިން އިރުވެސް ހައިޒަލް އަރާފައި ހުރި ރުޅި މައިތިރި ނުވެއެވެ. ކެބިންއަށް ވަދެ ހަމަ ޖެހިނުލެވެނިސް ނައުހާ އައިސް ވަނުމާއެކު ހައިޒަލްގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. “ނައުހާ… ހަމަ މިހާރު ނުކުމޭ… އަހަރެން މައްސަލަ ނުޖައްސަނިސް އަހަރެންނަށް އުނދަގޫ ކުރުން ހުއްޓާލަބަލަ…” ހައިޒަލް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “ޗިލް ހައިޒަލް… އަހަރެން މިއައީ ރިޒާމް ސަރ ބުނެގެންނޭ…” ނައުހާ ބުނެލިއެވެ. އަދި ހައިޒަލް ކައިރީ ބުނަން ބުނި ވާހަކަތައް ބުނެފައި ހައިޒަލް ކައިރިއަށް […]