Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ވަޢުދޭ ވެވޭމީ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 3

Eesh
Eesh Level 4100 Login10 Stories
June 7, 2024 2 Mins Read
6 Comments

ރޮމުން ގިސްލަމުން ނައިނާ، ރިހާނާއަށް ހަގީގަތް ކިޔައިދިނެވެ. އެއިރު ނައިނާއަށް ގިސްލެވެއެވެ. “ދަރިފުޅާ…. ދެން ހުއްޓާލާ… މަންމައާ ހައިޒަލް އަބަދުވެސް ދަރިފުޅާ އެކީ ވާނަން…” ރިހާނާ ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.

“މިސް ނައިނާ… މޭ އައި ކަމް އިން…” ޑޮކްޓަރ ތާރާ އާ އެކީ ވައިން ތިން ވަރަކަށް ފުލުހުން ފެނި ނައިނާ ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ. ހުއްޓުން އަރާފައި އޮތް ނައިނާ ކައިރިއަށް އެތަނުން އަންހެން ފުލުހެއް ކައިރި ވެލިއެވެ. އަދި ނައިނާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއެކީ ވާހަކަ ދެއްކިއެވެ. “ނައިނާ… އަޅުގަނޑު މީ މަރިޔަމް ޝިއުޒާ… ރޭޕްގެ ކޭސް ތަކާ ހަވާލުވެގެން ހުންނަ މީހެއް… މި ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ތާރާ ކުރި ރިޕޯޓުގައި ވަނީ އައިޝަތް ނައިނާ ނާޒިހް ގެ ބައްޕަ އޭނާ ރޭޕް ކުރި ކަމަށް ތުހުމަތު ކޮށްފައި… އަދި މީގެ އިތުރުން މި ކޭސްއަށް ހައިޒަލް ހިޔާން ވަނީ ހެކިވެފައި… އެހެންވީމައި އަޅުގަނޑުމެން ބޭނުންވަނީ ޚުދު ނައިނާގެ ދުލުން މީ ތެދެއްތޯ ޔަގީން ކުރަން… އޭރު އަޅުގަނޑުމެންނަށް މުހަންމަދު ނާޒިހް ހައްޔަރު ކޮށް ނައިނާއަށް އިންސާފް ހޯދައިދެވޭނީ…” ޝިއުޒާ ބުނެލިއެވެ. “ނެއިން… ކިޔައިދީ… އެހެންނޫނީ ނެއިން ޖެހޭނީ ނުކުރާ ކަމެއްގެ އަދަބު ލިބިގަންނަން…” ފުލުހުން ތަކުގެ ފަހަތުން ހައިޒަލްގެ އަޑު އަޔެވެ. ހުއްޓުން އަރާފައި އިން ނައިނާއަށް ހޭވެރިކަންވީ ދެނެވެ. ނައިނާ ލަސްލަހުން ރިހާނާއަށް ބަލައިލީ، އޭނާގެ ރުހުން ހޯދަން ފަދަ ގޮތަކަށެވެ. ރިހާނާ ބޯ ޖަހާލުމާއެކީ ނައިނާ މަޑުމަޑުން ކިޔައިދޭން ފެށިއެވެ. ފުލުހުންނަށް އެ ވާހަކަތައް އަލުން ކިޔައިދީ ނިމުނުއިރު، ކުރިން ފަހަރެކޭވެސް އެއްފަދައިން ނައިނާ އިނީ ރޯންށެވެ. “ނައިނާ… ހިއްވަރު ކުރޭ… މާގިނައިން ހިތާމަ ކުރުމަކީ ބަނޑުގައިވާ ދަރިފުޅަށްވެސް އަސަރު ކުރާނޭ ކަމެއް…” ޝިއުޒާ ބުނެލިއެވެ.

“ދަރިފުޅާ ނައިނާ… މަންމަ ފަޚުރުވެރިވަން ދަރިފުޅާ މެދު…. ދަރިފުޅު މިއަދު އެ ވާހަކަތައް ނުކިޔާދިން ނަަމަ ދަރިފުޅަށް ވާނެ ގޮތް ބުނާކަށްވެސް ނޭންގެ….” ހައިޒަލްއާ ރިހާނާގެ އިތުރުން ނައިނާ އެކަނި ވުމާއެކީ ބުނެލިއެވެ. އަދި ހައިޒަލް ކައިރީ، ނައިނާ ދޫކޮށްލާނީ ކޮން އިރަކުން ތޯ ބެލުމަށް ބުނެލިއެވެ.

– 2 އަހަރު ފަސް –

  • “މަންމީ….” ކުޑަކުޑަ ޒާން ގެ ލޯބިއަޑުން މުޅި ގެޔަށް ދިރުން އައި ފަދައެވެ. “ދަރިފުޅޫ…. ނުދުވެބަ… ވެއްޓިދާނެ…” ބަދިގޭގައި ހަރަކާތްތެރި ވަމުންދިޔަ ނައިނާ ބޭރަށް ބޯދިއްކޮށްލިއެވެ. އެއިރު ހައިޒަލްގެ އަތުގައި ނުޖެހެން ވެގެން ޒާން ދުވަމުން ދިޔައެވެ. “އަތުލިއްޔޯ…” ހައިޒަލްގެ އަތުތެރޭގައި އޮތް ޒާންގެ ހީލުމުގެ އަޑުން މުޅި ގެ ވަނީ ގުގުމާލާފައެވެ. “ކޮބާތަ މާމަގެ ދޮންދޫނި…” ކޮޓަރިން ނުކުންނަމުން ރިހާނާ ގޮވާލިއެވެ. އެއާއެކު ހައިޒަލްގެ އަތުތެރެއިން ވީއްލިގެން ޒާން ދުއްވާގަތެވެ. އަދި ގޮސް ރިހާނާގެ އުނގަށް އެރިއެވެ. މި މަންޒަރު ބަލަން ހުރި ނައިނާގެ ދެލޯ ފެންކަޅި ވީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. “ނެއިން…. ޒާން އެއައީ އައިސްކްރީމް ބޯގެން އިނގޭ…. ހަނދާންކޮށް ޒާންގެ ދަތް އުނގުޅުވާތި…” ހައިޒަލް ބުނެލީ ބަދިގޭ ދޮރު ކައިރި ހުރި ނައިނާއަށެވެ. ނައިނާ އަވަސް އަވަހަށް ދެލޯ ފޮހެލަމުން ބޯ ޖަހާލީ ހައިޒަލްއަށް ނާންގާށެވެ. ނައިނާގެ ނަސީބު ރަނގަޅު ކަމުން ހައިޒަލްގެ ލޮލުގައި އެކަމެއް އަޅައެއްވެސް ނުގަތެވެ.
  • ހައިޒަލް އަނެއްކާވެސް ގެއިން ނުކުތީ އޮފީހަށް ދާށެވެ. އޭނާ އަކީ އަމިއްލަ ކޮމްޕެނީއެއްގެ ޕީއޭ އެއްގެ ގޮތުގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފެކެވެ. އޭނާ އެ އޮފީހަށް ވައިންތާ އަދި މިވީ ދޮޅުއަހަރެވެ. އެ ކުޑަ އާއިލާ ވެސް މާލެ ބަދަލުވިތާ 2 އަހަރު ވަނީއެވެ. ނައިނާގެ ހަޔާތުގައި ހިނގައިދިޔަ ހަނދާނުން ފިލުވާލަން ދަތި ބޮޑު ހާދިސާއަށްފަހު ހައިޒަލް ބޭނުންވީ ނައިނާ ގޮވައިން މާލެ ބަދަލުވާށެވެ.
  • “ސަރ…” ހައިޒަލް، އޮފީހަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ފަހަތުން އަޑު އައެވެ. “އެ ޖެހުނީ ކަންތަކާ… އަވަހަކަށް ސަލާމަތެއްވެސް ނުވާނެ..” މަޑުމަޑުން ހައިޒަލް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…36

Next

ކުށަކީ ކޮބާ – 30

Next
June 9, 2024

ކުށަކީ ކޮބާ – 30

Previews
June 7, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…36

6 Comments!

  1. Eesh Craxy_Baby says:
    June 7, 2024 at 6:12 pm

    salaam reader….mi ep ga alhugandah hedhifa in kuda mistake eh e paragraph thakuga points jehun….. mikamah takai hurihaa kiuntheringe kibain nihaayathah maafah edhen….

  2. Maash Butterflyyyyy says:
    June 8, 2024 at 7:00 am

    Vrh reethi mi part maasha allah.. When is next??

    1. Eesh Craxy_Baby says:
      June 8, 2024 at 9:03 pm

      thankiu butterflyyyyy….IA eid ge kurin kiyaalan libeyne

  3. Insaaneh says:
    June 8, 2024 at 9:05 am

    Mi part vx vrh reethi Masha Allah

    1. Eesh Craxy_Baby says:
      June 8, 2024 at 9:04 pm

      thankiu insaaneh..

  4. Cutie girl says:
    July 2, 2024 at 5:14 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 4←


All Right Reserved!