Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ވަޢުދޭ ވެވޭމީ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 5

Eesh
Eesh Level 4100 Login10 Stories
June 10, 2025 2 Mins Read
2 Comments

ނޯޓް: އެޕިސޯޑް 3 ގަ އަޅުގަނޑަށް ހެދިފައި އިން ކުޑަ މިސްޓޭކްއެއް އެއީ، 2 އަހަރު ފަހުންނޭ ޖެހުން… އަސްލު އެއީ 5 އަހަރު ފަހުން…

“މަންމާ…” ހައިޒަލްގެ ބާރު އަޑަށް ބަދިގޭގައި އުޅުނު ރިހާނާއާއި ނައިނާ ނުކުތެވެ. އެވަގުތު ހައިޒަލްގެ މޫނު ފެނި އެ ދެމީހުންގެ ވެސް ހިނިގަނޑު ފަޅައިން ދިޔައެވެ. އޭރު ސޯފާގެ ފުރަގަހު ފިލާއިނދެ ޒާން ދިޔައީ ހެމުންނެވެ. ވަގުތުން އެއީ ޒާންގެ ކަމެއްކަން ހައިޒަލްއަށް އިނގުނެވެ. ބާރަކަށް ހިނގާފައިގޮސް އެކުއްޖާ އުރާލިއެވެ. “ޒެލްބެ ރިވެންޖް ނަގާނަން އިނގޭ!…” ހައިޒަލް ބުނެލިއެވެ.

މޫނު ދޮވެލައިން ނުކުތް ހައިޒަލް ފެނި ޒާން ދުވެފައިގޮސް ނައިނާގެ އުނގަށް އެރިއެެވެ. “މަންމީ… ޒެލްބެ އިސް ގޮނަ ޓޭކް ރިވެންޖް…” ޒާން ބުނެލިއެވެ. “ހެހެހެ… ޒެލްބެ ނުނަގާނަން ރިވެންޖް އެއް… އަވަހަށް އާދޭ ޒާން…” ހައިޒަލް ލުއި ހީލުމަކާއެކީ ބުނެލިއެވެ. އަދި ނައިނާގެ އަތުން ޒާން ނަގައިން ސައިބޯން އިށީންދުނެވެ.

އެންމެން ސައިބޮއި ނިމުމުން ނައިނާ ބޭނުންވީ ފިހާރައަކަށް ދާށެވެ. ޒާން އަށް ބޭނުންވާ އެއްޗެހި ހުސްވެފައި ހުރުމުގެ އިތުރުން ގެއިން ނުކުމެލާ ހިއްވީއެވެ. ކުޑަގޮތަކަށް ތައްޔާރުވެލައިން ނައިނާ ފިހާރަތަކާ ދިމާލަށް މިސްރާބު ޖެހިއެވެ. ދެތިން ފިހާރައަކަށް ވަދެ ބޭނުންވާ ހުރިހާ ސާމާނެއް ގަނެ ނިމުނު އިރު އެގާރަ ގަޑި ބައިވެއްޖެއެވެ. އަވަސް ހިނގުމެއްގައި ނައިނާ ފިހާރައިން ނުކުތީ ހައިޒަލް ހުކުރަށް ދާނޭ އެއްޗެހި އިސްތިރި ނުކޮށް ހުރިކަން ހަނދާން ވެގެންނެވެ. އެވަގުތު އޭނާ ލައިގަތީ ފިހާރައަށް ވަންނަން އައި ޒުވާނާ ގައިގައެވެ. “ސޮރީ…” ދެމީހުންނަށް ވެސް މާފަށް އެދެވުނީ އެކުއެކީއެވެ. އެއާއެކު އެ ޒުވާނާ ހީލިއެވެ. އަދި އަތްދިއްކޮށްލީ “ޒަޔާން” އޭބުނަމުންނެވެ. “ނައިނާ… ދެން ދަނީ…” ޒިޔާންގެ އަތުގައި ހިފަން ބޭނުން ނުވެ ހުރެ ނައިނާ ބުނެލިއެވެ. އަދި ބާރަކަށް ހިނގައިގަތެވެ.

“ޒެލް… ހައިޒަލް…” ނައިނާގެ އަޑު އިވިފައި ހައިޒަލް ދޮރުހޮޅުވާލިއެވެ. އަދި ނައިނާ ދިއްކޮށްގެން ހުރި ގަމީހާއި ޖިންސުގައި ހިފިއެވެ. އެއިރު ނައިނާހުރީ ހުއްޓުން އަރާފައެވެ. އެ މަންޒަރު ފެނިފައި ހައިޒަލްގެ ތުންފަތުގައި ކުޅެލީ މީހުންގެ ހިތްތައް ކަތިލާފަދަ ހިތްގައިމު ހިނިތުންވުމެކެވެ. “މަންޖެ ތިވަރަށް ބަލަންޔާ ހިތްކިޔާފާނެ އިނގޭ…” އެއްލޯ މަރާލަމުން ހައިޒަލް ބުނެލިއެވެ. އަދި ހާމަކޮށް އޮތް އޭނާގެ ހަށިގަނޑުގައި ފިރުމާލަމުން ނައިނާއަށް ބަލާލިއެވެ. “ހިތްކިޔާފި މިހާރުވެސް…” ހިތާހިތުން ނައިނާ ބުނެލިއެވެ.

ޖެހިގެން އައީ ބަނދު ދުވަހެއް ކަމުން ހައިޒަލްއާއި ނައިނާ ބޭރަށް ނުކުމެލީ ރިހާނާއާ ޒެލް ހަވާލުކޮށްފައެވެ. ހަވީރުގެ ހިއްގައިމު ވަގުތުގައި އެ ދެމީހުންގެ މިސްރާބަކަށްވީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓެކެވެ. ކޮފީ ބޯ ނިމިގެން ހައިޒަލް ރުފިޔާ ދައްކަން ދިޔުމުން ނައިނާ ނުކުތީ މަގުމައްޗަށެވެ. އެވަގުތު ސައިކަލެއްގައި ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނި ނައިނާ ދިޔައީ ސިއްސައިގެންނެވެ. “ނައިނާ؟… އެކަނިތަ؟…” ޖެހިލުމެއްވެސް ނެތި އެމީހާ އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

މިހިތަށް ވަރަށް ތަދުވެއެވެ.

Next

ހިތް އެދެ ޔާރާ ތިއޭ – 17

Next
June 11, 2025

ހިތް އެދެ ޔާރާ ތިއޭ – 17

Previews
June 10, 2025

މިހިތަށް ވަރަށް ތަދުވެއެވެ.

2 Comments!

  1. eyharn says:
    June 12, 2025 at 10:39 pm

    Alheyy vrh reethiiiii inegyhhhh💋

    1. Eesh Craxy_Baby says:
      June 13, 2025 at 8:59 am

      thankiuuu sm??

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 6←


All Right Reserved!