ވަޢުދޭ ވެވޭމީ 4
- “ސަރ…” ހައިޒަލް، އޮފީހަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ފަހަތުން އަޑު އައެވެ. “އެ ޖެހުނީ ކަންތަކާ… އަވަހަކަށް ސަލާމަތެއްވެސް ނުވާނެ…” މަޑުމަޑުން ހައިޒަލް ބުނެލިއެވެ.
“ބިޒީ ނޫނިއްޔާ އަޅުގަނޑާ އެއްކޮށް ލަންޗަށް ދާނެންތަ؟… އަޅުގަނޑު ޕޭ ކުރާނަން…” ތުއި އަޑަކުން އެ އަންހެން ކުއްޖާ އަހާލިއެވެ. “ނައުހާ… ތިކަންތައް ދެން ހުއްޓާލަން ވެއްޖެއްނު… ނައުހާ އަށް އިނގޭތަ ތިއީ މީހެއްގެ އަންބެއް ކަމެއް؟…” ހައިޒަލް ވިސްނާދޭ ރާގަކަށް ބުނެލިއެވެ. އެއާއެކު ނައުހާ ފޫހިކަމުގެ އަޑެއް ލައްވާލިއެވެ. “ޕިސް… އެ ކާކުތަ… އަހަރެން ދާނީ އަހަރެން ލޯބިވާ މީހެއްގެ ފަހަތުން ދޯ…” ޖެހިލުމެއްނެތި ނައުހާ ބުނެލިއެވެ. “އެހެން ވެއްޖާ ނައުހާ ވަރަށް ރަނގަޅަށް އަޑުއަހާ… ނައުހާ ކިތަންމެ ގިނަ ދުވަހަކު އަހަރެންގެ ފަހަތުން ދުވިޔަސް އަހަރެންވެސް ދާނީ އަހަރެން ލޯބިވާ މީހާގެ ފަހަތުން… ސާފު ވެއްޖެ؟…” ހައިޒަލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އަދި ހިނދުކޮޅަކުވެސް މަޑުނުކޮށް ކެބިންއަށް ވަނެވެ.
“ހެހެހެ… މި ނައުހާ ހުއްޓާ ތި ހައިޒަލް އެހެން މީހަކާ ގުޅެން ލާހިކެއް ނޫން… ހައިޒަލްއަށް ފުރާނަ ނެތް މަސްގަނޑު ދައްކަން ޖެހިދާނެ…” ނުލަފާ ވައްތަރަކަށް ނައުހާ ބުނެލިއެވެ. އަދި އަނބުރާލުމަށް ފަހު ނައުހާގެ މޭޒާދިމާލަށް ދިޔައެވެ.
ކޮމްޕިއުޓަރަށް ނަޒަރު ހުއްޓައިލައިން އިން ހައިޒަލްގެ ވިސްނުން ވަނީ އެހެން ދުނިޔެއަކުއެވެ. އިރުއިރު ކޮޅާ ބޮލުގައި އަތް ހާކާލާ ގޮތުން، އެއިނީ ވަރަށް ކަންބޮޑު ވެފައިކަން އެނގޭހާވެއެވެ. “ނެއިން…” ވައި އަޑުން ހައިޒަލްއަށް ގޮވާލެވުނެވެ. ދެވަނަ ސުކުންތުގައި ފޯނުނަގައި ނައިނާއަށް ގުޅާލިއެވެ. “ނެއިން… ކީއްކުރަނީ؟..” ނައިނާ ފޯނު ނެގުމާއެކު ހައިޒަލް ކޮށްލި ސުވާލުން ނައިނާގެ ދެ ބުމަ ގޮށް ޖެހުނެވެ. “ޒެލް… ކިހިނެއްވީ؟…” ނައިނާ އަހާލިއެވެ. ނައިނާގެ އަޑުގައި ވި ހާސްކަން ނަގައިގަނެވުމާއެކު ހައިޒަލް ފެށީ ހޭންށެވެ. ހައިޒަލްގެ ލުއި ހީލުމުގެ އަޑު އިވިފައި ނައިނާގެ މުޅި ވުޖޫދު ވެސް ހުއްޓުމަކަށް އައި ކަހަލައެވެ. މީގެ ކުރިން ހައިޒަލްގެ އަޑު އިވިފައި ނުވާ ކަހަލަ ގޮތްތަކެއް މިހާރު އެބަ ވެޔެވެ. ހައިޒަލްގެ އެދުމަށް އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ނައިނާ ފޯނު ބޭއްވީ، ކައްކަންށޭ ކިޔާފައެެވެ. ނައިނާ ފޯނު ބޭއްވުމާއެކު ހައިޒަލްއަށް ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ. އެ އަންހެން ކުއްޖާ އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއް ބާވައޭ ހިތަށް އަރައެވެ. ހައިޒަލްގެ ބަސްނާހާ ހިތް، އޭގެ މަޤާމުން ދޫވީ ނުވެސް އެނގި ހުއްޓައެވެ. ނަމަވެސް ހައިޒަލްއަށްވެސް މިހާރު އެނގޭ ކަމަކީ އަލުން އެ ހިތް އަނބުރާ އޭގެ މަޤާމަށް ނުގެނޭވޭނޭކަމެވެ.
ބަދިގޭގެ ދޮރު ކައިރީ ހުއްޓިގެން ނައިނާ ހުރި އިރު އޭނާގެ ވިސްނުން ހުރީ އެހެން ދިމާލަކުއެވެ. އަދިވެސް އޭނާގެ ކަންފަތް ކައިރީ ގުގުމަމުން ދަނީ ފޯނު ކަނޑާލަމުން ހައިޒަލް ބުނެލިބަސްތަކެވެ. ތަކުރާރުކޮށް ބަލައިން އުޅުމަށް ނައިނާކުރެން އެދުނު އިރު އޭނާއަށްވެސް ފާހަގަވީ މީގެ ކުރިން އެ އަޑުގައި ނުވާހާ ކަންބޮޑުވުން ވިކަމެވެ. އަނެއްކާ ކަމެއްވީ ބާއެވެ. މިކަހަލަ ހިޔާލުތަކެއްގައި ހުރި ނައިނާއަށް ހޭވެރިކަންވީ ކުޑަކުޑަ ޒާން އައިސް ބައްދާލުމުންނެވެ. “މަންމިގެ ބޭބިޝް… ހިނގާ އެއްޗެއް ކާލަން ދޯ…” ނައިނާ ލޯތްބާއެކު ބުނެލިއެވެ. “ކޮއްކޮ ބޭނުމީ ޒެލްބެ..” ބޯ އަރިކޮށްލަމުން ލޯބިކޮށް ޒާން ބުނެލިއެވެ. ‘ޒެލްބެ’ އަކީ އެންމެ ކުރީއްސުރެ ހައިޒަލްއަށް ޒާން ކިޔާ ނަމެވެ. ޒާންގެ އެ އާދައަކީ ނައިނާ އުޅެއުޅެވެސް ބަދަލު ނުކުރެވުނު އާދަ އެކެވެ. “ދަރިފުޅޫ… ޒެލްބެ ވާނީ އޮފީސްގައޭ… ދެން މިއަދު މަންމި އަތުން ދޯ ކާނީ…” ނައިނާގެ އެދުމަށް މިފަހަރު ޒާން ދެކޮޅެއް ނުހެދިއެވެ.
ފަސޭހަކަމާއެކު ޒާން އަށް ކާންދީ ނިންމާލުމަށްފަހު ނައިނާ ސޯފާގައި ޖައްސާލީ ވަރުބަލި ފިލުވާލުމަށެވެ. އޭރު ރިހާނާވީ ޒާން ގޮވައިން ފިހާރައަށް ގޮހެވެ. ހައިޒަލްވެސް އޮފީހުން ގެއަށް އަންނާނީ މެންދުރު ދޭއް ޖަހާއިރުއެވެ. އެކި ކަންކަމާ ވިސްނަމުން ދިޔަ ނައިނާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގެއެވެ. ނައިނާއަށް ނިދުނުތާ އިރުކޮޅެއްފަހުން ހައިޒަލް ގެއަށް އައެވެ. އެވަގުތު ސޯފާގައި ނިދިފައި އޮތް ނައިނާ ފެނި، ހައިޒަލްގެ ހަރަކާތް ތަކަށް ލަސްކަމެއް އަޔެވެ. ލަސް ހިނގުމެއްގައި ގޮސް ނައިނާ ކައިރި ކުޑަކަކޫ ޖަހައި އިށީންދުނެވެ. އަދި ލޯތްބާއެކު އެ ދޮން ކޯތާފަތުގައި ބޮސްދިނެވެ. އިރުތަކެއްވަންދެން ނައިނާގެ ލޯބި މޫނަށް ބަލަން އިނދެފައި ހައިޒަލް ތެދުވިއެވެ. އަދި ލުއި އަހިފަތެއްހެން ނައިނާ އޭނާގެ އަތްދަނޑިމައްޗަށް ނެގިއެވެ.
ނައިނާ ކޮޓަރިއަށް ލާފައި ހައިޒަލްއަށް ނުކުމެވުނީ ރިހާނާގެ ކުރިމައްޗަށެވެ. “ހައިޒަލް؟… މިކޮޓަރިން؟…” ރިހާނާ ފާޑެކަށް އަހާލިއެވެ. “އެ… އެ… ނެއިން ކޮބާތޯ ބަލާލަން…” އަޅައަޅައި ގަންނަމުން ހައިޒަލް ބުނެލިއެވެ. އަދި ރިހާނާގެ ޖަވާބަކަށް މަޑުކުރުމެއް ނެތި އޭނާގެ ކޮޓަރިއަށް ދެމިގަތެވެ. ހައިޒަލްއަށް ވީގޮތް ފެނިފައި ރިހާނާއަށް ހެވުނެވެ.
ޖެހިގެން އައި ދުވަހެވެ. އިރު ފެނުން ތޮޅެލުމާއެކު ޒާން އެނދުމަތިން ތެދުވިއެވެ. ހުކުރު ދުވަސް ކަމުން ނައިނާވެސް އޮތީ ގަދަ ނިދީގައެވެ. ޒާން ކުރަން އުޅޭ ކަމެއްގެ ހިލަމެއް ނުވާ ހާލުއެވެ. ކުދިކުދި ފިޔަވަޅުތަކެއްގައި ޒާން ކޮޓަރިން ނުކުތީ އެއްވެސް އަޑެއް ލައްވާ ނުލައެވެ. ކޮޓަރިން ނުކުތްއިރު އެ އަތުތެރޭގައި ނައިނާގެ ރަތް ލިޕްސްޓިކް އޮތެވެ. މަޑުމަޑުން ހައިޒަލްގެ ކޮޓަރިއަށް ވައިން ޒާންގެ މޫނުމަތީގައި ވީ ލާނެތް ހިނިތުންވުމެެކެވެ. ހައިޒަލްގެ ކައިރީ އިނދެ ހިތްފުރޭވަރަށް ހައިޒަލްގެ މޫނުގައި ކުރަހާލިއެވެ. އެއަށްފަހު ސިއްރު ސިއްރުން އެ ކޮޓަރިން ނުކުމެ ނައިނާ ކައިރިއަށް ދިޔައެވެ.
“މަންމާ…” ހައިޒަލްގެ ބާރު އަޑަށް ބަދިގޭގައި އުޅުނު ރިހާނާއާއި ނައިނާ ނުކުތެވެ. އެވަގުތު ހައިޒަލްގެ މޫނު ފެނި އެ ދެމީހުންގެ ވެސް ހިނިގަނޑު ފަޅައިން ދިޔައެވެ. އޭރު ސޯފާގެ ފުރަގަހު ފިލާއިނދެ ޒާން ދިޔައީ ހެމުންނެވެ. ވަގުތުން އެއީ ޒާންގެ ކަމެއްކަން ހައިޒަލްއަށް އިނގުނެވެ. ބާރަކަށް ހިނގާފައިގޮސް އެކުއްޖާ އުރާލިއެވެ. “ޒެލްބެ ރިވެންޖް ނަގާނަން އިނގޭ!…” ހައިޒަލް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Very nice
When next???
Next time try to make it faster
Thankiu…idk seedhaa bunan…Vrh bxy koh ulheythyve…sorry for that everyone ❤️
Reallyyyyyy
You are back ….. With this story
I thought you gave up the story
But alhamdhulillah …you started again
Hope you will continue to finish the story and even more stories
Anyway loved this part and curiously waiting for the next part
hehe yeaa…IA mi vhk ehkoh nimmeythw balaanen..vrh ufaa vejje mi part kamudhaakan engunyma…thankiuu sm repunzil?
long time no see
how are you
its ok
mi part ves v reethi masha allah
curiously waiting for next part
keep it up
naina and haizal gulhuvachey
they both are made for each other
v intresting story eh
v kiyaala hithun kiyani
i appreciate your hard work
eheh im fine
hbt cutie girl?
thankiu sm
hehe dhn balamaa dhw naina n haizal gulheythw
again thankiu sm cutie girl??
vrhh vrhh reethi vhk mashaa alllahhh
thankiu unknownnnn
kobaa anehbaaa
IA vrh avh kiyaalan libeyne…
waitingggggggggggggggggggggggggggg…………………………………………………………………………………………………………………….