Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ލޯބި އޭގެ އިންތިހާ

Eesh
Eesh Level 4100 Login10 Stories
March 5, 2025 5 Mins Read
10 Comments

ހިމ‏‏‏‏‏‏ޭން ރެޔެކެވެ. މަޚުލޫގެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި ދުނިޔެ ނިދައިފާވާ ކަހަލައެވެ. ނަމަވެސް އަހަރެންގެ ނިދި ވަނީ މާ ދުރުގައެވެ. ފެނުނު ބިރުވެރި ހުވަފެނަަށް ފަހު ނުނިދިގެން ކޮޓަރިން އަހަރެން ނުކުތްއިރު މުޅި މާހައުލަށް ވަނީ ހިމޭންކަން ވެރިވެފައެވެ. އެ ހަމަހިމޭން ކަން ފޫއަޅުވާލީ ކޮޓަރި ތެރޭން އިވުނު ބާރު އަޑުފަށްގަނޑުންނެވެ. ހިތް އަވަސްވެފައިހުރެ އަހަރެން ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލީމެވެ. އެވަގުތު ރީތިވާ މޭޒު ކައިރި ހުރި އަހަރެންގެ ފިރިމީހާ ފެނި، ހާސްވިއެވެ. “ހުޝާ… ކީއްކުރަނީ ބޭރުގަ؟” އަހަރެންގެ ފިރިމީހާ، ރިޔާންގެ ސުވާލުން އަހަރެން ސިހުނުކަން ރިޔާންއަށްވެސް ފާހަގަވިއެވެ. “މި.. މިއައީ ފެން ފޮދެއް ބޯލައިގެން…” އަޅައަޅައިގަންނަމުން އަހަރެން ބުނީމެވެ. “ކޮޓަރީގަ ފެން އެބަ ހުރި؟” ރިޔާން ސުވާލުގެ ނަޒަރަކުން މޭޒުމަތީ އިން ފެން ޖަގަށް އިޝާރާތް ކުރިއެވެ. “އަ… އައިިސް ފެން ބޯން އަހަރެން ދިޔައީ…” އަހަރެންގެ ޖަވާބު އިވިފައި ރިޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އެ ހުރިހައި ވަގުތު އޭނާ، ނޭވާ ނުލާ ހުރި ހެންނެވެ.

“އާދޭ ދެން ނިދަން” އަހަރެން ދެންވެސް ހުއްޓިގެން ހުރުމުން ރިޔާން ބުނެލިއެވެ. އަހަރެން ވެސް ދެކޮޅު ހެދުމެއްނެތި ރިޔާން ގާތު އޮށޯއްތީމެވެ. އެވަގުތު ރިޔާން އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި ލަސްލަހުން އަހަރެންގެ ކަނދުރާގައި ބޮސް ދޭން ފެށިއެވެ. ރިޔާންގެ ހޫނު ތުންފަތް އަހަރެންގެ ކަނދުރާގައި ބީހިލި ވަގުތު އަހަރެން ހީލި ކަރައިން ތެޅެގަތީމެވެ. ރިޔާން ލުއި ހީލުމަކުން ހީިލުމަށްފަހު ގުޑް ނައިޓް އޭ ބުނެލިއެވެ. އަހަރެެެންވެސް ހަމަ އެފަދައިިން ބުނެލީމެވެ.

މާގިނަ އިރެއް ނުވެ ރިޔާން ނިދައިފިއެވެ. އެހެންނަމަވެސް އަހަރެން އޮތީ މީގެ ކުޑަ އިރުކޮޅެއް ކުރިން ފެނުނު ހުވަފެނާ މެދު ވިސްނާށެވެ. އަނެއްކާވެސް އެ ހުވަފެން ތަކުރާރު ކޮށް ފެންނަންވީ ކީއްވެ ހެއްޔެވެ؟ “މަ ހަމަޖެހިލައިން އުޅުނިއްޔާ ނުދޭއޭ… ކަށްވަޅަށް ފޮނުވާލީމަވެސް މައިތިރި ނުވާތި… ކިހާ ބޮޑު އުނދަގުލެއް…” ވައި އަޑުން އަހަރެންނަށް ބުނެލެވުނެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގު ވިއެވެ. ރިޔާން ހޭލަފާނެ ކަމުގެ ބިރަށް އަވަސް އަވަހަށް ފޯނު ނެގީ ކާކުތޯ ބެލުމެއްވެސް ނެތިއެވެ. “ޝާ… ބޭބީ…” ފޯނު ނެގިތަނުން އިވުނު އަޑުން އަހަރެންގެ ހިތް ގުޑައިގަތެވެ. އޭނާ ގުޅުމަކީ އިންޒާރެކެވެ. އަހަރެންގެ މި އުފާވެރި ދިރިއުޅުން ރޫޅެން އުޅޭކަމުގެ އިޝާރާތެކެވެ. “ލޯބީ… ހާދަ ހާސްވީ… މިސްއެއް ނުވޭތަ އެހާދުވަސް ވީއިރު… އިނގޭތަ… މިނިވަންވާއިރަށް އެންމެފުރަތަމަވެސް މި ގުޅީ ރީން އަށް…” އެމީހާ ބުނެލިއެވެ. “އަލާން؟…” އަހަރެންނަށް ގޮވާލެވުނެވެ. އަދި ފުންމައިން ތެދުވެ ކޮޓަރިން ނުކުތީމެވެ. “ހެހެހެ… އަލާންއޭ މީ… ތި މައުސޫމު ކަމުގެ ފަހަތުގައި ފިލާހުރި ނުބައި އިންސާނާ ފެނުނު އަލާން އޭ…” އަލާން ބުނެލިއެވެ. އަލާން އެހެންބުނުމާއެކީ އަހަރެންގެ މޭގަނޑު އަނގައަށް އައިކަހަލައެވެ. “ކިހާ ދެރަ ކަމެއްދެން… ކިހާ ރުފިޔާއެއްތަ ބޭނުން ވެގެން ތިއުޅެނީ… ދިހަ ހާސް؟… ފަނަރަ ހާސް؟…” އަހަރެން ދަތްކުނޑި ވިކާލަމުން ބުނެލީމެވެ. “އެއް މިލިޔަން..” ހީލަމުން އަލާން ބުނެލިއެވެ. “ކި… ކީކޭ؟…” އަހަރެންނަށް ހައިރާން ވެފައި އަހާލެވުނެވެ. “ހެހެހެ… އާން… މަ ދޭނަން ހަފްތާއެއް… މާދަމައިން ފެށިގެން ދުވަސް ގުނާނެން…” އަލާން ބުނެލިއެވެ. އަދި ލަސްނުކޮށް ފޯނުކަނޑާލިއެވެ. އަހަރެންނަށް ދެލޯ މަރާ ފިއްތާލެވުނީ ހާސްވި ވަރުންނެވެ. ރިޔާން ގެެއްލެން އުޅޭކަމުގެ ނިޝާންތައް މިހާކުރިން ފެންނަން ފެށީމައެވެ. އަދި ކައިވެންޔަށް ވީ އެންމެ 4 މަހެވެ. އަހަރެންނާއި ރިޔާންގެ ލޯބީގެ ނިޝާނެއް ފާޅުނުވެ، މި ގުޅުން ނިމުނަކާ ނުދޭނަމެވެ.

އޭގެ ފަހުން އަލާން ގެ ހަބަރެއް ނުވެ 6 ދުވަސް ފާއިތުވިއެވެ. އަލާން ގެ ހަބަރެއް ނުވާތީވެ އަހަރެންވެސް ހުރީ ރުފިޔާގެ މަތިން ހަނދާން ނެތިފައެވެ. “ހުޝާ… ކޮންމެސް މީހަކު އެބަގުޅާ…” އަހަރެން ބަދިގޭގައި އުޅެނިކޮށް ރިޔާން ގޮވާލިއެވެ. އަހަރެންނަށް ރިޔާން އެއްޗެކޭ ބުނި ކަން އިނގެއެވެ. ނަމަވެސް ސާފު ނުވާތީ އަޅާނުލީއެވެ. އިރުކޮޅެއް ފަހުން ބާރަކަށް ހިނގާފައި ރިޔާން ބަދިގެއަށް ވަނެވެ. “ކިހިނެއްވީ ޑާރލިން؟…” އަހަރެން އަތް ދޮންނަމުން އަހާލީމެވެ. “އަލާން އަކީ ކާކު؟…” ރިޔާން ކޮށްލި ސުވާލުން އަހަރެންގެ މޭ ރޫރޫ އަޅައިގަތެވެ. އަހަރެންނަށް ވީ ގޮތް ފެނިފައި ރިޔާން އަނެއްކާވެސް ސުވާލު ކުރިއެވެ. މިފަހަރު ތަންކޮޅެއް ބާރަށްށެވެ. “އެ… ރައްޓެއްސެއް…” އަހަރެން ބުނެލީމެވެ. “އެހެންވީ އިރު ރީނާގެ މަރުގެ ހަގީގަތް ފަޅާއަރުވާނަމޭ އެބުނީ ކީއްވެ؟… އަހުޝާ އަހަންނަށް ކޮންކަމެއް ތި ފޮރުވަނީ؟…” ރިޔާންގެ އަޑު ދިޔައީ ބާރުވަމުންނެވެ. “ރިޔާން.. އައި… އައި ކޭން އެކްސްޕްލެއިން…” އަހަރެން ދެންވެސް މަސައްކަތް ކުރީ ހަގީގަތް އޮޅުވާލެވޭތޯއެވެ. އަހަރެންގެ ކައިވެނި ސަލާމަތް ކުރުމަށްޓަކައެވެ. “އައްސަލާމުއަލައިކުމް…” ހަމަ އެވަގުތު ބޭރުން ސަލާމް ގޮވާލިއަޑު އިވިފައި ރިޔާން ނުކުތެވެ. އަހަރެންވެސް ރިޔާންގެ ފަހަތުން ނުކުމެ ކޮޓަރިއަށް ވަނީމެވެ. އަދި ބުރުގާ އަޅާލައިން ސިޓިންރޫމަށް ނުކުތީމެވެ. އެއިރު ރިޔާން އެމީހެއް ގޮވައިން ސިޓިންރޫމް ސޯފާގައި އިނެވެ. އެމީހާ އިނީ އަހަރެންނަށް ފުރަގަސް ދީގެން ކަމުން އަހަރެންނަށް އެ ކާކުކަން ވަކި ކުރާކަށް ނޭނގުނެވެ.

“އަހުޝާ…. އާދެބަލަ… މިތާ އިށީންދެބަލަ…” ރިޔާންއަށް އަހަރެން ފެންނައިރަށް ގޮވިއެވެ. އަހަރެން ގޮސް ރިޔާން ކައިރީ އިށީންދުނީމެވެ. އެވަގުތު ދެން އިން މީހާގެ މޫނުފެނިފައި އަހަރެންގެ ބޯމައްޗަށް ދުނިޔެ ވެއްޓުނު ކަހަލައެވެ. “އަންހާ އަހުޝާ… އެންމެފަހުން މިއޮތީ އަހަރެން ބުނި ދުވަސް އައިއްސަ… އެއިރުވެސް ރީއްޗަށް އަހަރެން ބުނި ގޮތް ހެދިނަމަ؟… މިހިނެއް ނުވާނެއްނު… ދޯ؟..” އަލާން ބުނެލީ އަހަރެންނަށް ދޯ ދެމުންނެވެ. “ހޫން ދެން ތިއެއް ނޫން… އަހުޝާއާ އަލާންއާ ދެމީހުން މަށަށް ކިޔައިދީބަލަ ރީނާގެ މަރުގެ ހަގީގަތް…” ރިޔާން އެހެން ބުނި އިރުވެސް ރުޅިގަދަވެގެން ތުރުތުރު އަޅައެވެ. “އަހުޝާ ކިޔައިދީބަލަ..” އަލާން ބުނެލިއެވެ. އެއާއެކު އަހަރެން މީގެ 6 މަސް ކުރީގެ ހަނދާންތަކަށް ދިޔައީމެވެ. “އެއީ މީގެ 1 އަހަރު ކުރިން… ރީނާއަށް ވުރެ ކުރިން ރިޔާން ފެނުނީ އަހަންނަށް… ރިޔާން ދެކެ ކުރިން ލޯބި ވެވުނީވެސް އަހަންނަށް… ރީނާ އަކަށް ނޫން… އެކަމަކު ރިޔާންގެ ސަމާލުކަން ލިބުނީ ރީނާއަށް… އަހަރެންނަށް ރިޔާންއާ ރީނާއާ ރައްޓެހިވިކަން އިނގުނުރޭ އަހަރެން ރުއި ވަރު އިނގޭނީ ހެއްދެވި ފަރާތަށް… އެ ހިތާމައިގަ އަހަރެން ގެނބެނިކޮށް ދެން ލިބުނީ ތިދެމީހުން މެރީ ކުރަން އުޅޭ ހަބަރު… ރިޔާންއަށް އިނގޭތަ އަހަރެންނަށް ވީ ގޮތް… މި ހިތަށް ހީވީ ތޫނު ހަންޖަރުތަކެއް ހަރާލިހެން… ދިރިހުއްޓާ އަހަރެން…  މަރުވި ފަދަ…” ގިސްލެވޭ ވަރުން އަހަރެން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީމެވެ. އެހެންނަމަވެސް އިރުކޮޅެކުން އަނެއްކާވެސް ފެށީމެވެ. “ކައިވެނީގަ ތިދެމީހުން އެއްކޮށް ހުއްޓާ ފެނުމުން އަހަރެން ހީވީ މޮޔަވާން އުޅުނުހެން… އެކަމަކުވެސް ކެތް ކޮށްގެން އެތާހުރިން… އެކަމަކު ދެރަ ކަމަކީ އެގޮތުގަ އެހާ ގިނަދުވަހު އަހަރެންނަށް ކެތް ނުކުރެވުނުކަން… އާން… އެ ރީނާ މަރާލީ އަހަރެން… އަހަރެން މަސައްކަތް ކުރީ އަހަރެންގެ ލޯބި ހޯދަން… އަހަރެންގެ ނަޒަރުގަ އެއީ މައްސަލައެއް ނޫން… އެއީ—” އަހަރެންގެ ވާހަކަަ މެދުކެނޑުނީ ރިޔާންގެ ނަފްރަތުން ފުރިގެންވި އަޑުން ހުއްޓާލަން ބުނުމުންނެވެ. ރިޔާންގެ އަޑު އިވުމުން އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ. “އަހުޝާއަށް އިނގޭތަ ތި ކުރެވުނީ ކޮންކަހަލަ ކަމެއްކަން؟… އޭން؟… އެވަރު ނޭނގޭ ކުޑަ ކުއްޖެއްތަ ތީ؟…” ރިޔާން ބުނެލިއެވެ. އޭރު އަލާންވެސް އިނީ އަހަރެންނަށް ބަލަހައްޓައިގެންނެވެ.

“ރިޔާން… ލޯބިވެވުމަކީ ކުށެއްތަ؟… އެ ލޯބި ހޯދަން ތެޅުމަކީ ވެސް ކުށެއްތަ؟… ރީނާ އަހަރެންގެ ލޯބި އަހަރެންގެ އަތުން ޖަހައިގަތީ… އެހެންވެ އެ ލޯބި ހޯދަން އަހަރެން… އަހަރެން ރީީނާގެ ފުރާނައިން އަތްދޮވެލީ. އަހަރެންގެ ލޯބިވާ ރިޔާންގެ ލޮލުން ކަރުނަ އޮހޭނެކަން އިނގިހުރެ. ހަމައެގޮތަށް ޔަގީން ވި، ރީނާއަށް ނުދެވުނު ލޯބި އަހަރެންނަށް ރިޔާންއަށް ދެވޭނެކަން… ދިނީމެއްނު؟… ބުނެބަލަ ރިޔާން… ބުނޭ އަހުޝާ ދެކެ މާ ލޯބިވެއޭ…” އަހަރެން ރޮއެ ހޭރެމުން ކީމެވެ. ނަމަވެސް އަހަރެންގެ ލޮލުން އޮހޮރޭ ކަރުނައިން މިއަދު ރިޔާން އަކަށް އަސަރެއް ނުކުރިއެވެ. “އަހުޝާ ހިތުން އަހަރެންނާ ކައިވެނި ކުރެވުނީމަ އަހަރެންގެ ހިތުން ރީނާއަށް ދެވުނު މަތިވެރި މަޤާމް ކަލެޔަށްވެސް އެ ލިބުނީއޭ؟… ހުވަފެނުންވެސް ކަލެއަށް ނުވާނެ ކަމެއް އެއީ… ބުނަން ވަރަށް ރަނގަޅު ވާހަކައެއް؟… އަހަރެން އަދިވެސް ލޯބިވަނީ އެ ރީނާދެކެ… އާން.. އަހަރެން ނުވޭ އަހުޝާދެކެ ލޮއެތްބެއް… ތިހިރީ ވަރި ކޮށްފަ… މާދަމާ މިގެއިން ނުކުންނާތި…” އަހަރެން ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ހިތާ ހިތުން ދުއާ ކުރެވުނީ ނުބައި ހުވަފެނަކަށް މިހުރިހައި ކަމެއް ވުމަށެވެ. އަހަރެން ހުއްޓުންއަރާފައި ހުރިތަން ފެނި ރިޔާން އަނެއްކާވެސް ހަޅޭއް ލަވައިގަތެވެ. އަދި އަލާން ގޮވައިން ގެއިން ނުކުތެވެ.

އަލާން ގެޔަށްލާން ދިޔަ މަގުމަތީގައި ރިޔާންއަށް ރީނާ މަރާލިގޮތް އިނގުނެވެ. “އަހަރެންނަށް ފެނުނީ އަހުޝާ ވަރަށް ސިއްރުން ކޮންމެވެސް ފިރިހެނެއްގެ އަތުން އެއްޗެއް ނަގަނިކޮށް… ފަހުން އިނގުނީ އެއީ ޒަހަރު ކަމާ އެ ގެންދަނީ ރީނާ މަރާލަންކަން ވެސް… އަހުޝާ އެބޭސް އެޅީ ރީނާ ބަލިވެ އުޅުނު ދުވަސްކޮޅު އޭނައަށް ގިރި ޖޫސްތައްޓެކަށް… އަހަރެންނަށް އެ ހުރިހައި މަންޒަރެއް ފެންނަން ތަގުދީރުގައި ހުރީމަ ފެނުނީ… އަސްލު އަހަރެން އެދުވަހު ތިގެޔަށް ދިޔައީ ރީނާގެ ދޮންބެ ލޫކަންގެ އެއްޗެއް ބަލާ…” ގެޔަށް އައި މަގުމަތީގައި އަލާންގެ އަޑު ދިޔައީ ރިޔާންގެ ކަންފަތުގައި ގުގުމަމުންނެވެ.

ރޮމުން އިނދެ އަހަރެންގެ ނަސީބާމެދު ޝަކުވާކުރަމުން ފޮށްޓަށް އެއްޗެހި އަޅަން ހުއްޓާ ރިޔާން ގޮވާލިއެވެ. އަހަރެން ބުރުގާ އަޅައިން އަނެއްކާވެސް ނުކުތީމެވެ. އެވަގުތު ރިޔާންގެ ފަހަތުން އައި ފުލުހުން ފެނި އަހަރެން ލަމުންދިޔަ ނޭވާވެސް ކަރުގައި ތާށިވިއެވެ. ބަސްހުއްޓިފައި އަހަރެންނަށް ހުރެވުނީ ރިޔާންއަށް ބަލާށެވެ. ރިޔާންގެ މޫނުމަތިން އަހަރެންނަށް ފެންނަމުންދިޔައީ ތަރުޖަމާކުރަން ދަތި އަސަރުތަކެކެވެ. “މަރިޔަމް އަހުޝާ. އަޅުގަނޑުމެންނާ އެކީ ދުރުވެދެއްވާ…” އަދަބުވެރިކަމާއެކު އެތަނުން އިސްކޮށް ހުރި މީހާ ބުނެލިއެވެ. އަހަރެންނަށް ދެންވެސް ބަލާލެވުނީ ރިޔާންއަށެވެ. އަދިވެސް އަހަރެންގެ ނަފްސު ގަބޫލު ނުކުރަނީއެވެ. އަހަރެން ފުލުހުންނާ ހަވާލު ކުރަނީ ރިޔާންކަމެވެ. “ރިޔާން… އަހަރެން މާފަކަށް ނޭދޭނަން… އަދި އަހަރެން ރިޔާންއަކަށްވެސް މަޢާފެއް ނުކުރާނަން… އެކަމަކު… ފަހުފަހަރަށް… ލޯބިވެއޭ ބުނެބަލަ… ހެޔޮނުވާނެ…” ނުރޯން ހިތްވަރަށް އަހަރެން އެދުނީމެވެ. ނަމަވެސް ރިޔާން އިޚުތިޔާރުކުރީ ހިމޭން ކަމެވެ. އަހަރެން އިސްޖަހައިން ހުރެ ހިނގައިގަތީމެވެ. އަދި ލަސްލަހުން ގޮސް ފުލުހުންގެ ވެހިކަލް ކައިރީގައި ހުއްޓުނީމެވެ. ފަހުފަހަރަށް ރިޔާންއަށް ބަލާލީމެވެ. އެ ސޫރަ ހިތުގައި އުމުރަށް ގައިދު ކޮށްލުމަށެވެ. ދެން ފެންނާނެ ކަމުގެ ޔަގީންކަން ނެތީތީއެވެ. “ވަރަށް ލޯބިވޭ…” ވައި އަޑުން އަހަރެން ބުނެލީމެވެ. އެވަގުތު ފަހަތުން އަހަރެން ކޮއްޕާލީ އަވަހަށް އަރާށޭ ބުނަމުންނެވެ. އަހަރެން ލަސްނުކޮށް އެރީ މީހުންގެ ނަޒަރު އަހަރެންނަށް އަމާޒުވާން ފެށުމުންނެވެ.

އާންއެކެވެ! އަހަރެންނަށް ރިޔާންގެ ހަޔާތުން ޖާގައެއް ހޯދިއްޖެވެ. ނަމަވެސް އެ ހިތަކުން ނުލިބުނެވެ….

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 18

Next

ފުރާނައިގެ ދިރުމޭތިއީ 9

Next
March 5, 2025

ފުރާނައިގެ ދިރުމޭތިއީ 9

Previews
March 5, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 18

10 Comments!

  1. baby girl 🙈 says:
    March 5, 2025 at 7:13 pm

    ” kusheh he loabi vevumakee
    e loabi hoadhaan thelhumakee ”
    vrh reethi Masha Allah ❤️
    lyssm ❤️

    1. Eesh Craxy_Baby says:
      March 5, 2025 at 9:31 pm

      thankiuu n lym baby girl?!

  2. blackshadow eddie eddie blueshadow says:
    March 5, 2025 at 10:31 pm

    nice story
    keep it up

    1. Eesh Craxy_Baby says:
      March 6, 2025 at 2:05 pm

      thankiuu eddie blueshadow?!

  3. ava says:
    March 6, 2025 at 12:37 am

    ahusha must be very delusional she really thought she could get away with murdering someone

    1. Eesh Craxy_Baby says:
      March 6, 2025 at 1:30 am

      haha yeah dhww!!

  4. konmesmeeeheh says:
    March 6, 2025 at 1:17 pm

    wowwwwwwwwwwwwwwww..masha allah
    keep it upp sisterrrr

    1. Eesh Craxy_Baby says:
      March 6, 2025 at 2:06 pm

      thankiuu sm konmesmeeheh?!!

  5. aysherrthhhh says:
    March 27, 2025 at 11:01 pm

    vrh reethi vhk eh

    1. Eesh Craxy_Baby says:
      March 27, 2025 at 11:09 pm

      thankiuu sm aysherrthhhh?

Comments are closed.



All Right Reserved!