Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 35

Maash
Maash Level 4100 Login10 Stories100 Comments500 Login
April 10, 2025 5 Mins Read
12 Comments

އަހަރެން މާފަކަށް ނޭދޭނަން އަހަރެން ކުރި އެއްވެސް ކަމަކަށް.. އަހަރެން އެއްވެސް އިރެއްގައި ބޭނުމެއްނުވި އަންހެންދަރިއަކު.. އަހަރެން ބޭނުންވީ މާވިން ފަދަ ފިރެހެންދަރިން.. އެކަމަކު ކަލޭ ލިބުނު ފަހުން ޑޮކްޓަރު ބުނީ މިލްޔާއަކަށް އިތުރު ދަރިއަކު ނުލިބޭނޭ.. އަހަރެންގެ ނަޒަރުގައި އަންހެންދަރިންނަކީ އެއްވެސް ބޭނުމެއް ކުރެވޭ ބަޔެއްނޫން.. ގެއަކަށް ފައިސާއެއް ގެނެވެނީކީއެއްނޫން.. އަހަރެން ޖެހެނީ ހުރިހާ ކަމެއް ކޮއްދޭން.. އެހެންވެ އަހަރެން ހިތަށް އެރީ ކަލެޔަށް އަށާރަވާ ތަނުން ފައިސާވެރިޔަކަށް ދެވާނީއޭ.. އެކަމަކު އެ ރޭވުން ބަދަލު ވާން ޖެހުނީ ކަލޭގެ ސްކޫލަށްށާ އެހެން ތަންތަނަށް ކުރަންޖެހުނު ހަރަދުތަކުން.. އެފަދަ ފައިސާތަކެއް ބޭކާރު ކުރާކަށް މަ ނެތިން.. މަ މިއީ އެއްއިރެއްގައިވެސް ފައިސާ ވެރިއެއްނޫން.. ދެން އޭރު ގޭންގަށް ދައްކަން ޖެހޭ ދަރަންޏަކާ ހުރެ ކަލޭ ގޭންގަށް ވިއްކާލީ.. އަހަރެންނަށް އޭގެ ފަހަކުން ފައިސާގެ ދަތިކަމެއް ޖެހުނީކީ އެއްވެސް ނޫންވިއްޔާ..” އިމްރާން  ހަމަޖެހިލާފައި ހުރެ ވާހަކަ ދެއްކިއެވެ. އިމްރާން ދެއްކި ރަހުމެއްނެތް ވާހަކަތަކުން އެތަނުގައި ބޮމެއް ގޮވި ފަދައެވެ.

***ޕާޓް 35***

***އެއް ހަފްތާފަސް***

ކޯޓަށް ދިޔުމަށްޓަކައި ދާރިއަން ތައްޔާރުވަމުން ދިޔައެވެ. އޭނަގެ ފުލުސް ޔުނިފޯރމްލައި ތައްޔާރުވެލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމުން އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަގެ އިސްތަށިގަނޑު ހުރީ މިހާރު ރީތި ވަރަކަށް ކުރުކޮށް ކޮށާލާފައެވެ. ކަންފަތުގައި ހުރި މުދިތައް ވަނީ ނަގާފައެވެ. އަދި އަތުގައި ކުރިން ހުރެ ޕެކިންތަކެއްވެސް ނެތެވެ. އޭނަގެ ސޫރައަށް ބަލައިލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. މިއަދު މިއީ އޭނައަށް ވަރަށް މުހިންމު ދުވަހެކެވެ. އޭނަ ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ ލިބޭ ދުވަހެވެ. ދިވެހިންގެ އެތަށް ބަޔަކަށް އިންސާފު ލިބޭނެ ދުވަހެއްކަން ގައިމެވެ.

ދާރިއަން ކޮޓަރިން ނިކުމެގެން ގޮސް ދާލިޔާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. “މި ނުކުންނަނީ” އެކޮޅުން ދާލިޔާ ގޮވައިލިއެވެ. ދާލިޔާގެ ކޮޓަރީގެ ދޮރުގައި ދާރިއަން ލެގިލިއެވެ. “ދަރިފުޅާ އާދޭ ސައިބޯން…” ދާރިއަންގެ މަންމަ ޒީވާ ހިނިތުންވެލަމުން ބުންޏެވެ. ދާރިއަން ބޯޖަހައިލަމުން ކާމޭޒުގެ ގޮޑިއެއް ދަމައިލަމުން އިށީނެވެ. އިރުކޮޅަކުން އޭނަގެ ބައްޕައާއި ދާލިޔާ ކާމޭޒު ދޮށުގައި އިށީނެވެ. ދާލިޔާވެސް ހުރީ ފުލުސް ޔުނީފޯރމްގައެވެ. އޭނަގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. “ބައްޕަ ވަރަށް ފަހުރުވެރިވޭ ތިދެކުދިންދެކެވެސް… ދާރިއަން ކުރި ހިތްވަރަށް ބައްޕަ ސާބަސް ދެން.. ލިޔާވެސް ދޮންބެއަށް އެހީވެ ދޮންބެއާއެކީ އެމީހުންނަށް އިންސާފު ހޯދައިދިނުމުގައި އެހީވެ ތިކުރި ހިތްވަރަށް ސާބަސްދެން.. ބައްޕަގެ ފަހުރުވެރިވާ ދެކުދިން..” ހިނިތުންވެލަމުން ދާއިން ބުންޏެވެ.

ދާލިޔާ އާއި ދާރިއަންގެ ހިތް ފުރިގެން ދިޔަ އިހުސާސެއް ކުރެވުނެވެ. އެމީހުންގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. “އެކަމަކު ދެން އެކަހަލަ ނުރައްކާތެރި ކަމެއް ނުކުރައްޗޭ އެހާ އަވަހަށް.. މަންމައަށް އަދިކިރިޔާ ހަމަ ނޭވާއެއް ލެވުނީ..” ޒީވާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. “ދެން ޒީވެސް ދައްކާ ވާހަކަ ދޯ.. އަހަރުމެންގެ ދަރިންނަކީ ނުލާހިކު ހިތްވަރު ގަދަ ކުދިން.. އަނެއްކާ އެއީ ފުލުހުން.. އެކުދިންގެ ވާޖިބު އަދާކުރަން ވާނެއެއްނުން..” ދާއިން ހީލަމުން ބުންޏެވެ. “ދާންވެސް އެމީހުންނަށް އެހާ ހިތްވަރު ދޭތީއޭ އެމީހުން އެހެން އުޅެނީއެ..” ޕިސްޕިސް ކިޔާލަމުން ޒީވާ ބުންޏެވެ. މަންމަ އާއި ބައްޕަގެ ކޯޅުން ބަލަން ދާލިޔާ އާއި ދާރިއަން ތިބީ ހިނިއައިސްފައެވެ.

އުކައިލް ސައިބޯންއިންއިރު އޭނަގެ މޫނުމަތީގައި ކުރުހާލެވިފައިވަނީ ނުފިލާ ހިނިތުންވުމެކެވެ. ވާނީވެސް އެހެނެއްނުން ހެއްޔެވެ؟ މިއަދަކީ އޭނާގެ މަންމައަށް އިންސާފު ލިބޭ ދުވަހެވެ. އެތައް މަސްދުވަހެއްގެ މަސައްކަތުގެ ފޮނި މޭވާ އަރުތެރޭގައިލާ ދުވަހެވެ. އޭނަގެ މޫނުމަތީގައިވި ހިނިތުންވުން ޖާވިދުއަށާއި މާރިޔާ އަދި ޝީންއަކަށް ސިއްރެއްނުވިއެވެ. “އުކައިލް، ބޮޑުބެ ވަރަށް ފަހުރުވެރިވޭ އުކައިލްއާ މެދު.. ބޮޑުބެއަށް ޔަގީން މަންމަ މިތާ ހުރި ނަމަ މަންމަވެސް ނުލާހިކު ފަހުރުވެރިވާނެކަން..” އުކައިލްގެ ކޮނޑުގައި އަތްބާއްވައިލަމުން ޖާވިދް ބުންޏެވެ. ޖާވިދުގެ ބަސްތަކުން އުކައިލްގެ މޫނަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ޝުކުރިއްޔާ ބޮޑުބޭ” އުކައިލް ހީލަމުން ބުންޏެވެ.

މިލްޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. އެހެންނަމަވެސް އޭނަ ދިޔައީ ދަރިންނަށްޓަކައި ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އަމިއްލަ ފިރިމީހަ، އޭނަ ބަޑުއަޅައި ވިހޭ އަންހެންދަރި ފައިސާއަށް ވިއްކާލިކަން އެނގުމުން އޭނަ ބޭނުންވަނީ އެދަރިފުޅަށް އިންސާފު ހޯދައިދޭށެވެ. އެއީ އޭނަގެ ފިރިމީހައަށް ވިޔަސްހެވެ. އޭނަ ދިޔައީ ބަދިގޭގައި ހަރަކާތްތެރިވަމުންނެވެ. މިއަދަކީ އޭނަގެ ދަރިންނަށް ނުހަނު މުހިންމު ދުވަހަކަށް ވީތީ އޭނަ ބޭނުންވީ މިއަދުގެ ނާސްތާ ވަރަށް ފުރިހަމައަށް ތައްޔާރުކުރާށެވެ.

އިރުކޮޅަކުން މާވިން ތިރިއަށް ފައިބައިގެން އައިސް ކާގެއަށް ވަދުނެވެ. އޭނަ ހުރީ ކަޅުކުލައިގެ ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއް ލައިގެންނެވެ. އޭނަގެ ބުޅި އިސްތަށިކޮޅު ހުރީ ސްޓައިލްކޮށްލާފައެވެ. މާވިން ފިރެހެންވަންތަ ހިނގުމެއްގައި ކާގެއަށް ވަދެ ގޮޑީގައި އިށީނދުނެވެ. އޭނަގެ މަންމަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެ މަންމަގެ މޫނުމަތިން އޭނައަށް ފެނިގެންދަނީ ވަރުބަލިކަމުގެ އަސަރެވެ. ހިތާމައިގެ އަސަރެވެ. އެތަނަށް ވަދުނު މިޔާއަށް މި މަންޒަރު ފެނުމުން މިޔާގެ ހިތުގައި ރިއްސާލިއެވެ. އޭނަ ދޮރުކަނީގައި އިސްޖަހައިގެން މަޑުކޮށްގެން ހުރިތަން މިލްޔާއަށް ފެނުމުން މިލްޔާ ހައިރާންވިއެވެ.

“ދަރިފުޅާ ކިހިނެތްވެފަ ތިހުރީ.. ކޯޓަށް ދާ ގަޑިޖެހެނީ އެއޮތް.. އަވަހަށް ސާބޯން އާދޭ.. މަންމަ މިހުރީ ދަރިފުޅަށް އެންމެ މީރު ކުޅި ސޮސެޖްއާއެކީ ޕާން ފިހެފަ..” މިޔާއާ ދިމާލަށް ބަލައިލަމުން މިލްޔާ ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. އިސްޖަހައިގެން ހުރި މިޔާ، އޭނަގެ މަންމައާ ވާހަކައެއް ދައްކަން ބޭނުންވެފައި ހުރި ނަމަވެސް، ކުޅި ސޮސެޖްގެ އަޑުއިވުމުން އޭނަގެ ތަލިން ކުޅު ދިޔާވެގެން ދިޔައެވެ. ދަގަތްފާނު ދަގަނޑަށް ދަމާ ފަދައިން އޭނަ ކާމޭޒުގެ ގޮޑިއެއް ދަމާލާފައި އިށީނދުނެވެ. އަދި އަވަސް އަވަހަށް ޕާނެއް ސޮސެޖްގައި އޮޅާލުމަށްފަހު ކާން ފެށިއެވެ. މާވިންގެ ތުންފަތަށް ކޮއްކޮގެ މިއަމަލުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

މިޔާއަށް ބަލަންހުރި މިލްޔާ ކަޕްކޭކް ތަށްޓެއް އެތަނަށް ގެނައުމުން މިޔާގެ ދެލޯ ވިދައިލި ފަދައެވެ. މިޔާ ކަޕްކޭކްތައް ނަގާ ކާން ފެށިއެވެ. “ތެންކިޔޫ ތެންކިޔޫ ސޯ މަޗް މަންމީ.. އައި މިސްޑް ދިސް..” ކަޕްކޭކްތައް ފެނިފައި މިޔާ އޭނަގެ ޅަދުވަސް ވަރަށް ދިޔަފަދައެވެ. މިޔާ ބުނެލި ބަސްތައް އަޑު އިވިފައި މިލްޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިޔާއަށް މިލްޔާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ކުއްލިއަކަށް އޭނަ ބުނަން އުޅުނު ވާހަކަ ހަނދާންވެގެން ދިޔައެވެ. ކުޑަކޮށް ކަރުކެހިލަމުން އޭނަގެ ވާހަކަ ފެއްޓިއެވެ. “މަންމާ އަޅުގަނޑު ބޭނުމެއްނޫން މަންމައާ ބައްޕަ ދުރުކުރާކަށް.. އަޅުގަނޑު ބޭނުމެއްނޫން ކޯޓުގައި ހެކިބަސް ދޭކަށް..” މިލްޔާއަށް ބަލައިލަމުން މިޔާ ތުންފަތުގައި ދަތްއަޅައިލަމުން ބުންޏެވެ.

އެއާއެކު މާވިން އާއި މިލްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ދަރިފުޅާ ނޫން.. ބައްޕަ އެކުރީ ވަރަށް ގޯސް ކަމެއް.. މަންމަ އޭނައަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން.. ބައްޕަ ކުރިކަމުގެ ހެކި ބަސްދީ ދަރިފުޅާ… މަންމަ ބޭނުންވަނީ ދަރިފުޅަށް އިންސާފު ލިބެން..” މިޔާގެ ކައިރީގައި އިށީންނަމުން މިޔާގެ އަތުގައި ހިފައިލަމުން މިލްޔާ އާދޭސްކުރާ ފަދައިން ބުންޏެވެ. “ކޮއްކޮއަށް މަންމައާ ބައްޕައާ ދުރުކުރެވޭ ކަމަށް ހީކުރެވޭނަމަ ތީ ދޮގެއް.. ކޮއްކޮގެ ސަބަބުން މަންމައަށް ބައްޕަގެ ހަގީގަތް އެނގިގެން ދިޔައީ.. ކޮއްކޮ ހެކިބަސް ދޭންވާނެ.. ދޮންބެއާ ދާރިއަންވެގެން މިއޮތް ހުރިހާ ދުވަހު ކުރި މަސައްކަތް ފެނައް ދިޔަދީގެން ނުވާނެއެއްނުން..” މިލްޔާއެކޭ އެއްފަދައިން އާދޭސްކުރާ ރާގަކަށް މާވިން ބުންޏެވެ. އޭނަގެ ދޮންބެއާއި މަންމަގެ ސަބަބުން އޭނަ އެކަމަށް އެއްބަސްވިއެވެ.

ކޯޓުތެރެ އޮތީ ހަލަބޮލިވެފައެވެ. އެހެންނަމަވެސް ގާޒީ އައުމުން ކޯޓުތެރޭގެ އަޑުމަޑުވެގެން ދިޔައެވެ. އެތާގައި ޝަކީލް އަދި އިމްރާންގެ އިތުރުން އޭނަ ހިންގައި ގޭންގުގެ އެންމެން ފަދައިން ތިއްބެވެ. އެއާއެކު އުކައިލްމެންގެ ޓީމްވެސް ގޮޑިތަކުގައި އިށީނދެގެން ތިއްބެވެ. މާވިންގެ އެކުވެރި ލޯޔަރު ކަމަށްވާ މިފްޒާލް ދިޔައީ ޝަކީލްމެންގެ ލޯޔަރ ބަލިކުރެވޭ ފަދައިން އެތަކެއް ހެއްކެއް ހުށައަޅަމުންނެވެ. “އިއްޒަތްތެރި ގާޒީ.. ޔޫތު މިނިސްޓަރ އަލި ޝަކީލްއަކީ އޭނަގެ މަގާމްގެ ފަހަތުގައި ހުރެ މާލޭގެ އެންމެ ބޮޑުއެއް ގޭންގު ކަމަށްވާ ބްލަޑް މާފިޔާ ގޭންގު ހިންގަމުންދާ ބޭފުޅެއް.. ފުލުސް އޮފިސާރ ދާރިއަން އަދި މާވިން ހެކިބެރިންނަށް ތިބެ އޭނަވަނީ މިކަމަށް އަމިއްލައަށް އިއުތިރާފުވެފަ.. އަދި ހަމައެހެންމެ ފުލުސް އޮފީހުގައިވެސް އޭނަވަނީ މިކަމަށް އެއްބަސްވެފަ.. އަޅުގަނޑަށް ހުއްދަ ދެއްވާފާނަންތޯ އެ ވީޑިއޯ ހުށައެޅުވުމަށް؟” މިފްޒާލް ވާހަކަ ދެއްކިއެވެ. ގާޒީ ހުއްދަ ދިނުމުން މިފްޒާލް އެ ވީޑިއޯ އެހެން މީހުންނަށް ފެންނާނެ ފަދައިން އެޅުވިއެވެ.

އެތާ ތިބި މީހުންގެ މެދުގައި އެ ރޮކޯޑިން ފެނުމުން ހައިރާންކަން ފާޅު ކުރަމުން ދިޔައެވެ. މިފްޒާލް ގާޒީ ގާތު އެހުމަށްފަހު އެ ގޭންގުގެ އެހެން މީހުން އެމީހުންގެ ކުށަށް އެއްބަސްވާ ރިކޯޑިންތައް އަޅުވައި ހެކިދިނެވެ. ޝަކީލްގެ ލޯޔަރަށްވެސް މިފްޒާލް ތައްޔާރުވެފައިވާލެއް މޮޅުކަމުން އެކަމަށް ގޮންޖެހުމަށް ނުކުޅެދުނެވެ. އެންމެފަހުން ކުށްވެރިން ކޯޓުގައި އެމީހުން ކުރި ކަންތައްތަކަށް އެއްބަސްވިއެވެ. ހާދިން އުކައިލްގެ މަންމަގެ ހަށިގަނޑުގައި ދިރިހުރެމެ އަލިފާންޖެހިކަމަށް އެއްބަސްވެ އަދި އުކައިލްމެންގެ ގޭގައި އަލިފާން ޖެހިކަމަށް އެއްބަސްވިއެވެ. ވަދީހު އޭނަ މިޔާއަށް ކުރި އަނިޔާތަކަށް އެއްބަސްވިއެވެ.

“އާދެ އެހެންކަމުން އަލީ ޝަކީލް އޭނަގެ މަގާމުން ވަކި ކުރެވިގެންދާނެ! އަލީ ޝަކީލްގެ މައްޗަށް ހުށައެޅިފައިވާ ދައުވާތަކަކީ ގޭންގަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ ދައުވާއާއި، އެ ގޭންގުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފައިސާ ހަރަދު ކުރާ ދައުވާއާއި، ފުލުސް އޮފިސަރަކާއި އާންމުންގެ މީހެއް ރަހީނުކޮށް އަނިޔާ ކުރި ދައުވާ.. އާދެ މި ދައުވާތަކާއެކު އަލީ ޝަކީލް އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރަން!” ގާޒީ ވިދާޅުވިއެވެ. ޝަކީލްގެ މޫނުމަތިން ފެނިގެން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ. އޭނަގެ މޫނުމަތި ވަނީ ބަނަވެފައެވެ. ފުލުހުންގެ ތެރެއިން ދެމީހަކު ޝަކީލް އަތުގައި ހިފައި، ބިޑި އަޅުވައިގެން އެތަނުން ނެރުނެވެ. ދެން ފެށިގެން ދިޔައީ ހާދިން، ވަދީހު، ޝިމާއު އަދި ތާމިންފަދަ އެހެން ގޭންގު މީހުންނަށް ހުކުމްތައް އިއްވުމެވެ.

” އަހްމަދު ހާދިންގެ ކުށަށް އާދަމް އުކައިލް ބޭނުންވަނީ އިސްލާމި ޝަރީއަތުގެ ތެރެއިން ގިސާސް ހިފަންކަމުގައިވާ ނަމަ އޭނަގެ އަދަބަކީ މަރަށް މަރު ހިފުން ކަމުގައި ދަންނަވަން..” ގާޒީ އުކައިލްއަށް ގޮތެއް ނިންމުމަށް ދޫކޮށްލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އުކައިލްއާ ދިމާލަށްށެވެ. “އިއްޒަތްތެރި ގާޒީ.. އަޅުގަނޑު ބޭނުންވަނީ އަހްމަދު ހާދިންގެ ކިބައިން ގިސާސް ހިފަން..” އުކައިލް އެހެން ބުނުމާއި އެކު އެތާގައި ބޮމެއް ގޮވި ފަދައެވެ. ހާދިންގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ. ގާޒީ ބޯޖަހައިލުމަށްފަހު ކުރިއަށް ދިޔައެވެ. “އަޙްމަދު ހާދިންއަށް އުފުލާފައިވާ ދައުވާތަކަކީ އުކައިލް އަލީގެ ގޭގައި އަލިފާންޖަހާ ގެދޮރަށް ގެއްލުން ދީފައިވާކަމުގެ ދައުވާއާއި، އައިޝަތު ލާނާ އަނިޔާވެރިކަމާއެކު ގަތުލުކޮށްފައިވާ ދައުވާއާއި، އައިޝަތު މިޔާ އިމްރާންއަށް ޖިންސީ ގޯނާކޮށް އަނިޔާ ކުރި ދައުވާއާއި، މަސްތުވާތަކެތި ބޭނުންކޮށް ގަނެވިއްކާ ދައުވާ އަދި މާރާމާރި އާއި ވައްކަންތަކުގެ އިތުރުން އާންމުންނަށް ގެއްލުން ދިނުމުގެ ދައުވާތަކާއެކު، ފަންސަވީސް އަހަރުދުވަހު ޖަލަށްލުމަށްފަހު އުކައިލް އަލީގެ އެދުމާއިއެކު މަރަށް މަރު، އާދެ ގިސާސްހިފުމަށް ހުކުމް ކުރަން!” ގާޒީ އިއްވެވިއެވެ.

(ނުނިމޭ)

Share Article

Maash
Follow Me Written By

Maash

Level 4100 Login10 Stories100 Comments500 Login

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋Proud author of "Kushakey koba?", "Insaafakey mi ba", "Anhen kujjakah vumun", "Badhalu", "Insaaf libeyneba", "Edhathuru", "Noora", " hiy edhe yaara thi ey"🦋

Other Articles

Previous

ރިދާ

Next

ފުރާނައިގެ ދިރުމޭތިއީ ފަހުބައި

Next
April 10, 2025

ފުރާނައިގެ ދިރުމޭތިއީ ފަހުބައި

Previews
April 9, 2025

ރިދާ

12 Comments!

  1. Your fav bab says:
    April 10, 2025 at 11:44 am

    Yeyy finally enmen jalah!! They deserve it!!
    Mi part ves varah furihama Maashaa Allah!
    But I feel like haadhin jalah nulaa marah maru hifan!! Cuz like, he might die! Ukail men should kill him before he just die!
    When next?
    I luv this story so much!!
    Lysssssssssssm💗💗💗
    Tc❤

    1. Maash Maash says:
      April 10, 2025 at 9:56 pm

      Thank you your fav bab.. I’m happy u liked this part.. But haadhin jalah laafa eyna kuri ehen kuhthakah vx adhabu liben jeheyne ehnun.. That’s why jalah lany first.
      Next part insha allah Sundayga..
      Awwwnnn I’m so happy u like this story..
      Love u moreeee
      Take care💜🦋

  2. No one says:
    April 10, 2025 at 11:48 am

    OMG FINALLY INSAAFU LIBUNEE YAYY. ALSO VARAH CURIOUS DHEN VAANE GOTHAKAH!!! When next maash??

    1. Maash Maash says:
      April 10, 2025 at 9:58 pm

      Hehe yess finally insaaf libijje.. Dhen huri part thah kiyaaleyma engeyne dhen vaa goii..
      Next part insha allah Sundayga..💜🦋

  3. leeshaa says:
    April 10, 2025 at 12:23 pm

    oh my god this part was good…
    vrh happy vehjje emmennah insaafu libuneema…
    take care
    lysssm maashy😘😘😘

    1. Maash Maash says:
      April 10, 2025 at 9:59 pm

      Thank you so much darling..I’m happy u liked this part..
      Take care darling..
      Love you moree girly💜🦋

  4. Cutie girl says:
    April 10, 2025 at 12:25 pm

    Alhamdhulilah finally emmen hayyaru kuree
    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Ukail and dhaaya gulhuvachey
    Maavin and hoorin ves
    Dhaarian and miyaa ves
    They all are made for each other
    Varah happy vejje emmenah insaafu libuneema
    I appreciate your hard work
    Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
    Your my fav author ❤️
    Haadha curious kohlaafa thi nimaaly
    Tc ❤️
    Ly maash ❤️😚

    1. Maash Maash says:
      April 10, 2025 at 10:02 pm

      Yes cutie girl emme fahun emmeh hayyaru kurevijje..
      Thank you darling I’m happy uliked this part..
      Next part insha allah sundayga..
      Awwnnn thank you I’m touched that u find this story interesting..
      I’m honored to be ur fav author..
      Take care..
      Love u moreee💜🦋

  5. Oreo gurll says:
    April 10, 2025 at 9:15 pm

    Alhamdhulillah! ❤️
    Finally insaafu libijje. Haadhin haadhahaa kushekey dhw
    Dhen court ga ehaa varah hekkaai eku recording thah hushahelheema ebbas nuvannyaa, jeheynee ethifahareh jahan. I’d do that istg
    Yayyyyyyyy! MAAAASH! Insaafu libjjje eyyyyy
    I’m so happy
    Mi episode mee mi whole story ge ves emme gadha episode! Fantastic!
    Dhen vaahaka nimumuge kurin beynun vanee hama emme kameh
    Mi hurihaa kamakaa ekuves kuriah gendhevunu loabeege gulhun thah furihama vun
    Tbh, eh bayakuves officially propose eh nukurey dhw? So….
    Varah inthizaaru eba kurevey Maash
    When’s the next episode cominngggg?

  6. Maash Maash says:
    April 10, 2025 at 10:06 pm

    Yes finally insaaf libijje.. Hehe yes haadhin vrh kuhkohfa ehury..
    Aww I’m glad this part made u happy hehe..
    I see.. mi part ga insaaf libuneema vx ehenthaa vaany..
    Hehe yes don’t worry story nimmaalaany emmenge love stories complete vuman fahu insha Allah..
    Hehe yes ekaku vx officially propose eh nukure cause they were busy with their work..
    Next part insha allah sunday ga..💜🦋

  7. shihaamaa ali shihaamaa ali says:
    April 20, 2025 at 4:33 pm

    Heyyy maashh
    Yes i’m late busy kamun adhi mi aadhevunii mi hisaabah..like… i am speechless ingey hama maa sha allah allahumma baarik vrhhh reethii.. 😭❤️
    This episode made me cry istg… dhaarian and maavin kahala brother eh shiher vess beynun vejje☹️☹️ aslu vess we need more officers and lawyers like them.. mihaaru kithah kudhin ge life dhw insaaf nulibi ehalaaku vani. Ekahala kudhin bodah suicide vanii vess.. aslu emyhun jeheyne e kudhin ge marah zimmaa vaan.. THEY DESERVE IT!!!
    Anyways truly happy kurihaa kudhinnah insaafu libuniima.. most specially ukail ge mum and mia ah.. ukail ge mum will be so happy🥹 fahuru veri dhari eh ma sha allah❤️❤️❤️
    I lavvvv thisss storyyy ma sha allah.. we need more stories like this.. sifa kurun and everything hama on top!!! I love thisss.. ❤️❤️❤️❤️
    Ilysssmmmm🤍🤍🤍🤍

  8. Maash Maash says:
    April 20, 2025 at 5:52 pm

    Hey shiherr..
    Aww thank you so much for ur support darling.. I’m also really busy assignment thaka hure hehe.. I want maavin kahala brother eh too 😢.. But they live in our stories ig.. Yeshhh wee need more officers like these.. Mihaaru corrupt vefa huri varun justice vx aslu noavey..
    Me too I’m also happy for them and proud of them both (even if they are characters lol) vrh hihvaraa eku ekudhinnah ehisaabah aadhevuny..
    Thank you so muchhh.. I love ur stories too hama vaguthu nulibeythy comment eh nukureveny.. Love you moreee darll 💜🦋

Comments are closed.


All Right Reserved!