
މިއީ ހަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގެ ނަންތަކަކީ ހިޔާލީ ނަންތަކެކެވެ.
ހެނދުނުގެ ހިތްގައިމު ވަގުތެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ ވަނީ އަލިކޮށްފައެވެ. ނޫކުލައިގެ އުޑުގައި އެންމެ ވިލާ ރޮއްޖެއްވެސްނެތެވެ. ކަނޑުގައި ހީވަނީ ސަތަރިގަނޑެއް އަޅައިފައި އޮތް ހެންނެވެ. ކަނޑު ނޫކުލައިގައި އޮތް ކަނޑުގައި ފޮނުއަރުވަމުން ދިޔަ ލާންޗުގައި މޫނު ބުރުގާ އަޅައިގެން އިނީ ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އޭނަގެ ގާތު އޭނަގެ ދެ ދަރިން ކަމުގައިވާ ފަނަރަ އަހަރުގެ ނޫރާއާއި ސޯޅަ އަހަރުގެ ޔުމާން އިށީނދެގެން އިނެވެ. އެއާއެކު އޭނަ އަލަށް ކައިވެނި ކުރި ސުހައިލްވެސް އަނެއް ސީޓްގައި އިނެވެ. ނޫރާއާއި ޔުމާންއަކީ ސުހައިލްގެ އަމިއްލަ ދަރިން ކަމަށް ނުވިނަމަވެސް ސުހައިލް ދެކެނީ އެއީ އޭނަގެ އަމިއްލަ ދަރިން ކަމުގައެވެ. ނޫރާ އާއި ޔުމާންގެ އުފަން ބައްޕަވަނީ އެކުދިންގެ މަންމަ އެކުދިން ވަރަށް ކުޑައިރު ވަރިކޮށްފައެވެ.
މި ކުޑަކުޑަ އާއިލާ މިއަދު ލާންޗުގައި އެދަނީ ޒޫނާގެ އުފަން ރަށަށްށެވެ. ޒޫނާ މަޑުމަޑުން ދިޔައީ ނޫރާގެ ބޮލުގައި ފިރުމަމުންނެވެ. އޭނަ އެދަނީ ރަމަޟާންމަހު ސުހައިލްގެ ރަށުގައި އުޅުމަށްފަހު، ފަހު ދިހައަށް އިސްކޫލުތައް ހުޅުވެން ކައިރި ވާތީއެވެ. އޭނަގެ ރަށުގެ މީހުން، ސުހައިލްގެ ރަށުގެ މީހުންނަށް އޭނަގެ ވާހަކަ އޮޅުން ފިލުވަން ގުޅާކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އެޔަށް އެއްޗެކޭ ބުނަން ބޭނުން ނުވުމުން އޭނަ މަޑުން ހުންނަނީއެވެ. ނޫރާއަކީ އޭގެ އިދިކޮޅުކަން ޒޫނާއަށް އެނގެއެވެ. ނޫރާއަކީ އަނގަ ގަދަ ކުއްޖެއްކެވެ. މީހަކު ނޫރާއާ ދިމާލަށް ޒޫނާއޭ ކިޔައިގެން ވާހަކައެއް ބުނެފިނަމަ ނޫރާ އެއަށް ރައްދު ދޭނެކަންވެސް އޭނައަށް އެނގެއެވެ.
އެހެން ނަމަވެސް އޭނަ އެންމެ ކަންބޮޑުވާ ކަމަކީ އޭނަގެ އަމިއްލަ އާއިލާ މީހުން އޭނައާ ނޫރާއާ ދިމާލަށް ކިޔާނެ އެއްޗެއްސާ މެދުގައެވެ. ޒޫނާ ފުން ނޭވާއެއްލުމަށްފަހު ނޫރާއަށް ބަލައިލިއެވެ. “ނޫ މަންމަ ދައްކާ ވާހަކަ އަޑު އަހައްޗޭ.. މީހުން ވަރަށް ފާޑޫފާޑުގެ އެއްޗެހި ކިޔާނެ މަންމަމެނޭ ކިޔައިގެން ރަށު ތެރޭގައި.. އެކަމަކު މަންމަ ބޭނުމެއްނޫން ނޫ އެއަށް އެއްވެސް އެއްޗެކޭ ބުނާކަށް..” ނޫރާއަށް ވިސްނައިދޭ ފަދައަކުން ޒޫނާ ބުންޏެވެ، “ނޫ ކައިރީ މީހަކު މަންމައޭ ކިޔައިގެން އެއްޗެކޭ ބުނެފިއްޔާ މަންމަ ޑިފެންޑު ކުރާނަން..” ނޫރާ ދުރު ބަލައިލަމުން ބުންޏެވެ. ޒޫނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނޫރާގެ ވާހަކަ ހުންނާނީ އެފަދައިންކަން އޭނައަށް އޭރުވެސް އެނގެއެވެ.
ރަށަށް ލެފުމުން އެންމެން ލާންޗުން ފޭބިއެވެ. އެއްމަހަށްފަހު އާދެވުނު ނަމަވެސް ރަށް އޮތީ ކުރިންވެސް އޮންނަ ފަދައިންނެވެ. އެއްވެސް ބަދަލެއް އައި ހެނެއް ހިޔެއްނުވެއެވެ. އެ ކުޑަ އާއިލާ ހިނގައިގަތީ ޒޫނާގެ ގެޔަށް ދިޔުމަށްޓަކައެވެ. ހެނދުނުގެ ވަގުތުކަމުން ރަށު ތެރޭގައި މީހުން މަދެވެ. ބަނދަރު މަތީގައި މީހުންމަދެވެ މުޅި ރަށް އަދިވެސް ހީވަނީ ނިދާފައިވާ ހެންނެވެ. ޒޫނާމެން ގެޔަށް އައި މަގުމަތީ ރޯދަވީއްލަން ކާއެއްޗެހި ހެދުމަށްޓަކައި ބޭނުންވާ ތަކެތި ގަންނަން ފިހާރައަށް ވަދުނެވެ. ފިހާރައިގައި ހުރި ކޭޝިއަރަށް ޒޫނާ ފެނުމުން ހައިރާންވެފައި ބަލައިލިއެވެ. އޭނައަށް އެއީ ޒޫނާކަން އެނގުނީ ޒޫނާގެ ގާތު ނޫރާ ހުރުމުންނެވެ. ޔުމާން އާއި ސުހައިލް ދިޔައީ ގޭތެރެ ހަމައަކަށް އެޅުވުމަށްޓަކައެވެ.
އެއްޗެހި ގަނެގެން ފިހާރައިން ނިކުތް އިރުވެސް ފިހާރައިގައިއިން މީހާގެ ނަޒަރު އެމީހުންގެ ފަހަތަކުން ނުހުއްޓުނެވެ. “އެމީހުންގެ ދެލޯ ކޮނެލަންވީ ހުވާ މިބުނީ.. މިތާ ކޯއްޗެއް ހުރެގެންތަ އެހާ ވަރަކަށް އެބަލަނީ..” ނޫރާ ކުދިކިޔައިގަތެވެ. ނޫރާ ގޮވައިގެން ފިހާރައަށް ދިޔައިރުވެސް ވާނީ އެހެންކަން ޒޫނާއަށް އެނގެއެވެ. އެހެންކަމުން އޭނަ ހުރީ އެއްޗެކޭ ނުބުނާށެވެ. “ނޫއަކަށް ނޭނގެ މަންމަ ކިހިނެތްކަމެއް ތިހާ މަޑުން ތިހުންނަނީ.. އަދި މާމަމެން ކައިރީ އަހައިލީމަ އެނގޭނީ މި ރަށު މީހުން މަންމައޭ ކިޔައިގެން ދައްކާ ވާހަކަ..” ނޫރާ ފިހާރައިން ގަތް ނޫޑްލިސް ޕެކެޓްތައް އޮތް ކޮތަޅުގައި ހިފަމުން ބުންޏެވެ.
“އެމީހަކު ކިޔާ އެއްޗެއް އެމީހަކަށް.. މިއޮތް ފަދަ ރަމަޟާންމަހު އެމީހުންގެ ދޫތަކެއްނުން ފާފަވެރިވާނީ..” ނޫރާއަށް ވިސްނައިދިނުމުގެ ގޮތުން ޒޫނާ ބުންޏެވެ. ނޫރާއަށްވެސް އެވާހަކަ ގަބޫލު ކުރެވުމުން ބޯޖަހައިލެވުނެވެ. ރޯދަވީއްލަން އެއްޗެހި ހަދާ ނިމުމުން ނޫރާ ދިޔައީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ލީނާގެ ގެޔަށް ލީނާ ސަޕްރައިޒްކޮށްލުމަށްށެވެ. އެއީ އޭނަ ރަށަށް އައީ ލީނާ ކައިރީގައި ނުބުނެ ކަމަށްވާތީއެވެ. ފެންވަރައިލައިގެން އޭނަ ދޫކޮށް ހުރި ނޫ ކުލައިގެ އަބާޔާއަކާއި މަޑު ނޫކުލައިގެ ޝޯލްއެއް އަޅައިލިއެވެ. ތުންފަތުގައި ލިޕް ބާމް ހާކައިލުމަށްފަހު ހެދުމުގެ ބަންދު ދޫކޮށް އައްސައިލައި، ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. ލީނާއަށް އޭނަ ފެނުމުން ވާނެ ގޮތް ހިތަށް އަރުވައިލެވުމުން އޭނަގެ ގާތަށް ކުޑަކޮށް ހިނިއައެވެ. “މަންމާ ލީނާމެންގެއަށް ގޮސްލިޔަސް އޯކޭތަ؟” ޒޫނާގެ ގާތުން ނޫރާ ހުއްދައަށް އެދުނެވެ. ބަދިގޭގައި ހުރެފައި ޒޫނާ އާއެކޭ ގޮވައިލުމުން ނޫރާ ބޫޓަށް އަރައިގެން ބޭރަށް ނިކުތެވެ.
ހަވީރުގެ ވަގުތުކަމުން ސައިކަލުތަކާއި ބަގީތައް އެކި ކޮޅުކޮޅަށް ދިޔައީ ދުއްވަމުންނެވެ. މަގުމަތީގައި ދިޔައީ އެކި އުމުރު ފުރާގެ މީހުން ހަރަކާތްތެރި ވަމުންނެވެ. ނޫރާއަށް މިއަދު މީހުންގެ ބެލުންތައް މާ ބޮޑަށް އޭނައަށް އަމާޒުވާހެން ހީވިއެވެ. އިސްޖަހައިގެން ހިނގަމުން ދަނިކޮށް ލީނާގެ ގެ ހުންނަ މަގަށް އަޅަނިކޮށް އޭނައަށް މީހަކު ގޮވައިލުމުން ހުއްޓެވުނެވެ. “އެކޮއެ މަންމަގެ ފިރިސޮރު ބުނެގެން މަންމަ މޫނު އެޅީތަ؟ މަ އަޑުއެހިން ކުރިން މީހަކާ އިނދެފަ ހުރި މީހެކޭވެސް އެއީ..” މިހާރުގެ ނަމުންނަމަ ‘ކަންމަތީ އާންޓީސްގެ ގްރޫޕް’އިން މީހަކު ގޮވައިލަމުން ނޫރާއާ ސުވާލުކޮށްލިއެވެ. ނޫރާގެ ލޭ ހޫނުވާން ފެށިއެވެ. “ހަދީޖާއަށް އެނގޭތަ މި މީހުން އެއުޅެނީ އެރަށަށް ބަދަލުވެސް ވާންށޯ.. ގޯތި ގެދޮރު ހުންނަ އިރު ކީއްކުރަން ކުޅޭ ކުޅިއެއްތަ މީ އަދި..” ޕިސް ޕިސް ކިޔާލަމުން އަތާއިން އެހެންމީހަކު ބުންޏެވެ. “އެހެންތަ މަށަށްވެސް ތިކަހަލަ އެއްޗެހި ވަރަށް އަޑުއިވޭ..” ހަދީޖާ ބުންޏެވެ.
ނޫރާއަށް އޭނަ އެތަނުން ނުގޮސްފި ނަމަ ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވިދާނެކަމުގެ ބިރު ހީވުމުން އޭނަ އަވަހަށް އެތަނުން ދިޔައެވެ. ރޯދައަށް ހުރެގެން ދޫ ރައްކާތެރި ކުރުމުގެ މުހިންމުކަން އޭނައަށްވަނީ ސްކޫލްއިން އިސްލާމް ގަޑީގައި ކިޔައިދީފައެވެ. ލީނާމެންގެއަށް ދިޔައިރު ލީނާ ހުރީ ރޯދަވީއްލަން ކޮންމެސް އެއްޗެއް ތައްޔާރު ކުރުމަށްޓަކައި އޭނަގެ މަންމައަށް އެހީވެދޭށެވެ. އޭނަ ގޮސް ލީނާގެ ލޮލުގައި އަތް އެޅުމުން ލޫނާ އަވަސް އަވަހަށް ފަހަތް ބަލައިލިއެވެ. “ޔޫ.. އަންގާވެސް ނުލާ.. ހާދަ ގޯހޭ..” ނޫރާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ނޫރާގެ އަތުގައި ފާޑަކަށް ބައްދާ ގަންނަމުން ލީނާ ބުންޏެވެ. ލީނައަށްވީ ގޮތުން ނޫރާ ހޭން ފެށިއެވެ. ދެ އެކުވެރިންނަށް އެކަކު އަނެކަކު މަސްދުވަސް ވާން ގާތްވެފަ ހުއްޓައި ފެނުމުންވީ އެހެން ކަހަލަ އުފަލެކެވެ.
އެކިއެކި ވާހަކަތަކުގައި ތިބެ ކޮޓަރިއަށް ލީނާ ވަދުނެވެ. ނޫރާވެސް ދިޔައީ އޭނަގެ ދޮންބައްފަގެ ރަށަށް ގޮސް ކުރިކަންތަކާއި އެ ރަށުގެ ވާހަކަ ދައްކަމުންނެވެ. ކިތަންމެ ދުވަހަކަށްފަހު ދިމާވި ނަމަވެސް ދެ އެކުވެރިންގެ ގުޅުން ކުރިއެކޭ އެއްވެސް ތަފާތެއްނެތެވެ. ދެ އެކުވެރިން ބައްދަލުވާ ހިނދު އިވޭ ހުނުމުގެ އަޑާއި ސަކަރާތުގެ އަޑުވަނީ ކޮޓަރި ތެރޭގައި ހިފައިލާފައެވެ. ލީނާ މަންމަ ބުނެގެން ކޮންމެސް ކަމަކު އެހީވެދޭން ބަދިގެއަށް ދިޔުމުން ނޫރާވެސް ލީނާ އާއެކުދިޔައެވެ. އޭރު އެތާ ލީނާގެ މަންމަގެ ރައްޓެއްސެއްކަމަށްވާ، ހަދީޖާ މޭޒު ކައިރީ އިނެވެ. ނޫރާއަށް ހަދީޖާ ފެނުމުން މޫނަށް ފޫހިކަން ވެރިވިއެވެ. ލީނާވެސް ހަދީޖާ ފެނުމުން ފޫހިވިއެވެ. އެއީ މަންމަގެ ރައްޓެއްސަކަށްވިޔަސް އެހާ ރަނގަޅު މީހެއް ނޫންކަން އޭނައަށް އެނގެއެވެ.
“އެނގޭތަ ނޫރާގެ މަންމައޭ ކިޔައިގެން މީހުން ހާދަ ވާހަކައެއް ދައްކައޭ އެބަ.. ނޫރާގެ މަންމަ މީހަކާ އިނދެގެން އުޅެނީއޭ އެމީހުން އެކިޔަނީ.. އެކަމަކު މަށަށް އެނގޭ އޭނަ ނީންނަކަށް.. އެފިރެހެންމީހާ އެމީހާގެ ދަރިންނަށް ހަރަދު ނުދޭތީ، ކޯޓުން ކައިވެނި ނުކޮށްދޭތީ ގާޒީއަށް ރިޝްވަތުވެސް ދޭން އުޅުނޭ މަށަށް އަޑުއިވުނީ.. އަދި އެ ފިރެހެންމީހާ އޯ މީނަ މަންމައަށްވެސް މޫނު ބުރުގާ އަޅަން މަޖުބޫރުކުރީ..” ހަދީޖާ ބުންޏެވެ. ނޫރާ ހުރީ ރުޅިގަދަވެގެން ކަންފަތުން ދުންއަރާގޮތް ވާން ކައިރިވެފައެވެ. އޭނަ ގާތުއިން ލީނާ އެއިން ކަމެއް އަޑު ނީވޭ ކަމަށް ހަދައިގެން އިނެވެ. ލީނާވެސް ހުރީ ހަދީޖާ ހަދަމުން ދިޔަ ދޮގުތަކުން ފޫއްސާއި އެއްވަރަށް ރުޅިއައިސްފައެވެ. އެހެން ނަމަވެސް މަންމަ ހުރުމުން އެއްޗެކޭ ބުނަން ނުކެރިފަ އޭނައިނެވެ. މިއޮތް ފަދަ ރޯފަމަހު ރޯދައަށް ހުރެގެން އެފަދަ ހަގީގަތެއް ނެތް ވާހަކަ ދެއްކުމަށްް ބިރުވެސް ނުގަންނަނީބާއޭ އެކުދިންގެ ހިތަށް އެރިއެވެ.
ބަންގި ގޮވަން ކައިރިވުމުން ނޫރާ ދިޔައީ މިއަދު މަންމަ ގާތު ގެޔަށް ރޯދަވީޢްލަން އަންނާނެކަމަށް ބުނެފައިވުމުންނެވެ. ލީނާ މަންމަ ރޯދަ ވީއްލަން އަންނާށޭ ބުނުމުންވެސް ފަހުން އަންނާނަން ކަމުގައި ބުނަމުންނެވެ. ނޫރާ ބޭރަށް ނިކުމެ ހިނގަމުން ދިޔައިރުވެސް ޖޯލިފަތިތަކުގައި ތިބޭ މީހުން އޭނަގެ އާއިލާއޭ ކިޔައިގެން ޗުކުޗުކު ތަޅުވަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ހުދު އޭނަގެ ގާތް ތިމާގެ މީހުންވެސް ހުރީ އެމީހުން ދައްކާ ވާހަކަ ގަބޫލުކޮށްގެން ނޫރާމެންދެކެ ރުޅިއައިސްފައެވެ. ގެއަށްގޮސް ރޯދަވީއްލަން ހުރެ ނޫރާ އޭނަގެ މަންމަގެ ގާތު މީހުން އެފަދަ އެއްޗެހި ކިޔާތީ ޝަކުވާ ކުރިއެވެ. ޒޫނާ ފުންނޭވާއެއްލިއެވެ.
“ނޫ.. މަންމަ އަބަދުވެސް ބުނަމެއްނުން މީހުންގެ ދޫތަކުގައެއް އަހަރުމެންނަކަށް ނުހިފެއްޓޭނޭ.. އެމީހުން ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލަބަލަ.. މިއޮތް ފަދަ ރަމަޟާންމަހު އެމީހުންގެ ދޫތަކެއްނުން އެގޮތަށް ޣީބަ ބުނެ ދެބައޮޑުވަންޏާ ފާފަވެރިވާނީ.. މާތްﷲއަށް އެނގޭނެ އަހަރެމެން ކަންތައް ކުރީ ދީނުގައި އޮންނަ ހަމަތަކުގެ މަތިންކަން.. އަދި ސުހައިލްފަދަ ރަނގަޅު އަހުލާޤެއްގެ ދީނަށް ލޯބިކުރާ ދޮންބައްޕައަކު ތިކުދިންނަށް ލިބުމަކީ ތިކުދިންގެ ނަސީބު..” ޒޫނާ ނޫރާއަށް ވިސްނައި ދިނުމަށްޓަކައި ބުންޏެވެ. “ނޫއަށް މި ރަށުގައި އުޅޭން އުނދަގޫވަންޏާ ބައްޕަގެ ރަށަށް ހަމަ ބަދަލު ވާންވީ..” ސުހައިލް ހިނިތުންވަމުން ނޫރާއާ ދިމާލަށް ބުންޏެވެ. ނޫރާ ހިނިތުންވެލަފައި ބޯޖަހައިލިއެވެ.
***
މިއީ މި ކުޑަ ދިވެހި މުޖުތަމައުގައި ހިނގާ ކަންކަމެވެ. ޣީބަ ބުނުމާއި ދެބައޮޑުވުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަނެފައިވާ ބޮޑު ފާފަތަކެވެ. މިއީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދުމަށް މެދުވެރިވާ ސަބަބުތަކެވެ. ނިމިދިޔަ ރަމަޟާންމަހުގެ ފަރުޟު އަދާކުރަން ހުރެމެ މި ފާފަ ކުރާ މީހުން މަދެއް ނޫނެވެ. ޢީބަ ބުނުމަކީ ތިމާ ނެތްތާގައި ތިމާ ނުރުހޭ ފަދަ ވާހަކައެއް އެހެން މީހުން ކައިރީ ދެއްކުމެވެ. ދެބައޮޑުވުމަކީ ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން މީހެއްގެ ގާތު ދައްކާ ވާހަކަ އަނެކަކުގާތު ދެއްކުމެވެ. މިއީ މީހުން ދޭތެރެ ޖެއްސުމަށްޓަކައި ކޮށްއުޅޭ ކަންކަމެވެ.
މިވާހަކައަށް ބަލާ ކަމުގައިވާ ނަމަ ‘ކަންމަތީ އާންޓީސް ގްރޫޕް’ މީހުން އެ ޣީބަ ބުނަނީއެވެ. އަދި ހަދީޖާ ލީނާމެންގެ ގޭގައި އިނދެފައި ދެބައޮޑުވީއެވެ. ކޮންމެއަކަށް މިއީ ވަރަށް ބޮޑު ދެފާފައެވެ. އަދި ހަމައެހެންމެ ހަދީޖާގެ ވާހަކަތަކުން އޭނަ ނޫރާގެ މަންމަގެ ބޮލުގައި ޒިނޭގެ ތުހުންމަތު އެޅުވިކަން އަންގައިދެއެވެ.
“ނޫރާގެ މަންމަ މީހަކާ އިނދެގެން އުޅެނީއޭ އެމީހުން އެކިޔަނީ.. އެކަމަކު މަށަށް އެނގޭ އޭނަ ނީންނަކަށް..” މިއީވެސް ވަރަށް ބޮޑު ފާފައެކެވެ. ހެއްކެއްނެތި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުންމަތު އެޅުވުމަކީ މާތްﷲގެ ކޯފާއަށް އެމީހަކު ހުށައެޅޭނެ ސަބަބެކެވެ.
ޣީބަ ބުނުމާއި، ދެބައޮޑުވުން އަދި ޒިނޭގެ ތުހުންމަތު އެއްވެސް ހެއްކަކާއި ނުލާ މީހެއްގެ ބޮލުގައި އެޅުވުން ފަދަ ކަންތައްތަކަކީ ބޮޑުވެގެންވާ ފާފަތަކެވެ. މިއީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކެވެ. ސަބަބަކީ މިކަންތައްތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި މީހުންގެ އިއްޒަތާއި އަނބުރު ގެއްލިގެން ދާތީއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا يَدْخُلُ الْجَنَّةَ نَمَّامٌ» رواه مسلم في صحيحه برقم: 168 – (105)]
މާނައީ: “ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ.”
މިއިންވެސް ދެބައޮޑުވުމުގެ ނުބައިކަން އެނގިގެންދެއެވެ. މިއީ މާތްﷲ ލައުނަތް ލައްވަވާފައިވާ ކަމެއްކަން އެނގިގެންދެއެވެ. ދެބައޮޑުވާ މީހަކީ ފާސިޤުންގެ ތެރޭގައި ހިމެނޭ މީހެކެކެވެ. މިއީ ހުއްޓަން ޖެހޭ ނުބައި އަމަލެކެވެ.
ޣީބަ ބުނެވެނީ ހަމައެކަނި ދުލަކުންނެއްނޫނެވެ. އަތުގެ އިނގިލިތަކުންވެސް ޣީބަ ބުނެވި ދެބައޮޑެވެއެވެ. އެގޮތުން ސޯޝަލް މީޑިއާއަށް ދޫކުރާ ޕޯސްޓަކުންވެސް ޣީބަ ބުނެވިދާނެއެވެ. ކީރިތި ޤުރުއާނުގައި ޣީބަ ބުނުމާއި ބެހޭގޮތުން ބަޔާންވެފައިވަނީ، ޣީބަ ބުނުމަކީ ތިމާގެ މަރުވެފައިވާ އަޙާގެ މުޅަމަސް ކެއުން ފަދަކަމެއްގެ ގޮތުގައެވެ.
ކީރިތި ގުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “وَلاَ يَغْتَب بَّعْضُكُم بَّعْضًاأَيُحِبُّ أَحَدُكُمْ أَنْ يَأْ كُلَ لَحْمَ أَخِيهِ مَيتًا فَكَرِهْتُمُوهُ” – الحجرات:الآية 12
“އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. (ޣީބަ ބުނުމަކީ ހަމައެފަދަ ކަމެކެވެ.)”
މިހެން ކަމުން މި ފާފަތަކުން ރައްކާތެރިވުމަށް ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟
ތިމާގެ ދުލަކީ ވަރަށް ނުސިޔާރު މަސްކޮޅެކެވެ. އެއީ ތިމާގެ ހިތުގައިވާ އިހްސާސްތައް ބޭރު ކޮށްދޭ އެއްޗެކެވެ. ޤިޔާމަތް ދުވަހުން ދުލުން ބޭރުކުރާ ކޮންމެ ބަހަކަށް ޖަވާބުދާރީވެދޭން ޖެހޭނެއެވެ. ތިމާގެ ދުލަކީ އޭގެ ސަބަބުން ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާ، އަދި ހަމައެހެންމެ އޭގެ ސަބަބުން ނަރަކައަށް ވައްޓާލެވޭނެ ފަދަ އެއްޗެކެވެ. އެހެންކަމުން ބުނާ ކޮންމެ ބަހެއް ދުލުން ބޭރުކުރަންވާނީ ރަނގަޅަށް ވިސްނާފައެވެ. ޣީބަ ބުނުމާއި، ދެބައޮޑުވުން ފަދަ ބަސްތައް އެންމެ ގިނައިން މި ބޭރުވަނީ ދުލުންނެވެ. އެހެންކަމުން ދޫ ރައްކާތެރި ކުރުމަކީ މިފަދަ ފާފަތަކުން ސަލާމަތްވުމަށްޓަކައި ކުރުން މުހިންމު ކަމެކެވެ.
މިފަދަ ބޮޑެތި ފާފަތައް ހުއްޓުވޭނީ މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ލިބި ފަރުދީ ޒިންމާ ނަގައިގެންނެވެ. މިފަދަ ބޮޑެތި ފާފަތައް ކުރާ މުޖުތަމައުއަކަށް އޮތީ ގެއްލުމާއި ހަލާކުކަން ކަށަވަރެވެ. މިފަދަ ފާފަތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދިގެންދެވެ. މުޖުތަމައުގެ އަޙުވަންތަކަމުގެ ގުޅުންތައް ކެނޑިގެންދެއެވެ. އެހެންކަމުން މިފަދަ ފާފަތަކުން ރައްކާތެރިވެގެން ހުރުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންވާނެއެވެ. އެހެންކަމުން މިފަދަ ފާފަތަކުން ރައްކާތެރިވުމުގެ ގޮތުން އަޅުގަނޑުމެން އެންމެންންގެވެސް ދޫ ރައްކާތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
(ނިމުނީ)
14 Comments!
Comments are closed.
Vrh reethi vhk eh
Maash ge ehn vhk akh vrh inthixaar kurevey
tc ly
Thank you Aisha.. I’m happy u liked the story..
Aww thank you darling.. Means a lot..
Tc.. Love you more💜🦋
Yes its absolutely true maash …
I completely agree with you
Recently Something similar to that happened in my island also so I know how ridiculously they lie about people with out knowing the actual story
We should all stand together to improve this
And the worst is if anyone tries to stop them they are like the faulters or they are being too religious
And maash story is beautiful ❤️❤️
Loved it 😊
Yes shimmer this happens really often here in Maldivian islands. I guess I wanted to bring it to attention.. Even if people knew or don’t know what they are doing this is still a major sin and something that needs to be stopped..
U are absolutely right.. Many people thinks in that way.. Thank you darling I’m happy u liked this story💜🦋
Maash mi vaahaka rangalhu alhun men rashu kanmathi aunties kolhah kiyaidheyn vx..
e meehunge vx kamakee meehunge mas keun…
meehun hedhun alhaa gothaa… fiyavalhu alhaa gothah vx faadu faaduge. ehchehi kiyaa ba eh..
e meehunge anga mahchakunneh laahiku kulha dhaana eh noon araakah…
emme kuda minun rashu tere saafu kuran bunee ma dhaanee vx rashuga ulhey dhe thin meehaku…
ekm masdhalhu case beynunvaa faraaithakun balaa annnaashey buneema ingey rashuga thibenee dhe meehunnaa falhi noonkan…
mihaaru raahjjeyge haalathu thee…
vrh iburaitheri vhk eh ❤️
dhn meehaku moonu burugaa elhiyas maash bunaahen e meehunnakah nuthibeveyne madakunneh…
thanthanah baaru kuraa varun…
alhun vx rashuga ulhefa male’ badhalu v rashu meehunge anga mathin araiganeveytho…
mamma burugaa alhaafa hunnaathee and alhun men lava kiyaathee e meehun kiyanee nameh ga ey muslimunnah vgn thibenee 😭
btw the whole story was wonderful…
tc ❤️
lyssssm Maash 💋
Hehe avahah kiyaadhee.. Kiyaadheegen vx emeehun huttaaliyya ragalhehnun.. Maash men rashuge vx haalathu miee..
Emeehun kiyaane ehcheh kiyan dhookohleema ragalhu vaany.. Emeehunge dhoothakehnun faafa veri viyas vaany not ours.
I can relate to that hehe.. Yes mi ee mihaaru raajjeyge haalathey bunyas dhogakah nuvaane..
Aslu vx mihaaru moonu buruga alhaa meehuna dhimaalah vx vrh hadikoh vaahaka dhahkany.. I see I hope u like it there in mal’e 🙂
Aslu emeehun mamma buruga elhiyas ekama behey gothun ehchekey bunegen nuvaane dhw.. Ekahala meehun abadhu vx balaany anekaage agu vahttaaleveythw.. Thank you darling I’m happy u liked this story..
Tc
Love you more💜🦋
Miihunge anga dhw! E bandhu nukurveythii!
Alhugandu ves moonu elhiima emiihun kii ehcehi i knw!
I wanted to surprise my dad . Niqab alhaign. I knw niqab alhaign hutta fenijeyya v surprise vaanekan v ufaavaaanekan! So bappa ah sirrun elhiives…
Ekm rashuthereyga kii kiikey?
My bappa Force kohgn bappa kuruvi kamekw!
V v v hyham nujehun dhuvaheh ee!
Meehun ge dhuluga eh nuhifetteyne ekakahvx but giyaamai dhuvahun emeehun javaabu dhaari vaan jeheyne emeehun dhulun beyru kuri basthakah.
That’s so sweet bappa surprise kohlan nigab elhun.. I’m so sorry to hear rashu meehun kii ehchehi.. U did the right thing.. It was ur choice hijab elhun and it was a great thing to do maasha allah..
My advice will be to ignore ehen meehun kiyaa ehchehi and focus on urself 💜🦋
god forbit a woman is living in peace people cant handle that and most of the time its woman judging another woman its so shameful i always hear people talking abt the pros of living in islands at least i dont have to deal with these kanmathi aunties in male but honestly this needs to be stopped people should learn to mind their own business
Agreed with you, rosie💜🦋
Varah iburah theri vaahaka eh. Aslu vx hama meehun ge haalathu eii. Varah faadu faadu ge ehchihi kiyaane ehbai meehun neyngunas.
Alhugandu mn rashu meehun vx varah foari araane ekahala vaahaka eh adu ingijjeyya. Kujjaku nukuraa kameh ge vahaka dhahkaigen e kujjakaa dhimaa vx koffaane i really felt bad aslu ehen vaathy. Alhugandah ingey alhugandu nukuraa kameh ge vaahaka thah dhahkaathy kurevey ihusaas ehen ve ehen kudhin ge ihusaas thah vx ehaa faseyha in nagaiganeveny.
Alhugandu vx black abaya laan feshyma alhugandu mn rashu meehun ki fothi maayyey vx dhen e varah dheen veri nuviyas rangalhu vaaney. Even friends vx ehen meehunnaa dhimaalah kee ehen. And kee bappa yaa manma yaa lehveema laa ehchekey. Even varah gaaiyy meehun vx kee ehen. Ekam alhugandu fenna iru bunaane varah Reethi ey thi hen laafa hunna iru. But the thing they don’t know is alhugandah emeehun kee ehchihi adu ivifa huri kan.
Maash meege vaahaka eh liyefa inyma aslu varah iburah theri hama bext vaahaka eh mee. Meege adhi maash ge ehen vaahaka thah kiyaalan libeyne kamah unmeedhu kuran..❤️
Thank you darling.. Yes mihaaru meehunge haalath mi. Maash men rashu meehun VX hunnaany kiyaane ehcheh nufenifa.. Heyo vaane dhogu viyas fathuraane kujjaage aburu nagailan.. I completely understand u.. Abaya lumakey dheena gaai vun kahala kameh it’s ur choice.. Meehun kiyaa ehchakah nubeliyya ragalhu vaaney.. Abaya nulanya kiyaafaane maa fashion koh muslim noon koshey ulheney.. Komme gothakah kanthah kuriyas faadu kiyaa meehun faadu kiyaane.. There are two Faced ppl in this world just don’t care about them..
Maash mi vaahaka mi liyuny maash ge bestie akah vx mikahala kamaka dhimaavma.. Insha allah mihaaruge mujuthamau aa gulhey fadha gina vhk maash balaanan adhi vx genesdheveythw.. 💜🦋
Heyy Marshh
I just read the story and I am truly in love with this.. I am really happy you wrote a story like this❤️
And yes for the story, everyone mustt stop this.. myhun ge boluga ehn bad thuhumathu elhuvun mihrr mivanii aa’mu vefa.. may allah save us all🤲🏻
Ilyyyyyssssmmmm❤️❤️
Hey shiher..
Aww thank you I’m happy u liked it.. Yes mi huttan jehey kameh.. It’s a big sin.. May Allah save us from these kinds of sins.. Aameen🤲
Love u more 💜🦋