Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 36

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 13, 2025 4 Mins Read
18 Comments

“އަހްމަދު ހާދިންގެ ކުށަށް އާދަމް އުކައިލް ބޭނުންވަނީ އިސްލާމި ޝަރީއަތުގެ ތެރެއިން ގިސާސް ހިފަންކަމުގައިވާ ނަމަ އޭނަގެ އަދަބަކީ މަރަށް މަރު ހިފުން ކަމުގައި ދަންނަވަން..” ގާޒީ އުކައިލްއަށް ގޮތެއް ނިންމުމަށް ދޫކޮށްލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އުކައިލްއާ ދިމާލަށްށެވެ. “އިއްޒަތްތެރި ގާޒީ.. އަޅުގަނޑު ބޭނުންވަނީ އަހްމަދު ހާދިންގެ ކިބައިން ގިސާސް ހިފަން..” އުކައިލް އެހެން ބުނުމާއި އެކު އެތާގައި ބޮމެއް ގޮވި ފަދައެވެ. ހާދިންގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ. ގާޒީ ބޯޖަހައިލުމަށްފަހު ކުރިއަށް ދިޔައެވެ. “އަޙްމަދު ހާދިންއަށް އުފުލާފައިވާ ދައުވާތަކަކީ އުކައިލް އަލީގެ ގޭގައި އަލިފާންޖަހާ ގެދޮރަށް ގެއްލުން ދީފައިވާކަމުގެ ދައުވާއާއި، އައިޝަތު ލާނާ އަނިޔާވެރިކަމާއެކު ގަތުލުކޮށްފައިވާ ދައުވާއާއި، އައިޝަތު މިޔާ އިމްރާންއަށް ޖިންސީ ގޯނާކޮށް އަނިޔާ ކުރި ދައުވާއާއި، މަސްތުވާތަކެތި ބޭނުންކޮށް ގަނެވިއްކާ ދައުވާ އަދި މާރާމާރި އާއި ވައްކަންތަކުގެ އިތުރުން އާންމުންނަށް ގެއްލުން ދިނުމުގެ ދައުވާތަކާއެކު، ފަންސަވީސް އަހަރުދުވަހު ޖަލަށްލުމަށްފަހު އުކައިލް އަލީގެ އެދުމާއިއެކު މަރަށް މަރު، އާދެ ގިސާސްހިފުމަށް ހުކުމް ކުރަން!” ގާޒީ އިއްވެވިއެވެ.

***ޕާޓް 36***

ދެން މިފްޒާލް ހުށައަޅަން ފެށީ މިޔާގެ ކޭސްއެވެ. “އިއްޒަތްތެރި ގާޒީ.. އައިޝަތު މިޔާ އަލީ ވަނީ މީގެ ތިން އަހަރު ކުރިން އޭނަގެ އުފަން ބައްޕަ ކަމަށްވާ އަޙްމަދު އިމްރާން އަލީ ބްލަޑް މާފިޔާ ގޭންގަށް ވިއްކާލާފަ.. އޭރު އައިޝަތު މިޔާ އަލީއަކީ ފަނަރަ އަހަރުގެ ކުޑަކުއްޖެއް.. އިމްރާން ވަނީ އޭނަ އަނބިމީހަ ކަމަށްވާ އައިޝަތު މިލްޔާ ގާތު އެދެމަފިރިންގެ ދަރިފުޅުކަމަށްވާ އައިޝަތު މިޔާ އިމްރާން ނިޔާވެފައިވާ ކަމަށް ބުނެ އޮޅުވައިލާފަ.. މިޔާ ތިން އަހަރު ވަންދެން އެ ގޭންގުގެ އަތްދޮށުގައި ގަނެތެޅެން ޖެހުނީ އިމްރާންގެ ސަބަބުން..” މިފްޒާލް މިޔާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. ގާޒީގެ އެދުމުގެ މަތިން މިޔާ އޭނަ ވިއްކައިލި ދުވަހު އިމްރާން ކަންތައް ކުރި ގޮތް ކިޔައިދޭން ފެށިއެވެ.

“އަޅުގަނޑު އެރޭ އެކްސްޓްރާ ކްލާސް ނިމުމުން އެހެން ރޭތަކާއި އެއްގޮތަށް ބައްޕަ އަންނަންދެން ސްކޫލުގައި މަޑުކޮށްގެން ހުރީ.. ބައްޕަ ސައިކަލުގައި އައީމަ ސައިކަލަށް އެރީ.. އެރޭ ބައްޕަ އަޅުގަނޑު ކައިރީ ބުނީ ކަމެއް ޖެހިގެން ހުޅުމާލެއަށް ދާންޖެހޭކަމަށް ވަރަށް އަވަހަށް.. އެހެންވެ އަޅުގަނޑުވެސް ބައްޕައާއެކު ދިޔައިން.. ބައްޕަ އަޅުގަނޑު ގެންދިޔައީ ހަދަން ފަށާފަ ހުރި ފްލެޓްތައް ހުރި ތަނަކަށް.. އެތާގައި އެ ގޭންގު މީހުން ތިބި.. އަޅުގަނޑު ކައިރީ މަޑުކުރަން ބުނީމަ ސައިކަލު މަތީ މަޑުކޮށްގެން އިނީ.. ދެން އިރުކޮޅެއްފަހުން ބައްޕަ އެމީހުންނާ ބައްދަލްކުރުމަށްފަހު އައީ ސޫޓްކޭސްއެއް ހިފައިގެން.. ބައްޕަ އައިސް އަޅުގަނޑު އެމީހުންގެ ގާތަށް ކޮށްޕައިލީ.. އޭރުވެސް އަޅުގަނޑަކަށް ނޭނގެ ވާން އުޅެނީ ކިހިނެތް ކަމެއް.. ބައްޕަ އަޅުގަނޑު ވިއްކާލާފައި ދިޔަކަން އެނގުނީ ވަދީހު ބުނުމުން.. ވަދީހު އަޅުގަނޑުގެ ނޭފަތުގައި ފޮތިގަނޑެއް އެޅުމުން އަޅުގަނޑު ހޭނެތުނީ.. ހޭ އެރިއިރު އޮތީ ކޮޓަރިއެއްގެ ތެރޭ ހިލިހިލާ ޖަހާފަ.. ފާއިތުވި ތިން އަހަރު އަޅުގަނޑު ހުރީ އެތާ ބަންދުވެފަ.. ވަދީހު އަދި އެހެން މީހުންވެސް އަޅުގަނޑަށް ވަރަށް އަނިޔާ ކުރޭ..”

މިޔާއަށް އޭނަގެ ވާހަކަ ކިޔައިދީ ނިމުން އިރު ހުރީ ގިސްލެވިފައެވެ. މިލްޔާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. އޭނަ އަނގަމަތީ އަތް އަޅައިގެން ހުރެ ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. އަމިއްލަ އަންހެން ދަރިފުޅު އެހާ ވޭނުގައި އުޅުން އިރު އޭނަ އުފަލުގަޔާއި އަރާމުގައި އެ ދަރިފުޅުގެ ކުށްވެރިޔާއެއްކޮށް އުޅުނުއިރު އެދަރިފުޅު ތަހައްމަލް ކުރި ވޭންތައް އެނގުމުން އޭނަގެ މައިލަގޮނޑިއަކަށް ކެތެއް ނުވިއެވެ. މިޔާގެ ނަފްސާނީ ހަލަތު ހުރިގޮތް މިޔާގެ ތެރަޕިސްޓްކަމަށްވާ ޑޮކްޓަރ ޝިހާމާ ބޭސް ސިޓީތަކާއިއެކު ކިޔައިދިނެވެ. މިޔާގެ ހާލަތު އަޑުއިވި އެތާ ހިތާމަ ނުކުރާ އެއްވެސް މީހެއްނެތެވެ. ގާޒީވެސް ހުރީ ހުއްޓުން އަރާފައެވެ. ގާޒީގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

“އަޙްމަދު އިމްރާން އަލީގެ ދަރިފުޅު އައިޝަތު މިޔާ އިމްރާން ބްލަޑް މާފިޔާ ގޭންގު މީހުންނަށް ވިއްކައިލި ކަމަށް އެއްބަސްވަންތޯ؟” ގާޒީ ސުވާލު ކުރިއެވެ. އިސްޖަހައިގެން ހުރި އިމްރާންއަށް ދެން އެކަމުން ސަލާމަތް ނުވެވޭނެކަން އެނގުމުން އާބަސްދިނެވެ. “އަޙްމަދު އިމްރާންގެ މައްޗަށް އިތުބާރު ކުރެވޭފަދަ މަގާމެއްގައި ހުރެގެން އުފަން އަންހެންދަރިފުޅު، އައިޝަތު މިޔާ އަލީ ބްލަޑް މާފިޔާ ގޭންގަށް ވިއްކައިލިކަމުގެ ކުށުގައި ފަންސަވިސް އަހަރަށް ޖަލަށްލުމަށްޓަކައި ހުކުންކުރަން!” ގާޒީ އިއްވިއެވެ. މާވިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެތަކެއް ދުވަހަކަށްފަހު އަމިއްލަ ކޮއްކޮއަށް އިންސާފު ހޯދައިދެވުނީއެވެ. އޭނަ ހުރީ އޭނަގެ މަންމަގެ ގައިގާ ހިފައްޓައިލައިގެންނެވެ. އޭރުވެސް މިލްޔާއަށް ދިޔައީ ގިސްލަގިސްލާފައި ރޮވެމުންނެވެ.

އެތަކެއް ގަޑިއިރުތަކަށް ދެމިގެން ދިޔަ ކޯޓު އަޑުއެހުން ނިމިގެން ދިޔައީ ކުށްވެރިންނަށް އަދަބު ލިބި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބިގެންނެވެ. އުކައިލް އާއި ދާލިޔާ، ދާރިއަން އާއި މިޔާ އަދި މާވިން އާއި ހޫރީންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. އެމީހުން ފެށި ދަތުރަކީ އެތަކެއް ތާޅުތަކެއް ބިންދައިލާ އެތަކެއް ކޮޅިގަނޑުތަކެއް ހުރަސް ކުރި ދަތުރެކެވެ. އެހެންނަމަވެސް އެ ހުރިހާ ދަތި އުނދަގުލަކާއި ކުރިމަތިލައިގެން އެމީހުން ކުރި ހިތްވަރުގެ މޭވާ ނުލާހިކު ފޮންޏެވެ. އެމީހުންގެ އެކުވެރިންގެ ތެރެއިން އެކަކު ގެއްލިގެން ދިޔައިރު އޭގެ ބަދަލަށް ދެ އެކުވެރިން ލިބި ރާއްޖޭގެ ބޮޑު ސިއްރު އެޖެންސީއެއް ކަމަށްވާ އެމް.ވީ.އެސް.އޭ ވެސް އެނގިގެން ދިޔައީ އެމީހުންނަށް ދިމާވި ކަންތަކުންނެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް އެތަކެއް މުސީބާތްތަކާއި ދަތި އުނދަގޫތައް ކުރިމަތިވެގެން ދާނެއެވެ. އެހެން ނަމަވެސް އޭގެ މާނައަކީ އެކަމުގެ ސަބަބުން ދިރިހުރުމުގެ ހިތްވަރު ގެއްލިފައި ހުންނާށެކޭއެއް ނޫނެވެ. މާތްﷲ އެއްވެސް މީހަކަށް އެމީހަކަށް ނޫއްފުލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. ދުނިޔެއަކީ އިމްތިހާނުގެ ގޮވެއްޗެކެވެ. އަދި އެއީ ހަމައެހެންމެ ވަރަށް ނާއިންސާފު އެއްޗެކޭވެސް ބުނެވިދާނެއެވެ. އެހެންކިޔާފައި އިންސާފު ނުހޯދާ ހުރުމަކީ ހައްލެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވީ ވަރަކުން އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހޭނެއެވެ. ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްލެކެވެ.

އުކައިލް ވޭތުވެ ދިޔަ ދުވަސްތަކާއި މެދު ވިސްނަން ހުއްޓައި ދާރިއަން އައިސް އުކައިލްގެ ކޮނޑަށް އަތް ވައްޓާލިއެވެ. އުކައިލް ހިނިތުންވަމުން ދާރިއަންއަށް ބަލައިލިއެވެ. “ކޮބާތަ މަގޭ ދާޔާ؟” އުކައިލް އަހައިލިއެވެ. “ހޯ..ހޯ.. ކަލޭގެ ދާޔާއަށް ވާނީ ކައިވެނި ކުރާ ފަހުން.. މަށަށް އޭރުވެސް ހީވިއޭ ދެމީހުން ދެމީހުން ދެކެ ރުޅި އައިސްގެން އުޅެއުޅެފަ މި ދެމީހުން ހިތާވާނޭ..” ދާރިއަން ބޯހޫރައިލަމުން ހިނިއައިސްފައި ވާހަކަ ދެއްކިއެވެ. “ހޫން ހެވޭ.. ކޮބާތަ ކަލޭގެ ރެޕަންޒިލް؟” އުކައިލް ލާނެތް ފާޑަކަށް ހިނިއައިސްފައި ހުރެ އަހައިލިއެވެ. ދާރިއަން ވަގުތުން ލަދުގަތެވެ. “މިހާރު ކަލޭ ކޮން ވާހަކައެއްތަ ތި ފެށީ” އުކައިލްގެ ބޮލުގެ ފުއްކިބައިގައި ޖަހަމުން ދާރިއަން ބުންޏެވެ. އޭނަ އަވަސް އަވަހަށް އުކައިލްގެ ދިމާކުރުމުން ސަލާމަތްވާންވެގެން އެތަނުން ދިޔައެވެ.

***ދުވަސްކޮޅެއް ފަސް***

ދާލިޔާ އަވަސް އަވަހަށް ސައިކަލުގައި ރަސްފަންނާއި ދިމާލަށް މިސްރާބުޖެހީ ދާރިއަން އޭނައަށް ގުޅާފައި އުކައިލް ކުއްލިއަކަށް ވެއްޓުނު ގޮތަށް ހޭނާރައިގެން އުޅޭ ވާހަކަ ބުނުމުންނެވެ. އޭނައަށް ހާސްކަމެއް ލިބުނީ ބައިވަރު މީހުން އެއްތާކަށް އެއްވެފައި ހުރުމުންނެވެ. އޭނަ އެމީހުންތައް ފޫއަޅުވަމުންގޮސް ތަންކޮޅަކަށް ނިކުމެވުންއިރު އުކައިލް އޮތީ ތާރު މައްޗަށް ވެއްޓިފައެވެ. ދާލިޔާ ދުވެފައި ގޮސް އުކައިލްގެ ގާތު ކުޑަކަކޫ މައްޗަށް އިށީނދުންއިރު އޭނައަށް އެތަން ހުރި ގޮތް މާ ބޮޑަކަށް ލޮލުގައެއް އަޅައެއް ނުގަތުނެވެ. އުކައިލްގެ ކޮނޑުގައި ހިފައި ދާލިޔާ ތަޅުވަން ފެށިއެވެ. އެއަށްފަހު ވަރަށް ބިރުން ހުރެ އުކައިލްގެ ނޭފަތުގައި ދާލިޔާ އިނގިލިކުރި ޖައްސައިލިއެވެ. އުކައިލްގެ ނޭވާ އިހްސާސް ނުވުމުން ދާލިޔާއަށް ބާރަށް ރޮއެގަނެވުނެވެ.

“ނޫން.. ނޫން.. ލެލް ކީއްވެ.. ޕްލީޒް ދާޔާއަށް ތިހެން ނަހަދާ.. ދާޔާ ލެލްއާއެކު ފިޔުޗާރއަކަށް ޑްރީމް ކުރީމޭ.. ޕްލީޒް ދާޔާ ދޫކޮށްފަ ނުދޭ.. އައި.. އައި.. ލަވް ޔޫ.. ސޯ.. ސޯ މަޗް.. ލެލް.. ޕްލީޒް ދާޔާ ލެލް ދެކެ ވަރަށް ލޯބިވޭ.. ޑޯންޓް.. ލޯވް.. މީ… އައި ކާންޓް ލިވް ވިތް އައުޓް ޔޫ…” ރޮމުން ދާލިޔާ ބުންޏެވެ. އުކައިލްގެ މޭގައި ބޯއަޅައިގެން ހުރި ދާލިޔާއަށް އުކައިލްގެ ހިތުގެ ހިނގުން އިހްސާސްވާން ފެށުމުން ހައިރާންވިއެވެ. އޭނަގެ ހިތަށް ސިހުމެއް ވެރިވީ އޭނަގެ ކަށި އިނގިލީގައި ކޮންމެސް އެއްޗެއް މީހަކު އެޅުވިކަމުގެ އިހްސާސްވުމުންނެވެ. ދާލިޔާ ސިހިފައި އުކައިލް މޭ މަތިން ބޯނެގިއިރު އޭނަގެ ދެލޯ ބޮޑުވީ އެއް އަތް ބޯދަށަށްލައިގެން ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އޮތް އުކައިލް ފެނުމުންނެވެ.

ދާލިޔާއަށް ދެލޯ ބޮޑުކޮށްލާފައި އޭނަގެ ކަށި އިނގިއްޔައް ބަލައިލެވުނެވެ. އޭނަގެ ކަށި އިނގިލީގައި ވަނީ އަލިމަސްޖަވާހިރު ޖަހައިފައިވާ ރީތި އަނގިއްޓިއެކެވެ. “ލެލް” ދާލިޔާގެ އަޑު ނުކުތީ ވަރަށްވެސް މަޑުންނެވެ. އޭރު އެތާ ތިބި ދާރިއަން، މިޔާ އަދި ހޫރީން އާއި މާވިންވެގެން އަތް ޖަހަޖަހާފައި ހޭންފެށިއެވެ. އެމީހުންގެ މައިބަފައިންވެސް ލާނެތް ހިނިތުންވުމެއް އެމީހުންގެ ތުންފަތްތަކަށްވެރިކޮށްގެން އެތާގައި ތިއްބެވެ. އުކައިލް އޮށޯއްވެގެން އޮތް ތަން ހުރީ ފިނިފެންމާ ފިޔަތަކެއް ހިތެއްގެ ބައްޓަމަށް ފަތުރައިލާފައެވެ. ދާލިޔާގެ ދެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އުކައިލް ހިނިއައިސްފައި ހުރެ ދާލިޔާގެ އަތުގައި ހިފައި ކޮއްޅަށް ނެގުމަށްފަހު އޭނަ އެއްކަކޫ މައްޗަށްވާ ގޮތަށް އިށީނދުނެވެ.

“މަރިޔަމް ދާލިޔާ ދާއިން އަހަރެންނަށް ދާލިޔާ ފެނުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގެއަށް ގޮސް އެޅެނިކޮށް.. އޭރު އަހަރެން ހިޔެއް ނުކުރަން ތިކަހަލަ އެނޯއިން ކުއްޖަކަށް އަހަރެންގެ ހިތް ލެބޭނެކަމަށް.. އަހަރެންނަށް ފުރަތަމަ ދާޔާއާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން.. ތިއީ އަހަރެންގެ ހިތަށް އެންމެ ފުރަތަމަ ތަފާތު އިހްސާސެއް ދަސްކޮށްދިން ކުއްޖަކީ.. އަހަރެންގެ ހިތުގެ ތެޅުން އަވަސްކޮށް އަދި އަހަރެންގެ ހިތަށް ފަރުވާކޮށްދިނީވެސް ހަމަ ތި ލޯބި ކުއްޖާ.. އެކަމާ އަހަރެން އެންމެ ފުރަތަމަ ވަރަށް ހާސްވި.. އަހަރެން ހީކުރީ ދާޔާވެގެން ދާނީ އަހަރެންގެ ވީކްނެސްއަށް ކަމަށް.. އެކަމަކު ނޫން.. ދާޔާ ތީ ވަރަށް ސްޓްރޯންގް ކުއްޖެއް.. އަހަރެންނަށްވެސް ސްޓްރޯންގްވާން ދަސްކޮށްދިނީ ހަމަ ތި ދާޔާ.. ތިއީ އަހަރެންގެ އެކަނިވެރި ހަޔާތައް އެޅުނު އަލިކޮޅެއް.. ތިއީ އަހަރެންގެ ހިތުގެ ފަރުވާއަކީ.. އަހަރެންވެސް ދާޔާ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ތިއީ މިހިތުގެ ވިންދަކީ.. އަބަދުވެސް އަހަރެންގެ ހިތަށް ފަރުވާ ކޮށްދޭން ހުންނާނަންތަ؟ އަހަރެންގެ ހަޔާތަށް އަބަދަށް އައިސްދޭނަންތަ؟ އަހަރެންނަށް ތި ލޯބި ކުއްޖާގެ ހިތް ލޯބިން ފުރައިދޭން އަހަރެންނަށް ތި ހިތް ދޭނަންތަ؟ އަހަރެންނާ ކައިވެނި ކުރާނަންތަ؟” ދާލިޔާގެ ދެލޮލަށް ނަޒަރު ހުއްޓައިލައިގެން ހުރެ އުކައިލް އަހައިލިއެވެ. ދާލިޔާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އުކައިލްއަށް ފެންނަމުން ދިޔައެވެ. އުކައިލް ހުރީ ދާލިޔާއަށް އޭނަގެ އަތް ދިއްކޮށްލައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 31

Next

ހިތް އެދޭ ލޯތްބަކީ ތީ( ޕާޓް3)

Next
April 13, 2025

ހިތް އެދޭ ލޯތްބަކީ ތީ( ޕާޓް3)

Previews
April 12, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 31

18 Comments!

  1. nuhaaaaaaa says:
    April 13, 2025 at 8:03 am

    emmennah insaafu libihjje….
    suhbboo ukail ah dhuniyeyge emme molhu actor ge magaamu dheyn vx rangalhu 😂
    eyoh romantic nasthakeh kiyaali…
    ma vx virihjje 👀
    vrh salhi mi part vx ❤️
    keep it up darl ❤️
    lyssssssssm maashy 😘

    1. Maash Maash says:
      April 13, 2025 at 5:19 pm

      Yes emennah insaafu libijje mihaaru..
      Hehe dhww ukail vrh romantic..
      Aww thank you darling.. Vrh happy vejje mi part reethi v kan engunyma..
      Thank you for ur support 💜
      Love you moree nuhaaaaaaaaa 💜🦋

  2. Shhhhhh says:
    April 13, 2025 at 9:16 am

    Vaahakaige fahubai kannneige annaanii noonii 38th vana bai kannneige fahu bayakah vaanii ves . Huriha salhi vaahakathakeh nimunii mi dhen .. v foohi hihi

    1. Maash Maash says:
      April 13, 2025 at 5:22 pm

      Hehe 38 kanneyge fahu bayah vaany.. Vedhaane next part kamah vx adhi neyge dhww.. Alheyy anehka vx fashaanamey reethi vhk eh.. Darling ge comment eh dhen anna story ga vx fennane kamah ummeedhu kuran 💜🦋

  3. Cutie girl says:
    April 13, 2025 at 12:33 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhamdhulilah emmenah insaafu libunee
    Ukail act jehsee dhw
    Dhaaya and ukail v gulhey
    Miyaa and dhaarian ves good gulhuvachey
    Maavin and hoorin ves
    They all are made for each other
    Mi part kiyaafa rovijje 😭
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Miayee v interesting kamaa eku kiyaa hithun kiyaala vaahaka eh
    Your my fav author ❤️
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Tc ❤️
    Ly maash ❤️ 😚

    1. Maash Maash says:
      April 13, 2025 at 5:51 pm

      Thank you so much cutie girl.. I’m happy that u liked this part..
      Yes emmennah vx insaaf libijje..
      Ukail ragalhu act ehnun jassaaly e hehe.. Dhaaya ah heart attack eh dheefi viyya..
      Aww hehe sorry rovvaalevuny thy😭😭
      I appreciate ur lovely comment..
      Thank you I’m happy that this story is interesting to u💜💜
      I’m honored to be ur fav author 💜💜
      tc
      Love u moree darling 💜🦋

  4. Your fav bab says:
    April 13, 2025 at 1:30 pm

    Alheyy haadha fakkaley dhw ukail propose kuri goth! Seedhaa no. 1!!
    N enmen kurimatheega! Dhayaa fakeeru ladhu gannavaalan vegen!!😂😂😂
    Then Maavin n dhaarian jeheynee propose kuran!!
    this part is like so epic ❤❤❤
    When next??
    Lysssssssssssm💗💗💗💗
    Tc

    1. Maash Maash says:
      April 13, 2025 at 5:56 pm

      Hehe ukail fahkka dhw propose kuran.. Hehe..
      Well he’s expressing his love eyy dhaaliya kihaa lucky 😭
      Hehe dhaarian and maavin ge bai vx adhi annaanw..
      Aww I’m happy u like this part💜💜
      Next part insha allah Thursday ga..
      Love you moree💜💜
      Tc 💜🦋

  5. Your fav bab says:
    April 13, 2025 at 1:32 pm

    Ukail varah fakka!!! Seedhaa no.1
    N enmen kurimatheega dhayaa fakeeru ladhu ganna vaalan vegen!!
    Now it’s maavin n dhaarian’s turn!!
    This part is like so epic I luv it!!!
    When next??
    Lysssssssm💗💗💗
    Tc

    1. Never known says:
      April 13, 2025 at 1:55 pm

      Sorry my comment

    2. Maash Maash says:
      April 13, 2025 at 5:58 pm

      Hehe thanks darling.. Comment repeat vefa tha meeny??
      Next part insha allah Thursday ga..
      Love you moreee. 💜🦋

  6. Your fav bab says:
    April 13, 2025 at 1:33 pm

    Did you see my comment?

  7. Oreo gurll says:
    April 13, 2025 at 5:29 pm

    Alhamdhulillah! Emmenah insaafu libijje.
    But Ukail bro haadha rom ey dhw! Varah molhu ingey act kuran komme akas…
    Public proposals are the best right???? AWWWN
    haadha loabi ey dhemeehun
    Ekam if it was me, furathama ves bondi eh alhuvaaleemus ekahala heart attack eh dhineethee
    Dhen Dhaayaa alhe yes ey buneba dhw….
    Kong irakun tha Dhaayaa yes bunaa thankolhu kiyaaleveynee?
    Maash! When’s the next episode comingggggg?
    Lysmmmmmmm 🩶🩶🩶🩶

  8. Maash Maash says:
    April 13, 2025 at 6:02 pm

    Yes emmennah insaaf libuny mihaaru..
    Hehe ukail vrh rom vaaney dhen
    Hehe ukail molhu dhw act kuran..
    Yeshhh public proposals are the cutest..
    Hehe let’s see dhaaya kanthah kuraa goi.. She is also like u ig.. Hama jahaafaane ukail ge gaiga vx 😭😭
    Next part ga ingeyne dhaaya ge answer..
    Next part insha allah Thursday ga..
    Love u moreeee darling 💜🦋

  9. Shimmer says:
    April 13, 2025 at 6:29 pm

    Varah varah reethi
    Hama comment eh kohnulaa nuhurevigen mi kohlly
    Hama 💯💯💯
    And ukail ….I mean who would expect that he would do something like that …. Ethaa madun hurefa😄
    Emme bas ahaa meehaa yah vegen hure fa balaabala kurin propose eh🥰🥰🥰🥰😍
    Loved the part
    Mee vaahaka nukiyan huvaa kurin meehaa viyyaa🥴🤪🤣😭😂
    Love you butterfly(cuz I first knew you as butterfly and loved you as butterfly 🦋) sis

    1. Maash Maash says:
      April 13, 2025 at 10:26 pm

      Thankyou so so muchhh Shimmer..
      hehe vrh ufaaa vejje comment eh kohleema..
      hehe dhww.. Ukail kihaa rom
      Aww thankyou I’m happy u liked this part
      hehe dhogehvaa noon. mi vaahaka nukiyaan huvaa kuri meeha dhw mii..
      Love u moree Shimmerr (hehe okeyyy)💜🦋

  10. Anonymous says:
    April 14, 2025 at 12:01 pm

    Ohh vrh nice maash email libidhaanetha pls

    1. Maash Maash says:
      April 14, 2025 at 1:21 pm

      Thanks.. Sure here is my email👇
      [email protected]

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 37←


All Right Reserved!