Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިންސާފު ލިބޭނެބާ – 33

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
April 3, 2025 5 Mins Read
14 Comments

“އެހެންވީމަ ކިނާން ސާރ ކައިރިން ހުއްދަ ނަގާ.. ކިތަންމެ ކުޑަ ކުށެއް ކުރަނިކޮށްވެސް ގޭންގު މީހެއް ފެނިއްޖެއްޔާ ހައްޔަރު ކުރާނީ.. ދެން އެމީހަކު އަދިއަދަށްދާންދެން ކޮށްފަހުރި ކުށްތައް ރަނގަޅަށް ބެލުމަށްފަހު އޭގެ އަދަބު ދޭނީ.. އެކަމަކު ފުރަތަމަ އުޅޭ އެ އުނދަގޫބޮޑު ލޯޔަރުގަނޑު ހައްޔަރު ކުރަން..” އުކައިލް ބުންޏެވެ. “އޭނަ ބައްދާލާފަ ހުރި ކޭސްތައް އަލުން ހުޅުވަން ލޯޔަރއެއް އަހަރުމެން ހަޔާރ ކުރަންވީ..” ދާލިޔާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. ”މާވިންގެ އެކުވެރިން ތިބެދާނެ.. އެމް.ވީ.އެސް.އޭގެ މީހުންގެ ތެރެއިން އޭނަ މީހަކު ހޯދާލަފާނެ..” އުކައިލް އޭނަގެ ތުނިކޮށްފަޅާފައި ހުރި ތުބުޅީގައި އަތްކާތްތާލަމުން ބުންޏެވެ.

***ޕާޓް 33***

ދެ ހަފްތާވަރު ފަހުން މާވިން އާއި ދާރިއަން ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭރު ދާރިއަންގެ ބޮލުގައި ބެންޑޭޖް އަޅައިފައިވީއިރު އޭނަގެ ބަނޑުގަޔާއި އިނގިލިތަކުގައިވެސް ވަނީ ބެންޑޭޖު އަޅާފައެވެ. ހަމައެހެންމެ، މާވިންގެ އިނގިލިތަކުގަޔާއި ފަލަމަސްގަނޑުގައިވެސް ވަނީ ބެންޑޭޖް އަޅާފައެވެ. އެމީހުންގެ ހާލު ކުރިއަށްވުރެ ރަނގަޅުވުމުގެ ސަބަބުން ހޮސްޕިަޓަލުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އެމީހުން ފުލުސް ސްޓޭޝަންއަށް ދިޔައިރު ކިނާން އަދި އުކައިލްގެ އިތުރުން އެ ޓީމް އެންމެން ފަދައިން އެމީހުންނަށް މަރުހަބާކިއެވެ. ދާރިއަންއަށް އެންމެ ފުރަތަމަވެސް ހޯދާލެވުނީ އިންވެސްޓިގޭޝަން ކުރިއަރައިފައިވާ މިންވަރެވެ. އެމީހުން ބެލި ބެލުމުން އެނގޭ ގޮތުން މިހާރު އެ ގޭންގުގައި އުޅޭ ގިނަ މީހުންވަނީ ހައްޔަރު ކުރެވިފައެވެ. އަދި ފުލުހުންގެ ގިނަ ބަޔަކުވަނީ ގޭންގާއި އޮންނަ ގުޅުމުގެ ސަބަބުން ވަޒީފާއިން ވަކި ކުރެވި، ހައްޔަރު ކުރެވިފައެވެ. ދާރިއަން އާއި މާވިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

“ދާރިއަންއާ މާވިން ޓްރައިކޮށްލަނިކޮށް ޝަކީލް އެއްބަސް ވެދާނެ.. އޭނައަކަށް ނޭނގެ ދާރިއަންމެން ސަލާމަތްވި ކަމެއް..” ދެމީހުނަށް ބަލައިލަމުން ކިނާން ބުންޏެވެ. ކިނާންގެ އެދުމަށް ދާރިއަންމެން އެއްބަސްވިއެވެ. އަދި ޝަކީލް ލާފައި އިން ހޯލްޑިން ސެލްއަށް ދިޔައެވެ. އެތަނަށް ވަދުނު އިރު ޝަކީލް ހުރީ އިސްޖަހައިގެންނެވެ. އޭނަގެ މޫނުމަތިން ފެނިގެންދަނީ ރުޅީގެ އަސަރުތަކެވެ. އެހެންނަމަވެސް އޭނައަށް ދާރިއަންމެން ދިރިހުރިތަން ފެނުމުން އޭނަގެ މޫނަށް ހައިރާންކަމުގެ އަސަރު ފާޅުވެލިއެވެ. “ކަލޭމެން ދޭތި މަރެއް ނުވޭތަ؟” ރުޅިއައިސްހުރެ ޝަކީލް ސުވާލުކޮށްލިއެވެ. “ޕިސް އަހަރުމެން މަރުވިޔަސް ކަލޭ ހަމަ ހުންނަން ޖެހޭނީ މި ގޮޅީގެ ތެރޭ..” ދާރިއަން ބުންޏެވެ. މާވިން އެތަނަށް އައިސް ގޮޑިއެއް ކައިރިކޮށްލުމަށްފަހު އިށީނދުނެވެ. “ހާދަ އުފާވެރި އިހްސާސެކޭ މަށަށް މި ކުރެވެނީ ކަލޭ ތިތާ އިންނަ ތަން ފެނުމުން..” އެއްމިޔަކަނުން ހީލަމުން ޝަކީލް ރުޅިއަރުވައިލުމުގެ ގޮތުން މާވިން ބުންޏެވެ. އެއާއެކު ޝަކީލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“ކަލެމެން ކީކޭތަ ހީކުރަނީ؟ އަހަރުންނަށް މިތަނުން ނިކުމެވޭނެ އަތުން ފުއްޓައްކެއް ޖަހާލާހައި އަވަހަށް.. އަހަރުންގެ ލޯޔަރަށް ކަލެމެންތީ އެއްވެސް ބަޔެއްނުން..” ޝަކީލް ބޮޑާވެލަމުން ބުންޏެވެ. އެއާއެކު މާވިން ހޭން ފެށިއެވެ. ޝަކީލް މާވިން ހޭން ފެށުމުން އެއްބުމަ އަރުވައިލިއެވެ. “ދާރިއަން ބަލާލަ އޭނަ ބޮޑާކަން ހަހަހަ.. އޭނައަކަށް ނޭނގެ އެކަމެއް ހެހެހެ..” މާވިން ހެމުން ބުންޏެވެ. ދާރިއަންވެސް ހިނިއައިސްފައި ހުރެ ޝަކީލްއާއި ދިމާލަށް ބަލައިލިއެވެ. އެއާއެކު ޝަކީލްގެ ނިތްކުރި މައްޗަށް ރޫ އަރައިގެން ދިޔައެވެ. “މަށަށް ކޯއްޗެއް ނޭނގެނީއޭ؟” ޝަކީލް ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލަމުން އަހައިލިއެވެ. “ކަލެމެންގެ މޮޅު ލޯޔަރު، މުނާޒު ހައްޔަރުކޮށްގެން އުޅޭކަމެއްނުން..” މާވިން ހިނިއައިސްފައިހުރެ ބުނެލިއެވެ.

ޝަކީލްގެ މޫނު މައްޗަށް ބަނަ ވިލާގަނޑެއް އެޅުނު ފަދައެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް އޭނަ ގޮތް ދޫކުރާކަށް ނޫޅުނެވެ. “ދެން ކަލެމެން ހީކުރީތަ އަހަރެން އެއްބަސްވާނެކަމަށް ހުރިހާކަމަކަށް އޭނ؟ ނުވާނަން.. އަހަރެން ނުވާނަން އެއްބަހެއް އެއްވެސް ކަމަކަށް.. ކަލެމެންނަށް ޖެހޭނީ އަހަރެން ދޫކޮށްލަން އެނގިއްޖެތަ އޭނ؟” ދެބުމަ ގޮށްޖަހައިގެން އިނދެ ޝަކީލް ހަޅޭއްލަވައިގަތެވެ. “މާވިން އޭނަ އެކިޔަނީ ކޮންކަމަކަށް އެއްބަސްވާ ވާހަކައެއްތަ؟” ދާރިއަން އޭނަގެ ބޮލުގައި އޮތް ބެންޑޭޖްގަނޑުގައި އަތް ޖައްސާލަމުން އަހައިލިއެވެ. “ހިނގާ މިތަނުން ދާން އެހަށް.. ކަލޭ ތިހުރީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ކަންތައްތަކެއް ހަނދާންނެތިފަ.. މީނަ ދައްކާ ވާހަކަ އަޑުއަހައިގެން އެކަންތައްތައް ހަނދާން ވެއްޖެއްޔާ ކަލޭ ފުރާނަައަށް ނުރައްކާވެދާނެ!” މޫނު މަތިން ހާސްކަން ދައްކާލަމުން މާވިން އެތަނުން ތެދުވަމުން ބުންޏެވެ.

ޝަކީލްއަށް މިވާހަކަ އަޑުއިވުމުން އޭނަގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ކުރެހުނެވެ. އޭނަ ކުރިންވި ހުރިހާކަމެއް ކިޔަމުންގޮސް އަމިއްލައަށް އެ ގޭންގް ހިންގުމުގެ ފަހަތުގައިވަނީ އޭނަކަމަށް އެއްބަސްވިއެވެ. އަދި ހާދިން އުކައިލްގެ މަންމަ މަރައިލީ އޭނަ ހުއްދަ ދިނުމުން ކަމާއި އުކައިލްގެ ގޭގަ އަލިފާންޖެހީވެސް އޭނަ ބުނެގެން ކަމަށް އެއްބަސްވިއެވެ. އެއާއެކު މާވިން ލާނެތް ހިނިތުންވުމެއް ދާރިއަންއަށް ދިނެވެ. އޭނައަށް ބަލައިލެވުނީ އެތާ ހަރުކޮށްފައި ހުރި އަޑުއަރާ ވައްތަރުގެ ކެމެރާއަށްށެވެ. “ޝުކުރިއްޔާ ހުރިހާ ކަމަކަށް އެއްބަސް ވެދިނީތި ހެހެ.. އަހަރެން އުންމީދު ކުރަން ޖަލުގަ ހޭދަ ކުރާ އުމުރުދުވަހަކީ މަނިކުފާނަށް ބާއްޖަވެރި އުފާވެރިކަމުން ފުރިގެންވާ ދުވަސްތަކަކަށް ވާނެ ކަމަށް..” ދާރިއަން މަލާމާތުގެ ރާގަކަށް ބުންޏެވެ. އެމީހުން އތާ ދެންމެ ކުރީ ހުސް އެކްޓުކަން އެނގުމުން ޝަކީލްގެ މޫނު މަތި ރަތްވެގެން ދިޔައެވެ. އޭނަގެ ދެކަންފަތުން އައި ރުޅިން ދުންއަރަން ފެށި ފަދައެވެ. ހިތަށްއައި ހަޑި ހުތުރު ބަހެއް ބޭރުކުރަން ފެށިއެވެ.

ދާރިއަންމެން އެތަނުން ނިކުތީ ހިނިތުންވުމަކާއެކީގައެވެ. ދެން އެމީހުންނަށް ޖަލުން ސަލާމަތްވުމަކީ އެކަށީގެންވާ ކަމެއް ނޫންކަން އޭނައަށް ޔަގީނެވެ. “ސާރ ކޯޓަށް މި ކޭސް ހުށައަޅާނަން މިއަދު.. އިރާދަ ކުރެއްވިއްޔާ ދެން އެމީހުންނަށް ޖަލުން ނިކުންނާކަށް ލާހިކެއްނޫން..” ކިނާން ބުނެލިއެވެ. އުކައިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެތަކެއް ދުވަހަކަށް ފަހު އެންމެފަހުން އޭނަގެ މާންމައަށާއި އަންމުންގެ އެތަކެއް މީހުންނަށް އިންސާފު ހޯދައިދެވުނީއެވެ. ހުރިހާވެސް ޝުކުރެއް ދާރިއަންއަށާއި މާވިންއަށްށެވެ.

މާވިން ބޭރަށް ނިކުތީ ހޫރީން އޭނަގެ ފޯނަށް ގުޅުމުންނެވެ. “ހެލޯ ލަވް” މާވިން ފިރެހެންވަންތަ ހިނިތުންވުމަކާއިއެކީ ހޫރީންގެ ކޯލަށް ޖަވާބުދިނެވެ. “ލަވްއޭ އެހެން އެއްޗެކޭ ނުކިޔަ ހުރޭ.. ކޮންތާކު ތިހުރީ އޭނ؟ ހޮސްޕިޓަލުން ބުނީ ދާގޮތަށްގޮސް ގެޔަށްގޮސް ރެސްޓު ކުރާށެކޭ ނޫންތަ؟” ހޫރީން ހަޅޭއްލަވައިގަތެވެ. ހޫރީންގެ ވާހަކަ ހުންނާނީ އެހެންކަން އޭނައަށް ކުރިންވެސް އެނގެއެވެ. “އަހަރެން މިއޮތީ ގޭގައޭ..” މާވިން ދޮގެއް ހަދައިލިއެވެ. “އެހެންތަ؟ އަހަރެންނަށް މިގެންއިން ބައްދަލުވީ މިޔާއާ މިޔާގެ ތެރަޕިސްޓް ޑރ. ޝިހާމާއާ.. އަހަރެން މިހުރީ ވިންގެ ރޫމްގަ އެކަމަކު މިތަނަށް ހިޔެއްނުވެ މީހަކު ކީތްކުރަން އެހެން އެއްޗެސްވެސް ވަދެފަ ހުރިހެންނެއް!..” ހޫރިން ބުންޏެވެ. މާވިންއަށް އޭނަ ހެދި ދޮގު ފަޅާ އެރުމުން އަމިއްލަ ދުލުކުރީގައި ދަތްއަޅައިލެވުނެވެ. ހޫރީން ރުޅިއައިސްފައި ހުންނާނެ ވަރު އެނގުމުން އޭނައަށް ހިންދިރުވައިލެވުނެވެ.

އެހެންނަމަވެސް އޭނަގެ ބޮލުގައި ހޫރީން އެކަން ހަނދާން ނައްތާލާނެ ގޮތެއް ރާވަމުން ވާހަކަ ދައްކަން ފެށިއެވެ. “އަޅޭ އަހަރެންގެ ކޮޓަރިއަށްވެސް މިހާރު ވަދުނީތަ.. އަހަރެން ހުރީ މެރީކޮށްގެން ބޭބީ ގެންދާ ގޮތަށްށޭ އެކަމަކު ކެތް ނުލަވައިގެން ވަދުނީ ވިއްޔާ އެހާ އަވަހަށް.. ދެން މިހާރު ތިތަން ތިހުރީ ފެނިފައެއްނުން.. ބެޑާ ހުރިހާ އެއްޗެއް ރަނގަޅުތަ؟ ހީވެތަ އަހަރުމެންނަށް އަރާމުކޮށް ނިދާލެވޭނެހެން؟” މާވިން ލާނެތް ރާގަކަށް ހޫރީން ލަދުގަނުވައިލުމުގެ ގޮތުން އަހައިލިއެވެ. އެއާއެކު އިރުކޮޅެއް ވަންދެން ހޫރީންއަށް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި ހުރެވުނެވެ. މާވިން ބުނި ވާހަކައިގެން މާން އެނގުމުން ހޫރީންގެ ކޯތާފަތް ރަތްކަންގަދަ ޗެރީކޮޅަކަށް ބަދަލުވި ފަދައެވެ. “ހެލޯ.. ހެލޯ.. ބޭބީ އެބަހުރިންތަ؟” މާވިން ވަރަށް ލޯތްބާއެކު އަހައިލިއެވެ. އޭނަ ހުރީ އޭނަ ބޭނުން ކުރި އުކުޅު މަސައްކަތް ކުރުމުން ލާނެތް ހިންޏެއް އައިސްފައެވެ. މާވިންގެ އަޑުއިވި ހޫރީން ސިހިގެން ދިޔައެވެ. ކުޑަކުޑަކޮށް ކަރުކެހިލަމުން ހޫރީން ހޫން އަޅުވައިލިއެވެ.

“ބޭބީގެ އަޑު ދިޔައީތަ ދޫނީ.. ކިހިނެތް އަޑުގޮސްފަ ހުރީމަ ވާހަކަ ދެއްކޭނީވެސް.. މައި ޕުއާރ ލޯބި ލޯބި ހޫރީ.. މައި ހޫރު ޕަރީ..” މާވިން ލާނެތް ގޮތަކަށް ކިޔަމުން ދިޔައެވެ. އޭނައަށް ދިޔައީ ހޫރީން ލަދުގަންނާނެވަރު ސިފަ ކުރެވެމުންނެވެ. “ފާޑު ފާޑުގެ އެއްޗެހި ނުކިޔާ އަންނަން އުޅޭ..” އެހެން ބުނުމަށްފަހު ހޫރީން ފޯނު ކަނޑައިލިއެވެ. އަދި މަޑުމަޑުން ފޯނު ގެނެސް އޭނަގެ މޭގައި ޖައްސައިލިއެވެ. އޭރު އެ އޭނަގެ ކުޑަ ތުންފަތުގައި ވަނީ ރަކި ހިނިތުންވުމެއް ވެރިވެފައެވެ. އޭނައަށް އަމިއްލަ ހިތުގެ ތެޅުމުގެ ބާރުމިން އިހްސާސްކުރެވުނެވެ. އަމިއްލަ މޫނުގައި އަތް އެޅުމަށްފަހު އަވަސް އަވަހަށް މާވިންގެ ކޮޓަރިން ނުކުތެވެ. ނަމަވެސް އޭނައަށް ނިކުމެވުމުގެ ކުރިން މާވިންގެ އެނދާއި ދިމާލަށް ނަޒަރު ހުއްޓާލެވުނެވެ. މާވިން ބުނި ވާހަކަ އޭނަގެ ކަންފަތުގައި ތަކުރާރުވި ފަދައެވެ. އަވަސް އަވަހަށް އޭނަ ކޮޓަރިން ނިކުތެވެ.

ފޯނު ކަނޑައިލި މާވިންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނައަށް ހޫރީންގެ ލަދުގަނެފައިވާ މޫނުކޮޅު ސިފަކޮށްލެވުމުން އަމިއްލައަށް ހީލެވުނެވެ. ދާރިއަންއަށް އާދެވުން އިރު އަމިއްލައަށް ހޭންހުރި މާވިން ފެނިފައި އޭނަގެ ދެލޯ ކުޑަކޮށްލެވުނެވެ. ‘ކޮންކަމަކާތަ މި ސޮރު އަމިއްލައަކަށް ހުރެގެން މި ހެނީ.. އަނެއްކާ މީނަ މޮޔަވީކީ ނޫންބާ؟’ ދާރިއަންއަށް އޭނަގެ އަމިއްލަ ނަފްސާ ވާހަކަ ދައްކައިލެވުނެވެ. ދާރިއަން މާވިންއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް މާވިންއަކަށް ދާރިއަންއެއް ނުފެނެއެވެ. އޭނަ ހުރީ ލޯބީގައި ދީވާނާވެފައި ހުރި މުސާފިރެއްހެން ފޯނަށް ބަލާށެވެ. ދާރިއަން ބޯއަރިކޮށްލަމުން މާވިންގެ ފޯނަށް ބަލައިލިއެވެ. އެއިން ފެނިގެން ދަނީ ހޫރީންގެ ފޮޓޯއެކެވެ. އޭގައި ހޫރީން ހުރީ ކޮންމެސް ކަމަކާ ރުޅިއައިސްގެން ތުންދަމައިގެން ދެ ބުމަ ގޮށްޖަހައިލައިގެންނެވެ.

ދާރިއަންގެ ގާތަށް މި މަންޒަރު ފެނުމުން ހިނިއައެވެ. އޭނަ މާވިންގެ ކޮނޑުގައި އަތްލުމުން މާވިން ސިހިފައި ފަހަތް އެނބުރި ބަލައިލިއެވެ. އޭނަގެ ފަހަތުގައި ލާނެތް ފާޑަކަށް ހީގަނެގެން ހުރި ދާރިއަން ފެނުމުން، އަވަސް އަވަހަށް ފޯނު ޖީބަށްލިއެވެ. “ހޫމް ހޫމް.. ހޫރު ޕަރީ ދެކެ ރަނގަޅަށްވެސް ކަލެޔަށް ލޯބިވެވިފަ ތިހުރީ.. އެހެންޏާ އަޅެފަހެ، މީނަ މިތާ ފާޑަކަށް ހިނިއައިސްފައި ހުރީމަ މަ ހީކުރީ މޮޔަވެފަ ކަމަށް..” ޕިސްޕިސް ކިޔާލަމުން ބޯހޫރައިލަމުން ދާރިއަން ބުންޏެވެ. “ކަލޭ ހުރޭ އަނގަ މައިތިރިކޮށްގެން.. ކަލޭވެސް މަށަށް އެނގޭ މަގޭ ކޮއްކޮ ފަހަތު އަޅުވައިލައިގެންކަން ތިއުޅެނީ..” މާވިން ބުންޏެވެ. އެއާއިއެކު ދާރިއަންގެ އަނގަ ހުތްވި ފަދައެވެ. އޭނަ ބޯކަހައިލަމުން ދުރު ބަލައިލިއެވެ.

“ކަލޭ ތި ހީކުރާ ކަހަލަ ކަމެއް އަހަރުންގެ ދެމެދުގަ ނެތް އެނގޭ.. މިޔާ ދެކެ ރުޅި ނާންނައްޗޭ.. އަހަރެން މާފަށް އެދެން އޭނައާ މެދު އެކަހަލަ އިހްސާސްތަކެއް އުފެދުނީމަވެސް..” ކުށްވެރިއެއް ފަދައިން އިސްޖަހައިލަމުން ދާރިއަން ވާހަކަ ދެއްކިއެވެ. މާވިން ފުންނޭވާއެއްލިއެވެ. “އަހަރެން ނެތިން އަހަރެންގެ ކޮއްކޮ އަނެއްކާ ހައްޔަރުކޮށްގެން އުޅޭ ކަހަލަ ފީލިންގއެއް ކޮއްކޮއަށް ދޭކަށް.. އަހަރެންނަށް ދާރިއަންއާއެކު އުޅެވުނު ދުވަސްކޮޅު ދާރިއަންގެ މިޒާޖު ވަރަށް ބޮޑަށްވަނީ ދަސްވެފަ.. ދާރިއަންގެ އަމިއްލ ކޮއްކޮއަށް އަޅާލައި މިންވަރު އަހަރެންނަށްވަނީ ފެނިފަ.. އަހަރެންނަށް އެނގޭ ކޮއްކޮއަށް ދާރިއަންހާ ރަނގަޅު މީހެއް ނުލިބޭނެކަން.. އެކަމަކު އަހަރެން ބޭނުންވަނީ ކޮއްކޮ ކިޔަވާ ނިމޭ ފަހުން، ނޫނީ ކޮއްކޮގެ ހުވްފެންތައް ހާސިލް ކުރާ ފަހުން ދާރިއަންއާ ކައިވެނި ކުރިޔަސް ކުރަން.. ދާރިއަންއަށްވެސް އެނގޭނެ ކީއްވެކަން..” މާވިންގެ ވާހަކަތަކުން ދާރިއަންއަށް ލުއި ހިނިތުންވުމެއް މާވިންއަށް ދިނެވެ. މާވިންގެ ވާހަކަތައް ހުރގޮތުން އޭނަ މިޔާއަށް އަޅާލައި މިންވަރު އަނގައިދެއެވެ.

“އަހަރެންނަށް އެނގޭ މާވިން ތިހެން ތިބުނަނީ މިޔާއާ ދޭތެރޭގައި ވިސްނާފަކަން.. ލިޔާއަށް މިޔާއަށް ކަންތައްވީހެން ކަންތައްވި ނަމަ އަހަރެންވެސް ކަންތައް ކުރާނީ ތިހެން..” ދާރިއަން ހިނިތުންވެލަމުން ބުންޏެވެ. އޭނައަކީވެސް ދޮންބެއެކެވެ. މާވިންއަކީވެސް ދޮންބެއެކެވެ. އޭނައަށް މާވިންގެ އިހްސާސްތައް އެހާ ފަސޭހައިން ދެނެގަނެވުނީ އެހެން ވެގެންނެވެ. މާވިން ފޯނަށް އެއްޗެއް އައުމުން ބަލައިލިއެވެ. އޭނަގެ މޫނަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެކަން އަވަސް އަވަހަށް އޭނަ ފަރުދާކޮށްލިއެވެ. މާވިން ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ދާރިއަންއަށް މާވިންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތް ފެނުނެވެ. “ކިހިނެތްވީ؟” މާވިންއަށް ބަލައިލަމުން ދާރިއަން އަހައިލިއެވެ.

މާވިން ފުންނޭވާއެއް ދޫކޮށްލަމުން ދާރިއަންއާ ދިމާލަށް ބަލައިލިއެވެ. “ދާރިއަން އެހަށް ދާންވީނުން އަހަރުން ގެޔަށް.. އެތާ އުޅޭނެ ކޮއްކޮއާ. ކޮއްކޮގެ ތެރަޕިސްޓް ޝިހާމާ އަދި ހޫރީވެސް.. އަހަރެން ދާނަން އިރުކޮޅަކުން..” މާވިން އެދުނެވެ. ދާރިއަން މާވިންގެ އެދުން އިންކާރު ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންނޫނަސް މިޔާ ގާތަށްދާން އުޒުރެއް ލިބުމުން އޭނަ އެކަން ބޭކާރުކޮށްލާ ހިޔާލެއް ނުކުރިއެވެ. އޭނަ އަވަހަށް ބޯޖަހައިލަމުން އެތަނުން ދާން ނިކުތެވެ. ދާރިއަން އޭނަގެ ކާރަށް އަރައިގެން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު މާވިން ސްޓޭޝަނުން ނިކުމެގެން ގޮސް އޭނަގެ ސައިކަލަށް އަރާ ދުއްވައިލިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްއާ ހިސާބަށް ދެވުމުން ސައިކަލު ޕާކް ކުރުމަށް ފަހު އެތާ އެތެރެއަށް ވަދުނެވެ. އޭނަ ވެއިޓިން އޭރިއާގައި މަޑުކޮށްގެން ހުއްޓައި އޭނަ ބަލައި އައި މީހުން ފެނުނެވެ. އެމީހުންނަށް މާވިން ފެނުމުން އެމީހުންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ. އެތާ ހުރި މެދު އުމުރުގެ އަންހެންމީހާ ދަރިފުޅާއޭ ކިޔާ ގޮވައިލުމަށްފަހު މާވިންގެ ގާތަށް އައިސް މާވިންގެ އަތުތެރެއަށް ވަދުނެވެ. އެތާ ހުރި މެދު އުމުރުގެ ފިރެހެން މީހާވެސް ހައިރާން ކަމާއިއެކު މާވިންގެ ގާތަށްއައެވެ. މާވިން އެ ފިރެހެންމިހާއާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 26

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…76

Next
April 3, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…76

Previews
April 3, 2025

ފުރާނައިގެ ދިރުމޭތިއީ 26

14 Comments!

  1. Vampire girl says:
    April 3, 2025 at 12:58 pm

    Whatttttt…. anehkaa aneh kanthah…
    Yageen e aee maavin ge manmma aa bahppa aa kan….
    Maavinge bahppa ah miya fenunyma vaane gotheh vx neynge 😔😔
    Can’t wait for next part 😊😊
    Whn next ??
    Ly maash😘😘

    1. Maash Maash says:
      April 3, 2025 at 5:40 pm

      Lets see dhw dhen vaa goii..
      Next part insha allah Sundayga..
      Love u more Vampire girl💜🦋

  2. Anonymous says:
    April 3, 2025 at 1:13 pm

    when is next
    when is next
    when is next
    when is next
    plssssssssssssssssssssssss avasssssssssssssssssssss

    1. Maash Maash says:
      April 3, 2025 at 5:41 pm

      Next part insha allah Sundayga Anonymousss..
      I’ll tryyyy avassssssskohdheynnnnn😅💜

  3. Shhhhhh says:
    April 3, 2025 at 3:30 pm

    Rangalhu vaguthakah kannynnge e aee bappaafulhu.. nmn hayyaru kura dhuvas gandah hama e aee… Hihi….

    1. Maash Maash says:
      April 3, 2025 at 5:42 pm

      Hehe yess emmen hayyaru kuraa vaguthah e aadhevuny bappa ah dhww..💜🦋

  4. Your fav bab says:
    April 3, 2025 at 4:19 pm

    Hama serious koh ves hooryn akee Maavin ge hoor pary ey!! They r so cute
    N dhaarian is going crazy for Mia!! So lovely!!
    Yageeennneeyyyyy airport in aee Maavin ge parents kan!
    Maavin kairee bunelaathi your fav bab bunyey just slap your “dad” in front of all!! Aslu ekahala meehaku doesn’t deserve to be called a dad
    I loved this part
    This story is one of my fav❤
    Lysssssssm💗💗💗💗
    When next?
    Tc

    1. Maash Maash says:
      April 3, 2025 at 5:45 pm

      Maavin and hooryn really cute dhw hehe..
      hehe yess dhaarian is crazy about miyaa..
      hehe yes okey maavin kairy bunaanan thihen..
      yes ekahala meehaku evves gothakah deserve eh noon bappa ge magaamga hunnaakah..
      aww i’m glad u liked this part..
      thats so sweett
      Love you moree darling💜💜
      next part insha allah sundayga..
      Tc💜🦋

  5. Oreo gurll says:
    April 3, 2025 at 4:20 pm

    Ohhh. I knew Dhaarian had feelings for Miyaa. But koniraku tha mi Maavin and Hooreen ge kanthah feshunee. I don’t think I was aware of that 🙊🙊
    Either way, I’m pretty sure e aii Maavin ge mom and dad kan.
    Emeehun filan konthaakah vadhefatha e aii?? Alhe Miyaage mamma eyna nuves hoadhaatha?
    Huri hamaekani anhen dharifulhu viyyaa ..
    I think rangalhu dhuvas varakah kanneynge bappaafulhu e vadaigathee.
    Dhen emme rangalhu vaanee eyna ves hayyaru kuriyya
    Miyaa ge hekibas libeyne ehnu.
    And I’m so glad e Shakeel eh ehbas vyma. Varah molhu plan eh. Ekamu ekahala fenavaru mathi meehaku ekahala malhi akah vettuneema kudakoh ajaibu ves vejje. Eyna akah neyngeytha golheega kameh mi indhevunee? Polihun kameh kurimathee mi thibee? Ehaa gamaaru vaakah nuvaane dhw
    Honestly, I’m sad cuz the story is ending. But at the same time, I’m happy cause Miyaa is about to get justice for what she suffered for more than 3 years!
    Anyways, episode varah reethi ingey. Luv u Maaaaaaaaashhhh

    1. Maash Maash says:
      April 3, 2025 at 5:58 pm

      Aww haadha bodu comment ekey miothey dhww.. Maavin aa hoorynge kanthahgadu feshuny thankolheh kurin episode ehga ig.. eyruga maavin ehaa ehaa like ehnuvaane hooryn dheke but mihaaru ehury hooru parygajaadhuluga jehifa ehnun hehe..
      emeehun bangkok ah gosfaehnun e aee.. miyaa mom miyaa hoadhan vrh masaikai kuri but nufenuneyma huttaaly ig..
      hehe yess ragalhu dhuvas varakah bappa e aee dhw.. yes miyaage hekibas libeyne..
      E vany Shakeel jaluga indhe indhe kudakoh boa sakaraai vefa hury kamah hehe.. eyna beynunvany dhaarianmaraalaakahnun.. dhen maavin ehen bunema aslu eh fall v..
      Don’t worry mi story nimunas insha allah maash vaahaka liyun nuhuttaanan.. Oreo gurll and ehen lowbi commenters maash ah ehaa support kuraa iru eheneh nudhaane ehnun dhen..
      I’m happy u liked this episode.. Love u more darling💜🦋

  6. Haikal says:
    April 3, 2025 at 11:37 pm

    Hey Maaashhh
    I was sooo happy mi part up vi than fenuneema
    Hama varay kiyaalaa hithun mi.kiyaalee mi.part vess
    Masha allah varah varah furihama mi part vess
    And btwww
    Mia ge bappa mioh haa dhuvahu ulhunee kkn thaaku??
    Kudakoh viyas kiyaala dheveynetha bappa ge vaahaka
    I don remember much ehenve mi bunelee
    Omggg hooryn and maavin reallyy matchess
    They are sooo cutee togetherr
    And Dhaarian vess varah varah gulhey mia aa
    Alhe I’m sooo exited for the next part
    Varah avahah libeyne kamah ummeedhu kuran ingey
    And also dhaarian n mia and maavin and hooryn ge loabeege partss ah varah varah iba inthizaaru kurevey hama
    Alhe i am reallyy reallyy sadd story nimen ulheythee hama aslah vess
    Komme dhuvahaku mi innanee hama maash meege episode eh up veytho sooo i will reallyy miss mi story mathin Like this was the story that got me interst in police ulhey vaahakaa thah
    You will always get my support inge maaaash darlingg
    Love youu sooo muchhh💖

    1. Maash Maash says:
      April 4, 2025 at 8:57 pm

      Hey Haikal..
      Aww that’s so sweet.. I’m happy u liked this part..
      Miya ge bappa ulhuny bangkok ga.. Next part ga miya ge bappa aa behey gothun engeyne..
      Hehe ikrr hooryn and maavin are too cute.. Next part insha allah tmr submit kohlaanan..
      Aww darling mi story nimunas maash ehen stories thah vx liyaanamey.. I’m so touched that u like this story so much🥺
      Aslu maash vx vrh interest hurey police stories ah ehenve mikahala stories thah mi liyany..
      I really love police but mihaaru ulhey baeh meehunnaa hedhi foohi vany.. Don’t worry maash ge gina stories thah ginain hunnaany police and mysteries ah based koh..
      Awww than means a lot..
      Love u more darling💜 🦋

  7. Hmmmm says:
    April 3, 2025 at 11:40 pm

    Thedhekey! Maavin n hooor girl kameh ulheykan engey ekm rattehivgn tha ulhenii? Dhemiihun ge talks maa bbby lwbby vgn ulheni..??. N kulli akah hooryn gf gothah talks behettii? Like careless viima rulhi anna kahala gothakah
    .. hihi

    1. Maash Maash says:
      April 4, 2025 at 8:59 pm

      Maavin and hoor girl rahttehi v thankolheh fahun.. Hehe sorry ekudhin ge parts adhi annaane.. Engeyne kihinehkan their love story feshuny 💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 34←


All Right Reserved!