ފަތްގަނޑު ފުރޭތަ 13
ަސް މިނެޓު .. ބެލިއިރު މަންމަ ޖެހިތާނގާ ލަކުނުވެސް ނެތް .. ދެން ދުވަމުން ގޮސް ކޮއްކޮ ގާތުގާ ސުވާލުކުރީމަ .. ޓައްޓަޓާސް!! މަންމަ ވެއްޖެޔޯ ޝިޔާމާއްތަމެން ގޭގަ .. ތިންގަޑިއިރު ވެއްޖެޔޯ .. އަދި މީގަ އެންމެ މޮޅުކަމަކީ
މަންމަ އައިމަ ހަތިމް ހިފައިގެން މަންމަ ގާތަށް ދެވުނީ … މަންމަ ބިރެއްފެނުނު ފަދައިން ދުރަށް ދިޔައީ .. ހަމްދީބެއަށް އިގޭތަ މިވާ ގޮތްތައް؟؟؟ ..” މިހާދު މަޖަލުގައި ކިޔައިދީ ނިންމައިލިއެވެ. ހަމްދީބޭގެ މޫނުމަތިން ނުތަނަވަސްކަން ނޫން އެހެން އެއްޗެއް ފާޅުވާކަށް ނެތެވެ.
” ހާދަ ހާސްވެފަ؟؟ ..” މިހާދު އަދިވެސް އިނީ ވާނުވާ ނޭނގޭ ހާލުގައެވެ.” ބޭބެ ބުނަން ބޭނުންވަނީ މިހާދު މަންމަ މިދުހާގެ ސިފައިގައި އައިސްގެން އެ އުޅެނީ އެ ފުރޭތައޭ؟؟؟ . އެކަން އިނގެނީ މިހާދު މަންމަ ސިފައިގައި އެވާ އެތި، ހަތިމް ފެނުމުން ބިރުން އުޅުނު ގޮތް!!..”
ހަމްދީބޭ އޮޅުން ފިލުވައިދިނެވެ. ” ކިހިނެތް އޭތި މަންމަގެ ސިފައަށް ބަދަލުވީ؟؟” މިހާދު ސުވާލުކުރިއެވެ. ” އެ ފުރޭތަގެ އަތުގައި އޮންނާނެ ބިއްލޫރި ކޮޅެއް!! .. އޭގެ ހިޔަނި އެޅޭ ކޮންމެ މީހެއްގެ ސިފައަށް ބަދަލުވުމުގެ ގާބިލުކަން އޭއްޗަށް ލިބިގެންވޭ!! ..” ހަމްދިބޭ ބުނެލިއެވެ.
” ބޭބޭ އެގޮތަށް ހުރެ އެ ފުރޭތައަށް ބޭނުން ކޮންމެކަމެއް ކުރެވޭނެތަ؟؟ ..” މިހާދު ދެވަނަ ސުވާލުކުރީ ކަމެއް ދިރާސާކުރަން ބޭނުންވެފައި ހުރި ގޮތަކަށެވެ. ” އާން!! ..” ހަމްދީބޭގެ ޖަވާބު، ސީދާ ވެފައި ކުރެވެ. މިހާދުގެ ހިތަށް ބިރުވެރިކަން ވަދެގަތެވެ.
“އޭތި މަގޭ ކޮއްކޮއަށް ކަމެއް ކުރާނެތަ؟؟ ..” ހާސްވެފައިވާ މިހާދުގެ ހިތް ތެޅެމުން ދިޔައިރުވެސް ވިސްނެމުން ދިޔައީ ފުރާނަ ފަދައިން ލޯބިވާ އޭނަގެ ކޮއްކޮ މަހާއާއި މެދުއެވެ. ” މިހާދު ހާސްނުވޭ!! ހީނުވޭ އެހެން ވެދާނެހެނެއް .. އެކަމަކު ވުން ގާތް؟؟ ..”
ހަމްދީބޭގެ ޖުމްލަ ނިމުމުން މިހާދުގެ ހިތް ހީވީ އޭނަގެ މެއިން ނެއްޓުނު ހެންނެވެ. އެހާވެސް ބިރުގަތެވެ. ކޮއްކޮ ހިމާޔަތް ކުރުމަށް އެވަގުތު އެތަނަށް ދިޔުމަށް އޭނަ ބޭނުންވިއެވެ.
” ބޭބޭ ކޮބާތަ ސާމިއު؟؟ ސާމިއު ހޯދަން ދިޔަ މީހާގަނޑު؟؟ ..” މިހާދަށް އަލަމްގެ މަތިން ހަނދާންވީ އެވަގުތުއެވެ.” އާން ދޯ؟؟ ކޮބާތަ އަލަމް؟؟” ހަމްދީބޭ އަސާގަނޑު ހިފައިގެން ބޭރު ބަލައިލަން ހިނގައިގަތެވެ. ހަމްދީބެއާއި އެކު މިހާދުވެސް ހިނގައިގަތެވެ.
” ކޮބާ އޭނަ؟؟ އަންނާކަށް، ފެންނާކަށް ނުވޭތަ؟؟ ..” މިހާދަށް އަހައިލެވުނެވެ. ހަމްދީބޭގެ ނަޒަރުވެސް މަގަކުން ނުނެގުނެވެ.
އަލަމް ހިނގަމުން ހިނގަމުން ގޮސް އެއިމާރާތުގެ ތެރެއަށް ވަދެގަތެވެ. ފަޅު ތަނެއްކަމުން ހިމޭންކަން ނޫން އެހެން އެއްޗެއް ނުވެއެވެ. ފަނިފަކުސާއި ކަށި ފަދަ އެއްޗިހީގެ އަޑު ކެނޑިނޭޅި މެދުކެނޑުމެއް ނެތި އިވެމުން ދެއެވެ.
ކުއްލިއަކަށް އިވުނު އަޑަކުން އަލަމަށް ހުއްޓެވުނެވެ. އެއީ ތެދެއްތޯ ޔަގީންކުރުމަށް ފަހަތް ބަލައިލިއެވެ. އެއީ ލޯމަތީގައި ކުޅެލެވޭ ތަމްސީލަކަށް ނުވިއެވެ. ނުވިތާކަށް ފޮރުވިފައިވި ސިއްރުތަކުގެ ތެރެއިން ސިއްރެކެވެ.” އޭއި ދެން އަހަރެމެން މިހެން ތިބެންވީތަ؟؟ އެ އަސާ ހޯދަން ކިހާ މަސައްކަތެއް ކުރަންވީ؟؟ އޭގައި ފޮރުވިފައިހުރި ބާރުތައް ހޯދަން ކޮން ކަމެއް ފަށަންވީ؟؟ ”
ބިޔަ މީހަކު ވާހަކަ ދައްކަމުން ދިޔަ ހިނދު އަލަމް ފާރަކާއި ނިވާވެލީ އިތުރު އެއްޗެއް އަޑު އިވޭތޯއެވެ. އެއީ ކޮން އަސައެއް ހެއްޔެވެ؟. ކޮން ބާރުތަކެއް ހެއްޔެވެ؟
(ނުނިމޭ)