
އޭލިޔަން ސިލްސިލާ – ދެވަނަ ވާހަކަ (1) އެއްވަނަ ބައި
ނޯޓް:(މިއީ، އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކައެވެ. ފުރަތަމަ ވާހަކަ ފަދައިން، މިވާހަކަ ރީތި ވާނެކަަމަށް އަޅުގަނޑު އުންމީދު ކުރަމެވެ.)
ހިތްގައިމު ހަވީރެކެވެ. އަތިރިމަތި ވަނީ މީހުންތަކުން ފުރިބާރުވެފައެވެ. ކޮންމެ މީހަކުވެސް އުފަލާއި މަޖަލުގައި އުޅެއެވެ. އެއްވެސް ފިކުރެއް ނެތިއެވެ.
ސަތާރަ އަހަރުގެ އަންހެން ކުއްޖަކުވެސް މި އުފަލުގައި ފުރިހަމައަށް ބައިވެރިވަމުން ދިޔައެވެ. އަތުގައި އޮތް އަގުބޮޑު ކެމެރާއިން އެކިއެކި ފޮޓޯތަކެއް ނަގަމުން އޭނަ ދިޔައިރު ދަތްޕިލަވީ ސޭލަށް އެޅުވިފައެވެ. ކޮލްގެޓް އިސްތިހާރުކުރަން ހެޔޮވަރޭ، އެ އަންހެންކުއްޖާ ފެނުނު ކޮންމެ މީހެއްގެ ހިތަށް ނޭރުމަކީ ނާދިރުކަމެއްކަން ކަށަވަރެވެ.
އިރުކޮޅެއް އެގޮތުގައި ހޭދަކޮށްލުމަށް ފަހު، އެއަންހެން ކުއްޖާ މިސްރާބުޖެހީ އެހިސާބުގައި މީހުން އެންމެގިނަ ހިސާބުކަމަށްވާ ހެދިކާ ތަބައްތައް ބެހެއްޓިފައި ހުރި މޭޒުދޮށަށެވެ. ކިޔޫއެއް ފަދައިން ބޮޑުސަފެއް ހަދައިލައިގެން ކޮންމެ މީހަކު އެއްފަހަރު ނަގާ ގޮތަށް އުސޫލު ކަނޑައެޅިފައިވާތީ އެކުއްޖާގެ ހިތަށް އުނދަގޫވިއެވެ. ގައިމު ކޮންމެ މީހަކަށް ވަކި، ވަކިން މޭޒެއް ބެހެއްޓިފައި ވިނަމަ، ކިހައި ރަނގަޅު ވީސްބާއޭ އެކުއްޖާގެ ހިތަށް އެރިއެވެ. ހަމައެކަނި އެކުއްޖާގެ ހިތަކަށް ނޫނެވެ. އެތަނުގައި އުޅުނު ކޮންމެ މީހެއްގެ ހިތަށްވެސް އެބަސް އަރައިފައިވެއެވެ.
“ބަލް!! ބަލްގިސް! އާދޭ މިކޮޅަށް! ތިތަނަށް ފަހުން އާދެވިދާނެ! ..” އަންހެންމީހެއް ގޮވާލިއަޑަށް ބަލްގިސް ފަހަތަށް އެނބުރިބަލާ، ކުދިކުދި ދަތްތައް ފެންނަ ވަރަށް ހީލިއެވެ. އިތުރަށް މަޑުނުކޮށް ދުއްވައިގަތް ގޮތަށް އެރީ އެއަންހެން މީހާގެ އުނގަށެވެ. “ކުޑާއްތާ! ކޮންއިރަކު އައީ؟ އާދޭ! ސައިބޮއެފިންތަ؟ ހިނގާ ސައިބޯން! ..” ބަލްގިސް އުފަލުން އެއްސެވެ. ހީވަނީ އުޑު، ބޮލަށް ވެއްޓިގެން، އުފަލުން އުޅުނު ހެންނެވެ.
“ބަލް! ދައްތަ ސައިބޮއެފީމޭ! ބަލްގެ ހާލު ކިހިނެތް؟” އެއަންހެންމީހާ ސުވާލުކޮށްލީވެސް އުފާވެފައި ހުރެއެވެ. ” އަހަރެންގެ ހާލު ކުޑާއްތަ ބަލަނީތަ؟ ކޮބާ މާލީން؟ ނުވެސް ފެނެއޭ! ކީއްކުރާނީ؟ ފަސްއަހަރު ވެއްޖެ ވިއްޔަ! .. ސަޕްރައިޒެއް ދޭނަމޭ ބުނެފައި އޮއްވަ މިއީދޯ ދިން ސަޕްރައިޒަކީ! ..” ބަލްގިސްއަށް ހަމަ އަސްލަށްވެސް ވަނީ މޮޔަވެވިފައެވެ.
” އާން! މައިކްބެ ވެސް އެބައިން .. މާލް ގޭގަ .. އަންނާށޭ ބުނީމަ ވަރުބައްޔޭ! ނާދެވޭނެއޭ! … “. އެއަންހެން މިހާ އިތުރަށް ކިޔައިދިނެވެ. ” އަދި ބުނަން! އެހެން ކުއްޖަކުވެސް އެބައިން! މައިކްބެގެ ފުރެންޑެއް! ފިރިހެން ކުއްޖެއް! އެކުއްޖާއާއި މައިކްބެ ބަހައްޓަނީ އެގޭގެ ގެސްޓުރޫމްގައި ..”
“ބަލްގިސް! އާދޭ! އަނހަ! މަގޭ ޝިޒުނީ! ކޮންއިރަކު އައީ؟ ޝިޒް ނުވެސް ބުނަމެއްނު! އަންނަ ވާހަކައާއި އައި ވާހަކަ!”. މީހަކު އެއް ނޭވާއިން އަމުނަންފެށި ޝަކުވާތަކަށް ބަލްގިސް ރަކި ހީލުމަކުން ހީލިއެވެ. ގާތުގައި ހުރި، ޝިޒުނީ ވެސް ހިނިތުންވެލައި ބޯ ހޫރައިލިއެވެ. “އެވާހަކަ ބުނަން ތިގެއަށް ދެވުނު އަދަދެއްވެސް ނޭނގެ! އެކަމަކު ފަހުން ނާދެއޭ ކިޔައިގެން އޮޅުވާލީމަ ހަނދާން ނެތުނީ ..” ބަލްގިސް ޖަވާބުދިނެވެ. އެއާއިއެކު ދުރުގައިހުރި އަންހެންމީހާ ބޯކަހާލިއެވެ.
“އެހެންވީމާ ހިނގާ އަހަރެމެންގެ ގެއަށް ސައިބޯން ދާން! ބަލްއަށް ސައިދޭން ވެގެން ހެދިކާ ގެނެސްފައި ހުންނާނެ! އަންނާނަންތަ؟ ..” އެއަންހެން މީހާ ދުރުގައި ނުހުރެ ގާތަށްއައެވެ. ބަލްގިސް ވަގުތުން ބޯޖަހާލިއެވެ. ހެދިކާ ގެނެސްފައި ހުރި ވާހަކަ ބުނުމުން ދެކޮޅުހަދާކަށް ވެސް ނުކެރޭނެތާއެވެ. “އޯކޭ އަންނާނަން! އަދި ތިއެއް ނޫނޭ! ކޮބާ މައިނާ އާއި މަންޝާ؟ ..”
ޝިޒުނީ އަހާލިއެވެ. ޖެހިލުންވެ ހުރެއެވެ. އެމީހުންގެ ހާލުނުބަލާތާ އެތައް އަހަރެއްވެފައި ވަނިކޮށް ކުއްލިޔަކަށް ސުވާލުކުރަން ނުކެރިގެންނެވެ. ވަގުތުން އެއަންހެންމީހާ މޫނުކުނިކޮށް ލިއެވެ. “ތިއީ ވަފާތެރި އެކުވެރިއެއްތަ؟ ހުންނަނީ ހަމައެކަނި އަހަރެންތަ އެކުވެރިއެއްގެ ގޮތުގައި؟ އެހެންމަ އަހަރެން ދުރަށް ދާންވީ ދޯ ..” އަންހެންމިހާ ޝިޒުނީގެ މޫނުމައްޗަށް ބޮޑިއެއް ބޭލިއެވެ. ދެވަނަ ފަހަރަށްވެސް އަތްއިސްކޮށް ދެވަނަ ބޮޑި އެޅިއެވެ. ބަލްގިސްއަށް ނުހުރެވިގެން ދެމީހުން ދުރުކޮށްފިއެވެ. “ހަނދާންކުރާތީ ! އަދި މިއީ ނިމުމެއް ނޫން! ފެށުން! ..” އެއަންހެންމީހާ އިންޒާރެއް ދިނެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ނިވާވީ، ފެންނަން އޮތް ހައިބަބޮޑު ބިޔަ ވަލުގެ ތެރެއަށެވެ.
(ނުނިމޭ)
2 Comments!
Comments are closed.
Hello Readers!
this is my second story of alian silsila… ??hope you enjoyed reading❤❤ black flowerge mivaahaka ah ves kurin dhin fadha tharuheebeh libeyne kamah
ummedhu kuran??
Ashi Kurin mi comment publish nukurevuneethy writerge faraathun maafah edhen..??
Be free to leave a comment!!❤❤?
Hehe.. sorry ashieh noon.. adhi liyan ulhunu thanaa ashiey liyevuny.. sry???