
ފަތްގަނޑު ފުރޭތަ 12
މިހާދު ރުޅި އަންނާނެކަން އެނގި ހުރެއެވެ. ނަމަވެސް އެގޮތަކަށް ނުވިއެވެ.
” ނޫނޭ … ކީއްކުރަން މަސްފިހަންވީ؟؟ އެއީ އަލޫ އަބަދުވެސް ކުރާ ކަމެއްނު ؟؟؟ ..”މިހާދު ހިތްހަމަނުޖެހި ނުތަނަވަސްވެފައިވި ވަގުތެއްގައި ވެސް ހެދީ ތެދެވެ. އޭނައާއި ޚިލާފަށް ސާމިއު އާއި އަލަމް އަކީ އަބަދު އަބަދު މަޖާ ކަންތައްތައް ކުރަން އާދަވެފައިވި ބައެކެވެ. މީހަކަށް މަޑުން އެއްޗެއް ނުބުނެ ހުރެވޭނީވެސް ކެތްތެރިކަން ކޮޅުންލައި ދިޔައީމައެވެ.
” އޯހް ސޮރީ!! ދެރަވީތަ؟ ..” އަލަމް ދެރަވާކަމަށް ހަދާލައިފައިވެސް މަލާމާތް ކޮށްލިއެވެ. ސީރިއަހެއް ނެތް ކުއްޖެކޭ، މިވަގުތު މިހާދާއި އެކު ކުޅި ބަލަން ހުރި ހަމްދީބޭގެ ހިތަށް އެވަގުތު އެރިއެވެ. ” އަލަމް؟؟ މާ ކަންތައް ބޮޑުވަންޏާ އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކާނަން ..” މިހާދު އެންމެ ފުރަތަމަ ފަހަރަށް އެކުވެރިއަކާއި ވާހަކަދެއްކި އިރު ރުޅިވެރިކަން އިސްކުރެވުނީވެސް ލައްކަ ދުވަސް ފަހުންނެވެ.
” ތެދެއް .. މިހާދަށް ވާހަކަ ދައްކަން ފުރުސަތު ދީ؟؟ “ހަމްދީބޭ ނުރުހުނެވެ. ” ހޫނނ!! ތިކިޔާ އެއްޗެއް ކިޔާ .. އަހަރެންވާ ސަލާމް ..” އަލަމް ގޮޑިން ތެދުވެ ބޭރަށް ނުކުންނަން ހިނގައިގަތެވެ. ސަމާސާ ކޮށްލިއަކަސް މާ ކަންތައް ފަލައީއެވެ.
” އަލަމް!! ދެން އެއީ އެހެން ބުނި އެއްޗެއް ނޫން!!.. އަލަމްގެ އެހީ މިވަގުތު އަހަރެމެންނަށް ބޭނުންވޭ!! .. ރައްޔިތުންނާއި މިރަށަށްޓަކައި؟؟؟ “. ހަމްދީބޭ މިހާދު ދިފާއު ކުރިއެވެ. މިހާދުވެސް އިނީ ރުޅިން ބުނެވުނު ކަމާއިމެދު މޮޔަހީވެފައެވެ.
” އޯކޭ .. އަންނާނަން ސާމިއު ވީތަނެއް ބަލާލާފަ !! .. އެސޮރު ވަނީ ކޮން ވަލަކަށް ކަމެއްވެސް ނޭނގެ .” އަލަމް އެންމެފަހުން ރުޅިވެރިކަން ދޫކޮށްލިއެވެ. ” އެ ސޮރުވީ އެސޮރުގެ ގޭގައޭ ..” މިހާދުގެ ގޮވުމަށް ބީރު ކަންފަތެއް ދެމުން ހަމްދީބޭގެ ގެއިން ނުކުތް އަލަމްގެ މިސްރާބުހުރީ ވަލާއިވީފަޅީގައި އަޅާފައި ހުރި ދެ ބުރީގެ އިމާރާތަށެވެ. ނޫނެކެވެ. މުޅިއަކުން އެހެނެއް ނޫނެވެ. އެ އިމާރާތުގެ ބިއްދޮށުގައި ހުރި ސާމިއުގެ (ޖިފުޓިގަޑާއި) ދިމާލަށެވެ.
” ޕިސްޕިސްޕިސް .. އަލަމް .. ދެން އެހެނެކޭ ކިޔާފަ އޭނަ ދާންޖެހޭތަ؟؟ ..”
މިހާދު ރުޅިއައިސްހުރެ ބުނެލިއެވެ. ” ހަމްދީބޭ ގާތުގަ ކޮއްކޮ ދެން ބުނެބަ ކޮއްކޮއަށް ދިމާވި ގޮތް!! ..” ހަމްދީބޭ ގޮޑިން އަނެއްކާވެސް ތެދުވިއެވެ.
މިހާދު ހަމްދީބޭ ދަނީ ކޮންތަނަކަށްތޯ ބަލާލިއެވެ. ހަމްދީބޭ އޭރު ކޮޓަރިއަށް ވަންނަނީއެވެ. މިހާދުވެސް ހަމްދީބޭ އާއި އެކު އެކޮޓަރިއަށް ވަންނަން ބޭނުންވީތީ އިތުރު ވިސްނުމަކާއި ނުލައި އަވަހަށް ހިނގައިގަތެވެ.
ކޮއެފުޅާ ބަލައިގެން!! ..” ހަމްދީބޭ ބުނެލިއެވެ. މިހާދު ބަލައިލި ތަނުން ހަމްދީބޭ އިޝާރާތް ކުރީ ތަޅުންގަޑަށެވެ. ތެދެކެވެ. މުޅި ތަނުގައި ފެނުގެ ކޯރެވެ.
މިހާދުގެ ފައި އެތަނުގައި ޖެހުމުގެ ކުރިން ނަގައިފިއެވެ. “ބޭބޭ ކޮބާ މޮޕުގަނޑު؟؟ …” މިހާދު އެއްސެވެ. ވަގުތުން ހަމްދީބޭ މިހާދަށް ބަލައިލިއެވެ. “ކޮޓަރީގެ އެއްފަރާތުގައި އެހުރީ … މިއަންނަނީ ހިފައިގެން ..” ހަމްދީބޭ ހިނގައިގަތީ އެދިމާލަށެވެ.
ހަމްދީބޭ އެމޮޕު ގެނައުމުން އިތުރު ސުވާލެއް ނުކޮށް މިހާދު ވަގުތުން ފެން ފޮތިލައި ނިންމައިލިއެވެ.
” ކޮއްކޮ ހާދަ މޮޅޭ!!! ކޮއްކޮ އަމިއްލައަށްދޯ ގޭގެ ހުރިހާ މަސައްކަތްތައް ކުރަނީ ..” ހަމްދީބޭ އެއްސެވެ. މިހާދަށް ޖަވާބުދޭން ފަސްޖެހެވުނީ އޭނަގެ މަންމަ ކަންތައް ކުރާގޮތް ހިތަށް އައުމުންނެވެ. ވަގުތުން އިސްޖަހާލެވުނެވެ. “ބޭބެއަށް ހީކުރެވުނީ ރަނގަޅަށްދޯ؟؟؟.. މިދުހާ އެހާ ރަނގަޅެއް ނޫން!!.. އިނގޭ އެކަން ބޭބެއަށް މާކުރިންވެސް .. އެކަމަކު ބޭބެ ތިކަން ހައްލު ކުރާނަން!!.. މިހާދަށް އަބަދަކު އަނދިރީގަ ނޫޅެވޭނެ!!.. ހަގީގަތް ތިލަވާން މާކަގިނަ ދުވަހެއް ދެނެއް ނޯންނާނެ!!!..”
ހަމްދީބޭގެ ހިތްވަރުގަދަ ބަސްތަކުން މިހާދު އިސްނަގައި ހިނިތުންވެލިއެވެ. އެއީ އޭނަވެސް ބޭނުންވާ ގޮތެވެ. ކޮންމެ ނަމާދެއް ނިންމާ ކުރާ އެންމެ ފުރަތަމަ ދުޢާއަކީ އެއެވެ.
“އާން!! ބޭބޭ އަހަރެންވެސް ބޭނުންވާ ގޮތަކީ ތިއީ!! އަހަރެން އެކަނި ގޭގެ ހުރިހާ މަސައްކަތެއް ކުރަނީ .. ކިޔަވަން އެހާ ވަގުތެއް ނޯވޭ .. އެކަމަކު އެންމެންގެ ކުރިމަތީގައި ފޭކުހިނިތުންވުމެއް ދައްކައިގެން ހުންނަން ޖެހޭނީ .. އެއީ މަންމަ އަހަންނަށް އަންގައިފާ އޮތް ގޮތަކީ .. މީހަކަށް އެނގޭ ދުވަހަކުން މަންމަ އެދުވަހަކު އަހަރެން ބަދިގޭން ނުނިކުންވާނެ!… އާން!! ބޭބެ ތިބުނީ އެކަމަށް އޮތް ހައްލު ..ބޭބެގެ މަސައްކަތް ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން!!! ..”
މިހާދުގެ ވާހަކަތަކަކީ ބިއްލޫރިކޮޅެއް ފަދަ ސާފު ތެދެކެވެ. ހަމްދީބޭގެ ހިތަށްވެސް އެތަކެއް އަސަރުތަކެއް ކުރިއެވެ. މައެއްގެ ލޯބިން މަހްރޫންވުމަކީ ހާދަހާވާ ނިކަމެތި ކަމެކެވެ.
” އޯކޭ؟؟ ހިނގާ އެދިމާލަށް މި ވާހަކަ ބަހައްޓާފައި އަހަންނަށް ދިމާވި ހާދިސާ ކިޔާލަދޭނަން!! ..” މިހާދު އަވަހަށް ސަރަންފީ ގޮނޑިއާއި ދިމާލަށް ދާން ހިގައިގަތެވެ. ހަމްދީބޭވެސް އިތުރަށް ސުވާލުކުރަން ނަހަދާ މިހާދުގެ ފަހަތުން ގޮސް އެގޮޑީގައި އިށީދެލިއެވެ.
” އޯކޭ!! އަހަރެން އިނީ ގުރުއާން ކިޔަވަން!!! .. މީގެ އެއްގަޑިއިރު ކުރިން އެއީ!! ދެން އެހެން އިންދާ ވަރަށް ހޫނު ވައިރޯޅިއެއް އައީމަ ބޭރު ބަލައިލީ.. އޭރު ކުޑަދޮރުވެސް ހުޅުވާލާފަ ހުރީ .. ފަންކާވެސް ނިއްވާލާފަ!! ދެން ކޮބާ މީގަ ހޫނުވައެއް އަންނާނެ ސަބަބެއް؟؟ .. މިއީ މައްސަލަ.. ދެން ދޮރު ހުޅުވުނު އަޑަށް ބަލައިލިއިރު ހުރީ މަންމަ.. ފާޑެއްގެ ހިންޏެއް އައިސްފައި .. ީގޮތެއް ނޭނގޭތީ އަހަރެން ބުނިން ކިހިނެކޭހޭ ވީ؟؟ ބުނީމަ ބުނީ މި ފެންތަށި ބޯލާށޭ .. އަސްލު ބަދިގޭގެ ކަންތައް އަހަންނާއި ހަވާލުކޮށްފަ އުޅުނޭ ބައްދަލައުމަކަށް ދާންވެގެން .. އޮފީހުން އެނގީޔޯ މި ފުރޭތަ ކަންތަކާއިގެން!! ދެން ހިނގައިދާށޭ ބުނެފަ ހުއްޓާ ފަނަރަ މިނަޓު ނުވަނީސް ފެނުނީމަ ހައިރާންވާނެތާ!! ސުވާލުކުރީމަ ދާންވެގެނޯ މިއުޅެނީ … ދެން އިތުރު ވިސްނުމަކަށް ނުގޮސް އެފެންތަށި ބޯލާފިން!! .. އަސްތާ؟؟ އަދި މިއެނގުނީ މިވީ ކަންތައްތައް ..އޭތި ބުއީމަ ކަރަށް ތަދެއް އަރާލާފަ ހީވީ މުޅިދުނިޔެ ހުއްޓުނުހެން!! މަންމައަށް ގޮވާލާފަ މިއަށް އަޅާފަ މިހުރީ ކޯއްޗެއްހޭ ސުވާލުކޮށްފިން .. ވަރަށް އުފާވެފައޭ އޭރު ހުރީ … މަންމަ އެހާ ރަނގަޅަކަށް ދުވަހަކުވެސް ކަމެއް ނުކުރޭ ވިއްޔާ؟؟؟ ދެން އިރުގަނޑެއް ވެގެން ތަދު ރަނގަޅުވެއްޖެ .. ނޫން އަސްލު އިރުގަނޑެއް ނޫން .. ފަސް މިނެޓު .. ބެލިއިރު މަންމަ ޖެހިތާނގާ ލަކުނުވެސް ނެތް .. ދެން ދުވަމުން ގޮސް ކޮއްކޮ ގާތުގާ ސުވާލުކުރީމަ .. ޓައްޓަޓާސް!! …
(ނުނިމޭ)