Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަދީނީ

ބީރައްޓެހި ކިޔަވާކުއްޖާ = ދީނީ ވާހަކަ =

Aashii
Aashii Level 310 Stories100 Login
January 3, 2021 2 Mins Read
0 Comments

މަސްޖިދުއްނަބަވީ ގައި މާތް އިލްމުވެރިއަކު ކުދިންނަށް ހަދީޘް ކިޔަވައިދެއްވަމުން ގެންދަވައެވެ. މަސްޖިދުއްނަބަވީ އަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެވެ.

މިއިލްމުވެރިޔަކީ އެދުވަސްވަރު އެންމެ މަޝްހޫރު އިލްމުވެރިޔާއަށް ވެވަޑައިގަނެފައި ވާތީ އެންމެ ދުރު  ގައުމުތަކުގެ މީހުންނާއި ރަށްތަކުން ވެސް މިއިލްމުވެރިޔާގެ އަރިހަށް ކިޔަވަން އާދެއެވެ.

ހުރިހާ ކިޔަވާކުދިންވެސް އުސްތާޒުގެ ފިލާވަޅުތައް ވަރަށް ރަނގަޅަށް ކަނުލައި އަހައި، ދަސްކޮށް ހަދަތެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެއްދުވަހަކު މިކުދިންގެ ތެރެއަށް ބީރައްޓެހި ކުއްޖަކު ކިޔަވަން އަތުވެއްޖެއެވެ. ހުރީ ވަރަށް ވެސް އާދައިގެ ހެދުމެއް ގައެވެ. ފިލާވަޅު ލިޔާނެ އެއްޗެއްވެސް ނުގެނެއެވެ. ގަލަމެއް، ދަވާދެއް ނެތެވެ. ނަމަވެސް މޫނުމަތިން މާތްކަން ފާޅުވެވޭ ހުއްޓެވެ.

އޭނަ، މިސްކިތަށް އަރައި މިކުދިންގެ ގާތުގައި މަޑުމަޑުން އިށީދެއްޖެއެވެ. އޭރު ހުރިހާ ކުދިން ހަދީޘް ކިޔަވަނީއެވެ. އެކުދިންގެ އަތުގައި ގަލަމާއި ދަވާދާއި ފޮތް ހުއްޓެވެ. މުދައްރިސް ކިޔަވަމުން ގެންދާ ވަރަކަށް އެކުދިން ފިލާވަޅު ލިޔަމުން ގެންދިޔައެވެ.

މިއައި ބީރައްޓެހި ކުއްޖާ ކުޑައިރުކޮޅަކު މުދައްރިސް ދެއްވާ ފިލާވަޅުތައް އަޑުއަހަން އިނެވެ. ދެން، މިސްކިތު ތެރޭން ކޮންމެވެސް އެތިކޮޅެއް ނަގައި، އަތްތިލައިގައި ލިޔާން ފެށިއެވެ. އެހެންކުދިން ފޮތުގައި ލިޔާ ހެންނެވެ. ބައެއްފަހަރު އޭތި ދުލުގައި ޖައްސައި ތެންމާލައި ހަދައެެވެ. ބައެއް ކުދިން ފަންސުރުގެ ކުލަގެންނަން ނުވަތަ ކުލަގަދަކޮށްލަން ހަދާ ހެންނެވެ.

ފިލާވަޅުގެ ގަޑި ނިމިގެން ކުދިން ގެއަށް ދާން ފެށިތަނާއި އުސްދާޒު އެކުއްޖާއަށް ގޮވާލައި އެއްސެވިއެވެ. ކޮއްކޯއެވެ! އަހަރެން ކީރިތި ރަސޫލާގެ ހަދީޘް ކުދިންނަށް ކިޔައިދެއްވަމުން ގެންދެވިއިރު އިރުއިރުކޮޅުން ލިޔަން ތިޔަ ގެންގުޅޭ އެއްޗެއް އަނގަޔަށް ލާލާފައި އެއިން އަތްތިލައިގައި ތިޔަ ލިޔުނީއެވެ. ބަލަ، އެއީ ބޮޑު ގޯހެއްކަން އެނގޭހެއްޔެވެ؟

ބީރައްޓެހި ކުއްޖާ އަދަބުވެރިކަމާއިއެކު ޖަވާބު ދިނެވެ. ސާހިބާއެވެ! މާތްރަސްކަލާނގެ އަޅުގަނޑު ސަލާމަތް ކުރައްވާނެތެވެ. އަޅުގަނޑު ހަދީޘަކަށް އިހާނެތިކޮށެއް ނަހަދަމެވެ. އަޅުގަނޑު ތިޔަދެއްވި ފިލާވަޅުތައް ނޯޓު ކޮށްލީއެވެ.

އުސްތާޒު އޭނައަށް ބުނުއްވިއެވެ. ތޔަހެން ވަނީކަމަށް ވިއްޔާ މިކޮޅަށް އައިސް އަތްތިލަ ދައްކަބަލާށެވެ.

ޖަވާބުގައި އެކުއްޖާ ނަންގަތެވެ. އެލިޔުނުތަކެތި ވަނީ ފޮހެވިގެން ގޮސްފައެވެ. އޭގެ އެއްވެސް އަސަރެއް މިހާރު އަޅުގަނޑުގެ އަތަކު ނެތެވެ.

އޭނަ ބުނުއްވިއެވެ. އެހެންވީއިރު އޭތިކޮޅު އަނގަޔަށް ލައިގެން އިރުއިރު ކޮޅާ ލިޔާގޮތަށް ތިޔަކުރީ ކީއްހެއްޔެވެ؟ ކުޅު ވަރަށް އަވަހަށް ހިކޭނެކަން އެންމެ އާދައިގެ މީހަކަށްވެސް އެނގޭނެއެވެ.

ޖަވާބުގައި އޭނާ ނަންގަތެވެ. އަޅުގަނޑު އެހެން ހެދީ، ފިލާވަޅު ހިތަށް ނަގާަން ވެގެންނެވެ. މާތް ރަސްކަލާނގެ ފަޟްލަވަންތަވެރިކަމުގެ ސަބަބުން އެހުރިހާ މައުލޫމާތެއް އަޅުގަނޑުގެ ހިތުގައި އެބަހުއްޓެވެ. ބުނުއްވައިފިއްޔާ ނަންގެން ދިފާނަމެވެ.

އުސްތާޒު ބުނުއްވިއެވެ. ކިޔައިީބަލާށެވެ.

އެހެން ބުނުމާއިއެކު އެބީރައްޓެހި ކުޖާ އެހުރިހައި ހަދީޘެއް، އެއްވެސް ކުށެއް ނެތި ކިޔައި ނިންމާލިއެވެ.

އަސްތާޒު އެކުއްޖާ މޭގައި ލައްކޮށްލެއްވިއެވެ.އައި ބުނުއްވިއެވެ. ލޯބިވާ ކޮއްކޯއެވެ! ކޮންމެ ދުވަހަކު ކިޔަވަން އަންނާށެވެ. ތިޔައީ ބޮޑު އިލްމުވެރިއަކަށް ވާނެ ކުއްޖެއްކަން ޔަގީނެވެ!

އުސްތާޒު އެބުނުއްވި ބަސްވީ ވަރަށް ބޮޑު ތެދަކަށެވެ. އެބީރައްޓެހި ކިޔަވާ ކުއްޖާ ބޮޑުވެގެންވީ އިމާމު ޝާފީޢީ އޭ ކިޔުނު ބޭކަލަކަށެވެ. ބޮޑެތި މާތްމީހުންނަށް ލިބޭފަަ މަޝްހޫރުކަން ލިބިވަައިގަނެފައިވާ މާތް ބޭކަލަކަށެވެ.

ކެޓެގަރީ: ހަޤީޤީ ވާހަކަ، ދިނީ ވާހަކަ، ޢިބުރަތްތެރި ވާހަކަ

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ތީއޭ އުފަލަކީ… 6

Next

މި ހިތުން މަޤާމޭ މި ދެނީ 21

Next
January 3, 2021

މި ހިތުން މަޤާމޭ މި ދެނީ 21

Previews
January 3, 2021

ތީއޭ އުފަލަކީ… 6



All Right Reserved!