Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

މާމައާއި ކަރަންޓު

Aashii
Aashii Level 310 Stories100 Login
January 8, 2021 One Min Read
0 Comments

އެއްދުވަހެވެ. އަހަރެން އިނީ ލިވިންގ ރޫމްގައެވެ. އެތަނުގައި އަހަރެން އިނީ ވާހަކަ ފޮތެއް ކިޔާލާށެވެ. ފޫހިވެފައި ވުމުގެ ސަބަބުން ކުރެވެނީ ހަމައެކަނި ވާހަކަ ކިޔުން ކަހަލަ ކަންކަމެވެ.

ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ކަންނެތް ކަމާއިއެކު އަހަރެން ދޮރައި ދިމާލަށް ހިނގައިގަތީމެވެ. އެއީ ބޮޑު ދޮރެވެ. މަންމަ ފާހަނާއަށް ވަނުމަށްފަހު ދޮރު ނުހުޅުވާށޭ ބުނެފައި އޮތްވާ އެކަން ވެސް ހަނދާނުން ކައްސާލީއެވެ.

ދޮރުމަތީގައި ހުރީ މާމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެކަން އަހަންނަށް އެނގުނެވެ.

” މާމާ ކިހިނެތް ވީ؟ ..” އަހަރެން ސުވާލު ކޮށްލީމެވެ. މާމާ ކިރިޔަ ކިރިޔާ އަހަންނަށް އަޑުއިވޭ ހާލު ކިޔައިދިނީ މިއެވެ. ” މަގޭ ދަރިއަށް ކަރަންޓު ޖެހިއްޖެ! ..” އެއާއިއެކު އަހަންނަށް ވީ ގޮތެއް ވެސް ނޭނގުނެވެ. ދުއްވައި ގަނެވުނީ ސިއްހީ މަރުކަޒާއި ދިމާލަށެވެ. މާމަވެސް ފަހަތުން ކަނޑަބޮށް ޖަހަމުން ދުވެފައި އާދެއެވެ.

މާމަގެ ދަރިއަކީ އަހަރެންގެ ބޮޑު ބޭބެއެވެ. އެއީ ވަރަށް ހިތްހެޔޮ މީހެކެވެ. އަހަންނަށް ވެސް ހިތް ހެއެވެ. ކަރަންޓު ޖެހޭ ހިނދު ސަލާމަތެއް ނުވާނެއެވެ. އެއީ އަހަންނަށް ވިޔަސްވެހެވެ.

އެންމެ ފުރަތަމަ މަރުކަޒުން ދިމާވި މީހާ ގާތު ބޮޑު ބޭބެއަށް ޖެހުނު ކަރަންޓު ފިލައިފިހޭ އަހާލީމެވެ. އޭނަ ހޭންފެށިއެވެ. ރުޅިއައިސް ފައިވާ ދަނޑިވަޅެއްގައި ހޭން ފެށުމުން އިތުރަށް ރުޅިއައެވެ. ނަމަވެސް އޭނައާއި ސުވާލު ކުރުމުގެ ބަދަލުގައި އަހަރެން އެހެން މީހަކާއި ސުވާލު ކުރީއެވެ.

ދެވަނަ މީހާ ގާތުވެސް އެހީ އެއް ސުވާލެކެވެ. ފުރަތަމަ މީހަކާއި އެއް ފަދައެވެ. ހަމަ ހޭންފެށީ ވިއްޔާއެވެ.

އައިސްފައިވާ ރުޅިން އަހަރެން ހަޅޭއް ލަވައިގަތީމެވެ. އެއާއިއެކު އެދެމީހުންގެ ހުނުން އިތުރަށް ގަދަވިއެވެ.

“ދިނާ! ހަމަ މިހާރު އާދޭ! ..” ދަންނަ އަޑެއް އިވުމުން އަހަރެން ބަލާލިއިރު މަންމައެވެ. ހުރީ ވަރަސް ރުޅިގަދަވެފައެވެ. ކީއްވެކަން އެނގުމުން އަހަރެން ބޭރަށް ދާން ހިނގައިގަތީމެވެ. ނަމަވެސް އަވަހަކަށް ނުދެވުނެވެ. އެރުނީ މީހެއްގެ ކުރިމައްޗަށެވެ. ބައްޕައެވެ.

“މާމަ ދައްކާ ވާހަކައަށް އަޅައިނުލާށޭ ބުނީމަ ވެސް ތިވަރުވަން ޖެހޭތަ! ދީނާއަށް ނޭނގޭތަ މާމައެއީ މުސްކުޅި އެއްކަން! އެވަރު މީހުންނަށް ކިޔޭ އެއްޗެއް ނޭނގޭނެ! ދީނާގެ މޫނުގައި ތިހުރީ ކުލަ ހޭކިފަ! އަދި އަނެއްކާ މާމަ ކަރަންޓީނަށް ކިޔަނީ ކަރަންޓު!”

(ނިމުނީ)

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ބަދު ނަސީބުުގެ ހިޔަނި އެޅުމުން (1)

Next

ހިރާސް 4

Next
January 8, 2021

ހިރާސް 4

Previews
January 8, 2021

ބަދު ނަސީބުުގެ ހިޔަނި އެޅުމުން (1)



All Right Reserved!