
ފޮތުގައި ލިޔަމުން، އަހަރެން ކުރިޔަށް ދިޔައީ، އަހަރެންގެ ހަޔާތުގެ އަނދިރި ސަފްހާތަކެކެވެ. ހިޔާލުގައި މެހުސޫސު ކުރެވެމުން ދިޔައީ އެދުވަސްތަކެވެ. ހަނދާން ކުރަން ބޭނުންވާ ވަރުން، ލޯމަރާލައި، ހިޔާލަށް އެތަން ފުރާލަދިނީމެވެ. އެއީ، ‘ސައްބީސް ޑިސެންބަރ އެވެ.’
* * * *
ރަށުގައި އަހަރެން އުޅެނީ މިނިވަން ކޮކާލެއް ފަދައިންނެވެ. މައިންބަފައިންނާއިި ދުރުގައި، ވަގަށް ނެގި ފޯނަކުުން އަހަރެން އުޅެމުން ދިޔައީއެވެ. މައިންބަފައިންނާއި ދުރުގައެއް ނޫނެވެ. ނަމަވެސް އުޅެމުންދިޔައީ އެމީހުންނާއި ދުރުގައެވެ. އެކުވެރިޔާއާއި އެކުގައެވެ. އެއީވެސް ވަކި ސަބަބެއް އޮވެގެންނެވެ. މިއަދު މިލިބޭފަަދަ މިނިވަންކަމެއް، ކުރިއަކުން އަހަންނަކަށް ނުލިބެއެވެ. އެމިނިވަންކަން ހޯދުމަށްޓަކައި މިގޮތް ކަނޑައަޅަން މަޖުބޫރުވީއެވެ. ގެއަށް ވަދެލަނީވެސް ހާހަކުން އެއްފަަހަރުއެވެ. މަންމަގެ ހާލަކާއި މަންމަގެ ހާލެކެވެ. ބައްޕައަށް ވެސް އެގޮތް ކަނޑައަޅައިފައެވެ.
މިނިވަންކަމާއި އެކު ހޭދަކޮށްލާ ވަގުތުތައް އަހަރެންގެ ހަނދާނަކުން ނުފިލައެވެ. ފިލާނީވެސް ވަކި ކިހިނެތް ހެއްޔެވެ؟ އެއީ އަހަރެންގެ އެކުވެރިން ވިއްޔާއެވެ.
އެހެންދުވަސް ތަކެކޭވެސް އެއްފަދަައިން އަހަރެންއިނީ އަހަރެންގެ އެކުވެރި ހުސޭނާއި އެކީގައެވެ. ހޮޅުއަށީގައި ޖެހެމުންދާ ފިނިވައިރޯޅިތަކަށް އެފުރުސަތު ދީގެން އިންނަމަވެސް ހިޔާލުގައި ވަނީ ޕަބްޖީއެވެ. ކުޅެމުން ދިޔައީވެސް އެ ވަރުގަދަ ޕަބްޖީއެވެ.
ހުސޭނު ދައްކާ ވާހަކަތަކަށް ހޫނ ހޫނ ލެއްވެމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ. ދައްކާ ވާހަކަތައް އެނގެނީކީވެސް ނޫނެވެ. ވަރުގަދަ ޕަބްޖީއަކާއި އަޅައިގެން އުޅުނީމާ ވާނީވެސް އެހެންނެވެ. ކިތަންމެ ވަރަކަށް ދުރުވާޏް މަސައްކަތް ކުރި ކަމުގައިވިޔަސް ނުވި އެއްޗަކާއި ދުރުވާން މަސައްކަތެއް ނުކުރުވޭނެއެއް ނޫންހެއްޔެވެ. ހުސޭނު ދައްކަމުން ދިޔައީ ވެސް ޕަބްޖީގެ ވާހަކައެވެ. ޕަބްޖީއާއި ދުރުވާން މަސައްކަތް ކުރާށެޔޯލައެވެ. އެންމެ ފޫހިވާ ކަންތަކެވެ. މިމީހުންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟
” އާބިރުގެ ބޮލަށް އެއްޗެއް ނުވަންނަނީ ކީއްވެ؟ ޕަބްޖީއާއި ހެދި ކައެ ބޯގޮވާފަ ތިހުރީ! ހިނގާ އައިސްކްރީީމް ކާން! ފެންފުޅިއެއް ގެންނާށޭ ބުނީމަ ހަނދާނެއް ވެސް ނެތްދޯ ..” ހުސޭނު އަނެއްކާވެސް ނަސޭހަތް ދިނެެވެ. ތެދެކެވެ. ފެންފުޅިއެއް ގެންނާނަމޭ ބުނެފައިވެސް އެކަން ހަނދާނުން ކައްސާލީއެވެ. މިވެސް ދެން ކިހާ ވަރުގަދަ އެއްޗެއް ހެއްޔެވެ؟
” ކައެއަށް އެނގެނީ ތިގޮތަށް ކިޔަން އެކަނި ދޯ؟ ކައެ އަމިއްލައަށް ވިސްނަބަލަ! ކައެ މީތި ކުޅެންބޭނުންނުވާ ސަބަބާއިމެދު! ކީއްވެ! ކުޅެން ބޭނުންވަންޏާ ކުޅޭގޮތް އަހަރެން ކިޔައިދޭނަމޭ!”. އަހަރެން ޖަވާބުދިނީމެވެ. ލާނެތް ޖަވާބެކެވެ. އަހަންނަށް އަބަދުވެސް ކިޔަން އެނގެނީ އެހެންނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ! ހުސޭނު އަނގަ ހަދައިލިތަން ފެނުނެވެ. ހަދާނީވްާސް އެެހެންކަން މާ ކުރިންވެސް އަހަންނަށް އެނގެއެވެ.
“މަގޭ ހަނދާނުގައި ހުންނަ އެއްޗެއް ދޯ މަ ގެންނާނީ! ދެން ގޮސްބަލަ މީތިން އެ ގަނެގެން އަންނަން! ފެންބޯން ބޭނުމިއްޔާ! މިއޮތީ ރުފިޔާ! ދެންވެސް ހިފައިގެން އާދެބަލަ! ..” ހުސޭނު އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ އަހަރެން ވަރަށް ބާރަށް ހަޅޭއް ލަވައިގަތީމެވެ. މީހަކު މަރުވީމައެވެ. އަހަރެންގެ ފަރުވާކުޑަކަމުން އެމީހާ މަރުވުމުން އެހެންމީހުން އަހަރެންނަށް ހަޅޭއްލަވަން ފެށިއެވެ. އައި ރުޅިގަނޑު ބޭލުނީވެސް ހުސޭނު ފަކީރަށެވެ.
ހުސޭނު ހައިރާންވެގެން އަނގަ ހުޅުވައިލިތަން އަހަންނަށް ފެނުނެވެ. ބުނެވުނު އެތި ރޭކާލީވެސް ދެނެވެ. މި ޕަބްޖީއަކާއިހެދި ލަދުގަންނަން ޖެހުނީވެސް އަހަންނަށެވެ.
“އާބިރު ކިހިނެތް ވަނީތަ މިހާރު! ހަމަ ރަނގަޅަށްވެސް ބޯގޮވާފަ ތިހުރީ .. އާދޭ! މިވަގުތު!! ..” ހުސޭނުވެސް ރުޅިއަންނަކަން އަހަންނަށް އެންގިއެވެ. އެކަން އަހަންނަށް އެނގެއެވެ. ހުރިހާވެސް މައްސަލައަކީ، ހަމަ މިޕަބްޖީއެވެ.
“ނޫން މަޑުކުރޭ! މީނަ މަރުވަނީއޭ މީ! އޭތް!! އަޅޭ! ހުސޭނާ ..” އަހަރެން އާދޭސްކޮށް ކޮށް ހުއްޓާ ހުސޭނު އަހަރެންގެ ދެފައިގައި ހިފާ ބޭރަށް ނެރުނެވެ. އެހެންމީހުންގެ ލޯތަށް އަހަންނަށް އަމާޒުވެފައި ހުއްޓަކަސް ހުސޭނުގެ ފަރުވާލެއް ނެތްކަން އަހަންނަށް ނަގައިގަނެވުނެވެ. މިވެސް ދެން ވަރުގަދަ މީހެކެވެ.
ތެދުވާން އުޅުމުން އަހަރެންގެ ފައިގެ އިނގިއްޔަށް ވަރަށް ބާރަށް ފިއްތައިލިއެވެ. ތަދު ނުވިއެއްކަމަކު، އަހަރެން އުޅުނީ ދުއްވައިގަންނަން ކަން އެ ގަމާރު ބޮލަށް ވިސްނުނީއެވެ. މިވެސް ދެން ވަރުގަދަ މީހެކެވެ. އަހަރެން ކުރަންޖެހޭ ކަންތަކާއި ކުރާ ކަންތައްތަކާއި މީނަ ބެހެންޖެހޭ ހެއްޔެވެ؟ މީނަގެ ސަބަބުން ޖުމްލަ ދެމީހުން އަހަރެންގެ އަތުން މަރުވީއެވެ. ޕަބްޖީއިން އަހަރެން ދަށްވީއެވެ.
“ވަރިހަމައޭ! މާމައްޗަށް ތިދަނީ! އާބިރުގެ މަންމަމެންނަށް ތިހެން އުޅޭކަން ނާންގާ އުޅެންޏާ އެނގޭ ދުވަހަކުން ކިހާދެރައެއް ވާނެތަ؟ އާބިރުގެ ސިކުނޑި ކޮބާ؟ މާތް ﷲ އެ ސިކުނޑި ދެއްވީ ވިސްނައި، ރަނގަޅު ގޮތަށް އަމަލުކުރުމަށޭ! ކީއްވެގެން ނުވިސްނެނީ؟؟ ..”
ހުސޭނު ދިޔަމަގުމަތީގައި އަހަރެން ގާތުގައި ބުނަމުން ދިޔައެވެ. އަހަރެން ތެދުވަން ގަދަހަދަން ފެށުމުން، އަތުގައި ހިފާ ކޮށްޕާލީ، ބާރުގަދަ ސިމެންތި ފާރާއި ދިމާލަށެވެ. އަތުގައި އޮތް ފޯނުވެސް މާދުރަށް ވިއްސައިގެން ދިޔައެވެ. ޖެހޭ ގޮތަކުން، އޭގެ ދުވަސް ދާނެކަން އަހަންނަށް އެނގެއެވެ.
“ކޮން ވަރިހަމައެއް ކިޔާކަށް؟ އަހަރެން އުޅޭ ގޮތަކާއި އަހަރެން އުޅޭގޮތެކޭ! ހުސޭނެއް ނުޖޭހެނެންނު އަހަރެން އުޅޭ ގޮތަކާއި ބެހޭކަށް! އެހެންވިޔަސް މިހާރު ތިއީ މަގޭ އެކުވެރިއެއް ނޫން! މަގޭ އެކުވެރިއެއް މަށަށް ހެޔޮ އެދޭނެ! ހުސޭނާއި ހެދި މަގޭ ބޯގޮވީވެސް! ..”
އަހަރެން ހަޅޭއްލަވައިގަތީމެވެ. ގައިގައި ހުރި ބާރަކަށެވެ. ހުސޭނުވެސް ރުޅިއައިކަން އަހަންނަށް އެނގުނެވެ. އަތްމުށްކަވައި ދެބުމަ ގޮށްޖަހާލީ އަހަރެން ބަލަބަލައި އޮށްވައެވެ.
“އެހެންވީމަ ތިއީ މިހާރު މަގޭ، އެކުވެރިއެއް ނޫން! މަގޭ އެކުވެރިންވެސް މަށަށް ހެޔޮ އެދޭނެ! އާބިރު މަށަށް ނަސޭހަތް ޕަބްޖީ ކުޅެން! އެކަމަކު މަށަށް އެބަހަށް ނުހެއްލެވުުން، މާތްﷲ އަށް ހަމްދުއަޅަންް އަބަދުވެސް! ..”. ހުސޭނު އަލްޙަމްދުލިއްލާހި އޭ ކިޔައި މޫނުގައި އަތް އެޅިއެވެ. އެތަން ފެނިފައި އަހަރެންގެ ހިތަށް ތަދުވިއެވެ. އުމުރުގައި އެކުގައި އުޅުނު އެކުވެރިޔާގެ ދުލުން އެފަދަ ބަދު ބަހެއް އަޑު އިވުމުން ކިތަންމެވެސް ދެރަވިއެވެ.
އެދުވަހުގެ ފަހުން ހުސޭނަކީ އަދިވެސް އަހަރެންގެ އެކުވެރިޔާއެވެ. މަންމަމެންމަށް ޒިޔާރަތްކޮށް، ލޭގެ ގުޅުންް އިޔާދަކުރަން މަޖުބޫރު ކުރުވި ސަބަބަކީ ވެސް ހުސައިނެވެ. އެތައް ދުވަސްތަކެއް ފަހުން މަންމަމެންގެ ގާތަށް ދިޔުމުންވެސް އެމީހުންގެ ދުލުން އެންމެ ޝަކުވަލެއް ވެސް އަޑެއް ނުއިވުނެވެ. އެހާވެސް ކެއްތެރި ބަޔަކީތާއެވެ.
ނަމާދަކީ މިއަދު އަހަރެންގެ ހޮބީއެވެ. ގުރުއާނަކީ މިއަދު އަހަރެންގެ ޝިފާއެވެ. ހަމަ އެކުވެރިއެއްގެ ސަބަބުންނެވެ.
*****
ކަރުނަތަކުން ފޮތް ތެމެމުން ދިޔައިރު އަހަރެން އިސް އުފުލާ ބަލާލީ، ދޮރު ހުޅުވުނު އަޑަށެވެ. އަތުގެ ނުފުށުން ފެން ފޮހެމުން ބަލާލިއިރު ހުސައިނެވެ. ފޮތް ލައްޕައި ހަރުގަނޑުގައި ބާއްވާ، އެނބުރުނުއިރު ހުސަިއިނުގެ މޫނުމަތީގައި ކަންބޮޑުވުމެވެ. ކީއްވެކަން އެނގުނުހިނދު އަހަރެން ހިނިތުންވެލީމެވެ. ލައްޕާލި ފޮތް ހުސައިނަށް ދައްކަން ހުޅުވައި ތާރީހު ބުނެދިނީމެވެ. ހުސައިނުގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ސައްބީސް ޑިސެންބަރގެ ހަނދާން އާވެފައެވެ.
– ނިމުނީ –