ލޯތްބެއްގެ ފެށުން 39
” އެހެން ވިއްޔާ ބުނަން. ލިވީ ޗޫޒް ކުރޭ. އާ އެހެންޏަ. ހަމަ ޝިފާ ދޫކޮށްލާއިރަށް އަހަރެން ޝިފާ އަމިއްލަ ކޮށްލާނަން ” ޔަމާންގެ ވާހަކަ ނުނިމެނީސް ޒައިކު އަތް މަޅައިގެންފަ ހުއްޓުވިއެވެ. އަދި ޔަމާން އާ ދިމާއަށް ލޯއަޅާލިއެވެ. އެ ބެލުމުގައި ރުޅިވެރިކަން ވީހެން ހީވެއެވެ.
” ޑޯންޓް އީވެން ޓްރައި. އައި ވިލް ނެވާރ ގިވް ޔޫ ”
” ކޮބާ ، ހީވޭ ، ޝިފާ އެހެން މީހަކާ މެރީ ކޮއްގެން އުޅޭތަން ދެކެން ކެތް ވާނެތަ؟ ހަމަ ޔަގީން ނުވާނެކަން. ” ޔަމާން ދެއްކި ވާހަކަތައް ޒައިކު ގަބޫލުކުރިއެވެ. އޭނާއަށް ދުވަހަކުވެސް ޝިފާ ދޫކޮށެއް ނުލެވޭނެއެވެ. ޝިފާ ގައިގަ އެހެން މީހަކު އިނގިލި ކުރި ޖައްސާލިއަސް އެމީހަކަށް ކުރާނެކަމެއް އޭނާގެ ވިސްނުމަށްވެސް ނާދެއެވެ.
” ކޮބާ އެހެންވިއްޔާ ޝިފާ. ރޭގަ ލިވީއާ މީޓް ކުރީމަ ރުޅިއައިސްގެން މޫދަށް ފުންމާލީތާ؟ ” ހެމުން ޔަމާން އެހިއެވެ. ދެކޮނޑު އަރުވާލަމުން ޒައިކުވެސް އަވަސްއަވަހަށް ތެދުވީ ޝިފާ ވީތަނެއް ހޯދުމަށެވެ. ޒައިކު ނުކުންނަން ފެށުމުން ފަހަތުން ޔަމާން ވެސް ނުކުތީ ޝިފާ ދުށުމަށެވެ. މިފަހަރު ޒައިކުވެސް ދެބަހެއް ނުވެއެވެ.
” ޝިފާ…..ޝިފާ….” ދެމީހުން ހިނގާލާފައި ރޫމް ހުޅުވާލިއެވެ. އެއްވެސް ހިސާބަކުން ނުފެނުމުން ޔަމާން ބޭރަށް ނުކުމެ މޫދުވެސް ހޯދިއެވެ.
” ގުޅާލަބަލަ ” ޔަމާން ގެ އަޑުން ޒައިކުއަށް ހަމަ ބިމަށް އާދެވުނުކަހަލައެވެ. މޭޒުމަތީ އޮތް ފޯނު ނަގަމުން ޝިފާ ނަންބަރަށް އެތައް ފަހަރަކު ގުޅިއެވެ. ނަންބަރު ނިއްވާލަފައި ކަމަށް ބުނުމުން ޒައިކު އައި ރުޅީގައި ފޯނު ހޫރާލިއެވެ.
” ޑެމިޓް…..” އަދިވެސް ފޯނުތަ ހޫރަންވީ……ނަސީބެއް މި އަށް ކަމެއް ވެފަ ނެތީ ” ފާރުގައި ޖެހިފައި ބިމަށްތިރިވި ފޯނު ހިފައިގެން އަންނަމުން ޔަމާން ވެސް ހަޅެއް ލަވައިގަތެވެ.
” ތި މުހިންމު ފޯނެއްތަ؟ އެއަށްވުރެ ބާރަށް އަނެއްކާ ޒައިކުގެ އަޑު އިވުނެވެ.
” މިއަށްދޯ ގުޅިއަސް ގުޅާނީ ޝިފާ ، މަގޭ ނަންބަރަކަށް ނޫން ހަމަގައިމުވެސް ” ޔަމާން ބުނިއެއްޗަކުން ޒައިކު ހިމޭން ވިއެވެ.
ޔަމާންގެ ލޯ ދަތުރު ކޮށްލީ ރޫމްގެ އެކި ހިސާބަށެވެ. ސިކުނޑިއަށް އެއްޗެއް ވިސްނައިދޭން މަސައްކަތް ކުރާކަހަލައެވެ. ދުވެލާފައި ދިޔަގޮތުން ޒައިކުވެސް ހުރީ ހައިރާންވެފައެވެ. އަލަމާރި ހުޅުވާލާ ފާޙާނާ ތެރެ ބަލާ، ދެކޮޅަށް ތަންތަން ހާވަން ފެށުމުން ޒައިކު އަކަށް ހިމޭނަކުން ނުހުރެވުނެވެ.
” ޔަމާން މޮޔަވީތަ؟ ” ބޯހާސްވެފައި ހުރި ވަގުތަކު ޔަމާން އުޅެން ފެށި ގޮތަކުން ޒައިކު ކައިރިއަށް އައީ އަމަކަށަ ރުޅިއެއް ނޫނެވެ. މުޅިތަން ގުގުމައިގެން ދާވަރަށް ހަޅެއްލަވައި ގަތެވެ.
” ޝިފާގެ އެއްވެސް އެއްޗެއް ނެތް. އެންމެ ހެދުމެއްވެސް. ފޮށިވެސް ” ޔަމާން ބުނިއެއްޗަކުން ޒައިކު ކުއްލިއަކަށް ތެދުވެ ބަލަން ފެށީ މޮޔައަކު ފަދައިންނެވެ.
” ޕާސްޕޯޓެއްވެސް ނެތް، ކީއްވެ؟ ” ސުވާލު ކުރާ ފަދައަކުން ޒައިކު އެހިއެވެ. ކުޑަވަރެއްގެ ޝޮކެއް ލިބިފައިވާ ކަހަލައެވެ.
********************
ލޯންޗުގައި ހުރި އިރުވެސް ޝިފާއަށް ރޮވެއެވެ. އެއްވެސް މީހަކަށް ފާހަގަ ވެދާނެތި ޓިޝޫއިން އިރުއިރުކޮޅުން ލޯ ފޮހެލަނީ ކަރުނަ ހުސްވުމެއް ނެތީތީއެވެ. މިދުވަހަކީ އަންނާނެ ދުވަހެއްކަން އެނގޭއިރުވެސް މިކަމާ ކުރިމަތިލާން ޖެހުމުން އަމިއްލަ ނަފްސް ނުހިފެހެއްޓެނީއެވެ. ޒައިކު ދޫކޮށްލާފައި ދިއުމަކީ މުޅިދިރިއުޅުމުގައިވެސް ކުރަން އެންމެ އުނދަގޫ، އެހެނަސް ކުރަން ޖެހުނުކަމެކެވެ. އޭނާއަށް ދުވަހަކުވެސް ޒައިކުގެ ހިތް މިލްކު ނުވިއެވެ. އެހިތަކީ އެހެން އަންހެން ކުއްޖަކަށް ހިބަކޮށްދީފައިވާ އެއްޗެއްކަން އޭނާއަށް ޔަގީން ވެއްޖެއެވެ.
އެހުރިހާކަމެއް ވުމަށްފަހު ރޭ، ޒައިކު އޭނައަށް ބޭނުންވުމުން ހިތްވެސް ހުއްޓުނުކަހަލައެވެ. ޒައިކުގެ ފަރާތުން އެފެނުނު ލޯއްބަކީ އަދި އޭނައަށް ފެނިފައިނުވާ ފަރާތެކެވެ. މީގެ ކުރިން އެކަހަލަ ވައިޑް ބައެއް ހުންނަކަން އެނގިފައެއް ނުވެއެވެ. ރޭގެ މަތިން ހަނދާންވެ އަދިވެސް، މުޅިހަށިގަނޑު ފިނިވެ، ޒައިކުއަށް އަދިވެސް އޭނާ ބޭނުން ވެއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ އެއުފާވެރި ހަނދާންތައް އާވެފައެވެ.
ކަނޑުގެ ރާޅުތަކަށް ދެވަނަ ފަހަރަށް ބަލާލިއެވެ. އަދި އޭނާގެ ދިރިއުޅުމުގައި ބޮޑު ނިންމުމެއް ނިންމުނުކަމަށް އަމިއްލަޔަށްވެސް އިހުސާސް ކުރެވުނެވެ. ލިވީ އާއި ވާހަކަ ދެއްކުމަށްފަހު އޭނަކައިރިއަށް ޒައިކު އައުމުން ޗޫޒް ކުރީ އޭނާ ކަމަށް އަމިއްލަޔަށް ނިންމުނީ އޭނާގެ މޮޔަކަމުންނެވެ. ނިދިފައި އޮވެ ޒައިކު ބުނި އެއްޗަކުން އަދިވެސް ހިތުގެ ހިނގުން ހުއްޓޭފަދައެވެ. ޒައިކުއަށް އޭނާ ފެންނަނީ ވަގުތީ ހިންހަމަޖެމަކަށް، ބޯހާސްކަން ފިލުވާލުމަށް ކަމަށް އެބުނި ޖުމްލައަކުންވެސް އެނގުނެވެ. އެހެން ނޫންނަމަ އޭނާކައިރިން ހިތްހަމަ ޖެހުން ހޯދުމަށްފަހު އެކަހަލަ އެއްޗެއް ނުބުނާނެއެވެ. ފަހުން އޭނާގެ ހިތުގައި އުފެދުނީ ނަފްރަތެވެ. ޒައިކު އާމެދު އަދި ލިވީ އާއިމެދުވެސް ނަފްރަތުގެ އިހުސާސް ކުރި ހޯދިއެވެ. ޒައިކު ކައިރީ އޭނާއަކީ އެއްވެސް މީހެއް ނޫނެވެ. ޒައިކު އޭނާދެކެ ލޯބިވާކަމަށް ހީކުރެވުމަކީވެސް އޭނާއަށް ކުރެވުނު ކުއްހީއެކެވެ. ލިވީ ، ޒައިކުގެ ހަޔާތައް އައުމާއިއެކު އޭނަދެކެ ވީ ލޯބި ބަދަލުވީއެވެ. އެކަން އެނގި ހުރެ ޒައިކުގެ ދުލުން އޭނަ ވަރިކުރުރާތަން ދުށުމަކަށް ކެތެއް ނުވާނެއެވެ. އޭގެ ކުރިން މުޅި ދުނިޔެއާވެސް ފިލަން ބޭނުންވަނީއެވެ.
ފޮއްޓަށް އެއްޗެހި އެޅުމުގެ ކުރިން ރިސެޕްޝަންއަށް ގޮސް ޗެކްއައުޓް ވުމުގެ ހުރިހާ ކަމެއް ކުރީވެސް އެ ދަންވަރުގެ ވަގުތުގައެވެ. އޭގެ ކުރިން ލިވީމެން އުޅޭ ރޫމްގައި ރޫމްގެ ބައެއް ފެންނަގޮތައް ކެމެރާއެއް ހަރުކުރީ ކީކޭ ހިތައް އަރައިގެން ކަމެއްވެސް ޝިފާއަކަށް ނޭގުނެވެ. ލިވީމެން ނިދުމުގެ ކުރިން އޭނާއަށް އެކަން ކުރެވުނީ ހުރިހާ ބިރެއް ކަނޑުވާލައިފައެވެ. ކެމެރާއެއް ހޯދުމުގެ މަސައްކަތް ކުރަން އޭނާއަކަށް އުނދަގުލެއް ނުވިއެވެ. އައިޓީ ކިޔެވިފައި ހުރުމުން އެކަހަލަ ކަމެއް ކުރުމަކީ އޭނައަށް މާކަ އުނދަގޫ ކަމެއް ނޫނެވެ. ކޮލެޖްގައި އުޅުނުއިރުވެސް ބައެއް ކުދިންނަށް ލަނޑު ދިނުމުގެ ތެރެއިން އަންހެން ކުދިން ނާއެކު އޭނަ އެކަހަލަ ކަންކަމުގައި ބައިވެރިވެފައި ވެއެވެ.
ހެނދުނު ޒައިކު ކޮންމެ ގޮތެއް ހަދައިފައިވެސް ލިވީއާއި ވާހަކަ ދައްކަން ދާނެކަން އޭނައަށް އެނގުނެވެ. އެދައްކާ ވާހަކަ އަޑުއަހާލުމަށް އޭނަގެ ހިތް އެދެމުން ދިޔައެވެ. ކުރުން ރަނގަޅު ކަމެއް ނޫން ކަމުގައިވީނަމަވެސް އޭނާގެ ހިތާއެއްގޮތައް ކަންތައް ކުރުމަށް ބޭނުންވީއެވެ. އެކަމަކު އަދިވެސް އެހުންނަނީ އެފެނުނު މަންޒަރަކުން ސިކުނޑި ހަރަކާތް ހުއްޓިފައެވެ. ފެންނާނެ ކަމަށް އުންމީދު ކުރެވުނު މަންޒަރެއް ވެސް ނޫނެވެ. އެކަހަލަ ކަމަކަށް ސިކުނޑި ސަމާލުކަން ދެވިފައިވެސް ނެތީއެވެ.
އެދައްކާ ވާހަކައަކުން އޭނަ އަލުން ޒައިކު ކައިރިއަށް އައުމަށް ވަނީ ހިތުން ނިންމައިފައެވެ. އެކަމަކު ޒައިކު ލިވީއާއި ކައިރި ވީ ތަން ފެނުމުން އޭނަ ހުރީ ޝޮކެއްގައެވެ. އެމަންޒަރުތައް ފެނުމުގެ ކުރިން ފޯނު ނިއްވާލެވުނު ނަމައޭ ޝިފާ އެތައްފަހަރަކު ހިތައްއެރިއެވެ. ޒައިކު އެހެން އަންހެނެއްގައިގަ ބީހޭ ތަން ފެނުމުން އޭނަ ނިންމައިގެން ހުރި ނިންމުން އެކަށް ބަދަލު ކޮށްލީއެވެ. ފޮށިހިފައިގެން ލޯންޗުގެ އިންތިޒާރުގައި، ފާލަން މަތީ ހުރި އިރު، އޭނާ އަތުން ފޯނު ދޫނުވީ ހަމަ ކިރިޔާއެވެ. އަނގަ މަތީ އަތް އެޅުނީ ރުއިމުގެ އަޑު ފާޅުވެދާނެތީއެވެ.
އޭނަދެކެމުން އައީ ޒައިކު އަކީ ހަމައެކަނި އޭނާގެ މީހެއްގެ ގޮތުގައެވެ. އެދެއަތުން ފިރުމާނީ ހަމައެކަނި އޭނާގެ ހަށިގަނޑުގައި ކަމެވެ. އެތުންފަތުގެ ބޮސްދިނުންތައް ހައްގުވަނީ އޭނާއަށް ކަމަށެވެ. އެ ލޮލުގެ ފިނިކަމަކީ އޭނާ ކަމެވެ. އެކަމަކު އެހުރިހާ ހީތަކެއް ކުއްހީއަކަށް ބަދަލުވީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ. ޒައިކު ލައިގެން ހުރި ޓީޝާޓު، ލިވީ ބޭލިހިސާބުން ދެން އިތުރަށް ބަލާނެ ހިތްވަރެއް އޭނާގެ ލޮލަކު ނެތެވެ. ކެމެރާއަށް ގެނެސްފައިވާ ސެޓިންގ އިން ވަގުތުން ލައިން ކަނޑާލީއެވެ.
ހަރަކާތެއް ގެންނަން ނޭގިފައި ހުރި ވަގުތުކޮޅަކަށްފަހު، ލޯންޗަށް އެރީ ހިތުން އަޒުމެއް ކަނޑަ އަޅަމުންނެވެ. އޭނާ ދެން ދުވަހަކުވެސް ޒައިކު ފަހަތުން ނުދާނެކަމެވެ.
******************
” ރޭގަ ވަރަށް ފަހުވަގުތެއްގަ ޗެކްއައުޓް ވެފަ ހުރީ، ހެނދުނު ލޯންޗް އިން ގޮއްސި މިހާރު ” ރިސެޕްޝަންއިން ލިބުނު މައުލޫމާތުން ދެމީހުން ބަލާލީ ހައިރާންވެފައެވެ. ޔަމާންގެ ހިޔާލަށް ފުރަތަމަވެސް އެމީހުން އައީ ރިސެޕްޝަންއަށެވެ. އެކަހަލަ ނިންމުމެއް ޝިފާ ނިންމާނެކަމަށް ޒައިކު ކުޑަކޮށްވެސް ހީކޮށްފަ ނެތެވެ. އެއަށްވުރެ ޝިފާ އަންޑަސްޓޭންޑް ވާނެކަމަށް ޒައިކު އަބަދުވެސް އުންމީދުކުރިއެވެ. އަލުން ރޫމަށް ވަދެ ސޯފާގައި ދެމީހުން އިށީންދެ ވާހަކަ ފަށާނެ ގޮތެއްވެސް ނޭނގިފައި ތިއްބެވެ.
އެގޮތުގައި އިރުގަނޑަކު ތިބެފައި ޔަމާން އެއްލި ކަޅިއަކުން ސައިޑް ޓޭބަލް މަތީ އޮތް ގަނޑުކޮޅެއް ފެނުނެވެ. ހިތައްއެރި އެއްޗަކުން ތެދުވެފައި އެގަނޑުކޮޅު ނިއުޅުވާލުމާއެކު ދެލޯ ބޮޑު ކޮށްލިއެވެ.
” ނޯޓެއް، ޝިފާގެ ” ޔަމާންގެ ވާހަކަ ނުނިމެނީސް ޒައިކު އައިސް އެ ނޯޓު އަތުލުމަށްފަހު ކިޔަން ފެށިއެވެ.
” އަހަރެންގެ ހަޔާތައް ދުވަހަކުވެސް ތިނޫން މީހަކު ނާދޭ. ކައިވެންޏަކީ ދެފަރާތުގެ އާއިލާއިން ހަމަޖައްސައިގެން ކުރި ކައިވެންޏަކަށް ވީނަމަވެސް ، މެރީކުރަން މޭޒުކައިރީ މަޑުކުރި ވަގުތަކީ ފުރަތަމަ އަލައްވެސް ޒައިކު ފެނުނު ވަގުތު. އެވަގުތުންފެށިގެން ހީކުރީ ތީ ހަމައެކަނި އަހަރެންގެ މީހެއްކަމަށް. އިނގޭތަ މިކައިވެންޏާ އަހަރެން އެއްބަސްވީ، އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފަރާތެއް ލޯއްބައް އެދިއެދި ވަނިކޮށް. އެކަމަކު މިހާރު އިހުސާސް ކުރެވިއްޖެ އެ ނިންމުމަކީ މުޅިން ގޯސްކޮށް ނިންމުނު ނިންމުމެއްކަން. އަބަދުވެސް ޗޫޒް ކުރަންޖެހޭނީ ތިމާދެކެ ލޯބިވާ މީހެއްކަން.
ތިރީތި ސޫރަ ހިތުން ފޮހެލުމަކީ ވަރަށް އުދަގޫ ކަމެއް. އެކަމަކު އެކަން ކުރާނަން. އެއީ ޒައިކު ގެ ހިތަކީ އެހެން ފަރާތަކަށް ހިބައިން ދެވިފައިވާ އެއްޗެއްކަން އެނގޭތީ. ވަރަށް އުންމީދުކުރިން ޒައިކު އަކީ ހަމައެކަނި އަހަރެންގެ މީހަކަށް ހެދުމަށް. ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު ދުނިޔެމަތީގައިވީ އެންމެ ރީތި ހަޒްބެންޑް ކައިރީގައި ވާތީ ހިތް އުފަލުން ފުރުނު. ހެނދުނު ހޭލާއިރު އެންމެ ފުރަތަމަވެސް ހަށިގަނޑަށް އެތެރެވާ ނޭވާއަކީ ޒައިކުގެ މޫނުން ވަސްބެލުން ކަމުގައި ހެދިން. އެންމެ ބީހިލުމަކަށްވެސް މަރު ދިނިން. ހެހެ….އެކަމަކު އެއީ ހަމައެކަނި އަހަރެން ދެކޭ ގޮތް. ޒައިކު އަށް އިނގޭތަ ރޭގަ ޒައިކު ބުނި އެއްޗެއް. ހީކުރީ ޒައިކުގެ ހިތް އުފަލުން ފުރޭނެކަމަށް އަހަރެން ކައިރިން.
އެކަމަކު އެއުފާވެރި ވަގުތު ކޮޅަށްފަހު ނިދީގައި ބުނެލީ ” ލިވީ، ނައު އައި ފީލް އައެމް ކޮމްޕްލީޓެޑް ” ހައް….ވަރަށްވެސް ހިތްދަތި ބަސްކޮޅެއް. ޒައިކު އަހަރެންނާއެކު ވަގުތު ހޭދަކުރަނީ ލިވީ ކަމުގައި ހީކޮށް. މިހުރިހާ ދުވަހަކު އެކަން އަހަންނަށް އެނގިފައި ނެތުމަކީ އަހަރެންގެ މޮޔަކަން. އެވަގުތުން ފެށިގެން އަމިއްލަ ނަފްސައް ވައުދުވީން ޒައިކުގެ އުފާތަކަށް ހުރަސް ނޭޅުމަށް. ޒައިކު ލިވީއާއިއެކު އުޅުމުގެ ފުރުސަތު ދިނުމަށް. ޑިވޯސް ޕޭޕަރ މެއިލް ކޮށްލާނަން އަހަރެންގެ ބައި ފުރާލާފައި. ދެން ހުރި ބަޔާއެކު ޒައިކު ކުރިއަށް ދާނެކަމީ އެނގޭކަމެއް.
އެކަމަކު އަހަރެންގެ ދެކަންފަތުން އަޑުއަހާލަން ބޭނުންވީ ހަމަ އަސްލުވެސް ޒައިކު ލިވީދެކެ ލޯބިވަނީ ކިހާވަރަކަށްތޯ؟ އައިޓީ ކިޔަވާފައި ހުރުމުން އެ ރޫމްގައި ކެމެރާ އެއް ހަރުކޮށްލުމަށްފަހު އެކަން ވާނެކަމީ އަހަންނަށް ވަރަށް ފަސޭހަ ކަމެއް. އެކަމަކު މިވީ އެއް އަހަރު ދުވަހަކީ އަހަންނަށް ވަރަށް އުފާވެރި ދުވަސްތަކެއް. ހިތުގައި އުފާވެރި ހަނދާންތަކެއް ވީ ދުވަސްތަކެއް. އެ ހަނދާންތަކާއެކު ދިރިއުޅުމުގެ ބާކީ ބައި ހޭދަ ކޮށްލުމަކީ އުނދަގޫ ކަމަށް ވިއަސް އެކަން ކުރާނަން.
ޒައިކުގެ ދިރިއުޅުމުން ދާން މި ނިންމީ ބޭނުން ވެގެނެއް ނޫން. އެކަމަކު ޒައިކުގެ ދުލުން އެހެން އަންހެނަކު ބޭނުންވެގެން ބުނުމުގެ ކުރިން އަހަރެން ތިދިރިއުޅުމުން ދުރަށްދާން ނިންމީ. ދިރިއުޅުމުގައި އުފާވެރި ދުވަސްތަކަށް އެދެން. މިސް ޔޫ ” ޝިފާގެ ނޯޓް ކިޔާ ނިންމާލި އިރު ޒައިކު އަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ހަމަ ރަނގަޅަށްވެސް ރޭގަ އެހެން ބުނި ހަނދާން އެބަ ހުއްޓެވެ. އެކަމަކު ޝިފާ މާނަ އެހެން ނަގާފާނެކަމަކަށް އަދި ޝިފާއަށް އެއަޑު އިވިދާނެ ކަމަކަށްވެސް ހިޔެއް ނުކުރެއެވެ. އޭނަ އެހެން ބުނީ ހަމަ ހަގީގަތުގައިވެސް ޝިފާ އާއިއެކު އޭނަ އުފާވާކަން ހިތައްވެސް އިހުސާސް ވާތީއެވެ.
” އޯހް ، ނޯ……” ދެން ޒައިކު ހިތައް އެރި އެއްޗަކުން ފޯނު ނަގާ ޑާޓާ އޮން ކޮއްލުމަށްފަހު ލިބިފައިވާ ނޮޓިފިކޭޝަންތައް ބަލާލީ ބިރުން ހުރެއެވެ. އޭނާއަށް ހީވާގޮތައް ކަންތައް ވެދާނެތީއެވެ. އޭރުން ދުވަހަކުވެސް ޝިފާގެ ރުހުމެއް ނުލިބޭނެކަން އަމިއްލައަށްވެސް އެނގެއެވެ. ޔަމާންވެސް ހުރީ ޒައިކު އުޅޭ ގޮތަކުން ހާސްވެފައެވެ.
ޝިފާ ފޮނުވާފައިވާ ވީޑިއޯ ޒައިކު އެކޭ އެއްފަދައިން ޔަމާންއަށްވެސް ފެނުނެވެ. ޒައިކުއަށް ބަލާލެވުނީ ޔަމާން އާ ދިމާއަށެވެ.
” ވަޓް ދަ ހެލް ……ވަޓް ދަ ހެލް …ޒައިކު ” ހަޅެއް ލަވައި ގަންނަމުން ޔަމާން ޒައިކު އާ ދުރަށް ޖެހިލިއެވެ.
” ޑިޑް ޔޫ ޑޫއިޓް ”
ނުނިމޭ
53 Comments!
Comments are closed.





Mi par ves varah rythi next part kn irakun up vaany
???
Wow mi parts vvv reethi masha Allah ♥️??
Pls pls next part vv avahah up khladhchey I’m so curious to read ?♥️
This is the best story I’m reading upto now♥️♥️♥️♥️♥️?
Woww we…mi part ves varah reethi ???? whn is next part… waiting for it??????lysm❤️❤️❤️❤️?????❤️❤️❤️???
Mi part v reethi thankolhah avaha up kihdheyba belle plx plx plx
Vvvv reethi mi part ves????❤️❤️❤️???????
Mi part ves vv reethi??
Next avahah up kohba??plx plx plx
Wow alhey, haadha reehchey mi bai vx… Konirakun aneh bai genesdheny? Waiting ingey.???❤❤❤❤❤❤❤??
Ehaa ehaa new kankan nuhingaa iru vaahaka avahah up kuraa nama
Shifa nd zaik dhuru nukuruvah chey please please..Zaik shifa vari eh nukuraane dhw…Mi part varah reethi….
Belle when next keehve comments thakah reply nukuranee??
Yh
Next part plz
Vrh reethi mi vaahaka
???
Vhk vrh rythi.. bt up uran ehaa gina dhuvas nagaathy vrh foohi.. comment akah rply kurany eh noon.. up kuraa dhuvas nueh buney..
Btw vhk vrh furihama..
v reethi avahah up kohdheebala plz pz
Kobaa tha mivaahaka vvv avahah upkolla dheeba kiyaa hithun mihaaru hureveekee noon Mee v reethi vaahakaeh please next part
Waiting waiting…..
Nuliyaa vaahaka bunabala liyan beynun noon vihyaa
Belle.. Where’s next part.. Pls avahah up kohla dhyba dear❤
Anneh part up kuran vaa irah enme fahun ky bai handhaaan nethifaa ohnnani
Anehkaa belle ah Kameh V baa, anyways vaahaka v reethi❤️❤️??
Haadha lahey
Dhen upload nukuranyavess bunan veyhje nuntha better than making others wait
Baleetha vaahaka up nuvaathee
kihaa bodu kameh mi.. mahaku dhe faharu dho ehen v maa up vani .. mihaaru vaahaka dhigu viyas hingaa kankan madhu
dhen upload kurane kon erakuntha mehaaru kehaa dhuvaheyh mivane. at leave nuvanay nuva vaahaka buninama readers check nukuraane dho every now and than.
Alhey haadha lahey vaahaka up vaaleh..mihaaru miyoh month dhebaivee ..kiyuntherin foohivaane thigothah kanthah kuryma..at least readers ge comment thakah conmeves reply eh dheynama..?
Alhe haadha dhuvahekey…..Varah avahah vaahaka up kohbala pls
Where is next part avaha up kodhiba ???
alhey kobaa tha???
Haadha dhuvahekey. Avahah up kohdhyba. Haadha dhuvahekey mihaaru???
waiting for the next part. ummeedhu kurany varah avahah upload kuraane kamah
Belle mihaar v faruvaa kuda kurey. Vaahaka las viyas comment thakah reply kuraanama dho
Haadha lasvejje vaahaka update kuraaleh
Mihaaru midhen bodu kamakah vehje. Comment thakakah reply dheneekee eh noon vaahaka up kuraneekee vx noon. Thihaa varu meehun keehkuran vaahaka liyanee. Mihaaru month eh vegen midhiyaee vaahaka up nukoh. Kihaa dhera kameh mi. Aharen vx vaahaka ah wait kuraathaa kon dhuvaheh. Mi akee magey enme favorite vaahaka. Ekam mihaaru ehaa favorite eh noon. Thi kujjaa baliviyas buneleema ehnu ingeynee dhw. Aharen noonas kithah kudhin wait kurey mi vaahaka ah. Mi gothah kudhin shakuvaa kuraairu belle hithah naaraa thoache ehkahchehvx. Dhen vx aharunnah kameh kohdhenyyaa comment thakah reply kohbala
Vaahaka v riythi. Kudhin kudhin kehkohbala hama vedhaane author ah kameh vegen kamah ves. kehtheri vebala. Inshallah she’ll be back soon. Dhen liyaa kuhjaa dhera vaa kahala comment kuriyma vaahaka continue kuran foohi vaane dhw. Ehn mihaaru 1story huhtaalaifi. Anehkaa mi story huhtaifihyaa v foohi vaane. This is one of the best story I’ve read so far. Come back Belle. all the readers r waiting for u. We all love u.❤❤??Keep it up.
Atleast liyaa kujjaayah veegotheh bunelabala
Koba next part pld pls pls avaha uplod kohbala
Alhe Kihineh thr mi vi mi vhk ah.. Haadha lahey vhk kuraaleh… Dhn vhk up nukurany thr..
dhen mi kan vaane hen hiyyeh nuwey
please upload kohdheeba
Dhn vaahaka up nukurany tha???plz dhn thihen nahdhaa up kuran fashaa bala.plz plz belle..waiting waiting waiting
Next up kohlaba….. Plz plz plz
when the next part…
Avahah up kohla dheebala…
Dhen ketheh nukureveyne enme dhuvahakah ves..
mihaaru ves kiyaa hithun hure veneekee noon..
up kohla dheebala next part v kiyaa hithun mihunanee
Eyyy Dhn mi vaahaka up nukuranee thr…. Nukuranyaa vx bunelabala nukuraanamey… Eyrun dhw kiyaa meehunah ingeynee Dhn mi vaahaka up nukuraanekan… Aharaku part akun nunere fashaa gothah nimmaaladheebala… Pls pls… Don’t take me wrong just telling
Belle… Dhn mi vaahaka up nukuranee thr…. Nukuranyaa vx bunelabala nukuraanamey… Eyrun dhw kiyaa meehunah ingeynee Dhn mi vaahaka up nukuraanekan… Aharaku part akun nunere fashaa gothah nimmaaladheebala… Pls pls… Don’t take me wrong just telling
Ikr vrh kemmadhuvefa mi innanee
Please please please please please
Please vaahaka upp kohdheee??????????????????????????????????????????????????????????????????????????????????????????????????????????
please story
Alhey plx kobaatha Aneh part.. Plx up kohdheeba.. Plx Belle.. 39 vana part nerunee sure konme dhuvahaku beley Belle ge comment eh feney thw.. Plx.. Belle keevetha up nukuranee.. Mihaaru 1 year vee.. Plx up kohdheeba
Emme furathama mi vaahaka kiyan feshee 2020 ga and came back this year hoping it updated. Very sad and disappointed aslu
Asluu vx.. I vx mi vhk ge 10th vana part aa hama ah nerifa indha kiyan feshy cover ah balaalaafa stry vrhh reethi vaane kan yageen veema.. ekm 39th vana part nerifa belle ah veegotheh vx neygunu.. adhi vx beley ekm belle cmnt eh nama vx mi stry ah kohfa indheythw.. vrhh kiyaa hithun kiyan feshi vhk eh and i furathama mi site ah vadhefa kiyan feshi 2nd vhk mi.. adhi vx mi inthizaaru kuranee mi vhk ehkon konmes dhuvahakun kiyaalan libeyne kamah