އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސޯޅަވަނަބައި)
ވަރަށް ފޯރިޔާއެކު ހަފްލާ ފެށިގެން ދިޔައެވެ. އައިޝާއާ ދާނިޝްގެ ހުށައަޅާދިނުމުގެ ހުނަރު ކިތަންމެހާވެސް ފުރިހަމައެވެ. ބެލުންތެރިން އިތުރަށް ޝައުގުވެރިވާނެ ފަދައިން އެކި ވާހަކަތަށް ދައްކައެވެ. ކޮންމެ އައިޓަމެއްވެސް ކިޔާދެނީ ފުރިހަމަކަމާއެކުގައެވެ. އެކިކަހަލަ ތަމްސީލުތަކާ ނެށުންތަށް ހުށައެޅިގެން ދިޔައެވެ. ބައެއް އައިޓަމްތަކުން މީހުންތަށް ރޮއްވާލާއިރު އަނެއް އައިޓަމްތަކުގެ ސަބަބުން ހީހީ ބަނޑުގަ ގޮށްލާވަރު ވާނެއެވެ. ޝޯވް ނިމޭކޮޅަށް ދިޔުމުން އައިޝާ ބާކީބައި ހުށައަޅައިދިނުމަށް އެހެން މުވައްޒަފަކާ ހަވާލުކުރިއެވެ. ޝޯވްގެ ބާކީބައި ހުށައަޅާދިނުމަށް ހަމަޖެހުނީ ރާއިންއާއެކު އެހެން އަންހެން ނަރުހަކަށެވެ. ކުރިޔަށްވުރެ ތަނުގެ ފޯރިގަދަވެގެން ދިޔައީ ދެއައިޓަމް ދެމެދުން ރާއިންމެން އަރާ ކިޔާދޭ ޖޯކްތަކުގެ ސަބަބުންނެވެ. އައިޝާވެސް މިމަންޒަރުތަށް ބަލަން ހެވިފައި ސްޓާފް އޭރިޔާގައި ހުއްޓިލައިގެން އެކަނިން ހުރީ ޒާމިން ތަންކޮޅެއްދުރުގައި ރެހާންއާ ކޮންމެވެސް ވާހަކައެއް ދައްކަން ހުރުމުންނެވެ. މިރޭ މަންހާއަށްވެސް އައިޝާ ގާތުގައި މަޑުކޮއްލާނެ ވަގުތެއް ނުލިބެނީ ނަރުހުން ހުށައަޅާ އައިޓަމްތަކުގައި އޭނަ ބައިވެރި ވާތީއެވެ.
” މިރޭ އެ ރެހާންއަށް ބޮނޑިއެއް ދޭނަމޭ. އަހަރުމެން އެންމެން ބައިވަރިވާން ޖެހޭ ގަވައިދު ހަދާފައި އެހުންނަނީނު ބޮޑުމީހާ ހެދިގެން. ބަލައްޗޭ އޭނަވެސް އަރުވާނަން” އައިޓަމެއް ހުށައަޅައިދޭން ފެށުމުން ސިޑިން ފައިބައިގެންއައި ރާއިން ޒާމިންކައިރީގައި ހުއްޓިލަމުން ބުންޏެވެ.
“މީ އެންމެ ފަހު އައިޓަމެއް ނޫންތަ. ދެން ކުރެވޭނެ ކަމެއް ނޯންނާނެއެއްނު. މޮޅު ވާހަކަ ނުދައްކަ. ތިކަމެއްނުވާނެ ރާއިންއަކަށް” ޒާމިން އެހެންބުނެލީ ދުރުގަ ބިދޭސީ ޑޮކްޓަރަކާ ވާހަކަދައްކަންހުރި ރެހާންއަށް ބަލާލާފައެވެ. އެކަމެއް ރާއިންއަކަށް ޔަގީނަށްވެސް ނުވާނެއެވެ.
” ލެޓްސް ސީ. އަހަރެން އެކަންކޮށްފިޔާ ޒާމިން ޖެހޭނެ އަހަރެން ބުނާ ކަމެއްކުރާން” ރާއިން ސްޓޭޖާ ދިމާއަށް ހިނގައިގަތީ އައިޓަމް ނިމުމަކާ ގާތްވެފަ ވާތީއެވެ. ޒާމިންވެސް މައްސަލައެއްނެތޭ ބުނެލީ އެކަން ވާނެހެން ހީނުވާތީއެވެ.
” މިރޭގެ ފޯރިގަދަ ޝޯވްއަށް ނިމުމެއްއަންނަނީ.. އެކަމު އަދި އެބައޮތް ވަރަށް ހާއްސަ އައިޓަމެއް. ސަަޕްރައިޒެއް ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުންނަށްވެސް. އަހަރުމެންގެ ބޮސް ރެހާންގެ ގެނެސްދޭނީ” ރާއިން އެހެން ބުނުމުން ހުރިހާމުވައްޒަފުންގެ ތަރުހީބުގެ އަޑުއިވިގެން ދިޔައެވެ. ރެހާން ވީގޮތް ނޭނގިފައި ރާއިންއާ ޒާމިންއާ ދިމާލަށް ބަލާލިއިރު އޭނާ ހަމަ ހެނީއެވެ. މިއީ ރާއިންގެ މޮޅު ރޭވުމަކަށް ނޫނީ ނުވާނެއެވެ.
“ބުރޯ ދެން އަވަހަށް ދޭބަލަ. މިހާރު އެންމެން އެތިބީ ކެއްމަދުވެފަ ތި ގެނެސްދެން އުޅޭ އައިޓަމެއް ބަލާހިތުން. ކުރީރޭގަ ކީލަވަ ކިޔާލަބަލަ. އެހުރީނު ގިޓާވެސް” ރެހާން ސްޓޭޖަށް އެރުވުމަށް ވާންޖެހޭ ތައްޔާރީތައް ރާއިން މާކުރިންހުރީ ކޮއްނިންމާފައެވެ. ކުރީރެޔެއްގަ ރެހާން ވަރަށް ފަރިތަކޮށް ގިޓާކުޅެން އިންދާ ރާއިންއަށް ވަނީ ފެނިފައެވެ.
އެންމެންގެ ތެރޭގައި އިއުލާނުކުރީމަ އެނޫންގޮތެއްވެސް ރެހާންއަށް ނެތެވެ. ކޮޑުގައި ގިޓާ އަޅުވާލުމަށްފަހު ސްޓެޖަށްއެރީ ޕޯޓަބަލް މައިކް ހެޔޮވަރުކޮއްލަމުންނެވެ. ގިޓާ ކަރަންޓާގުޅާލީ ތައްޔާރު ވުމުގެ ގޮތުންނެވެ. އަދި އެލަވަ ހަނދާންކޮއްލަމުން ގިޓާއިން ރާގެއް ކުޅިލިއެވެ. މިލަވަ އަޑުއިއްވަން ބޭނުން ކުއްޖާ އަޑުއަހާނެނަމަ ކޮންފަދަހޭ ރެހާން ހިތާހިތުން ކިޔާލިއެވެ.
“ދުނިޔެ މަށަށް އަނދިރިވީ ކުރެވުނުކަމަކުން.
އުފަލެއް ހިތަށް ނުލިބުނީ އުޅެވުނު ގޮތަކުން….. ލޯބިވާ
ރޯންވީހޭ. ގިސްލަގިސްލާ މިހެން
އާދޭސްކުރަން މާފު ދޭތޯ ކަލާ”
އިވެމުން ދިޔަ ރެހާންގެ ފިރިހެން ވަންތަ އަޑު މެދުކެނޑުނީ ގިޓާގެ ވާގަނޑު ލޫސް ވުމުންނެވެ. ރެހާން އެރަނގަޅުކުރުމަށް އަވަސްވެގަތީ ކުރިޔަށް ނުގޮސްފިނަމަ ލަދުގަންނަންޖެހޭނީ އޭނާކަން އެނގޭތީއެވެ.
“އާލާވާތީ އެ ހަނދާން ލޯބިދިން ރަންޒަމާން
ކޮއްދެވޭހޭ މަގޭ ހިތަށް ވާވަރު ބަޔާން
މަގޭ ހިތުގެ ރިހުން ފޮހެލެވޭނީ ހިތުން
މިހިތާމަތަކުން މިންޖުވީ ދުވަހަކުން..”
ތަނަށް ވެރިވި ހަމަހިމޭންކަމުގެ ތެރެއިން އިވިގެން ދިޔައީ އައިޝާގެ އަންހެންވަންތަ އަޑެވެ. ރެހާންއަށްވެސް ބަލާލެވުނީ ސްޓޭޖަށް އަރަމުން އަންނަ އައިޝާއާ ދިމާއަށެވެ. ލަވަޔާއެއްވަރަށް ހިނގަމުން އައި އައިޝާ ހުއްޓިލީ ރެހާންއާ ދާދިގާތުގައެވެ.
“އައުމެ އަލުން އެދެވެނީ އާދޭއޭ ލޯބިވާ
ނުނިދޭ ހަނދާންވާތީކަލާ ވޭތުވޭ ރޭދުވާ
ރެހާންވެސް މަޑުކޮއްލުމެއްނެތި ލަވަޔައިގެން ކުރިޔަށް ދިޔައީ ސްޕީކަރުން އެލަވައިގެ ޓްރެކް ޖަހަން ފެށުމުންނެވެ. ކިޔާލި އިބާރާތާ ގުޅެނެހެން އައިޝާގެ އަތަށް އިޝާރަށް ކުރަމުން އަތްދިއްކޮއްލީ އެއަތުގައި ހިފާލުމަށެވެ.
“ދޭނަންތޯ އުފާ މިހިތްރުހޭ ހާދަހާ ބޭނުމޭ
ނޫނިއްޔާ މިވޭނުގާ އިތުރު ވާނީ ރިހުން”
ރެހާން ދިއްކޮއްލި އަތުގައި ހިފާލަމުން ހިނިތުން ވެލުމަށްފަހު އައިޝާ ރެހާންއަށް ފުރަގަސްދިނެވެ. އެވަގުތު އައިޝާގެ ނަޒަރު ހުއްޓުނީ ރާއިން ހުރި ދިމާއަށެވެ. އެވަގުތު ރާއިންގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ. މިމަންޒަރުތަށް ބަލަންހުރި ޒާމިންއަށް މިކަން ވަރަށް ރަނގަޅަށް ފާހަގަވިއެވެ. މިއީ ކޮން ކަންތައްގަނޑެއްބާއޭ ޒާމިން ހިތަށް އެރިއެވެ. ޒާމިންއަށް ނޭގުނަސް ކޮންމެސް ގުޅުމެއް އެމީހުންގެ މެދުގައި އެބަވެއެވެ. މިކަން އައިޝާގެ ލޮލުގައި ވިދަމުންދިޔަ ކަރުނަތަކުންވެސް އަންގަދެއެވެ.
އައިޝާއާ ރެހާން ލަވަ ވަރަށް ފުރިހަމަކާމާއެކު ނިންމާލިއިރު ދެމީހުންގެ ހިތުގައިވެސް ބޮޑު ހައިޖާނު ގަނޑެއް ހިނގަމުން ދިޔައެވެ. މިކަން އެކަކަށް ނޭނގުނަސް ދެމީހުންވެސް ވީ ބޮޑުނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ލަވަ ނިމުމާއެކު މުޅިތަނަށް ތަރުހީބުގެ އަޑު ގުގުމިގެން ދިޔައެވެ. މިރޭގެ އެންމެ ފުރިހަަމަ އައިޓަމަކަށް ވެގެން ދިޔައީ ރެހާންމެންގެ އައިޓަމްކަން ޔަގީނެވެ.
ސްޓޭޖުން ފައިބައިގެން ދިޔަ އައިޝާގެ ފަހަތުން ރެހާންވެސް ދިޔައެވެ. ފަހަތް ބަލާވެސް ނުލާ އައިޝާ ހިނގުން އަވަސްކޮއްލީ ރެހާން ފަހަތުން އަންނަކަން އެނގުނީމައެވެ.
“އައިޝާ. ތޭންކްސް. އެގަޑިގަ އަހަރެންގެ ލަވަ ކުރިޔަށް ގެންދިޔައީތި.” ރެހާން އަށް އެނޫން އެއްޗެއް ބުނާކަށް ނޭނގުނެވެ.
“އެއީ އެވަރުކަމެއްނޫން. އެގޮތަށް ކަންތަށް ނުކުރިނަމަ މުޅިހޮސްޕިޓަލަށް ހުތުރު ނަމެއްނު ލިބޭނީ” މަޑުކޮއްލުމެއްނެތި އައިޝާދިޔައީ ލޮލުގައިވާ ކަރުނަތަށް އެހެން މީހަކަށް ފެނިދާނެތިއެވެ.
“އޭނަ ކިހިނެއްވެގެންތަ އެ ދިޔައީ. އަހަރެން ވަރަށް ގޮވިން އަޅާވެސް ނުލާ ނުކުމެގެން ހިނގައްޖެ. ގެޔަށްކަންނޭނގެ” ރާއިންވެސް ހުރީ އައިޝާ ކުއްލިޔަކަށް ބުނެވެސް ނުލާ ގެޔަށް ދިޔައިމާ ސަބަބު އެނގެނ ބޭނުންވެފައެވެ. މިތާގައި މާބޮޑުކަމެއްވެސް ވީކީ ނޫނެވެ.
” ރާއިންއަށް ބޮޑަށް އެނގޭނި” ކައިރީގައި ހުއްޓިލައިގެން ހުރި ރެހާންއަށް ބަލާލަމުން ޒާމިން އެހެންބުނީ ދޭނެ ޖަވާބެއް އޭނަޔަށްވެސް ނޭނގޭތީއެވެ. ޔަގީނަށްވެސް އައިޝާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ރާއިންއަށް ބަލާލި ވަގުތުގައެވެ.
“އަހަރެން ބުނި ކަންތަށް މިކުރީއެއްނު. ބަދަލު އޮންނަންވާނެ އިނގޭ” ރާއިން އެހެން ބުނެލީ ތަނުގަވީ ހާސްކަން ފިލުވާލުމަށެވެ. އެޔާއެކު މީ ރާއިންގެ ކަންތަކޭކިޔާ ރެހާން އޭނަގައިގައި ބޮނޑިއެއްއަޅާލިއެވެ. ރާއިން ސަމާސާ ކުރަން ވެއްޖެނަމަ ހައްދެއް ނޯންނާނެއެވެ. އެތިންމީހުންވެސް ދެން އަވަސްވެގަތީ ޝޯވްނިމި ހުރިހާކަމެއް ހަމަޖެއްސުމަށްފަހު ގެޔަށް ދިޔުމަށެވެ.
“ދެންމެ އެއީ ކޮންކުއްޖެއްތަ. ރެއިންއާއެކުގަ ސްޓޭޖަށް އެރީ. އަދި ވަރަށް ތުއިވެފަ ރެއިންގެ އަތުގަވެސް ހިފިއޭ” މިރޭ ރެހާން ޖަނާންއާ ދިމާއަށް ބަލާނުލާތާ އެހެން އަންހެން ކުއްޖަކާ އެކުގަ ވަރަށް އުފަލުން ލަވަކިޔުމުން އޭނަހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.
“އެވާނީ މުވައްޒަފަކަށްނު. އެކަމަކު އަހަރެން މިވީ ދެތިންދުވަހު ހޮސްޕިޓަލަށް އައިސް އުޅުނުއިރުގަ އޭނާއެއް ނުދެކެން. ތި މަންޖެޔެއްގެ ހަބަރު ބަލަން ޖެހޭނެ” އާސިމާވެސް ހުރީ އެއީ ކޮން ކުއްޖެއްކަން އެނގެން ބޭނުންވެފައެވެ.
“މަންމާ. ދޮންބެޔަށް ގެޔަށް ލާކަށް ނުދެވޭނެޔޯ. ލަސްވަންޏާ ހިނގާލާފަ ދާށޯ” އާސިމާމެން ގާތުގައި ހުއްޓިލި ރީނާޒް ހުރީ ގެޔަށްދާާން ބޭނުންވެފައެވެ. މާދަން ހެދުނު މަންމަ ހޭލުމުގެ ކުރިޔަށް ބުރެއް އަޅާލެވޭނީ އަވަހާ ނިދީމައެވެ. އާސިމާމެންވެސް އައިޝާ ނުކުމެގެން ދާތަން ފެނުމުން އެއީ ކޮންކުއްޖެއްކަން ބެލުމުގެ ޝައުގުވެރިކަން އުފެދިފައިވުމުން އޭނާގެ ފަސްފަހަތުން ދާން ނިންމިއެވެ. ރީޏާޒްވެސް ހިތްއެދޭ ސޫރަ ފެނޭތޯ އެންމެ ފަހުފަހަރަށް ފަހަތަށް ބަލާލުމަށްފަހު މާޔޫސްކަމާއެކު އެމީހުންނާ އެއްވަރަށް ހިނގައިގެވެ.. އާސިމާމެން ހިނގަމުން ދިޔައީ އައިޝާގެ ފަސްފަހަތުންނެވެ.
“މަންމާ. ގެޔަށް އާދެވުނީއޭމި.” ގޭދޮރާހަމައަށް އެރުމުންވެސް މަޑުކޮއްނުލާ ހިނގަމުންދިޔަ އާސިމާފެނި ރީނާޒް ހަނދާން ކޮއްދިނެވެ. މަންމަ މިރޭ ކިހިނެއްވެފަ ހުރި ރެޔެއްބާއޭ ރީނާޒް ހިތަށް އެރިއެވެ.
“ދެންމެގަ ދިޔަ އަންހެންކުއްޖާ އެވަނީ ތިހިރަ ގެޔަށްދޯ” ޖަނާންއަށް ފެނުނެއްކަމަކު ރީނާޒް ކުރެން އަހާލީ ޔަގީން ކޮއްލުމަށެވެ.
“އާން. ކިހިނެއްވީ. އެއީ އެގޭގަ އުޅޭ ކުއްޖެކޭ. ދޮންބެ ރައްޓައްސެއްކަންނޭގެ. ދޮންބެމެން އެގެޔަށް ވަދެހަދާތީ މިހެން މިބުނީ” ރީނާޒްއަށްވަނީ ދެތިން ދުވަހަކު ރާއިންއާ ރެހާން އެގެޔަށް ވަތްތަން ފެނިފައެވެ. އަދި އެގޭގަ އުޅޭ ކުޑަކުއްޖާ ގޮވައިގެން ދެމީހުން އެކިތަންތަނަށް ދާކަން އިނގެނީ ރާއިންގެ ހަރަކާތްތަކަށް ނޭނގި ނަމަވެސް ފާރަލެވޭތީއެވެ. ރީނާޒްއަށް އެނގިފައިވާ މިންވަރަކަށް ކިޔާދިނުމަށްފަހު އެތެރެޔަށްވަނީ ނިދިއައިސްފައި ހުރީމައެވެ.
“މި ޖެހުނީ އެ މަންޖެޔަށް ވާރނިން ދޭކަށްނު. މާދަން އެގެޔަށް ވަދެލަންވާނެ. ބުނާނީ އަވައްޓެރިޔެއްވީމަ ހަމަ ވަދެލީއޭ. އެކުއްޖާއާ ރެއިންއާ ގުޅުމެއް އޮތިއްޔާ ޖެހޭނީ ވަގުތުން ކަނޑާލަން. އަހަރުމެން ދެމީހުން މިއޮއްހުރިހާ ދުވަހު ކުރި ބުރަ މަސައްކަތްތުގެ ފޮނި ނަތީޖާ ހާސިލްވާން މިހާ ކައިރިވެފަ އޮއްވާ އެކަކުވެސް އެޔަށް ހުރަށްއެޅިޔަކަ ނުދޭނަން” އާސިމާޔާ ޖަނާން އެތެރަށް ވަނީ މާދަމާގަ ކުރާނެ ކަންކަން ރާވާލަމުންނެވެ. ޖަނާންއަކީ އޭނާގެ ދައްތަ މަރުވިއިރު އެދައްތަގެ ހަނދާނެއްގެ ގޮތުން މިދުނިޔޭގައިވާ ހަމައެކަނި ފުރާނަ ކަމުން އޭނާޔާ ރެހާން ގުޅުވަން އާސިމާ ވަރަށް ބޭނުމެވެ. ރެހާން ޖަނާންއާާ ގުޅިއްޖެނަމަ އިމްރާންގެ މިލްކިއްޔާތުގައިވި ހުރިހާ މުދަލަކީވެސް އާސިމާގެ އެއްޗަކަށް ވެގެންދާނެއެވެ.
އައިޝާ މާބާރަކަށް ހިނގާފައި ގެޔަށްއައީ އޭނާގެފަހަތުގަ ބަޔަކު އަޅުވާލިހެންނެވެ. ގޭދޮރޯށިން އެތެރެޔަށް ވަދެވުމާއެކު ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނެވެ. ދެން އަނެއްކާވެސް ޝޯވްގަ ވެގެންދިޔަ ކަންތައްތަކުގެ ހިޔާލުން އޭނަގެ ސިކުނޑި ފުރިގެން ދިޔައެވެ. އެކަމާމެދު ވިސްނާ ކިތަންމެވަރަކަށް ރުޔަސް ވެނިމިފައޮތް ކަމެއް ބަދަލެއް ނުވާނެކަން އައިޝާއަށް އެނގެއެވެެ. މިރޭ ވަރަށް ރީއްޗައްވެސް ޒާމިންގެ ކުރިމަތީގައި އޭނާގެ އިހުސާސްތައް ބޭޒާރުވެއްޖެއެވެ. މިހިޔާލުތަކުން ދުރުވުމަށް އައިޝާ ދިޔައީ ހޫދު ކޮޓަރިއަށެވެ. ބާލީހުގައި ބައްދާލައިގެން އޮތް ހޫދުފެނުމުން އޭނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހޫދުއެއީ އައިޝާވީ ތެދުވެރި ލޯބީގެ ހަމައެކަނި ނިޝާނެވެ. ހޫދުގެ ނިއްކުރީގައި މަޑުމަޑުން ބޮސްދިނިމަށްފަހު އައިޝާވެސް ނިދަން ދިޔައީ ލަސްވެފަ ހުރީމައެވެ.
******
“މަންމީ. މަންމީ.. ހިނގާ އިރުއަރާތަން ބަލަން. ކޮއްކޮ އިއްޔަގަ ބަސްއެހީމަ އޭގެ ޕްރެސެންޓަކަށްށޭ” ފަތިސްނަމާދު ބަންގިޔަށް ހޭނުލެވިފައޮތް އައިޝާއަށް ހޭވެރިކަމެއްވީ ހޫދު އޭނާގެ ކޮލުގައި މަޑުމަޑުން ކޮއްޓާލުމުންނެވެ. ރޭގަ ނިދިއިރުވެސް ހޫދުއަށް އައިޝާ ނުފެނުމުން ފަތިހުހޭލައިގެން ހޯދަފާނެތީ އައިޝާ ނިދީ އޭނާގެ ކޮޓަރީ ދޮރު ތަޅުނުލައެވެ. މިކަމުގެ އަދަބު އޭނަޔަށް މިލިބެނިއްޔޭ އައިޝާ ހިތަށް އެރިއެވެ. އައިޝާ ނުތެދުވަނިސް ހޫދު ކުރު ނުކުރާނެކަން އިނގުމުން ތެދުވެ ފާހަނަޔަށް ދިޔައީ ނަމާދުކުރަން ތައްޔާރުވުމަށެވެ.
ދެމައިން ނަމާދުކޮށްގެން މަގުމައްޗަށް ނުކުތްއިރު އިރުނޭރިނަމަވެސް ފަޖުރުގެ އަލިކަން ވަނީ ވެރިވެފައެވެ. ކާޅުގޮވާއަޑު މަދުމަދުން އިވެމުން ދެއެވެ. ފަތިހުގެ ތެއްފިނިވައި ގައިގައި ބީހިލުމުން އައިޝާބޭނުންވީ އަރާމު ތަންމަތީގައި އަނެއްކާވެސް ނިދާލާށެވެ. ނަމަވެސް މިއަދު އެކަމެއް ނުވާނެއެވެ.
“މަންމީ. ދެން އެކޮޅަށް ދާންވާއިރަށް އިރު ނުވެސް ފެންނާނެ. ހިނގާ މިކޮޅަށް ލޯބަނދެ ކުޅެން.” ގޭތެރެއިން ހޫދު ވަނުމަށްފަހު ނުކުމެގެން އައީ އައިޝާާގެ ޝޯލްއެއް އަތަށް ލައިގެންނެވެ. އައިޝާގެ އަތުގަ ހިފަމުން ތުނޑިޔާ ދިމާއަށް ހިނގައިގަތީ މިއައީ ޒާންބެޔަސްވެސް ގުޅާފައޭ ކިޔަމުންނެވެ. މިހާރު ހޫދު ހުންނާނީ ކުޅިވަރު ކުޅެން އެންމެންނަށް ދައުވަތު ދީފައޭ އައިޝާ ހިތަށްއެރިއެވެ.
“ހައި. މިގޭ ކުއްޖެއްދޯ. ދޮންބެގެ ރައްޓައްސެއްވީމަ މިގޮވާލީ” ރީނާޒްއަށް މަގުމަތިން އައިޝާފެނުމުން އޭނަކައިރީގައި މަޑުކޮއްލީ މަގުމަތީގައި އިތުރު މީހެއް ނެތުމުންނެވެ.
“ތީ ރެއިންބެގެ ކޮއްކޮ ދޯ. އެއީ ހޫދުގެ ބެސްޓް ފްރެންޑޭ. ހިނގާބަލަ ހޫދުމެންނާއެކުގަ ކުޅެން ” އައިޝާ އަނގަހުޅުވާލުމުކުރިޔަށް ޖަވާބުދިނީ ހޫދުއެވެ. ރެހާންގެ ކޮއްކޮ ރަށަށް އައިކަން ހޫދުއަށްވަނީ އެނގިފައެވެ. އައިޝާއަށް ހޫދުގެ އަނގަގަދަކަމުން ހެވުނެވެ. ރީނާޒްއަށް އަމިއްލައަށް ތައާރަފުވެލަމުން ތިންމީހުން އެއްކޮށް ހިނގައިގަތެވެ.
” ރޭ އެހާ އަވަހަށް އައީ ފަތިހު ވެލާނަގަންދާން ދޯ” މިސްކިތުން ގެޔަށްއައި ރާއިންއަށް އައިޝާމެން ފެނުމުން ދިމާކޮއްނުލާ ނުހުރެވުނެވެ. ރާއިން ގޭގަ ނަމާދުކުރަން އުޅެނިކޮށް މިސްކިތަށް ދާންޖެހުނީ ރެހާން ކުރުނުކުރީމައެވެ. ރޭގަ އެހާލަހުން ނިދުމުން ނަމާދުން އައިސް އަވަހަށް ނިދަންބެނުންވެފަހުރި ރާއިން އެމީހުން ފެނުމުން ނިދިފިލިއެވެ.
“ވެލާނަގަންވެސް ރާއިންއެށް ކަންނެއްކަމުން ނުތެދުވެއެއްނު.” އައިޝާވެސް ސަމާސާ ރާގަކަށް ބުނެލީ ރަނގަޅު މޫޑެއްގައި ހުރުމުންނެވެ. ރާއިން ބޯކަހާލީ އެއީ ތެދުކަމަށްވާތީއެވެ. ފަތިސްގަޑީގަ އޭނަވަރަށް ކަންނެއް ވާނެއެވެ.
” ހޫދު ތިދަނީ ބްލައިންޑް ފޯލްޑް ކުޅެންތަ. ކުޑަރެއިންބެވެސް ދާނަމޭ. އެބައަންނަން ގެޔަށް ވަދެލާފަ” ރާއިންވެސް ބޭނުންވީ ކޮންމެވެސް ބަހަނާއެއް ދައްކާލުމަށްފަހު އެމީހުންނާ އެކުގަ ދާށެވެ.
އައިޝާމެންނަށް އަތިރިޔަށް ނުކުމެވުނުއިރު ޒާމިންމެންނަށްވެސް އާދެވުނެވެ. މީހަކު ސުވާލެއް ކުރުމުގެކުރިން ހޫދު އެންމެނަށް ރީނާޒް ތައާރަފުކޮއްދިނެވެ. ރެހާންގެ ކޮއްކޮއަކަށްވުމުން އެންމެންވެސް ވަރަށް އަވަހަށް ރީނާޒްއާ އެކުވެރިވިއެވެ. އެންމެންވެގެން ހޫދުގެ އެދުމަށް ކުޅިވަރު ފެށިއިރު ފުރަތަމަ ލޯމަތީގަ ފޮތި ބަންނާނެ އެކަކުވެސް ނުވިއެވެ. އެންމެފަހުން ހޫދު އައިސް އައިޝާގާތު ފޮތި ބަނުމަށް ބުނުމުން އައިޝާ އެއްބަސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.




Hello guyss. Salaam. So here is 16th ep.. hipe you guyss will enjoyy..inshaAllah tmrw ga next???ly guyss???????
Maa kuru…anebai dhigu kollacehy
Yeh sure i’ll try??
Warahh reeethi mi part vess.. i love it.. awaha up kohdehchey drln..?❤️?
Thanks dear. InshaAllah tday
Haadha avahah mi nimunee..kiyaahithun indha.. Dhera dho.. Vv reethi ingey awa..????
Awwwwn???thankss darling???
alhey kiya hithun hureema kanneynge ehaa kuru hen heevani. varah reethi mi part ves <3 hoody ulhey goiy vara cute <3 :* thankx avavara reethi hama, cant wait for the next part -_- Been waiting for this part all day
Thankyou dhooonii???? love you❤❤❤❤
Alhey.. Awa.. Plx.. Mi aishaa ge secret reveal kohbala.. Plx next part dhigu kohlaachey.. ?
Alheyyy????thankyou??
Haadha kurey mi part …….. but v nice
Thankss
Meega vaanuvaa ehaa saafeh nun… Baeh faharu v confusing….
Dhn rangalhu vaane inshaAllah
Wowwwww! Habeys ????????????
Thankss sanaa???
Awa Haadha molhey vaahaka liyan, hama obinexx to the max keep it up Awa dhoonnii???
Awwwnn???thankss????
Hey Awa…..
Masha allah mi part vess vvb reethi…
KEEP IT UP….
Plx one more part.plx plx plx dear….waiting 4 next part.??????????????????????????????????????
Hey friendss??
Thankss darling??
InshaAllah tmrwga next
Nice ingey keep it up
Thankss dear??
Kihineh tha mi vany mihaaru mi vaahaka ga… Raain tha hoody ge bappa aky noony Rehaan tha.?? Btw story vrh nice ingey. Whn next part.? Inthizaaru ga mihury.. ly Awa❤️❤️
Heheheh. Lets see dhww???
Thankss??? inshaAllah tmrw ga next
hey awa love❤ ☺?
varah loabi mi storyy.. amazing ??
but i’m gonna miss this lovely story n you ?
anyways, keep going dear ?
LYSM ❤???
Hey sjk love????
Thankyou dear??
Why did you say you are gonna miss????
Lysm???
Hoody vahthary raain aa dhw…is rain is hoodhs’ dad?
Hey rehan. Kihinehtha rehan thi hadhany??? lets see dhw hoody ge dad akee kaaku thw
Aisha akee snaash dho an hoodyge dad akee rehan an raain akee rehan mom ge dharifulhu dhw awa
Lets see??
alhey Awa dhooni mirey adhi one part up kohla dheebaa pls
InshaAllah tday
V.v.nice….??????
Thanks dear?
Hey awa Wow! V reethi story ahe ……
Awa Haadha molhey……
Lafuzuthah athuraalaafa hunnaleh v furihama…..hama out standing well done Awa …..
Knmedhuvahaku cmnt nukuriyass story kiyan ingey love you Awa dhoonnii??????
Hey saam??
Thankyou so much????lym????
Wooooow …. very nice❤❤❤❤❤☺☺☺☺
Thank you dear
Wow! Wow! Awa, reethi kamun hama bunaane ehcheh ves neynge…….
Awa vareh neh hama mihaaru mi site ga vaahaka liyuntherin thakuge thereinneh. ……. Ehaaves best….
Awa ge mi story kiyany v kiyaalaa hithun. … Keep it up Awa dhoonnii???????????
Hey axky dhoonii??
Thank you sm??
Ly????
next part kon irakun? story varah nice… waiting for next part… ?
Thank dheee??? inshaAllah today
Varah reethi vaahaka ?
Thanks dear??
Haadha kurey next part dhigukoh genesdhechey
Yeh sure dear??
Awa avahah up kohla dheeba maadhamaa annandhenves kehnuvey
inshaallah today???
Awa ❤.. v reeethi mi vaahaka.. esfiya inn vaahaka nukiyaathaa dhuvas kolheh vejje.. ekm reyga mivaahaka kiyan fashaafa mihaathanah up vefa huri hurihaa episodes kiyaafin.. vvv rethi.. inthizaaruga mihury next part ah.. kn gadi eh ga up koh dheyny? morning or afternoon? mihaaru neyge esfiya load kurevunu adhadhehvx new episode up vitho balan.. love it.. keep going.. insha allah, you will be a successful writer.. lots of love ???
Hey dear. I so happy to know???up kolleveyne vaki gadieh bunaakah neingey ulhen jehey gothun?bt i’ll try my best to upload daily. Hope you will like and read the story.. n rangalhu kuran v kankan faahaga kolladheyne kamavx ummedh kuran.. lysm???❤❤❤??
Waiting for new episode…
Nice
Hoodh akee rehaange dhariyeh rehaan aai raain eh e ehbadu dhemeehun v kiyaahithun mi inni avahah upkohdheeber plx plx