Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަނަރަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 24, 2017 8 Mins Read
57 Comments

“ހަލޯ ސަންޝައިން. ކީކޭ؟ ” ލެޕްޓޮޕްގެ ސްކްރީންއަށް ގެއްލިފައިއިނދެ ރެހާން ފޯން ނަގާ ކަންފަތުގަ ޖަހާލީ ސަނާޝް ގުޅިކަމަށް ހީކޮށެވެ. މާބޮޑަށް ހަނދާންވީކަމަށް ވެދާނެއެވެ.
“ރެއިން. ވަރަށް އަވަހަށް ގެޔަށް އާދެވިދާނެތަ.” އަނެއްކޮޅުން އިވިގެން ދިޔައީ އާސިމާގެ އަޑެވެ. އެއަޑުގައި އެކުލެވިފައިވާ ހާސްކަން ރެހާންއަށް އިހުސާސް ކުރެވުމުން ކުރަންހުރި މަސައްކަތް ބަހައްޓާފައި ގެޔަށް ދިޔުމަށް އަވަސްވެގަތެވެ. އަނެއްކާ ސަނާޝްއަށް ކަމެއްވީބާއެވެ؟
“އޭ ނިހާން. ބައްޕަ ގާތުގަ ބުންލައްޗޭ މުހިންމުކަމަކު އަހަރެން ގެޔަށްދިޔަ ވާހަކަ” ރެހާންއަށް ނިހާންއާ ދިމާވީ އޮފީހުން ނުކުންނަންދިޔަ މަގުމަތިންނެވެ. އެއަޑުގައިވެސް ހާސްކަމެއްވިއެވެ.
” ބޮސް ތަންކޮޅެއް ކުރިން ގެޔަށް ދިޔައީ. ވަރަށް ހާސްވެފަ ހުރީ” ނިހާންއަށް އިމްރާން ތަނކޮޅެއްކުރިން ގެޔަސް ދިޔަކަން އަންގާލިއެވެ. ރެހާން އިތުރަށް ހާސްވިއެވެ. ސަނާޝް ހެޔޮހާލުގަ ލައްވާތޯ ހިތާހިތުން ދުޢާކުރެވުނެވެ.
ގެޔަށް ވަތްއިރު އެތެރޭގައިވަނީ މަރުގެ ހަމަހިމޭންކަމެވެ. އެވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެތެރަށް ވަދެގެން ދިޔަ ރެހާންއަށް ކޮޓަރީ ދޮރުމަތީގައި ހުއްޓިލައިގެންހުރި އާސިމާފެނި އެ ދިމާއަށް ހިނގައިގަތެވެ. ކައިރީގައި ޖަނާން ހުއްޓެއްކަމަކު އެކަމާ އަޅައެއްނުލިއެވެ. އާސިމަ މަޑުމަޑުން ރެހާންގެ އަތުގަހިފާ އޭނާގެ ކޮޓަރިޔަށް ވެއްދިއެވެ. އަދި ދޮރު ކައިރި ކޮއްލުމަށްފަހު ރެހާންގެ ކޮޓަރިޔާދިމާއަށް ބަލަހައްޓައިގެން ހުރުމުން ރެހާންވެސް ވާނުވާ ބަލަން ހުއްޓެވެ. ދެތިން މިނިޓްވީއިރުވެސް އިތުރުކަމެއް ނުހިނގުމުން ރެހާން ގާތަށް ރުޅިއައެވެ. މީދެން އާސިމާ ހައިޑްއެންޑް ސީކް ކުޅެން ގަޑިއެއްބާއޭ ރެހާން ހިތަށްއެރިއެވެ. ނަމަވެސް ހުރިގޮތަށް ގުޑާނުލައި ހުންނަންޖެހުނީ އާސިމާ އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރުމުންނެވެ. ކޮޓަރީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރި ރެހާންއަށް ފެނިގެން ދިޔައީ ގަބޫލުކުރަންވެސް ދަތި މަންޒަރެކެވެ. އެކަހަލަ ދުވަހެއް ދެއްކެވުމުގެކުރިން އޭނާގެ ފުރާނަ ގެންދެވިނަމަވެސް މާރަނގަޅުވީހެވެ. ރެހާންގެ ކޮޓަރިން ބޮލަށް ޓީޝާޓެއް މަހަމުން ނުކުތް ފިރިހެންމީހާ ދެފަރާތް ބަލާލުމަށްފަހު މަޑުމަޑުން ގެއިން ނުކުމެގެން ދިޔައިރުވެސް ރެހާންހުރީ ފިޔަވަޅެއް އަޅަން ނޭނގުނުތާ އަގަވެސް ހުޅުވާލަން ނޭނގިފައެވެ.
“ސޮރީ ރެއިން މިގޮތަށް މަންޒަރު ދައްކަން ޖެހުނީމަ. ޖެނީ މަންމައަށްވެސް ރިޕޯޓް ދެއްކީމަ ފުރަތަމަ ގަބޫލެއް ނުކުރެވުނު. ދެން ފަހުން ސަނާޝްގެ ހަރަކާތްތަކަށް ފާރަލީމަ އޭނާގެ ގޮތް ރަނގަޅަށް އެނގުނީ. ރެއިންވެސް ޖެނީގެ ވާހަކަ ގަބޫލު ނުކުރީމަ މަންމަ ހިތަށްއެރީ ހުރިހާކަމެއް ދަރިފުޅާ ބައްޕަޔަށް ދައްކާނީއޭ. މިއޮއް ހުރިހާ ދުވަހު ސަނާޝް އެންމެންގެ ލޮލުގަ އަނދުން އަޅުވައިގެން އުޅުނީ. ނޭނގޭ ގޭގަ މީހަކު ނެތިލާ ކިތަށް ފިރިހެނުން ކަމެއް ގެޔަށް ވެއްދީކީވެސް. އެފިރިހެނަކު ވައްދައިގެން ކޮޓަރީގަ އެގަނޑެއްގަންނަ އަޑުއިވިގެން ބައްޕަވެސް އެދިޔައީ ގެއިން ނުކުމެގެން” އާސިމާ ދިޔައީ އޭނަޔަށް ހެދުނު އެންމެ މޮޅަކަށް ވާހަކަހަދަމުންނެވެ. އެކްޓުޖައްސަމުން ދިޔައިރު އަސްލެކޭ އެއްވެސް ތަފާތެއް ނެތެވެ. އާސިމާގެ ވާހަކަތަކުން ރެހާންގެ ލޭކެކިގަތެވެ. އެދިޔަގޮތަށް ދޮރުގަ ބާރަށް ފައިން ޖަހާލަމުން ހުޅުވާލިއިރު އެނދުގައި ނިދާފައޮތް ސަނާޝް ފެނުނެވެ. އަދި ރެހާންގެ އެނދުގަ އެހެން ފިރިހެނަކު ގޮވައިގެން އުޅޭނެގޮތަކަށް އުޅިފައި އަރާމުކޮށް ނިދަން މި އަންހެނާ ލަދެއްވެސް ނުގަނޭބާއޭ ރެހާންގެ ހިތަށްއެރިއެވެ. ބަލާކަށް ނުހުރެ ސަނާޝްގެ އަތަށް ކުއްލިޔަކަށް ޖެހިލަތްކާއެކު އެނދުންނެގިއެވެ. ސަނާޝް ވާނުވާއެއް ނޭނގި ހުރީ ދުވަހަކުވެސް ރެހާން މިހާ ރުޅިއައިސްފައިވާތަން ނުދެކޭތީއެވެ.
” ބަލާބަލަ..ސަނާޝްތީ ތިހާ ގޮތެއް ފޮތެއްް ނެތް މީހެއްކަމަށް އަހަރެން ހިޔެއް ނުކުރަން. ތިމާމީ މާ މާތްމީހެއްކަމުގަ ހެދިގެން އުޅުނިއިރު ތިހާ ނުބައިވާނެ ކަމަކަ އަހަރެން ހިޔެއްނުކުރަން” ރެހާންގެ އަޑުވަނީ ވަރަށް ގަދަވެފައެވެ.
“ކީކެތަ ރެއިން ތިކިޔަނީ؟ ކާކު ކީއްކުރީތަ” ސަނާޝްއަށް ބިރުން ރޮވުނެވެ.
“ހަނދާން ކުރާތި ތި މުޑުދާރު ދުލުން އަހަރެންގެ ނަންވެސް ނުގަންނާތި. ގޮތެއްފޮތެއްނެތް އަންހެނާ. އަހަރެންގެ ލޯބީގެ ބަދަލު ދޭން އިނގުނީ ތިހެންތަ. އަހަރެން ގޭގަ ނެތްވަގުތު ތަކުގަ ހިލޭފިރިހެނުން ކޮޓަރިޔަށް ވައްދައިގެން” ރުޅިއައިސްފަ ހުރިވަރުން ރެހާންއަށް އަތުންފައިން ގޯސް ހެދިދާނެޔޭ ހީވާފަހަރުވެސް އާދެއެވެ.
” ކީކޭތަ ތިކިޔަނީ. އަހަރެން އެކެއްވެސް ގެޔަކަށް ނުގެންނަން. ތީ އަނެއްކާ މިހިރި ޖަނާން ރެއިންގެ ބޮލަށް ވައްދައިގެން އުޅޭ ވާހަކައެއް. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ” ސަނާޝްއަށް ކުރިޔަށްވުރެ ބާރަށް ރޮވުނެވެ. މިފަދަ ގަޑިޔަކު ބައްޕަ އަންނާނެނަމަ ކިހާރަނގަޅުހެއްޔެވެ.
“އަދި ހުރިހާ ހަޑިއެއްހާވައިފައި އެހެންމީހުންގެ ބޮލަށް އެބަޖަހައެއްނު. އަހަރެންގެ މިދެލޮލުންނޭ ދުށީ އެފިރިހެނާ ނުކުމެގެންދަނިކޮށް. އަހަރެން ގާތުގަ ދޮގުހަދާނެކަމެއްނެތް” ކޮންޓްރޯލުން ނެއްޓި ރެހާންއަށް ސަނާޝްގެ ކޮލުގައި ވަރަށް ބާރަށް ހިފުނެވެ. މިތަން ބަލަންހުރި އާސިމާ ރެހާން އެއަންހެން ކުއްޖާއަށް ކޮންމެފަދަ ކަމެއްވެސް ކޮއްފާނެޔެ ހިތަށްއެރިއެވެ.
” ރެއިން ބައްޕަ ފޯނެއް ނުނަގާ. ނިކަން ދަރިފުޅު ގުޅާބަލަ، ބައްޕަޔަށް ކަމެއްވެސް ވެދާނެ. ތިގޮތެއްފޮތެއްނެތް އަންހެނާ ގެއިންނެރެ އެއްލާލާ. ދާނެތަނަކަށް ހިނގޭދާނެއެއްނު” އާސިމާ އޭރު ދިޔައީ އިމްރާންއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ.
“ހަމަމިހާރު މިގެއިން ނުކުމޭ. ދެންއަނބުރާ އަހަރެންގެ ކުރިމައްޗަށް އަރަން މަސައްކަތް ނުކުރާތި. ތިކަހަލަ ޑީގްރޭޑް އަންހެނުންނަށް އަހަރެންގެ ހަޔާތުން ޖާގައެއް ނޯންނާނެ” ރެހާން ސަނާޝް ދަމަމުން ކަހަލަ ގޮތަކަށް ދޮރުން ބޭރަށް ކޮއްޕާލިއެވެ. ސަނާޝް ކުރިއާދޭހާ ރުއިރުއިމަށް ރެހާން ދިނީ ބީރުކަންފަތެކެވެ. އެއަންހެން ކުއްޖާ ރެހާންގެ މުޅި ދިރިއުޅުން ފަނާކޮއްލައިފިއެވެ. އެހިތަށް ކިތަންމެ އަނިޔާއެއްވިޔަސް ދުވަހަކުވެސް ސަނާޝްއަށް މާފެއް ނުކުރާނެއެވެ. ރޮއޮރޮއި އިން ސަނާޝްއަށް ބަލާލުމެއްނެތި ދޮރުލައްޕާލިއިރު ރެހާންގެ ހިތުގައި އެތަށް ވޭންތަކެއް އަޅަމުން ދިޔައެވެ.
ރެހާން އޭނާގެ ބައްޕައަށް ގުޅުމަށް އަވަސްވެގަތީ އާސިމާ ދެވަނަފަހަރަށްވެސް އިމަރާން ފޯނުނުނަގާ ވާހަކަ ތަކުރާރު ކޮއްލުމުންނެވެ. ރެހާންގެ ބައްޕައަށް ކަމެއް ވެއްޖެނަމަ އޭނާ ސަނާޝް ދިރިއުޅުމަށް ނުކުޅަދާނަވާވަރު ހަދާނެއެވެ.
“ބައްޕަ ކޮންތާކުތަ. އަޅުގަނޑު ދަންތަ ބައްޕަ ގާތަށް” ފުރަތަމަ ރިންގުން ފޯނުނެގުމާއެކު ރެހާން އަވަސްއަރުވާލައިފައި ބޭނުންވީ ބައްޕަގެ ހުރިތަނެއް ބަލާށެވެ.
“ދަރިފުޅާ ހަމަޖެހިފަ ބައްޕަ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ” އިމްރާންގެ އަޑުގައިވީ މަޑުމޮޅިކަމެވެ. ބައްޕަގެ އެދުމުގެ މަތިން ރެހާން އެކަނިވެލިއެވެ.
” ދަރިފުޅާ. މިއޮއް ހުރިހާދުވަހު ބައްޕައަށް ހުރެވުނީ ކުއްހީއެއްގެ ތެރޭގަ. ދަރިފުޅަށް ސިފަކޮންދިނަކަހަލަ މީހެއް ނޫންއެއީ.. ދަރިފުޅުގެ މަންމައަކީ އެޔަށްވުރެ މާމާތް އަންހެނެއް. އޭނަ ދުވަހަކުވެސް ބައްޕައަށް ބޭވަފާތެރިއެއްނުވޭ. ބައްޕަ ހަމަހޭފިލައިގެންހުރެ ކުރި ކުށެއްގެ ސަބަބުން މަންމަ އަހަރުމެން ދޫކޮށްދިޔައީ. ދަރިފުޅަށް އާސިމާ ވިސްނައިދިން ގޮތުންނަމަ ދަރިފުޅުގެ މަންމަ ބައްޕަގެ އޭރުގެ އެންމެ ގާތް އެކުވެރިޔާގެ ދަރިޔަކަށް ބަލިވެއިނީ. ބައްޕައަށްވެސް އޭރު ގަބޫލު ކުރެވުނީ އެހެން. އެކަމަކު އެފަދަ އެއްވެސް ކަމެއް އެމީހުންގެ ދެމެދުގަ ނުހިނގާ. ބައްޕަޔަށް އާސިމާ އޮޅުވާލި. ބައްޕަޔަށް އާސިމާޔާއެކުގަ އެެހެން ނޫޅެވުނުނަމަ މަންމަ މިއަދުވީހީ އަހަރުމެންނާ އެކުގަ. ދަރިފުޅާ މަންމަޔެއް ނޫން ނަހަލާލަށް ބަލިވެއިނީ. އެހެން އަންހެނަކު ބައްޕަގެ ދަރިޔަކަށް ނަހަލާލަށް ބަލިވެ އިނީ. ބައްޕަ އެދެނީ ދަރިފުޅުގެ މަންމަ ހުރިތާކުން ހޯދުމަށް ދަރިފުޅަށް ކުރެވުނު މަސައްކަތެއް ކުރުން. އަދި އެދުވަހަކުން މަންމަގެ ކިބައިން މާފަށްއެދުން. ދަރިފުޅުވެސް ބައްޕަޔަށް މައާފް…..” ދެން އިވިގެން ދިޔައީ އިމްރާންގެ ހަޅޭކުގެ އަޑެވެ.

ރެހާން މޫނުގައި އަނެއްކާވެސް އަތް އަޅާލީ ލޮލަށް ކަރުނަ ޖާމާވެފައި ވުމުންނެވެ. އެދުވަހަކީ އޭނާގެ މުޅިދިރިއުޅުން އެފުއްމިމުށަށް ޖެހިގެން ދިޔަ ދުވަހެވެ. ދުނިޔެއިން އެންމެ ލޯބިވި ދެމީހުން އޭނަޔާ ވަކިވި ދުވަހެވެ.
“އެ އެކްސިޑެންޓްގައި ބައްޕަ ނިޔާވީ. މިއަދާ ހަމަޔަށްވެސް އަހަރެންގެ ބައްޕަގެ މަރުގެ އިލްޒާމް އަޅުވަމުން މިދިޔައީ ކުށެއްނެތް މައުސޫމް ކުއްޖެއްގެ ބޮލުގަ. އަހަރެންމީ ކޮންކަހަލަ ފިރިއެއްތަ. އަހަރެން އޭޝްދެކެ އެންމެ ފުރިހަމައަށް ލޯބިވިނަމަ އެފަދަ ބޮޑު އިލްޒާމެއް އެޅުވުމުގެ ބަދަލުގަ އެ ލޯތްބަށް އިތުބާރު ކުރިސް. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއްނޫންކަން އެންމެ ރަނގަޅަށް ދަންނަނީ އަހަރެން. އެކަމަކު ދެވަނަ ފަހަރަށްވެސް ލޮލަށް ފެނުނު ކަމެއްގެ މައްޗަށް އިތުބާރު ކުރެވުނީ. އެދުވަހު އެންމެފަހަރަކުވެސް އެދެލޮލަށް ބަލާލިނަމަ އޭޝްގެ ކުށެއްނެތްކަން ޔަގީންވިސް. އެކަމު އޭގެ ބަދަލުގަ އަހަރެން ހިތަށް އައިހާ އެއްޗެއް އޭނަޔާ ދިމާއަށް ގޮވުނު. އޭނަ އަހަންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ. އެދުވަހު ހަށި… އެހެން ނުބުނެވުނުނަމަ. އަހަރެންމީ ކޮންކަހަލަ ފިރިޔެއްތަ ” ރެހާންހީވީ ކުޑަކުއްޖެއްހެންނެވެ. ރެހާންގެ ވާހަކައިން ރާއިންއާ ޒާމިންއަށްވެސް ފުންއަސަރުތަކެއް ކުރުވައިފިއެވެ. ދެމީހުންވެސް ތިބީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެމީހުންގެ އެންމެ ގާތް އެކުވެރިޔާ މިފަދަ ހިތާމަތަކެއް ކުރާކަށް ބޭނުމެއް ނުވެއެވެ.
“ރެހާން. އަހަރެން ނަމަވެސް ހަމަ ކަންތަށް ކުރެވުނީހީ ތިހެން. މަންމަޔެއްގެ މަގާމުގަ ހުރި މީހަކު އެހާބޮޑު ކެއްސެއް ދޭނެކަމަކަށް ނުވިސްނާނެ އެކަކުވެސް. އެކަމު ބުނަން ރެހާންވީގޮތް ކިޔާދިނުމަށްފަހު އަމިއްލަކުއް ގަބޫލުކޮށް ހެޔޮހިތުން މާފަށް އެދިއްޖެނަމަ ރެހާންގެ އަންހެނުން މައާފް ކުރާނެ. ރެހާންދެކެ ލޯބިވަންޏާ ރެހާންގެ ވާހަކަ ގަބޫލުކުރާނެ” ޒާމިންބެލީ ރެހާން ހިތްހަމަޖައްސާދެވޭފަދަ ވާހައެއް ދައްކާށެވެ. ރާއިންވެސް ޒާމިންގެ ވާހަކަޔާ އެއްބަސް ވިއެވެ. ރެހާންއަށްވެސް އެހެން ދިމާވީ މީހަކު އޮޅުވާލީމަ ނޫންހެއްޔެވެ. އަނިއްކޮޅުން މިވީހައި ދުވަހު އެހެން އަންހެން ކުއްޖަކަށް އެހަޔާތުން ޖާގަނުދި އެ ހުރީވެސް އަންހެނުންދެކެވާ ލޯބި ހިތުގަ ފޮރުވިފަވާތީއެވެ.
“އެކަމަކު މިއަދާ ހަމަޔަށްވެސް އޭޝް ހޯދުމަށް އަހަރެންކުރި މަސައްކަތްވި ބޭކާރު.” ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކަމަށް އަލިމަގެއް ލިބިފައި ނުވާތީ ރެހާން ވަނީ މާޔޫސްވެފައެވެ.
“ކެއްކޮއްލާ އަދި ތިކަންވާނެ އިންޝާﷲ. ކުރިން ހޯދީ ބަދަލު ހިފާކަށްނު. އެކަމު މިހާރު އޭނަ ހޯދާނީ މާފަށްއެދި ލޯބިވާވަރު އަންގަދެން” ރެހާން އުންމީދު ކަނޑާލާކަށް ޒާމިންއެއް ބޭނުމެއް ނުވެއެވެ. ރާއިންވެސް އެދެނީ އަލުން އާއަޒުމަކާއެކު ރެހާން އޭނާގެ އަންހެނުން ހޯދަން މަސައްކަތް ކުރުމެވެ.
“ހަމައަސްލުވެސް ރޯމިޔޯއެކޭދޯމީ” ރެހާންގެ ކޮނޑުގައި ބޮޑިއެއް އަޅާލަމުން ރާއިން އެހެންބުނެލީ ތަނުގައިވާ ނުތަނަވަސްކަން ފިލުވާލުމަށެވެ. ރެހާންއާ ޒާމިންއާ ދެމީހުން އެފަހަރާ ރާއިންގައިގަ ތަޅައިގަތީ މިކަހަލަ ވަގުތަކުވެސް ސީރިއަސް ނުވާނެޔޭ ކިޔާފައެވެ. އެއްމެ ދެރަވެފަ އިންނަގަޑިޔަކުވެސް ރާއިންއަށް އެންމެން ހެއްވާލަން އިނގޭނެއެވެ. ރާއިންއަށް ލިބިފައިވާކަހަލަ ދިރިއުޅުމެއް ރެހާންއަށްވެސް ލިބޭނެނަމައޭ އޭނާ ހިތަށް އެރިއެވެ.
“މިހާރު ކޮންކަމަކާ ބަނަކޮއްލީ ތި؟ ” ރެހާންގެ މޫނުމަތީގައިވި ހިނިތުންވުން ފަޑުވުމުން ޒާމިން ސުވާލުކޮއްލިއެވެ.
“މިއޮއްހިރިހާ ދުވަހު އޭޝް ނުފެނުނުތާ މަންމަ ހޯދަން ކުރިމަސައްކަތްވެސްވީ ބޭކާރު. އެކަމުދެން އުމުރުގެ ބާކީއޮތްބައި މިރަށުގަ އުޅެނިކޮށް މަންމަޔާ ދިމާވާނެޔޭ ހިތްބުނަނީ.” ރެހާންގެ ސިކުނޑީގައި އަދިވެސް އެނބުރެމުންދަނީ އެހިޔާލުތަކެވެ. އޭނާގެ ދިރިއުޅުމަށް އުފާވެރިކަން އަންނާނީ ކޮންއިރަކުންބާއެވެ؟
“ޗިލް. މަންމަވެސް މާ ގިނަދުވަހެއް ނުވެ ފެންނާނެ އިރާދަފުޅުން. ފެނުނީމަ އަހަރުމެންނަށް ވާނެ މަންމަގެ ކެއުން ދޭން. އޭގެ ކުރިން މިރޭވެސް ބޭނުންކެއުން. ހޮޓަލުން. އެއީ މިގޭގެ ދޮރުތަށް ސުންނާފަތިކުރުމުގެ ބަދަލެއްގެ ގޮތުން. އިތުރަށް އަހަންނާ ޒާމިން އެވަރަށް ހާސް ކުރުވީމަ” ރާއިން ބަަލަނީ ކޮންމެވާހަކައެއްވެސް ޖޯކަކުން ނިންމާލެވޭތޯއެވެ. އެވާހަކަޔާ އެއްބަސްވެލަމުން ޒާމިންވެސް ރެހާން އަތުހިފާނެގީ އޯޑަރަކަށް ކާން ދާށެވެ.
” އޭ އަދި ކާން ދިއުމުކުރިޔަށް އެބަޖެހޭ ތައްޔާރީތަށް ކިހާހިސާބަކަށް ދިޔަތޯ ބަލާލަން. މިރޭ ލައްވާލިކަމަކުން އެތަނަށް ދާންވެސް ހަނދާންނެތިފަ މިއިންނަނީ. އޯޑަރުކޮށްފަ ހޮސްޕިޓަލަށްގޮސް ބަލާލާފަދޯ ދާާނީ” މިރޭ އަދި ހޮސްޕިޓަލަށް ނުދެވޭތީ ރެހާން ފުރަތަމަބޭނުންވީ އެތާކަންކަން ނިމިއްޖެތޯ ބަލާށެވެ. އަހަރީދުވަސް އަންނަން އެންމެދުވަހަކަށް ވެފައިވާއިރު ކަންތައްތައް ކުރިޔާލާ ނިމިފަހުރުމަކީ ރެހާން ބޭނުންވާގޮތެވެ. ރެހާންގެ ބެލުމުގެ ދަށުން ކުރިޔަށްދާ ފުރަތަމަ ހަރަކާތްކަމަށްވުމުން އޭނާބޭނުންވީ ކަންކަން ވީހާވެސް ފުރިހަމައަށް ކުރާށެވެ.
“މިރޭ އަހަރުމެން ނުދިޔަސް އޯކޭވާނެ. އަހަރެން އައިޝާ ގާތުގަ ބުނިން އެތާގެ ކަންކަން ނިމުނުތޯ ޔަގީންކޮއްލަން. މެސެޖްކޮށްފަބުނި އެންމެ އައިޓަމެއްގެ ކޮސްޓިއުމް ނޫނިއްޔާ ތައްޔާރަށް ހުރިވާހަކަ. އެވެސް މިރޭގަ ލިބޭނެޔޯ ބުނީ” ވާހަކައެއް ހަނދާންވެގެން ޒާމިން ބުނެލިއެވެ. އިތުރު ކަމެއް ނެތުމުން ތިންއެކުވެރިން އެކުގައި މިސްރާބުޖެހީ ކެފޭއާ ދިމާއަށެވެ.

“ދަރިފުޅާ.. ހޫޑީ. ދެން ތެދުވެބަލަ. މިހާރު ނަމާދުކޮށްގެން ނިދާލެވިއްޖެއެއްނު. މަންމި ގަޑިޖެހިދާނެއޭ. ” އައިޝާ ބެލީ އޭނާ ދިއުމުކުރިން ހޫދުގެ ކަންކަން ނިންމާލައިފައި ދެވޭތޯއެވެ. ހެދުނުގެ ނާސްތާއަށްފަހު ޒަމްރާއާ ހޫދު ހަވާލުކުރުމަށްފަހު މިއަދު ހަތަރުދަމު އޭނާ އުޅެންޖެހޭނީ ހޮސްޕިޓަލުގައެވެ. މީގެކުރިން ހޮސްޕިޓަލުގެ އެކަހަލަ ހަފްލާތަކުގަ މާބޮޑަށް ބައިވެރި ނުވިނަމަވެސް މިފަހަރު އައިޝާއަށް ޖެހުނީ ހުރިހާ ކަމެއްގަ ބައިވެރިވާށެވެ. ތަނަށް ލިބިފައިހުރި ފިސާރި ވެރިޔެކޭ އައިޝާގެ ހިތަށް އެރިއެވެ.
“އަހަ ޒަމްދައްތަ އައީތަ. ހޫދު ނުގެންގޮސް ލަސްވާތީދޯ. އަހަރެންނަށްވެސް މިހުރީ އަސްލުގަ ލަސްވެފައޭ. ހޫދުދަރިފުޅު ދޭއިނގޭ ޒަމްދައްތަޔާއެކުގަ. މަންމިއަށް ބްރޭކެއް ލިބިއްޖެޔާ ދަރިފުޅުގާތަށް އަންނާނަށް.” ޒަމްރާ ފެނުމުން ހޫދުއަށް ސައިދީފައި ތަށިތަށް ނަގަންހުރި އައިޝާ ކުރިޔަށްވުރެވެސް އަވަސްކޮއްލިއެވެ.
“މަންމި އޯކޭވާނެޔޭ އުނދަގޫ ވަންޏާމުން ނަޔަސްވެސް. މަންމި އެކަލަ ޕާޓިއަކަށް ނުވެސް ދަމެއްނު އަދި. މިރޭގަ ހޫދު ނިދުމުގެ ކުރިން ރީތިވެފަ ހެދުން ދައްކާލައްޗޭ. އޭރަށް ވަރަށް ހެޕީވާނެ” ހޫދު ހީކުރީ ހޮސްޕިޓަލުގައި ބޮޑު ޕާޓީއެއް ބާއްވަނީ ކަމަށެވެ. ކިތަންމެ ކުޑަނަމަވެސް އައިޝާ އެކަހަލަ ތަންތަނަށް ނުދާކަން ހޫދުއަށް ވިސްނުނެވެ. އެހެންފަހަރުތަކާާ ހިލާފަށް މިފަހަރު އައިޝާ އެހަފްލާގައި ބައިވެރިވާތީ ހޫދުހުރީ ވަރަށް އުފަލުންނެވެ. މީގެކުރިން ހޮސްޕިޓަލުގެ ހަފްލާތަކަށް ހޫދުވަނީ ޒާާމިންއާއެކުގައި ގޮސްފައެވެ. އެހެންކަމުން އެތަން ވަރަށް މަޖާވާނެޔޭ ހޫދުހިތަށް އެރިއެވެ.
“ޔަގީނެއްނު ހޫޑީ. މަންމި އަންނާނަމޭ ހުޑީ ނިދަންވީމަ. ހޫޑީގެ ފެވަރިޓްކުލަ ލާނީވެސް.” އައިޝާ ހޫދުގެ ކޮލަށް ބޮސްދެމުން ގޭގެ ތަޅުދަނޑި ޒަމްރާޔާ ހަވާލުކުރިއެވެ.
“އައިޝާ ލަސްނުކޮށް ބޭރަށް ނުކުންނާތި. ރެހާންއާ ރާއިންއެބަތިބި ކާރުގަ ދަރިފުޅު ނިކުންނަންދެން މަޑުކޮއްގެން. ޒާމިން މިންނު ގޮވައިގެން ދާތީވެ ދިއުމުކުރިން ރެހާންއަށް ގުޅާފަބުނީ އައިޝާ ގޮވައިގެން އަންނައްޗޯ..” ޒަމްރާވެސް މާވާހަކަ ދިގުނުކޮށް ހޫދުއަތުގަ ހިފައިގެން ގެޔަށްދާން ނުކުތެވެ. އެއީ އައިޝާ އެންމެ ބޭނުންވާގޮތް ކަމުގައި ނުވިނަމަވެސް ރެހާންމެން މަޑުކޮއްގެން ތިއްބާ ހިނގާފާދިއުން ރަނގަޅުކަމަކަށް ނުވާނެތީ އެމީހުންނާއެކުގަދާން ތައްޔާރުވެލިއެވެ.
ކާރުގެ ފަހަތު ސީޓުހުސްކޮށްއިނީ އޭނާގެ ނަސީބުންނެ އައިޝާ ހިތަށްއެރިއެވެ. ހިނިތުންވުމެއް ދިނުމަށްފަހު ފޯނާކުޅެންފެށީ ވާހަކައެއް ދައްކަން ބޭނުންނުވާތީއެވެ. ހޮސްޕިޓަލަށް ދެވުނުއިރުވެސް ކާރުތެރޭގަ ވީ ހަމަހިމޭން ކަމެވެ. ކާރު މަޑުކޮއްލުމާއެކު ޝުކުރިއަޔާއެ ބުނެލުމަށްފަހު އައިޝާ ފަބައިގެން އެތެރެޔަށް ވަދެގެން ދިޔައީ ރެހާންމެންނަސް ބަލާލުމެއް ނެތިއެވެ.
“މާތްކަލާކޯ. ކޮންކޮޅަކުން އިރުއަރާފަ ހުރި ދުވަހެއްބާ؟” ރާއިންގެ ޖުމްލައިން ރެހާންއަށްވެސް ހެވުނެެވެ. ރާއިންއަށް ހަމަ ސާބަހޭ ބުނެލުމަށްފަހު މަޑުކުރުމެއްނެތި އެތެރެޔަށް ވަދެގެން ދިޔައީ މިއަދު މީބުރަދުވަހަކަސް ވާނެތީއެވެ.
މުޅިދުވަސް ހޭދަވެގެން ދިޔައީ ވަރަށް ބުރަކޮށެވެ. ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފަކުވެސް ތައްޔާރީތަކުގައި ވަރަށް ރަނގަޅަށް ބައިވެރިވިއެވެ. އަވަދިނެތި މަސައްކަތުގައި އެއްބަޔަކު ޝޯވް އޮންނަ ހޯލް ތަޔާރު ކުރަމުންދިޔައިރު އަނެއް ބަޔަކު އެމީހުން ބޭނުންކުރަން ހަމަޖެހިފައިވާ ރޫމްތަށް ތައްޔާރުކުރުމުގައި އުޅެއެވެ. ޝޯވް ބޭއްވުމަށް ރަށު ސުކޫލުގެ ތަނަވަސް ހޯލާއި ކްލާސްރޫމްތަށް ލިބިފައިވުމުން ކަންތައްތައް ނިންމުމަސް އެތައްފަސޭހަތަކެއް ވިއެވެ. އެހެން މުވައްޒަފުންނެކޭ އެއްފަދައިން އައިޝާވެސް ތަންތައްޔާރުކުރުމުގަ އަވަދިނެތި އުޅުނެވެ. މިހެން އުޅުމުގެތެރޭގައިވެސް އައިޝާ ދެތިންފަހަރު ހޫދުއަށް ގުޅާލީ އޭނަ އައިޝާމަތިން ވަރަށް ހަނދާންވާނެކަން އެނގޭތީއެވެެ. މިއަދު ހޫދު ގާތުގައި ޒަމްރާނޫން އެހެންމީހަކު ނުހުންނާނެތީ ހޫދުވަރަށް ފޫހިވާނެޔޭ އައިޝާ ހިތަށްއެރިއެވެ.
އިރުއޮއްސިގެން ދިޔައިރު ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިއްޖެއެވެ. މުޅި ސަރަހައްދުހެން ވަނީ ބޮކިފަތިން ޖަރީކޮއްލާފައެވެ ހޮސްޕިޓަލުގެ ނަމާއި ގުޅޭނެގޮތަށް މުޅި ހޯލް ވަނީ ތައްޔާރުކޮއްލާފައެވެ. ތަނބުތަކުގައި ކަޅުކުލައިގެ ޑިޒައިންތަށް ކުރަހާ ތަތްކޮއްފަވާއިރު ރަތްކުލައިން ފަވާލެވިފައި ވެއެވެ. ‘ބްލެކް ރޯޒް’ މިނަމާ އެންމެ ގުޅޭނެ ފަދައިންނެވެ. އަހަރީ ދުވަހުގެ ކަންކަން ޑޮކްޓަރުންނާ ހަވާލުކުރުމުން އެމީހުން ވަކިފަހަކަށް ނުޖެހޭކަން ތަނަށް ބަލާލި ކޮންމެ މީހަކަށް އެނގިގެންދާނެއެވެ. އަހަރީދުވަހުގެ ތީމަކަށްވެސް ހަމަޖެއްސީ ކުންފުނީގެ ނަންވިއްޔާއެވެ. އެންމެން ތައްޔާރުވުމައްޓަކާ ގެޔަށް ދިއުމުގެ ކުރިން ރެހާން ހުރިހާ މުވްއްޒަފުންނާ ބައްދަލުކުރިއެވެ. އަދި ޝޯވް ފެށޭއިރުގަ އެންމެންވެސް އަހަރީދުވަހުގެ ހާއްސަހެދުން ބެނުންކުރުމަށް އެދުނެވެ.
އަވަސްއަރުވާލައިގެން ގެޔަށް އައި އައިޝާ ގޭގައި ހޫދުއާ ޒަމްރާ އުޅޭކަން އިނގުމުން ހަމަޖެހުނެވެ. އަނެއްކާ ހޫދުބަލާ ދާކަށް ނުޖެހުނުކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ.
“ބަލާ މަންމީ. މިހުރީ މިހާރު ނިދަން ތައްޔާރުވެގެން. ކޮޓަރިޔަށް ވަތްއިރު ކުޑަމެޒުދޮށުގައި ފޮތެއްހިފައިގެން ޒަމްރާއަށް ކިޔާދެން އިން ހޫދުއަށް އައިޝާފެނުމުން ލައިގެން އިންނިދާހެދުން ދައްކާލިއެވެ. ހޫދު ހުރީ އައިޝާއަސް ފަސޭހަވާނެހެން ކަންތަށްކޮއްފައެވެ. މިކަމުގަ ޒަމްރާގެ އެހީތެރިކަން ލިބުމުން އައިޝާ އެކަމައްޓަކާ ޝުކުރު އަދާކުރިއެވެ.
“އައިޝާ ދަރިފުޅު ޝުކުރު އަދާކުރަންޖެހެ ކަންކަމެއްވެސް ނޫނެއްނު ދެންތީ. ދެންތިހެން ވާހަކަދައްކަން ނުހުރެ ދޭބަލަ ތައްޔާރުވާން. ދިއުމުގެ ކުރިން ޖޫސްބޮއިގެން ދާނި. އައިޝާއަށް ކާން ވަގުތުނުލިބޭނެކަން އެނގޭތީ ޒަމްރާހުރީ އަންނަންވާއިރަސް ޖޫސް ތައްޔާރުކޮއްފައެވެ.
ތައްޔާރުވަމުން ދިޔަ އައިޝާ ހުރީ އެހެދުން ލާން ޖެހުމުން އުނދަގޫވެފައެވެ. އެކަމަކު ކޮންމެގޮތެއް ހަދާފަނަމަވެސް މިނޫން ހެދުމެއް ލެވޭކަށްނެތެވެ. މިހެދުމަކީ ހޫދުއަށް ރީތިވެގެން ބުނިހެދުން ވިއްޔާއެވެ.
ޓަކިޖަހާލުމަށްފަހު އައިޝާގެ ހުއްދަލިބުމުން ހޫދު އެތެރަށްވަނީ ޒަމްރާވެސް ގޮވައިގެނެވެ. އޭރު ތައްޔާރުވެގެންހުރި އައިޝާ ލޯގަނޑު ކުރިމަތި ހުއްޓިލައިގެންހުރީ އަމިއްލަ ނަފްސަށް ބަލާށެވެ. އެފެންނަނީ ކުރީގެ އައިޝާއެ އެކަކުވެސް ހިތަށްނާރާނެއެވެ.
“ވާއު ބިއުޓީފުލް މަންމީ. ހޫދު އޭރުވެސް ބުނީމެއްނު ތިހެދުންލީމަ މަންމަ ހީވާނީ ޕްރިންސެސްއެއްހެނޭ. އެކަމު މިކުލައިގެ ލިޕްސްޓިކް ޖައްސާލާފަ ބްރައުން ލޮލެއްލީމަ ހީވާނީ ކުއީންއެއްހެން. ދޯ ޒަމްދައްތާ؟” ހޫދު ބެނުންވަނީ އޭނާގެ މަންމަ ވީހާވެސް ރީތިވެގެން ހުންނާށެވެ.
” މާޝާﷲ ދަރިފުޅު މިރޭ ވަރަށް ރީތި. ހޫދު އެބުނީ ހަމަ ރަނގަޅަށް” ޒަމްރާވެސް ހޫދުގެ ވާހަކަޔާ އެއްބަސްވެލި އޭރުން އައިޝާއަދި މާފުރިހަމަވާނެކަން އެނގޭތީއެވެ. ހޫދު ކުރުނުކޮށް ކިޔަން ފެށުމުން އައިޝާއަށް ޖެހުނީ ހޫދު ބުނިގޮތަށް ކަންތަށް ކުރާށެވެ.
“މަންމި ދެންދަނީއޭ. މިހާރު އެޔޮށްގަޑިޖެހެނީނު. ބަސްއަހައިގެން ނިދާލާ އިނގޭ ހޫޑީ. ޒަމްދައްތާ އަހަރެން ދިޔައްޔޭ. އަހަރެން ލަސްވާނެ. އެހެންވީމަ ނިދާލަ އިނގެ” އައިޝާ ހޫދުގައިގައި މަޑުމަޑުން ބައްދާލަމުން ބުންޏެވެ. ޒަމްރާ ނެތްނަމަ މިކަހަލަ ތަނަކަށް ނުދެވުނީހޭ އައިޝާ ހިތަށް އެރިއެވެ. ހިތާހިތުން ޝުކުރުވެރިވަމުން ހޮސްޕިޓަލަށްދާން ހިނގައިގަތެވެ.
ގޭތެރޭގައި އާސިމާއާ ޖަނާން ވަރަށް ފޯރިއަރުވާލައިފައި ރީތިވެ އުޅުނީ މިރޭގެ ޝޯވްއަށް ދިޔުމަށެވެ. ދެމީހުންވެސް ހީވަނީ ދެރަތްކަމަނާހެންނެވެ. ބުރުގާ އަޅާފައި ހުއްޓެއްކަމަކު ޖަނާންވެސް ލާފައި ހުރީ މުޅިގަޔަށްހެން ހިފާފައިހުރި “މާމެއިޑް” ހެދުމެކެވެ. އާސިމާއަށްވުރެ ގަޔަށް މޭކަޕް ކޮއްލާފައި ހުރިއިރު ހީވަނީ މޫނުމަތީގައި ނުހާކާ އެންމެ ކުލައެެއްވެސް ނެތްހެނެވެ. އޭރު ރީނާޒް ރާއިންއާއެކުގަ މަޑުކޮށްގެން އިނީ ލަސްވެފައެވެ. އާސިމާމެން އައިސް ކާރަށްއެރި ވަގުތު އެމީހުންތިބިގޮތްފެނި ރާއިންގާތަށް ހިނިއަޔެއްކަމަކު އެކަން ކޮންޓްރޯލް ކުރިއެވެ. ރީނާޒްއަށްވެސް ހެވުނީ އެދެމީހުން މާވަރަކަސް މޭކަޕްކޮއްލާފަ ހުރުމުންނެވެ. ރެހާންގެ ހިތް ރުއްސަން އައި ޖަނާންއަށް އެކަން ވާނެބާއޭ ރީނާޒް ހިތާހިތުން ކިޔާލިއެވެ. މިއޮއްހުރިހާ ދުވަސްވީއިރުގަ އެކަންނުކުރެވުނު މީހަކަށް ވަކި މިހާރު އެކަން ވާނެބާއެވެ.
ކާރު ދުއްވަމުންދިޔައިރު ރާއިން ވިސްނަމުން ދިޔައީ ރީނާޒްއާ ދޭތެރޭގައެވެ. ކިހާ ސާދާ ކުއްޖެއްހެއްޔެވެ. މަންމަ އެހާ ގޮތްބޮޑުކޮށް ހެނދުން އަޅާފައި ވާއިރުވެސް ރީނާޒް ލާފައިވަނީ ވަރަށް ‘ސިމްޕަލް’ ހެދުމެކެވެ. އުޅަބޮއްޓާހަމަޔަށް އަތްހުރި ކަޅުކުލައިގެ ހެދުމުގެ މޭމަތީގައި ރަތް އެސްތަކެއް ޖަހާފައިވުންނޫން އެހެން އެއްވެސްގޮތެއް ހަދާފައެއް ނެތެވެ. ކަކުލަށްވުރެ ތިރިޔަށް އެހެދުން ހުރިއިރު އެ ހަށިގަނޑާ ވަރަށް ގުޅެއެވެ. އިސްތަށިގަނޑު ހާމަޔަށް ދޫކޮއްލާފައި ވާއިރު ރަތްކުލައިގެ ހިމަހިމަ ބޭންޑެއްނޫން އެހެން އެއްވެސް އެއްޗެއް ބޭނުންކޮށްފައެއްނެތެވެ. އެޔާ ހިލާފަށް އާސިމާއާ ޖަނާން ހީވަނީ ފެޝަން ވީކަކަށް ތައްޔާރުވެގެން ތިބިހެންނެވެ. މީކޮންމެތަނަކަށް ދާއިރުވެސް އެމީހުން ހެދުންއަޅާ ގޮތްބާއޭ ރާއިންގެ ހިތަސް އެރިއެވެ. ކާރު ސުކޫލުކައިރީގައިވާ ހުސްޖާގައެއްގައި ޕާކްކޮއްލުމަށް ފަހު އާސިމާގާތުން ހުއްދަ ނަގައިގެން ރާއިން ރީނާޒް ގޮވައިގެން މުވައްޒަފުން ތިބެން ހަމަޖެހިފައިވާ ރޫމްތަކާ ދިމާއަށް ހިނގައިގަތެވެ. ޝޯވް ފެށުމުގެ ކުރިން ރީނާޒްއާ ރެހާން ބައްދަލުކުރަން ބޭނުންވެފައި ހުރިވާހަކަ ބުނުމުންނެވެ.
” އާޗާ. ހާދަ ނަލަވެއްޖެޔެ ދޯ މަގޭ ބޭބީ ސިސްވެސް” ރެހާާންއަށް ރީނާޒްފެނުމުން ކުޑަގޮތަކަށް ބައްދާލުމަށްފަހު ތައުރީފުކޮއްލިއެވެ. ރާއިން ހަމައަސްލުވެސްއެ ބުނެލީ ރެހާންއަށް އެކަނިން އަޑުއިވޭވަރަށެވެ. ރެހާން ލޯ އަޅާލުމުން ރާއިން މައިތިރިވިއެވެ.
“ދޮންބެ މާ ސްމާޓް މިރޭގަ.” ރީނާޒްވެސް އޭނާގެ ދޮންބެޔަށް ތައުރީފުކޮއްލިއެވެ. އޭނާގެ ދޮންބެޔާ ރާއިން ވައްތަރު ގޮތެއް ހުންނަކަން އެވަގުތު ރީނާޒްއަށް ފާހަގަވިއެވެ. އެއީ ދެމީހުން އަޅާފައިވާހެދުން އެއްގޮތަކަމުންކަމަށްވެސް ވެދާނެއެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގަ ހުރިއިރު ކަރުގަ އަޅާފައިވާ ބޯވް ޓައީ ހުދުގަމީހާ ވަރަށް ގުޅެއެވެ. ޝޫވް ފެށެން މާގިނައިރެއް ނެތުމުން ރީނާޒް އެތެރެޔަށް ދިޔައެވެ. ރެހާންވެސް ހަރަކާތްތަށް ހުށައަޅާދެން ތައްޔާރުވެފައިވޭތޯ ބެލުމަށް އުޅުނެވެ.
ޝޯވް ފެށެން ވަގުުތު ކުޑަތަންވެފައިވާއިރު އައިޝާވެސް ހުރީ ޝޯވް ހުށައަޅަން ތައްޔާރުވެގެނެވެ. އައިޓަމަކަށް ނާރާ އައިޝާއަށް ސަލާމަތްވެވުނީ ޝޯވްގެ ބޮޑުބަޔެއް ހުށައަޅާދެން އެއްބަސްވުމުންނެވެ. އައިޝާޔާއެކުގަ ޝޯވް ހުށައަޅަން ހަމަޖެހިފައިވަނީ އޭނަޔާއެކުގަ މަސަތްކަތްކުރާ ޑރ.ދާނިޝްއެވެ. ދެމީހުންވެސް މައިކު އަޅާ ތައްޔާރުވެލުމަށްފަހު ސްޓޭޖަށް އެރުމުން ފަރުދާ ކެހިގެން ދިޔައެވެ. ހުރިހާ މުވައްޒަފުންވެސް ޝޯވް ފެށުނު ގަޑިޔަށް ހޯލަށް ވަނީއެދެމީހުންގެ ކުޅަދާނަކަން ހުރިވަރެއް ބަލާލާށެވެ. ސްޓޭޖްމަތިން އައިޝާ ފެނުުމުން ރެހާންއަށް ހީވީ ޕަރީއެއް ފެނުނުހެނެވެ. ގަދަރަތްކުލައިގެ މަހުމާފޮތިން ފަހާފައިވާ ހެދުމެކެވެ. ކުރިމަތިން ކަކުލާ ހިސާބަށްހުރިއިރު ފަހަތުން ބިންމަތީގަ ކޭތޭނެއެވެ. ތިރިޔަށްވެސް ލައިގެންހުރީ ގަދަ ރަތްކުލައެއްގެ ސްކިނީއެކެވެ. އުނަގަނޑާ ހަމައިން ރަންކުލައިގެ ބެލްޓެއް އަޅާފައިވާއިރު އެޔާގުޅުވައިލައިގެން ރަންކުލައިގެ ޝޯލްއަކާއި ހަމަ އެކުލައިގެ ބޫޓަކަށް އަރާފައިވެއެވެ. ހެދުމާ ގުޅޭނެފަދައިން ތުންފަތުގައި ގަދަރަތްކުލައެއް ޖައްސާލާފައިވާއިރު ދިގުއެސްފިޔަތަކަށް ވަނީ މަސްކަރާޖައްސާފައި ހުރުމުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިފައެވެ. މުށިކުލައިގެ ކަޅި އިތުރަށް ހިތްގައިމުކަމަށް ދައްކަނީ އަނދުނުން އެރީތި ދެލޯ ފަވާލައިފައި ވުމުންނެވެ. އައިޝާ ފެނުނު ކޮންމެމީހަކަށްވެސް ދެވަނަފަހަރަށް އޭނާޔާ ދިމާއަށް ބާލާލަން މަޖުބޫރުވާނެކަން ގައިމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ނޭނގި ހިތޭ ތިއަތުލީ

Next

ތިޔަ ލޯބީގެ ހައްޤުގައި (12)

Next
November 24, 2017

ތިޔަ ލޯބީގެ ހައްޤުގައި (12)

Previews
November 24, 2017

ނޭނގި ހިތޭ ތިއަތުލީ

57 Comments!

  1. Awa says:
    November 24, 2017 at 2:14 pm

    Hello guyss. Here is 15th ep. Miadhun feshign varah busy vaane. Ekm vx network area ga ulhenyaa konme dhuvahakuvx eh part up kueveythw balaanan inshaAllah. Have a good day.. love you guyss?????

  2. Shaa says:
    November 24, 2017 at 2:21 pm

    Me first oh yaa yaa finally ???story adhi nues kiyan ekm v reethi vaane kan egea thankuu avaha up kohladhiny thee ??

    1. Awa says:
      November 24, 2017 at 3:13 pm

      Yes dear???
      Thankyoo???

  3. PRINCESS AFU says:
    November 24, 2017 at 2:25 pm

    alhey story haadha salhiey MASHA ALLAH ???????
    Kyp it up awa ??

    1. oh mah god says:
      November 24, 2017 at 2:51 pm

      hey.. are you from ims ? afa? gr 6?

    2. Awa says:
      November 24, 2017 at 3:14 pm

      thankss princess

    3. PRINCESS AFU says:
      November 24, 2017 at 3:39 pm

      No I am 15 years old and my name is not afa

  4. xim says:
    November 24, 2017 at 2:26 pm

    Wow vvv reethi … When next part????? Plx miadhu adhi eh part

    1. Awa says:
      November 24, 2017 at 3:16 pm

      Thankss.. inshaAllah change kollevunuhaa avahah??

  5. Rsh says:
    November 24, 2017 at 2:28 pm

    V Reethi…???

    1. Awa says:
      November 24, 2017 at 3:17 pm

      Thanks dear

  6. Hashaa says:
    November 24, 2017 at 2:30 pm

    Me first,,,,wow varan reethi,,,,,,,?????????????,,,,,,

    1. Awa says:
      November 24, 2017 at 3:18 pm

      Thanks hashaa??????

  7. Xaal says:
    November 24, 2017 at 2:31 pm

    Story vex kiyaifin vrh salhi Hama abadhu inthizaaru kurevenee

    1. Awa says:
      November 24, 2017 at 3:19 pm

      Awwwnn.. thankss darling???

  8. rau says:
    November 24, 2017 at 2:33 pm

    v reethi mi story?

    1. Awa says:
      November 24, 2017 at 11:47 pm

      Thanks rau

  9. Xish says:
    November 24, 2017 at 2:44 pm

    Vv reethi

    1. Awa says:
      November 24, 2017 at 11:49 pm

      Thanks dear

  10. zym says:
    November 24, 2017 at 2:45 pm

    varah varah reethi mi vaahaka. aneh bayah varah inthizaarukurevey

    1. Awa says:
      November 24, 2017 at 11:51 pm

      thanks zym. InshaAllah tmrw

  11. Shaa says:
    November 24, 2017 at 2:48 pm

    Masha allah v v reethi sifakurun v salhi ???❤

    1. Awa says:
      November 24, 2017 at 11:52 pm

      Thanks shaa.. ???

  12. Xaaaan says:
    November 24, 2017 at 2:50 pm

    Wow v salhi mi partves??

    1. Awa says:
      November 24, 2017 at 11:54 pm

      Thanks xaaan. Actually my very close friend’s name is also xaaan??????

  13. Limsha says:
    November 24, 2017 at 3:14 pm

    Nice

    1. Awa says:
      November 24, 2017 at 11:56 pm

      Thankss lim dhoonyaa

  14. Black beauty says:
    November 24, 2017 at 3:14 pm

    Story ge pic badhal kuraathi kudakoh undhagu gotheh hurey

    1. Awa says:
      November 24, 2017 at 11:57 pm

      Ohh i’m so sorry dear. Dhn vaahakarh liyA iruga i’ll kyp that in mind??

  15. Anth says:
    November 24, 2017 at 3:38 pm

    Vvv reethi vaahaka hama best

    1. Awa says:
      November 24, 2017 at 11:59 pm

      Thanks darling??

  16. Juvey says:
    November 24, 2017 at 3:54 pm

    V v reethi. .v happy vey thihaa avahah up kohdheythee awaa doonee ..???❤

    1. Awa says:
      November 25, 2017 at 12:00 am

      Thankss juvey dhoonii???

  17. Juvey says:
    November 24, 2017 at 3:55 pm

    Adhi 1 part up kohdhehchey doonee ingeyy ??.. thi photo vx v salhi. .???

    1. Awa says:
      November 25, 2017 at 12:02 am

      thankss dhoonii.. tmrwga nxt inshaAllah

  18. Friends says:
    November 24, 2017 at 4:25 pm

    Hey Awa….
    Masha allah mi part vess vvvvvvv reethi….
    Mi pic vess vvvv nice ingey dear not change…..
    Waiting 4 next part…
    Today one more part dhw.hehehe….????????????????????????????????

    1. Awa says:
      November 25, 2017 at 12:05 am

      Hey friends.. hw?
      Thankss?????
      InshaAllah tmrw ga next???

  19. Anonymous says:
    November 24, 2017 at 4:27 pm

    *** This Comment has been removed due to violation of Esfiya rules. ***

    1. update says:
      November 24, 2017 at 8:24 pm

      Keekey thi kiyanee

    2. saam says:
      November 25, 2017 at 11:02 am

      Why stupid…..girl…..

    3. saam says:
      November 25, 2017 at 11:09 am

      Sorry sorry not stupid ( girl) why …
      Can you tell me why I can’t see in bad……so plx don’t fight plx… And plx look esfiya rules ?? ❓❓❓❓☑☑

  20. Xxxx says:
    November 24, 2017 at 4:37 pm

    Thanks a lot dear..keep it up..story as usual v.nice???

    1. Awa says:
      November 25, 2017 at 12:09 am

      U r wlcm??
      Thankyou also???

  21. annoying reader says:
    November 24, 2017 at 6:10 pm

    alhey varah reethi <3 :* i wonder hw rains mom and janaan will react seeing ash 😀 wonderful,im in love with this story! ur the best, this story is nw one of the best story in esfiya <3 i wish to read it completely -_-! Ehaaves reethi,waiting for the next part

    1. Awa says:
      November 25, 2017 at 12:12 am

      Avahah engeyne janaanmn ge reactions vx..???
      Thankyou aloooot dhoonigandaa??lysm???❤❤

  22. Ainth says:
    November 24, 2017 at 9:32 pm

    V v v reethi mi part vess v kiyaa hinvey konme dhuvahaku vess up kuranchey

    1. Awa says:
      November 25, 2017 at 12:15 am

      Thanks dear.. as i said inshaAllah i’ll upload daily if i’m in network coverage area

  23. sana says:
    November 24, 2017 at 11:58 pm

    Wow!hama mi part ves super!?????
    Awa plx then liyaa story ahe liyaanee biruveri koh plassssssssssssssss I am sure if you write like that that story will very very very nice plx???????????????????????????

    1. Awa says:
      November 25, 2017 at 12:19 am

      thankss sana love??next story already plan koffa inee..n tbh i dont even read biruveri vaahaka. Ekmvx try eh kollaanan ingey????

  24. shaxu says:
    November 25, 2017 at 12:41 am

    wow v v reethi

    1. Awa says:
      November 25, 2017 at 7:49 am

      thanks dear

  25. Firoo says:
    November 25, 2017 at 10:52 am

    Vvvv rythi story… I think raain and rehash are siblings kan neynge. … waiting for next part. …❤❤❤❤❤

    1. Awa says:
      November 25, 2017 at 1:14 pm

      Thankss???letss see…. avahah genesdheynan??

  26. Maahy says:
    November 25, 2017 at 1:20 pm

    Story ge inthixaar ga…
    Adhi kihaa ireh vaane…
    Waiting ?

    1. Awa says:
      November 25, 2017 at 2:33 pm

      Thankss..Avahah inshaAllah

  27. Ash says:
    November 25, 2017 at 2:12 pm

    This is my first comment abt ur story. The story is awesome. U hav the talent.
    Sifakurun hama v superb.
    Daily koh upkohdheythee v hinhama jehey.
    Waiting for the next episode. Keep going.
    Lasnukoh upkoh dhehchey. Ly ?

    1. Awa says:
      November 25, 2017 at 2:35 pm

      Hey ash… i so happy to know that.. thankss dhoonii???

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސޯޅަވަނަބައި)←


All Right Reserved!