Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސާދަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 23, 2017 5 Mins Read
46 Comments

“ބައްޕަ ބަލަ ރެހާންް. އެފޮތް ނުދިނީ” ކޮޓަރިން ނުކުމެގެން އަންނަ އިމްރާންފެނުމުން ސަނާާޝް ކުޑަކުއްޖެއްހެން ބޮޑާހާކާލިއެވެ. ސަނާޝްއަށްއެހެން ބުނެވުނުތަނާހެން ރެހާންގޮސް ކޮޓަރިޔަށް ވަދެއްޖެއެވެ. އެތަންފެނި ސަނާޝްވެސް ރެހާންގެ ފަހަތުންދިޔަތަން ބަލަންހުރި އިމްރާންއަށް އެކުދިން އުޅުނުގޮތް ފެނިފައި ހެވުނެވެ.
“ދެން ތިދީބަލަ. މާފު ކޮއްފީމޭ. މިހާރު ދުވެދުވެ ވަރުބަލި ވެއްޖެއޭ” ކޮޓަރިޔަށް ވަތް ސަނާޝް އުނަގަނޑުގައި އަތް އަޅުވާލީ ވަރުބަލި ވެގެންނެވެ. ސަނާާޝް މާފްކުރުމުން ރެހާން އެފޮތް ދިނީ ކުރިންވެސް ތިގޮތް އޮތެއްނޫންހޭ ކިޔާފައެވެ. ރެހާން އެހެން ބުނުމުން ސަނާޝްގާތަށްވެސް އައީ ރުޅިއެވެ. އެނދުމަތިން ބާލީހެއްނަގާ ރެހާންއާދިމާއަށް އެއްލީ އޭނަގައިގައި ބޮނޑިއެއް އަޅާށެވެ. ސަނާޝް އެހާވަރަށް ދުއްވީމަ އޭގެ ބަދަލުގައެވެ. ރެހާންވެސް ދޫނުކުރަންވެގެން އެބާލިސް އެނދަށްއެރި ސަނާޝްއަށް އެއްލިއެވެ. ބާލީހުންޖެހި ސަނާޝްއަތުގަ އޮތްފޮތް ވެއްޓުމުން ސަނާޝް ދެވަނަ ހަމަލާއަކަށް ތައްޔާރުވިއެވެ. ހީވީ ރަސްމީކޮށް ބާލީހުގެ ހަނގުރާމައެއް އިއުލާނުކުރިހެނެވެ. ނަމަވެސް ސަނާޝްއަށްވުރެ މިފަހަރު ރެހާން މާހުޝިޔާރެވެ. ސަނާޝްގެއަތުގަ އޮތް ބާލީހުގެ އަނެއްފަރާތުގަ ހިފީ ސަނާޝް އެބާލީސް އެއްލިޔަނުދިނުމަށެވެ. ދެން ދެމީހުން ފެށިސަކަރާތަކީ ބާލީހުގެ ދެފަރާތަށް ދެމުމެވެ. އެކަކަށްވުރެ ބާރަށް އަނެކަކު ހިފާލަނީ ބާލީސް އަތުލުމަށެވެ. ބާލީހުން ފައްޗެއް ކޮށައިގެން ދިޔަކަހަލަ އަޑެއްގޮވުމުން ދެމީހުން މައިތިރިވިއެވެ. އަދި އެއްފަރާ ހޭންފެށުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. ސަނާޝްއާއެކު ހޭދަވި މަޖާވަގުތުކޮޅުގެ ސަބަބުން ރެހާންގެ އަޒުމް އިތުރަށް ވަރުގަދަވިއެވެ. ސަނާޝްގެ ހިތުން ކުޑަ ޖާގައެއްވިޔަސް އޭނާ ހޯދާނެއެވެ. އެދެމީހުންގެ ސަކަރާތް ބަލަން ދޮރުކައިރީގައިހުރި ޖަނާން ފެނުމުން ރެހާން ސާނާޝްއާ އިތުރަށް ކައިރިވެލިއެވެ. މިކަމުން ޖަނާންއަށް ވާާނެވަރު ރެހާންއަށް ރަނގަޅަށް އެނގެއެވެ. އަދި މާ މާތްމީހަކަށް ވެގެން ސަނާޝްގެ ހަގީގަތޭ ކިޔާފަ ރެހާންއަށް އޮޅުވާލަން އައިސްފިއެވެ. ޖަނާންއަށް އެދެމެދަށް ދުވަހަކުވެސް ވަނަނުދިނުމަށް ރެހާން އަޒުމު ކަނޑައެޅިއެވެ.. ސަނާޝްވެސް އެތަނުން ތެދުވުމުން ރެހާން ބޭރަށް ނުކުތީ ބައްޕަ ގުޅާާކަން އެނގުމުންނެވެ. މިވަގުތު އެގުޅަނީ ކޮންމެވެސް ވާހަކައެދައްކަންކަން ރެހާންއަށް އެނގުނެވެ.
ރެހާން ކޮޓަރިން ނުކުތުމުން ސަނާޝް ފާހަނަޔަށްވަދެ މޫނު ދޮވެލީ ތާޒާ ވެލުމަށެވެ. ސައިޑް ޓޭބަލްމަތީގައި އޮތް ހެޑްސެޓްފެނުމުން ލަވަޔެއް އަޑުއަހާލާހިތްވިއެވެ. ފޯނުގެ އަޑު އެންމެ ބާރުކޮއްލަމުން ސަނާޝްއަށް މިހާރު އެންމެރީތިލަވަ ޕްލޭ ކޮއްލިއެވެ. ކުޑަކޮށް ނަށާލަމުން ލިރިކްސްއާ އެއްވަރަށް ލަވަކިޔަމުންދިޔައީ ވެފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ.
“އިޓްސް ލައިކް އަ އިޔަރ ވިދްއައުޓް ރެއިން. އޮއޮއޯ.
އައިމް މިސިންޔޫ ސޯމަޗް ކެންޓް ހެލްޕް އިޓް އައިމް އިން ލަވް.
އަޑޭ ވިދްއަޓްޔޫ އިޒް ލައިކްއަ އިޔާ ވިސްއައުޓް ރެއިން.”
މިމަންޒަރުބަލަން ދޮރުކައިރީގައި ރެހާން ހެވިފަހުރީ ފޯނުން ވީޑިޔޯކުރާށެވެ. ސަނާޝްގެ ހަނދާނެއްގެ ގޮތުގަ ރައްކާކުރަން އޭނަ ބެނުންވެއެވެ. ފޯރި ޖައްސާލައިފައި ނަށަމުންދިޔަ ސަނާޝް ހުއްޓާލީ އޭނާޖެ ސަކަރާތް ބަލަންހުރި ރެހާން ފެނުމުންނެވެ. މިއަދު ހަމަ ރަނގަޅަށްވެސް ސަނާޝް ލަދުގަނެއްޖެއެވެ.
“ވީޑިޔޯ ކުރީދޯތި.. ޑީލީޓް ކޮށްލާ މީހަކަށް ނުދައްކާ.” ރެހާން އަތުގައޮތް ފޯނު ފެނުމުން ސަނާޝްހުރީ ކަންތަށް ބޮޑުވެފައެވެ. އިތުރުމީހަކަށް އެ ފެނިއްޖެޔާ އޭނަ ލަދުން ހަލާކުވާނެއެވެ.
“ޑިލީޓްއެއް ނުކުރެވޭނެ. ކިޔަވަންދިޔައިމަ އަހަރެން ކޮންމެދުވަހަކު ބަލަން ނެގި ވީޑިޔޯއެކޭމި. ބައިދަވޭ ލަވަކިޔާއިރު ސެލީނާއަކަށް ދުލެއް ނުކުރެއިނގޭ. ނަށާލިއިރުވެސް ހަމަހީވަނީ ޝަކީރާހެން” ރެހާން އެހެން ބުނެލީ ސަނާޝް އިތުރަށް ލަދުގަންނަވާލާށެވެ. ރެހާންއަށް ރައްދުދޭން އުޅުނު ސަނާޝް މަޑުޖެހިލީ އާސިމާާ ގޮވާފައި ކާންއަންނަން ބުނުމުންނެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު އިރުއިރުކޮޅާ ރެހާން ސަނާޝްއަށް ޖެއްސުންކޮއްލައެވެ. ސަނާޝް މޫނު ކުނިކޮއްގެން އިނދެ ކަމުން ގެންދިޔައީ ކޮޓަރިޔަށްގޮސް ރެހާންގެ ކިބައިން ބަދަލު ހިފަން ރާވަމުންނެވެ. ކައިނިމުމުން މަޑުކޮއްލުމެއްނެތި ސަނާޝް ކޮޓަރިއަށް ދިޔައީ ޖަނާންވެސް އިނުމުންނެވެ. ރެހާން މަޑުކޮއްލައިގެންއިނީ ބައްޕަ ނިމެންދެނެވެ. އިމްރާނާއެކުގަ ތެދުވި ރެހާން ބައްޕައަށް ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ހިނގައިގަތީ ޓެރަސްއާ ދިމާއަށެވެ. ވިއްސާރަ ރެޔެއްނަމަވެސް ޖައްވުގެ ފިނިވައިން ހިތްހަމަ ޖައްސާލާށެވެ. ރެއިލިންގއި އަތްއަޅުވާލައިގެންގުރެ ރެހާން ވިސްނަމުންދިޔައީ ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ސަނާޝްއަށް އޭނާގެ ހިތުގެ ގޮވުމުގެ އަޑުއިއްވާނެ ގޮތަކާ މެދުގައެވެ. ސަނާޝްފުރަން ދެދުވަހަސް ވެފައިވާއިރު އެކަން ނުކުރެވިއްޖެނަމަ ދެން ޖެހޭނީ އަނެއްކާ ދެއަހަރުގެ ދިގު އިންތިޒާރެއް ކުރާށެވެ. ސަނާޝް އަންހެނުންގެ ހާއްސަ ދޮކްޓަރެއްގެ ރޮނގުން ކޯސް ހަދާ ނިމޭނީ އަދި ދެއަހަރު ފަހުންނެވެ. ރެހާން ކިޔަވާ ނިމިފަ ހުރުމުން ވަޒީފާއަކަށް ނުކުންނަން ޖެހޭނީ މާލޭގަ މަޑުކުރާށެވެ. ސަނާޝްއަށް އެހިތުގެ އެދުން ނޭނގިއެހާ ދުރުގަ ހުންނާކަށް ރެހާން ބޭނުމެއް ނުވެއެވެ. ސަނާޝްގެ އަމަލުތަށް ހުންނަގޮތުން އޭނަވެސް ރެހާންއާ ގަޔާވާކަން ވަނީ ހާމަވެފައެވެ. ވިސްނުމަށް ގެއްލިފަހުރި ރެހާން ސިއްސައިގެން ދިޔައީ ފަހަތުން އަންހެން ކުއްޖަކު ބައްދާލުމުންނެވެ. އެއީ ސަނާޝް ނޫންކަން ރެހާންއަށް ޔަގީނެވެ. ސަނާޝްއަށް އެކަލަ ކަމެއް ކުރާކަށް ނުކެރޭނެއެވެ. އަތް ނައްޓުވާލަން މަސައްކަތް ކުރަމުން ރެހާން އަނެއްފަރާތަށް އެނބުރިލިއެވެ. ޖަނާން ކުރިޔަށްވުރެ ބާރަށް ރެހާންގެ ގައިގައި ހިފަހައްޓާލިއެވެ. މިމަންޒަރު ފެނުނީ ރެހާާން ކޮޓރިޔަށް އައުން ލަސްވެގެން އޭނަޔަށް ހޯދަމުންއައި ސަނާޝްއަށެވެ. އެންމެ ސިކުންތަކަށްވެސް އެތާ މަޑުކޮއްނުލާ ސަނާޝް ދުއްވައިގަތީ އެމަންޒަރުބަލަން އޭނަޔަށް ކެއްނުވާތީއެވެ. ރެހާންއަށް މިތަންފެނި ޖަނާން ދުރަށް ކޮއްޕާލިއެވެ.
“ބަލަ އަހަރެންމީ މީހެއްގެ ފިރިޔެކޭ. ޖަނާން ގޮތެއްފޮތެއް ނެތިގެން ތިއުޅެނި. އަހަރެންގެ އަންހެނުންނާއެކު ނުލާހިކު އުފަލުން އަހަރެން މިއުޅެނީ. ކީއްވެގެންތަ އަހަރެންގެ ގަޔަށް ބޮލަށް އަރަނީ. ބުނަން ރަނގަޅު ވާހަކައެއްް. އަހަރެން ޖަނާންއަށް އެއްްވެސް ޝައުގުވެރިކަމެއް ނެތް. އަހަންނަށް ރަނގަޅީ ދުވަހަކުވެސް ދެން ޖަނާން މިގެއިން ނުފެނުނިއްޔާ” އެމަންޒަރުފެނި ސަނާޝް ނުބައި މާނައެއް ނަގާނެކަން އެނގޭތީ ރެހާންއަށް ޖަނާންދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. މަޑުކޮއްލުމެއްނެތި ތިރިޔަށްދާން ހިނގައިގަތީ ސަނާޝްއަށް ހަގީގަތް ކިޔާދޭށެވެ.
” ސަނާޝްއަށް އެފެނުނީ ހަގީގަތެއް ނޫން. އަހަރެންނާ އެ ޖަނާންއާމެދު އެއްވެސް ގުޅުމެއް ނޯވޭ” ސޯފާގައި ކަކުލުގައި ބޯއަޅާލައިގެން ރޯންއިން ސަނާޝް ފެނުމުން ރެހާންގެ ހިތުގައި ރިއްސާލިއެވެ. އެދެމީހުންގެގުޅުން މިހާ ގާތްވެފަ ވަނިކޮށް އެޔަށް ބުރުލެއް އަރާކަށް ރެހާން ބޭނުމެއް ނުވެއެވެ.
“ދެން އެހެންވެތަ އެއަންހެނާ ފާޑަކަށް ދޫކުރަންވެސް ނޭނގިފަހުރީ. ހީވަނީ އަމިއްލަ މީހެއްހެން. ބައްދާލައިގެން ހުރިއިރު ނޭނގެޔޭ ތީއަހަރެންގެ މީހެއްކަމެއް. އަހަރެންގެ ފިރިމީހާކަމެއް. ހަންޑި” ސަނާޝްއިނީ ޖަނާންދެކެ އިންތިހާއަށް ރުޅިއައިއްސައެވެ. ފޮރުވަމުންދިޔަ އިހުސާސްތަކުގެ މައްޗަށް ބާރުނުފޯރުވަން ކުރި މަސައްކަތްވެސް ބޭކާރު ވެގެން ދިޔައެވެ.
“ރެއިންވެސް ދާންވީނު އޭނަ ކައިރިއަށް. އެނަ މާހިކިވެފަ ރީއްޗެއްނު” ސަނާޝްގެ ކޮނޑުގައި ހިފައި ކޮޅަށް ނަގަން އުޅުމުން ރެހާންގެ އަތް ފޮޅުވާލިއެވެ. ސަނާޝްއަށް ޖަނަން ރެހާން ގައިގަ ބައްދާލިތަން ފެނުމުން އެހާބޮޑުވަރުވުމުން ރެހާންގެ ހިތުގައި ފޮނި ރާގެއް ކުޅެލިއެވެ.
“އައްދޭ. އޭޝް ޖެލަސްވީތަ. ގިނަގިނައިން އެހެންނެ އުޅެންވީ. އޭރަށް ޖެލެސް ވެގެންވެސް އަހަރެން ކައިރިއަސް އަންނާނެއެއްނު” ސަނާޝްް ގަޔާކައިރިކޮއްލަމުން ރެހާން ބުނެލިއެވެ.
“ހެވޭ. ދޭ ޖަނާން ކައިރިއަށް. ރެއިންއަށް އޭނަ މާާރަނގަޅެއްނު. އެހެންވެއެއްނު ޖަނާންއާ އިންނަންވެސް ތި އުޅެނީ” ސަނާޝް ހީވީ ކުޑަކުއްޖަކު ބޮޑާހާކަމުން ދިޔަހެންނެވެ. ރެހާން ކޮއްޕާލުމަށް މޭމަތިގަ ޖައްސާލިއަތުގައި ރެހާން ހިފާލީ ސަނާޝްއަށްހަގީގަތް ކިޔައިދޭން ބެނުންވެފަ ހުރީމައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަޔަށް ވަރިހަމައެވެ.
“އައި ލަވްޔޫ މޯރ ދެން އެނީތިންގް. ދެން ކީއްކުރަން އަހަރެން އެހެން އަންހެނުންކައިރިޔަށް ދަނީ. އަނެއްކާ ތިހާ ނަލަ ވައިފްއެއް ލިބިފަ ހުއްޓާ ދާނީ މޮޔައެއްނު” އެހެން ބުނެލުމަށްފަހު ރެހާން ކޮއްލިކަމަކުން ސަނާޝްގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ރެހާން އެތުންފަތުގައި ބޮސްދިނުމުން ސަނާޝްއަށް ބޭއިޚްތިޔާރުގައި ރެހާގެ ގަމީހުގައި ވަރަށް ބާރަށް ހިފާލެވުނެވެ. ސަނާޝްއަށްވެސް ރެހާންގެ އެެ އަމަލުގައި ބައިވެރި ވެވުނެވެ. މަޑުމަޑުން ސަނާޝް ގަޔާ ދުރުކޮއްލަމުން ސަނާޝްގެ ޖަވާބަކީ ކޮބާތޯ ރެހާން ސުވާލުކޮއްލިއެވެ. ޖަވާބުގައި ލަދުވެތި ގޮތަކަށް ހިނިތުންވަމުން ސަނާޝް އިސްޖާހާލިއެވެ. ދެންމެ އައިސްފައިވާ ރުޅި ގައިބުވެގެން ދިޔައީ ކޮންތާކަށްބާއެވެ؟ މިއަމަލުން ސަނާޝްގެ ޖަވާބު ރެހާންއަށް ދެނެގަނެވުނެވެ. މަޑުމަޑުން ސަނާޝް އުފުލާލިކަން އެނގުނެވެ. ދެލޯމަރައިލައިގެން އޮތް ސަނާޝްއަށް ދެން އިހުސާސްވީ މަޑުތަންމައްޗެއްގައި އޭނާގެ ހަށިގަނޑު ބީހުނުކަމެވެ. ސަނާޝް ލޯނުހުޅުވައި އޮތީ ބިރުންކަން ރެހާންއަށް އެނގުނެވެ. މީގެ ކުރިން އެއަންހެންކުއްޖާ ތަހައްމަލް ކޮއްފައިވަނީ ފިރިހެނުންގެ ފަރާތުން ލިބިފައިވި އަނިޔާއެވެ. ލޯތްބަކީ ކޮބައިކަން ސަނާޝްއަށް ރެހާން އަންގަދޭނެއެވެ
“ހާސް ނުވެބަލަ އޭޝް. އައިވިލް ނެވާއެވާ ހާރޓް ޔޫ. އައި ލަވްޔޫ ސޯމަޗް މައި އޭންޖެލް” ރެހާންގެ އަޑުގައިވި އޯގާތެރިކަމުން ސަނާޝްއަށް އޭނަޔާމެދު ފުރިހަމަ އިތުބާރު އޮތެވެ. ސަނާޝް ހިތުގަ ޖެހޭފަދަ ކަމެއް ރެހާން ނުކުރަނެކަމުގެ ޔަގީންކަން އޭނަޔަށް އޮތެވެ. އެޔާއެކު ރެހާން އަދިވެސް ބޮޑަށް ސަނާޝްއާ ގާތްވެލިއެވެ. ދެނޭވާ އެއްވެގެން ދިޔަހެން ހީވިއިރު ދެމީހުންނަށް ތިބެވުނީ އަމިއްލަ ދުނިޔެއެއްގައެވެ. ދެން އިވިގެންދިޔައީ ވާރޭގެ ބޮޑެތިތިކިތަށް މިއުޒިކެއް ފަދައިން ފުރާޅުގައި ޖެހެމުން ދިޔަ އަޑެވެ. މިއަޑުގެތެރެޔަށް ސަނާޝްގެ މަޑުހުނުމުގެ އަޑުވެސް ގެނބިގެން ދިޔައެވެ. ރެހާންއަށް އޭނާ އެންމެލޯބިވާ ސަނާޝް ހިބައިން މިލްކުކޮށްދެމުންނެވެ. މުޅި ކާއިނާތުވެސް ދެ ލޯބިވެރިންގެ ގުޅުމަށް މަރުހަބާކީކަހަލައެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅިލީ އެތަށް ދިރިއުޅުމެއް އާބާދުކޮއްދެމުންނެވެ. ވިއްސާރައަލިކޮށްލިއިރު ރެހާންގެ ދިރިއުޅުންވެސް ވަނީ އަލިވެ އުޖާލާވެފައެވެ. ކުލައެއްނެތް ސަނާޝްގެ ދިރިއުޅުމުގައި ކުލަޖެހިގެން ގޮސްފިއެވެ. ސަނާޝް އުފަލުގައި ބަހައްޓަން ރެހާންގެ އެތަށް ފުރާނަ ގުރުބާނެވެ. އެއީ ރެހާން މިދުނިޔެއިން އެންމެ ލޯބިވާ އެއްފަރާތެވެ.
” ގުޑްމޯނިންގް ސަންޝައިން. ފަތިސްނަމާދުކޮއްލައިގެން ނިދަންޖެއްސި ރެހާންއަށް ހޭލެވުނީ އިރުގެ ރަންދޯދިތަށް މޫނަށް އެޅުމުންނެވެ. އޭރު ސަނާޝް ހެޑްބޯޑުގައި ލެގިލައިގެން އިނީ އިއްޔެ ރެހާން އޭނަޔަށް ގެނެނެސްދިން ވާހަކަ ހިފައިގެނެވެ. މިއޮއްފަދަ ހެނދުނު ގަޑިއެއްގެ ނިދި ނަގާލައިފަ ވެސް މިމޮޔަ ކުއްޖާގަނޑު އެއުޅެނީ ވާހަކަ ކިޔައެވެ. ލަދުވެތި ގޮތަކަށް ހީލުމަށްފަހު ސަނާޝް އަނެއްކާވެސް ފޮތަށް ބަލާލީ ރެހާންގެ ތޫނު ނަޒަރުން ސަލާމަތް ވުމަށެވެ.
“އަހަރެން މިއަދު ހުރީ އަސްލު އޮފީހަށް ނުދަންވެގެނޭ. އޭޝް ފުރަންދެން ގޭގަ ހުންނަންކަމަށް. އެކަމު ނިހާން މެސެޖް ކޮށްފަ އެބުނީ ބައްޕަބުނެގެން ފައިލު ގެނެސްދޭށޯ” ރެހާން ފޯނަށް އައި މެސްޖް ބަލާލަމުން ކަންނެއްކަމާއެކު ތެދުވިއެވެ. ފާހާނާއަށް ވަންނަންދިޔަ ރެހާން ބަލާލީ ސަނާޝް ގޮވާލުމުންނެވެ. ފޮތުގެ ފުރަތަމަ ގަނޑުގައި “ރެއިން” ޖަހާލައިފައި ވަނީ ނިކަން ފަރިކޮށެވެ. ރެހާންއައިސް ސަނާޝްގެ އަތުގަ އޮތް ގަލަން އަތުލުމަށްފަހުގަ ރެއިން ޖަހާފައި އިންތަނުގެ ތިރީގައި ” އޭޝް” ޖަހާލިއެވެ. އަދި ސަނާޝްގެ ނިއްކުރީގައި ލޯބިން ބޮސްދިނުމަށްފަހު ތައްޔާރުވުމަށް ދިޔައެވެ.
“ކިހާއިރަކު ގެޔަށް އަންނަނީ” ސަނާޝްއަށް އެހެން އަހާނުލައެއް ނީނދެވުނެވެ. ރެހާން ލޯގަނޑު ކައިރީގަހުރިއިރު ކަޅިޖަހާނުލާ އެނާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
“ހާދަ ޑެސްޕްރެޓް ވެފައޭދޯ އަހަރެންގެ ވައިފް މީނީ. އެކަމް ސޮރީ މިއަދު ޖެހޭނީ ކުޑަ އިންތިޒާރެއްކޮއްލަން. އޮފީހަށް ގޮއްސަ އާދެވޭނީ މެންދުރުފަހުގަ ކަންނޭނގެ” ސަނާޝް ލަދުގަންނާނެފަދަ އެއްޗެއް ބުނެލުމަކީ ރެހާންގެ އާދައެކެވެ. މިކަމުން ސަނާޝްގެ މޫނުމަތިން ފެނަން ލަދުވެތިކަން ބަލާލަން ބެނުންވަނީއެވެ.
“ތިހެން މާގިނައިރު ނީނދެ ވާހަކަ ބާއްވާފަ ނިދާލަބަލަ އަހަރެން އަންނަންވާއިރަށް. އަހަރެން އައިމަ ނިދާކަށް ނޯވެވޭނެ. ތިއުޅެނީ އަހަރެންނަށް ޖަވާބެއްވެސް ނުދީއެއްނު. ކުޑަ އަދަބެއް އިންނާނެ އިނގޭ ގެޔަށް އައިއްސަ. އެކޮޅަށް ފުރުމަށްފަހުވެސް ނިދާކަށް މާގިނަ ޓައިމްއެއް ނުލިބޭނެއެއްނު.” ސަނާޝްގެ މަގަތުގައި އިށީނަމުން ރެހާން ބުނެލީ ޖާދުވި ގޮތަކަށެވެ. ސަނާާޝް ލަދުން އިސް ޖަހާލީ ޖަވާބު އެނގެޔެއްނޫންހެ ބެލަމުންނެވެ.
“އޭށް ޖަވާބު ދިންކަމަށް ގަބޫލު ކުރާނީ ހަދިޔާއެއް ދިނީމަ.” ސަނާޝްގެ އަތުގައި އޮތް ފޮތް އެއްފަރާތެއްގައި ބާވާލަމުން ރެހާން ސަނާޝްްއާ ގާތްވެލިއެވެ. ނިއްކުރިމައްޗަށް ވެއްޓިފައިވި އިސްތަށިކޮޅު އަތުން އެއްފަރާތް ކޮއްލަމުން ރެހާން ސަނާޝްގެ ކަނދުރާގައި ބޮސްދިނެވެ. މިކަހަލަ ކުޑަކަމަކުންވެސް ސަނާޝްއަށް ކުރާނެ އަސަރު ރެހާންއަށް އެނގެ ކަހަލައެވެ. ސަނާޝް މަޑުމަޑުން ރެހާންގެ ކޮނޑުގައި ދެއަތް ވަށާލިއެވެ. އަދި ލޯމަރާލުމަށްފަހު ރެހާންގެ ކަންފަތްދޮށުގައި މަޑުމަޑުން ‘އައިލަވް ޔޫ’އޭ ބުނެލިއެވެ. އެތިން ބަހަކީ ރެހާން އަޑުއެހުމަށް ބެގަރާރު ވެފައިވާ ބަސްތަކެކެވެ. ވީ އުފަލުން ސަނާޝްގެ މޫނާ މޫނު ކައިރި ކޮއްލީ އެކަކު އަނެކެއްގެ ނޭވާ އިހްސާސް ވާވަރަށެވެ. ނަމަވެސް މިފަހަރު އިސްނެގީ ސަނާޝްއެވެ. ރެހާންގެ މޫނުގައި މަޑުމަޑުން އެއަތް ޖައްސާލަމުން އެމަޑު ތުންފަތުގައި ބޮސްދިންއިރު އެމޫނުމަތީގައިވާ ލަދުވެތިކަން ރެހާންއަސް ފާހަގަވިއެވެ. ރެހާންްވެސް ސަނާޝްގެ މިއަމަލުގައި ފުރިހަމައަށް ބައިވެރިވިއެވެ. އެނދުގައި ސަނާޝް މަޑުމަޑުން ބާއްވާލުމަށްފަހު ސަނާޝް ގާތްވެލި ހިތުގެ ގޮވުންތަކަށް އިޖާބަދިނުމަށެވެ. މިލޯބިވެތި ވަގުތުކޮޅު މަޑުޖައްސާލަން ޖެހުނީ ސަނާޝްއަށް އިމްރާން ގުޅުމުންނެވެ. ފޯނު ނެގުމަށްފަހު ރެހާންއަތަށް ދިނުމުން ލައްބައޭ ބުންލާފައި ފޯން ކަނޑާލިއެވެ.
“ދެން ބައްޕަގެވެސް ޓައިމިން ހާދަ ސަކަރާތޭ. މިއޮއްފަދަ ގަޑިއަކު އެގުޅީ. ބައްޕަ ބުނާނެ އެކަމަކު އޭޝް ބޭނުން ކަންކަން ކޮށްދެންވާނެޔޭ. މިފަހަރު މިޖެހުނީ ފަހަށް މަޑުކޮއްލާކަށްނު.” ރެހާން ތެދުވެ ބެގީ ރީތިކޮއްލަމުން ބުނެލިއެވެ. ސަނާޝްވެސް ކުޑަ ހުނުމެއް ދިނީރު އެމޫނުމަތިން އަދިވެސް ލަދުވެތިކަން ފިލާ ނުދެއެވެ. ރެހާން އަވަހަސް އަންނާނެ ކަމަށް ބުނެލުމަސްފަހު ނުކުމެގެން ދިޔައީ ދާ ހިތަކުން ނޫނެވެ. ސަނާޝްވެސް ރެހާންއަށް ބައި ކިޔާލުމަށްފަހު އަލުން ވާހަކަ ކިޔުމާވެގެން އުޅުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

އައިކާ (17)

Next

ކުޅަނދުންވަންތަކަން (4 ވަނަބައި)

Next
November 23, 2017

ކުޅަނދުންވަންތަކަން (4 ވަނަބައި)

Previews
November 23, 2017

އައިކާ (17)

46 Comments!

  1. Layaa says:
    November 23, 2017 at 10:09 pm

    Yeh .. me first dhw.. adhinuvess kiyan

    1. Awa says:
      November 23, 2017 at 10:11 pm

      Yes darling????

    2. Hawwu (Layaa) says:
      November 23, 2017 at 10:20 pm

      So miadhu furaneeyaa ebunee ehenveema hama edhuvahu kaandheynee dhw nidhaabeys alhaigen .. cheche janaan i hate u .. ? .. btw vaahaka v obi. When next?

    3. Awa says:
      November 23, 2017 at 11:23 pm

      Asluvx janaan haafha goahey.
      Thankss darling.. tmrw ga next inshaAllah

  2. Awa says:
    November 23, 2017 at 10:10 pm

    Helloo readerss???
    Miothy next part vx..
    Hope you guyss will love it.?? goodnight??ly????

    1. Shau says:
      November 24, 2017 at 1:25 pm

      Wow beautiful. .. thanks awa. You are the best. Love you???

  3. shah_dher? says:
    November 23, 2017 at 10:25 pm

    cool?

    1. Awa says:
      November 23, 2017 at 11:29 pm

      Thanks

  4. smily says:
    November 23, 2017 at 10:29 pm

    me second dhw

    1. Awa says:
      November 23, 2017 at 11:27 pm

      Yes dear

  5. smily says:
    November 23, 2017 at 10:29 pm

    ekam vaahaka varah reethi

    1. Awa says:
      November 23, 2017 at 11:31 pm

      Thankss darling

  6. mahnu says:
    November 23, 2017 at 10:30 pm

    vvvv lobi igay????

    1. Awa says:
      November 23, 2017 at 11:32 pm

      Thankss mahnu??

  7. Aki says:
    November 23, 2017 at 10:30 pm

    haadha reethi ey mi part ves… ❤❤❤

    1. Awa says:
      November 23, 2017 at 11:33 pm

      Thanks dhoonii???

  8. Ree? says:
    November 23, 2017 at 10:31 pm

    Wow hama curious vani story kiyan? you are the best awa and next part ves avaha up kuraane kamah hope kuran good night sweet dreams ❤❤

    1. Awa says:
      November 23, 2017 at 11:35 pm

      thankss ree darling.? inshaAllah tmrw ga up kollaanan.. good night ande swt swt drms????

  9. Mal says:
    November 23, 2017 at 10:31 pm

    Ekam furi iraku nun tha preg ey bunee, 1 day thereyga preg kan egeytha…..
    And shaviyani shukun ragalhu kollaba, seenu sukun kurevifa huree shaviyani shukun hunnan jehey gina thanthaaga.
    Story v nice.

    1. Awa says:
      November 23, 2017 at 11:38 pm

      Thanks mal darling. Dhn sukunuge massala rangalhu kolleveythw balaanan inshaAllah. N 1 dayga preg viyas neingeyne. Kurin eps ga hunnaane bappa niyaavegen ekamuga ulhifa fahun malayah furan ulheny. So its not 1 day. Hope you undstnd.. lovess???

  10. Xxxx says:
    November 23, 2017 at 10:34 pm

    Mi story v.v.nice adhi ehaa avahah upkohdhey thee writer ah v.v.bodah thanks…???? keep it up

    1. Awa says:
      November 23, 2017 at 11:39 pm

      Thank dhoonii???

  11. Malaga says:
    November 23, 2017 at 10:36 pm

    Need the next part ASAP!!! It’s Soo cute and amazing. Love Rain and Sunshine. can we please get one more part mireyy???? Can’t wait for the next part. Oh and btw it takes 3 years ingey specialize vaan from obgyn or most of the fields.

    1. Awa says:
      November 23, 2017 at 11:43 pm

      Awwwn. Thankkyou so much love???and yeh i kept that in mind when i was writing this one. It does take 3 years. Age thah hunnaane egothag visnaign genesdheefa???ly??

  12. Friends says:
    November 23, 2017 at 10:39 pm

    Thank you so much Awa.
    Masha allah mi part vess vvvvv nice………
    Keep it up dear…..
    Gud nyt Awa….?????????????????????????????????????????????

    1. Awa says:
      November 23, 2017 at 11:44 pm

      Thanyou friends?? good night?????

  13. Limsha says:
    November 23, 2017 at 10:47 pm

    Stry hama mihaar Varah rythi

    1. Awa says:
      November 23, 2017 at 11:45 pm

      Thanks dear

  14. Fenupari says:
    November 23, 2017 at 11:11 pm

    Thiyah vureh thankolheh dhigukohla dhyba.plx.plx.vaahaka v salhi.adhi v kiyaahiyyvey…?❤????

    1. Awa says:
      November 23, 2017 at 11:47 pm

      Alhey dhn dhigu kollaanan inshaAllah. Thanks fenupari??

  15. Juvey says:
    November 23, 2017 at 11:12 pm

    Thanks awa doonee ur grt lysm ???❤???v reethi mi part vx. .waitting for next. .gdn nyt ????

    1. Awa says:
      November 23, 2017 at 11:49 pm

      Thanks juvey dhoonii???ly much more???good night?

  16. Naz says:
    November 24, 2017 at 4:06 am

    Vvvv reethi vahaka eh…thiyah vureh dhigukohla dheybala ❤️❤️

    1. Awa says:
      November 24, 2017 at 7:46 am

      Thanks dhoonii??
      N kuruvma sorry. Dhn rangalhuvaane inshaAllah

  17. Nanni says:
    November 24, 2017 at 9:29 am

    Kon irakun next prt genes dheynyy.. as always mi part vx vrh salhi.. loved it♥

    1. Awa says:
      November 24, 2017 at 2:16 pm

      Thanks dear

  18. Shaa says:
    November 24, 2017 at 10:15 am

    Masha allah v reethi mi parts ves ???? too curious nd cant wait to read next part ???❤ly

    1. Awa says:
      November 24, 2017 at 2:27 pm

      Thankyou dear???

  19. Black beauty says:
    November 24, 2017 at 11:18 am

    Awa waiting avahah up kohlaba??

    1. Awa says:
      November 24, 2017 at 2:28 pm

      Yes dear

  20. Rsh says:
    November 24, 2017 at 1:12 pm

    WoW

    1. Awa says:
      November 24, 2017 at 2:30 pm

      Thanksyou

  21. Shau says:
    November 24, 2017 at 1:27 pm

    I love this story.. avahah update koh dheythee varah happy. Thanks awa.???

    1. Awa says:
      November 24, 2017 at 2:32 pm

      Thanks dhooniii

  22. Angry birds says:
    November 24, 2017 at 2:10 pm

    Hey when tha nex part!?? Waiting I love this story a lottttt. ☺?????

    1. Awa says:
      November 24, 2017 at 2:34 pm

      Thankss.. avahah inshaAllah

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަނަރަވަނަބައި)←


All Right Reserved!