“ކޮބާ؟ ވަރަށް ސަޅި އޭ އާ އަޕްޑޭޓު. މަށަށް ޔަޤީން ސަރާ އަޅައިފިއްޔާ މޮޔަވާނެކަން. ސޯ މަށާ އެކީ ކުޅޭނެ އިތުރު މީހެއްވެސް ވާނެއެއްނު.” އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާލާ އަހަރެންކައިރީ ޕަބްޖީ އަޅާށޭ ކިޔާތާ މިހާރު މަދަކަ ދުވަހެއްނޫނެވެ. ޕްލޭސްޓޯރަށް ވަދެ އިންސްޓޯލް ކުރަން ޖައްސައިފީމެވެ. ވައިފައި އެހާމެ ސްލޯއެވެ. ރައުޓަރާއި އެންމެ ގާތުގައި ފޯނު ބޭއްވުމަށްފަހު އަހަރެން ދިޔައީ ބަދިގެއަށް މަންމަ ކައްކާފައިހުރި ކުޅިބަތްޕެން ބޯށެވެ. ޕަބްޖީ ގެ ވާހަކަތަކަކީ އަހަރެން އަބަދުވެސް […]
ދުވަހަކަށް ފަހު ދުވަހެއް ވޭތުވަނީއެވެ. ކޮންމެ ދުވަހަކު ރީހަބަށް ގޮސް އެކި ގޮތްގޮތަށް ޙަރަކާތްތެރިވަމުން އަންނަ މާހިން ނިމުމަކަށް އަންނަން ގާތްވެއްޖެއެވެ. އަހަރެން މާހިން ކައިރިއަށް ކޮންމެ ދުވަހަކު ޒިޔާރަތް ކުރަމެވެ. ބައްޕަގެ ރުހުމާއި، މަންމަގެ އެހީތެރިކަމާއި އެއްބާރުލުންވެސް އަހަންނަށް ލިބުނެވެ. އާދައިގެމަތީން މިއަދުވެސް އަހަރެން މާހިން އަށް ޒިޔާރަތް ކުރީމެވެ. އަދި މާހިން ބޭރަށް ނިކުމެލާން ބޭނުންވާ ވާހަކަ ބުނުމުން ފުރޮޅުލީގޮނޑި އަކަށްލައިގެން ބޭރަށް ދިޔައީމެވެ. ނަމަވެސް މާހިން ހިތްހަމަޖައްސާދީފައި ހޮސްޕިޓަލަށްއައި މަގުމަތީ މާހިން ނޭވައި […]
ދުވަސްތައް ވޭތުވަމުން ދިޔައެވެ. މާހިން ކައިރިއަށް ދިއުމުގެ ނިޔަތުގައި މިއަދުވެސް އަހަރެން ބޭރަށް ނިކުތީ އެހިސާބަށް ދެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ” މިއަދު ވާނީ ކިހިނެއްބާ؟” އަހަރެންގެ ދަބަސް އެއްކޮނޑުގައި އަޅުވާލަނިކޮށް އަވައްޓެރި ފާތުންދައިތަ ސުވާލު ކުރިއެވެ. އާންއެކެވެ. މާހިން ކައިރިއަށް ދާން ނިކުންނަ ކޮންމެ ދުވަހަކުވެސް އަހަރެންގެ ހިނގުމަށް ހުރަސްއަޅާ ބައިވަރު ކަންތައްތައް ދިމާވެއެވެ. ހީވަނީ އަހަރެން އެތަނަށް ގޮސްފާނެތީ ބަޔަކު ގަސްތުގައިކުރާ ކަމެއްހެންނެވެ. ނަމަވެސް މިއަދު އަހަރެން ކޮންމެ ކަމެއް ދިމާވިޔަސް ދާން […]
އިރުގަނޑެއްފަހެވެ. ހާވަމުން ދިޔަ ކަބަޑެއްގެ ތެރެއިން ނޫކުލައިގެ ފައިލެއް ލޮލުގައި އަޅައިގަތެވެ. ފައިލުގެ ބޭރުގައި އެހެން ފައިލުތަކާއި ޚިލާފަށް ރަތް ކުލައިން “ސޮޕައިނޮސެރެބެއްލާ އެޓެކްސިޔާ (އެސް ސީ އޭ ) ކޭސެސް އެންޑް ސްޓަޑީސް” ޖަހާފައިވެއެވެ.އަވަހަށް ކަބަޑުތެރެ ރީތި ކޮށްލާފައި މަންމައަންނަން ވާއިރަށް ކޮޓަރިން ނުކުމެ ތަޅުލާފައި އެ ފައިލު ހިފައިގެން އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. ފައިލުގައި ހުރީ ބުކްލެޓް ތަކެކެވެ. ކޮންމެ ބުކްލެޓެއްގެވެސް ފުރަތަމަ ގަނޑު ވަނީ ލެމިނެޓް ކޮށްފައެވެ. އަހަރެން ފުރަތަމަ ނެގި ބުކްލެޓްގައި […]
“މާހިންގެ ކޮއްކޮ ނުލައި މާހިންގެ މަންމަ އެއް ނުދާނެ އެއްނު. އެންވީމަ……” އަމިއްލަ ނަފްސާ ވާހަކަ ދެއްކުން ހުއްޓާލާފައި އަހަރެން މަޑުމަޑުން ޔާލް ފަހަތުން ދިޔައީމެވެ. “މަންމާ! އަހަރެން ބޭނުމެއްނޫން ސަނާއަށް އަހަރެންގެ ބަލި ޙާލަތު އިނގޭކަށް! އަހަރެން ބޭނުމެއްނޫން ސަނާ ދެރަވާކަށް. އެކަމަކު އަބަދު ދޮގުހަދައިގެން ކިހިނެއް އުޅޭނީ. ދެން ސްކޫލަކަށް ވެސް ނުދެވޭނެ އެއްނު. ސަނާ އަހަރެން ހޯދާނެއޭ އަހަރެން ނުފެންނަންޏާ. އައިސްފާނެ ހޮސްޕިޓަލަށްވެސް. މިހާރުވެސް ޝައްކުކުރޭހެން ހީވަނީ.” މާހިންގެ ލޮލުގައިވާ ކަރުނަތައް ފޮހެލާފައި […]
މުޅި މީހާ ގައިން ދާހިއްލައި ފޯވެއްޖެއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. އުފާވި ވަރު މޫނު މަތިން ނުދައްކަން ވެގެން އިސްޖަހައި މާހިން އާއި އެކީ ކުލާހަށް ދާން ހިނގައިގަތީމެވެ. ކްލާހަށް ދިޔަމަގުމަތީ ނޯޓިސްބޯޑުގައި “ޓެސްޓް ފެށެން އެންމެހަފްތާއެއް” މިހެން ލިޔެފައި އޮތް އިޢުލާނެއް ނެރެފައި ވެއެވެ. އަހަރެން އެ އިޢުލާން މާހިނަށް ދެއްކީމެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މާހިން އާއި އެކީ ކިޔަވަން ބޭނުންވާކަމަށް އަހަރެން ބުނީމެވެ. އެއީ މާހިން އިތުރު އެހީއެއް ބޭނުންވާނެތީއާއި […]
“ދަރިފުޅު ދޭދެންގެޔަށް. ބައްޕަ މާހިންއާ ހަވާލުވާނަން.” ބައްޕަ އަހަރެންނާ ދިމާލަށް ހިނިތުންވެލާފައި ބުންޏެވެ. ނަމަވެސް މާހިންގެ މަންމަ އިރުކޮޅަކުން އަންނާނެއޭ ބުނެ އަހަރެން މަޑުކުރީމެވެ. “ހާދަ ރަނގަޅޭ ސަނާ! ޝުކުރިއްޔާ!” މާހިންގެ މަންމަ ރޫމް ދޮރު ހުޅުވައިލަމުން ހިނިތުންވެލާފައި ބުންޏެވެ. އަހަރެންގެ ބަރު ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު މާހިން އަށް ރަނގަޅަށް ބަލައްޗޭކިޔާފައި ގެޔާއި ދިމާލަށްދާން ހިނގައިގަތީމެވެ. އެހެންނޫނީ އަހަރެންނަކީ ރޭގަނޑު އެކަނި ބޭރުގަ ހިނގަން ނުކެރޭ މީހެކެވެ. ނަމަވެސް މިރޭ އެއްވެސް ބިރަކާ ނުލައި ގެޔަށް […]
އެހެނެއްކަމަކު ގައިގަ ނެތް ވަރުންވެސް ދުއްވާލާފައި އަހަރެން އަވަހަށް ސުކޫލަށް ދެވޭތޯބެލީމެވެ. މާހިންގޮވައިގެން ވަރަށް ވަރުން ތިންވަނަ ފަންގިފިލާއާ ހިސާބަށް އަރައި، ކްލާހާއި ހިސާބަށް ދެވުނުއިރު ފުރަތަމަ ގަޑިން ދެބައިކުޅަ އެއްބައިވަނީ ގޮސްފައެވެ. ނަމަވެސް ކްލާހުގައި ހުރި ޓީޗަރު އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ، އަހަރެންނަކީ ވަރައްގިނަ ޓީޗަރުންނާއި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ އަޙްލާޤު ރަނގަޅު ދަރިވަރަކީމެވެ. އަދި މިނޫނަސް، ރަށު ރައްޔިތުންގެ ޤަދަރު ލިބިފައިވާ ނާރުތަކާބެހޭ ޑިޕާޓްމެންޓްގެ އެންމެ އިސް ޑޮކްޓަރުގެ މިހާރު […]
އަހަންނަށް ހޭލެވުނު އިރު ހުރީ ވަރަށް ލަސްވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ސްކޫލަށް ދާން ތައްޔާރުވެގެން ގެއިން ނުކުތްއިރު ގަޑި ޖެހެން ވަނީ ފަސް މިނެޓަށް ވެފައެވެ. އަހަރެންގެ ނަލަނަލަ ދަބަސް ކޮނޑުގައި އަޅުވައިލައިގެން ނުހަނު ފަރި އަވަސް ހިނގުމެއްގައި މިސްރާބުޖެހީ ސްކޫލާދިމާލަށެވެ. އެހެނަސް މާދުރަށް ނުދެވެނީސް، ކޮރުގޮތަކަށް ފާރުގައި ހިފަހައްޓައިގެން ހިނގަމުންދިޔަ މީހެއް އަހަރެންގެ ހަލުވި ހިނގުމަށް ހުރަސް އެޅިއެވެ. ދަންނަ މީހެއްހެން ހީވި ހީވުން ޔަޤީން ވެއްޖެއެވެ. އެއީ އަހަރެންގެ އެކުވެރިޔާ މާހިނެވެ. އުމުރުން […]