Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 7”

Anusha Mohamed Level 110 Stories100 Login
July 15, 2020 2 Mins Read
0 Comments

ދުވަސްތައް ވޭތުވަމުން ދިޔައެވެ. މާހިން ކައިރިއަށް ދިއުމުގެ ނިޔަތުގައި މިއަދުވެސް އަހަރެން ބޭރަށް ނިކުތީ އެހިސާބަށް ދެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ” މިއަދު ވާނީ ކިހިނެއްބާ؟” އަހަރެންގެ ދަބަސް އެއްކޮނޑުގައި އަޅުވާލަނިކޮށް އަވައްޓެރި ފާތުންދައިތަ ސުވާލު ކުރިއެވެ. އާންއެކެވެ. މާހިން ކައިރިއަށް ދާން ނިކުންނަ ކޮންމެ ދުވަހަކުވެސް އަހަރެންގެ ހިނގުމަށް ހުރަސްއަޅާ ބައިވަރު ކަންތައްތައް ދިމާވެއެވެ. ހީވަނީ އަހަރެން އެތަނަށް ގޮސްފާނެތީ ބަޔަކު ގަސްތުގައިކުރާ ކަމެއްހެންނެވެ. ނަމަވެސް މިއަދު އަހަރެން ކޮންމެ ކަމެއް ދިމާވިޔަސް ދާން ހިތުލައިގެން ހުރީމެވެ.

އުޑުމަތި ސާފު ރީތި ދުވަހެކެވެ. ރީތިވެލައި ނަލަ ހެދިގެން ބޮޑު މަގުގައި ހުރި ފިހާރަޔަށް ވަނީ ޖޫސްޕެކެޓަކާ، މޭވާކޮޅަކާއި އަދި މާބޮނޑިއެއްގަންނާށެވެ. އާންމުކޮށްް ދިޔައ. ރެޔާ ތެމުނިން. ލިޔެފައި އޮތެވެ. އަހަރެން ުރުމަސް  މާބޮނޑިއަކީ އަންހެން ކުދިންނަށް ދޭ އެއްޗަކަށް ވީނަމަވެސް މާހިން އަކީ އެކިކަހަލަ މައު ގެންގުޅޭ ހިތްވާ ކުއްޖެކެވެ. އަދި މާބޮނޑި އެއް ދީފިނަމަ މާހިން އުފާވާނެ ވަރު އަހަންނަށް ކުލަ ކުރެވުނެވެ.

ހޮސްޕިޓަލަށް ވަތްތަނާހެން އަހަރެންގެ ފޯނު ރިންގުވާން ފަށައިފިއެވެ.”ހަލޯ.. ކީކޭ ބައްޕާ” ބައްޕަގެ އޮފީހަށް އަންނަން ބުނެފައި ފޯނު ކަނޑައިލިއެވެ. އަހަރެން ހޮސްޕިޓަލަށް ފިލައިގެން ވަރަށް ނުވަދެވޭނެއެވެ. އަދު ޚާއްސަކޮށް ބައްޕައަށް ނޭނގި ވަދެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ބައްޕައާއި ބައްދަލުވެސް ކުރެވިއްޖެއެވެ. ފުން ނޭވައެއް ލުމާއެކު މާހިން އޮތް ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. “އައްސަލާމު ޢަލައިކުމް” އަހަރެން އެތެރެއަށް ވަނީމެވެ.މާހިންއަށް އަހަރެން ފެނުމުން އުފާވިވަރު މާހިންގެ މޫނުމަތިން އެއްވެސް ފޮރުވުމަކާއި ނުލައި ދައްކަމުން ދިޔައެވެ. އަދި މާހިންއާއި ސަލާމް ކޮށްލުމަށްފަހު މާހިން ކައިރީ ހުރި ގޮނޑިއެއްގައި އިށީނީމެވެ. އަހަރެން ގެނަ ހަދިޔާ ދިން ވަގުތު ފެންކަޅިވެފައިވާ މާހިން ހީލައިފައި ހަދިޔާ ޤަބޫލުކުރިއެވެ. “ސަނާ” މާހިންގެ މަންމަ ގޮވާލި އަޑަށް އަހަރެން ތެދުވީމެވެ. އަދި ކިހިނެތްވީހޭ އެހުމުން ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުންޏެވެ. އަހަރެން މާހިންއަށް ހިނިތުންވުމެއް ހަދިޔާ ކޮއްފައި އެބައަންނަމޭ ކިޔާފައި މާހިންގެ މަންމައާއި އެކީ ބޭރަށް ނުކުތީމެވެ. “ސަނާ ކޮއްކޯ! މާހިންއަށް ޖެހިފައިވާ ބަލި އިނގޭތަ؟” އަހަންނާ ފުރަތަމަވެސް ކުރީ ސުވާލެކެވެ. އަހަރެން ނޭނގޭކަމަށް ބުނެ ބޯ ދެފަރާތަށް ހޫރައިލީމެވެ. ” މާހިން އަށް ޖެހިފައިވާ ބައްޔަކީ ފަރުވާއެއް ނެތް ބައްޔެއް. ކޮންމެވެސް ސްޕައިނަ…ސް…ސްޕައިނޮބެލް….. އެއް ކިޔަނީ.” މާހިންގެ މަންމަ އަހަރެން ގާތު އެބަލީގެ ވާހަކަ ދައްކަން ފެށިއެވެ. “ދައްތަ މި އެދެނީ ސަނާގެ ފަރާތުން މާހިންއަށް އެހީތެރިވުމަށް. މާހިންނަށް ނަޞޭޙަތް ދިނުމަށް. މާހިންއަށް ކެތްތެރިކަން ދެއްވައި ދިގު އުމުރެއް ދެއްވުން އެދި ދުޢާކުރުމަށް.” މާހިންގެ މަންމަ ވާހަކަ ދައްކަމުން ދިޔައިރު މާހިންގެ މަންމަ ހުރީ ވަރަށް ދެރަވެފައިކަން ޚުދު އަހަންނަށް ވެސް އިޙުސާސް ކުރެވުނެވެ. ” އަދިވެސް މާހިންއަކަށް ނޭނގޭތަ މިކަމެއް؟” އަހަރެން ނާހަން ހުރެފައިވެސް އަހައިލީމެވެ. “ނޫން. ދޮންބެއަށް އިނގޭ! އަދި އިނގޭތަ. ދޮންބެ ހިނގާގޮތަށް ވަރަށް މަލާމަތް ކުރާނެ މަގުމަތީ އުޅޭ ކުދިން! ބުނަނީ ޕެންގުއިންއެކޭ. އެކަމަކު ދޮންބެ ހަމަ ހީލާނީ. ދައްތަ ބަލަން ހުންނާތި. ކޮއްކޮ އަދި ބޮޑުވެގެން ޑޮކްޓަރަކަށް ވާނަން. އަދި ދޮންބެއަށް މޮޅު މޮޅު ބޭހެއް ދޭނަން.” ކުޑަ ކުޑަ މާއިޝް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ވެސް އުންމީދާއި އެކުގައެވެ. އަހަރެން މާއިޝް ގެ ބޮލުގައި ފިރުމާލައިފައި އިންޝާﷲ ރަނގަޅު ވާނޭ ކަމަށް ބުނީމެވެ.

” ސަ….ނާ…! ” މާހިން އަހަންނަށް ގޮވާއަޑަށް އަހަރެން މާހިން ކައިރިއަށް ދިޔައީމެވެ. އަދި ކިހިނެތްވީހޭ ސުވާލުކުރުމުން ” ފް…ފޮ..ތެއް.. އި..ންނާނެ… އެ..އެތާ….ނގައި…. ން..ނަގާ..ބަ..ލަ..” މާހިން އަހަރެން ގާތު މަޑުމައިތިރިކަމާއި އެކީ މޭޒުމަތީގައި އޮތް ފޮތަކާއި ދިމާލަށް އިޝާރަތް ކޮށްލަމުން ބުންޏެވެ. މާހިން ކިތަންމެ ލަސްލަހުން ވާހަކަ ދެއްކިޔަސް އަހަރެން ހުރީ ކެތްތެރިކަމާއިއެކީ އަޑުއަހަން ތައްޔާރަށެވެ. އަހަރެން، މޭޒުމަތީ އޮތް ފޮތްނަގައި ދެން ކީއްކުރަންވީހޭ އެހުމުން އެފޮތް ކިޔައިދޭށޭ ބުންޏެވެ. ފޮތުގައި ވަނީ މާހިން މިހިސާބަށް އައިއިރު ކުރި އުއްމީދު ތަކެވެ. މާހިންގެ ޝަކުވާ ތަކެވެ. މާހިން އަށް އައި ބަދަލު ތަކެވެ. ” ވައި މީ؟ (ކީއްވެ އަހަރެން)” މިހެން ޖަހާފައި އޮތް ޞަފްޙާއެއް އަހަންނަށް ފެނުނެވެ. އެވަގުތު އަހަރެން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައޭ، އަދި ހުރިހައި ކަމެއްވެސް މާތް ﷲ ގެ އިރާދަފުޅުން ރަނގަޅުވާނެއޭ ބުނީމެވެ. އަހަރެން ދެން ޖެހިގެން އޮތް ޞަފްޙާ ކިޔައިލީމެވެ. އެ ޞަފްޙާގައި “ވިލް އައި ބީ އޭބަލް ޓު ގެޓް މެރީޑް؟ ( އަހަރެންނަށް ކައިވެންޏަކާ ހަމާލަށް ދެވިދާނެބާ؟ ) މިގޮތަށް ލިޔެފައި އަހަންނާ ކުރި ސުވާލެއް އޮތެވެ. އަހަރެން މާހިންގެ ބޮލުގައި ފިރުމައިލަމުން އަހަރެން ވެސް މިހުރީނުހޭ ބުނީމެވެ. އާންއެކެވެ. އަހަރެން މިހާރު މާހިން ދެކެނީ ރަޙްމަތްތެރިއަކަށްވުރެ ގާތުންނެވެ. އަހަރެން މާހިން ދެކެ ލޯބިވެއެވެ. ރަޙްމަތްތެރިކަމުގެ ލޯތްބެއްނޫނެވެ. ހިތުގެ އެންމެ އަޑިން އަހަރެން މާހިންދެކެ ލޯބިވެއެވެ. އެއީ މާހިން ރީތިކަމުން އެކަންޏެއްވެސް ނޫނެވެ. މާހިންއަށް އިތުރު މީހެއްގެ އެހީތެރިކަމާއި، ލޯތްބާއި އަޅައިލުން ބޭނުން ވާތީއާއި އެކުގައެވެ. އަހަރެން އެފޮތުގެ އެންމެ ފަހު ގަނޑު ކިޔައިލީމެވެ. ” ތޭންކް ޔޫ ( ޝުކުރިއްޔާ ) ” އޭ ލިޔެފައި ވެއެވެ. އަހަރެން މާހިންއާއި ދިމާލަށް ހީލާފައި ގެޔަށް ދާން ކޮޅަށް ތެދުވެ މާހިންގެ ނިތްކުރިޔަށް ބޮސްދިނީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 6”

Next

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(9)

Next
July 15, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(9)

Previews
July 15, 2020

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 6”



All Right Reserved!