މިއީ ގްރޭޑު 4 ގައި މިއަހަރު ކިޔަވަމުން ގެންދާ އަޅުގަނޑުގެ ދަރިވަރު ހަސަން އަޝްފާޤް ލިޔެފައިވާ ހިޔާލީ ކުރު ވާހަކައެކެވެ. އެއްދުވަހަކު ވަރަށް އެކުވެރި ފަސް ކުދިން ފުޓުބޯޅަ ކުޅެން އުޅުނެވެ. މުޙައްމަދު، ޙާމިދު، ޙުސެއިން، އަޙްމަދު އަދި ޙަސަނެވެ. އެންމެން މަޖާކޮށް ފުޓްބޯޅަ ކުޅެން އުޅެފައި ޙުސެއިން ޖެހި ޕެނަލްޓީ ބޯޅަ އެންމެނަށް ފެންނަ ހިސާބަށްވުރެ މަތިން ގޮސް ބޯޅަ ގެއްލިއްޖެއެވެ. ކުޅެން ލިބިފައިވަނީ އެންމެ ބޯޅައެއްކަމަށް ވުމުން އެންމެން ބޯޅަ ހޯދަން ދާންވެގެން […]
ދުނިޔޭގައި7.6 ބިލިޔަނަށްވުރެ މަދުނޫން އަދަދަކަށް މީހުން އުޅޭއިރު، އާބާދީގެ ގޮތުން އެންމެ ގިނަވާނީ ކުޑަކުދިންގެ އާބާދީއެވެ. ނުވަތަ މިހާރަކަށް އައިސް، ރަނގަޅު ތަޢުލީމެއް އުގެނެން މަސައްކަތްކުރާ އެކި އުމުރުފުރާގެ މީހުން އުޅޭ ބޮޑު އާބާދީއެކެވެ. އެމީހުން ތަޢުލީމް ޙާސިލްކުރުމަށްތަކައި ގެންގުޅޭ ތަކެއްޗަށް ދެވޭ ގެއްލުމަކީ އަހަރެމެން ކޮންމެ ދުވަހަކު ރޯންޖެހޭ ކަމެކެވެ. އަހަރެމެންނަށް ދެވޭ އަނިޔާއެކެވެ. އަހަރެމެން ގައިން ބޭކާރު ވެގެންދާ ބައެކެވެ. އަހަރެމެންނަކީ ތަނަކަށް ނުދެވޭ ހުންނަތަނަށް ހަރުލާފާ ތިބޭ ޤަމާރުތަކަކީމެވެ. އެއީ އިންސާނުން އަހަރެމެންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އަހަރެމެންނަށް އެއްވެސްކަމެއް ނުކުރެވޭތީއެވެ. އަދި މީގެ ބަދަލުގައި މުޅި ދުވާލާއި ރޭގަނޑު އަހަރެމެން ތިބެން ޖެހެނީ އިންސާނުންގެ ޚިދުމަތުގައެވެ. ވިސްނާލާށެވެ. މިދުނިޔެ މިހާރުމިވަނީ ޓެކްނޮލޮޖީގެ ރޮނގުން ވަރަށް ބޮޑަށް ކުރިއަރާފައެވެ. މިކަމުގެ ދަލީލަކީ ކޮންމެ ކަމެއް ކުރުމަށްޓަކައިވެސް ޓެކްނޮލޮޖީގެ ބޭނުން ކުރާތީއެވެ. އެއްޗެހި ދޮންނަން މެޝެނެއް، ޖޫސް އަތުން ގިރުމުގެ ބަދަލުގައި މިކްސްޓަރެއް، މިހެންގޮސް ހުރިހައި ކަމެއް މިހާރު ކުރަނީ ހަމަ ޓެކްނޮލޮޖީގެ އެހީގައެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެންނަށްވާ ގެއްލުން މާ ބޮޑެވެ. ތަންކޮޅެއް ކުރިޔަށް ޖެހެލާނަމެވެ. އިންސާނާ އަހަރެމެންގެ ބޭނުން ކުރުމަށްޓަކައި އަހަރެމެންގެ ގައިގައި ފުރޯއިން ތަޅައި ބުރިކޮށްލައެވެ. ނަމަވެސް މި ބުރިކޮށްލާ ބުރިކޮށްލުމުން މަދުފަހަރަކަށް ނޫނީ އަހަރެމެންނެއް މަރެއް ނުވެއެވެ. ސަބަބަކީ ބިމުގެ އަޑީގައިވާ އަހަރެމެންގެ ހިތް ބައިންދާފައި އަހަރެމެންގެ ހަށިގަނޑު ބުރިކޮށްލާ ކަމެވެ. އަދި ހިތުގެ ސަބަބުން އަހަރެމެން އަނެއްކާ އަލުން އުފެދޭތޯ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރާތީއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ކުރިއެރުމުގެ ސަބަބުން މިއަދު އަހަރެމެން ހަމަމަރައިލަނީއެވެ. ހައިމާކުތަކާއި ވީލޯޑަރުތައް އައިސް އަހަރެމެންގެ ހިތާއި އެއްކޮށް ނަގައި ބޭނުން ކުރަނީއެވެ. މައްސަލައެއް ނެތެވެ. އަހަރެމެންގެެ ބޭނުން ކުރަންޏާ އަަހަރެމެން މަރައިލާ ކޮންމެ ފަހަރަކު އަހަރެމެންގެ ދެގުނަ އުފައްދާށެވެ. އޭރަށް އަހަރެމެން ޝަކުވާއެއް ނުކުރާނަމެވެ. ދެން އިންސާނުން އަހަރެމެންގެ ބޭނުން ކުރާ ގޮތް ކިޔާލަދޭނަމެވެ. އަހަރެމެންގެ ހަންގަނޑު ކަފައި، ކަނޑައި، ނަގައި، ބޮލުގައި ހުރި ފަތްކޮޅު ދަމައިގެން ހަދާ ފޮތް، ފަންސުރު، ގޮނޑި، މޭޒު، އަދި މިނޫންވެސް ތަކެއްޗަކީ ޙުދު އަހަރެމެން އިންސާނާ ތަޢުލީމް ޙާސިލުކުރަން ވެދޭ ވަރަށް ބޮޑު އެހީއެކެވެ. ނަމަވެސް ހަމަ ފޮތުގެ ގަނޑެއްގެ ކަން ބަނޑިވެލާއިރަށް ގަނޑުކަނޑައިލާ ކުދިންވެސް މަދެއްނޫނެވެ. އަދިމިނޫނަސް، ފަންސުރު ބިންދައި މޭޒު ހަލާކުކޮށް، ގޮނޑީގައި ލިޔެ ހެދުމަކީ ޚުދު އަހަރެމެންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި އިނގޭހެއްޔެވެ. އަހަރެމެން އެންމެ ދެރަވަނީއަހަރެމެން ދެވަނަ ފަހަރަށް ބޭނުންނުކޮށް ގޮނޑަށް އެއްލައިލާ، އަހަރެމެންގެ ގައިގައި ހުޅު ޖަހާތީއެވެ. ދެނެގަންނާށެވެ! އަހަރެމެންނަކީ އިންސާނުންނަށް ކާބޯތަކެއްޗާއި، އެންމެ ބޭނުންވާ އޮކްސިޖަން އުފައްދައިދޭ ބަޔަކީމެވެ. އަދި ދުނިޔޭގެ ޖައްވުތެރެ ހޫނު ވުމުގެ ސަބަބުންފިނިކޮށްދިނުމަށްޓަކައި އެތައް ގުނަ މަސައްކަތެއްކޮށްދިން އަދި ކޮށްދޭނެ ބަޔަކީމެވެ. ނިކަން ވިސްނައި އަޑުއަހާބަލާށެވެ. އަހަރެމެންނަށް ތިހާރަޙުމު ކުޑަ ގޮތަށް ކަންތައް ނުކޮށް ބަލާށެވެ. އަހަރެމެންގެ އާދޭސް ޤަބޫލުކޮށް ބަލާށެވެ. ނޫނީ އިންސާނުންނަށް މިދުނިޔޭގައި ނޫޅެވޭވަރު ވެދާނެއެވެ.