އެތަށް ފަހަރަކު އަހަރެން ފުންކޮށް ނޭވާ ލީމެވެ. ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރީމެވެ. ރޮވެން ފެށުނީ މޭގައިހުރި ތަދު ފުންވަމުންދާހެން ހީވާތީއެވެ. ލުޔެއް ނުލިބި، ނޭވާކުރުވެ މަޑު ތުރުތުރެއް ހަށިގަނޑުގައި ދައުރުވާން ފެށިއެވެ. ބޮލަށް އެނބުރުން އަރައި މޫނުމަތީގައި ކުދިކޮކާ ބުރާހެން ހީވާން ފެށިއެވެ. ގިސްލަ ގިސްލައި ރޮވެން ފެށުނީ ދުވަހަކުވެސް ނުވާ ގޮތް ތަކެއް ވެ އަދި ވަމުންމިދާ ގޮތެއް އަހަރެންނަށް ނޭނގި ބިރުގަންނަން ފެށުމުންނެވެ. މާގަނޑުން ފައިބަމުން ދިއަ ފިނި ފެންތަކާއި އެކުވެސް […]
” ވޯޒް ޝީ ދެޓް ގުޑް…؟” ބައްޕަގެ ސުވާލުން އަހަރެންނަށް މަޑުޖެހެވުނެވެ. ތަޅުގައި ހިފަން ނެގި އަތް ތިރި ކޮށްލެވުނެވެ. ********** “ކަމޯން… އައި ނޯ މައިސަން ވެރީވެލް.. އައި ނޯ އިޓްސް ނޮޓް އޮންލީ ލަވް ދެޓް ޔޫއާރ ކޮރޭވިން ފުރޮމް ހާ…” ބައްޕަ ބުންޏެވެ. އަހަރެންގެ ތުންފަތް ހިނިތުންވުމަކުން ދެމިލީ ބައްޕައަށް އަހަރެން ދަސްވެފައި ހުރިވަރު އެނގުމުންނެވެ. ” ޔާ… ޔޫއާރ ރައިޓް ޑޭޑް… އިޓްސް އެބައުޓް އެވްރީ ފަ*** ތިންގް އެބައުޓް […]
“އެހެން މީހަކު ހޯދަން ވަރަށް ފަސޭހައިން ބައްޕަ ބުނާއިރު ބައްޕައަށް ފަސޭހަވިތަ މަންމަ ނޫން މީހަކާ ގުޅުމެއް ބާއްވަން….؟ ބައްޕައަށް ފަސޭހަވިތަ ކުޑަމަންމަ އާއި ގުޅުން ބާއްވަން….؟ ” ވިދާލި ވިދުވަރާއި ގުގުރީގެ ގަދަ އަޑާއިއެކު އަހަރެންގެ އަޑުވެސް އެކޮޓަރި ތެރޭގައި ގުގުމާލީ ހޮނު ގުގުރިއެއް ފަދައިންނެވެ. މޫސުން ވެސް އަހަރެންގެ ރުޅީގައި ބައިވެރިވި ކަހަލައެވެ. ބައްޕަގެ ބަލިފައިގައި އަހަރެންނަށް ހިފުނީ ބައްޕަދެކެ އައި ރުޅީގެ ގަދަ ކަމުންނެވެ. ބައްޕަ އަހަރެންގެ އިހުސާސް ތަކާއި ދޭތެރޭގައި ނުވިސްނީމައެވެ. […]
ލައިބުރަރީގެ މެދުގައި ހުރި ބޮޑު ކަޅު މޭޒުގެ ބިއްދަށުގައި ހުރި ކަޅު ލެދާރ ގޮނޑީގައި ބައްޕަ ދޮރާއި ފުރަގަސް ދީގެން އިނެވެ. އަހަރެން ވަނުމުންވެސް އެނބުރިވެސް ނުލައި އިނުމުން އެއިނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް ކަށަވަރުވިއެވެ. މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި، ބައްޕަގެ ފުރަގަހުގައި، ޝައުކަތު އަންކަލް ވަރަށް ކަންބޮޑުވެފައި އިނެވެ. އަދި އަހަރެން ފެނުމުން ބޯހޫރުވައިލާ ކޮނޑު އަރުވައިލީ ބައްޕަ އަންނަން އުޅޭކަން ޝައުކަތަށްވެސް ނޭނގޭކަން އަންގައިލިމުގެ ގޮތުންނެވެ. އަހަރެންގެ ފަހަތުން ވަތް އާކިފްވެސް […]
ޖަނާ ހެދުންތަށް ބަލަމުން ދިއަ ވަގުތުވެސް ޒާނާ އެއްވެސް އެއްޗެއްގައި އަތްވެސް ޖައްސައިނުލައި ހުއްޓެވެ. އަންހެން ކުދިން މޮޔަވާނެ ފަދަ ހުރިހާ އެއްޗެއް އެފިހާރައިގައި ހުރި އިރު އެ އަޖައިބެއްފަދަ އަންހެން ކުއްޖާ އެއިން އެއްވެސް އެއްޗަކަށް ޝައުގުވެރި ކަމެއް ނުދިނެވެ. ކުއްލިއަކަށް ކަމެއް ހަނދައިން ވެގެން އަހަރެން އަވަސް އަވަހަށް ފޯނުނެގީމެވެ. ***** ” ހީލްތަށް ބައިގައި އޭނީނުން އެސްތަކެއް ޖެހި ހުދުކުލައިގެ ވިދާ ހީލްއެއް… އެއީ ޒާނާއަށް. އޭތި ހެޔޮވަރު ވާނެ ހަމަ […]
އެނބުރި ގޮސް ވޭންއަށް އަރަމުން އަހަރެން ރުހާމްއަށް އެނބުރި ބަލައިލީމެވެ. އޭރު އޭނާވެސް ތެދުވެ ކޮޅަށް ހުއްޓެވެ. އަހަރެން ވޭންއަށް އެރުމުން އާކިފްއާއި އިލްޔާސްވެސް އެރިއެވެ. ކާމިޔާބުގެ ފޮނިރަހަ އަހަރެންގެ އަރުގައިލީ ހަމައެކަނި ރުހާމްއަށް ވެފައި އިންގޮތް ފެނިގެންނެއްނޫނެވެ. ޒާނާ މިލްކުވާންވެސް ދެން މާގިން ދުވަހެއް ނެތްކަން އެނގުމުންނެވެ. އެދުވަސް ވަރަށް ކައިރީގައި އެބައޮތްކަން އެނގުމުންނެވެ. ކެތްތެރިކަން ކުޑަވެފައި އަހަރެންނަށް މިހާރު އިންތިޒާރުކުރެވެނީ އެދުވަހަށެވެ. އަބަދަށް ގެނެސް އަހަރެންގެ އަތުގެ ހިމާޔަތް ދެވޭނެ ދުވަހަކަށެވެ. ދުނިޔޭގައިވާ […]
“ތީ ކާކުތަ..؟ ޒާނާގެ ލޯބިވެރިޔާތަ؟” ޝައްކެއް ވެގެން އަހައިލާ ފަދަ ގޮތަކަށް އަނެއްކާވެސް ރުހާމް އަހައިލިއެވެ. ” އޯހް…. މީ ދޯ މިވީ ގޮތަކީ…” އަހަރެންގެ ޖަވާބެއް ނުލިބުމުން ރުހާމްއަށް ވިސްނުނެވެ. ” މިއޮށް ހުރިހާ….. ދުވަހު ޅަބުޅާ ގަނޑެއްހެން މަ ހެދިހާ އެއްޗެއް ހެދިގެން މަ ކައިރީގަ އުޅެފަ.” އަޑަށް ބާރުލަމުން އަކުރުތަކަށް ބާރުލައިފައި ރުހާމް ބުނެލިއެވެ..ރުޅިއައިވަރުން ރުހާމް ދަތްވިކައިލިއެވެ. އޭރު މުޅިމީހާގެ މޫނު އެކަށް ރަތްވެ ދާހިއްލާލައިފިއެވެ. ރުހާމްގެ ބޮޑާ ބަސްތައް އަޑުއިވެން ފެށުމުން […]
އަތުގައި އޮތް ސިނގިރޭޓު އެންމެ ފަހު ފަހަރަށް ދަމައިލަމުން ބިންމައްޗަށް ވައްޓައިލައި ފައިން އަރައި އޭގެ އަލިފާން ކޮޅު ނިއްވައިލީމެވެ. ނަމަވެސް ރުހާމްގެ މޫނު ފެނުމުނުންނާއި މިއަދު ރުހާމް އެ ކުރަން އުޅުނު ކަންތަށް ހިތަށް އެރުމުން އަހަރެންގެ ހިތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނދުނު ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އަނދައިގަތެވެ. އަނގައިގާ ހުރި ދުންތަށް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ރުހާމްގެ ގާތަށް އަހަރެން ޖެހިލީމެވެ. ކަންބޮޑުވެ ނުތަނަވަސް ވެފައިވީ ކަމުގައިވީ ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން […]
” ރުހާމް ދޫކޮށްލާ…. ޕްލީޒް… ދޫކޮށްލާ ރުހާމް…..” އަހަރެންގެ ހިތް އިންތިހާ ބިރުވެރިކަމުން ވަށައިލިއެވެ. ހާސްވެ ކަންބޮޑުވެ މީހާ ދާހިއްލަން ފެށިއެވެ.. ރުހާމް އަހަރެން ގެއަށް ގެންގޮސް ކޮށްލާ އެންމެ ކަމަކުން އަހަރެން މިއަދު މިކުރި ހުރިހާ ހިތްވަރެއް ފެނަށް ވެގެން ދިޔައީއެވެ. އަދި ގެންދެވިއްޖެ ނަމަ އޭނާގެ އެތައް އަނިޔާ ތަކަކާއިވެސް ކުރިމަތިލާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެނޫން އެހެން ގޮތެއް އޮތް ހެނެއްވެސް މިހާރު […]