ދޮރު ހުޅުވުމާއިއެކު ފެނުނީ މޫނުމައްޗަށް ވަރަށް ބޮޑަށް އަރިވާނެ ގޮތަށް ތާކިހަލެއް އަޅައިގެން ހުރި މީހެކެވެ. އެމީހާގެ އަތުގައި އޮތް ކައިވަތެއް ވަރުގެ ބޮޑުމިން ހުރި ފޮށި ފެނުމާއިއެކު ނަވީން މިއަދު ހަދިޔާއެއް ފޮނުވާނެ ކަމަށް ބުނެފައި އޮތް ކަން އަހަރެން ހަނދައިން ވިއެވެ. ******** ވަރަށް އުފަލުން ހުރެ އަހަރެން އެ ފޮށީގައި ހިފުމާއިއެކު ވައިސޫރިއެއްހެން އެމީހާ ގޮސް ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށިއެވެ. ބަލަބަލާ ހުއްޓައި އެމީހާ ލޮލުގެ ކުރިމަތިން ގޮސް އޮބާލައިފިއެވެ. […]
” ދަރިފުޅާ……” ސޯފާގައި އިން މަންމައަށް އަހަރެން ފެނުމާއިއެކު އަހަރެންނަށް ގޮވައިލިއެވެ. ނަވީންގެ ހިޔާލުތަކުގައި ބަނދެވިފައި ހުރިވަރުން މަންމަ އެތާނގައި އިންކަންވެސް އަހަރެންނަށް ރެއަކާލީ ދެނެވެ. ****** “މަންމާ…… ނުނިދަންތަ އަދިވެސް…..” އަހަރެން ސީރިއަސް ވެލަމުން އަހައިލީމެވެ. ” އާން…. ދަރިފުޅު އަންނަދެން އިނދެވުނީ…. ކޮންތާކުން ތިއައީ….؟” މަންމަ އަހައިލިއެވެ… ” މީ…. ރައްޓެހި ކުއްޖަކާއި އެކީ ބޭރަށް ގޮސްފަ….” އަހަރެންނަށް ބުނެވުނީ އަޅައިގަންނަމުން ކަހަލަ ގޮތަކަށެވެ. ” އެހެންތަ…؟ އެހެންވީމަ ވަރަށް ހާއްސަ […]
ތިންވަނަ ފޮތި ޕިއްޒާ ކެއުމަށްޓަކައި ޒާނާ އަނގައާއި ކައިރިކޮށްލިއެވެ. ނަމަވެސް ޖެހެމުން ދިއަ ލުއި ވައިރޯޅިތަކުގެ ސަމާސާއިން ޒާނާގެ އިސްތަށިގަނޑު މޫނަސް ފޭބިއަ ނުދީ އެއްއަތުން ހިފަހައްޓަމުން އަނެއް އަތުން ޕިއްޒާ ފޮތި ކެވޭތޯ މަސައްކަތް ކުރަމުން ދިއަ މަންޒަރުގެ މައުސޫމުން އަހަރެންނަށް ހީލެވުނެވެ. މަންޒަރު ކިތަންމެ ހިތްގައިމު ވެފައި އަޅައިގަންނަ ގޮތެއް ހުއްޓަސް އެކަމުގެ ސަބަބުން ޒާނާއަށް އުނދަގު ވަމުން ދާތީ އަހަރެންގެ ހިތަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. ގޮނޑި ދަމައިލަމުން ތެދުވެގެން އައިސް […]
” އައްދޭ… މީނަ ހާދަ ގަދަ ވެއްޖޭދޯ މިހާރު… ” އަހަރެން ލަތްކެއް ޖަހައި ޒާނާގެ އުނަގަނޑުގައި ހިފައި ގާތް ކޮށްލަމުން ބުނީމެވެ. ޒާނާގެ މޫނު މަތީގައިވީ ހިނިތުންވުން ފަނޑުވެ އެހެން ކުލަވަރެއް ވެރިވީ އެހިނދުއެވެ. އެ ބޮޑު ދެލޮލުން މަސްތު ކަމުގެ އޮއެވަރެއް ދުވެލިތަން ފެނި އަހަރެންގެ ހިތްވެސް އެކަމަށް ބޭނުންވެ ގޮވައިލިއެވެ. މަޑުމަޑުން އަހަރެން ޒާނާއާއި މޫނު ގާތް ކޮށްލީމެވެ. ހުށިޔާރު ކަމާއި އެކު ޒާނާގެ ހާލަތު ދެނެގަނެ އަހަރެން ކެތްތެރިވެ ހުރީ ޒާނާގެ […]
ޒާނާގެ ފަރާތުން ކުޑަކޮށްވެސް އުއްމީދު ނުކޮށްހުރި އަމަލެއް ފެނުނީ އެވަގުތުއެވެ. އަހަރެންގެ އަތުގައި މަޑުމަޑުން ހިފައިލަމުން ގެނެސް ޒާނާގެ ކުރިމަތީގައި އަހަރެން ބެހެއްޓިއެވެ. ސުވާލު އުފެދިފައި އަހަރެން ޒާނާއަށް ބަލައިލީމެވެ. ޒާނާ ކުރަން އެއުޅެނީ ކޮންކަމެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ޝައުގުވެރިކަމުން ހިތް ވިދައިލީ އެހެން ވެގެންނެވެ. ******* ” ނަވީން…. ނަވީން އަސްލުގައިވެސް އަހަރެން އަދިވެސް ބޭނުންތަ؟” ޒާނާ މަޑުމަޑުން އަހައިލިއެވެ. ޒާނާ އެ ސުވާލު ކުރަން އެ ޖެހުނީ ކިއްވެގެން ކަން އަހަރެންނަށް […]
ސިހިފައި އަހަރެންނަށް ބަލައިލެވުނީ އިމާރާތަށް ވަންނަން ހުރި ދޮރު ހުޅުވުމުންނެވެ. ދޮރުން ބޭރަށް ޒާނާ އެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެންގެ ނޭވާ އަރުގައި ތާށިވިއެވެ. *********** ވަށައިގެން ހިނގަމުން ދިޔަ ހުރިހާ ކަމެއް ހުއްޓުނު ފަދަ އިހުސާސެއް އަހަރެންނަށް ކުރެވިގެން ދިއައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ވެފައި ހުރި ވަރުބަލިކަމާއި ސިކުނޑިއަށް ވެފައި ހުރި ލޮޑުކަމާއި ފިކުރުތައް ދުވެ ފިލިތަނެއްވެސް ނޭނގުނީ ކުރިމަތިން ފެންނަން އެހުރީ ފަތްމިނި ކަމަނާގެ ރީތިކަމުން ކަން ޔަޤީނެވެ. އެ ބަނިޔާދަން […]
” ރޮއެރޮއެ އޮއްވަވެސް….ބޭނުން އެއްޗެއް….ބޭނުން އިރަކު….. ބޭނުން ތާކު….. ބޭނުން ގޮތަކަށް ހަދާފަ އޮންނާނީ……” ފަޙުރުވެރިކަމާއިއެކު ރުހާމް ފާޅުކޮށްލި ހަޤީޤަތުން އަހަރެންގެ މުޅި ދުނިޔެވެސް އެނބުރިގަތް ކަހަލައެވެ. އަހަރެންގެ ގައިން ހޫނު އަރައިގެން ދިޔައީ އަންނަން ފެށި ޒަވި ރުޅީގެ ސަބަބުންނެވެ. އެ ދަރަޖައަށް ރުހާމް ޒާނާއަށް އަނިޔާވެރި ވެފައި ވޭ ހެއްޔެވެ.؟ އެއީ އިންސާނެއް ހެއްޔެވެ؟ ނުވަތަ އިންސާނެއްގެ ސިފައިގައި ހުރި ނުބައި މާރިދެއް ހެއްޔެވެ؟ ޒާނާ އުޅުނީ ކޮންފަދަ ހާލެއްގައިކަން އަންދާޒާ ކޮށްލަންވެސް އަހަރެންނަށް […]
” ޒާ… އަހަންނަށް ހީވަނީ ނަވީން ގުޅެން ހުރިއްޔާ ނަވީންއަށް ފުރުސަތެއް ދޭންވީ ހެން….. ނަވީން ރަނގަޅޭނުން އަސްލު….” ޖަނާވެސް އޭނައަށް ފެންނަ ގޮތް ބުނެލިއެވެ. އާއެކެވެ. ނަވީން ރަނގަޅެވެ. އެކުގައި ހޭދަވި ބާރަ ވަރަކަށް ގަޑިއިރުވެސް އެކަން އަހަރެންނަށް ސާބިތުވިއެވެ. ޔަޤީން ވިއެވެ. ފޯނުގެ ސްކުރީން ދިއްލުމާއި އެކު އަހަރެން ފޯނު ނަގައި ބަލައިލީމެވެ. އަވަހަކަށް މަރެއްވެސް ނުވާނެ އެވެ. އެއީ ނަވީންގެ މެސެޖެކެވެ. ********* ” މިރޭ ދިމާ ވެވިދާނެ ތަ..؟” […]
ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ގޮތް ގޮތަށް އަހަރެން ވިސްނީމެވެ. ޒާނާއާއި އަހަރެންގެ ދަރިފުޅަށް ދިން އަނިޔާގެ ބަދަލު ރުހާމްގެ ފުށުން ކޮންމެވެސް ސިފައެއްގައި ނަގަން އަހަރެންގެ ހިތް ހަޅޭލަވަމުން ދިއައެވެ. އެ ކުށް ކުރެވުނު މޮޔަ ރުހާމްގެ ހިތަށް އަރާވަރު ކޮށްލަން އަހަރެންގެ ޒަމީރު އެދި ގޮވަމުން ދިއައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. ދުނިޔެއަށް ނޭވާ ލާނެ ފުރުސަތު މީހެއްގެ އަނިޔާވެރި ކަމުން ނުލިބުނު ކަމުގައި ވިޔަސް އެއީ […]