Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 23

Anaq Level 210 Stories
May 25, 2026 6 Mins Read
2 Comments

” ވޯޒް ޝީ ދެޓް ގުޑް…؟” ބައްޕަގެ ސުވާލުން އަހަރެންނަށް މަޑުޖެހެވުނެވެ. ތަޅުގައި ހިފަން ނެގި އަތް ތިރި ކޮށްލެވުނެވެ.

**********

 

“ކަމޯން… އައި ނޯ މައިސަން ވެރީވެލް.. އައި ނޯ އިޓްސް ނޮޓް އޮންލީ ލަވް ދެޓް ޔޫއާރ ކޮރޭވިން ފުރޮމް ހާ…” ބައްޕަ ބުންޏެވެ. އަހަރެންގެ ތުންފަތް ހިނިތުންވުމަކުން ދެމިލީ ބައްޕައަށް އަހަރެން ދަސްވެފައި ހުރިވަރު އެނގުމުންނެވެ.

” ޔާ… ޔޫއާރ ރައިޓް ޑޭޑް… އިޓްސް އެބައުޓް އެވްރީ ފަ*** ތިންގް އެބައުޓް ހާ… އީވެން އިން ބެޑް، ޝީ ގޭވް މީ ނޮޓް ޖަސްޓް ސެޓިސްފެކްޝަން، ބަޓް ޕީސް ޓޫ… ބޮލަށް ލުއިވޭ އެސޫރަ ހަމައެކަނި ފެނުނަސް…އެ ނަން ހަނދައިން ވިޔަސް…. ” ބައްޕަ ޖެހިލުމެއް ނެތި އެސުވާލު ކުރީތީ އަހަރެންވެސް ޖެހިލުމެއް ނެތި ޖަވާބުވެސް ދިނީމެވެ. ޝައުކަތު އަންކަލް މޫނުގައި އަތް ހާކައިލީ ދެބަފައިންގެ ވާހަކަ ގަބޫލު ނުކުރެވިގެން ކަހަލައެވެ. އާކިފްވެސް ނޫން ކަމަށް އެހެން ދިމާއެއް ބަލާ ކަމަށް ހެދުނެވެ. ބައްޕަގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިއައީ އަހަރެންގެ ޖަވާބުންނެވެ.

” ބޭނުން އެކުއްޖާއާއި ބައްދަލު ކޮށްލަން.. ނަވީން ޔޫސުފް ޖަލީލް ރޭގަނޑުގެ ނިދިން މަހުރޫމު ކުރި ހަމަ އެކަނި އަންހެން ކުއްޖާއާއި ބައްދަލު ކޮށްލަން ބޭނުން…” ބައްޕަ ބުންޏެވެ.

” ވަރަށް އަވަހަށް…” ލުއި ހިނިތުންވުމެއް ދެމުން އަހަރެން ބޯޖަހައިލަމުން ނިކުންނަން ހިނގައިގަތީމެވެ.

” އަހަރެންނާއި މައުރާގެ ގުޅުމާއި އެއްވެސް ތަފާތެއް ނެތް، ޝައުކަތު… މާޒީ…. އަހަރެންގެ މާޒީ ތަކުރާރު ވަނީ ކަހަލަ… ހަމަ އަހަރެން ފަދަ މީހަކަށް ނަވީންވެސް ލޯބީގަ މިވީ…” އަހަރެން ލައިބްރަރީއިން ނިކުމެގެން ހިނގައިގަތް ވަގުތު ބައްޕަ ޝައުކަތު އަންކަލް ގާތު ބުނި އަޑު އިވުނެވެ.

ބައްޕައަށް އަހަރެންގެ ވާހަކަތަކުން ހިތްދަތިވިކަމުގައި ވިޔަސް ބައްޕަ އަކީ ރަނގަޅު މީހެކެވެ. ޒާނާ އެއްކޮށް ބަލައިގަންނަން ބައްޕައަށް ވަގުތު ކޮޅެއް ބޭނުންވި ކަމުގައިވިސް މައްސަލައެއް ނެތެވެ. އިރާދަ ކުރެއްވިއަޔާ ބައްޕަގެ ރުހުންވެސް ގާތް ގަނޑަކަށް މިއޮތީ ލިބިފައެވެ.

ސިޓިން ރޫމު ސޯފާ ތަކާއި އަރައި ހަމަވި ވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވިގެން އަހަރެން ބަލައިލީމެވެ. އެއީ ޖަނާގެ މެސެޖެކެވެ. އަހަރެން އެ މެސެޖު ހުޅުވައި ލީމެވެ. އަހަރެންގެ ނޭވާ ތާށިވީ ޒާނާގެ ފޮޓޯއެއް ފޮނުވާފައި އިންދައި ފެނުމުންނެވެ. އަތްދިގު، އެ ކުރު ހެދުމުގައި އަހަރެން ދިން ހީލްއަށް އަރައިގެން ރީތި ހިނިތުން ވުމެއްގައި ޒާނާ ހުރި އިރު ހަމަ ރަނގަޅަށް ވެސް އަހަރެންގެ ހިތް ފޮތިފޮތި ކޮށްލައިފިއެވެ. ހީލުމުން ދެކޮލަށް އެޅިފައިވާ އަޑިކޮޅާއި ދިގު އިސްތަށިގަނޑު ދެކޮނޑުމަތިން ތިރިއަށް ފައިބާފައި އޮތް ގޮތް ފެނުމުން އެ އިސްތަށިގަނޑު އަތަށް އޮޅާލައި ވާން ކޮށްލަމުން އެ ފިޔާތޮށި ތުންފަތުގައި ބޮސްދީ ތުންފަތް ރަތް ލޭ ކޮޅަކަށް ހަދާލަން ބޭނުން ވިއެވެ. އަދިވެސް އެތަކެއް ލޯބިވެތި ސަމާސާ ތަކަކުން އެ ދޮން މޫނު ރަތް ކޮށްލަން ބޭނުންވިއެވެ. އަވަސް އަވަހަށް އަހަރެން އެ ފޮޓޯ ފޯނުގެ ވޯލްޕޭޕާއަށް ލީމެވެ. ފޯނު ޖީބަށް ލަމުން އަހަރެންނާއި އާކިފް ގޮސް ކާރަށް އެރީމެވެ.

*********

 

ޗެޕްޓާ 9

ޒާނާ

 

ކާރޫ ބާރޫ މަގުތަށް މަތިން ހިނގާލާފައި އަހަރެން މިސްރާބު ޖެހީ ކޯޓާއި ދިމާއަށެވެ. މެންދުރާއި ކައިރި ވަމުން އަންނާތީ މަގުތައް މަތި ފެންނަނީ ވަރަށް ހަލަބޮލި ކޮންނެވެ. ކޮޅުކޮޅު މައްޗަށް ބާރު ސްޕީޑުގައި ދުއްވަމުންދާ ކާރާއި ސައިކަލު ތަކުގެ ސަބަބުން މަގުތަށް ވަނީ ތޮއްޖެހިފައެވެ.  އިރުގެ ދިލަ ހޫނުން ހަންގަނޑު ފިއްސާލަ ފާނެހެން ހީވާކަހަލައެވެ. ނަމަވެސް އެދިލަ ހޫނަށް ފަރުވާލެއް ނެތި މަގުތަށް މައްޗަށް ހައްތަހާ މީހުން ދަނީ ގިނަވަމުން ކަހަލައެވެ.

މަޑު ހިނގުމެއްގައި އަހަރެން އައިސް ކޯޓަށް ވަނީމެވެ. މިއަދު މިއީ އަހަރެން ރުހާމް ގާތުން އެއްކޮށް މިނިވަން ވާ ދުވަހެވެ. ހިތަށް ވެރިވެފައިވީ ބުނަން ނޭނގޭ ފިނި ކަމާއިއެކުވެސް ހިތުގެ ކަނެއްގައި ވީ ބިރުވެރިކަން ވެސް ވަކި ކުޑައެއް ނޫނެވެ.

މޭމަތީގައި ބާއްވާފައިވީ ހިލަގަނޑެއް ނެގުނު ފަދަ އިހުސާސެއް ކުރުވީ އިއްދަ ހަމަވި ކަމުގެ ލިޔުން އަހަރެންގެ އަތަށް އެރި ވަގުތުއެވެ. ލޯމަރައިލަމުން އަހަރެންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިނިކާވަގެއްގެ ވަކިތަކުން މިނިވަންވި ކަމުގެ އިހުސާސެއް ކުރުވި ނަމަވެސް އެ މިނިކާވަގު އޭގެ ޝިކާރައަށް އަނެއްކާވެސް އައިސްދާނެ ކަމުގެ ބިރުވެސް ހިތުގައި ދެމިއޮތެވެ.

ގެއާއި ދިމާއަށް މިސްރާބު ޖެހިއިރު އަހަރެންގެ ހިތަށް ނުކިއްސަރު އެތަކެއް ހިޔާލު ތަކެއް ވެރިވާން ފަށައިފިއެވެ. އޭގެ ސަބަބުން ލިބިފައިވީ ހިތްހަމަ ޖެހުން މަޑުމަޑުން ކުޑަވާން ފަށައިފިއެވެ. ވަރީގެ މަރުހަލާ ނިމުނު ކަމުގައި ވިޔަސް އަދިވެސް ރުހާމްގެ ކިބައިން މިނިވަންވީ ނޫން ކަމުގައި އަހަރެންގެ ހިތް ހަރު އަޑުން ގޮވަން ފަށައިފިއެވެ. އަދިވެސް ރުހާމްގެ އުނދަގޫ ފޯރާނެ ކަމުގައި އަހަރެންގެ ސިކުނޑި އިންޒާރު ދޭން ފަށައިފިއެވެ.

ވިސްނި ވަރަކަށް ހާސްކަން އަހަރެންނަށް ވެރިވެގަންފިއެވެ. ނޭވާލުމަށް ކުޑަ ދަތި ކަމެއް ވެރިވިހެން ވެސް ހީވާން ފަށައިފިއެވެ. މޭފިތެމުން ދާފަދަ އިހުސާސެއް ކުރެވެން ފަށައިފިއެވެ. މޭގައި އަތް އަޅާއިލަމުން ހުއްޓިލީ ނަފްސު ހަމައަކަށް އަޅުވައި ލުމަށެވެ. ފުންކޮށް ލަސްލަހުން އަހަރެން ނޭވާލާން ފެށީމެވެ. ކުޑަކޮށް ހަމަޖެހުނު ކަމުގެ އިހުސާސެއް ކުރެވިގެން ދިއައެވެ. ނަސީބަކުން އެވަގުތު އެ ގޯޅިގަނޑުގައި އެއްވެސް މީހެއް ނެތެވެ.

އެޕާޓުމަންޓުގެ ދޮރުން އެތެރެއަށް ވަދެވުނު ވަގުތު ޖަނާގެ ހާސްވެފައިވީ މޫނު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ވާނީވެސް އެހެންނެވެ. މިއަދަކީ ޖަނާގެ އަލަތު ކައިވެނި ކުރެވޭ ދުވަހެވެ. ޖަނާގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އަދި އެންމެ ހާއްސަ ދުވަހެވެ. ކައިވެނި ކުރާ ދުވަސް ގާތްވަމުން އައިއައިހެން ޖަނާއަށް ވަމުން ދިއަ ހުރިހާ ގޮތެއް އަހަރެންނަށް ދިޔައީ ފެންނަމުންނެވެ. އެ ދެލޮލުން ބަބުޅަމުން ދިއަ އުފާވެރި ކަމާއި އެއްވަރަށް ހާސްކަންވެސް ވެރިވާ ފަހަރު ފަހަރު މަދެއް ނޫނެވެ.

“ޒާ…. ކޮންގްރެޓްސް…” ހާސްވެފައި ހުރެވެސް އަހަރެން ފެނުމުން ޖަނާ އަހަރެންނަށް މަރުހަބާ ކިއެވެ. އަހަރެން ލުއި ހިނިތުންވުމެއް ބަދަލުކޮށްލީ ބުނަންވީ ވަކި ކީކޭކަމެއް ނޭނގުމުންނެވެ. އަހަރެންނަށް ވެފައިވީ ގޮތް ފެނުމުންނާއި އަހަރެން އެވިސްނަނީ ކޮންކަމަކާއިކަން އެނގުމުން ކަންނޭނގެއެވެ. ޖަނާ އަވަސް އަވަހަށް މައުލޫ ބަދަލުކޮށްލިއެވެ.

” ފުރާ ގަޑި ޖެހެނީ… ޒާ… އަވަހަށް ހިނގާ…” ޖަނާ އަވަސް އަވަހަށް ބުނެލިއެވެ. ޖަނާގެ ކައިވެނި ކުރެވުމަށް ހަމަޖެހިފައިވީ ރިސޯޓަށް ދާން ފުރާގަޑި ޖެހެނީކަން އަހަރެންނަށް ރެއަކާލީ ދެނެވެ. އަވަސް އަވަހަށް އަހަރެންގޮސް ކޮޓަރިއަށް ވަނީމެވެ. އަދިވެސް އެއްފަހަރު ފޮށީގައި ހުރި އެއްޗެހި ހަމަތޯ ބަލައިލަމުން އަހަރެން ފޮށި ލައްޕައިލީމެވެ. އޭރު ޖަނާ އައިސް އަހަރެންގެ ކޮޓަރީގެ ދޮރު މަތީގައި މަޑުކޮށްލަނީއެވެ.

“ކޮބާ މަންމަމެން…؟” އަހަރެން އަހައިލީމެވެ. އަހަރެން އަވަސްއަވަހަށް ފޮށިނަގައި ކޮޅަށް ބަހައްޓަމުން އަހަރެންގެ އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލީމެވެ.

” މަންމަވެސް އެންމެންވެސް މިހާރު ގޮއްސި.. އަހަރެން މި މަޑުކުރީ ޒާނާއާއި އެކީގައި ދާންވެގެން…” ޖަނާ ބުންޏެވެ.

މަގުމައްޗަށް ނިކުމެވުނު އިރު ޓެކްސީ އައިސް އޮތެވެ. ޓެކްސީއަށް ފޮށި އަރުވައިލަމުން އަހަރެންނާއި ޖަނާ ޓެކްސީގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލީމެވެ. ލޯންޗާއި ހަމައަށް ދެވެންދެންވެސް ޖަނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެއީ އާއްމުކޮށް ހާސްވެ ކަންބޮޑުވުމުން އޭނާގެ އަމަލުތަށް ހުންނަ ގޮތެވެ. ޖަނާއަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރެން ޖަނާގެ އަތުގައި ހިފައި ހިނިތުން ވުމެއް ދީފައި ހާސްނުވުމަށް ބުނީމެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ހުދު ފޮނު އަރުވަމުން ލޯންޗު ބާރު ސްޕީޑުގައި މިސްރާބު ޖަހާފައި ހުރީ ރިސޯޓާއި ދިމާއަށެވެ. ހުދުކުލައިގެ ކަފަކޮޅުތަކެއްހެން ވިލާކޮޅުތައް ދުރު ދުރުގައި ނޫ އުޑުމަތީގައި އެތުރިލާފައިވިއެވެ. ފިނި ފިނި ވައިރޯޅި ތަކުގެ ސަބަބުން އުދާސްކަން ކުޑަކޮށްދީފައިވީ ވަރަށް ހިތްގައިމު ދުވަހެކެވެ. އުޑުމަތިސާފު ރީތި ދުވަހެއްކަން ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ޖަނާގެ ޑްރީމް ވެޑިން ބޭއްވޭނެ ގޮތެއް ނުވީހެވެ.

ރިސޯޓުގައި އަހަރެމެން ތިބުމަށް ހަމަޖެހިފައިވީ ކޮޓަރިތަކަށް ދެފަރާތުގެ އާއިލާ މީހުންނާއި ގާތް ތިމާގެ މީޙުން އައެވެ. އެންމެންވެސް އެމީހެއް ގެނައި ސާމާނުތައް ކޮޓަރިތަކަށް ލައިފައި ހަމަޖެހިލެވުނު އިރު މެންދުރު ބާރަ ޖަހަނީއެވެ. އެހެންކަމުން އެންމެންވެސް އެންމެ ފުރަތަމަ ދިއައީ މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށެވެ.

ހަވީރު ބޭއްވޭ ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމުގެ މަސައްކަތް ފެށުނު އިރު މެންދުރު އަނބުރައި ދެއެއް ޖަހަނީއެވެ. ޖަނާއާއި ޖަނާގެ އާއިލާ މީޙުން ތައްޔާރުވުމަށް ހަމަޖެހިފައިވީ އެއްކޮޓަރީގައެވެ. މޭކަޕް އާޓިސްޓުން އެމިހުންގެ ހުނަރުވެރިކަނ ދައްކައިލުމުގެ މަސައްކަތް ފެށިއެވެ. ހުނުމާއި ސަކަރާތުގެ ސަބަބުން މުޅި މާހައުލަށް ވެރިވެފައިވީ އިންތިހާއީ އުފާވެރި ކަމެވެ.

އަހަރެން ޖަނާގެ ގާތަށް ޖެހިލީމެވެ. އޭރު ކުއްޖަކު ޖަނާގެ ނިޔަފަތިތައް ހެދުމައިގެން އުޅެމުން ދިއައިރު އަނެއް ކުއްޖަކު ޖަނާގެ އިސްތަށިގަނޑު ހެދުމަށް ހަރަކާތްތެރިވަމުން ދިއައެވެ. އަހަރެން ޖަނާގެ ފުރަގަހުގައި ހުއްޓިލަމުން ލޯގަނޑުން ޖަނާގެ ސޫރައަށް ބަލައިލީމެވެ. އުފާވެރި ކަމާއި އެއްވަރަށް އެ މޫނު މަތިން ހާސްކަން ވެސް ވެރިވެފައިވިއެވެ.

” ނާވަސް…؟ ” އަހަރެން ޖަނާއަށް ބަލައިލަމުން އަހައިލީ ހިނިތުން ވެފައި ހުރެއެވެ.

” ޔެސް…” ޖަނާ އަވަސް އަވަހަށް ބޯޖަހައިލަމުން ބުންޏެވެ.

” އިޓްސް އޯކޭ ވާނެ… ކޮންމެ މީހަކުވެސް މިދުވަހު ހާސްވާނެ… އުފާވެސް ވާނެ…މިރޭ ވީމަ ތިކަން ހަނދައިން ނެތިދާނެ….” އަހަރެން އެއްލޯ މަރައިލަމުން ޖަނާއާއި ދިމާކޮށްލީމެވެ. އަހަރެންގެ ބަސްތަކުން ޖަނާ ކުޑަކޮށްހަމަޖެހިލައި ހޭން ފެށިއެވެ.

” އެނގޭ … އެކަމް ހަމަ ނާވަސް ވަނީ… އުފާވެސް ވޭ.. ވަރަށް އުއްމީދު ކުރި ދުވަހެއް އައިސް ޖެހުނީމަ.. ލޯބިވާ މީހަކާއި އިނުމުގެ ނަސީބު ލިބޭނީ ވަރަށް މަދު މީހަކަށް…” ޖަނާ ބުންޏެވެ. އަހަރެންވެސް ޖަނާގެ އެއުފާވެރި ކަމުގައި ބައިވެރި ވުމުގެ ގޮތުން ހިނިތުންވެލީމެވެ. ޖަނާއަށްޓަކައި އަހަރެންގެ ހިތް އުފަލުން ވަނީ ފުރިފައެވެ.

” ޔާ…. ލޯބިވާ މީހަކާއި އިނުމުގެ ނަސީބު ލިބޭނީ ވަރަށް މަދު މީހަކަށް…” އަހަރެން ހިނިތުންވެލަމުން ބުނިކަމުގައިވިޔަސް އަހަރެންގެ އަޑުގައިވީ ރިހުން ޖަނާއަކަށް ސިއްރެއް ނުވިއެވެ. އަހަރެންނަށް ބަލައިލަމުން ޖަނާ އަހަރެންގެ އަތުނގައި ހިފައިލީ އަހަރެން އެހެން އެބުނީ ކާކަށް ނިސްބަތް ކޮށްފައިކަން އެނގުމުންނެވެ. ލޮލަށް ޖަމާވަމުން ދިއަ ކަރުނަ ތަކުގެ ތެރެއިންވެސް އަހަރެން ހިނިތުންވުމެއް ދިނީމެވެ.

” ސޮރީ… އަހަރެންނަށް ވިސްނައި ނުލައި….” ޖަނާގެ ވާހަކަ ފުރިހަމަ ކުރުމުގެ ކުރިން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

“އިޓްސް އޯކޭއޭ ޖަނާ… އެނގެއޭ ޖަނާ ގަސްތަކު ނޫންކަން….” އަހަރެން ހިނިތުން ވެލަމުން ބުނި ކަމުގައި ވިޔަސް ޖަނާގެ މޫނުމަތީގައި ހުރި ކުށްވެރި ކަމުގެ ކުލަވަރު ފަނޑުވާ ގޮތެއް ނުވިއެވެ.

“މިދަނީ ރެޑީ ވެލަން އިނގޭ… ވެޑިން ޑްރެސް ލާންވާއިރަށް އަންނާނަށް…” އަހަރެން ޖަނާގެ ކޮނޑުގައި އަތް ބާއްވައިލަމުން ބުނީމެވެ. އަހަރެން ދާން ހިނގައިގަތުމުން ޖަނާ އަހަރެންގެ އަތުގައި ހިފަހައްޓައިލިއެވެ.  އޭނާގެ މޫނު މަތިން ވާހަކައެއް ބުންނަން ބޭނުންވެފައި ހުރި ކަމުގެ ކުލަވަރުތަށް ދަނީ ފެންނަމުންނެވެ.

” ވަރަށް ރީތި ވެލައްޗޭ މިއަދު…. އިނގޭ…” ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ޖަނާ ބުނެލިއެވެ. އަހަރެން ސުވާލު އުފެދިފައި ބަލައިލީ ޖަނާ އެހެން އެބުނީ ކީއްވެގެން ކަން ނުވިސްނުމުންނެވެ. އެކަމަކުވެސް ވަގުތު ކުޑަތަން ވަމުން އަންނާތީ އިތުރު ސުވާލު ތަކެއް ނުކޮށް އަހަރެން ބޯޖަހައިލަމުން ކޮޓަރިން ނިކުތީމެވެ.

ފެންތައް އޮހޮރެމުން ދިއަ މާގަނޑު ދަށުގައި އަހަރެން ހުއްޓިލަމުން ފާރުގައި އަހަރެން އަތް ވިއްދައިލީމެވެ. ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް ރުހާމްގެ ފަރާތުން ކުރިމަތި ވެދާނެ ކަންކަމާއި ދޭތެރޭގައި ވިސްނޭ ކޮންމެ ފަހަރަކު ނޭވާ ހާސްވާގޮތް ވެފައި މިހާރު ހުންނަނީ ދުވަސް ކޮޅެއް ވެއްޖެއެވެ. މަޑުމަޑުން އެބިރުވެރިކަން ބޮޑުވަމުންދާހެންވެސް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރުހާމްފަދަ ބާރާއި ނުފޫޒު އޮތް މީހެއްގެ ކައިރިން އަދި އެހާ ފަސޭހައިން ސަލާމަތް ނުވާނެ ކަމަށް އަހަރެންގެ ސިކުނޑި ވިސްނައިދެމުން ދަނީއެވެ. އޭނާގެ އުނދަގޫތަށް އަދިވެސް އަހަރެންނަށް ޖެހޭނެ ކަމުގައި އަހަރެންގެ ހިތް އަންގައި ދެމުން ދަނީއެވެ. އަދި އޭނާ ކޮށްފާނެ އަނިޔާ ތަކަކާއި މެދު އަހަރެންގެ ހިތް ކަންބޮޑުވަމުން ދަނީއެވެ. ކުރީގައިހެން، އޭނަ އެންމެ ހިތްހަމަ ނުޖެހިއްޖެނަމަ ކުރާނެ ފަދަ ޖިންސީ އަނިޔާތައް މަތިން އަހަރެންގެ ހަނދައިންވާން ފެށުމުން އަހަރެންގެ ނޭވާ އިސާހިތަކު ކުރުވާން ފެށީ ގަތް ބިރެއްގެ ބޮޑު ކަމުންނެވެ. އަދި އަހަރެންނަށް ހިމާޔަތް ތެރިވާނެ މީހަކުވެސް ނެތް ކަން ހިތަށް އަރައި، އަމިއްލަ މީހާގެ އެކަނިވެރިކަން ހިތަށް އަރާފައެވެ.

މޭގައި އަތް ހާކައިލަމުން ލޯމަރައިލަމުން ފުން ނޭވާތަކެއް އަހަރެން ލާން ފެށީމެވެ. މޭފިތެމުން ދާކަމުގެ އިހުސާސެއް ކުރެވެމުން ދާންފެށުމުން އަހަރެން ފެންމާގަނޑުގެ ދަށުގައި ކުޑަކަކޫ ޖަހައިލަމުން ގުދުވެލީމެވެ.  މާގަނޑުން އޮހޮރެމުން ދިއަ ފިނިފިނި ފެނުންވެސް އަހަރެންނަކަށް ލުޔެއް ނުލިބުނެވެ.

އެތަށް ފަހަރަކު އަހަރެން ފުންކޮށް ނޭވާ ލީމެވެ. ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރީމެވެ. ރޮވެން ފެށުނީ މޭގައިހުރި ތަދު ފުންވަމުންދާހެން ހީވާތީއެވެ. ލުޔެއް ނުލިބި، ނޭވާކުރުވެ މަޑު ތުރުތުރެއް ހަށިގަނޑުގައި ދައުރުވާން ފެށިއެވެ. ބޮލަށް އެނބުރުން އަރައި މޫނުމަތީގައި ކުދިކޮކާ ބުރާހެން ހީވާން ފެށިއެވެ. ގިސްލަ ގިސްލައި ރޮވެން ފެށުނީ ދުވަހަކުވެސް ނުވާ ގޮތް ތަކެއް ވެ އަދި ވަމުންމިދާ ގޮތެއް އަހަރެންނަށް ނޭނގި ބިރުގަންނަން ފެށުމުންނެވެ. މާގަނޑުން ފައިބަމުން ދިއަ ފިނި ފެންތަކާއި އެކުވެސް އަހަރެންނަށް ހަށިގަނޑުގައި އުދާސްކަމަކާއި ހޫނު ކަމެއް ވެރިވެގެން ދިޔަ ފަދަ އިހުސާސްތަކެއް ކުރެވެމުން ދިއައެވެ. ކުރުކޮށް އަވަސް އަވަހަށް ނޭވާލަމުން އަހަރެން ބިރުން އެތަށް އިރަކު ފެންމާގަނޑު ދަށުގައި އިނދެގެން ރުއީމެވެ. ބިރުވެރިކަން މީހާގެ ހަފަރާތް ވަށާލައި، މުޅި ސިކުނޑި ހުސްވި ހިނދު އައި ނައިތަނެއް ނޭނގި ……………..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް: މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް…

Next

ދެވުނީ ވޭނޭ 69

Next
May 25, 2026

ދެވުނީ ވޭނޭ 69

Previews
May 25, 2026

ކިޔުންތެރިންގެ ސަމާލުކަމަށް: މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް…

2 Comments!

  1. Lam says:
    May 25, 2026 at 11:16 pm

    Alheyyy ehaa kiyaa hithun indha ninmaali thi 🔥🔥 ❤️
    Vrh reethi 😍

    1. Anaq says:
      June 3, 2026 at 4:52 pm

      ❤️❤️

Comments are closed.

Next Episodeގާތުގާ… 24←


All Right Reserved!