އަހަރެންނަށް ނޭނގުނީ ޒާނާ ދެން ހާމަ ކުރަން އެއުޅޭ ހަޤީޤަތުގެ ސަބަބުން އަހަރެންގެ މުޅީ ދުނިޔެ އެފުށް މިފުށަށް ޖެހޭނެ ކަމެވެ. އެ ހަޤީޤަތް ފާޅު ނުވި ނަމައޭ އަހަރެންގެ ހިތަށް އަރާނެ ކަމެވެ. އަދި އެ ހަޤީޤަތުގެ ސަބަބުން އަހަރެންގެ ހިތް ފޮތިފޮތި ވެ ޒަޚަމް ވާނެ ކަމެވެ. ކުރިން ލިބުނު ފަދަ ޒަޚަމްތަކަކުން އަހަރެންގެ މުޅި ހިތް ކަތިލެވޭނެ ކަމެވެ. *********** “ނަވީން… އަހަރެން ރުހާމް….. ރުހާމްއާއި އިން އިރުވެސް ބަނޑު ބޮޑު…….” […]
ކުޑަކޮށް މައްޗަށް ހިއްލިފައިވީ ޓީޝާޓުގެ ކޮޅުގެ ސަބަބުން ޒާނާގެ މެދުހަށިން ބޮޑު ބައެއް ވަނީ ހާމަ ވެފައިވީ ތަނަށް އަހަރެންގެ ދެ ކަޅި ގޮސް ހުއްޓުނެވެ. އެހިނދު އިހުސާސް ތަކަށް ވާން ވެލިއެވެ.. ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކަށް ވީތީ އަދި ހިތުލޯބީގެ ގާތުގައި ގޮތަށް އިންނަން ޖެހުމުން ހިތް އަވަސްވާން ފެށީ ތިޔަހެން ހެނެއް ނޫނެވެ. ރުވާފައި ދޫކޮށްލި ތީރު ތަކެއް ފަދައިން މަސްތުގެ ތީރުތައް އަހަރެންގެ ހިތަށް އިސާހިތަކު ހެރެން ފެށިއެވެ. ******* […]
ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ އަހަރެން އެނދުގައި އޮށޯވެލީ މެވެ. މޭމައްޗާއި ހަމައަށް އޮޅާލެވިފައިވީ ތުވާލި ކޮޅާއިއެކު އަހަރެން އޮތީ ނިދާހެދުން ލުމަށްވެސް ކަންނެތް ވެފައި ހުރިވަރުންނެވެ. ޕާޓީގައި އެވަރަށް ތެޅިތެޅިފައި ހުރުމުންނާއި ވާރޭގައި ތެމުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ. އެނދުގައި ޖެހުމާއިއެކު ދެލޮލަށް ނިދި ސަވާރުވީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ނިދީގެ ފުންކަމުގެ ތެރެއަށް އަހަރެން ގެނބިގެން ދިއައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ******* އަހަރެންނަށް ހޭލެވުނީ ބަނޑުގައި ރިއްސައި […]
އިސްކޮޅުގައި ބޮޑު ތަފާތެއް ހުރުމުން އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި އަހަރެންގެ މޫނާއި ހަމައަށް އުފުލައިލީމެވެ. ޒާނާގެ އެއްފައި އަހަރެންގެ އުނަގަނޑާއި ދިމާއަށް އުފުލައިލިއެވެ. ކެތްތެރިކަމުގެ އެންމެ ފަހު އިމްތިހާނު ކުރެވުނު ވަގުތަކީ އެއީއެވެ. ބޯކޮށް ވެހެމުން ދިއަ ވާރޭގައި ދެޖިސްމު ތެމި ފޯވަމުން ދިޔައިރު އެ ވާރޭވެސް…….. އެ ފިނިކަން ވެސް……. އަދި އެ ހިނދުކޮޅުވެސް އަހަރެމެން ދެމީހުން އެކަތިގަނޑަކަށް ހަދަން ދައުވަތު ދެމުން ދިއައެވެ. ކަނާތުން އަހަރެން ޒާނާގެ މޫނުގައި އަތް ޖައްސައިލީމެވެ. މަޑުމަޑުންނެވެ. […]
ހަމަ ހިމޭން ކަމުގައި ހޭދަވަމުން ދިއަ ކޮންމެ ސިކުންތަކާއިއެކު ދެމީހުންގެ ހިތުގެ ތެޅުންވެސް ދިއައީ އިތުރު ވަމުންނެވެ. ދެމެދުގައިވީ “ޓެންޝަން” ދިއައީ އިތުރު ވަމުންނެވެ. އެ ރީތި ފަތްމިންޏެއް ފަދަ އަންހެން ކުއްޖާ ގެނެސް އަހަރެންގެ އަތުތެރެއަށް ލައި ހީ ފިލުވާލަ ދޭން، އަހަރެންގެ ހިތް ދިއައީ އިންތިހާއަށް އެދި ގޮވަމުންނެވެ. ހަމަ އެއާއި އެކު ވެހެމުން ދިއަ ވާރޭވެސް ދިއައީ ބޯކުރަމުންނެވެ. އެ ވާރެއިން އަހަރެންގެ ނުސިޔާނު ހިތް ދޮވެ ސާފުކުރަން އުޅޭ ކަހަލައެވެ. *********** […]
” އަމް…. ނަވީން މެރިޑްއެއް ނޫން ދޯ…” ވަރަށް ނުކެރިފައި އިނދެ، ދެކޯ ރަތް ކޮށްލަމުން ޒާނާ އަހައިލިއެވެ. އަހަރެންގެ ހިތް ޒާނާއާއި ސަމާސާއެއް ކޮށްލާ ކުޑަކޮށް ތަޅުވައިލަން ހިތަށް އެރިއެވެ. ” އަހަރެން އާއެކޭ ބުނެފިއްޔާ….؟” އަހަރެން އަހައިލީމެވެ. ޒާނާ އަހަރެންނަށް ކުއްލިއަކަށް ބަލައިލިއެވެ. ” މެރީޑް ވިޔަސް ކޮބާ މައްސަލައަކީ…” އަހަރެން ބުނެލީމެވެ. އަހަރެންގެ ޖަވާބުން ޒާނާގެ މޫނުމަތީގެ ކުލަވަރު އެކަށް އޮއްސިގެން ދިއަތަން އަހަރެންނަށް ފެނުނެވެ. ********** ޝޮކެއް ލިބިފައި އިންހެން […]
އަހަރެންގެ ހަރަކާތް ދެނެގަނެ، ކޯޓުލުމަށް ޓަކައި ޒާނާ ފުރަގަހަށް އެނބުރިލިއެވެ. އެހިނދު ޖެހިލި ވައިރޯޅިން ޒާނާގެ އިސްތަށިގަނޑު ކުޑަކޮށް އެއްފަރާތް ވެލި ވަގުތު ޒާނާގެ ބުރަކަށި ފުދޭވަރަކަށް ކަޝްފުވިއެވެ. އަހަރެންނަށް ކޯޓުގައި ބާރަށް ހިފަހައްޓާއި ލެވުނީ ފަހުން ހިތާމަ ކުރަން ޖެހޭވަރުގެ އަމަލެއް ކުރެވިދާނެތީ ނަފްސު ހަމައަކަށް އަޅުވައި ލުމަށެވެ. ނަމަވެސް އަހަރެންގެ ދެލޯ އަހަރެންގެ ބަހެއް ނޭހިއެވެ. ބަނޑިޔާދަން އެ ރީތި ހަށިގަނޑަށް ކަޅި ޖަހައިނުލައި ބަލަހައްޓައިގެން އަހަރެން ހުއްޓައި ދެން އަދިވީ މާ ދެރަ […]
ދުވަހަކުވެސް…. ދުވަހަކުވެސް…… މުޅި އުމުރު ހުސްވިޔަސް ދެން ފެނިދާނެ ކަމަށް އަދި ބައްދަލު ވެދާނެ ކަމަށްވެސް ހީކުރެވިފައި ނުވާ އިންސާނާ އެހުރީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އަހަރެންނާއި ވިއްސަކަށް ފޫޓު ދުރުގައެވެ. އަހަރެންނަށް ނަޒަރު ވަކިކޮށް ނުލެވިފައި ހުއްޓައި އަބަދުގެވެސް އެ ބަރު އަދި ފިރިހެން ހިނގުމުގައި އަހަރެންނާއި ދިމާއަށް އަންނަން ފަށައިފިއެވެ. ފަހަތުން އަހަރެން ބިރުން ދުވެ ފިލަން ބޭނުންވި އަހަރެންގެ ބިރުވެރި މާޒީއެވެ. އަހަރެންގެ ކުރިމަތިން، އެކުގައި ވުމުގެ ނަސީބު ލިބިފައި ނެތަސް […]
ޖެހިލި ފިނިފިނި ވައިރޯޅިއަކާއިއެކު ދަންނަ ފިރިހެން ސެންޓެއްގެ ވަސް އަހަރެންގެ ނޭފަތުގައި ހަރުލުމާއިއެކު ދަންނަ އިހުސާސް ތަކެއް ކުރެވިގެން ދިއައެވެ. ސިހުމާއިއެކު އަހަރެންނަށް ފަރާތް ފަރާތަށް ބަލައިލެވުނީ އެއީ “އޭނާގެ” ހިތްގައިމު ވަހަށް ވުމުންނެވެ. ****** ނަމަވެސް އެ ހިތްގައިމު މަސްތީ ވަހުގެ ވެރިޔާއެއް ނުފެނުނެވެ. އެ އިހުސާސްތަކުގެ މިލްކުވެރިޔާއެއް ނުފެނުނެވެ. އަހަރެންގެ ހިތް މާޔޫސް ކުރިވިއެވެ. ދެކިލަން ކެތްމަދުވެފައި ހުރިވަރުން އަހަރެންގެ ހިތްވެސް އަހަރެންނަށް މަލާމާތް ކުރިއެވެ. އަމިއްލަ ނަފްސުގެ މޮޔަކަމޭ ހިތަށް […]