މެހެކް ހިތަށް އެރިއެވެ. މީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ އަންހެނަކަށްވެ ހުރެ އަންހެނެއްގެ އިހުސާސްތަކެއް ނޭނގޭ ހެއްޔެވެ؟ ނުވަތަ އެނގިހުރެ ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ؟ އެއީ ހަޤީޤަތުގައިވެސް މައިދައިތަގެ ވިސްނުން ހުރި ގޮތްބާވައެވެ؟ ނުވަތަ ދަރި ދޮންފުތުވީވަރުން އެކަން ކަމަކަށް ނުވީ ހެއްޔެވެ؟ ފާޒިލްގެ އަނިޔާތަކަށް ކެތްކުރަމުން އޭނާގެ އަމުރުތަކަށް ކިޔަމަންވަމުން މެހެކް ގެންދިޔައެވެ. ފާޒިލްގެ ފަރާތުން ލިބޭ އަނިޔާގެ އިތުރުން ފާޒިލްގެ މަންމަ ފާއިޒާގެ ފަރާތުން އިވޭ ހިތްދަތި ބަސްތަކުން މެހެކްގެ ހިތް ފޮތިފޮތިވަމުން […]
މާލޭގެ ހަލަބޮލި މަގުތަކުގެ އަޑުތަކަށްވުރެ ބާރަށް މެހެކްގެ ހިތް ތެޅެމުން ދިޔައެވެ. މިއަދަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ދުވަހެވެ. އޭނާގެ ކައިވެނީގެ ހަފުލާ އޮތް ދުވަހެވެ. މެހެކްއަކީ ކުޑައިރުއްސުރެ ކައިވެންޏާމެދު ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުން އައި ކުއްޖެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ފިރިމީހާއަކީ ހަމައެކަނި ދިރިއުޅުމުގެ ބައިވެރިއެއް ނޫނެވެ. އެއީ އޭނާގެ ދުނިޔެއެވެ. އޭނާއަށް އިހުތިރާމްކުރާ އޭނާދެކެ އިންތިހާއަށް ލޯބިވާނެ “ޕްރިންސް ޗާމިން” އެކެވެ. “މެހެކް! އަވަސްކޮށްބަލަ. ފާޒިލްމެން އެ އަންނަނީ މިހާރު.” […]
“އެހެންވިއްޔާ އަހަރެންގެ ނިންމުންވެސް އަޑުއަހާ. މިއަދު ނާފިލްއަށް ޖެހޭނީ ކޮންމެވެސް އެކަކު އިޚުތިޔާރުކުރަން. އަހަރެން ވިއްޔާ އަހަރެން. ޖަނާން ވިއްޔާ ޖަނާން. ޖަނާން އިޚުތިޔާރު ކޮށްފިއްޔާ ނާފިލްއަށް ޖެހޭނީ އޭނަ ގޮވައިގެން މިގެއިން ނުކުމެގެން ދާން.” ސުލްތާނާގެ ނިންމުން އަޑު އިވުމުން ނާފިލްއަށް ގޮތް ހުސްވިއެވެ. އޭނާއަށް މަންމަވެސް މުހިންމެވެ. އަނެއްކޮޅުން ޖަނާންއަކީ އޭނާގެ ހިތުގެ ޔާރާއެވެ. އެތަނުން އެކަކު އިޚުތިޔާރު ކުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަށް އެނޫން ގޮތެއްވެސް ނެތެވެ. […]
“ނާއިފާ!” ނާފިލްގެ އަތް އިސްވާން އުޅުނެވެ. އޭނާގެ އަތުގައި ޖަނާން ހިފެހެއްޓިކަން ނަސީބެވެ. ނޫންނަމަ މިއަދު އޭނާގެ އަތުން ގޯހެއް ހެދުނީހެވެ. “އެ ކޫޑި އަންހެނާއަށްޓަކައި ކަލޭ ތި އުޅުނީ އަހަރެން ގައިގައި ޖަހަންތަ؟” ލިބުނު ސިހުމާއެކު އައި ރުޅީގައި ނާއިފާ ހަޅޭއްލަވައިގަތެވެ. “އެއީ ކާކުކަން އެނގޭކަށްނު ދޯ ބޭނުމީ. އޭނައަކީ ތިބުނާ ކަހަލަ ވިޔާނުދާ ކުއްޖެއް ނޫން. އެއީ މަގޭ އަނބިމީހާ.” ނާފިލްގެ ޖުމްލައިން ހީވީ މުޅި ތަނުގައި ބޮމެއް ގޮއްވާލިހެންނެވެ. “ކީކޭ؟” އެންމެނަށް އެއްފަހަރާ […]
ޖަނާން އޭނާގެ ބާލީސް ދަށަށް އަތް ކޮއްޕާލާފައި ނެގީ އޭނާގެ ޑައިރީއެވެ. ފޮތް ހުޅުވާލާފައި އޭގެ ތެރެއިން އޭނާ ނެގީ ފޮޓޯގަނޑެކެވެ. އެ ފޮޓޮއަށް ބަލައިލުމާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވިއްޖެއެވެ. އޭނާގެ ހިތުގެ ޔާރާގެ ސޫރަ މިނިވަންކަމާއެކު ބަލައިލާނެ ފުރުސަތު ލިބުމުންވެސް ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާ އެ އިންތިޒާރު ކުރަނީ އޭނާގެ ޔާރާއަށެވެ. ޖެހިގެން އައި ދުވަހެވެ. ހެނދުނު ހެނދުނާ އަރުޝީ ނާފިލްގެ ގެއަށް އައެވެ. އަދި ސުލްތާނާގެ ގާތުގައި ޝަކުވާތައް އޮއްސާލިއެވެ. […]
މާލޭގެ ހަލަބޮލި މަގުތަކުގެ އަޑުތަކާއި ދުރުގައި ހުޅުމާލޭގެ ފޭސް 2 ގެ އުސް އިމާރާތެއްގެ ބެލްކަނީގައި ނާފިލް ހުއްޓެވެ. އޭނާގެ ކުރިމަތީގައި ފެންނަން އޮތީ ނޫކުލައިގެ ފުން ކަނޑެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އެ ކަނޑަށްވުރެ މާ ފުން ބަޔާންކުރަން ދަތި އުދާސްތަކެކެވެ. ނާފިލްއަކީ މާލޭގެ ނަން މަޝްހޫރު، މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކާމިޔާބު ފޮޓޯގްރަފަރެކެވެ. އޭނާގެ ދިރިއުޅުމަކީ ބޭރުފުށުން ބަލާއިރު ފުރިހަމަ އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު އެ ހިތުގެ އެންމެ ފުންމިނުގައި ވަނީ ސިއްރެކެވެ. […]
ދުވަސްތަކަކަށްފަހު ޒައިދުގެ ވިޔަފާރީގެ ބައިވެރިއަކު އޭނާއާ ބައްދަލުކުރަން އައެވެ. އޭނާ ފެނުމާއެކުވެސް ޒައިދުގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އެއީ މާހީގެ ކުރީގެ ބޮސްއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟ އަހަރެން ކަލެއާ އެކީ ވިޔަފާރީގެ އެއްވެސް ކަމެއް ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން” ޒައިދު ރުޅިއައިސްފައި އެހިއެވެ. “ޒައިދު. ރުޅިމަޑުކުރޭ. ކަލެއަށް ތި ހުރިހާ ގޮތެއްވެސް ތި ވަނީ ކަލޭގެ ތި ބޮޑާކަމުގެ ސަބަބުން.” މަޖީދު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “އަހަރެން ބޮޑާވިޔަކަސް އެއީ މީހަކާ ބެހޭކަމެއް ނޫނެއްނު.” […]
މާލޭގެ އުސް އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި ހުރި ޕެންޓްހައުސްގެ ބެލްކަނީގައި ޒައިދު ހުރީ އުފަލުން ފޮޅިފައެވެ. މިއަދަކީ އޭނާގެ ޙަޔާތުގެ އެންމެ އުފާވެރި އެއް ދުވަހެވެ. އޭނާގެ ކުޑަކުޑަ ދަރިފުޅު ޒަލަފްގެ ފަސްވަނަ އުފަންދުވަހެވެ. މުޅި ގެ ވަނީ ކުލަކުލައިގެ ފުއްޕާހަންތަކުންނާއި ޒީނަތްތެރިކުރުންތަކުން ފުރާލާފައެވެ. ޒައިދަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ ކާމިޔާބީގެ ފަހަތުގައިވަނީ އޭނާގެ ހީވާގިކަމަށްވުރެ ބޮޑަށް އޭނާގެ އަނބިމީހާ މާހީގެ ޤުރުބާނީއެވެ. މީގެ ހަ އަހަރު ކުރިން ޒައިދާއި މާހީ ކައިވެނީގެ […]
ޝާޔާ މަޖަލަކަށް އޭގައި އެއްޗެއް ލިޔެލަން އުޅުނެވެ. އެކަމަކު އޭނާއަށް ފާހަގަވީ އޭގެ ބައެއް އަކުރު ޖެހެނީ ވަރަށް ތަފާތު ގޮތަކަށް ކަމެވެ. ކުއްލިއަކަށް ޝާޔާގެ ހަނދާނަށް އައި ކަމަކުން އޭނާއަށް ވަރުގަދަ ސިހުމެއް ލިބިއްޖެއެވެ. އޭނާގެ ހަނދާނަށް އައީ ތަހުޤީޤުގެ ތެރޭގައި ފެނުނު ސިޓީއެކެވެ. އެއީ ރިޝްފާ މަރުވުމުގެ ކުރިން ލިޔެފައިވާކަމަށް ބުނާ ވަދާޢީ “އީ” ސިޓީއެކެވެ. ފުލުހުން ބުނެފައިވަނީ އެ ސިޓީ ލިޔެފައިވަނީ ވަރަށް ތަފާތު ޓައިޕްރައިޓަރަކުން ކަމަށެވެ. އެ ޓައިޕްރައިޓަރުގެ އަކުރު ހުންނަނީ […]