– 15 ފެބްރުއަރީގެ ބަޔާއި ގުޅޭ – “ޝަހުމް އައިއްސި…” ވަރަށް ހިނިއައިސް އިނދެ، ލައިޝާގެ ކަންފަތް ދޮށުގައި އެހެން ބުނުމަށްފަހު ލަޔާ އަވަސް އަވަހަށް އެތަނުން ދިޔައެވެ. ކަން ވީގޮތް އެނގުމުން ލައިޝާއަށް ހަށި ފުރާ ނޭވާއެއްލެވުނެވެ. އަދި ބޯ ހޫރާލުމަށްފަހު ތަށިތައް ނަގާ ސާފުކޮށް، އޭނާގެ މަންޒިލަށް ދިއުމަށް އަވަސްވެގަތެވެ. “އައްސަލާމް ޢަލައިކުމް!..އައްސަލާމް ޢަލްއިކުމް!” ސަލާމް ގޮވަމުން އެތެރެއަށް ވަދެގެންއައި ޝަހުމް އެންމެ ފުރަތަމަވެސް ފެނުނީ ޝެހެނާއަށެވެ. އޭނާ އައީ ބަދިގޭގައި ހުރެފައި މީހަކު […]
– 11 ފެބްރުއަރީގެ ބަޔާއި ގުޅޭ – އޭނާ ފަޅު ރަށެއްގެ ގޮނޑުދޮށުގައި ހިނގާފައި ދަނިކޮށް، މީހަކު ސަލާމަތަށް އެދި ގޮވާ އަޑު އިވެއެވެ. އެ އަޑު އަންނަ ދިމާލަށް ބަލާލި ތަނުން ފެންނަނީ އެމީހަކު މޫދުގެ އަޑިއަށް ގެނބެމުންދާތަނެވެ. މަޑުވެސް ކޮށްނުލާ، ނާހިލް ދުވެފައިގޮސް އެމީހާ ސަލާމަތް ކުރުމަށް އަވަސްވެގަނެއެވެ. ފަސް މިނިޓެއް ހާއިރު ފަތާފައި އެހިސާބަށް ދެވުނު އިރު އެމީހަކު އެއްކޮށް އަޑިއަށް ގެނބެއެވެ. ކުރިއަށް ވުރެވެސް ބާރަށް ފަތައިގެންފައި ނާހިލް ބެލީ، އެމީހަކުގެ […]
– 1 ފެބްރުއަރީގެ ބަޔާއި ގުޅޭ – ތަނުގެ ވެރިޔާ ޑޮކްޓަރ ނާފިޒް، ތަނުގެ ކުރިއެރުމަށާއި އެހެނިހެން ގޮތްގޮތުން އެތަނުގައި ކުރަން ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާކޮށް، ލަފާ އަހައި އޮޅުންފިލުވަމުންދެއެވެ. އޭނާއަކީ ހިތްހެޔޮ، މުވައްޒަފުންނަށާއި ބަލި މީހުންނަށް އޯގާތެރި، ކަމަށް ޤާބިލް ވެރިއެކެވެ. އެހެންކަމުން އެތައްބައެއްގެ ރުހުމާއި އިހްތިރާމް އޭނާއަށްވަނީ ލިބިފައެވެ. އޭނާގެ ދެދަރިން ކަމުގައިވާ ނާހިލްއާއި އަންހެންދަރިފުޅު ޒަވުޝްއަކީވެސް އެކުދިންގެ ބައްޕަ ފަދައިން ނަމޫނާ ކުދިންތަކެކެވެ. މިއަދުގެ ބައްދަލުވުމުގެ އެއް […]
– 25 ޖެނުއަރީގެ ބަޔާއި ގުޅޭ – މިއަދު އެދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުމުންވެސް ލައިޝާގެ ފަރާތުން ފެނުނު ލަދުރަކި ހިނިތުންވުން ނިހާލްއަށް ވަރަށް ކަމުދިޔައެވެ. އަދި ހީނުކޮށް ހުއްޓައި ލައިޝާ ދާދި ދެންމެއަކު އެ ވަތް ކޮޓަރީގެ ދޮރުގައި ލިޔެފައިވާ ނަމުގެ ސަބަބުން ލައިޝާއާއި ބެހޭގޮތުން އޭނާ ހޯދަންބޭނުންވާ އެއްޗެހި އެނގުމަށް ފަސޭހަވިއެވެ. މަޢުނަވީ ހިނިތުންވުމެއް އޭނާގެ ފިޔާތޮށި ކުލައި ދެތުންފަތަށްވެރިވިއެވެ. “ޑޮކްޓަރ ލައިޝާ!…އާހް!.. ވަރަށް ރީތި” ނިހާލް މަޑު މަޑުން އެނަން ކިޔައިލިއެވެ. ފަތިހު […]
– 23 ޖެނުއަރީގެ ބަޔާއި ގުޅޭ – “އެހެންވީމަ ދޮންތިއަށް ހަމަ ހީވީ ރަނގަޅަށް. އޭރުވެސް ދޮންތި ބުނަމުންއައި އެއްޗެހި ހަނދާންކޮށްބަލަ!…އިފް ޔޫ ލަވް ސަމްވަން، ވެއިޓް އެން ވެއިޓް ޓިލް ހީ ސީކްސް ޔޯ ލަވް…..ބިލީވް މީ، މައި ލިޓްލް އެންޖަލް… ވަން ޑޭ، ޔޫލް ބީ ދި މޮސްޓް ހެޕިއެސްޓް ސިސްޓަރ އެވަރ…” ލައިޝާ ދިޔައީ އަދިވެސް ހިތްވަރު ކުރުމަށް ލަޔާއަށް ނަޞެޙަތްތެރި ވަމުންނެވެ.ކަމެއް ޙާޞިލުނުވިއޭ ބުނެ ފަހަތަށް ނުދުވެ، ކުރިއަށް ބެލުމަށެވެ. […]
– 13 ޑިސެމްބަރު ބަޔާއި ގުޅޭ – ޝަހުމްގެ ޙާލަކީތޯއެވެ. ނީޒާ އޭނާއާއި ދޭތެރޭ ކަންތައް ކުރިގޮތުން ޝަހުމްވަނީ ދިރިއުޅުން މަތިން އެއްކޮށް ފޫހިވެފައެވެ. މިކަމާއި އޭނާގެ މައިންބަފައިންނަށްވަނީ ފިކުރު ކުރަން ޖެހިފައެވެ. އެންމެފަހުން އެމީހުންނަށް ފެނުނު އެންމެ މޮޅު ގޮތަކީ ދުވަސްކޮޅަކަށް ނަމަވެސް ފަޒާލްއާއި އެކު ޝަހުމް ލަންކާއަށް ފޮނުވުމެވެ.މިކަމާއި ޝަހުމް ދެކޮޅެއް ނުހަދައެވެ. ވަރަށް ފަސޭހައިން އެންމެންގެ އެދުމުގެ މަތިން އެކަމަށް އެއްބަސްވެ، ދަތުރަށް ތައްޔާރުވެލިއެވެ. ފަޒާލް ވަރަށް ގިނައިން ލަޔާއަށް ގުޅޭތޯ މަސައްކަތް […]
– 2 ޑިސެމްބަރު ބަޔާއި ގުޅޭ – ވެފައިހުރި ވަރުބަލި ކަމާއެކީ ފަޒާލްކައިގެން އައިސް ޖައްސާލި ތަނުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. މެންދަމުގެ ވަގުތެވެ. އޭނާއަށް ހޭލެވުނީ ހޫނުވާތީއެވެ. ނަމަވެސް ފަޒާލް ވަނީ މާ ބޮޑަށް ވަރުބަލިވެފައެވެ. އެހެންއޮއްވައި އޭނާގެ ހަނދާނަށްއައީ މާލެ އައިފަހުން ވެސް ލަންކާގައި ގެންގުޅުނު ސިމް އޭނާގެ ފޯނުގައި އޮތްކަމެވެ. އޭނާއަށް ޔަޤީނެވެ. މިހާރު އެތަކެއް ކޯލްތަކެއް މިސްވެފައި ހުންނާނެއެވެ. ގެއަށް އައި ގޮތަށް ލަޔާލް މަޑު ހިނގުމެއްގައި ގޮސް އޭނާގެ […]
– 28 ނޮވެމްބަރުގެ ބަޔާއި ގުޅޭ – “ޝަހުމްއަށް ވަރަށް އަވަހަށް މި އިންޖެކްޝަން ބޭނުންވޭ…..އަވަސް ކޮށްލާތި އިނގޭ!…” ޑޮކްޓަރުގެ ސިޓީ ހަމަ ދިއްކޮށްލުމާއިއެކު ފަޒާލް އަވަހަށް ދުއްވައިގަތީ އޭގައިވާ އެއްޗެތި ހޯދާށެވެ. އެކަމަކު ދާދި ދެންމެ އަކު އެ ލިބުން ޚަބަރަކުން ލަޔާއަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ހިނގައްޖެއެވެ. ޝަހުމް ގެ ނަން އިވުމާއިއެކު އޭނާއަށް ކޮންމެވެސް ވަރަކަށް އެ ސީރިއަސް ވެގެން އުޅޭ ބަލިމީހާއަކީ އޭނާގެ ލޯ ތާއަބަދު ދުށުމަށް އެދޭ މީހާކަމާއިމެދު […]
– 23 ނޮވެމްބަރުގެ ބަޔާއި ގުޅޭ – އެދަނޑިވަޅަކީ ޝެހެނާގެ ފިރިމީހާ އަނަސް ގެއަށް ވަން ވަގުތެވެ. އޭރު ޝަރާ އަވަސް އަރުވާލާފައި އަނަސްއަށް ގުޅަން އުޅުނެވެ. އަނަސް ހަމަ ފެންނަން ވާއިރަށް ޝަރާއަށް ރޮވުނެވެ. އޭނާގެ އަތުގައި އިން ދޮޅުއަހަރުގެ ޝެނާވެސް ރޮމުންދިޔައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށް އަނަސްގެ ހަވަނަ ޙިއްސު ބުނަމުންދިޔައެވެ. “ޝަރާ! ކިހިނެއްވީ؟ ޝެނާ އަށް ކަމެއްވީތަ؟…ކޮބާ މަންމަމެން؟..” އަނަސް ވެގެން އުޅޭ ގޮތެއް ސާފުވޭތޯ ޝަރާއާއި ސުވާލުކުރަންފެށިއެވެ. “އަނަސް… ޝަހުމް […]