Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 19 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
May 18, 2016 13 Mins Read
11 Comments

“އޯ މައި ގޯޑް… އަސްލުތަ. އަބީ ކޮންފެސް ކުރީތަ؟” ސާރާ ފުމެން ފެށި އެވެ. ޖަންނަތުވެސް ސާރާއާއި އެއްވަރަށް ފުމެން ފެށި އެވެ. ކޮޓަރީގައި އޮތް މުޒައްފަރު ނިކުތީ މާ ބާރަށް ދެމީހުން ހަޅޭއްލަވާ އަޑަށެވެ. މުޒައްފަރު ނުކުތުމުން އެ ހަބަރު ސާރާ މުޒައްފަރަށް ދިނެވެ.

“ތީ ދެން ވާނެ ކަމެއްކަން އެންމެނަށް ވެސް އިނގޭ ކަމެއް.” މުޒައްފަރު ބުނެލި އެވެ. “ކޮބާ އަބީ؟” މުޒައްފަރު އަހާލި އެވެ.

“ނޭގެ، ހީވަނީ މިސްކިތައް ދިޔައީހެން.” ޖަންނަތު ބުނެލި އެވެ.

އެރޭ އަބްޔާންއަށް ފެކްޓަރީއަށް ކުއްލިއަކަށް ދާން ޖެހުނެވެ. އެހެން ކަމުން ޖަންނަތުއަށް އަވަސް މެސެޖެއް އަބްޔާން ފޮނުވާލި އެވެ. ފެކްޓަރީއަށް ދާން ޖެހުނީ ކަމަށް ބުނަމުން ނެވެ. އެރޭ ނޫރުއާއި މުޒައްފަރު ސާރާ މެންގޭގައި ތިބެގެން އެކި ވާހަކަ ދައްކަމުން ދިޔަ އެވެ.

“އޭ، އުޅޭ ދަތުރުދާން… ޔާން ދިޔަ ފަހުން އަދި ދަތުރެއް ވެސް ނުދެވޭނު.” ނޫރު ބުނެލި އެވެ. މުޒައްފަރުއަށް އެ ހިޔާލު ކަމުދިޔަ އެވެ.

“ކޮންތާކަށް ދާނީ… ފަޅު ރަށަށްތަ ތުނޑިއަށްތަ؟”

“ކޮންމެ ތަނަކަށް ވިޔަސް.. އެކަމު އަބީއެއް ނެތެއްނު.” ނޫރު އަށް އަބްޔާންއާ ނުލާ ދަތުރު ދިއުމަކީ އުނދަގޫކަމެކެވެ.

“އަބީމެންގެ ފެކްޓަރީ ރަށަށް ދާން ވީނު. އަހަރުމެނަށް އަދި އެރަށް ދައްކާވެސް ނުލާ އޭނަ އެ އުޅެނީ.” މުޒައްފަރު ބުނެލި އެވެ.

“އޭ، ތީ މޮޅު ހިޔާލެއް. މި ގުޅަނީ އޭނައަށް.” ނޫރު އަވަހަށް ފޯނު ނަގާ އަބްޔާންއަށް ގުޅަން ފެށި އެވެ.

ނޫރު އަބްޔާންއާ ވާހަކަ ދައްކާފައި ފޯނު ޖީބަށްލީ އިރު އިނީ ވަރަށް ހެވިފަ އެވެ.

“ސެޓްވީތަ؟” މުޒައްފަރު އަހާލި އެވެ.

“ޔެސް.” ނޫރު ބުންޏެވެ. “އެކަމަކު ޝަރުތެއް ކުރި.”

“އެއީ ކޮން ޝަރުތެއް؟”

“އެހާ ގިނަ މީހުންނެއް ނޫނޯ.”

“ލިސްޓް ފޮނުވާލަ ބަލަ ވައިބަރ އިން.” މުޒައްފަރު ނޫރުގެ ފޯނު އަތުލި އެވެ. އަދި ވައިބަރ ހުޅުވާފައި އެންމެންގެ ނަންތައް ޖަހަން ފެށި އެވެ. “ނޫރު، މުޒޭ، ސާރާ، މޫސަ، ޒީނަތު އަދި ޒައިދާންގެ ނަންވެސް މުޒައްފަރު ޖަހާލަމުން ފޮނުވާލި އެވެ.

“ތީތަ ދަތުރު އަންނަ މީހުންނަކީ؟” އަބްޔާން މެސެޖު ކުރިއެވެ.

“އާން… ލޯންޗަށް އެރޭ ވަރަށް.” ނޫރު މެސެޖު ކޮށްލި އެވެ.

“ތި ލިސްޓެއް ކަމަކު ނުދޭ… އެކަކު އަދި މަދު.” އަބްޔާން މެސެޖު ކުރުމުން ލިސްޓުގައިވާ ނަންތަކަށް ދެމީހުން ބަލައިލި އެވެ.

“އޭ، ޖަންނަގެ ނަން ނެތެއްނު.” މުޒައްފަރު ބުންޏެވެ. “ޖަންނަ ނުގެންދަންޏާ ތިރަށަށް އަހަރުމެން ނުވެސް އަރުވާނެ.” މުޒައްފަރު ހިނިގަޑެއް ޖަހާލަމުން ބުންޏެވެ.

“އެބުނާހެން… ހަހަހަހަ.” ނޫރު ހެމުން ހެމުން މެސެޖު ލިޔަން ފެށި އެވެ.

“އަދި އަހަރުމެން ދަތުރުގެ ޗީފް ގެސްޓްގެ ނަން ނުލިޔަމޭ… އެއީ ޖަންނަ.” ނޫރު މެސެޖު ފޮނުވުމުން އަބްޔާން ފޮނުވީ ހިނތުން ވެފައިވާ މޫނަކާއި ބަރާބަރުގެ ނިޝާންގެ އިސްޓިކާ އެކެވެ. “ކިހިނެއް އަހަރުމެން ހަދަންވީ؟ އަބީ ލޯންޗު ފޮނުވާނީތަ ނޫނީ މޫސަ ލޯންޗުގަ އަހަރުމެން ދާންވީތަ؟”

“މޫސަ ލޯންޗުގަ އާދޭ. ކެއުމާ ހުރުމާ އަހަރެން ހަމަ ޖައްސާނަން.”

“އޭ އޯވަރ ނައިޓަށްތަ؟” ނޫރު އެހެން އަހާލީ ސަމާސާއަކަށެވެ.

“މަށަށް އޯކޭ. ތިމީހުން ބޭނުން ގޮތެއް. ފޮރ ވަން ނައިޓް އޯކޭ ވާނެނު.” އަބްޔާން ޖަވާބު  ދިނެވެ. ނޫރުގެ މޫނުމައްޗަށް ބޮޑު ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ.

ލޯންޗު އައިސް ފާލަމާއި ކައިރި ކޮށްލުމުން އެންމެން ލޯންޗުން ފައިބަން ފެށި އެވެ. އޭރު އަބްޔާން ފާލަން މަތިން އެދިމާލަށް އަންނަނީ އެވެ. މޫސަ އަތުގައި ހިފާފައި ޒީނަތު ފޭބިތަނާ ޒައިދާންވެސް ލޯންޗުން ފޭބި އެވެ. އެވަގުތު ލޯންޗު ފާލަމާއި ދުރަށް ދިޔަ އެވެ. ޖަންނަތު ލޯންޗުން ފައިބަން އުޅެނިކޮން ފާލަން މައްޗަށް ވެއްޓެން ދިޔަ އެވެ. އެވަގުތު ޒައިދާންއަށް ޖަންނަތު ނުހިފެއްޓުން ނަމަ އޮންނާނީ ފާލަންމަތީ ބަނޑުވަތައް ވެއްޓިފަ އެވެ.     “ހޫން ހޫން، ޖަންނާ.. އަބީއަށް ބަލަމުން ވިއްޔަ ލޯންޗުންވެސް ތި ފައިބަނީ.” ޒައިދާން ޖަންނަތު ގައިން ދޫކޮށްލަމުން ޖަންނަތު އާއި ދިމާކޮށްލި އެވެ. ޖަންނަތު ލަދުގަތެވެ. ޒައިދާން އެއީ، އެގޮތަށް ކުރިން ސަމާސާކޮށް އުޅުން މީހެއް ނޫނެވެ.

“ޖަންނާ، ކިހިނެއް ތި ހަދަނީ؟” އެ މަންޒަރު ފެނުން އަބްޔާންއަށް އޭރު އަދި އެހިސާބަށް އާދެވުނީ އެވެ.

“އަބީ ފެނިފަ ވީގޮތެއް ކަންނޭގެ.” ޒައދިާން އަނެއްކާވެސް ދިމާކޮށްލަމުން އެހެންމީހުނާ އެއްވަރު ކުރަން ހިގައި ގަތެވެ. އަބްޔާން ޒައިދާންއަށް ބަލައިލާފައި ހިނިތުން ވެލައިގެން އައިސް ޖަންނަތު ކައިރިއަށް ހުއްޓިލި އެވެ. ދެމީހުންގެ ގުޅުންމަށް ބަދަލު އައި ފަހުން ދެމީހުން އެ ދިމާވީ އަދިކިރިޔާ އެވެ. ދެމީހުން ދެމީހުނަށް ރަކި ހިނިތުން ވުމެއް ބަދަލުކޮށްލަމުން އެހެން މީހުން ފަހަތުން ހިނގައި ގަތެވެ.

އަބްޔާން ހުރީ އެންމެނަށް ކޮޓަރިއެއް ހަމަޖައްސާފަ އެވެ. އެއީ އަބްޔާން ބައްޕަ ނަސީރު އެރަށަށް އައިސް ހުންނަ ކޮޓަރި އެވެ. މާގިނަ ކޮޓަރިތަކެއް އެރަށުގައި ނުހުރެ އެވެ. މުވައްޒަފުންނަށް ހަދާފައިވާ ކުދި ކޮޓަރި ބަރިއެއް ފެކްޓްރީއާ ދުރުނޫން ހިސާބެއްގައި ހުރެ އެވެ. ނަމަވެސް ނަސީރުގެ ކޮޓަރިއާއި އޮފީސް އިންނަނީ ވަކިންނެވެ. އެތާނގެ ބަދިގެ ހުންނަ ފަޅީގަ އެވެ.

ކޮޓަރިއަށް ވަން އިރު ކޮޓަރީގައި ހުރީ ކިންގު ސައިޒުގެ ބޮޑު އެނދެކެވެ. ދެން ބޮޑު އަލަމާރިއެއް ހުއްޓެވެ. ހަރުގަނޑުގައި އެވަގުތު ހަރުވާޅަކާއި ތުވާއްޔެއް އަޅުވާފައި ހުރުމުން އަބްޔާން ވެސް އުޅެނީ އެކޮޓާރީގައި ކަން އިނގުނެވެ.

ތިން އަންހެނުން އެނދުގައި ނިދާފައި ހުރިހާ ފިރިހެނުން ބިންމަތީ ނިދުމަށް އަބްޔާން ހަމަޖެއްސި އެވެ. އެކަމާ އެންމެން އެއްބަސް ވެލި އެވެ. ދަބަސް ތަކާއި އެއްޗިހި ބަހައްޓާފައި އެންމެން ނިކުތީ ރަށުތެރެ ބަލައިލާށެވެ. ފެކްޓްރީ ތެރެ އެންމެނަށް ދައްކާލާފައި އެންމެން ގޮވައިގެން އަބްޔާން މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. އެތަނުން ފިނި ބުއިމެއް އެންމެން ވެސް ބޯލި އެވެ.

“ކޮބާ ގަނޑުވަރު؟ އަދިވެސް ނުނިމޭތަ؟” ޒައިދާން އަބްޔާން ގާތު އަހާލި އެވެ. އެއީ އެރަށުގައި ނަސީރު ހަދަމުން ދާ ގެޔެކެވެ. ނަސީރުގެ އާއިލާ ބައެއް ފަހަރު ދަތުރު އައިސްލުމުގެ މަގުސަދުގައި ނަސީރު ހަދަން ފެށި ގެއެކެވެ.

“އެތަން އަދި އެއްކޮނެއް ނުނިމޭ. އެތަން ހަދަން އުޅުން މީހުންގެ ބޮޑުމީހާ ނިޔާވެގެން އެންމެން ގޮއްސި. ދެން އަދި އެތަން ހުރިގޮތަށް އެހެރީ. ބައްޕަ ދުރުވެފަ އެކަމާ އުޅުއްވާނެ.” އަބްޔާން ބުނެލި އެވެ.

“ހިންގާބަލަ އެތަން ބަލައިލަން.” ޒައިދާން ބުންޏެވެ.

އެންމެން އެދިމާލަށް ހިނގަން ފެށި އެވެ. އެއީ ރަށުގެ ބިއްދޮށު ފަރާތެވެ. އެދިމާލުގައި ބޮޑު ތުނޑިއެއް ވެސް އޮތެވެ. ހަދަން ފަށާފައިވާ އިމާރާތް ބޭރުން ފެންނައިރު ހުރީ ހަދާ ނިމިފައިވާ ގޮތަށެވެ. ތެދެކެވެ. ހީވަނީ ހަމަ ގަނޑުވަރެއް ހެނެވެ. އުސް ފުރާޅެއް ލާފައިވާ ބޮޑު ގެއެކެވެ. އެދިމާލުން މޫދު ފެންނަން އޮންނާތީ އަދި ވަރަށް ވެސް ހިތްގައިމެވެ.

“އާޗާ… މީ ކާކުގެ ގަނޑުވަރެއް.” ނޫރު އަހާލި އެވެ.

“ތީ ބައްޕަގެ ޑްރީމް ހައުސް.” އަބްޔާން ބުނެލި އެވެ. އެތެރެއަށް ވަންއިރު ހުރިހާ ތާކުވެސް ވަނީ ޓައިލްސް ޖަހާ ގާތް ގަޑަކަށް ނިމުމަކަށް އައިސްފަ އެވެ. ބޮޑެތި ކޮޓަރިތަކެއް ލާފައި ވާ އެގެއަށް ކަރަންޓާއި ފެން އަދި ނުލަ އެވެ. މުޅި ގޭތެރެ ވަނީ ވަރަށް ބޮޑަށް ހިރަފުސް ވެފަ އެވެ. ފިލާތަކާއި މަސައްކަތުގެ ބައެއް ސާމާނުތައް އެތަން މިތާ އުކާލެވިފައި އޮތެވެ.

“އޭ، މިތަން ރަގަޅޭ… ކަރަންޓު ނެތަސް ހަމަ ނިދާލަން ވަރަށް ސަޅިވާނެ.” ނޫރު ބުނެލި އެވެ.

“ދެން އަންނަ ފަހަރަކުން އިރާދަ ކުރެއްވިއްޔާ ނޫރު ނިންދަވާނީ މިގޭގަ.” އަބްޔާން ނޫރުގެ ބޮލުގައި ޖަހާލަމުން ބުންޏެވެ.

އެންމެން އެގެއިން ނުކުމެ އެދިމާލު އަތިރިމައްޗަށް ނުކުތެވެ. ދިމާ ކުރިމަތިން ފެންނަން އޮތް ތުނޑިމަތީ ސާރާއާއި މުޒައްފަރު ފޮޓޯ ނަގަން ފެށި އެވެ. އަބްޔާން ވެސް އައިސް ޖަންނަތު ގާތު ހުއްޓެމުން ސެލްފީއެއް ނަގާލީ އެދިމާ ތުނޑި ފެންނަ ގޮތަށެވެ. އަދި ޖަންނަތުގެ އަތުގައި ހިފައިގެން އެދިމާލަށް ގެންދަން ފެށި އެވެ.

“ޖަންނާ… އަހަރެން ހިތަކަށްވެސް ނާރަ އަހަންނަށް ޖަންނަ ދެކެ ލޯބި ވެވިދާނެ ކަމަކަށް. ހަމަ ތެދެއް މި ބުނީ.” ޖަންނަތުގެ އަތުގައި ހިފާލައިގެން އަބްޔާން ގޮނޑުދޮށު ރާޅު ޖަހާ ފަށުގައި ހިގަމުން ދިޔަ އެވެ. “އަހަރެން އަބަދުވެސް ޖަންނަ ދެކެމުން އައީ ފްރެންޑެއް ގޮތަށް. އެކަމަކު ނޭގެ ކީއްވެ ކަމެއް… އަބަދުވެސް ހިތައް އަރާ ފްރެންޑަކަށް ވުރެން ޖަންނަ ޑިފަރެންޓްޔޭ. އަހަރެން އަހަރެންގެ ސިންގަޕޯރ ފްރެންޑުން ގާތު ރަށުގެ ވާހަކަ ދައްކާއިރު އަބަދުވެސް އެންމެ ގިނައިން ދެއްކެނީ ޖަންނަގެ ވާހަކަ. އަހަރެން ޖަންނަ ރުޅި އަރުވާ ވާހަކަ. އަބަދު ޖަންނަ ފަހަތުން ދުވާ ވާހަކަ… އަހަރެން ފަހަތުން ޖަންނަ ދުވާ ވާހަކަ، އަހަންނާ ޖަންނަޔާ ކޮށްލާފަ ހުންނަ މޮޅެތި ކަންތަކުގެ ވާހަކަ…އެހެން ވީމަ އޭރު ވެސް އަހަރެންގެ ހިތުގަ ޖަންނައަށް ހާއްސަ މަގާމެއް އޮންނަނީ ކަންނޭގެ.”

“ވެދާނެ… ފަހުން ފަހުން ރަށަށް ޗުއްޓީއަށް އައިސް މަށާ އަބަދު ޖައްސާލާފަ ހުންނަކަން މަށަށް ވެސް އިނގޭ… އަހަންނަށް ހީވަނީ އަބީއާ މެދު ތަފާތު ގޮތަކަށް ވިސްނެން ފެށީ އަބީ ޖެއްސުން ކުރާ ވަރުންކަންނޭގެ.”

“އަބްޔާން ހިނިގަނޑެއް ޖަހާލި އެވެ. ޖަންނަތު ވެސް ހީލި އެވެ.

“އެކަމަކު ކުޑައިރު އަހަރުމެނަށް ކުރެވުނީ ކޮން މޮޅު ކަމެއްތަ؟” ޖަންނަތު ސަމާސާ ރާގަކަށް އެހި އެވެ.

“ޖަންނަ ހަދާނެއް ނެތްތަ؟ އަހަރުމެން ބޮލި ހޮވައިގެން އައިސް ގެސްޓުންނަށް އެއް ޑޮލަރަށް ބޮއްޔެއް ވިއްކަމެއްނު… އެއީ ވެސް މޮޅު ކަމެކޭ.”

“ހެހެހެހެ…” ޖަންނަތު ހޭން ފެށި އެވެ. “އާން ދޯ… ނޫރު މެންގޭ މަސްޓޭކުގަ ހުންނަ މަސް ވެސް އަހަރުމެން ވިއްސަމެއްނު.”

“އާން… އަނެއްކާ ވަލުގަ ކާށި ހޮވަން އުޅޭ މީހުނަށް ކުރާ ކަންތަކޯ.”

“އާން. އެމީހުން ބިރު ގަންނަވަން ޔާނު އެންމެ މޮޅީ ދޯ.”

“އާން…. ކިހާ މޮޅެތި ކަންތައް އެހެރީ… ހިތުން ދުވަހަކު ވެސް ފިލާ ނުދާނެ.”

“އަސްލު ވެސް. އަދި އަހަރުމެން…” ޖަންނަތު އެހިސާބަށް ބުނިތަނާ އެދެމީހުނަށް މީހަކު ގޮވަން ފެށި އެވެ.

“އޭ އަބީ! ޖަންނާ!” އެދެމީހުން ބަލައިލި އިރު ނޫރު ދުރުގައި ހުރެގެން ގޮވަނީ އެވެ. ދެމީހުން ވާހަކައިގައި ތިބެގެން ތުނޑި ވަށާ ދެތިން ބުރު ޖެހުން އިރު ވެސް ދެމީހުނަށް ނޭގެ އެވެ. “ކޯޗެއްތަ ތި ހަދަނީ؟ ހިންދީން ކައިވެނި ކުރާހެން އަތުގަ ހިފައިގެން އެބަ ބުރުތަކެއް އަޅާ.”

ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ހޭން ފެށި އެވެ. އޭރު މޫސައާއި ޒީނާ މޫދަށް އެރި ތަންކޮޅެއް ދުރުގައި ތިއްބެވެ. އަދި މުޒައްފަރުއާއި ސާރާ ވެސް ގޮނޑު ދޮށުގައި އިށީންދެލައިގެން އަމިއްލަ ދުނިޔެ އެއްގައި ތިއްބެވެ. ނޫރުއާއި ޒައިދާން ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ތިބީ އަބްޔާންއާއި ޖަންނަތު އުޅޭ ގޮތުން ބަލާށެވެ.

އަބްޔާންއާއި ޖަންނަތު ހިނިއައިސް ފައި ތިބެގެން ނޫރުމެން ކައިރިއަށް އައެވެ.

“ތި އައީ ކައިވެނި ކޮށްގެން ދޯ.” ނޫރު މަޖާ ވެފައި ބުނެލި އެވެ.

“ހެކި ވެރިން މިތާ ތިބީމަ ނުކުރެވިގެން މި އައީ.” އަބްޔާން ވެސް ސަމާސާ ކޮށްލި އެވެ.

“އަބީ.. ހިނގާބަލަ ފެކްޓްރީއަށް. ކުޑަކަމެއް ޗެކްކޮށްލަން ބުނެފަ ނަސީރުބޭ އޮތީ.” ޒައިދާން ބުންޏެވެ. އަބްޔާން ހިނގާށޭ ކިޔައި ހަތަރު މީހުން ފެކްޓްރީއާ ދިމާއަށް ހިގައި ގަތެވެ.

މެންދުރު ކައިގެން ފިރިހެނުން މަސްބާނަން އަތިރިމައްޗަށް ދިއުމުން ތިން އަންހެން ކުދިން އައިސް އިށީނީ އެރަށު އަތިރި މަތީ ހަދާފައިވާ ޖޯލި ފައްޗެއްގަ އެވެ.

“ދޮންތާ… އަހަރެން ވާހަކައެއް ބުނަންތަ.” ޖަންނަތު އިނދެފައި ޒީނަތު ގާތު އަހާލި އެވެ.

“ހޫން.”

“އަހަރެން މި އުޅެނީ ބޮޑުބެގެ ވިޔަފާރިއަށް ހެލްޕެއް ދޭން ވެގެން.”

“އެއީ ކީއްކުރަން؟” ޒީނަތު އެއްފަހަރުން ރުޅި އައެވެ.

“މަ ހަމަ ދޮންތަ ގާތު ބުނެލީ… މަށަށް އިނގޭ ދޮންތަ ގަބޫލެއް ނުވާނެކަން.”

“އާން، މަ ދުވަހަކުވެސް ގަބޫލެއް ނުވާނަން. އެމީހުން އަހަރުމެނާ މެދު ކަންތައް ކުރިގޮތް އަހަރެން ހަދާނެއް ނުނެތޭނެ. ދުވަހަކުވެސް ނުނެތޭނެ.”

“ދޮންތާ… އަހަރެން އެގޮތަށް ނިންމީ ބޮޑުބެއާ ބޮޑުބެ ދައްތައަށް ކޮށްދޭ ކަމެއްގެ ގޮތުގަ ވިސްނާފައެއް ނޫން… އެއީ ކުޑަކުޑަ މުޒުނާ އަށް ކޮށްދޭ ކަމެއް… ދޮންތަ ވިސްނާލަބަލަ. ބޮޑުބެ މިހާރު ބަނގުރޫޓުވީ…. އެތައް ބަޔަކަށް ފައިސާ އަށް ދަރާފަ އެހެރީ. ބޮޑުބެ ކުރި ކަންތަކުގެ ޖަޒާ ބޮޑުބެއަށް އެ ފެންނަނީ…. މިހާރު އެދެ ދޯނި ވިއްކާލައިގެން ގައިމުވެސް އެ ދަރަނިން ބޮޑުބެއަށް ސަލާމަތް ވެވިދާނެ. އެކަމަކު އެމީހުން ދިރި އުޅޭނީ ކިހިނެއް. މުޒޫއާ ދޭތެރޭ އަހަރެން ވިސްނީ. އަހަރެން އަބަދުވެސް މުޒޫ ދެކެނީ ކޮއްކޮ އެއް ގޮތަށް. މޫޒޫއަށް ކިޔަވައިދޭން ވެސް އަހަރެން ވަރަށް ބޭނުން. ބޮޑުބެގެ އެ ފިހާރަ މިހާރަ އެއްކޮން ހުލިވެފަ އެހެރީ. އަހަރެން މިގޮތަށް ކަންތައް ކުރަން މި ނިންމީ މުޒޫ އަށް ޓަކައި.”

“މަށަކަށް ނޭގެ… ޖަންނައަށް ފެންނަ ގޮތެއް ހަދާ. އަހަރެން ވެސް މުޒޫ ދެކެ ވެސް މުޒޭ ދެކެ ވެސް ލޯބިވޭ. އެކަމަކު ބޮޑުބެއަށް އަހަރެން މާފެއް ނުކުރާނަން… އަދި އަމުދުން އެ ނުލަފާ ފަރުޒާނާއާއި ދިމާއަށް ދުވަހަކު ވެސް މަ ބަލައިވެސް ނުލާނަން.” ޒީނަތު ވަރަށް ރުޅި އައިސްފައި ބުންޏެވެ. ދެމީހުންގެ ވާހަކަ އަޑު އަހަން ސާރާ މަޑު މަޑުން އިނެވެ.

“ދެން ދޮންތާ… އެމީހުން ކުރި ކަމެއް ދެން ކޮށް އެ ނިމުނީނު.. އަބަދު ރުޅި އައިސްފައި ކިހިނެއް މިހިން ތިބޭނީ؟”

“ހެޔޮ މަށަށް… ދެން މަގޭ ކައިރީ އެމީހުންގެ ވާހަކަ ނުދައްކާތި.” ޒީނަތު ކުއްލިއަކަށް ތެދުވި އެވެ. އަދި ކޮޓަރިއާއި ދިމާއަށް ދާން ފެށި އެވެ.

ޖަންނަތުއާއި ސާރާ ޒީނަތު ދަންދެން ބަލަން ތިއްބެވެ.

“ޖަންނާ، މުޒޭ އަސްލު ވަރަށް ދެރަވެފަ ހުންނަނީ ޖަންނަމެން އެ ފެމެލީއާ ދުރުވީމަ.” ސާރާ ބުންޏެވެ.

“އާން، ދެރަވާނެނު.. އަހަރުމެން ކުރިން މީ ކިހިނެއް އުޅުން ބަޔެއް.”

“ޖަންނައަށް އިނގޭތަ… މުޒޭ މަންމަ މިހާރު އެއްގޮތަކަށް ވެސް މުޒޭއާ ވާހަކައެއް ނުދައްކަ… ފެންނަ ކަމަށް ވެސް ނުހަދަނީ. މުޒޭ ވަރަށް ދެރަވެފަ އެހުންނަނީ.”

“ދެރަވާނެ ދޯ އަސްލު.”

“ބައެއް ފަހަރު އަހަރެން ހިތަށް އަރާ މަންމައަކާއި ދަރިއަކު ވަކިކުރީ އަހަންނޭ… އަހަރެންނަށް ވަރަށް އުނދަގޫ ވޭ… އަސްލުވެސް. ވަރަށް ދެރަވޭ.”

“ސާރާ.. ދެރަނުވޭ… އަދި ރަގަޅު ވާނެ. ހުރިހާ ކަމެއް ވެސް ހަމަ ޖެހޭނެ. ޒައީމާއްތަ ބުންޏެއްނު މަންމައަކަށް މާ ގިނަ ދުވަހަކު ނުހުރެވޭނެޔޭ. އަދި މާ ގިނަ ދުވަހެއް ނުވޭނު. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ބޮޑުބެ ދައްތަ ތި ދެމީހުން ބަލައިގަންނާނެ.”

“އިން ޝާ ﷲ”

ހަވީރު ވުމުން ޖޯޑު ޖޯޑު ހަމަ ކޮށްލައިގެން އިރުއޮއްސޭ ދިމާލުގައި އެންމެންތައް ތިއްބެވެ. ޒައިދާންއާއި ނޫރުއާއި ދެމީހުންވެސް އެދިމާލުގައި ތިއްބެވެ. އެންމެން ވެސް ބެލީ އެއްބަޔަކަށް ވުރެން ރީތި ފޮޓޮއެއް އަނެއްބަޔަކަށް ނެގޭތޯ އެވެ. ކޮންމެ މީހަކުވެސް އިންސްޓަރގްރާމްއާއި ފޭސްބުކްއަށް ފޮޓޯތައް ބަރި ބަރިއަށް އަޅަމުން ދިޔަ އެވެ.

އެރޭ އަތިރިމަތީ ބާބަކިއު ހަދައިގެން ސަކަރާތުގައި އުޅެފައި ކޮޓަރިއަށް ނިދަން އައީ އެންމެން ވެސް އެކު އެކީ އެވެ. ފާހާނާއަށް އެންމެން ވަދެ ނިމެންދެން އަބްޔާންއައި ޖަންނަތު މަޑުކޮށްލީ ކޮޓަރީގެ ބޭރުގައި ހުރި ބެންޗުގަ އެވެ. ޒައިދާން ކޮޓަރިން ނިކުތީ ލައިޓަރާއި ސިނގިރޭޓު ފޮށި ހިފައިގެނެވެ. އެދިމާ އަތިރިމައްޗާ ދިމާލަށް ޒައިދާން ދިޔަތަން ބަލަން އަބްޔާންއާއި ޖަންނަތު ތިއްބެވެ.

“ޒައިދާން ހާދަ ލޯންލީވާނެޔޭ ދޯ.” ޖަންނަތު އިނދެފައި ބުނެލި އެވެ.

“އަސްލުވެސް. އަދިވެސް ވަރުދާ މަތިން ހަދާން ކުރޭ އޭނަ… މަށާ ވަރަށް ޝެއަރ ކުރޭ.” އަބްޔާން ވެސް ބުނެލި އެވެ.

“އެކަމަކު ދެން ޒައިދާންއާއި ޔަޒަންއަށް ވެސް ރަގަޅު ވާނީ ޒައިދާން މީހަކާ އިނީމަ. ދެމީހުން އެކަނި މާ އެކަނި އެހެން އުޅޭ އިރު ވަރަށް ދެރަވޭ. ޒައީމާއްތަ އަބަދު ޒައިދާން ގާތު ކިޔާނެ މީހަކާ އިންނަން… އެކަމު އެއް ގޮތަކަށް ވެސް ގަބޫލެއް ނުވޭ.”

“ނުވެވޭނެޔޭ ޖަންނާ… އެންމެ ލޯބިވާ މީހާ ގެއްލުނީމަ ދެން މާ އުފާވާނެ އެމީހެއްގެ ހަދާނުގައި ހުސްކޮން ހުރުންވެސް. އަސްލުވެސް. އަހަންނަށް ޖަންނަ ގެއްލިއްޖެއްޔާ އަހަރެން އިތުރު މީހެއް ނުހޯދާނަން.” އަބްޔާން ޖަންނަތުގެ އަތުގައި ހިފާލި އެވެ.

“އިރާދަކުރެއްވިއްޔާ ތިހިނެއް ނުވާނެ. އަހަރުމެން އެކަކު އަނެކަކަށް ދުވަހަކުވެސް ނުގެއްލޭނެ.” ޖަންނަތު ވެސް އަބްޔާން އަތައް ފިތާލަމުން ބުނެލި އެވެ.

“އިން ޝަ ﷲ” އަބްޔާން ވެސް ބުނެލި އެވެ. އަދި ޖަންނަތުގެ މޫނާ މޫނު ކައިރި ކޮށްލި އެވެ. “ދުވަހަކުވެސް އަހަރެން ބޭނުމެއްނޫން ޖަންނައާއި ވަކިވާކަށް.” އަބްޔާން ބުނެލި އެވެ. އަދި ޖަންނަތުގެ ތުންފަތުގެ މީރުކަން ހާސިލްކޮށްލި އެވެ. އެވަގުތު ޒައިދާންއަށް އެތަނަށް އާދެވުމުން ކަރު ކެހެލި އެވެ.

އަވަހަށް ދެމީހުން ދުރަށް ޖެހިލި އެވެ. އަދި ގަތް ލަދުން ޖަންނަތު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ޒައިދާން އައިސް އަބްޔާން ގާތު މާޑުކޮށްލި އެވެ. އަބްޔާން ރަކި ހިނިތުންވުމެއް ޒައިދާންއަށް ދިނެވެ.

“ވަރަށް އުފާވޭ ތި ދެމީހުން ގުޅުނީމަ. ކޮން އިރަކުން ގޮށް ޖަހާނީ؟”

“ބައްޕަ އަންނަންދެން މި މަޑު ކުރަނީ. އަހަރެންވެސް ބޭނުމެއްނޫން މާ ގިނަ ދުވަހު ތި ބުނާ ގޮށް ނުޖަހަ ހުންނާކަށް.” ސަމާސާ ރާގަކަށް އަބްޔާން ބުންޏެވެ. ޒައިދާން އަބްޔާން ކޮނޑުގައި މަޑުމަޑުން ޖަހާލި އެވެ.

“އުޅެމުން އުޅެމުން ގޮސް އަބީއަށް އެންމެ ފަހުން ތި ލިބުނީ ރަށުގައި ހުރި ފަތްމިންޏެއް. އެހާ ރީތި އަދި ހިތްހެޔޮ ކުއްޖެއް އެއީ. އަނެއްކޮޅުން މުރާލިވެފައި ރީތި އުޅުމެއް ދަސްވެފައިވާ ސްމާރޓް ކުއްޖެއް އެއީ. ތެދެއް މިބުނީ. އެވަރުގެ އެ އުމުރުގެ ކުއްޖެއް ރަށުގައި ދެން ނުހުންނާނެ. ޖަވާހިރެެއް އެއީ… ޖަވާހިރެއް ގެންގުޅޭހެން ޖެންޓްލްކޮން ރައްކާކޮށްގެން ގެންގުޅޭތި.”

“ތި ބުނީ ތެދެއް. އެއީ ޖަވާހިރަކަށް ވުރެން ވެސް އަނގުބޮޑު ކުއްޖެއް. ދުވަހަކު ވެސް ގެއްލިގެން ދިޔަ ނުދޭނަން.”

“ޔެސް. ދޫ ނުކުރާތި.” ޒައިދާން އަބްޔާންގެ އަތުގައި ހިފާލި އެވެ. އަދި ބާރުކޮށްލަމުން ބޯ ޖަހާލި އެވެ.

އަނެއްދުވަހު ޖަންނަތުއަށް ހޭލެވުން އިރު ދުނިޔެމައްޗަށް އަލިވެފައި ވާތަން ފެނުނެވެ. އަވަހަށް ތެދުވީ ނަމާދު ކުރާށެވެ. ފާހާނާ ކައިރިއަށް ގޮސް ދޮރުގަ ހިފާލި އިރު ހުރީ އެތެރެއިން ތަޅުލާފަ އެވެ.

“އެބައުޅޭ ޒައިދާން.” މުޅި ގައިގައި ފޮތިގަނޑު އަޅައިގެން އޮތް ނޫރު ފޮތިގަނޑު ހިއްލާލާފައި ބުންޏެވެ. ޖަންނަތު އެތަނަށް ބަލައިލި އެވެ. ނޫރުއާ ޖެހިގެން އޮތީ މުޒައްފަރު އެވެ. މޫސައާއި އަބްޔާން އެއް އެތާކު ނެތެވެ.

“ކޮބާ އަބީއާ މޫސައާ؟”

“ބޭރަށް ނުކުތީ.” ނޫރު އެހެން ބުނިވަގުތު ޒައިދާން ފާހާނާއިން ނުކުތެވެ. ޖަންނަތު އަވަހަށް ފާހާނާއަށް ވަނެވެ.

ޖަންނަތު ކޮޓަރިން ބޭރަށް ނިކުތް އިރު އަބްޔާންއާއި މޫސައާއި ޒައިދާންއާއި ތިން މީހުން ތިބީ ކޮފީ ބޯށެވެ. ޖަންނަތު ފެނުމުން އަބްޔާން ޖަންނަތުއަށް ކޮފީ ޖޯޑެއް ދިއްކޮށްލި އެވެ. މޫސައާއި ޒައިދާން ތެދުވެގެން އަތިރިމައްޗާ ދިމާލަށް ހިގަން ފެށި އެވެ.

ޖަންނަތު އައިސް ކޮފީ ޖޯޑުގައި ހިފި އެވެ. އަދި އަބްޔާން ކައިރީ ހުރި ގޮނޑީގައި އިށީނެވެ.

“ޖަންނާ… ޔޫ ލުކް ބިއުޓީފުލް.” އަބްޔާން ޖަންނަތުއާއި ދިމާލަށް އިރުކޮޅަކު ބަލަން އިނދެފައި ބުނެލި އެވެ. “ހެދުނު އަދި ޖަންނަގެ ރީތިކަން ފާޅު ވަނީ… ބަލާލަ ތީނދަ ބުމައެއް.. ލޯވެސް.” އަބްޔާން އަތުން ޖަންނަތުގެ ބުމައިގައި އަތް ހާކާލި އެވެ. އަދި މޫނުގެ ތިރިއަށް މަޑުމަޑުން އަތް ގެންނަން ފެށި އެވެ. “ތުންފަތް ވެސް.” އަބްޔާން ޖަންނަތުގެ ތުން ފަތުގައި އަތް ހާކާލި އެވެ. ޖަންނަތު އަބްޔާން އިނގިލީގައި ދަތް އެޅި އެވެ.

“އައުޗް.” އަބްޔާން ތެޅިގަންނަމުން އިނގިލި ދަމައި ގަތެވެ. ޖަންނަތު ހޭން ފެށި އެވެ.

“އެހެން ވާނީ… އަދިވެސް އަތްދިގު ވެގެން އުޅެންޏާ.” ޖަންނަތު ބުންޏެވެ.

“މަގޭ އަތް ދިގުކަން އަންގާލަން ވީތަ؟” އަބްޔާން ކޮފީޖޯޑު މޭޒުމަތީ ބަހައްޓަމުން ގޮނޑިން ތެދުވި އެވެ. ޖަންނަތު ވެސް ކޮފީ ޖޯޑު ބަހައްޓާފައި ތެދުވެ އަވަހަށް ދުރަށް ޖެހިލި އެވެ. އަބްޔާން ޖަންނަތު ކައިރިއަށް އަންނަން ފެށުމުން ޖަންނަތު ދުއްވައި ގަތެވެ. ޖަންނަތު ފަހަތުން އަބްޔާން ވެސް ދުއްވައި ގަތެވެ. ހެމުން ހެމުން ޖަންނަތު އަތުލާން އަބްޔާން ދުވަމުން ދިޔަ އެވެ. އަބްޔާންއަށް ޖަންނަތު އަތުލެވުނީ ގޮނޑުދޮށާ ހިސާބުންނެވެ. އަބްޔާން ޖަންނަތުގެ ފުރަގަހުން ހިފަހައްޓާ ދޮން ވެލިގަނޑަށް ވައްޓާލި އެވެ. އަބްޔާންވެސް ޖަންނަތުއާއި އެކު ވެއްޓުނީ އެވެ. ކުދި ސަމާސާގައި ދެމީހުން އެތާ ތިއްބެވެ. އުފާވެރި ވަގުތު ކޮޅެއް ސަކަރާތުގައި ދެމީހުން ހޭދަ ކުރި އެވެ.

ދަތުރުގެ އެދުވަހު އެންމެން މޫދަށް އެރި ސަކަރާތުގައި އުޅުނެވެ. ފުރަން ހަމަ ޖެހުނީ މެންދުރު ކައިގެނެވެ.

“މީ އަހަރުމެން އެންމެން އެއްކޮން އާދެވުނު އެންމެ ރޮމޭންޓިކް ދަތުރު.” ސާރާ ފުރަން އައިސް ފާލަން މަތީ ހުރެފައި ބުނެލި އެވެ. “އަދި ނޫރުއާ ޒައިދާންބެއަށް ގާރލްސް ލިބުނީމަ މީގެ އެއް ދަތުރު އަންނަން ވާނެ.”

“އާން… ސާރާ ވާނެ ރާވަން.” އަބްޔާން ބުނެލި އެވެ.

 

އެދުވަހުގެ ދަތުރަށް ފަހު ޖަންނަތުއާއި އަބްޔާންގެ ގުޅުން ވަނީ މާބޮޑަށް ވެސް ބަދަހިވެފަ އެވެ. އަބަދުވެސް އެކަކު އަނެކަކަށް ފެންނަ ހިސާބުގައި ތިބެން ބޭނުން ވަފައި ވާކަހަލަ އެވެ. ނުފެންނަ ހިސާބުގައި ތިބޭނަމަ ކަންފަތުން ފޯނު ދޫނުވެ އެވެ.

މިހާރު އަބަދާއި އަބަދު އަބްޔާންއަށް އުޅެވެނީ ޒައީމާމެން ގޭގަ އެވެ. ޒައީމާ މާލޭން އައި ފަހުން ޔަޒަންއާއި އެކު ވެސް އަބްޔާން ވަގުތުތައް ހޭދަކުރަމުން ދިޔަ އެވެ. ޔަޒަން ހުންނަނީ އަބްޔާން އަބަދު ޔަޒަންއާއި އެކު ފުޓުބޯޅަ ކުޅޭތީ ނުހަނު އުފާ ވެފަ އެވެ.

ގެސްޓް ހައުސް ހުޅުވުމުން ޖަންނަތު ވަޒީފާއަށް ނުކުންނަން ފެށި އެވެ. އަބްޔާން ގެސްޓް ހައުސްއިން ކެނޑުނީ އެވެ. އަބްޔާންގެ ބައްޕަގެ ވިޔަފާރީގައި އުޅެމުން އެތާ އުޅެން އުނދަގޫ ކަމަށް ބުނަމުންނެވެ. ޒައިދާންއަށް ވެސް އެކަން ވިސްނިގެން އެކަމާ އެއްޗެއް ނުބުނެ އެވެ.

ކޮންމެ ދުވަހަކު ޖަންނަތު ގެސްޓް ހައުސްއަށް ލައިދޭށާއި އަދި ނިމުނީމަ ބަލައިވެސް އަބްޔާން ދެއެވެ. ރަށުގެ އެންމެނަށް ވެސް އެގުޅުމުގެ ކަންތައް ވަނީ ފަހުމް ވެފަ އެވެ. އަބްޔާންއަށް ހިތް ކިޔައިގެން ތިބި ބައެއް ޒުވާން އަންހެން ކުދިން ތިބެނީ ޖަންނަތު ދެކެ ރުޅި އައިސްފަ އެވެ. އޭގެތެރޭ ލާމިޔާ ވެސް ހިމެނުނެވެ.

ގެސްޓް ހައުސްއަށް ވަންނައިރު ލާމިޔާއާއި ދިމާ ވެއްޖެއްޔާ މިހާރު ހުންނަނީ ލޯ އަޅައިގެނެވެ. އަދި ކޮންމެވެސް ނުރުހޭ އެއްޗެއް ބުނެލާނެ އެވެ. އެކަމަކާ ޖަންނަތު އަޅައެއް ނުލަ އެވެ. މިހާރު ޖަންނަތުގެ މޭޒުމަތީ މަލެއް ވެސް ނޯވެ އެވެ. މާޒިދު މިހާރު ޖަންނަތުއާއި ކުރިންހެން ވާހަކަ ދައްކާ ނަހަދައެވެ. ކޮންމެހެން ބުނަން ބޭނުންވާ އެއްޗެއް ފިޔަވާ އިތުރު އެއްޗެއް ނުބުނެ އެވެ.

އަލިމަނިކުގެ ދެދޯނި ވިއްކާލާ ދަރަނިން އަލިމަނިކު މިންޖު ވިއެވެ. ޖަންނަތު އަލިމަނިކުގެ ފިހާރަ ތަރައްގީ ކުރީ މުޒައްފަރު ކޮށްދޭ ކަމެއްގެ ގޮތުގަ އެވެ. އަލިމަނިކަށް އެއީ ޖަންނަތުގެ ކަމެއްކަން ފަހުމް ނުވާ ގޮތަށެވެ. އަލިމަނިކު މިހާރު ހުރީ ނިކަން އުފާވެ ހަމަ ޖެހިލާފަ އެވެ. މިދޭތެރެއިން މަޑުވެފައިވާ ފަރުޒާނާގެ އަނގަވެސް އަނެއްކާ ހެލެން ފެށި އެވެ. އެކި ކަންކަމުގައި އަލިމަނިކު އަތުން ލާރި ހޯދަން އުޅެން ފެށީ އެވެ. ނަމަވެސް މިފަހަރު އަލިމަނިކު ފަރުޒާނާއަށް ދުލެއް ނުދިނެވެ. އަލިމަނިކުގެ ބެލުމުގެ ދަށުން މަދު ފައިސާކޮޅެއް ފިޔަވައި ގިނައެއްކޮން ފަރުޒާނާއާއި ލާރި ހަވަލެއް ނުކުރެ އެވެ.

ފަރުޒާނާ ގެއިން ނުކުމެ ނޫޅޭ ތާވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. އަލިމަނިކު ދަރާފައި ވާތީ މީހުން ފަރުޒާނާއާއި ދިމާއަށް ކިޔާ އެއްޗިހި އަޑުނާހަން އަބަދު ގޭގައި އޮތީ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް ބޭރަށް ނިކުމެ އުޅެން ފެށި އެވެ. އެކި ދިމަދިމާލުން ހަބަރު ހިފައިގެން އައިސް ގޭކައިރީ ޖޯލިފަތީ އިނދެގެން މީސްމީހުން ގާތު އެވާހަކަ ދައްކަން ފެށި އެވެ. އެއީ އަބަދުވެސް ފަރުޒާނާގެ އާދަ އެވެ.

ދެމަސް ވެގެން ދިޔައީ އެވެ. އަބްޔާންއާއި ޖަންނަތުގެ ގުޅުމަކަށް ކުޑަވެސް ލޮޅުމެއް ނާރަ އެވެ. ދެމީހުންގެ ލޯބި އިތުރުވެފައި ވާ ކަހަލަ އެވެ. އެރޭ ވެސް ދެމީހުން ތިބީ ޒައީމާ މެންގެ ގޯތިތެރޭ ދޮރުން ވަންނަތާ ހުރި ޖޯލީގަ އެވެ.

“މިރޭ ފަތިހު އެއަ ޕޯރޓަށް ދާން ޖެހޭ… ވަރަށް އުފަލުން މިހުންނަނީ… ބައްޕަ އައިމަ ދެން މިހެން ޖަންނައާ މިހާ ދުރުގަ އިންނާކަށް ނުޖެހޭނެނު.”

“އަދިވެސް ދުރުގަތަ މި އިނދެވެނީ؟” އަބްޔާންގެ އަތުގައި ހިފާލައިގެން އިން ޖަންނަތު އަހާލި އެވެ.

“އާން… އަދިވެސް ދުރު… މަބޭނުން ވަނީ ޖަންނަ މިއަށް ވުރެން ވެސް ކައިރީގަ ހުންނަން.. އަބްޔާން ޖަންނަތުއާއި ކައިރި ވެލި އެވެ. އަދި ޖަންނަތުގެ ނިތް ކުރިއަށް ބޮސް ދިނެވެ. “ލޯތްބަކީ ކޮން އެއްޗެއްކަން މަށަށް މި އިނގުނީ ޖަންނައާ ހެދި. މި ހުރިހާ ދުވަހު އަހަރެން އަންހެން ކުދިންނަށް އައި ލަވް ޔޫ ކިޔަމުން ދިޔައީ އެއްވެސް މާނައެއް ނެތް ލަފްޒުތަކެއް ގޮތުގަ. އަހަންނަށް ޖަންނަދެކެ ލޯބި ވެވުން ފަހުން އައި ލަވް ޔޫ ގެ މާނަ މަށަށް ދަސްވީ. އަދި އެއަށް ވުރެން ރީތި ތިން ލަފްޒެއް މިހާރު ނެތް. އަދި އެއަށް ވުރެން ރީތިވީ އެމާނައިން އެ ކުރެވޭ އިހުސާސް.”

“އަބީ… އަބީ ކިތައް ކުދިންނާ ރައްޓޭހިވީ؟” ޖަންނަތު ފުރަތަމަ ފަހަރަށް އެސުވާލު އަބްޔާންއާއި ކުރިއެވެ. އަބްޔާން ޖަންނަތުގެ ލޮލަށް ބަލައިލި އެވެ. “އަހަރެން މި ބުނީ އަބީ ލޯބިވީ ކިތައް ކުދިންނާހެއްޔެކޭ ނުނޭ… އަހަރެން މި އަހަނީ އަބީ ރައްޓެހިވީ ކިތައް ކުދިންނާހޭ.” ޖަންނަތު ހީލަމުން އެހި އެވެ.

“ވަރަށް ދިގު ލިސްޓެއް ތީ…. މިރަށުން އެކަނި ވެސް ހީވަނީ ސެވަން ހެން.”

“ވަޓް؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ. “ސީރިއަސްލީ؟”

“ދެން… އާން.” އަބްޔާން ބޮލުގައި އަތްކާތީ ޖެހިލުން ވެފައި އިނދެ އެވެ.

“ފިރޫއާ ރައްޓިއްސެއް ނުވަން ދޯ؟”

“އާން… ފިރޫއާ ފްލާރޓް ކޮށްލާފަ ނޭގެ ދެން ފާޑަކަށް ފޫހިވީ… އެއީ ކަންނޭގެ ޖަންނައާ ދިމާލަށް ހިތް ލެބެން ފެށި ދުވަސްކޮޅަކީ.” އަބްޔާން ހިނިގަނޑެއް ޖަހާލި އެވެ.

“ދެން އައިޝާއާ ރައްޓެިވީންތަ؟”

“އާން… މިރަށުން އެންމެ ކުރިން ރައްޓެހިވީ އައިޝާއާ… އައިޝާއެއީ އަސްލު ގޯސް ކުއްޖެއް ނޫން.. އެކަމަކު އަހަރެން ލޯބި ނުވަންޏާ ކިހިނެއް އުޅޭނީ… ދެން ޒުލްފާއްތަގޭ ދިޔާނާއާ ވެސް ރައްޓެހިވީން… ދެން..” އަބްޔާން ވާހަކަ ޖަންނަތު މެދު ކަނޑާލި އެވެ.

“ހޫން ދެން ހެޔޮ… ދެން ރަށުން ބޭރުން ރައްޓެހިވީ ކިތައް ކުދިންނާ؟”

“މާލޭން ރައްޓެހިވީ ކުދިންގެ އަދަދެއް އެހެން ބުނާކަށް ނޭގޭ.” އަބްޔާން އެހެން ބުނެފައި ހިނިގަޑެއް ޖަހާލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ.

“ނޮޓް ސޯ ފަނީ.” ޖަންނަތު ފޫހިވެފައި ބުނެލިއެވެ. “ސީދާ ޕްލޭ ބޯއި އެއްތީ.”

“ޔެސް އައި ވޯސް.” އަބްޔާން ޖަންނަތުއާއި ކައިރި ވެލި އެވެ. “އެކަމަކު އައި ޕްރޮމިސް ޖަންނާ.. އަހަރެން ދެން ދުވަހަކުވެސް އެހެން އަންހެނަކަށް ބަލައިވެސް ނުލާނަން… އައި ލަވް ޔޫ ސޯ މަޗް ޖަންނާ… އަހަންނަކަށް ނޭގެ ޖަންނައަށް ބުނެދޭނެ ގޮތެއް ވެސް.” އަބްޔާން ޖަންނަތުގެ ކަންފަތް ދޮށުގައި ބޮސް ދިނެވެ. ޖަންނަތު ހީލި އަރައިގަނެގެން ތެޅި ގަތެވެ.

“އަބީ… މަށަށް އިނގޭ… މަށަށް އިނގޭ އަބީ އަކީ ޕްލޭ ބޯއި އެއްކަން. މަށަށް ފެނޭ އަބީ ކުރިން އުޅުން ގޮތް އަދި މަށަށް ފެނުން އަބީއަށް އަންނަން ފެށި ބަދަލު ވެސް. އަހަރެން އަބަދުވެސް އަބީއަށް ވިސްނޭތޯ ދުޢާ ކުރިން. އަދި އަލްހަމްދުލިއްލާހި…. އަހަރެންގެ ދުޢާ މިއަދު އިޖާބަވެސް ކުރައްވައިފި… އަހަރެން މިހާރު އަބީއަށް ވަރަށް ޓްރަސްޓް ކުރަން. އަހަރެން ވަރަށް އުފާވެފަ މިހުންނަނީ… އަހަރެން އެހާދުވަހު ލޯބިވި މީހާ އަހަންނަށް މިއަދު ލިބުނިމަ.”

“ޖަންނާ… ރިއަލީ؟” އަބްޔާން ޖަންނަތުއަށް ބަލައިލަމުން ނިކަން އުފާވެފައި ބުންޏެވެ. “އަހަރެން ދެކެ ކުޑައިރުން ފެށިގެން ޖަންނަ ލޯބިވޭ؟”

“ދެން ކުޑައިރުން ފެށިގެނެއް ނޫން އެކަމަކު ވަރަށް ކުރިން ފެށިގެން.”

“ދެން ކީއްވެ ނުބުނީ؟”

“އަހަރެން އޭރުގެ އަބީއާ ގުޅެން ބޭނުން ނެތީމަ ނުބުނީ. އަބީއަށް ވިސްނެން ދެން މަޑުކޮށްލީ.”

“ޖަންނާ.” އަބްޔާން ޖަންނައަށް ބަލައިލި އިރު އަބްޔާންގެ ލޯވަނީ ފެންކަޅި ވެފަ އެވެ. “ޔޫ އާރ ރިއަލީ ސަމްތިން. އައި ލަވް ޔޫ ޖަންނާ.. އަހަންނަށް ދެން ޖަންނައާ ނުލާ ނޫޅެވޭނެ. އަހަރެންގެ މުޅި ދުނިޔެވެސް މިހާރު ވަނީ ޖަންނަތަކަށް ބަދަލު ވެފަ. ތީ އަހަރެންގެ ހުރިހާވެސް އުންމީދަކީ.” އަބްޔާން ޖަންނަތު ގައިގައި ބައްދާލި އެވެ. “އަހަރެން ދުވަހަކު ވެސް ޖަންނަ ދުލެއް ނުކުރާނަން. ޔޫ އާރ މައި އެވްރި ތިންގް.”

އަބްޔާން އެއަރ ޕޯރޓްގެ އަންނަ މީހުން ނިކުންނަ ދޮރާދިމާލުގައި މަޑުކޮށްލައިގެން ހުއްޓެވެ. މާގިނަ އިރެއް ނުވެ ޓްރޮލީ ހިފައިގެން ނުކުތް ނަސީރު ފެނުމުން އަބްޔާން އަވަހަށް އެދިމާލަށް ދިޔަ އެވެ. ނަސީރު ފަހަތުން ހިދާޔާއާއި އާލިޔާ ނުކުތެވެ.

“ކޮބާ ޔާން؟” ނަސީރު އަތުން ޓްރޮލީ އަތުލަމުން އަބްޔާން އަހާލި އެވެ.

“ޔާން އަންނާނެ ދެދުވަސް ފަހުން… އޭނަގެ އެސައިންމެންޓް ތަކެއް ހަވާލު ނުކުރެވިގެން މަޑުކުރީ.” ނަސީރު ބުންޏެވެ. އަބްޔާން ބޯ ޖަހާލަމުން އާލިޔާއާއި ދިމާއަށް ބަލައިލި އެވެ.

ބޮލުގެ ތަންތަން ކޮޅުގައި ރަތްކުލަ ޖައްސާލައިފައި ކޮށްފައި ވާ މޭކަޕުން އާލިޔާ ހީވަނީ އެހެން ކުއްޖެއް ހެނެވެ.

“ވާއު އާލިޔާ… ހާދަ ސަޅި ޔޭ.” އަބްޔާން ބުނެލި އެވެ.

“ސަޅިޔޯ… ހީވަނީ ކާޓޫނެއްހެން.” ހިދާޔާ ތުން އަނބުރާލަމުން ބުންޏެވެ. އާލިޔާ ގޮތް ގޮތަށް މޭކަޕު ކުރާތީ ހިދާޔާ ހުންނަނީ ހިތްހަމަ ނުޖެހިފަ އެވެ.

“މަންމާ…” އާލިޔާ ޅަގޮތަކަށް ބުންޏެވެ. “އަބީބެއަށް އިނގޭތަ. އަހަރެން އިއްޔެ ބޮލުގަ ކުލަ ޖެއްސީން ސުރެން މަންމަ އެ ހުންނަނީ ހަމަ އެހެން އެކި އެއްޗިހި ކިޔާލަ ކިޔާލަ.” އާލިޔާ އަބްޔާން ކައިރިއަށް އައިސް އަބްޔާން އަތުގެ މުލައްދަނޑީ ހިފާލި އެވެ.

“މަންމާ.. އެހެން ނުކިޔާ.” އަބްޔާން ހިނިތުން ވެލަމުން ހިދާޔާ ދިމާލަށް ބުންޏެވެ. “އާލިޔާ ދެން ރަށަށް ގޮސް ސެލޫންއެއް ހުޅުވަން ވީނު”

“އަބީބޭ… ވަން މަންތް ފަހުން އަހަރެން އަދި އެޑްވާންސް ހަދަން ދާން ބޭނުން. އެޑްވާންސް ހަދާފަ ސެލޫން ހުޅުވާނީ… އަހަރެން އަންނަން ވާއިރަށް އަބީބެ ޖެހޭނެ ގޭގަ ތަނެއް ހަދައިދޭން.” އާލިޔާ ބުންޏެވެ.

“އާން އަބީ.. ގޭގެ ގޯތީގަ ސެލޫންއެއް ހަދަން ވާނެ.” ނަސީރު ވެސް އާލިޔާއާއި ބައިވެރި ވެލަމުން ބުނެލި އެވެ.

“ބައްޕާ، އަޅުގަނޑަށް ފެންނަނީ ބައްޕަވެސް ގޭގަ ކުޑަ އޮފީހެއް ވެސް ހައްދަވަން ވީހެން. އޭރުން ވަރަށް ފަސޭހަ ވާނެ.” އަބްޔާން ބުނެލި އެވެ.

“އާން.. ތީ ވަރަށް ރަގަޅު ހިޔާލެއް. އަބީ ތިކަމާ އުޅޭ.” ނަސީރު އަވަހަށް ބުނެލި އެވެ. ދެން ނަސީރު ދައްކަން ފެށީ ވިޔަފާއީގެ ވާހަކަ އެވެ.

އެރޭ ޖަންނަތު އަބްޔާންގެ އިންތިޒާރުގައި ޖޯލީގައި އިނެވެ. އަބްޔާން ހަވީރު ޔަޒަންއާ އެއްކޮން އެގޭ ގޯތިތެރޭ ކުޅެން އުޅެފައި ދިޔައީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ނުވައެއް ޖަހާލީމަ އަންނާނަން ކަމަށް ޖަންނަތު ކައިރީ ބުނެފަ އެވެ. މިހާރު ނުވަގަޑި ބައިވެ ދިހައެއް ޖަހަނީ އެވެ. އަދިވެސް ނާދެ އެވެ. ޖަންނަތު އަބްޔާންއަށް ގުޅުމުން ފޯނެއްވެސް ނުނެގި އެވެ. ވީގޮތެއް ނޭގި ހުރެ ޖަންނަތު ކޮޓަރިއަށް ވަނީ ނިދި އައުމުންނެވެ.

 

ޖަންނަތު ފަތިހު ހޭލާ ފޯނު ބަލައިލި އިރު އަބްޔާންގެ ބައިވަރު މިސްކޯލް އައިސްފައި ހުއްޓެވެ. އަދި ވައިބަރ އިން މެސެޖު ތަކެއް ވެސް އައިސްފައި ހުއްޓެވެ.

“ޖަންނާ.. އައި އޭމް ސޯ ސޮރީ… މަޣްރިބް ނަމާދުން އައިސް ޖައްސާލި ތަނާ ނިދުނީ ޔޭ… ރޭގަ ހޭލާ ހުރީމަ ވަރަށް ޓަޔަޑް ވެފަ ހުރީ… ވަރަށް ސޮރީ އިނގޭ.” ސްޓިކާ ތަކަކާ އެކު އަބްޔާން ފޮނުވާފައިވާ މެސެޖު ކިޔާލާފައި ހިނިތުން ވެލަމުން ޖަންނަތު ތެދުވެގެން ފާހާނާއަށް ވަނެވެ.

އޮފީސް ނިމިގެން ޖަންނަތު ގޮވައިގެން ގެއަށް އައިސް ދޮރުކައިރީ އަބްޔާންއާއި ޖަންނަތުއާއި ދެމީހުން ތިއްބެވެ.

“ބައްޕަ ކައިރީ އެވާހަކަ ދައްކައިފިންތަ؟” ޖަންނަތު އަހާލި އެވެ.

“އަދި ނުބުނަން. އެކަމު މިރޭ ބައްޕަ ފެކްޓްރީއަށް ދުރުވުމުގެ ކުރިން އެވާހަކަ ދައްކާނަން.” އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ. “މިރޭ ފަހަރެއްގައި ޖަންނަ ކައިރިއަށް ނާދެވިވެސް ދާނެ. ބައްޕަ ދާން ވާއިރަށް ނިންމަން ޖެހޭ ބައެއް މަސައްކަތް އެބަހުރި.”

“އޯކޭ… ތިހެން ވިއްޔާ އަހަރެން މިރޭ އަވަހަށް ނިދާނީ.”

“ތި ބުނީ އެހެން ރޭ ރޭ މަށާ ހެދި ނުނިދެޔޭ ދޯ.”

“އެހެން ބުނެފިންތަ؟” ޖަންނަތު އަބްޔާން ބަނޑުގައި ޖަހާލި އެވެ.

“އާހް.” އަބްޔާން ނުވާވަރަށް ތަދުވި ގޮތް ދައްކާލި އެވެ. ޖަންނަތު ހިނި އައެވެ.

“ޖަންނާ… މާދަމާ ޔާން އަންނާނެ.”

“ދެން މާދަމާ އަނެއްކާ އެއަރ ޕޯރޓަށް ދާން ޖެހޭނެ ދޯ؟”

“ނޫނޭ… ޔާން އެކަނި އަންނާނެ. ދުވަހަކު ވެސް އޭނަ ބަލައެއް މަ ނުދަން.”

“އެހެންތަ. އޯކޭ މަ މިދަނީ ދެން ފެން ވަރަން.” ޖަންނަތު އެހެން ބުނެފައި އެތެރެއަށް ވަންނަން އުޅެން ފެށުމުން އަބްޔާން ޖަންނަތުގެ އަތުގައި ހިފާ ކައިރިއަށް ދަމާލާފައި ކޮލަށް ބޮސް ދިނެވެ.

“ބާއި.” ހިނިތުން ވެލަމުން އަބްޔާން އެހެން ބުނެފައި ސައިކަލަށް އަރައިގެން ދިޔަ އެވެ.

އެރޭ ނަސީރު ގާތު ޖަންނަތުއާއި ކައިވެނި ކުރަން ބޭނުން ވާހަކަ އަބްޔާން ބުނުމުން ނަސީރުއަށް ލިބިގެން ދިޔަ އުފާވެރިކަން މޫނުމަތިން ފެނުނެވެ. ހީވީ ނަސީރު މާ ކުރިންވެސް އެދި އެދި ހުރި ކަމެއް ހާސިލްވީ ހެނެވެ.

“ހަމަ ތެދެއް މިބުނީ ބައްޕަ ވަރަށް އުފާވެފަ މިހިރީ. އަބަދުވެސް ބައްޕަ ހިތުގަ އޮވޭ އަބީ ނޫނީ ޔާން ނަމަވެސް އެމަންޖެ މިގެއަށް ގެންނަ ނަމައޭ.” ނަސީރު ނިކަން ހެވިފައި އިނދެ ބުންޏެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހީލާފާނުދޭ ލޯބިވާ… (1 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ…( 9 ވަނަ ބައި)

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
May 18, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ…( 9 ވަނަ ބައި)

Previews
May 18, 2016

ހީލާފާނުދޭ ލޯބިވާ… (1 ވަނަ ބައި)

11 Comments!

  1. zoya says:
    May 18, 2016 at 1:11 pm

    wow vara reethi
    next parta waiting

  2. B says:
    May 18, 2016 at 1:53 pm

    Ohh.. yaan aiy eky de other gal will even come dw. Guessing so. One of my fav story. ?

    1. Narash says:
      May 18, 2016 at 3:18 pm

      Yeah. Then I think abee mom beynun vaanee aber and that girl marry kuran. In one of the previous part abee mom varah e girl dheke like vegen ulhuneh nun ?

  3. Aisha says:
    May 18, 2016 at 1:54 pm

    Aashi avahah 20 vana part up kohdhyba

  4. Ellie says:
    May 18, 2016 at 1:58 pm

    Abee ge mom ehbaheh nuvaane kanneyge

  5. Narash says:
    May 18, 2016 at 3:13 pm

    Abee mom dhuvahaku thikamah gabool eh nuvaane. Can’t wait to read the next part. Please up it asap ☺️

  6. Zaee says:
    May 18, 2016 at 4:02 pm

    Haada lahey up vaaleh. Pls pls pls pls pls pls pls Avahan up koh dey thi. V reethi mi baives. Waiting for next part..

  7. Shinaa says:
    May 18, 2016 at 4:20 pm

    Varah haasaru bodu mi vaahakaige. Vaahaka liyan ingigen liyaa meeheh noon meekee

    1. Annon says:
      May 18, 2016 at 6:01 pm

      Mives meehaku kuraa varah bura masakkatheh. Shouldn’t say like that. And appreciate ?

  8. Aimsithu says:
    May 18, 2016 at 4:56 pm

    Wow

  9. Zaanaa says:
    May 18, 2016 at 8:30 pm

    Avahah up khohdeeba 20 vana part v keyaa hethun me thibee

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 20 ވަނަ ބައި←


All Right Reserved!