
ވާ ލޯބި އިނގޭ ނަމަ 10
ރާދިން އާއި އަވްލީންއަށް ނޭނގުނުކަމަކީ އެ ދެމީހުންގެ އެ ލޯބިވެތި ވަގުތުކޮޅު ބަލަން ފާރައަށް އެހެން މީހެއް ހުރިކަމެވެ. އެމީހާގެ މޫނުމަތީގައިވާ ރުޅިވެރިކަމުގެ އަލިފާނުން އަވްލީން ރޯކޮށްލާން އުޅޭފަދައަކުން އަވްލީން އާއި ދިމާލަށް ބަލަމުން ދިޔައެވެ.
“އައި ވިލް ޑިސްޓްރޯއީ ޔޫ އަވްލީން.” ރުޅިވެރި އަޑަކުން އެމީހާ ބުނެލިއެވެ.
އަވްލީން އާއި ރާދިން އައުމުން އެންމެންގެ ފަރާތުން މަރުހަބާގެ ބަސްތައް ދެމީހުންނަށް އޮހެމުން ދިޔައެވެ. މިރެއަކީ އަވްލީން އާއި ރާދިންގެ ހަޔާތަށްއައި އެންމެ އުފާރެވި ރެއަށް ވާނެކަންގައިމެވެ.
ދުރުގައި އަވްލީން އާއި ރާދިންއަށް ބަލަން ހުރި ޔާސިރާ ހުރީ ފާޑަކަށް ރުޅިއަންނަ ގޮތްވެފައެވެ. އަވްލީންގެ ފަރާތުން މިންޖުވާން ބޭނުންވީ ނަމަވެސް އަވްލީންގެ މޫނު މަތީގައިވާ ހިނިތުންވުމުގެ ސަބަބުން ޔާސިރާއަށް އުނދަގޫވަމުން ދިޔައެވެ. އަވްލީންގެ ކައިވެނި ކުރުވަން އުޅޭ ވާހަކަ މިރުހާން އޭނާ ކައިރީގައި ބުން ނަމަވެސް އެއީ މިހާ މުއްސަނދި ބަޔަކަށް ވެދާނެކަމަށް ޔާސިރާ ހިޔެއްނުކުރެއެވެ. އަދި އެ ފިރިހެން ކުއްޖާ އަކީ މާކުރިންވެސް އަވްލީން އާއި ހެދި މޮޔަވެފައި ހުރި ކުއްޖެއްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. މީގެން އެއްވެސް ކަމެއް ކުރިން އެނގިފައި އޮތް ނަމަ އޭނާ މި ކައިވެނި ކުރުވިޔަކަ ނުދޭނެއެވެ. މިރުހާން އަވްލީންގެ ކައިވެނި މިފަދަ މުއްސަނދި އާއިލާއަކަށް ކުރުވާތީ ޔާސިރާ ހުރީ މިރުހާން ދެކެވެސް ހިތްހަމަނުޖެހިފައެވެ.
“ކޮންގްރެޓްސް ލަވްބާރޑްސް. ކޮބާ އެންމެ ފަހުން އަހަރެން ބުނި ގޮތެއްނު މިވީ ހަމަ.” ތޫބާ އާއި އަރީފް އަވްލީންމެންނަށްް މަރުހަބާކިއެވެ.
“ބުނި ގޮތަށޭ މިވީ؟” ރާދިން ސުވާލުގެ ނަޒަރަކުން ތޫބާއާއި ދިމާއަށް ބަލައިލިއެވެ.
“އާން އަސްލު ލީން ޖޮއިންކުރި ދުވަހު ލީން ގާތުގަ އަހަރެން ބުނިން ރާދިން ސަރ އާއި ލީން އާއި ދެމީހުން ވަރަށް ގުޅެއޭ.” ތޫބާ ރާދިންއަށް ވީ ގޮތް ކުޑަކޮށް ކިޔާދިނެވެ.
“މަރުހަބާ ދެކުދިންނަށް. އެންމެފަހުން ރާދް އަށް ލީން ކާމިޔާބުކުރެވުނީ ދޯ.” ރާދިންގެ ކޮނޑަށް އަތްވައްޓާލަމުން ރާހިލް ހެވިފައިހުރެ ވާހަކަދެއްކިއެވެ.
“އޭ އަނެއްކާ ކައިވެނި ކުރެވުނީމަ އަހަރެމެން ދެމީހުން މަތިން ހަނދާން ނައްޓާނުލައްޗޭ.” ރާދިންމެންނާއި ދިމާކޮށްލަމުން މާހިލް ބުނެލިއެވެ.
“ދެން ކޮންމެހެން ދިމާކުރާނެކަމެއް ނެތޭ. މާހް ވެސް ކުއްޖެއްދެކެ ލައިކްވެ އިންނަން އުޅުނީމަ އަހަރެން ދާނަމޭ ދިމާކުރާން.” ރާދިންވެސް ބަލި ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ.
އެރޭގެ ހަފްލާއަށް ފަހު ހުރިހާ އެންމެންވެސް އަވަހަށް ގެއަށް ދިޔައީ މާދަމާ އޮންނަ ދަތުރަށް ދާން ވާއިރަށް އަރާމުކޮށްލުމަށެވެ. ރާދިންވެސް އަވްލީން އާއި އޭނާގެ އާއިލާ މީހުން ގެއަށް ގެންގޮސްދުނުމަށް ފަހު އޭނާވެސް ގެއަށް ދިޔައީ އަރާމުކޮށްލުމަށެވެ.
ގެއަށް ގޮސް ކޮޓަރިއަށް ވަން އަވްލީން ހުރީ ވަރަށް އުފަލުންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބިވެމުން ކުރޭ އިހްސާސް އަވްލީންއަށް ވެސް ކުރެވެމުން ދިޔައެވެ. އޭނާގެ އަތުގައި އިން އަނގޮޓިއަށް އަވްލީން ނަޒަރު ހިންގާލިއެވެ. އަނގޮޓީގެ މެދުގައި އަގުބޮޑު ޖަވާހިރެއް ހަރުކުރެވިފައިވާ އިރު ކިތައްމެހާވެސް ރީއްޗެވެ. މަޑުމަޑުން ތުންފަތުގައި އަނގޮޓި ޖައްސާލިއެވެ.
އަވްލީން ސިއްސާގެން ދިޔައީ އޭނާގެ ފޯނު ރިންގުވަމުން ދިޔަ އަޑު އިވުމުންނެވެ. ފޯނުނަގައި ބަލައިލިއިރު ގުޅަމުން ދިޔައީ ރާދިން އެވެ.
“ހަލޯ..” އަވްލީން ފޯނުނަގަމުން ވާހަކަދެއްކިއެވެ.
“މިސްވާ ވަރުން ހަމަ ގުޅާލީ…”
“ހެހެހެ… އެކަމް ދެންމެ އެއްނު ގެއަށް ލައިދީފަ ތި ދިޔައީ އެހާ އަވަހަށް މިސްވީތަ؟” އަވްލީން ކައިރިއަށް ހިނިއަންނަ ގޮތްވިއެވެ.
“މައްސަލައެއް ނެތޭ ހަމަ މިސް ވެދާނެ އެއްނު. އަބަދުވެސް ލީން އަހަރެންގެ ކައިރީގަ ހުންނަން ބޭނުން ވަނީ. އެންޑް ވަރަށް އަވަހަށް ލީން އަހަރެންގެ ހައްގަކަށްވެގެން ދާނެ އޮފިޝިއަލީ. އެވެސް މުޅި އުމުރަށް.” ރާދިންގެ އަޑުންވެސް އޭނާ އުފާވެފައިހުރިވަރު ހާމަވެގެންދެއެވެ.
“އޯކޭ އޯކޭ… ދެން ދޭބަލަ ފްރެޝްވެލައިގެން ނިދާން. މާދަން ދަތުރުދާން އަވަހަށް ހޭލަންވެސް ޖެހޭނެއެއްނު.” އަވްލީން ބޭނުންވީ މާދަމާ ދަތުރުދާން އޮތުމުން އަވަހަށް ނިދާލާށެވެ.
“އޯކޭ އެކަމް ގުޑް ނައިޓް ކިސްއެއް ނުދޭނަންތަ ލަވް؟” ރާދިން ލާނެއް އަޑަކުން އަހައިލީ އަވްލީން ލަދުގަންނާނެކަން އެނގިހުރެއެވެ. އަވްލީން ދެންނޭ ބުނެލުމުން ރާދިން ކުޑަކޮށް ހީލިއެވެ.
“އެންމެ ރަނގަޅޭ ކިސް އެއް ނުދިނަސް ލަވް ޔޫ ބުނެވިދާނެ އެއްނު ދޯ” އަވްލީން ވަކި އެއްޗެއް ނުބުނެ ހުންނަން ފެށުމުން ދެންވެސް ވާހަކަދެއްކީ ރާދިން އެވެ.
“ގުޑް ނައިޓް ލަވް. ލަވް ޔޫ ސޯ މަޗް.” ރާދިން އަވްލީންއަށް ރޭގަނޑުގެ ސަލާމްކޮށްލަމުން ކުޑައިރުކޮޅަކު މަޑުކޮށްލީ އަވްލީން ބުނާ އެއްޗެއް އަޑުއެހުމަށެވެ.
“ގުޑް ނައިޓް ރާދް.” އަވްލީން ހަމައެކަނި ގުޑްނައިޓް ކިޔުމުން ރާދިން ޗޮކެއްކަނޑާލައިފައި ހަމަ އެކަނި ގުޑް ނައިޓް ހޭ ކިޔަނީ އަހައިލިއެވެ.
“ލަވް ޔޫ ޓޫ..” އަވްލީން ރާދިން ކައިރީގައި ލޯބިވާ ވާހަކަ ބުނުމަށް ފަހު ފޯނު ކަނޑައިލިއެވެ.
“ހެހެހެ.. މައި ލަވް..” ރާދިން ފޯނަށް ބަލަން ހުރެފައި ބުނެލިއެވެ.
ހެނދުނު އަރައިގެންއައި އިރާއި އެއްކޮށް ޑްރީމް ކެއަރ ހޮސްޕިޓަލްގެ ސްޓާފުން ތިބީ ދަތުރަށް ދާން ރެޑީވެގެން ފާލަން ކައިރީގައެވެ. ޑިއުޓީގައި ތިބި މީހުން ފިޔަވާ އެހެން އެންމެން ދަތުރުގައި ބައިވެރިވިއެވެ. އަވްލީންވެސް ދަތުރު ދާން ރެޑީވެގެން އެންމެންނާއި އެކު އައިސް ހުއްޓެވެ.
އިރުކޮޅަކުން ދޯނި ކައިރިކުރުމުން އެންމެން ދޯންޏަށް އަރަން ފެށިއެވެ. އަވްލީން ވެސް ރާދިންގެ އަތުގައި ހިފައިގެން ދޯންޏަށް އަރައި ހަމަޖެހިލިއެވެ.
ދަތުރު ދާން ނިންމާފައި އޮތީ ކައިރީގައި އޮތް ފަޅު ރަށަކަށް ކަމުން އެންމެން ވެސް ތިބީ ވަރަށް އުފާވެފައެވެ. ދޯނި ފަޅުން ނުކުތުމާއި އެކު އެކި މީހުން އެކި ސަކަރާތްތަކުގައި މަޝްއޫލުވިއެވެ.
އަންހެނުންނާއިި ފިރިހެނުން ދެ ގުރޫޕަކަށް ބަހައިލައިގެން ފޯރީގައި ލަވަ ބާޒީ ކުޅެމުން ދިޔައެވެ. ފިރިހެންވެރިންގެ މެދުގައި އިން ރާދިންގެ ނަޒަރު ހުއްޓިފައި ވަނީ އަންހެނުންގެ ތެރޭގައި އިން އަވްލީން އަށެެެވެ. ރާދިން މާ ވަރަކަށް އޭނާ އާއި ދިމާލަށް ބަލަމުން ދާތީ އަވްލީން އިނީ ލަދުން އިސްޖަހައިލައިގެންނެވެ.
“އޭ ރާދް ފަހަރިއަށް ތިވަރަށް ނުބަލާ ‘ހާ’ އަކުން ލަވައެއް ކިޔާބަލަ. އެ ގިރޫޕް އެއޮއް މޮޅުވަނީ އޭ.” އަވްލީންގެ މޫނަށް ގެއްލިފައި އިން ރާދިންއަށް ހަމަބިމަށްއާދެވުނީ ރާހިލް އޭނާގެ ގައިގާ ބޮނޑިއެއް އަޅުވައިލުމުންނެވެ.
“އެއީ ތެދެކޭ ރާދް. އަވަހަށް ހާއަކުން ލަވައެއް ކިޔާބަލަ.” މާހިލްވެސް ރާހިލްގެ ބަހަށް ތާއީދުކުރަމުން ބުނެލިއެވެ.
“ހިތުގެ ތެޅުން މިތުރު މި އަހާބަލާ
ހިތުގެ ތެޅުން މިތުރު މި އަހާބަލާ…
ވާ ލޯބި އިނގޭނަމަ.. ވާ ލޯބި އިނގޭނަމަ ކަލާ….
ފުން ހިޔާލުގާ ދީވާނާ ހިތް ވެޔޭ
ހިތް ފާޅުގާ ތިޔަ ލޯތްބަށް އެދިވެޔޭ
ނުނިދޭ މިހާރު ވެޔެ ބޭޤަރާރު އަންނާށޭ ދެން ކަލާ
ނުނިދޭ މިހާރު ވެޔެ ބޭޤަރާރު އަންނާށޭ ދެން ކަލާ
ވާ ލޯބި އެނގޭ ނަމަ.. ވާ ލޯބި އެނގޭ ނަމަ ކަލާ
ހިތުގެ ތެޅުން މިތުރު މި އަހާބަލާ
ހިތުގެ ތެޅުން މިތުރު މި އަހާބަލާ
ވާ ލޯބި އެނގޭނަމަ ވާ ލޯބި އެނގޭނަމަ ކަލާ”
ރާދިން ލަވަ ކިޔާ ނިންމާލިއިރުވެސް އެ ނަޒަރު އަވްލީންގެ މޫނުން ވަކިނުވެއެވެ. ލަވަ ކިޔާ ނިމުމު އިރަށް އެންމެންގެ އަތްތިލަ ބަޑީގެ އަޑު އިވިގެން ދިޔައެވެ. ރާދިން އެ ލަވަ ކީ އެހާވެސް ފުރިހަމަކޮށެވެ. އަވްލީންވެސް އިނީ އުފަލުން ފެންކަޅިވެފައެވެ. ރާދިން އޭނާ ދެކެ ވާ ލޯބި ފެނިފައި އަވްލީންގެ ހިތް އުފަލުން ފުރުނެވެ.
ބައިގަޑީއިރުގެ ދަތުރަކަށް ފަހު ދޯނި ރަށާއި ކައިރިކޮށްލިއެވެ. ހުރިހާ ފިރިހެންވެރިން ވެގެން ގެނައި ސާމާނުތައް އަތިރީ ހުރި ހިޔާގަނޑަކަށް ގެންދިޔައެވެ. އެއްގަމަށް ދެވެނީ މޫދަށް އެރިގެންކަމުން އަވްލީން ހުރީ ފޫހިވެފައެވެ. އެހާ އަވަހަށް މޫދަށް އެރި ތެމޭކަށް އޭނާ އެއް ބޭނުމެއް ނޫނެވެ. ނަމަވެސް އެހެން އިތުރު ގޮތެއް ނެތުމުން ދެން ތިބި މީހުންނާއި އެއްކޮށް ފައިބަން އުޅުނު އަވްލީން އަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނީ މީހެއް އޭނާގެ އުނަގަނޑުގައި ހިފައި އުފުއްލާލުމުންނެވެ. އެމީހެކީ ރާދިންކަން އެނގުމުން އަވްލީން ރަކި ގޮތަކަށް ހީލިއެވެ. ރާދިން އޭނާގެ އަތްދަނޑި މައްޗަށް އަވްލީން ލައިގެން ގޮސް އެއްގަމުގައި ބަހައްޓާލިއެވެ.
އަންހެންވެރިން ސައި ހެދުމުގައި އުޅެން ފެށުމުން އަވްލީންވެސް ސައިހެދުމުގައި ބައިވެރިވިއެވެ. ސައި ތައްޔާރުވުމުން ތައްޓަކަށް ސޭންޑްވިޗް އާއި ރޮއްޓާއި ފަތުމަސްހުނި އަޅައިގެން އަވްލީން ރާދިން ކައިރިއަށް ދިޔައެވެ. ދެމީހުން އެތާ ކައިރީގައި އިން ގަހެއް ދޮށުގައި އިށީނދެ ތިބި ސައިބޮއެވެ.
“ރާދް ހިނގާބަ އެކޮޅަށް ހިނގާލަން ދާން.” އަވްލީން ބޭނުންވީ އަތިރިމަތީ ގޮނޑުދޮށް ސަރަހައްދުގައި ހިނގާލަން ދާށެވެ. އޭރު ގިނި މީހުން ސައިބޮއި ނިމިގެން ގްރޫޕް ގުރޫޕް ހަދައިގެން ރަށުގެ އެކި ދިމާލަށް ދިޔައީ އެ ރަށް ބަލައިލުމަށެވެ.
ރާދިންވެސް އަވްލީންގެ އަތުގައި ހިފައިގެން ރާޅުޖަހާ ހިސާބުގައި ހިނގަމުން ދިޔައެވެ. އެހެން ދިޔައިރު ރާދިންގެ ލޯބިވެތި ބަސްތަކުން އަވްލީންގެ ތުންފަތަށް ހިނިތުންވުން ވެރިވަމުން ދިޔައެވެ.
“އޭ ދެމީހުން މާ ފޮޅުވިޔަސް ދެން ބޮޑުވަރުދޯ ތީ. އެހެން މީހުންވެސް އައިސް އުޅޭކަން އެބަ އިނގޭތަ؟” ރާހިލް އަވްލީންމެން ކައިރިއަށް ދަމުން ވާހަކަދެއްކިއެވެ. ރާހިލް އާއި އެއްކޮށް މާހިލްވެސް އައެވެ.
“ފެށުނީ ކަންތަކާ ދެން.” ރާދިން ހީލަމުން ބުނެލީ އެދެމީހުންގެ ގޮތް އިނގޭތީއެވެ.
ހަތަރު މީހުން އެކީގައި ރަށުގެ ވަރަށް ގިނަ ތަންތަން ބަލަމުން ދިޔައިރު ރާހިލް އޭނާ ގެންގުޅުނު ކެމެރާއިން އެކި ތަންތަނުގެ ފޮޓޯ ނަގަމުންދިޔައެވެ.
“ރާދް މީނީ ފޮޓޯ ނަގަން ވަރަށް ސަޅި ވިއުއެއް. ފަހަރި އާއި ދެމީހުން މިތަނުގަ ހުއްޓިލައިބަލަ ފޮޓޯއަކަށް.” ވަރަށް ރީތިކޮށްހެދިފައި އޮތް ވެޔޮގަނޑެއް ކަހަލަ ތަނަކަށް އާދެވުމުން ރާދިން އާއި އަވްލީން ގާތު އެތަނުގައި ފޮޓޮއަކަށް ހުއްޓިލުމަށް ރާހިލް އެދުނެވެ.
އަވްލީންއަށް ވެސް އެ ތަން ރީތިވުމުން ވަގުތުން ފޮޓޯނަގަން އެއްބަސްވިއެވެ. ރާދިން އަވްލީންގެ އުނަގަނޑުގައި އަތްއަޅުވައިލައިގެން ހުރިއިރު ދެމީހުން ތިބީ އެކަކު އަނެކެއްގެ ދެލޮލަށް ގެއްލިފައެވެ. އެއީ މާހިލް ދަސްކޮށްދިން މޮޅު ޕޯޒްއެކެވެ.
“ޕާފެކްޓް. ވަރަށް ސަޅި ފޮޓޯ.” ރާހިލް ހީލަމުން ބުނެލިއެވެ.
“އޭ ފޮނުވައްޗޭ ތި ފޮޓޯ މަށަށް.” ރާދިން އެދުނީ އެ ފޮޓޯ އޭނާއަށް ފޮނުވުމަށެވެ.
“ވިސްނާން ދެން ތިކަމާ.” ހިނިގަނޑެއްޖަހައިލަމުން ރާހިލް ބުނެލީ ރާދިންއަށް ޖެއްސުމަށެވެ.
ކުޑަކޮށް ރަށުތެރެ ބަލާލުމަށް ފަހު އެންމެން ޕިކްނިކް ސަރަހައްދަށް އެއްވީ ކުޅިވަރެއް ކުލުމަށެވެ. ހުރިހާ އެންމެން ދެބަޔަކަށް ބަހާލުމަށް ފަހުގައި ފޯރީގައި ވޮލީ ކުޅެން ފެށިއެވެ.
މަޖާކުރުމާއި ކުޅިވަރު ކުޅުމުގައި އުޅުމަށް ފަހު ހުރިހާ އެންމެން ވެގެން މެންދުރަށް ކައްކާން ދިޔައެވެ.
“މެންދުރަށް ކައްކާނީ އަހަރެމެން ފިރިހެންވެރިން. ދޯ ރާދް؟” އަންހެންވެރިން ކެއްކުމުގެ ކަންތަކާއިގެން ކުރިއަށްދާން އުޅެނިކޮށް މާހިލް ބުނެލިއެވެ.
“މާހް މެންނަށް އެނގޭތަ ކައްކާންވެސް؟” ތޫބާ ހީގަންނަމުން މާހިލް އާއި ދިމާކޮށްލިއެވެ.
“ކައްކާން އިނގޭހޭ. ތޫ މެންނަށްވުރެ މާ މޮޅު ވާނެ އަހަރެމެން ކައްކާން. ބަލަންތިބެ ބަލަ މިއަދު.” މާހިލް ފޮނިވެލަމުން ބުނެލިއެވެ.
“އޯކޭ މައްސަަލައެއްނެތް. އަހަރެމެންނަށް މާ ފަސޭހައެއްނު. ހުރިހާ އެއްޗެއް ތިހުރީ ފެންނަން ކެރީ އޮން.” ކެއްކުމުގެ ކަންތައް ފިރިހެންވެރިންނާއި ހަވާލުކުރުމަށް ފަހު އަންހެންވެރިން ދުރަތަށްޖެހިލިއެވެ.
“އެމީހުންނަށް އަނެއްކާ އެއްޗެއް ރޯފިލުވާލަން އެނގޭނެބާ؟” އަވްލީން ކެއްކުމުގެ ކަންތަކާއިގެން ހަރަކާތްތެރިވަމުން ދިޔަ ރާދިން އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.
“ނޭނގެ ދޯ. ބަޔެއް ފިރިހެނުން ވަރަށް މޮޅުވާނެ ކައްކާން. އަންހެނުން ނުހަދާނެ އެއްވެސް އެއްޗަކަށް. ދެން އަހަރެމެން ހޮސްޕިޓަލްގެ ފިރިހެންވެރިންގެ ހުރި ހިއްވަރެއްވެސް މިއަދު ފެންނާނެއެއްނު.” އަންހެންވެރިންގެ ތެރޭގައި އިން ކުދިންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.
“ލީން އަށް ރަނގަޅެއްނު ރާދިން ސަރ އަށް ކައްކަން އެނގެންޏާ. މެރީ ކޮށްފަ ރާދިން ސަރ ލައްވާ އަބަދު ކައްކާނީ. ލީން އޮންނާނީ ރެސްޓް ކުރަން.” އެތަނުން އެހެން ކުއްޖެއް އަވްލީން އާއި ދިމާކޮށްލަމުން ބުނެލިއެވެ.
ފޯރީގައި އަންހެންވެރިން އެކި ވާހަކަގައި ތިއްބާ ކައްކާ ނުމުމުން ފިރިހެންވެރިން ކާން އަންނަން ގޮވުމުން އެންމެންވެސް އަވަހަށް ދިޔައީ ބަނޑުހައިވަފައި ތިބިލެއް ބޮޑުކަމުންނެވެ.
“ވަސްގަނޑު ވަރަށް ރަނގަޅު ރަހަވެސް ރަނގަޅު ވާނެކަމަށް ހީކުރަން.” ނޭފަތް އެތެރެއަށް ދަމައިލަމުން ތޫބާ އާއި އޭނާ އާއި އެކު ހުރި ރީޝާ ބުނެލިއެވެ.
“މި ކައިފަ ދެން ތޫ މެން އަބަދު ބޭނުންވާނީ އަހަރެމެން ލައްވާ ކައްކާގެން ކާން އެހާވެސް މީރުވާނެ.” ތޫބާމެންނަށް ރައްދުދެމުން މާހިލް ފިރިހެންވެރިން ބުނެލިއެވެ.
“ހޫމްމްމްމް… ވަރަށް މީރު ހުރިހާ އެއްޗެއްވެސް. ކޮންތާކުން މިހާ މޮޅަށް ކައްކާން ދަސްކުރީ؟” ކާ އެއްޗިސްގެ ރަހަބަލައިލި އަވްލީން ބުނެލިއެވެ.
“ބާބީ ވެސް ދޯ. އަހަރެމެން ނުލާހިކު މޮޅުވާނެ އޭ ކައްކާން ކުރިންވެސް ބުނިންދޯ. ރާދް ކޮބާ ފަހަރިއަށް ވަރަށް ކަމުގޮއްސި ކެއްކި އެއްޗިސް. ރާދް އަށް ދެން ޖެހޭނީ މެރީކޮށްފަވެސް ފަހަރިއަށް ކައްކާފަ ކާން ދޭކަށްނު.” މާހިލް ބުނެލި އެއްޗަކުން އަވްލީން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ.
ފޯރީގައި މެންދުރުގެ ކެއުމުގެ ކަންތައް ނިންމާލުމަށް ފަހު ދެން ފެށުނީ މޫދުކުޅިވަރެވެ. ބައެއް އަންހެންވެރިން މޫދަށް ނޭރެންވެގެން ގަދަހަދަން ފެށުމުން ފިރިހެނުން ގަދަކަމުން ގޮސް އެމީހުން މޫދަށް އަޅަމުން ދިޔައެވެ. އަވްލީންވެސް ގަސްކޮޅެއްގެ ތެރެއަށް ވަދެ އިނީ މޫދަށް އެރެން ބޭނުންނުވާތީއެވެ. އަވްލީން އަކީ ފަތަން ނޭނގޭ މީހެއްކަމުން މޫދަށް އެރެން އެހާ ފޯރިއެއް ނުހުރެއެވެ.
ކޮޅުކޮޅު ހޯދަމުން ދިޔަ ރާދިން ދިޔައީ އަވްލީން ނުފެނިގެން ހޯދަމުންނެވެ. އެއްލިކަޅިއަކުން ގަސްކޮޅުގެ ތެރޭގައި އިން އަވްލީން ފެނި އެދިމާލަށް ދާން ފެށިއެވެ. ރާދިން އަންނަ ތަން ފެނުމުން އަވްލީން ގަސްކޮޅުތެރެއިން ނިކުމެ ރާދިން އިތުގައި ނުޖެހެންވެގެން ދުއްވާގަތެވެ. ދުވަމުން ދިޔަ އަވްލީންގެ ފަހަތުން ދިޔަ ރާދިން އަވްލީން އަތުގައި ޖެހޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ދުވަމުން ދިޔަ އަވްލީން ހުއްޓުނީ ފަހަތުން ރާދިން އައިސް އެ އަތުގައި ހިފައިލުމުންނެވެ.
“ދެން ނޫން ރާދިން. ނޭނގެއޭ ފަތާކަށް ވެސް މޫދަށް އެރޭކަށް ބޭނުމެއް ނޫން.” އަވްލީން މޫދަށް ނޭރެންވެގެން ގަދަހަދަމުން ދިޔައެވެ. ނަމަވެސް އަވްލީން ކީ އެއްވެސް އެއްޗަކަށް ބަލައިލުމެއްނެތި ރާދިން އަވްލީން އުފުއްލާލައިގެން ގޮސް މޫދަށް ފުންމާލިއެވެ. މޫދުގެ ލޮނުގަނޑުގައި އަވްލީންގެ ހަށިގަނޑު ޖެހުމާއި އެކު ރާދިންގެ ކަރުގައި ބާރަކަށް ބައްދާލިއެވެ. އިސްކޮޅުކާ ހިސާބަކަށް ވީ ނަމަވެސް ފުންމާލިގަޑީގައި އަވްލީންގެ ހަށިގަނޑު އަޑިއަށް ދިޔުމުން އަވްލީން ބިރުގަތެވެ.
“ވަރަށް ފޫހިވޭ ރާދް ދެކެ. ހޭޓް ޔޫ.” ތުންކޮޅު އޫ ކޮށްގެން އިނދެ އަވްލީން ޝަކުވާކޮށްލިއެވެ.
“އެހެހެެެ އައި ނޯ ޔޫ ލަވް މީ ބޭބީ.” އަވްލީން ތުންފަތަށް ޖެއްސިވައްތަރުން ރާދިން ގާތަށް ހިނިއަންނަގޮތްވިއެވެ.
ހުރިހާ އެންމެން ވެގެން މޫދުގައި ކުޅޭ އެކި ކަހަލަ ކުޅިވަރު ކުޅުމުގައި އުޅުމަށް ފަހު މޫދުން އެރީ ހަވީރުވީ ފަހުންނެވެ. އޭރު އެންމެންވެސް ތިބީ ހީކަރުވާ ގޮތްވެފައެވެ. ހުރިހާ އެއްޗިސްއެއް ދޯންޏަށް އެރުވުމުގެ މަސައްކަތުގައި ފިރިހެންވެރިންނަށް އެހީތެރިވެދިނުމުގައި އަންހެންވެރިންވެސް އުޅުނެވެ. އެންމެންވެސް އަވަސްކޮށްލާގެން އުޅުނީ ބޯމަތިވަމުން އައި ވިއްސާރައިގައިޖެހުމުގެ ކުރިން އަވަހަށް އެމީހުންގެ މަންޒިލަށް ދެވޭތޯއެވެ.
އެންމެން ދޯންޏަށް އެރުމުން ދޯނިނައްޓާލިއެވެ. ވަކި ހިސާބަކަށް ދިޔަތަނާ ވައިބާރުވެ ވިއްސާރައިގެ އަސަރުތައް ފެންނަން ފެށިއެވެ. މޫދުވެސް ގަދަކަމުން ހީވަނީ ދޯނި ބަންޑުން ޖަހައިލާނެ ހެންނެވެ. އެންމެންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މަޑުމަޑުން ދުނިޔެމަތިވެސް އަނދިރިވަމުން ދިޔައެވެ. އަންހެންވެރިންގެ ރުއިމުގެ އަޑު ދޯނިތެރޭގައި ހަރުލާފައިވިއެވެ.
ދޯނީގެ އެއް ކަނެއްގައި އިން އަވްލީން ވެސް އިނީ ބިރުންނެވެ. ވައިގަދަކަމުން ހީކަރުވައިގެން ގޮސް ވެސް ހީވަނީ މީހާ ރޫޅިދާނެހެންނެވެ. އަވްލީން އިނީ ފާޑަކަށް މޭނުބައިކޮށް ހޮޑުލަވާ ގޮތްވެސް ވެފައެވެ.
“ތޫ އަހަރެން އެބަ ވަރަށް ހޮޑުލަވާގޮތްވޭ. ކިހިނެއް ހަދާނީ ދެން؟” ކައިރީގައި އިން ތޫބާ ގައިގާ ކޮއްޓާލަމުން އަވްލީން އަހައިލިއެވެ.
“މިހާ ގަދަކޮށް އޮއްވާ އެކަނި ދާކަށް އެހާ ސޭފްއެއްނުވާނެ. ރާދް އަށް ގޮވާލަންތަ ލީން ގޮވާގެން ދާން އަންނަން؟” އަވްލީން އެކަނި ހޮޑުލާން މަތިކަންމައްޗާއި ދިމާއަށް ދާކަށް ތޫބާ އެއްބަހެއްނުވިއެވެ.
ތޫބާއަށް ރާދިންއަށް ގޮވާނުލެވި އުޅެނިކޮށް ދެން ނީނދެވޭނެހެން ހީވުމުން އަވްލީން ތެދުވެގެން ދޯނީގެ މަތިކަންމައްޗާއި ދިމާލަށް ދުއްވައިގަތެވެ. މި މަންޒަރު ފެނިފައި ތަންކޮޅެއް ދުރުގައި އިން ރާދިން ވެސް އެ ދިމާލަށް ދާން ތެދުވި ނަމަވެސް އަރިއަޅާލައިފައި ވެއްޓެންދިޔަ އަވްލީން ފެނުމުން ހިތް ހުއްޓުނުކަހަލަ އިހްސާސެއްކުރެވުނެވެ. ތޫބާވެސް އިނީ ފެނުނު މަންޒަރަކުން ދެލޯބޮޑުވެ މޭގަނޑު އަތަށް އަންނަވަރުވެފައެވެ.
“ލީންންންންންްން” ރާދިންއަށް ބާރަކަށް އަވްލީންއަށް ގޮވާލެވުނެވެ.
އެއްޗެއްގައި އަޅައިގަނެފައި ވެއްޓެން ދިޔަ އަވްލީންގެ ހަޅޭކުގެ އަޑަށް ދޯނީގައި ތިބި އެންމެން އެދިމާލަށް ބަލައިލިއެވެ. އަވްލީންގެ އަތުގައި ހިފޭތޯ ދުއްވައިގަން ރާދިން އަށް އަވްލީން އާއި ހިސާބަށް ދެވުމުކުރިން ދޯނިން ބޭރަށް އަވްލީން ވެއްޓުނެވެ. ހަތަރު އުދަރެެސް ފެނުޖެހިފައިހުރި މީހެއް ފަދައިން ރާދިން އަށް ކުޑައިރުކޮޅަކު ގަބުވެފައިހުރެވުނެވެ.
= ނުނިމޭ =
10 Comments!
Comments are closed.
Dhen kihinehba vany ..?????so curious to knw .. what will happen next …plx up ssonn
. Vaaane goiy balamaa dhw dear
In sha allah next part ves vrh avahah up kolladheynan ?❤️??
Alhe konmes gothakun alveen salaamaiy kohdheythi Ehennoonee raadhu fakeeru moya vedhaane
Ehehehe Noor dear lets see dhw raadhu ah vaaane gotheh ves ?
Keep waiting for the next part ?❤️??
varah interest ?…alveen awlhey so sad alveen a dhera gothe viya nudheche??
Next part akaun ingeyne ennu dhn leeen ah vaa gotheh ves dhw dear ❤️?
Keep waiting ???
Alhey this story is the bestest story I’ve read so far … ❤️❤️❤️❤️.. thankyew dear writer for uploading this story so fast . Keep going ..all the best
Thankiu Yaila dear for your support ?❤️???
So happy to know that you liked the story ?❤️?
Mamma kihineiy ba vaany ????
alhe alhe alhe………… vvv curious vefa mi hiry avahah up kohdhechey
love ya ??
Lets see what happens next ?
Next part in sha allah mardhan up kolladheynan ?❤️???