
ވާ ލޯބި އެނގޭ ނަމަ 14
“ދަރިފުޅާ ދޮން މަންމަގެ ވާހަކަތަކާއި މާބޮޑަށް އަޅާލާނެކަމެއް ނެތް. ބައްޕަ އައީ ދަރިފުޅު މެލޭޝިޔާއަށް ދާން ހަމަޖެހިފައި އޮތީމަ އެ ވާހަކަ ބުނެލަން. އަންނަ ހަފްތާ ހޮނިހިރުގައި ފުރުން އިނީ. ދަރިފުޅު ތައްޔާރުވެގެން ހުންނާތި.” މިރުހާން ކުޑައިރުކޮޅަކު އަވްލީން އާއި ވާހަކަ ދައްކަން ހުރުމަށް ފަހު އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔުމުން އަވްލީން ވެސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ގޭތެރެއަށް ވަދެގެންއައި މައިރާ ހުރީ އެގޭގެ ރީތިކަން ފެނި ރަނގަޅަށް ވެސް އާޝޯހުވެފައެވެ. ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ މުއްސަނދިކަމެވެ. ބޮޑު ހޯލުގެ ތެރޭގައި އެންމެ ޝާހީ ވައްތަރުގެ ބޮޑު ސޯފާސެޓެއް ބެހެއްޓިފައިވާއިރު ސޯފާތަކުގެ ކުރިމަތީގައި ބޮޑު ޓީވީ އެއް ހަރުކޮށްފައި ހުއްޓެވެ. ކަނާއަތް ފަރާާތުގައި މައްޗަށް ދެވޭގޮތަށް ސިޑި ބަރިއެއް ހުއްޓެވެ. ގޭތެރޭގައި ލައިފައިވާ ކުލަ އާއި ބޭނުން ކޮށްފައިވާ ތަކެތި ފެހި ކުލައިން ހުރުމުން ހިތްގައިމުކަމަށް ދައްކައެވެ. މައިރާއަށް އެންމެ އަޅައަގަންނަ އެއްޗަކަށް ދިމާވީ ސިޓިންރޫމްގެ މެދުގައި ހަރުކޮށްފައި ހުރި ބޮޑު ޗާންދަލިއާއެވެ. ފޮޓޯ ތަކުން އެފަދަ ރީތި އެއްޗިސް ފެނިފައިވީ ނަމަވެސް ހަމަ ލޮލަށް ފެނުނުމީ ފުރަތަމަ ފަހަރެވެ.
“ވާއު މާހިލް. ވަރަށް ސަޅި މިގެ.” މައިރާ އޭނާގެ ހިތުގައިވާ އެއްޗެއް ބޭރުކޮށްލިއެވެ. އެއާއިކު މާހިލްގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
“އާދެބަލަ.” މާހިލް މައިރާގެ އަތުގައި ހިފައިގެން މައްޗަށް ދެވެން ހުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ކުޑަކޮށް ހިތްނުތަނަވަސްވެފައި ހުރި ނަމަވެސް މާހިލް އާއި އެކު މައިރާ ވެސް ސިޑިން މައްޗަށް އެރިއެވެ. މާހިލް މައިރާ ގޮވައިގެން ގޮސް އެރީ އެ ގޭގެ ބޮޑު ޓެރަސްއަށެވެ. އެތަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން މައިރާ އަޖައިބުވިއެވެ. އެކިކަހަލަ މާތަކުން މުޅި ތަން ވަނީ ޒީނަތްތެރިކުރެވިފައެވެ. ޓެރެސްގެ މެދުގައި ދެމީހުންނަށް އިށީންދެވޭ ގޮތަށް މޭޒަކާއި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. މުޅިތަން ދިއްލާލެވިފައިވަނީ އުއްބަތީގެ ރީތި އަލިންނެވެ.
މައިރާ އެކި ދިމަދިމާލަށް ބަލަމުން ފަހަތަށް އެނބުރުނުތަނާ ހުއްޓުން އެރީ މާހިލް އެއް ކަކޫ ކައްޗަށް ތިރިވެގެން އިނުމުންނެވެ. ކޮންމެވެސް ވަރަކަށް މިވާން އުޅެނީ ކިހިނެތްކަން މައިރާއަށް އަންދާޒާކޮށްލެވުނު ނަމަވެސް އޭނާ ހުރީ ޝޮކެއްގައެވެ.
“މައި އެހެން މީހުންހެން އެހާ ރޮމޭޓިކް ވާން އަހަރެންނަށް ފަހަރެއްްގައި ނޭނގިދާނެ. ސޯ ސީދާ ޕޮއިންޓަށް ދާނަން އިނގޭ.” ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މާހިލް ބުނެލި ބަސްތަކުން މައިރާ ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. ނަމަވެސް ބަހަކުން ބަހެއް ނުކިޔާ ހުރިގޮތަށް ހުރީ މާހިލް ދައްކާ ވާހަކައެއް އަޑުއެހުމަށެވެ.
“އެންމެ ފުރަތަމަ ދުވަހުވެސް މައި ފެނުނު އިރަށް މިހިތަށް ގޮތެއްވެގެން ދިޔަ. ފުރަތަމަ ފެނިލުމުންވެސް މައި އަހަރެންނަށް ހާއްސަވި. ސޯ ޢާއިޝަތު މައިރާ. ވިލް ޔޫ މެރީ މީ އެންޑް މޭކް މީ ދި މޮސްޓް ހެޕިއަސްޓް ޕާސަން އިން ތިސް ވޯލްޑް؟” މާހިލް އޭނާގެ ކަނާއަތް މައިރާ އާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ.
މައިރާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. މިއީ ހުދު އޭނާވެސް ބޭނުންވާ ކަމަކެވެ. އޭނާވެސް މާހިލްގެ ހައްގަކަށް ވާން ބޭނުންވެއެވެ. ނަމަވެސް ކުއްލިއަކަށް މާހިލް އެހެން އެހުމުން ދޭނެ ޖަވާބެއް ނުވިސްނުނީ ކަންނޭނގެއެވެ. އޭރު އެ މޫނުމަތީގައި ލަދުރަކި ހިނިތުންވުމެއްވިއެވެ.
“ދެން އަވަހަށް ޖަވާބެއް ދީބަލަ ދޯ. މުޅި އުމުރު މިހެން އިންނަން ވީތަ؟ ފަޔަށް ތަދުވެޔޭ އެބަ މިހާރުވެސް.” އެއްމިޔަނަކުން ހީލަމުން މާހިލް ބުނެލި ޖުމްލަ އާއި އެކު މައިރާ އަވަސް އަވަހަށް މާހިލް ދިއްކޮށްގެން އިން އަތުގެ ތެރެއަށް އޭނާގެ އަތްލުމަށް ފަހު “ޔެސް” އޭ ބުނެލިއެެވެ.
މާހިލް އޭނާގެ އަތުގައި އޮތް އަނގޮއްޓި މައިރާގެ ވާއަތުގެ ކަށި އިނގިލީގައި އަޅުވާދިނުމަށް ފަހު ލޯބިން އެ އަތުގައި ބޮސް ދިނެވެ. އަދި ތެދުވެ މައިރާ ގައިގާ ބައްދާލިއެވެ.
“ވަރަށް ހެޕީ ވެއްޖެ މިރޭގައި މައި. ދުވަހަކުވެސް މައި އަށް ދެރަގޮތެއް ވިޔަކަ ނުދޭނަން. މައި އެކަނިކޮށްނުލާނަން. އައި ލަވް ޔޫ މައި ޕްރިންސަސް.” މައިރާގެ ނިއްކުރީގައި ބޮސްދެމުން މާހިލް ބުނެލިއެވެ.
“ލަވް ޔޫ ޓޫ އެކޭވެސް ނުބުނާންތަ؟” މައިރާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މާހިލް މައިރާގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.
“ނުބުންޔަސް އިނގެ އެންނު ދެން.” މައިރާގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ. މާހިލްއަށް ވެސް އެ އަޑު އިވުނީ އެހާ ކައިރީގައި ހުރީމައެވެ.
“އެނގުނަސް ވެސް މައިގެ ދުލުން އެހެން ބުނާ އަޑުއަހަން ބޭނުންވަނީ. ދެން ބުނެބަލަ.” މައިރާގެ މޫނުގައި ދެއަތުން ހިފައިލަމުން މާހިލް ބުނެލިއެވެ.
“އައި ލަވް ޔޫ ޓޫ.” މައިރާ އެހެން ބުނެލުމާއެކު ލަދުން މޫނުމަތީގައި އަތް އަޅާލިއެވެ. އެއާއިކު އިވިގެން ދިޔައީ މާހިލްގެ މަޑު ހުނުމުގެ އަޑެވެ.
“އާދެބަލަ މިތާ އިށީންނަން.” މާހިލް މައިރާގެ އަތުގައި ހިފައިގެން ގޮސް ބެއިންދީ މޭޒުކައިރީގައި އިން ގޮނޑިއެއްގައެވެ. އަދި މައިރާ އާއި ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައި އޭނާ އިށީންނެވެ.
“މައި އަސްލު އެބަ އޮތް އެހެން ވާހަކައެއް ދައްކަންވެފަވެސް އަސްލު.” މާހިލްގެ އަޑުގައި ހުރި ސީރިއަސް ކަމުން މައިރާވެސް އޭނާގެ ހުރިހާ ސަމާލުކަމެއް މާހިލް ދައްކަން އުޅޭ ވާހަކައަށް ދިނެވެ.
“އަސްލު މިއަދު އަހަރެންނާއި ރާހިލް ރާދްގެ ކެބިންގެ ބޭރުގަ ތިއްބާ ރާދިން އާއި އަންޖަލް ދެއްކި ވާހަކަތައް އިއްތިފާގަކުން އަޑުއިވުނީ.” މާހިލް މިހާ ހިސާބަށް ބުނެފައި ވާހަކަ ހުއްޓާލިއެވެ.
“ސޯ. އޭގަ ކޮބާ މާ ސީރިއަސް ކަމަކީ. އެދެމީހުން އުޅެނީ އިންނާކަށްނު އެހެންވީމަ އެ އަންޖަލް ރާދިންގެ ކެބިންއަށް ވަދެ ރާދިން އާއި ވާހަކަ ދެއްކުމަކުން މައްސަލައެއްނެތެއްނު.” މައިރާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމާއި ފޫހިކަމެވެ.
“އިހަށް މަޑުކޮށްބަލަ. އެމީހުން ދެއްކީ ކޮން ވާހަކައެއްކަން އިނގޭތަ؟” މާހިލް މައިރާގެ ވާހަކަ މެދުކަނޑައިލަމުން އަހައިލިއެވެ.
“އަހަރެންނަށް ކީއްތަ އެމީހުން ކޮންމެ ވާހަކައެއް ދެއްކިއްޔާ. މަށެއް ނޫޅެން އެމީހުން ދައްކާހާ ވާހަކައެއް ބަލާކަށް.” މައިރާ ތުންދަމައިލަމުން ބުނެލިގޮތުން މާހިލް ގާތަށް ހިނިއައެވެ. ނަމަވެސް ވާހަަކައިގެ ގޮތުން ވަގުތުން މޫނު މައްޗަށް ސީރިއަސްކަން ވެރިކުރިއެވެ.
“މައި އަޑުއަހާބަލަ އިހަށް. އެނގޭތަ ރާދް ކައިވެންޏަށް އިންކާރުކުރީ އެ އަންޖަލް ކޮންމެސް ކަމަކާ ރާދް ބްލެމެއިލްކޮށްގެން. އޭނަ ރާދް އާއި ދިމާލަށް ބުން ލީން އާއި ދުވަހަކުވެސް ގުޅުނަކަ ނުދޭނަމޭ. އަހަރެމެން ދެމީހުންވެސް ތިބީ އެ ވާހަކަތައް އަޑުއިވިފަ ޝޮކެއްގަ ހަމަ.” މާހިލް ވެގެން އުޅޭގޮތް މައިރާއަށް ކިޔާދިނެވެ.
“ކޮންކަމަކަށް ތަ އޭނަ ރާދިން އަށް ބްލެކްމެއިލް ކުރާނީ. ތިވާނީ މާހިލް މެން އަޑު އަހަން ތިބީމަ މާހިލް މެންނަށް އަޑު އިއްވަންކީ އެއްޗެއްކަމަށް.” މައިރާ އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
“ނޫނެކޭ މައި. އެމީހުންނަށް ނުވެސް އިނގޭނެ އަހަރެމެން އެތާ އަޑުއަހަން ތިބި ކަމެއް. އެންޑް އަަންޖަލް އެތަނުން ނިކުމެގެން ދިޔަ ފަހުން އަހަރެމެން ގޮސް ރާދް އާއި ސުވާލުކުރީމަ އޭނަގެ މޫނުމަތިން ފެނުނު ކުލަވަރުންވެސް އެނގޭ އެއީ ހަމަ ތެދެއްކަން. ރާދް ލޯބި ވަނީ ލީން ދެކެ. އަހަރެމެން އަހަ އަހައިވެސް ރާދް އެއް ނުބުން އެ އަންޖަލް ރާދް އަށް ބްލެކްމެއިލް ކުރަނީ ކޮންކަމަކާ ކަމެއް. ބުނިހާވެސް އެއްޗަކީ މިހާރު މާ ލަސްވެއްޖެއޭ.” މާހިލް މައިރާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“ދެން.؟” މައިރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަވްލީން އާއި ދޭތެރޭގައި އެފަދަ ގޮތަކަށް ކަންތައްކުރުމުން އޭނާ ހުންނަނީ ރާދިން ދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ.
“އަހަރެމެން އެ ސަބަބެއް ހޯދަންވީ ދެން. ހޯދާފަ ރާދް އާއި ލީން ގުޅުވަންވީ. އެދެމީހުން ވެސް ލޯބިވަނީ އެކަކު އަނެކަކު ދެކެ.” މާހިލް އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
“އެކަމް މާހް. ލީން ބޭނުމެއްނުވޭ މިހާރު ރާދިންގެ ނަންވެސް އަޑުއަހާކަށް. އެންޑް މާހްއަށް ވެސް އެނގެއެއްނު ނެކްސްޓް ވީކްގަ ލީން މެލޭ އަށް ދާން ފުރާކަން.”
“ލީން އަށް ހަގީގަތް އެނގުނީމަ އެހުރިހާ ކަމެއް ހައްލުވާނެއޭ. އެންޑް އަހަރެންނަށް ވެސް އިނގޭ ލީން ފުރަން އުޅޭކަން. ސޯ އޭގެ ކުރިން މިކަން އެއްކޮޅަކު ޖައްސަން ވާނެ.” މައިރާގެ އަތްމަތީގައި އޭނާގެ އަތް ބާއްވައިލަމުން މާހިލް ބުނެލިއެވެ.
“އޯކޭ ދެން ޓްރައި ކުރާނީ ދޯ. އެކަމް ލީން ދެރެވާކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަހަރެން ބޭނުމެއް ނޫން ތިކަމެއް އެއްކޮށް ހައްލުވުމުގެ ކުރިން ލީންއަށް ފޭކް ހޯޕެއް ދޭކަށް.” މައިރާ އެއްބަސްވި ނަމަވެސް ޝަރުތެއްކޮށްލިއެވެ.
“އޯކޭ މައި ޖާން. ލީން އަށް ދެރެވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނަން. ހެޕީ؟” މައިރާގެ ކޮލުގައި ހިފައިލަމުން މާހިލް އަހައިލިއެވެ. ޖަވާބުގައި މައިރާވެސް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.
*************
ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ވަދެގެން އައި ރާދިން އާއި ކުރިމަތިލީ ހަމަހިމޭންކަމެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އެހެންކަމުން އޭނާވެސް މަޑު ހިނގުމެއްގައި ސިޑިން އަރައިގެން ކޮޓަރިއަށް ވަންނަން ދިޔައެވެ.
“ރޯޒް ކޮބާ މޮމް މެން؟ ގޭގަަ ނޫޅެނީތަ؟” ގޭތެރޭގައި މަސައްކަތްކުރަން ގެންގުޅޭ ބޭރު އަންހެން ކުއްޖާ ފެނުމުން ރާދިން އޭނާ ގާތުގައި ރިޔާދު މެން ވީތަނެއް އިނގޭތޯ އަހައިލިއެވެ.
“ބޮސް އާއި މެޑަމް ބޭރަށް ދަނީ. ބުނަނީ ފްރެންޑެއްގެ ޕާޓީއަށް ދަނީ.” ހިނިތުންވެލަމުން ރޯޒް ރާދިންއަށް ޖަވާބުދިނެވެ.
ކޮޓަރިއަށް ވަން ގޮތަށް ރާދިން އޭނާގެ ކަރުގައި އަޅާފައި އޮތް ޓައީ ދޫކޮށްލައި ސޯފާ މައްޗަށް އެއްލާލިއެވެ. އަދި ގަމީސް ބޭލުމަށް ފަހު ތުވާޔެއް ހިފައިގެން ފާހާނާއަށް ވަނެވެ. ފެންވަރައިގެން ނިކުމެ ރާދިން އެނދުގައި އޮށޯވެތީ ވަރުބަލިވެފައިވުމުން އަރާމުކޮށްލުމަށެވެ. ނަމަވެސް އެނދުގައި އޮށޯތުމާއި އެކު އަވްލީންގެ ހަނދާންތައް އެ ހިތުގައި އާވާންފެށިއެވެ. އެކުގައި ހޭދަކުރެވުނު ލޯބިވެތި ވަގުތުތައް ކުރިމަތިން ފެންނަން ފެށިއެވެ. އެންމެފަހުން ރާދިން އޭނާގެ ފޯނުނަގައި ގެލެރީއިން “މައި ލަވް” ޖަހާފައި އިން ފޯލްޑަރ އެއް ހުޅުވާލިއެވެ. އެ ފޯލްޑަރ ގައި ހުރިހާ ހުސް އަވްލީންގެ ފޮޓޯއެވެ. ފަހަރަކު ފޮޓޯއަކަށް ފަލަމުން ދިޔަ ރާދިންގެ ދެލޯވެސް ކަރުނުން ފޯވަމުން ދިޔައެވެ.
“އައި އޭމް ސޮރީ ލީން. ލީންއަށް ހާޓް ކުރެވުނީމަ. އެކަމް އަހަރެންނަށް މި ނޫން އެހެން ގޮތެއް ނެތީ ލީން. އިނގޭ މިހާރު ލީން އަހަރެންނަށް ނަފްރަތުކުރާނެކަންވެސް. ބަޓް ސްޓިލް އައި ލަވް ޔޫ އެންޑް އޯލްވޭސް ވިލް.” ފޯނުގައި އިން އަވްލީންގެ ފޮޓޯގަނޑާއި މުހާތަބުކޮށް ރާދިން ވާހަކަދައްކަމުން ދިޔައެވެ. ފިރިހެނަކަށް ވީ ނަމަވެސް މިއަދު އޭނާ ވަނީ ބަލިކަށިވެފައެވެ. ލޯބީގައި ނާކާމިޔާބުވުމުން މާޔޫސްވެފައެވެ. ކިތެއްމެ ގިނަ ފައިސާއެއް ހުރި ނަމަވެސް މިއަދު އޭގެ އެއްވެސް ފައިދާއެއް ނެތެވެ. އެހިތަށް ބޭނުންވާ ހަމަޖެހުން ފައިސާއަކުން ގަނެވޭކަށް ނެތެވެ.
“ރާދް ދެން އަމިއްލަ މީހާ އަށާއި ލީން އަށް ދެރައެއްނުދީ އަހަރެމެންނަށް ތި ވެގެން އުޅޭގޮތެއް ކިޔާދީބަލަ. އޭރުން އަހަރެމެން އެހީތެރިވެދޭނަމޭ. ރާދް ތިހެން ހުއްޓާ ވަގުތު ފާއިތުވެގެން ގޮސްދާނެ.” ރާދިންގެ ކޮޓަރީ ބޭރުގައި ރާދިންގެ ވާހަކަތައް އަޑުއަހަން ތިބުމަށް ފަހު އެތެރެއަށް ވަންނަމުން މާހިލް ބުނެލިއެވެ. ރާދިން ދިޔައީ ސިއްސާގެންނެވެ. ވަގުތުން އަތުގައި އޮތް ފޯނު ނިއްވާލުމަށް ފަހު ތެދުވެ އިށީނެވެ. މާހިލް އާއި އެއްކޮށް އޭނާގެ ފަހަތުން ރާހިލް ވެސް އެތެރެއަށް ވަދެގެންއައެވެ.
“މާހް އެބުނީ ތެދެއް ރާދް. ތިވެގެން އުޅޭގޮތެއް އަހަރެމެންނަށް ކިޔާދީބަލަ.” ރާހިލްވެސް މާހިލްގެ ބަހަށް ތާއީދުކުރަމުން ބުނެލިއެވެ.
ކުޑައިރުކޮޅެއްގެ ހިމޭންކަމަށް ފަހު ދެން އިވިގެން ދިޔައީ ރާދިންގެ ގިސްލުމުގެ އަޑެވެ.
“ރާދް ވެގެން އުޅޭގޮތް ނުބުނެ ތިހެން ރޮޔަސް އަހަރެމެންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ދެންވެސް ކިޔާދީބަލަ.” ރާދިން ރޯއަޑުއިވުމުން މާހިލް ވެސް ދެރަވިއެވެ. ނަމަވެސް އެމީހުންނަށް އެހީތެރިވެވޭނީ ވެސް ވެގެން އުޅޭގޮތެއް ރާދިން ކިޔާދިނީމަ ނޫން ހެއްޔެވެ.
“އަހަރެން ވަރަށް ލޯބިވޭ ލީން ދެކެ. އެކަމް… އެކަމް ދުވަހަކުވެސް ލީންގެ ލޯބި ލިބުމެއް އަހަރެންގެ ނަސީބަކު ނެތް. ދުވަހަކުވެސް ލީންގެ ނަން މި ހިތަކުން ފޮހެވިގެންނެއްނުދާނެ.” ރާދިން ހިއްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. ދެން އެދެމީހުން އެކުގައި އުޅެވޭކަށް ނެތް ކަން މާހިލް މެންނަށް ވިސްނައިދެވޭތޯ ރާދިން މަސައްކަތްކުރިއެވެ. އަންޖަލް އަށް މީގެ އެއްވެސް ކަމެއްގެ ހިލަމެއް ވެއްޖެނަމަ ވާނެ ގޮތް ރާދިން އަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. އެހެންކަމުން އެގޮތަށް ކަންތައް ވެގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ކީއްވެ ދެމީހުން އެކުގައި އުޅެވެން ނެތީ؟ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވޭ ދެން ކީއްވެ؟ ތިހެން ގިވް އަޕް ކުރާކަށް ނުވާނެ ރާދް ދިސް އިސް އެބައުޓް ޔުއަ ލައިފް.” ރާހިލް ބެލީ ދެންވެސް ރާދިން އަށް ވިސްނައިދެވޭތޯއެވެ.
“ކީއްވެގެންތަ ތި ދެމީހުން މިކިޔާ އެއްޗެއް ގަބޫލުނުކުރެވިގެން ތިއުޅެނީ. މިބުނީ އެއްނު ތީ ވާނެ ކަމެއް ނޫނޭ އިތުރަށް ދެން ތި ވާހަކަ ނުދައްކާ ދެމީހުންވެސް މިތަނުންދޭ.” ރާދިން ގާތަށް ރުޅިއަންނަގޮތްވީ މާހިލް މެން އޭނާ ބުނާއެއްޗެއް އަޑުނާހާތީއެވެ. ވެގެން އުޅޭގޮތް ކިޔާދެވޭކަށް އޭނާއަކަށް ނެތެވެ. އެވަރުގެ ބޮޑު ރިސްކެއް ނަގާކަށް ރާދިން ބޭނުމެއް ނޫނެވެ.
“ރާދް ކިތެއްމެ ވަރަކަށް ކިޔަސް ވީ ގޮތެއް ނުބުނަނިސް އަހަރެމެންނެއް މިތާކުންނެއް ނުދާނަން. ރާދްއަށް ވެސް މިތާކުން ނުދެވޭނެ އަހަރެމެންނަށް ހަގީގަތްކިޔާނުދީއެއް. ހޮސްޕިޓަލުން އެހެން ބުނީމަ ނިކުމެގެން ދިޔައީ އެތަކުގައި ބޮޑު ސީންއެއް ކްރިއޭޓް ނުކުރަންވެގެން. އެކަމް މިގަޑީ ނުދާނަން ޖަވާބު ނުލިބެނިސް.” މާހިލްވެސް ސާބިތުކަމާއި އެކު ބުނެލިއެވެ.
“ކީއްވެގެންތަ ދެމީހުން ބުނާއެއްޗެއް ގަބޫލުނުކޮށްގެން ތި އުޅޭނީ. މިބުނީނު ތި ވާހަކަ ހުއްޓާށޭ.” ރާދިންގެ ރުޅި ހައްތަހާ ބޮޑުވާގޮތްވިއެވެ.
“މައްސަލައެއްނެތޭ. އަހަރެމެން ބޭނުންވަނީ ވީގޮތް އެންގެން. ރާދް ޖަވާބު ނުދެނިސް ނުދާނަން މިރެޔަކު.” މިފަހަރު ރާދިންއަށް ޖަވާބު ދިނީ ރާހިލް އެެވެ.
“މިބުނީ އެއްނު އަހަރެންނާއި އަވްލީން އަށް އެކުގައި އުޅެވޭކަށް ނެތޭ. މީގެން އެއްވެސް ކަމެއް އަންޖަލް އަށް އެނގިއްޖެއްޔާ އޭނާ ލީންއަށް ކޮންމެ ފަދަ ގޮތެއް ހަދާކަށްވެސް ފަހެއްނުޖެހޭނެ. ކީއްވެގެންތަ ގަބޫލުނުކޮށްގެން ތިއުޅެނީ. އަންޖަލް ލީން މަރާލަ…” ރާދިންއަށް ހުއްޓާލެވުނީ ބުނެވުނު އެއްޗެއް ފަހުމް ވުމުންނެވެ. މީ ދުވަހަކުވެސް އޭނާ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. ނަމަވެސް އައި ރުޅީގައި ހުރިހާ އެއްޗެއް ދުލުން ބޭރުކުރެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.
= ނުނިމޭ =
10 Comments!
Comments are closed.
haadha lahey
Sorry dear hama busy kamun nuvany. Free v ma liyelaafa up kohfa eynii ☺️☺️
Wow wow wow wow wow speechless…….Aami is back dhw….when is next part can’t wait…..?????
Next part ves in sha allah vrh avahah up kolladheynan ??
Nd thanks for your support. Story up vaaane irakah kehtherikamaa eku wait kureethee ves thanks hama ❤️??
Next part avahah up kohba, haadhahaa lahe part thah up kuraalei, nice story, waiting waiting, avahah up kohba next part
Vrh avahah next part ves up kolladheynan in sha allah ??❤️❤️
Busy kamun hama up nukoh lasvee ❤️❤️??
Aww maahil aa mairaa a haaadha romantic ey heheh ???alhey leen fakeeru a vaagothun varah dhera vey…I hope leen Malaysia a nugos madukuraane kamah ?mi Part vx varah reethi…? curiously waiting for next part ly ??
Dhn lets see dhw dhn anna part akun vaa gotheh. In sha allah hama vrh avahah up kolladheveythw balaanan ?❤️❤️❤️
la ilaha illa Allah
kihinehtha mivany rankolhaa?????
Maahmenah Raadh ge love hoadhaa dhevijjiyyaa rangalhu eyna Malay nufuranis
n avahah up kodhdhechey vvvreethi vaahaka eh mi 😀 😀 😀
koba next part