Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 13

Aami Level 210 Stories100 Comments
November 24, 2018 5 Mins Read
13 Comments

މިހުރިހާ އިރު ކެބިންގެ ބޭރުގައި އަންޖަލް އާއި ރާދިންގެ ވާހަކަތައް އަޑުއަހަން ތިބި މާހިލް އާއި ރާހިލް ތިބީ ހައިރާންވެފައެވެ. ކަންތައް މިފަދަ ގޮތަކަށް ހިނގާފާނެކަމަކަށް އެމީހުން ހިޔެއްނުކުރެއެވެ.

“ކޮބާ ރާހިލް އަހަރެން އޭރުވެސް ބުނީމެއްނު ސަބަބެއް ނެތި ރާދިން އެފަދަ ގޮތަކަށް ކަންތަކެއް ނުކުރާނެޏޭ. ރާދިން އެއީ އިއްޔެއަކު ނޫނީ މިއަދު އަހަރެމެންނަށް ފެނުނު މީހެއް ނޫނޭ. އަވްލީން ކީއްކުރަން އެހެން ކުއްޖެއް ނަމަވެސް އެފަދަ ގޮތަކަށް ކައިވެންޏަކާއި ހަމައަށް ގެންގޮސްފަ އެފަދަ ގޮތަކަށް ރާދް އެއް ކަންތަކެއް ނުކުރާނެ. އެންޑް އަވްލީން އެއީ ރާދް ގެ ފަސްޓް ލަވް އެހެންވީ އިރު ލީން އަށް އެފަދަ ހިތާމައެއް ރާދް އެއް ނުދޭނެއެއްނު.” މާހިލް އޭނާގެ ހިތުގައިވާ އެއްޗެއް ރާހިލްއަށް ކިޔާދިނެވެ. ރާދިން އެފަދަ ކަމެއް ސަބަބެއްނެތި ނުކިރާނެ ކަމަށް މާހިލް އެތައް ފަހަރަކު ބުންޏެވެ. ނަމަވެސް ރާހިލް އެ ވާހަކައަށް ބީރުކަންފަތެއް ދިނީއެވެ.

“އެކަމް އަންޖަލް ކިހިނެއް ރާދް ބްލެކްމެއިލް އެކުރަނީ؟ ކޮން މަޖުބޫރީއެއް އޮވެގެން ރާދް އެފަދަ ބޮޑު ފިޔަވަޅެއް އެޅީ.” ރާހިލް އަދިވެސް ހުރީ ޝޮކެއްގައެވެ. ރާދިން އަށް އިތުބާރުނުކުރެވުމުން ދެރަވާގޮތްވިއެވެ.

“ތިހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ އަދި.” މާހިލް ހިނިތުންވެލީ ދެން ރާދިން އާއި އަވްލީން އާއި ދެމެދަށް އަންޖަލްގެ ހިޔަނިވެސް އެޅުނަ ނުދޭނެކަމަށް ހިތުގައި ވަރުގަދަ އަޒުމެއްކަނޑައަޅައިގެންނެވެ.

“އެކަމް މާހް އަހަރެމެން އަތަކު ނެތޭ އެހާ ގިނަ ވަގުތެއް. މާދަން ރާދް އާއި އެ އަންޖަލްގެ ކައިވެނިކުރާން ހަމަޖައްސާފަ އޮތީ. އަނެއްކާ ލީން ވެސް އެޅުނީ މެލޭއަށް ދާން.އެހެން ނޫނަސް ރާދް އޭ ކިޔާގެން ދައްކާއެއްވެސް ވާހަކައެއް އޭނަ އަޑު އަހާކަށް ބޭނުމެއްނުވާނެ. ދެން ކިހިނެއް އަހަރެމެން މިކަންތަކުން ރާދް ސަލާމަތްކުރާނީވެސް.” ރާހިލް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތައް މާހިލް އާއި ހިއްސާކުރިއެވެ.

“އިނގޭ ވަގުތެއް ނެތްކަންވެސް. އެކަމްވެސް ޓްރައިކުރެވާނެއެއްނު. ލީން ހަމައަކަށްއެޅުވޭނެ އިންޝާﷲ. ރާދްގެ މަޖުބޫރީ ހާލަތު އެނގުމުން ލީން އަންޑަސްޓޭންޑް ވާނެ.” މާހިލް އޭނާއަށް ފެންނަގޮތް ބުންޏެވެ.

“މިހުރިހާ ވާހަކައެއް ބާއްވާފަ ފުރަތަމަ އަންޖަލް ރާދް ބްލެކްމެއިލް އެކުރަނީ ކޮންމަކާއި ކަން ހޯދަންޖެހޭ. ލެޓްސް ގޯ މާހް، ރާދް ނީޑް އަސް.” މާހިލްގެ ކޮނޑުގައި އަތްއަޅުވައިލަމުން ރާހިލް ބުނެލިއެވެ.

ކެބިންގެ ތެރެއަށް ވަދެގެން އައި ރާހިލް އާއި މާހިލް ފެނިފައި ރާދިން ސުވާލުގެ ނަޒަރަކުން ދެމީހުންނަށް ބަލަން އިނެވެ.

“އަހަރެމެންނަށް ހުރިހާ ކަމެއް އެނގިއްޖެ ރާދް. ކީއްވެ ކުރިން ނުބުނީ ކިހާ ކްލޯޒްކޮށް އަހަރެމެން އުޅުނީ. ރާދް ބުނެލި ނަމަ ތިކަންތަކުން ސަލާމަތްވާން ވެސް އަހަރެމެން އެހީތެރިވީމުސްއޭ.” ރާދިން ބަލަން އިންގޮތުން ރާހިލް ވާހަކަދެއްކިއެވެ.

“ކީކޭ ތި ކިޔަނީ ދެމީހުން މިހާރު؟” ރާދިން ކުޑަކޮށް ހާސްވާގޮތްވިއެވެ. އަންޖަލް އާއި އޭނާ އާއި ދެމެދު ދެކެވުނު ވާހަކަތައް އެ ދެމީހުންނަށް އެނގުނުކަމަށް ރާދިންގެ ހިތް ބުނަމުންދިޔައެވެ.

“އަދިވެސް ރާދް ތިބަލަނީ އޮޅުވާލެވޭތޯތަ؟ އަންޖަލް އާއި ރާދް ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނޭ އަހަރެމެން ދެމީހުންނަށް. ދެންވެސް ތި ވެގެން އުޅޭގޮތެއް ކިޔާދީބަލަ.” މާހިލް ރާދިން އިށީންދެގެން އިން ގޮނޑީގެ ކުރިމައްޗަށްވާ ގޮތަށް އިން ގޮނޑިގައި އިށިންނަމުން ބުނެލިއެވެ.

“ޕްލީޒް ތި ދެމީހުން ދޭ މިތަނުން. މިކަމުގަ ދެން ނެތް ކުރެވޭނެ ކަމެއް. މާދަން އަހަރެންނާއި އަންޖަލްގެ ކައިވެނިކުރެވޭނެ. މިހާރު އޭނަ ދެކެ ލޯބި ނުވިޔަސް ކައިވެނިކޮށް އެއްކޮށްއުޅެން ފެށިމަ ލޯބިވެސް ވެވޭނެ.” ރާދިން އޭނާގެ ހިތްމަތީގައި ހިލަބުރިއެއްބާއްވާފައި ބުނެލިއެވެ.

“ރާދް ހީކުރަނީ ތިހެން ހަމަބުނެލާ އިރަށް އަހަރެމެން މިތަނުން ދާނެކަމަށް ވަންޏާ ތިކުރެވެނީ ކުއްހީއެއް. ރާދް ތި ހާލަށް ދޫކޮށްލާފަ އަހަރެމެން ދެމީހުންނެއް ނުދާނަން.” ރާހިލްގެ އަޑުގައި ވަނީ ސާބިތުކަމެވެ.

ރާދިން އެއްޗެކޭ ނުބުނެ ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމަށް ފަހު އިސްޖަހާލިއެވެ.

“ދެންވެސް ތިހެން ނީނދެވެގެން އުޅޭގޮތެއް ބުނެބަލަ ރާދް. އޭރުން އަހަރެމެންނަށް ވެސް ހެޕް ވެވޭނީ ތިހެން އިސްޖަހާގެން އިނަސް އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.” ރާހިލް މަޑުމައިތިރިކަމާއި އެކު ރާދިންއަށް ވިސްނާދެވޭތޯބެލިއެވެ.

“ބޭކާރުކަމެއް މިހާރު ތީދެން. މިކަމުގަ އެކަކަށް ވެސް ނެތް ކުރެވޭނެ ކަމެއް މިހާރު.” ރާދިން އަސްޖަހާގެން އިންގޮތަށް އިނދެ އިއްވާލިއެވެ.

“ރާދް އަވްލީން އަށް ޓަކާވެސް ތިހެން ނުހަދާ. އިނގޭތަ ލީން ރޮއިވަރު. އިނގޭ ރާދް ވެސް ދެރަވާނެކަން. މާލަސް ނުވަނީސް ލީން އަނބުރާ ތި ހަޔާތަށް ގެނޭ ރާދް. އެހެން ނޫނީ ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެ.” ރާހިލް ދެންވެސް ބެލީ ރާދިން އަށް ވިސްނާދެވޭތޯއެވެ.

“ލީންގެ ލޯތްބެއް އަހަރެންގެ ނަސީބަކު ނެތޭ… އެ ލޯތްބާއި ދުރަށް ދާން މިއަދު އަހަރެންނަށް މަޖުބޫރުވަފައި މިވަނީ.” އަވްލީންގެ މަތިން ހަނދާންވުމުން ރާދިންގެ ދެލޯ ކަރުނުން ފުރުނެވެ.

“ރާދް ކޮންމަކާތަ ތިހާ ހާސްވާންވީ؟ އެންހެނާ ކީކޭ ކިޔާގެން ރާދް ބައްދާލާގެން އެޅުނީ؟ އަހަރެމެން ގާތު ބުނެބަލަ އަހަރެމެން މިތިބީ ރާދް އާއި އެކުގައޭ.” ރާދިންގެ ކޮނޑުގައި އަތް ބާއްވާލަމުން މާހިލް ބުނެލިއެވެ.

“އެއީ ތެދެއް ރާދް. ރާދް އާއި ލީން ގުޅުވަން ކުރެވެންހުރިހާ ކަމެއްކޮށްދޭން އަހަރެމެން މިތިބީ ތައްޔާރަށް. ދެންވެސް ތިވެގެން އުޅޭގޮތް ކިޔާދީބަލަ.” ރާހިލްވެސް މާހިލްގެ ބަހަށް ތާއީދުކުރަމުން ބުނެލިއެވެ. އެ ދެމީހުންވެސް ތިބީ އަންޖަލް ރާދިން ބްލެކްމެއިލް ކުރަމުން އެދަނީ ކޮންކަމަކާ ގުޅޭގޮތުންކަން އެނގެން ނުހަނު ބޭނުންވެފައެވެ.

“އަހަރެންނަކަށް ނެތޭ ތިމީހުންނަަށް އެއްވެސް އެއްޗެއް ކިޔާދެވޭކަށް. ލީންގެ ލޯބި އަހަރެންނަށް ނުލިބުނަށް އެއްވެސް ކަހަލަ ދެރައެއް އަދި ގެއްލުމެއްވެސް ލީން އަށް ލިބޭ ތަން ދެކޭކަށް އަހަރެންނަކަށް ކެތއްނުވާނެ. ލީންގެ ލޯބި ހާސިލްކުރަން އޭނަގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް އަހަރެންނަކަށް ވައްޓައެއްނުލެވޭނެ. ހޮޔުނުވާނެ އަހަރެން އެކަނި ދޫކޮށްލާ.” ރާދިން އަށް ރޮވޭގޮތްވިއެވެ.

މާހިލް އާއި ރާހިލްވެސް ހަތިޔާރު ބެހެއްޓުމަށް ފަހު އެތަނުން ނިކުންނަން ދިޔައެވެ. އެއީ ކޮން މަޖުބޫރީއެއްކަން ރާދިން ސީދާ ނުބުނި ނަމަވެސް ރާދިން ދެއްކި ވާހަކައިން އަވްލީން އަށް ކޮންމެސް ގެއްލުމެއްދޭނެކަމަށް ބުނެގެން ރާދިންއަށް ބިރުދެއްކީކަން މާހިލް މެންނަށް އެނގުނެވެ. އަދި ސީދާ އެ ސަބަބެއްވެސް އެމީހުން ހޯދާނެއެވެ.

“ހަނދާންކުރާތި ރާދް އަހަރެމެން ދެމީހުން އަބަދުވެސް ރާދް އާއި އެކުގައި ތިބޭނަން. އެއްވެސް ކަހަލަ ހެލްޕެއް ބޭނުން ވެއްޖެޔާ ޖަސްޓް ކޯލް އަސް.” ކެބިން އިން ނިކުތުމު ކުރިން ރާދިން އަށް ބަލައިލަމުން މާހިލް ބުނެލިއެވެ.

މައިރާ ތައްޔާރުވަމުން ދިޔައީ މާހިލް މިރޭ އޭނާ އާއި ބައްދަލުކުރުމަށް އެދިފައިވުމުން މާހިލް އާއި ބައްދަލުކުރަންދިއުމަށެވެ.

ކަޅު ކުލައިގެ ދިގު ހެދުމެއް ލައިފައި ހުރިއިރު ލޭސްފޮތިން ޑިޒައިން ކުރެވިފައި ހުރުމުން ހެދުން ވަރަށް ވެސް ރީއްޗެވެ. ހެދުމުގެ މޭމަތީގައި މެރޫން ކުލައިގެ މިނާ ހަރުކުރެވިފައިވުމުން ހިތްގައިމުކަމަށް ދައްކައެވެ. އަތްވެސް ލޭސްފޮތިން ފަރުމާކުރެވިފައި ހުރުމުން މައިރާގެ ދޮންއަތް އޮތީ ހާމައަށެވެ. ދެލޯ އައިލައިނާ އިން ފަވާލުމަށް ފަހު އެސްފިޔަތަކުގައި މަސްކަރާ ހާކައިލިއެވެ. ތުންފަތުގައިވެސް ގަދަ ރަތް ކުލައިގެ ލިޕްސްޓިކްއެއް ހާކާލުމަށް ފަހު ގަޔަށް ސެންޓް ބުރުވާލިއެވެ. ހިތްހަމަޖެހޭ ވަރުވުމުން އެންމެ ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން މައިރާ ބޭރަށް ދިއުމަށް އަވަސްވެގަތެވެ.

މާހިލް ތަންކޮޅެއްކުރިން ގުޅާފައި މައިރާގެ އިންތިޒާރުގައި ބޭރުގައި އިން ވާހަކަ ބުނުމުން އިތުރަށް މަޑުކުރަން ނުހަދާ މައިރާ ބޭރަށް ނިކުތެވެ.

ކާރު ކައިރީގައި މަޑުކޮށްލައިގެން ހުރި މާހިލްއަށް އޭނާ އާއި ދިމާލަށް އަންނަމުން ދިޔަ މައިރާއަށް ކަޅިޖަހައިނުލައި ބަލަން އިނދެވުނެވެ. އެހާވެސް މައިރާ މިރޭގައި ރީއްޗެވެ. މާހިލް މާ ވަރަކަށް ބަލާތީ މައިރާ ހުރީ ލަދުގަންނަގޮތް ވެފައެވެ.

ކަޅުކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއެއްގައި ހުރި މާހިލްވެސް ފެންނަލެއް ނުލާހިކު ސްމާޓެވެ. ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮށްލާފައި ހުރުމުން ހިތްގައިމުގޮތެއް ހުރެއެވެ. ބޭރުގެ މޮޑަލްއަކަށް ދޫ ނުކުރާނެއޭ މައިރާގެ ހިތަށް އެރިއެވެ.

“ޔޫ ލުކް ގޯޖިއަސް މައި.” މާހިލް ކައިރީގައި ހުރި މައިރާއަށް ބަލައިލަމުން މާހިލް ބުނެލިއެވެ.

“ޔޫ ޓޫ..” މައިރާގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ.

“ތިބުނީ މަވެސް ގޯޖިއަސް އޭ ތަ؟ އޯ މަގޭ މައިގަނޑާ އަންހެން ކުދިން ގޯޖިއަސް އެންޑް ފިރިހެން ކުދިން ސްމާޓް އޭ.” މާހިލް ހިނިގަނޑެއްޖަހައިލަމުން ބުނެލި ޖުމްލައިން މައިރާ ގާތަށް ވެސް ހިނިއައެވެ.

“ހިނގާ ދޯ ދެން ދާން.” މައިރާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން މާހިލް މައިރާއަށް ކާރުގެ ދޮރުފަތް ހުޅުވައިދެމުން ބުނެލިއެވެ. މައިރާ ކާރަށް އަރައި ހަމަޖެހިލުމުން މާހިލްވެސް ޑްރައިވަރި ސީޓަށް އެރުމަށް ފަހު ކާރު ދުއްވާލިއެވެ. ވަކި މިސްރާބެއްނެތި މާހިލް މާލެ ވަށާ ބުރުޖަހަމުން ދިޔައެވެ.

“ދެން މިހެން ހަމަ ދުއްވަންތަ އަންނަން ބުނީ؟ އަހަރެން ހީކުރީ ތަނަކަށް ދާން ކަމަށް.” އެންމެ ފަހުން ނީނދެވުމުން މައިރާ އަހައިލިއެވެ.

“މައި ބުނޭތޯއޭ މި އިންނަނީ ވެސް.” މާއިރާއަށް ޖަވާބު ދެމުން މާހިލް ކާރު ގޮސް މަޑުކޮށްލީ ޒަމާނީ ފެންވަރަށް ވަރަށް ރީތިކޮށް ހަދައިފައި އިން ގެއެއްގެ ކުރި މައްޗަށެވެ. އިރުކޮޅަކުން ގާޑަކު އައިސް އެތެރެއަށް ވަންނަން ހަދައިފައި އިން ބޮޑު ގޭޓު ހުޅުވައިލުމުން މާހިލް އެ ގަނޑުވަރެއް ފަދަ ގެއަށް ވަނެވެ. މައިރާ އިނީ އެ ގޭގެ ފުރިހަމަކަމާއި ރީތިކަން ފެނި އާޝޯހުވެފައެވެ. މަގުމަތިން ދާއިރު މިކަހަލަ ރީތި ގެތަށް ފެނުނަސް އެތެރެއަށް ވަދެވުނު މިއީ ފުރަތަމަ ފަހަރެވެ.

އެގޭގެ ހައިބަތު ފެނިފައި މައިރާ އިނީ ކުޑަކޮށް ޖެހިލުންވާ ގޮތްވެފައެވެ. މިފަދަ ގެއަކަށް އޭނާ ފަދަ ކުއްޖަކު އެކަށީގެން ނުވެއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ހޭއި ޑޯންޓް ވޮރީ އިނގޭ. އަސްލު މަމް ވެން ވަނީ ރާއްޖޭން ބޭރަށް ގޮސް ދުވަސްކޮޅަކަށް ސޯ ގޭގަ އުޅެނީ މަށާ ރާހިލް އާއި އެކަނި މިވަގުތު. އެންޑް މޮމް މެން ތިއްބަސް ވަރަށް ކޫލް ވާނެ އެމީހުން ރުޅިއެއް ނާންނާނެ.” މާހިލްއަށް މައިރާގެ ހިތުގެ ހާލު ވިސްނުނީ ކަންނޭނގެއެވެ. މަައިރާގެ ހާސްކަން ކުޑަކުރުމަށް މާހިލް މަސައްކަތްކުރިއެވެ.

*******************

ކޮޓަރިތެރޭގައި އޮތް އަވްލީން އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އެން އޮންނަ އިރު ދޭތެރެއަކުން ނޭފަތް ދަމައިލާ ގޮތުން ރޮނީކަން އެނގެއެވެ. ރާދިން އަވްލީން އާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އަވްލީންގެ ހިތަކުން ރާދިން ދެކެވީ ލޯބަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އަދިވެސް އެ ހިތް އެދި ގޮވަމުން ދަނީ ރާދިންގެ އަޅާލުމާއި ލޯބަށެވެ. އެ ނޫން ލޯތްބެއް ބޭނުން ނުވާ ފަދައެވެ.

“އަހަރެން ބޭނުން ރާދިން މަތިން ހަނދާން ނައްޓާލާން. ރާދިންއަށް ނަފްރަތު ކުރަން ބޭނުންވާއިރުވެސް މި ހިތް ކީއްވެތަ އަބަދުވެސް އެ މަކަރުވެރިޔާއަށް އެދެމުން ދަނީ؟ ރާދިން އެއީ މަކަރުވެރިއެއް. ލޯބީގެ ނަމުގައި ރީތި ހުވަފެންތަކެއް ދައްކާފައި އެންމެ ފަހުން މި ހިތް ފުނޑު ފުނޑުކޮށްލުމަށް ފަހު ދިޔައީ. އެފަދަ މީހަކަށް ދެން މި ހަޔާތުންވެސް ޖާގައެއްދޭކަށް ބޭނުމެއް ނޫން. އަދި ތި ރާދިންގެ ހަނދާންތައް މި ހިތުން އެއްކޮށް ފޮހެލާނަން.” އަވްލީން އޭނާގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ.

އޭގެ އިރުކޮޅެއް ފަހުން އަވްލީންގެ ކޮޓަރީގައި މީހަކު ޓަކި ދޭން ފެށިއެވެ.ފާހަނައަށް ވަދެ މޫނު ދޮވެލުމަށް ފަހު ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި މިރުހާން ހުއްޓެވެ. އަވްލީންގެ މޫނު ފެނުމުން މިރުހާންގެ ހިތުގައި ރިއްސާލިއެވެ. މޫނު މަތި މިލާފައި ހުރި އިރު މާގިނަ އިރު ރުއިމުގެ ސަބަބުން ދެލޯ ކައިރި ހުރީ ވަޅުވަދެފައެެވެ. ދޯކައިރި ކަޅުކޮށް ހުރުމުން ރޭގައިވެސް ނުނިދާކަން މިރުހާންއަށް އެނގުނެވެ.

“ދަރިފުޅާ ދެން ތި ވަރަށް ހިތާމަނުކުރޭ ހުރިހާ ކަމެއްގައިވެސް ކެއްތެރިވާން ވާނެ. އަދި ދަރިފުޅަށް ރާދިންއަށް ވުރެ މާ ރަނގަޅު ކުއްޖެއް ލިބޭނެ އިރާދަކުރެއްވިއްޔާ. ތިހެން ހިތާމަކުރުމުން ގެއްލުމާއި ދެރަވެސް ލިބޭނީ ހަމަ ދަރިފުޅަށް އެ ރާދިން އެއް ނޫޅޭނެ ދެރަވެގެންނެއް. ދެން ދަރިފުޅު ކީއްކުރަން އޭނައަށްޓަކައި ކަރުނަ އޮހޮރަންވީ.” މިރުހާން އަވްލީންގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ.

“ހޫން ދެން ތިވަރަށް ދޮންފުތު ނުކުރިއަސް ވާނެ ކަންނޭނގެ. މަށަކަށް ނޭނގެ މި މިރުހާންއަށް ކިހިނެއް ވެގެން ކަމެއް މިހާރު މިއުޅެނީ. އެހަންޏަ ފަހެ ކީއްކުރަން މި ސުންޕާ މެލޭޝީޔާއަށް ތަންތަނަށް ފޮނުވާކަށްތަ. މީހަކާ ދެވާފަ ފޮނުވާލީމަ ނިމުނީ އެއްނު.” ކޮޓަރިން ނިކުން ޔާސިރާއަށް މިރުހާން ފެނުމުން އެއްޗެކޭ ބުނެނުލައި ނުހުރެވުނެވެ.

“ޔާސިރާ މަޑުން ހުރެބަލަ. ބަލަ އަވްލީން އަކީވެސް މަގޭ ދަރިއެކޭ. މާޒިން އެކޭ އެއްފަދައިން އެއީ ވެސް އަހަރެންގެ ލޭ އޭނައަށް އަހަރެން ނޫން އެހެން ކާކު އަޅާލާނީވެސް.” ޔާސިރާގެ ވާހަކަ ހުރިގޮތުން މިރުހާން ހިތްހަމަނުޖެހޭގޮތްވިއެވެ.

“އާން ދެން ގޯސް ވާނީ މަށޭ. ވަރަށް ފޫހިވޭ.” މޫނު ކުނިކޮށްލަމުން ޔާސިރާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.

“ދަރިފުޅާ ދޮން މަންމަގެ ވާހަކަތަކާއި މާބޮޑަށް އަޅާލާނެކަމެއް ނެތް. ބައްޕަ އައީ ދަރިފުޅު މެލޭޝިޔާއަށް ދާން ހަމަޖެހިފައި އޮތީމަ އެ ވާހަކަ ބުނެލަން. އަންނަ ހަފްތާ ހޮނިހިރުގައި ފުރުން އިނީ. ދަރިފުޅު ތައްޔާރުވެގެން ހުންނާތި.” މިރުހާން ކުޑައިރުކޮޅަކު އަވްލީން އާއި ވާހަކަ ދައްކަން ހުރުމަށް ފަހު އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔުމުން އަވްލީން ވެސް އޭނާގެ ކޮޓަރިއަށް ވަނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ބޮޑުގެ އިދި ކޮޅު

Next

އެންމެ ހިނިތުންވުމަކަށް 03

Next
November 24, 2018

އެންމެ ހިނިތުންވުމަކަށް 03

Previews
November 24, 2018

ބޮޑުގެ އިދި ކޮޅު

13 Comments!

  1. Aisha says:
    November 24, 2018 at 6:32 pm

    Thank you so much dear……v v v reethi story……superb Hama……and Mee first dhw????

    1. Aami says:
      November 24, 2018 at 6:55 pm

      ?? Ehehehe yes you got first
      Aisha mn kahala readers ge comment thah fenifa its an inspiration to keep going like this. Thankyou so much for the support nd rangalhu kuran jehey kameh faaahaga vanyaa ves let me know ❤️??????❤️?

  2. Aami says:
    November 24, 2018 at 6:58 pm

    Heii dear readers!!! Here is the next part. I know that this part is kinda short but up kohdheynamey bunefa othyma hama liyeli gothah up kolly. Do let me know the mistakes so it would be helpful for me in the future. And i would like to thank all the readers for their support and love. Love you all ???❤️?❤️❤️??

  3. seekko says:
    November 24, 2018 at 7:43 pm

    alhey mi part vx varah reethi.keep up the good work ..????varah interesting I just hope raahil mn a raadh ge majuboori haalathu avaha ingeyne kamah …ad thank you for updating this part . exam nimunuhaa avaha update kohdheche?????..curiously waiting for next part ????

    1. Aami says:
      November 24, 2018 at 10:08 pm

      ?? Thanks seekko dear
      So happy that you liked this part too. And with the support from you readers in sha allah i will continue to upload parts and finish this story ???❤️❤️
      Ly
      Lysm ??❤️??

  4. Lover says:
    November 24, 2018 at 10:05 pm

    Wow. Me last dhw. But vvv nice. Love u???

    1. Aami says:
      November 24, 2018 at 10:10 pm

      ? Ehehehe last viyas okey vaaane dear.. next time ga dhn first libeythw try kuraamy dhw ?
      Love you more ??❤️❤️??

  5. Yaila says:
    November 25, 2018 at 11:01 am

    Raadh aa leen ar dhuru nukurahchey ?.. story is Hama habeys ???

    1. Aami says:
      December 9, 2018 at 8:42 pm

      <3 Thanks dear

  6. Reader says:
    November 26, 2018 at 3:50 pm

    Knirakun next part?? Vrh reethi mi part vxx??❤❤

    1. Aami says:
      December 9, 2018 at 11:03 pm

      Sorry dear story up nukoh ehaa dhuvas vaathy. Hama busy kamun up nukureveny. But vvv avahah new part eh kiyaalan libeyne. I have already submitted for preview.

  7. Me says:
    December 6, 2018 at 5:25 pm

    “ingey” adhi “engey” mi ee dhe maanaehgai beynun kura dhe lafzu. Mi vaahakaiga suruheega aslu onnan vaany “engey”.
    * Maadhama annaanan INGEY.
    * Eyna annaane gadiyeh ENGEYNE nama.
    * Sai boathi INGEY
    * Ahanna fahan ENGEY

    (For detail check “dhivehi radheef”)

    1. Aami says:
      December 9, 2018 at 8:44 pm

      Thanks for the information dear. Kuh hurihaa hama fahaagakohla dhinun aee vrh rangalhu kameh…

Comments are closed.

Next Episodeވާ ލޯބި އެނގޭ ނަމަ 14←


All Right Reserved!