ވާ ލޯބި އެނގޭ ނަމަ 16
“ވާހަކައިގެ ގޮތުން ދެން އެހެން އަހާލީހަމަ. އެނީވޭސް… މި އަނެއް… މިސާލަކަށް ލީން އަށް އެނގުނީއޯ ރާދް ކުރިން އެގޮތަށް ކަންތައްކުރީ ސަޕޯސް ކޮންމެވެސް ކަހަލަ މަޖުބޫރީކަމެއް ދިމާވެގެން ކަމަށް. އެންޑް ފަހުން ހަގީގަތް ލީން އަށް އެނގުނީމަ ވިލް ޔޫ ފޮގިވް ހިމް؟” މައިރާ އޭނާގެ ހިތުތެރޭގައި މިއޮތް ހުރިހާ އިރު އޮތް އެންމެ ބޮޑު ސުވާލު އަވްލީން އާއި ކޮށްލިއެވެ. އަދި އަވްލީން ދޭނެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައީ ކެއްތެރިކަމެއްނެތް މީހެއް ފަދައިންނެވެ.
“ފުރަތަމަކަމަކަށް އަހަރެންނަކަށް ޤަބޫލެއްނުކުރެވޭ ރާދިން އެގޮތަށް ކަންތައްކުރީ މަޖުބޫރީކަމެއް އޮވެގެންކަަމަށް. ދުވަހަކުވެސް ދެން ރާދިންއަށް އިތުބާރުކުރެވޭނެކަމެއް ނޭނގޭ. ދެވަނަކަމަށް އެކަންތައް ވެގެން ދިޔަ ގޮތަށް ފަހު އަހަރެން ރާދިން އާއި އެއްކޮށް އުޅެން ކިތެއްމެ ބޭނުންވި ނަމަވެސް ބައްޕައެއް ދެން އެކަމަކަށް އެއްބަހެއް ނުވާނެ. ސޯ ބައްޕަގެ ބަސް އަޑުނާހާ ރާދިން ފަހަތުން ދާކަށް އަހަރެން ބޭނުމެއް ނޫން.” ކުޑައިރުކޮޅަކު ވިސްނަން އިނުމަށް ފަހު އަވްލީން އެ ސުވާލަށް ޖަވާބު ދިނެވެ.
އަވްލީންގެ ޖަވާބު އަޑުއަހާފައި މައިރާގެ ހިތް ނުތަނަވަސްވިއެވެ. މިކުރެވެން އުޅެނީ ރަނގަޅުކަމެއް ބާއޭ މައިރާގެ ހިތަށް އަރަންފެށިއެވެ.
“އޭ މައި ކޮން ވިސްނުމެއްގަ ތީނީ؟ ކަމެއްވީތަ އަނެއްކާ؟” ވިސްނުމަކަށް ގެއްލިފައި އިން މައިރާ ސިހިގެން ދިޔައީ އަވްލީންގެ އަޑު އިވުމުންނެވެ.
“ކަމެއްނުވޭ. އެދެން ހަމަ ވިސްނާލަން އިނީ.” ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން މައިރާ ބުނެލިއެވެ.
“މިހާރު މާހް އާއި ދެމީހުންގެ ކަންތައް ކިހިނެއްވަނީ؟ މާހް ބުން ޕްރޮޕޯޒް ކުރަން އުޅުނު ވާހަކަ.” ތަނުގައިވާ ސީރިއަސްކަން ނައްތާލަމުން އަވްލީން މައިރާ އާއި ދިމާކުރުމުގެ ނިޔަތުގައި އަހައިލިއެވެ.
“ހޫމް އަދި އެވާހަކަ ކިޔާނުދެވިގެން ދޯ މިއުޅެނީ. ހަނދާންވެސް ނެތިފައޭ މިހުރީ ބުނަން.” މައިރާވެސް އަވްލީން އާއި ބައިވެލަމުން ބުނެލިއެވެ.
“އާން ދެން މިހާރު އަހަރެން މަތިންނެއް ނުވާނެ އެއްނު ހަނދާނެއް. އޯކޭ ދެން.” ދެރަވާކަމަށް ހަދަމުން އަވްލީން ބުނެލިއެވެ.
“ސާބަސް ލީން އަށްވެސް. ދެން އިނގެއެއްނު އަހަރެން ލީން މަތިން ހަނދާނެއްނުނެތޭނެކަން. ތީ މަގޭ ބެސްޓީއެއްނު.” އަވްލީންގެ ގައިގާ ބައްދާލަމުން މައިރާ ބުނެލި ބަސްތައް އަޑުއިވުމުން އަވްލީންވެސް ހިނިތުންވެލިއެވެ.
މައިރާ އަވްލީން އަށް އެރޭގެ ހުރިހާކަމެއް ހިއްސާކުރިއެވެ. އަދި މާހިލް އޭނާގެ އަތުގައި އަޅުވައިދިން އަނގޮޓިއާއި އެރޭ އެ ދެމީހުން ނަގާފައިހުރި ފޮޓޯ ވެސް ދެއްކިއެވެ. ނަމަވެސް ރާދިން އާއި އަވްލީން އާއި ދެމީހުންނާއި ގުޅޭގޮތުން ދެއްކި ވާހަކަތައް ސިއްރުކުރިއެވެ.
“މައި އަދި ވާހަކައެއް ބުނަން ހަނދާންނެތިފައޭ މިހުރީ. ބައްޕަ އިއްޔަގަ ބުން ބޭރަށް ފުރުން މިހާރު އަވަސްވަފަ އިން ވާހަކަ. ނެކްސްޓް ވީކް ބުރާސްފަތި ދުވަހު ދާގޮތަށް ނިމިފަ މިހާރު އޮތީ.” އަވްލީން އޭނާގެ ބައްޕަ ދިން ހަބަރެއް މައިރާ އާއި ހިއްސާކޮށްލިއެވެ.
“ވަޓް ހާދަ އަވަހަކަށް ދާން. ލީން ނުވެސް ބުނަމެއްނު ތިވާހަކަ ކުރިންނެއް.” މައިރާ އިނީ ހިތްހަމަނުޖެހޭ ގޮތް ވެފައެވެ. އަދި އަވްލީން އާއި ރާދިން އާ ދެމީހުން ގުޅުވަން މަސައްކަތްކުރަމުންދާއިރު އެކަމަށް އަލި މަގެއް ނުފެންނަނިސް އަވްލީން ފުރާ ވާހަކަ އަޑުއިވުމުން ހިތްނުތަނަވަސްވާގޮތްވެސް ވިއެވެ.
“އިއްޔަ އޭ އަހަރެންނަށްވެސް އެނގުނީ ހަމަ. ދެން މިއަދު މިބުނީ އެއްނު. އެހެން ނޫނަސް ފަހުން ވިޔަސް ދާންޖެހޭނެ އެއްނު. އެކަމް ދިޔައަސް އަބަދުވެސް މައި އަށް މެސެޖްކޮށް އުނދަގޫކުރާނަން.” މައިރާގެ ކޮނޑަށް އަތް ވައްޓާލަމުން އަވްލީން މައިރާ ހެއްވާލަން މަސައްކަތްކުރިއެވެ.
މައިރާވެސް މޫނުމަތިން ހަމަޖެހޭކަން ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އަވްލީންގެ ފުރުން އަވަސްވުމުން މައިރާ އިނީ އެކަމާ ބޯގޮވާގޮތްވެފައެވެ. އަވްލީން ކިތެއްމެ ވަރަކަށް އެއްބަސްވާން ބޭނުން ނުވި ނަމަވެސް އަދިވެސް އަވްލީން ލޯބިވަނީ ރާދިން ދެކެކަން މައިރާއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެދެމީހުން ގުޅުވަން މައިރާވެސް މިހާރު ބޭނުންވެއެވެ.
***********
އަވްލީން އާއި އެކު ބޭރުގައި އުޅެފައި ގެޔަށް އައިސް ވަން މައިރާ އެންމެ ފުރަތަމަ ވެސް އޭނާގެ ކޮޓަރިއަށް ގޮސް މާހިލް އަށް ގުޅާލިއެވެ.
“މުހިއްމު ކަމެއް ދިމާވެގެން ގުޅާލިއްޔާ ދުވަހަކުވެސް އަވަހަކާ ފޯނު ނަގާކަށް ނޭނގޭނެ މީނަ އަކަށް.” މާހިލް ފޯނު ނުނެގުމުން މައިރާ ރުޅި އަންނަގޮތްވިއެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް މާހިލްގެ ފޯނަށް ގުޅާލިއެވެ. މިފަހަރު ފޯނު ރިންގު ވުމުން އެކޮޅުން ބިޒީކޮށްލިއެެވެ. ހައްތަހާ މައިރާގެ ރުޅި ގަދަވުން ނޫން ކަމެއް ނުވިއެވެ.
މީޓިން އެއްގައި އިން މާހިލް އިނީ މައިރާ މާވަރަކަށް ގުޅަމުންދާތީ ހިތްހަމަނުޖެހޭގޮތްވެފައެވެ. ފޯނު ނުނަގާ ކަނޑާލުމުން ކަމެއްގައި ބިޒީކޮށް އުޅެނީކަން އެންގެންވާނެއެއް ނޫން ހެއްޔެވެ؟
އެންމެ ފަހުން މައިރާ ހުއްޓާނުލާ ތަކުރާރުކޮށް ގުޅަން ފެށުމުން ހިތްހަމަނުޖެހިފައި އިނދެ މީޓިން ރޫމް އިން ނިކުމެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ފޯނު ބިޒީކޮށްލީމަ މައި އަށް ނޭނގޭތަ މިގަޑީ އަހަރެންނަށް ވާހަކަދެއްކެން ނެތީކަމެއް. ހޮސްޕިޓަލްގަ މުހިއްމު މީޓިންއެއްގައޭ މިއިނީ.” މާހިލްގެ އަޑުންވެސް އޭނާ ހިތްހަމަނުޖެފިއި ހުރިވަރު ހާމަވެގެންދެއެވެ.
“މާހް އަށް ވެސް އެނގެންޖެހޭނެދޯ މުހިއްމު ކަމެއް ވެގެން ކަން ބިޒީކޮށްލީމަވެސް ގުޅަނީ. އެނގޭ ކަމެއްގަ އިނީމަކަން ބިޒީކުރަނީވެސް.” މައިރާވެސް އޭނާ ބުނަން ބޭނުންވާ ވާހަކަ ބުނެލިއެވެ.
“އާން ދެން ބުނެބަލަ ކިހިނެކޭވީ؟ މި އަނަހެން ކުދިންނަކަށް ނޭނގޭނެ ކެއްތެރިވާކަށް.” މާހިލް ވެގެން އުޅޭގޮތެއް އަހާލިއެވެ.
“އާން ދެން އަންހެން ކުދިންނޭ ކިޔާފަ ވާހަކަ ދައްކާނެކަމެއްނެތޭ. އެނީވޭސް ލީން އުޅެނީ މި އަންނަ ހަފްތާ ބުރާސްފަތި ދުވަހު ފުރަން. މިއަދު ހަވީރު ހިނގާލަން ގޮސްފަ ބުނީ ލީންގެ ބައްޕަ ބުންޏޯ ފުރުން އަވަސްވި ވާހަކަ.” މައިރާ އޭނާ މާހިލް އަށް ގުޅި ބޭނުން ހާމަކޮށްލިއެވެ.
“ވަޓް މި އަންނަ ހަފްތާގައޭ.” މައިރާ ބުނެލި ވާހަކައިން މާހިލްއަށް ވެސް ޝޮކެއްޖެހުނެވެ.
“ދެން ކިހިނެއް ހަދާނީ؟” މައިރާވެސް އިނީ ގޮތްހުސްވެފައެވެ.
“މިރޭ ދާނަން ތި ގެޔަށް ރާދް އާއި ރާހިލް އާ އެއްކޮށް. ތިން މިހުން އެއްކޮށް ތިކަމާ ވާހަކަދައްކާލާނީ.” މާހިލް އޭނާއަށް ފެނުނު އެންމެ ރަނގަޅުގޮތް ކިޔާދިނެވެ. މައިރާވެސް މާހިލްގެ ބަހަށް ތާއީދުކުރީ އެންމެން އެއްކޮށް މަސައްކަތްކުރުމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް އުއްމީދުކުރަމުންނެވެ.
މީޓިން ނިންމާލުމަށް ފަހު ރާދިން އާއި ރާހިލް ގޮވާގެން މައިރާ މެން ގެއަށް ދިއުމަށް މާހިލް އަވަސްވެގަތެވެ.
“ސާބަސް ދެން ކަލޭ ފަހަރި ގާތަށްދާއިރު ކީއްކުރަންތަ އަހަރެމެން ގެންދާކަށް. އަހަރެމެން ގޮސްކޮންކަމެއްކުރާނީ.” ރާދިން މާހިލް އާއި ދިމާކޮށްލަމުން ބުނެލިއެވެ.
“ދެންމާ ވާހަކަ ގިންނުކޮށް ހިނގާދާން. ދިޔާމަ އެނގޭނެ ހުރިހާ އެއްޗެއްވެސް.” މާހިލް ގެ ސީރިޔަސް މޫޑު ފެނުމުން ރާހިލް މެންވެސް މާހިލް ބުން ގޮތަށް ކަންތައްކުރިއެވެ.
ގަޑީއިރެއްގެ ތެރޭގައި މާހިލް މެންނަށް މައިރާ އުޅޭ އެޕާޓްމަންޓާއި ހަމައަށްދެވުނެވެ. އަދި ތިން ޒުވާނުން އެކީގައި ހިނގާލައިފައި ގޮސް އެޕާޓްމަންޓްގެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅެއް ފަހުން މައިރާ އައިސް ދޮރު ހުޅުވުމުން އެންމެން އެކީގައި ގޮސް ސިޓިންރުމްގައި އިން ސޯފާ ސެޓުގައި ޖައްސާލިއެވެ.
“ހޫމް ދެން ބުނެބަލަ ކިހިނެއް ވިއްޔޯ؟” ސޯފާގައި އިށީނުމާއި އެކު ރާހިލް އަހައިލިއެވެ.
ރާހިލްގެ ސުވާލަށް މައިރާ އާއި މާހިލް އެކަކު އަނެކަކަށް ބަލައިލިއެވެ. ދައްކަން އުޅޭ ވާހަކަ ފަށާނެގޮތެއް ނޭނގިގެން ކަންނޭނގެއެވެ.
“ބަލަ ކީއްވެ ދެމީހުން އެކަކު އަނެކަކަށް ބަލާފަ އެއްޗެކޭ ނުބުނެތި ތިބެނީ؟ އަނެއްކާ ދެމީހުން މެރީ ކުރަން އުޅޭ ވާހަކަ ބުނަންވެގެންތަ އަހަރެމެން ތި ގެނައީ؟ ހާސްނުވޭ މާހް ދޮންތަމެން ތި ކައިވެންޏަށް އޯކޭ ކުރުވާނަން ދޯ ރާހް” މާހިލްމެން މާ މަޑުން ތިބެން ފެށުމުން ރާދިން އެމީހުންނާއި ދިމާކޮށްލަމުން ބުނެލިއެވެ.
“ލީން އުޅެނީ މިއަންނަ ބުރާސްފަތި ދުވަހު ލަންކާއަށް ދާން ފުރަން…..” ރާދިންގެ ވާހަކަ ނިންމާލިތަނާ ހެން މާހިލް ވެގެން އުޅޭގޮތް ހާމަކޮށްލިއެވެ. އެއާއެކު އެތަނުގައި ހަމަހިމޭންކަން ފެތުރުނެވެ. އެކަކުވެސް އަނގައިން އެއްޗެކޭ ނުބުނެ ތިބި އިރު އެކި މީހުންގެ މޫނުމަތިން ފެންނަމުން ދަނީ ތަފާތު ކުލަވަރެވެ.
އިވުނު ވާހަކައިން ރާދިން އިނީ ހުއްޓުން އަރާފައެވެ. މިދުވަސް އަންނާނެކަން އޭނާއަށް އެނގިފައި އޮތް ނަމަވެސް ވަގުތު އައިސްޖެހުމުން މާބޮޑަށް ހިތްނުތަނަވަސްވަނީއެވެ. އޭނާއަށް އަވްލީން އާއި ނުލާ އުޅެވޭނެބާއޭ ރާދިންގެ ހިތަށް އަރަމުން ދިޔައެވެ. މި ހިޔާލުތައް ސިކުނޑީގައި އެނބުރެންފެށުމުން ރާދިންގެ ލޯ ފެންކަޅިވިއެވެ. ދެން ތިބި ތިން މީހުންވެސް ތިބީ ރާދިންގެ ހާލަށް ހަމްދަރުދީވެފައެވެ. ތިން މީހުންވެސް ރާދިންއަށް ބުނާނެ އެއްޗެއް އަޑުއަހައިލުމަށް ކެއްމަދުވެފައެވެ.
“އައި ކާންޓް ލިވް ވިޓް އައުޓް ހާ….” އެތައް އިރެއްވަންދެން ވިސްނަން އިނުމަށްފަހު ރާދިން އިއްވާލި ބަސްތައް އަޑުއިވުމުން ދެން ތިބި ތިން މީހުންގެ މޫނު މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“އިންޝާﷲ ރާދް އާއި ލީން އަކަށް ވަކިވާކަށް ނުޖެހޭނެ. އެ އަންޖަލް އާއި އޭނާ އެބުނާ ގޭންގްއަށް ހަނދާނުން ނުފިލާވަރުގެ ލަނޑެއް ދޭނަން.” ރާދިންއަށް ރައްދުދެމުން މާހިލް ވެސް ބުނެލިއެވެ.
“ރާދް ފުރަތަމަ ލީން އާއި ދޭތެރޭ އެގޮތަށް ކަންތައްކުރީމަ ރާދް ދެކެ ވަރަށް ރުޅިއައި އެކަމް އެކަންތައް އެހެންދިމާވާން މެދުވެރިވި ސަބަބު އެނގުނީމަ މިހާރު ނެތް އެއްވެސް ރުޅިވެރިކަމެއް. އަހަރެން ކުރިން މާހް ކައިރީގަ ބުނިން ލީން ދެން އަލުން ރާދް އާއި ގުޅެން ބޭނުން ނުވަންޏާ ލީން އަށް ފޯސްނުކުރައްޗޭ ރާދް އާއި ގުޅެން. ބަޓް މިހާރު އެބަސްތައް އަހަރެން އަނބުރާގެންނަން ބޭނުން. ލީން ކިތެއްމެ ވަރަކަށް ދެކޮޅުހެދިޔަސް ރާދް ލީން ދޫކޮށްނުލާތި. ލީން ބުނަން ބޭނުން ނުވިޔަސް އަދި އެއްބަސްނުވިޔަސް އަހަރެންނަށް އެނގޭ ލީން ރާދް ދެކެކަން ލޯބިވަނީ އެންޑް އަބަދުވެސް ރާދްް ދެކެ ލޯބިވާނެކަން. ކަންތައް އެހެން ދިމާވި ސަބަބު ލީންއަށް ވިސްނޭނެގޮތަށް ރަނގަޅަށް ކިޔާދިނީމަ ލީން އަންޑަސްޓޭންޑް ވާނެ. އެންޑް ރާދް އެއްވެސް ކަހަލަ ހެލްޕެއް ބޭނުންވަންޏާ ފަސްނުޖެހި ބުނާތި. ކޮއްދެވެން އޮތް ވަރަކަށް ހެލްޕްވެސް ވާނަން.” ރާދިން އަށް ނަޒަރު ހުއްޓާލަމުން މައިރާ އޭނާ ބުނަން ބޭނުންވާ ބަސްތައް ރާދިން ގާތު ބުނެލިއެވެ. އަވްލީން އަދިވެސް ރާދިން ދެކެ އިންތިހާއަށް ލޯބިވާކަން އެއީ މައިރާއަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން އެކުވެރިޔާގެ އުފާތައް އަނބުރާ ހޯދައިދޭން ކުރެވެން އޮތް ކަމެއް ވިއްޔާ ކޮށްދޭން މައިރާ ބޭނުންވެއެެވެ.
“ތޭންކްސް މައި. އެކަމް ކިހިނެއް އަހަރެމެން މިކަންތައް ކުރާނީވެސް. ދެން ނެތެއްނު އޭރުން މާ ގިނަ ދުވަހެއްވެސް. މިހާ މަދު ދުވަސްކޮޅަކުން އެހާ ބާރުގަދަ ގޭންގެއް އަހަރެމެންނަށް ބަލިކުރެވޭނެތަ؟ އެމީހުން ބައްދާލަންވެސް އެމީހުންނާއި ދެކޮޅަށް ޕްރޫފްވެސް ހޯދަންޖެހޭނެއެއްނު. ކިހިނެއް އެހުރިހާ ކަމެއް ކުރާނީ؟” ރާދިން އިނީ ބޯ ހާސްވާގޮތްވެފައެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކަންތައް ގަނޑުން ސަލާމަތްވާން އޭނާ ބޭނުންވެއެވެ. އަދި އަވްލީން އޭނާގެ ހައްގަކަށް ހަދަންވެސް އެހިތް ދަނީ ތެޅި ފޮޅެމުންނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Reethi mi bai vx…..ekam haadha lahunney thi up kohly…..kuryge baithah hadhaan vx neiy alun epart thah kiyaalaafa mi part kiyaalymi…..eha las nukurahchey dhn dear…..
Sorry dear ehaa lahun story up kureveythii.. aslu midhuvaskolhu vrh busy ehnve hama up kohnulevigen miulheny.. But i will try ehaa las nukoh dhn huri part thah up kureveythw ???
Me second dhw ? ❤..masha allah..as usual mi prt vx vrh rythi..Aami sis..?????stry dhn ehaa las nukurahche bxy nooniyyaamu..whn nxt????????
Story varah reethi, Maasha Allah, plus thank you ehaa busy kon ulhemun vx vaahaka up kohdhinyma, but varah dhera vey ehaa lahun up vaathy dhen kuru kamun vx?
koba tha next part
Haadha lahey next part up kuraaleh
Eagerly waiting for the next part
Kobaatha next part…
Haadha lahey up kuraa goi….
Plx avahah up kohdhyba…
hy Aami,
koba next part. khmme duvahaku Miharu esfiy eba bely vaahaka up kureytho. kihaa dhuvaheh adhi vaane tha? waiting waiting. plx reply
Alhey haadha dhuvahe …vaahaka kiyaa hithun ulhey thaa kitha me dhuvahe …keeve ehaaa Gina dhuvas vaney mi faharu ???? But still waiting ga hama ???
kobaa aneh part
inthizaaru kurevenyy
inthizaaru kurevenyy avas up kohba
up kuraa dhuvas buneba plx plx haadha dhigu inthi zaarekey
reply plzzzzzzzzzzzzzz
plx reply and plx buneba kn dhuhukun dhn enme avahah up kuraanii
waiting………….
waiting…………
waiting…………
މިވާހަކަ މަރުވީތަ
ebunaahen mi vaahaka maru v tha