ލޯބިވާވަރު އަންގަދޭހިތްވޭ 6
ހަވަނަބައި
ފަރީހާ ބޭރުގައި މަޑު ކޮށްލައިގެން ހުރި ވަގުތަކީ އޭނާ އަށް ދިހަ ގަރުނު ހެން ހީވި ވަގުތުކޮޅެކެވެ. ޑޮކްޓަރު މާޔޫސީ މޫނަކައިގެން ނުކުތުމުން އިވެން އުޅޭ ހިތި ހަބަރު ފަރީހާ އަށް ވަޒަން ވެސް ކޮށްނުލެވޭނެއެވެ.
***
“އައިމް ސޮރީ.. ބަޓް ޝީޒް ނޯ މޯ..” އެމީހާ އިސްޖަހާލަމުން ބުނެލި ބަސް ފަރީހާ އަކަށް ނޭނގުނެވެ. ނަމަވެސް ގޮނޑި ބަރީގައި އިން ޒިލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. “ކީކޭ އެބުނީ.. ކީކޭ ހޭ އެބުނީ..؟” ލޮލުން ކަރުނަ އަންނަ ޙާލު ފަރީހާ ކައިރީގައި އިން ނަރުސް ކުއްޖާ ގާތު އެއްސެވެ.
“އޭނާ ނިޔާވެއްޖެ..” އެއަންހެން ކުއްޖާ އިސްޖަހާލަމުން ދަތި ގޮތަކަށް ބުނެލިއެވެ. “ނުވާނެ އެހެނެއް.. ބުނޭ ތީ ދޮގެކޭ.. ކަލޭމެން މީހުންނަށް އެނގޭނީ ހުސް ދޮގު ހަދަން.. ބުނޭ އެއީ ދޮގެކޭ.. ހަމަ ހުރެފައި ބުނެއްޖެއޭ ނިޔާވީއޭ.. މަގޭ ކޮއްކޮ ނުދާނެ އަހަރެން ދޫކޮށްފައެއް.. އަނެއްކާ އޭނަގެ އެބަހުރި ސާދަ އަހަރުގެ ކުޑަ ކުއްޖެއްވެސް.. ޒިލާ ދޫކޮށްފައެއް ނުދާނެ.. ތީ ދޮގެއް.. ތީ ހުސް ދޮގު ހަދާ ބައެއް.. އެނޫން ކަމެއް މިތާ ތިބެގެން ނުކުރޭ ވިއްޔާ.. ދެން ކުރެވޭނީ އާދަ ވެފައި ހުރި ކަމެއް ތާ…” މިހުރިހާ އެއްޗެއް ކިޔަމުން ގޮސް ފަރީހާ ކައިރީގައި އިން އޭނާގެ ފިރިމީހާގެ އަތްމައްޗައް ދެމުނެވެ.
ފަހުން ފަރީހާ ހޭއެރުމުން ގޮސް މާފަށްވެސް އެދުނެވެ. “އެއީ އެއްވެސް ކަމެއް ނޫން.. އަޅުގަނޑުމެން އެކަހަލަ ކިތަންމެ ކަމަކާއި ކުރިމަތިލަން.. އަހަރެން ގެ ހިތުގައި ދައްތަ އާއި އާއި މެދު އެއްވެސް ބުރަކަމެއް ނެތް..” އެ އަންހެން ކުއްޖާ ފަރީހާގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.
***
“ދައްތާ.. ކިހިނެތްވީ..” ޒިލާ ފަރީހާގެ މޫނަށް ބަލާލަމުން ބުނެލީ ފަރީހާ މާ ހިމޭން ވެފައި ހުރުމުންނެވެ. “ދައްތަ ހަނދާން ވަނީ ޒިލާގެ މަންމަ ކައިވެނީގެ ހެދުމުގައި ތައްޔާރު ވެގެން ހުއްޓައި.. އެހަނދާން އަދިވެސް ތާޒާ ކަންމަތީ އެބަހުރި.. ދައްތަ ވަރަށް ހަނދާން ވޭ ފަޒީނާގެ މަތިން..” ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި ޝަހާދަތް އިނގިލިން ފުހެލަމުން ފަރީހާ ބުނެލިއެވެ.
ޒިލާގެ ކުރިމައްޗައް ސިފަވީ މަންމަ މަގު ހުރަސް ކުރަނިކޮށް އައިސް ޖެހުނު ޕިކަޕު މަތިން ނެވެ. ވަގުތުން ނޭވައި ހާސްވާހެން ހީވި އެވެ. ނަމަވެސް އާދަވެފައި ހުރުމުން ފިސާރި އަވަހަށް އެކަންފޮރުވާލިއެވެ.
***
ފަރީހާ އާއި ލިއުޝާގެ ދެމީހުންގެ މެދުގައި އިން ހޫރު ޕަރީ އެއް ފަދަ ޒިލާ ފެނިފައި ވިޝާލް ކިރިޔާ ހޭހުށި ކަމެވެ. ކަޅިވެސް ޖަހައި ނުލާ ޒިލާގެ ލަދުވެތި މޫނަށް ބަލަން ހުއްޓެވެ. ޒިލާގެ ރަތްވަމުން ދިޔަ ކޯފެނުމުން ވިޝާލްގެ ހިތް ދޫވާ ގޮތް ވިއެވެ. އެންމެ އަޅައި ގަތް ތަންކޮޅަކީ އެރެއަށް ޚާއްޞަކޮށް ޒިލާ އަޅާފައިވާ ބުރުގަލެވެ.
“އޭ.. ވިޝާލް.. ތިހާ ވަރަށް ނުބެލިއަސް އެއީ މިހާރު ވިޝާލްގެ ވާން އުޅޭ އަންހެނުންނޭ.. ދެން ވާނީ އުމުރަށްވެސް ވިޝާލްގެ ހައްޤަކަށޭ..” ކައިރީގައި އިން ސާހިލް ބުނެލިއެވެ. “ސާހިލް ދައްކާ ވާހަކަ.. އުމުރަށް ޒީ އަށް ބަލަން ހުއްޓަސް އަހަރެންގެ ހިތެއް ނުފުރޭނެ..” ވިޝާލް ހުވަފެނީ ގޮތަކަށް ބުނެލިއެވެ.
ސާހިލް އެއްލި ކަޅި އަކުން ފެނުނީ ސިޑިން ފައިބައިގެން އައި ލައުރާ އެވެ. ބުރުގާ އަޅައިފައި ހުރުމުން ނިކަން ތަފާތު ކަމަށް ދައްކައެވެ. ނަމަވެސް އެއީ ލައުރާކަން ސާހިލް ވަގުތުން ދެނެގަތެވެ. ވާނީވެސް އެހެންތާއެވެ. ލައުރާގެ ބަލާ ބަލާ ފޫހި ނުވާނެ މޫނު ވަނީ ސާހިލްގެ ހިތުގެ އެންމެ އަޑީގައި ކަނޑާ ނެގިފައެވެ.
ޒިލާ ގޮވައިގެން ފަރީހާ އާއި ލިއުޝާ ދިއުމުން ލައުރާ މިސްރާބު ޖެހީ ވިޝާލް އާއި ދިމާ އަށެވެ. އޭރު އަދި ލައުރާ އަށް ސާހިލް އެއް ނުފެނެއެވެ. ސާހިލް ހުރީވެސް ވިޝާލްގެ ފުރަގަހަށް ވާގޮތަށް ލައުރާ އަށް ނުފެނިއެވެ. އޭނާ ފެނިއްޖެ ނަމަ ލައުރާ ނާންނާނެ ކަން އޭނާ އަށް ނަގައި ގަނެވުނީ ތޯއްޗެކެވެ. ލައުރާ އައިސް ވިޝާލްގެ ކައިރިއަށް ހުއްޓުނު ފަހުން ވިޝާލްގެ ފުރަގަހުގައި އިން ސާހިލް އޭނާޣެ ލޮލުގައި އަޅައިގަތެވެ.
މަޑު ނޫކުލައިގެ އަތްދިގު ގަމީހުގެ ދަށައް ބެގީ ކޮށްފައިވާއިރު ލައިފައި ހުރީ އަޅި ކުލައި ފަޓުލޫނެކެވެ. ބޮލުގެ އިސްތަށިގަނޑު އެއް އަރިއަކަށް ފުނާ އަޅައި އޮމާން ކޮށްލާފައި އޮތް ގޮތުން އޭނާގެ ސްމާޓް ކަން އިތުރުކޮށްދެއެވެ.
ލައުރާ އަށް ހީވީ ދުނިޔޭގެ ހިނގުންވެސް ކުޑަ ވަގުތު ކޮޅަކަށް މަޑު ޖެހިލިހެންނެވެ. “ހެއި ދޮންބެގެ ޕްރިންސަސް.. ޔޫ ލުކް ޑިފަރެންޓް.. އެކަން ހަޑި އެކޭ ނޫން އެނގޭ.. ވަރަށް ވަރަށް ރީތި މާޝާ ﷲ..” ލައުރާގެ މަޖާ މިޒާޖުގެ ގޮތުން ވިޝާލް ބުނި ބަހުގެ މާނަ އެކޮޅު ކޮޅުން ލައުރާ ނަގައި ފާނެތީވެ މާކުރިން ވިޝާލް އެބަޔާއި ލައިގެން ޖުމްލަ ފުރި ހަމަ ކޮށްލިއެވެ.
ލައުރާ ހަމަ ބަހެއް ވެސް ނުކިޔާ އޭނާގެ ފަހަތަށް ބަލަހައްޓައިގެން ހުރުމުން އެކަމާއި ވިޝާލް ހައިރާންވެ ފަހަތް ބަލާލިއެވެ. ސާހިލް އާއި ދެމީހުން މާވަރަކަށް ބަލާތީވެ ވިޝާލްގެ ގާތަށް އައި އަމަށަކު ހިންޏެއް ނޫނެވެ. އަނގަ މަތީގައި އަތް އަޅާފައި ކެއްސަން ފެށީ ހުނުން މަތަ ކުރާށެވެ. ލައުރާ ސިހިފައި ވިޝާލް އަށް ބަލާފައި އެތަނުން ދާން ހިނގައި ގަތެވެ.
ސާހިލް ދޮންބެ ކައިރީގައި ކިއެއް ކުރަނީ ބާވައެވެ. އަނެއްކާ އެއީ ދޮންބެގެ މާ ގާތް އެކުވެރިއެއް ބާވައެވެ. އެކަމް އެއީ ކިހިނެތް ވާނެ ކަމެއް ހެއްޔެވެ. އެއީ އިއްތިފާގަކަށް ނޫނީ ނުވާނެއެވެ. ލައުރާގެ ސިކުނޑި ދިޔައީ މިކަހަލަ ސުވާލު ތަކަކުން ހާށް ކުރުވަމުންނެވެ.
***
“ސާހިލް..” ވިޝާލް މާހެވިފައި ސާހިލް އަށް ގޮވާލިއެވެ. “އިޒް ޝީ ޔުއާ ސިސްޓާ..” ސާހިލް އެބުނީ ލައުރާގެ ވާހަކަ ކަން ވިޝާލް އަށް ނަގައި ގަނެވުނެވެ. ވިޝާލް ބޯޖަހާލިއެވެ. “ވިޝާލް.. ކޮލެޖުން އަހަރެންނާއި ޖެހިގެން އިންނަ ގޮނޑީގައި އިންނަނީ އެކުއްޖާއޭ.. ލައުރާ އޭ..” ސާހިލް ވަރަށް ފާޑަކަށް ބުނެލިއެވެ. “އަސްލުތަ..؟ އައިމް ވެރީ ހެޕީ..” ވީޝާލް ގެފަރާތުން ސާހިލް ހީކުރި ގޮތާއި ދިމާ އިދިކޮޅު ސިފައެއް ފެނުމުން ސާހިލް ވިޝާލް އާއި ދިމާއަށް ފާޑަކަށް ބަލަން ފެށިއެވެ.
“ކަމް އޯން.. ސާހިލް ހީކުރީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭނެ އޭތަ..؟ އަހަރެން ވަރަށް އުފާވެއްޖެ.. އެޓް ލީސްޓް ލައުގެ ޕާޓްނާ އަކަށް ވާނީ އަހަރެންގެ އިތުބާރު ހުރި މީހެއްވިއްޔާ.. އިންޝާ ﷲ..” ވިޝާލް އުންމީދާއެކު ބުނެލިއެވެ. “ލައުގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބުނުތަ..؟” ވިޝާލް ސާހިލްގެ ކަންފަތް ދަށުގައި ވައި އަޑުން އަހާލިއެވެ.
“އާން.. ޔަގީނެއްނު.. މިއުޅެނީ ޕްރޮޕޯސް ކުރަންކަމަށް..” ސާހިލް ވަގުތުން ޖަވާބު ދިނެވެ. “ސުބުޙާނަﷲ.. މިހާރު ތިހާ ހިސާބަށްވެސް ގޮއްސިތަ.. ސާހިލް މަށަށް އަންގާވެސް ނުލައި..” ވިޝާލް ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި އަޅާލަމުން ބުނެލިއެވެ.
އެވަގުތުވީ ވަސީލް ވިޝާލް އަށް ގާޒީ އައުމުން ގޮވާލި ވަގުތެވެ. ކުޑަ ސިކުންތު ކޮޅަކަށް ނަމަވެސް އޭނާގެ ހަނދާނުން އެއީ އޭނާގެ ކައިވެނި ކުރެވޭ ވަގުތުކަން ހަނދާން ނެތުނެވެ. ހަމަ އެއާއި އެއްވަރުގެ އުފާވެރި ޚަބަރެއް ލުބުމުން ވާނީވެސް އެހެންނެވެ.
ކޮންމެ އުސްގަނޑަކަށްފަހު އަޑި ގަނޑެއް އަންނާނެ އޭ މީހުން ބުނެ އުޅޭ ނޫން ހެއްޔެވެ. ކޮންމެ އުފާވެރި ކަމެއްގެ ފަހަތުގައި ދެރަވާ ކަމެއްވެސް ފޮރުވިފައި ހަމަ އޮވެދާނެ އެވެ. އަދި ކޮންމެ ދެރަކަމެއްގެ ފަހަތުގައި ކޮންމެވެސް ރަނގަޅު ކަމެއް ފޮރުވިފައި އޮވެދާނެ އެވެ. އެއީ ދުނިޔޭގެ ގާނޫނެވެ. އުސޫލެވެ. މާތް ﷲ އެކިމީހުންނަށް މިންވަރު ކުރައްވަނީ އެކި ރިޒުޤު ތަކެވެ. އެކި މިންވަރަށެވެ. މާތް ﷲ އެއްވެސް މީހަކަށް އެމީހަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އަހަރެމެން އިންސާނުން ޖެހޭނީ މުސީބާތެއް ކުރިމަތި ވިއަސް ކެތްތެރިކަން އިސްކުރާށެވެ. ހަގީގީ ފަލާޙާއި ކާމިޔާބު ލިބޭނީ ކެތްތެރިވެ ދުނިޔޭގެ އިމްތިޙާނުން ފާސްވެގެނެވެ.
އެގޮތުން ވިޝާލްގެ ހަޔާތުގައި ވެސް އޭނާ ދެކޭގޮތުގައި އެއީ އޭނާ އަށް އުފާވެރި ދުވަސްވެރެކެވެ. އުފާވެރި ދުވަހެއްގައި ހަމަ އެހެން އުފާވެރި ޚަބަރެއް ލިބުމުން މީހުންނަށް އެހެން އިހުސާސް ކުރެވުމަކީ އިންސާނީ ތޮބީއަތެވެ. މިއީ ވިޝާލްގެ ހަޔާތުގެ ޞަފްޙާގައި ވެސް ލިޔެވުނު އެންމެ އުފާވެރި އެއް ދުވަހެވެ. މިއުފާވެރި ކަމުގެ ފަހަތުގައި މިއީ ތޫފާނެއްގެ ކޮޅުމަތި ނޫންބާއެވެ. ތޫފާނެއް އައުމުގެ ކުރިން ވެސް ދުނެޔެމަތި ރީތި ވެލައި މޫސުން ރަނގަޅު ވެލައި ހަމަހިމޭންވޭ ނޫން ހެއްޔެވެ.
***
ވިޝާލް އާއި ޒިލާގެ ކައިވެނި ކުރެވުނެވެ. ވިޝާލް އަށް ކައިވެނީގެ މޭޒު ކައިރީ އިނދެ ހިފާލެވުނީ ކައިރީގައި އިން ޒިލާގެ އަތުއެވެ. ނުވަތަ އޭނާގެ އަނބިމީހާގެ އަތުގައެވެ. ވިޝާލް އަށް އިހުސާސް ކުރެވުނީ ޒިލާގެ އަތުގެ ފިނިކަމެވެ.
ފިނިވެފައި އިން ޒިލާ އަށް އަދިވެސް ހީވަނީ އުޅެވެނީ ހުވަފެނީ އާލަމެއްގައި ހެންނެވެ. ހަގީގަތެއްކަން ގަބޫލު ކުރަން އަދިވެސް އެހިތް ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ކުރިމަތިން ފެނުނު މަންޒަރުންނާއި އިވުނު އަޑުން މިހާރު އޭނާ އަށް ހީވާން ފަށައިފިއެވެ. އޭނާ އަކީ މިހާރު ވިޝާލްގެ އަންހެނުންނޭ ހިތަށް އެރިއަސް މެއަށް ހީވަނީ ފާޑެއްގެ ހީލިގަނޑެއް އަރާހެންނެވެ. ބަނޑުގައި ހީވަނީ ކޮކާ އުދުހޭ ހެންނެވެ. ހިތްވެސް ދިޔައީ އޭގެ އެންމެ ބާރު މިނުގައި ތެޅެމުންނެވެ.
ކައިވެނި ކުރެވުނު ޖޯޑު ހުއްޓިލީ ގޭތެރޭގައި ކުޑަކޮށް ޑިޒައިން ކޮށްލާފައި އިން ތަންކޮޅެއްގައެވެ. އޭސީގެ ފިނިން މުޅިމާޙާއުލު ފިނިކޮށްލާފައި ހުއްޓަސް ޒިލާގެ ނިތްކުރިމަތިން ކުދި ދާތިކިތައް ދިޔައީ ވިދާ ބަބުޅަމުންނެވެ.
މަޑުމަޑުން ދައުވަތު އެރުވުނު މީހުން އަންނަމުންދިޔައެވެ. އާއިލާ އާއި ރައްޓެހިންނަށް ދައުވަތު ދިނަސް މީހުންގެ އަދަދު ދުއިސައްތަ އަށްވުރެއްވެސް އިތުރުވާނެއެވެ. މަޝްހޫރު ވިޔަފާރިވެރިންވެސް އަންނަމުން ދިޔައެވެ. މީގެއިތުރުން ވިޝާލްގެ ރައްޓެހިންނާއި ޒިލާގެ ކުލާސްކުދިންނާއި ރައްޓެހިންނާއި ލައުރާގެ ރައްޓެހިންނާއި ކުލާސް ކުދިންނާއި އަދި ފަރީހާގެ އާއިލާ ފަރާތުންވެސް މީހުން ތިއްބެވެ. ލިއުޝާ އާއި ވަސީލް ދައުވަތުން ދިން މީހުންގެ އަދަދުވެސް ސަތޭކަ އަށް އަރައިފާނެއެވެ.
ފަހަރަކު މީހަކު ވަންނަމުން ވަންނަމުން ގޮސް މާޙައުލުގައި މިހާރު ވަނީ ހަލަބޮލި ކަމެވެ. ވިޝާލްގެ ގާތް ތައްޓެއްސަކު އެދެމީހުންގެ ފޮޓޯ ނަގަމުންދިޔައެވެ. އަންނަނީ ހުސް ގާތް މީހުންކަމުން ކޮންމެ މީހަކުވެސް ދަނީ ފޮޓޯ އެއް ނަގާލައިފައެވެ.
ބުއިންތައް އަތުރާފައި ހުރި މޭޒު ކައިރީގައި ލައުރާ މަޑުކޮށްލައި އެތަނުން ސްޕްރައިޓް ތައްޓެއް އަތައް ނެގިއެވެ. އެއްކައިރިއަކަށް ޖެހިލައި އޭގެން ކޯވަރެއް ބޯލަ ބޯލައި އިނެވެ. އެހެން ހުރެފައި ފަރާތް ފަރާތައް ކަޅި އުކަނީ ހިތް އެދޭ ބައިވެރިޔާ ލޮލުގެ ކުރިމަތިން ފެނޭތޯއެވެ. “ތިހޯދަނީ އަހަރެންތަ..؟” ނިކަން ކައިރިން އިވުނު ފިރިހެންވަންތަ އަޑުން ލައުރާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ތަށިވެސް ގަޔައް ބަންޑުން ނުވީ ކިރިޔާއެވެ.
“ނު.. ނޫން.. އަހަ.. އަހަރެން ސާ.. ސާހިލް އެއް ނުހޯދަން..” ލައުރާ ދުރުބަލާލަމުން ބުނެލީ އަޅައި ގަންނަ ގޮތަކަށެވެ. ސާހިލްގެ ތުންފަތް މައްޗައް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނިފައި ކޮންމެ އަންހެން ކުއްޖަކުވެސް ފިދާވާން ތިބޭނީ ތައްޔާރައްކަން ޔަގީނެވެ.
“އެދުވަހު ފޯން ކަނޑާލިގޮތަށް އަހަރެންގެ ކޯލަކަށް ކީއްވެ ޖަވާބު ނުދެނީ..؟ އޭގެ ފަހުން ކޮލެޖް ބަންދުވީމައި ލައުރާ އާއި ދިމާވާނެ ގޮތެއްވެސް ނެތްވިއްޔާ” ސާހިލް ޝަކުވާ ކުރާގޮތަކަށް ބުނެލިއެވެ. “ނުކެރުނީ.. ސާހިލްގެ ކުރިމަތީގައި އަހަރެން ބޭޒާރުވީމައި.. އަހަރެން ދެން ކިހިނެތް..” ލައުރާ އިސްޖަހާލަމުން ބުނެލިއެވެ.
“އަހަރެން ދައުވަތެއް ދީފިއްޔާ ގަބޫލު ކުރާނަންތަ..؟ ސާހިލް ލައުރާ ކުރެން އަހާލިއެވެ. “ތިދޭ ދައުވަތެއްގެ ގޮތުން އެނގޭނީ.. އަހަރެންނަކީ ފިރިހެން ކުދިންނާއި އެކަހެރިކޮށް ވާހަކަ ދައްކައި ތަންތަނަށް ދާއުޅޭ ކުއްޖެއް ނޫން..” ލައުރާ ސާހިލް އަށް ބުނެލިއެވެ.
“ލައު ވާހަކަ އެއް ބުނަންތަ..؟” ސާހިލް ލައުރާގެ ދޮން މޫނަށް ފުންނަޒަރަކުން ބަލާލަމުން އަހާލިއެވެ. ލައުރާ މަޑުމަޑުން ބޯޖަހާލީ ކިރިޔާ ސާހިލް އަށް އެނގޭ ވަރަށެވެ. “އަހަރެން ލައު ފެނުނު ފުރަތަމަ ވަގުތުގައިވެސް ލައު ވަރަށް ކަމުދިޔަ.. ނޭނގެ އެއީ ކީއްވެގެން ކަމެއް.. އެކަމް.. އަހަރެންނަށް އެއްކަމެއް ޔަގީންވި.. އެއީ އަހަރެން މިހާރު ލައުއާއި ގަޔާވާކަން.. ލައު އައި ލަވް ޔޫ..” ސާހިލް އޭނާގެ ހިތުގެ އަޑު ލައުރާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




Vara salhi mi Bai ves Masha Allah ???????
Waiting for the next part ☺️☺️☺️☺️☺️
jazaakallah khairan kookie
Me first dho ?????
yh
Mi part ves vrh sali❤️❤️❤️
Masha Allah❤️❤️❤️
Aleyy wow fainally zilaa and Vishal kaaveni kuree dhw ❤️❤️❤️❤️❤️
And vrh happy shahil Vs Laura ah loabi hushaeleemee ❤️❤️❤️❤️
Lauraa bunaan keekey baa anehkaa so❤️❤️❤️ curiou❤️❤️❤️
Waiting for the next part ❤️❤️❤️
Love uuuu ❤️❤️❤️
Stay safe and sound ❤️❤️❤️
jazaakallah khairan ril
varah salhi ingey.. konirakun anehbaiii
jazaakallah khairan Anonymous
Vrh vrh reethi mi prt vx ?????Maasha Allah ???????curiously waiting for the nxt prt ?????lve u
jazaakallah khairan shyn
V salhi mi part❤❤❤
Laura and saahil dho
Laura bunaanee keekeh baa??
Soo curious???
Waiting for tha next part
Stay home stay safe ❤❤❤
jazaakallah khairan am
? varah reethi mi part ves ? Maasha Allah ? wait for the next part ??????????????????????
jazaakallah khairan nuzu
wow varah reethi mi part ves?????????? sis ge mi story varah reethi???
jazaakallah khairan jumaa