Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ 8

Annna Level 510 Stories100 Comments100 Login
January 2, 2021 5 Mins Read
2 Comments

އަށްވަނަބައި

ކަޅުފޮއެ ރެއެކެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ގުނާ އަދަދު ނުކުރެވޭ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އިން މާކިއަން ދިޔައީ ކަންފަތުގައި ޖަހާފައި ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ.

***

“ޝިމް ބޭބީ.. އަހަރެން މިހުރީ މިހާރު މާލޭ ގައޭ..” މާކިއަން ލޯބިވެތި ގޮތަކަށް ފޯނުގެ އަނެއްފަރާތުން ވާހަކަ ދައްކަމުން ދިޔަ މީހަކާ މުޚާތަބު ކުރިއެވެ. “އަސްލުތަ މާކް.. އޯ އައިމް ސޯ ހެޕީ.. ކޮން އިރަކު ދެމީހުން މީޓް ވާނީ މާކް” ފޯނުގެ އަނެއްފަރާތުން ވާހަކަ ދައްކަމުން ދިޔަ މާކިއަންގެ ލޯބިވެރިޔާ، ޝިމްނާ އާއި އެވެ.

އެދެމީހުން ލޯބިވެރިންގެ ހައިސިއްޔަތުން އެތައް ވާހަކަ އެއް ދައްކަމުން ދިޔައިރު މާކިއަން އަށް ނޭނގުނީ އޭނާގެ ވާހަކަ އަޑު އަހަން ފަހަތުގައި މީހަކު ހުރިކަމެވެ. މާކިއަން އެތައް އިރެއްވީފަހުން ފޯން ކޯލް ކުރުކޮށްލުމަށްފަހު ފަހަތައް އެނބުރުނީ ޕާރޓީ އަށް ނިކުންނަން ވެގެނެވެ.

މާކިއަން ސިހުނީ ދާދި ގާތުގައި އިން އަންހެން ކުއްޖާ ފެނުމުންނެވެ. ސިއްސައިގެން ދިޔަވަރުން އަތުގައި އޮތް ފޯނުވެސް ބިންމައްޗައް ވެއްޓުނެވެ. “ހޫ ދަ ހެލް އާ ޔޫ..” ފޯނު ނަގަމުން މާކިއަން ބުނެލީ ރުޅިވެރި ކަމާއެކީ އެވެ.

“ހެލްލް..؟ ހެލްލް..؟؟ ހަހަ.. އޮފް ކޯސް.. އަހަރެން މިއައީ ކަލޭގެ ދިރިއުޅުން ނަރަކަ އަށް ހަދާލަން..” ކުރިމަތީގައި އިން ނުދަން އަންހެން ކުއްޖާ ބުނި ލަފުޒުން މާކިއަންގެ ދެބުމަށް ގަތާލެވުނެވެ. “ހެއި މައި ފިއުޗާ ބޯއިފްރެންޑް މާ.ކި.އަ.ންން.. އައިމް ފިރާ.. ޔުއާ ފިއުޗާ ގާލްފްރެންޑް..” ކުރިމަތީގައި އިން ފިރާ ވިހަ ހިނތުންވުމަކާއި އެކީ ބުނެލިއެވެ. ދެން އެދެމެދުގައި ދެކެވުނު ވާހަކަތައް އެނގޭނީ އެދެމީހުންގެ އިތުރުން ހެއްދެވި ފަރާތަށެވެ.

***

“ތުއްތު..؟ ތުއްތޫ!!!” ލައުރާ ނިކަން ބާރަށް ގޮވާލިއެވެ. “ކި.. ކީކޭ.. ހާދަ ބާރަކަށް ތިގޮވަނީ..” މާކިއަން ސިހިފައި ބުނެލިއެވެ. “ކޮންކަމަކާތަ މާވަރަކަށް ތިވިސްނަނީ..” ލައުރާ އަހާލިއެވެ. “ކާކު ކޮންކަމަކާ ވިސްނަނީ އޭ..؟” އެތަނަށް އައިސް މަޑުކޮށްލި ވިޝާލް އަހާލިއެވެ. ފަހަތުން ޒިލާވެސް އައެވެ. ޒިލާ އައިސް އިށީންނީ ލައުރާ އާއި ޖެހިގެންނެވެ. ވިޝާލް، މާކިއަން ގާތު ހަމަޖެހިލިއެވެ.

“މީހެއްނޫން.. އެއީ ވިޝާލް ހަނީމޫން އަށް ދާން ވިސްނަނީ ކޮންއިރަކުތޯ ލައުރީ ގާތު މިއަހާލީނު..” ވިޝާލް މާކިއަން އަށް ވުރެ ދޮއްޓަސް މާކިއަން ވިޝާލް އާއި މުޚާތަބު ކުރަނީ ނަމުންނެވެ. ދެމީހުން ނަކީވެސް ގާތް ގަނޑަކަށް އެއްކޮށް ބޮޑުވި ދެކުދިންނެވެ. ދެބެން ދެދަރިއަށްވުރެ ވިޝާލް އާއި މާކިއަން ދެކެނީ ގާތް ރަހުމަތްތެރިންގެ ގޮތުގައެވެ.

ލައުރާ މާކިއަން އަށް ދެލޯ އަޅާލިއެވެ. ޒިލާ އިސްއޮބާލީ ލަދުންނެވެ. ވިޝާލް ޒިލާ އަށް ބަލާލާފައި ހިމޭންކަން އިޚްތިޔާރު ކުރިނަމަވެސް ތުންފަތުގައިވީ އަންހެން ކުދިންގެ ހިތްލަންބުވާލާފަދަ ރީތި ހިނިތުންވުމެކެވެ. “ހަތަރު ކުދިންވެގެން ކަމަކާ މަޝްވަރާ ކޮށްލަނީ..؟” އެތަނަށް އައިސް މަޑުކޮށްލި ވަސީލްގެ ދެމަފިރިން އަހާލިއެވެ.

“އެއީ ކަމެއްނުވޭ ބައްޕާ..” އެންމެ އަވަހަށް ޖަވާބު އައީ ވިޝާލްގެ ފަރާތުންނެވެ. ވަސީލް ހިނިތުން ވެލާފައި ވިޝާލް އަތަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. ވިޝާލް ވަސީލްގެ މޫނަށް ބަލާލީ މީ ކޮންއެއްޗެއްހޭ އަހާފަދައަކުންނެވެ.

“ތި ސިޓީ އުރައިގައި އޮންނާނީ ދެކޮޅު ޓިކެޓު.. އެއީ ބައްޕަ އާއި މަންމަގެ ފަރާތުން ތިދެކުދިންނަށްދޭ ހަދިޔާއެއް..” ވަސީލް ސިޓީ އުރައަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “ކޮންތާކަށް..؟” ވިޝާލް އަށް ވުރެ ކުރިން ލައުރާ އަހާލިއެވެ. “ފްރާންސް އަށް.. ހަމަ އެކަނި ވިޝާލް އާއި ޒިލާ އަށް..” ފަހު ޖުމްލަ އަޑު އިވިފައި ލައުރާގެ މޫނުމަތީގެ ވިދުން ގެއްލުނެވެ.

“ކޮން އިރަކަށް ހަމަޖެއްސީ..؟” ވިޝާލް އަހާލިއެވެ. “މީގެ ދެމަސް ފަހަށް ޓިކެޓު ލިބުނީ.. އެހެންމާ ދެމަސްފަހުން..” ލިއުޝާ ބުނެލިއެވެ. އެހެން އިނދެފައި މާކިއަން އެތަނުން ދިޔައެވެ. ވަސީލް އާއި ލިއުޝާ ދެމީހުން ދެމީހުންނަށް ބަލާލާފައި ބޯޖަހާލިއެވެ.

“ދަރިފުޅާ ލައުރާ.. މާދަން އަންނާނެ ދަރިފުޅާ ބައްދަލު ކުރަން ބަޔަކު.. މެންދުރައް ތައްޔާރުވެގެން ހުންނައްޗޭ..” ވަސީލް ލޯބިވާ ދަރިފުޅައް ބަލާލަމުން ބުނެލިއެވެ. ލައުރާވެސް އުފާވެލާފައި ބޯޖަހާލިއެވެ. ލައުރާ ވިސްނާލިއެވެ. އޭނާ އާއި ބައްދަލު ކުރަން އަންނާނީ ކޮން ބައެއް ހެއްޔެވެ. އޭނާ ކައިރިއަށް އަންނަން ވީކީއްކުރަން ހެއްޔެވެ. މިވަގުތު ނޭނގުނަސް މާދަން އިނގޭނެ ނޫން ހެއްޔޭ ލައުރާގެ ހިތަށް އެރިއެވެ.

ވަސީލް ޓީވީ ބަލަން ފެށުމުން ލައުރާ ޒިލާ ގޮވައިގެން އޭނާގެ ކޮތަރިއަށް ވަނެވެ. “ޒިލްލް.. އިނގޭތަ..؟ ސާހިލް ޕްރޮޕޯސްޑް މީ..!!!” ޒިލާ އަށް ރަނގަޅަސް ކޮޓަރިއަށް ނުވަދެވިގެން އުލެނިކޮށް ލައުރާ ބުނެލިއެވެ. ޒިލާގެ ފަހަތުން ވިޝާލް އައި ކަމެއް އެދެކުދިންނަކަށް ނޭނގުނެވެ. ވިޝާލް އަށް ލައުރާ ބުނިބަސް ރީއްޗައް އަޑު އިވުނެވެ.

އޭނާވެސް ނުލެއްޕި ހުރި ދޮރު ކައިރިއަށް ޖެހިލީ ލައުރާ ދިން ޖަވާބު އެނގުމުގެ ބޭނުމުގައެވެ. “ހުމްމްމ.. ދެން ލައު ދިނީ ކޮން ޖަވާބެއް..؟” ލައުރާގެ އެނދުގައި އިށީންނަމުން ޒިލާ އަހާލިއެވެ. “ޔެސް އޮފް ކޯސް..” ލައުރާ އުފާވެލާފައި ބުނެލިއެވެ. “އަސްލުތަ..؟ އައިމް ވެރީ ހެޕީ..” ޒިލާ ތެދުވެގެން ގޮސް ލައުރާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

ދޮރު ކައިރީގައި އިން ވިޝާލް އަށް ޔެސް އޭ ބުނެލެވުނީ އިޚްތިޔާރުން ބޭރުގައެވެ. “ބްރޯ.. ސިއްރުން ކޮންކަމެއް ކުރަނީ..” ވިޝާލް ސިއްސައިގެން ދިޔައީ ކަންފަތް ދަށުން މާކިއަންގެ އަޑު އިވުމުންނެވެ. ވިޝާލް އެއްޗެކޭ ނުބުނެ މާކިއަންގެ އަތުގައި ހިފައިގެން ގޮސް މާކިއަންގެ ކޮޓަރިއަށް ދެމިގަތެވެ. އަދި ފޯނުނަގައި ސާހިލް އަށް ގުޅަން ޑައިލް ކޮށްލިއެވެ.

“އައްސަލާމް އަލައިކުމް ވިޝާލް..” ސާހިލް އާދައިގެމަތިން ރިވެތި ސަލާމުން ފެށިއެވެ. “ހުމްމް.. ވިޝާލް އެއް ނޫނޭ ކިޔަންވީ.. ލައު ގޮވާހެން ދޮންބެ ކިޔާފަ ގޮވާބަލަ..” ވިޝާލް މިހެން ބުނުމުން ސާހިލްގެ އަޑެއް ނީވުނެވެ. ހީވަގޮތުން ސާހިލް ސިހުނީ އެވެ. “އެނ އޭން.. ކީކޭ ތިކިޔަނީ..” ސާހިލް ނޭނގޭ ކަމަށް ހެދިއެވެ. “ހުމްމ.. އަހަރުންނަށް އޮޅުވާލަން ދޯ ތިއުޅެނީ.. މިހާރު އެނގިއްޖެ ލައު މިރޭ ބޭރަށް ދިޔަކަމެއް.. ކޮންގްރާ އެނގޭ ބްރޯ… އައިމް ވެރީ ހެޕީ..” ވިޝާލް މިހެން ބުނުމުން ސާހިލް އުފާވިއެވެ. ވިޝާލް ހުރީ ފޯނު ސްޕީކަރަށް ލައިގެން ކަމުން މާކިއަންއަށްވެސް ވާނުވާ އޮޅުން ފިލިއެވެ.

މާކިއަން އެއް މިޔަނަކުން ހީލިއެވެ. ވިޝާލް ދެން ފަހުން ގުޅާނަމޭ އޭ ކިޔާފައި އެވަގުތު އެފޯން ކޯލް ކުރުކޮށްލިއެވެ. “އޭ.. ލައު ކުއްޖަކާއި ރައްޓެހިވީތަ.. އައި ކާންޓް ބިލީވް..” މާކިއަން ބުނެލިއެވެ. އޭނާ ވެސް ހުރީ އުފާވެފައެވެ.

***

ޖެހިގެން އައި ދުވަހެވެ. ރަތްދަކަ އަވިދީފައި އޮތް ވަގުތު ލިއުޝާ އާއި ޒިލާ އުޅުނީ ބަދިގޭގައި ހަރަކާތް ތެރިވެއެވެ. މޭޒުމަތީގައި ފަސްވައްތަރެއްގެ ކާނާ އަތުރާފައި ލިއުޝާ އާއި ޒިލާ އެކެއް ޖަހަން ވާއިރަށް ތައްޔާރު ވެލައިގެން ލިވިންގ ރޫމަށް ނިކުތެވެ. އޭރު ވިޝާލްވެސް ބްރޭކް ގަޑިއަށް ގެއަށް ވަދެގެން އަންނަނީ އެވެ.

މާގިނައިރެއް ނުވެ ވަސީލް ވެސް އައިސް ވަނެވެ. ފަހަތުން ދެބައި އުމުރެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ޒުވާން ފިރިހެން ކުއްޖެއްވެސް ވަދެގެން އައެވެ. އެމީހުން އައިސް އިށިންދެލީ ވަސީލް ދެއްކި ސޯފާގައެވެ. ލައުރާ އާއި ޒިލާ އާއި ވިޝާލް އެއް ސޯފާއެއްގައި އިށިންނެވެ. މާކިއަން ފަތިހު ފްލައިޓުން އޭނާގެ ބައްޕަގެ ކައިރިއަށް ލަންޑަނަށް ފުރިއެވެ.

“ދަރިފުޅާ މިއީ ރާހިން އާއި އޭނާގެ މަންމަ ހައުލާ އާއި ބައްޕަ ރާޝިދް.. ރާޝިދް، މިއީ އަހަރެންގެ އެންމެ ދޮށީ ދަރިފުޅު ވިޝާލް އާއި އޭނާގެ އަންހެނުން.. ދެން މީ އަހަރެންގެ ހަގު ދަރިފުޅު ލައުރާ..” ވަސީލް އެންމެން އެންމެނަށް ތައާރަފު ކޮށްދިނެވެ. ލައުރާ އެންމެނަށްވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. ރާހިން ލައުރާ އަށް ބަލަން އިންގޮތުން ލައުރާ އަށް އުނދަގޫ ކަމެއް އިހުސާސް ކުރެވުނަސް އެކަމެއް ނުދައްކައެވެ.

“ދަރިފުޅާ ލައުރާ.. މިއީ ދަރިފުޅު ވާން އުޅޭ ފިރިމީހާ ރާހިން.. އެނގޭ..” ވަސީލް ދެން ބުނި ޖުމްލައަކުން ލައުރާ އެނބުރުން ނޭރީ ކިރިޔާއެވެ. ކަންފަތް ދަށުގައި ހީވީ ހޮނު ގުގުރިއެއް ޖެހިހެންނެވެ. ލައުރާގެ ދެލޯ ބޮޑުވެފައި އިނދެވުނީ ދެންމެ ވަސީލް ބުނި ޖުމްލަ އެއިވުނީ ރަނގަޅައް ތޯއޭ ހިތައް އަރަމުންނެވެ. “ކީކޭ..” ލައުރާ ނިކަން އުނދަގުލުން އަނެއްކާވެސް އަހާލިއެވެ.

“ރުހާން އާއި ދަރިފުޅުގެ ކައިވެނި ވާނީ ހަމަޖެހިފައި..” ވަސީލް އުފާވެފައި މިހެން ބުނެލީ ލޯބިވާ ދަރިފުޅުގެ ޚިޔާލެއް މިކަމަށް އަހާވެސް ނުލައެވެ. ލައުރާގެ ބޮލަށް ހީވީ ގެވެއްޓުނު ހެންނެވެ. ވިޝާލް އާއި ޒިލާ ތޯއެވެ. ލައުރާގެ ހާލަށް ހަމްދަރުދީވެފައި ދެމީހުންވެސް ނަޒަރު ހިންގާލެވުނީ ލައުރާ އަށެވެ. ލިއުޝާ އަށް މިކަން ފާހަގަ ވިއެވެ. ނަމަވެސް ހަނު ހުރީ ފަހުން އެވާހަކަ ދައްކާށެވެ.

ރުހާންގެ މޫނުމައްޗައް ވެރިވި ހިނިތުންވުމުން އެނގުނީ ލައުރާގެ ހާލަތު އެނގިގެން ހުރި މީހެއް ހެންނެވެ. ނަމަވެސް އެތަން އެއްވެސް މީހަކަށް ނުފެނުނީ އަމިއްލަ ދުނިޔެއަކު އެބަޔަކު ތިބުމުންނެވެ.

ލައުރާ އެބައަންނަމޭ ކިޔައިފައި ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަތް ކަމެއް ނޭނގެއެވެ. ލައުރާގެ ބަޑި ފަޅައިގެން ދިޔައެވެ. އެނދުމައްޗައް ވެއްޓިގަތް ގޮތަށް ގިސްލަ ގިސްލާފައި ލައުރާ ރޯން ފެށިއެވެ. ސާހިލް އާއި އޭނާގެ ގުޅުމަށް ސައުވީސް ގަޑިއިރު ނުވަނީސް އެގުޅުން ނިންމާލަން ޖެހުނީ ހެއްޔެވެ؟ ސާހިލް ނޫން އެހެން މީހަކާއި އެއްކޮށް އޭނާ އުޅޭ ކިހިނެތް ހެއްޔެވެ؟ އުމުރުގައި ވެވުނު ފުރަތަމަ ލޯބިވެސް ވީ ގުރުބާން ކުރަން ހެއްޔެވެ؟

ލައުރާގެ ހިތުގައި ވަސީލް އާއި މެދު އެތައް ޝަކުވާއެއް އުތުރި އަރަނީއެވެ. ނުވެސް ދަންނަ މީހަކާއި ކައިވެނި ކުރަން ޖެހުނީ ހެއްޔެވެ؟ އޭނާ ކައިރީގައި އަހާލުމެއްވެސް ނެތި އޭނާގެ ކައިވެނި ހަމަޖެއްސީ ހެއްޔެވެ؟ މިކައިވެންޏާމެދު އޭނާ ހިތްހަމަ ނުޖެހުނަސް ޖެހޭނީ ކުރަން ބާވައެވެ؟ އެތައް އިރަކު ލައުރާ އެހެން ރޯން އޮތެވެ.

އޭގެފަހުން ލައުރަ ކޮޓަރިންވެސް ނުނިކުމެއެވެ. މިކަމާ ރަޝީދް އާއި ހައުލާ ހިތްހަމަ ނުޖެހުނަސް ހިންދާލީ އެމީހުންގެ ބޭނުން ފުރިހަމަ ވާން އުޅުމުންނެވެ.

***

އެރޭގައި ސާހިލް ގުޅުމުން ބޮލަށް ތަދުވާ ވާހަކަ ބުނުމަށްފަހު ކޯލު ކުރުކޮށްލިއެވެ. ފޯނު ކޯލް ކަނޑާލި ތަނާހެން ލިއުޝާ އައިސް ވަނެވެ. “ދަރިފުޅު މިކައިވެންޏާ މެދު ހިތްހަމަ ނުޖެހޭތަ..؟” ލިއުޝާ ދުރު ދުރުން ނުގެންގޮސް ސީދާ މައުޟޫ އަށް އަށް ޖެހިލިއެވެ.

“ތެދައް ބުނަން މަންމާ.. އަހަރެން އުޅެނީ ކުއްޖަކާއި ރައްޓެހި ވެގެން.. އަދި އޭނާ އާއި ވަކިން އަހަރެން އެންމެ ހިނދަކަށްވެސް ނޫޅެވޭނެ.. މަންމާ.. ބައްޕާއި ވާހަކަ ދައްކާލަދީ.. މިކައިވެނި ހުއްޓުވާ.. ޕްލީސް މަންމާ..” ލައުރާ އާދޭހާއި އެކު ބުނެލިއެވެ.

“ލައްބަ ދަރިފުޅާ.. މަންމަ ބައްޕަ އާއި ވާހަކަ ދައްކާނަން… ނުވެސް ކައެއްނު ތިއޮތީ..؟” ލައުރާގެ ބޮލުގައި ލޯބިން ފިރުމާލަމުން ލިއުޝާ ބުނެލިއެވެ. “ނެތް ކާހިތެއް މަންމާ..” ލައުރާ މަންމަގެ އުނގުގައި ބޯއަޅާލަމުން ބުނެލިއެވެ. “ދެން އަވަހަށް ނިދާލާ.. މަންމަ މިދަނީ ބައްޕަ ކައިރީ ގައި ބުނަން އެނގޭ..” ލިއުޝާ ލައުރާގެ ނިތަން ދޮނެއް ދީފައި ނިކުމެގެން ދިޔައެވެ.

ލައުރާ ކުޑަކޮށް ހަމަ ޖެހުނަސް ނިދޭ ގޮތެއް ނުވިއެވެ.

***

“ވަސީލް..” ފާހަނައިން ނިކުތް ވަސީލް އަށް އެނދުމަތީގައި އިން ލިއުޝާ ގޮވާލިއެވެ. “ކީކޭ ލިއު.. ހާދަ ހީވެއޭ ވާހަކަ އެއް ބުނަން އުޅޭހެން..” ލިއުޝާގެ މިޒާޖު ހިތުދަސްކޮށްގެން އިން ވަސީލް ބުނެލިއެވެ. “މިކައިވެނި ހުއްޓުވަންވީނު..؟” ދެއަތް މޮޑެމުން ލިއުޝާ ބުނެލިއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ލޯބިވާ ޔާރާ 1

Next

ފަތްގަނޑު ފުރޭތަ 10

Next
January 3, 2021

ފަތްގަނޑު ފުރޭތަ 10

Previews
January 2, 2021

ލޯބިވާ ޔާރާ 1

2 Comments!

  1. A aaR says:
    January 2, 2021 at 9:26 pm

    here is the 8 th part. hope you all loved it… enjoy and

    1. A aaR says:
      January 2, 2021 at 9:26 pm

      stay safe.. TC.. Love

Comments are closed.

Next Episodeލޯބިވާވަރު އަންގަދޭހިތްވޭ (ފަހުބައި)←


All Right Reserved!