އައިނާ (3) 1
އިރުކޮޅެއް ފަހުން ދެން ފެށިގެން ކުރިއަށް ދިޔައީ ކައިވެނީގެ އުފަލުގައި ބާއްވާ ވަލީމާ އެވެ. ދެޖޯޑު ގޮސް މަޑު ކޮށްލީ ދެ ސްޓޭޖް ގައެވެ. އައިނާ އާއި ހިޝާން އަތުގުޅުވާލައިގެން ތިބި އިރު ހީވަނީ ދުވަހަކުވެސް އެއަތުން ދޫނުކުރަން ތިބިހެންނެވެ. އެދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުމުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެދެމީހުންގެ އުނގައް ޖަމާވެފައިވާ ހެންނެވެ.
އެތައް އަޑި ގުޑަންތަކާއި އެތައް ހިތާމައަކާއި އެތައް ހުރަސް ތަކަކާއި އެކުވެސް މިއަދު އެދެމީހުން އެތިބީ ގުޅި ލާމެހިފައެވެ. އައިނާ އާއި ހިޝާން އަށް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް އެދެމެވެ.
***
ޕާރޓީ ކުރިއަށް ދިޔައީ ވަރަށް އަމާން އޮމާން ކަމާއެކީ އެވެ. އެޕާރޓީ ތެރޭގައި ހަރަކާތް ތެރިވާ އެތަކެއް މެހެމާނުން ތަކަކާއި އެތަކެއް ވެއިޓަރުންވެސް ހަރަކާތް ތެރިވަމުން ދިޔައެވެ. ބުފޭގައި އަތުރާފައި ހުރި އެކިކަހަލަ މީރު ކާތަކެތީގެ ވަށައިގެންވެސް މީހުން ތިއްބެވެ. އެކި އުމުރުފުރައިގެ މީހުންނެވެ.
ގަޑީގެ ކައްޓަކީ އެކަކަށްވެސް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. ވަގުތު ހިނގަމުން ގޮސް، އެޕާރޓީ އަށްވެސް ނިމުން އައެވެ. މެހެމާނުން މަދުވަމުން މަދުވަމުން ގޮސް ތަން އެއްކޮށް ހުސްވިއިރު ތިބީ އެއާއިލާގެ މީހުން އެކަންޏެވެ. ޕާރޓީ ނިމުމާއެކު ކުރިއަށް ދެން ދިޔައީ ފޮޓޯ ސެޝަން އެކެވެ.
އައިނާ އާއި ހިޝާންގެ އިތުރުން އަޝްހާ އާއި ނައިލް ގެ ރީތި ފޮޓޯތަކެއް އެޕާރޓީގެ ފޮޓޯ ގްރާފާ ނަގައިދިނެވެ. އާއިލާގެ މީހުންނާއި އެއްކޮށާއި އެދެ ޖޯޑު ވަކިން ނުހަނު ރީތި ފޮޓޯ ނަގައި ދިނެވެ.
ފޮޓޯ ނެގުމަށްފަހު އާއިލާގެ ހުރިހާ އެންމެންވެގެން ކެއުމަށް އިންސާފް ކުރީއެވެ. އައިނާ އާއި ހިޝާން ގެ އިތުރުން އަޝްހާ އާއި ނައިލް ތިބީ ކޮއްޅައް ހުރެ ހުރެ ފަޔައް ތަދު ވެފައެވެ. އެހެން ކަމުން އެހަތަރު މީހުންވެސް ބޭނުންވީ އަވަހަށް ތާކު އިށިން ދެލާށެވެ. އެންމެންވެސް ބުފޭ ކައިރިއަށް ގޮސް ކާތައްޓައް ކާއެއްޗެހި އަޅައިގެން އައިސް ކާންފެށިއެވެ.
ކައިނިމުމުން އިސްރާ ގޮސް އައިނާ، އައިނާގެ ކޮޓަރިއަށް ލިއެވެ. އެރެއަށް ޚާއްޞަ ކޮށް އަޝްހާ އާއި ނައިލް އަށްވެސް ވަނީ ހާޖަރާމަންޒިލް ގައި ކޮޓަރިއެއް ތައްޔާރު ކުރެވިފައެވެ. އެކޮޓަރި އަށް، އާޝިޔާ އަޝްހާ ގެންގޮސް ބެހެއްޓިއެވެ.
***
އިރުކޮޅަކު އަނީލް އާއި ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު ހިޝާން ވެސް ސިޑިން އަރައިގެން ގޮސް އައިނާގެ ކޮޓަރިއަށް ވަނެވެ. ކައިވެނި ކުރުމަށްފަހު ހިޝާން ބޭނުންވީ އައިނާގެ މަންމަގެ ކައިރީގައި އައިނާ ބަހައްޓާށެވެ. އެހެން ކަމުން ހިޝާން ވެސް އެގެއަށް ބަދަލުވީއެވެ.
ހިޝާން ދޮރުހުޅުވާލައިފައި އެތެރެއަށް ވަތްއިރު އައިނާ ފެންނާކަށްނެތެވެ. ފަރާތް ފަރާތައް ހިޝާންގެ ކަޅި ހިންގާލިއެވެ. އެކޮޓަރިތެރެ ވަނީ އެރެއަށް ޚާއްޞަކޮށް ޒީނަތްތެރި ކުރެވިފައެވެ. މުޅި ކޮޓަރި ހަމަ އެކަނި އޭސީގެ ފިނިން ފިނި ކޮށްފައި ވާއިރު އެނދުމަތީގައި ވަނީ ފިނިފެންމާ ފިޔައެވެ. އެޗް އަކުރަކާއި އޭ އަކުރެއް ހިތެއްގެ ތެރޭގައި ފިނިފެންމަލުގެ ފިޔަ އަތުރާފައި ހުއްޓެވެ. މުށިތަކުގައިވެސް ވަނީ ފިނިފެންމަލުގެ ފިޔައެވެ.
ކުޑަކޮށް ކެހިފައި ހުރި ދޮރުފޮތިތައް ފެނުމުން ހިޝާން އެދިމާލަށް ހިނގައިގަތެވެ. ބިއްލޫރި ގަނޑުން ބޭރު ބަލައިލިއިރު ބެލްކަނީގައި ރެއިލިންގައި އަތް އަޅުވައިލައިގެން އުޑައް ނަޒަރު ހުއްޓާލައިގެން އިން އައިނާ ފެނި ހިޝާންގެ މޫނަށް ހިނިތުން ވުމެއް ވެރިވިއެވެ. ހިޝާން ދޮރު ހުޅުވާލުމުން އައިނާ އެނބުރި ބަލާލާފައި ހިނިތުން ވެލިއެވެ. އަނެއްކާވެސް އެނބުރި ހަމަ އެހުރި ގޮތައް ހުއްޓުނެވެ.
ހިޝާން ވެސް އާދައިގެ ހިނގުމެއްގައި ގޮސް އައިނާގެ ފަހަތުގައި ހުއްޓިލައި އައިނާގެ ފަހަތުން ބައްދާލިއެވެ. އައިނާވެސް އޭނާގެ ބަނޑުގައި ވަށާލެވިފައިވާ ހިޝާންގެ އަތްތިލައިގައި އޭނާގެ އަތް ބާއްވާލަމުން ހިޝާންގެ މޭގައި ލައްވެލިއެވެ.
“ކިހިނެތްވެފަ ތިއިނީ ބޭރުގަ..؟” ހިޝާން އިރުކޮޅަކު ހުރުމަށްފަހު އައިނާ ކުރެން އަހާލިއެވެ. “ކަމެއްނުވޭ.. ހަމަ ވިސްނާލީ..” އައިނާ ޖަވާބުގައި ބުނެލިއެވެ. “ކޮންކަމަކާ..؟” ހިޝާން އަނެއްކާ އެހިއެވެ. “އެއީ ދެން އެކިކަންކަމާ.. އަހަރެމެން ހިނގި ސީދާ މަގު ދެކަފި ވި ގޮތާއި އަނެއްކާވެސް އެކި މަގު މަގުން ދަތުރުކޮށް އެއް މަގަކަށް އަހަރެމެން ދެމީހުންނަށް އެރި އަހަރެމެން ދެމީހުން ދާން އޮތް މަންޒިލް އަނެއް ކާވެސް އެއްތަނަކަށްވުން..” އައިނާ ބުނެލިއެވެ.
އެގޮތުގައި ދެމީހުން އިރުކޮޅަކު ތިއްބެވެ. “އަނާ.. އަހަރެން ދުވަހަކުވެސް އަނާ އާއި ދުރައް ދާކަށް ބޭނުމެއްނޫން.. އަހަރެން އަނާ ދެކެ ވަރަށް ލޯބިވޭ.. އަހަރެން ދެން ބޭނުންވަނީ އަނާ އާއި އެއްކޮށް އަހަރެމެންގެ މި ކުޑަ ދުނިޔެ އާރާސްތު ކުރަން.. އަނާ އާއި އެއްކޮށް މުޅި އުމުރުގެ ބާކީ އޮތް ބައި ހޭދަކުރުން..” ހިޝާން ވަރަށް ސީރިއަސް ކަމާއެކީ ބުނެލިއެވެ.
“އަހަރެންވެސް ހިޝާން.. އަހަރެންވެސް ހިޝާން ދެކެ ވަރަށް ލޯބިވޭ.. އަހަރެން ދުއާކުރަނީ އަބަދުވެސް އަހަރެމެން ދެމީހުން އުފަލުގައި އުޅުން..” އައިނާ ހިޝާން އާއި ދިމާ އަށް އެނބުރިލަމުން ބުނެލިއެވެ.
އައިނާގެ ބޮޑު ދެލޮލަށް ގެއްލިފައި ހިޝާން އަށް ހުރެވުނެވެ. ބުރުގާ އަޅައިފައި ހުރުމުން އިތުރައް ރީތި ކަމަށް ދައްކައެވެ. ހިޝާން ސިއްސައިގެން ދިޔައީ ނޭނގި ހުއްޓައި އައިނާގެ ފަރާތުން ލިބުނު ހަދިޔާ އަކުންނެވެ. ހީލާފައި އައިނާ، ހިޝާން ނުވިސްނައި ހުއްޓައި އެއަތުން ރެކިގެން ގޮސް ކޮޓަރިއަށް ވަނެވެ. ހިޝާންވެސް ހީލާފައި އައިނާ ފަހަތުން ވަނެވެ.
***
އާދުވަހަކަށް އިރުއެރީ އެކިމީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސަމުންނެވެ. އެއްބައި މީހުންގެ ކުރެހުން ތަކުގައި ކުލަ ފަނޑު ވަމުން ދިޔައިރު އަނެއް ބައި މީހުންގެ ކުރެހުމުގައި ދިޔައީ ދުވަކު ކުލަ ނުޖެހޭނެ ކަމުގެ އިށާރާތް ލިބެމުންނެވެ. އަދި ބައެއް މީހުންގެ ދިރި އުޅުމުގައި ވިއްސާރަ ދުނީގެ ހުރިހައި ކުލަތަކަކުން ފަވާލަމުން ދިޔައެވެ.
އެގޮތުން އައިނާ އާއި ހިޝާންގެ އިތުރުން އަޝްހާ އާއި ނައިލްގެ ހަޔާތުގައިވެސް ވަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ.
ހެނދުނު އަށެއް ޖެހިއިރު އައިނާ ކޮޓަރިން ނިކުތީ ބަދިގެ އަށް ދިއުމަށެވެ. އައިނާ ގޮސް ފުރަތަމަވެސް ބެލީ ހައިކަން ފިލުވައި ލެވޭތޯއެވެ. ކޮފީގިރާ މެޝިން ކައިރިއަށް ޖެހިލައި އައިނާ ކޮފީއެއް ހެދުމުގައި އަވަސްވެގަތެވެ. “ގުޑް މޯނިންގ އަނާ..” އައިނާ މޭޒުކައިރީގައި ކޮފީ އަށް އިންސާފު ކުރަން ހުއްޓާ އަޝްހާ އައިސް ވަނެވެ. “ގުޑް މޯނިންގ..” ރައްދުގައި އައިނާވެސް ބުނެލިއެވެ.
އަޝްހާ ވެސް ކޮފީއެއް ހިފައިގެން އައިސް އައިނާ ކައިރީގައި އިށީންދެލިއެވެ. “އަނާ ކޮބާ ހިޝާންބެ އަށް އިރު ނާރަނީ ތަ..؟” އަޝްހާ އަހާލިއެވެ. “ހޫމްމް.. ނައިލް އޯ..” އައިނާ ވެސް އަހާލިއެވެ. “ނައިލް އެބަ އުޅޭ ރީތިވެ އަހަރެމެން މިދަނީ އެގެއަށް ދާން.. އަނާ ނުދޭތަ..؟” އަޝްހާ އަހާލިއެވެ. “އަހަރެން ދާނީ ދިހައެއް ޖަހާ ކަންހާއިރު.. އަރިން ދާން ހުރިއްޔާ ގޮވައިގެން ދާންކަމަށް މިބަލަނީ.. އޭރުން އަރުޝްވެސް ފޫއްސެއް ނުވާނެއެއްނު..” ކޮފީ ޖޯޑުން އެތި ކޮޅެއް ބޯލަމުން، އައިނާ ބުނެލިއެވެ.
އަޝްހާވެސް ބޯޖަހައިލައިފައި ހުސްވެފައި ހުރި ކޮފީޖޯޑު ދޮވެލާފައި ހަރުގައި ބެހެއްޓިއެވެ. އަދި ނައިލް އާއިއެކު ސައިކަލުގައި ކްރިސްޓަލް ގެއަށް މިސްރާބު ޖެހިއެވެ. އައިނާވެސް ހުސްވެފައި ހުރި ޖޯޑު ދޮވެލާފައި އެއަށް ކޮފީ ގިރައިގެން ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
އައިނާ ކޮޓަރިއަށް ވަތްއިރު ހިޝާން ފެންވަރާލައިގެން ނިކުމެ ރީތި ވަނީ އެވެ. އައިނާ ހިނިތުން ވެލާފައި ގޮސް ހިޝާންގެ ކައިރީގައި މަޑު ކޮށްލިއެވެ. “ކޮބާ އަޝޫ އާއި ނައިލް..؟” ހިޝާން އިސްތަށިގަނޑު ސްޓައިލެއް ކޮށްލަމުން ބުނެލިއެވެ. “އެމީހުން ގޮއްސި އެގެއަށް..” އައިނާ ހިޝާންގެ ކުރިމައްޗައް އަރާ ގަމީހުގެ ގިރުވާން ރަނގަޅު ކޮށްލަމުން ބުނެލިއެވެ.
ހިޝާންވެސް ކައިރީގައި ހުރި އައިނާގެ އަޅި ކުލައިގެ ރީތި ދެލޮލައް ގެއްލިފައި ހުރެވުނެވެ. އަޅާފައި ހުރި ބުރުގާތެރެއިން އައިނާގެ ވަށްމޫނު ފެންނައިރު ހީވަނީ ފޮޅިފައި އިން ރީތި މަލެއް ހެންނެވެ. “އަހަރެންމެންވެސް ހިނގަދާން..” އައިނާ މިހެން ބުނަމުން، އަވަސް އަވަހަށް އަލަމާރި ކައިރިއަށް ޖެހިލީ އިރު އޮއްސެންދެން ވެސް ހިޝާން އެހެން ހުންނާނެކަން އެނގޭތީވެއެވެ.
ހިޝާންވެސް އައިނާ ގެނެސްފައި ހުރި ކޮފީ ތަށި ހިފައިގެން ބެލްކަންޏައް ނިކުމެލިއެވެ. އައިނާ އާއި ހިޝާން ތައްޔާރު ވެގެން ނިކުތް އިރު އިސްރާ ބަދިގޭގައި ހަރަކާތްތެރިވެ އުޅުނެވެ. އޭރު ގަޑިން ހެނދުނު ނުވައެއް ޖެހީއެވެ. އައިނާ ވެސް އިސްރާ ކައިރިއަށް ޖެހިލައި އިސްރާ އަށް އެހީވާން ފެށިއެވެ. ހަ އަހަރުގެ އަރިން އޭރު އޭނާ ގެންގުޅޭ ވާހަކަ ފޮތެއް ހިފައިގެން ސޯފާ ގައި އަނީލްގެ އުނގުގައި އިނެވެ.
ހިޝާންވެސް އައިނާ ނިމެދެން ސޯފާގައި އެދެބަފައިން ކައިރީ މަޑު ކޮށްލިއެވެ. ހެނދުނު ސަޔައް އިންސާފު ކުރަން އެކުޑަ އާއިލާ މޭޒު ދޮށުގައި ތިއްބެވެ. “ދަރިފުޅުމެން ތާކަށް ދާންތަ ތިއުޅެނީ..؟” އިސްރާ އަހާލިއެވެ.
“އާނ.. އެގެއަށް ދާން ކަމަށް މިދަނީ.. މަންމަމެންނެއް ނުދޭތަ..؟” އައިނާ އަހާލިއެވެ. “އުނހު.. މިހާރު އެ އާޝިޔާ ގުޅައިފި ނުގޮސްގެން.. މެންދުރު ކެއުން އޮތީ އެގޭގައޯ.. ދަރިފުޅުމެންނާއި އެއްކޮށް މަންމަމެންވެސް ދާނަން..” އުރުގައި އިން އަރިން އަށް ކާންދެމުން އިސްރާ ބުނެލިއެވެ. އައިނާ ވެސް ބޯޖަހައިލައިފައި ކެއުމާއިގެން ކުރިއަށް ދިޔައެވެ.
***
އަނީލްގެ ކުޑަ އާއިލާ ގޮސް ކްރިސްޓަލްގެއަށް ވަތްއިރު އެގެއަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރޭގައި އަޑު އެހާ ގަދައެވެ. ނައިލް އާއި ނޫހުގެ އާއިލާ އެވެ. ޚަދީޖާ އާއި އިޔާޒްގެ ކުޑަ އާއިލާގެ އިތުރުން މަރިއަމް އާއި ހުމައިދެވެ.
އައިނާ ގޮސް އާއި ހިޝާން ގޮސް މަޑުކޮށްލީ އަޝްހާ އާއި ނައިލްގެ ކައިރީގައެވެ. “އީދު އައީތަ..؟” އަޝްހާ އެތާތިބި ތިންމީހުންނަށް އަޑު އިވޭވަރަށް ބުނެލިއެވެ. “އެހެން ހެން ހީވަނީ.. އެހެން ނޫނަސް، މިގޮތައް އެންމެން އެއްވާނީ މިކަހަލަ ދުވަސްދުވަހުތާ..” އައިނާ އަޝްހާ އަށް ރައްދުދެމުން އަޝްހާ އާއި އެއްބައިވެލިއެވެ.
އައިނާ އާއި އަޝްހާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބަދިގެއަށް މިސްރާބުޖެހީ ކެއްކުމުގައި އެހީ ވާން ވެގެނެވެ. އެގޭގައި މިވަގުތު މެހެމާނުންތަކެއްވެސް ތިބުމާ އެކީ ކައްކަން ޖެހުނީ ފުދޭވަރަކަށް ގިނައިންނެވެ. ހައިފާވެސް އޭނާގެ ބޮޑު ބަނޑާ އެކީ ކާގޭގެ މޭޒުކައިރީގައި އިނެވެ.
“ތިއްތިބޭ ދައްތާ…. ތިއްތިބޭ ދައްތަ ބުނި ފިޔާ ކޮޅު މިހުރީ..” އައިނާ މަރިއަމް އަށް ގޮވާލަމުން ބުނެލިއެވެ. “ބަލަ ދަރިފުޅާ.. ދަރިފުޅު ކައިވެނީގެ ގޮތުން ގުޅިގެން ތިއުޅެނީ ތިއްތިބޭދައްތަގެ ކުއްޖަކާއޭ.. މިހާރު އެއީ ތިއްތިބޭ ދައްތައެއް ނޫނޭ.. މަންމަ ކިޔާ…” އައިނާ އަށް ބަލާލަމުން އިސްރާ ބުނެލިއެވެ.
“އެއީ ތެދެއް.. އައިނާވެސް ތިއީ މިހާރު މަންމަގެ ކުއްޖެކޭ..” މިހެން ކިޔާފައި މަރިއަމް އައިނާގެ ބޮލުގައި ފިރުމާލިއެވެ. “ދެން މަންމަ އަކަށް ނުފެންނާނެ އަހަންނެއް.. ދެން ހުސްފެންނާނީ އަލައް ލިބުނު ދަރިފުޅު.. ދޯ އަނާ..” ހައިފާ ތުންދަމާލަމުން ބޮޑާ ހާކާލިއެވެ. އައިނާ އަށް ހިނިއާދެވުނީ ހައިފާގެ މޫނު ފެނިފައެވެ.
“ހައިދައްތަ އަށް ލިބެން އުޅޭ ބޭބީއަށް ވުރެ ހައިދައްތަ ކުޑަދޯ.. ނޫހުބެ ބަލަންޖެހޭނެ ދެ ބޭބީ އެހެން ވީއިރު.. ޕުއާ ނޫހުބެ..” އަޝްހާ ސަމާސާ ކޮށްލިއެވެ. ވަގުތުން ހައިފާ ކައިރީގައި އޮތް ލޮނުމެދެއް އަޝްހާ ގަޔައް އެއްލިއެވެ. އައިނާ ވެސް ހޭންފެށިއެވެ. “އަނާ ވެސްސް..” ހައިފާ އައިނާ އަށް ބަލާލަމުން ބުނެލިއެވެ. އެތިންމީހުންގެ ސަކަރާތް ފެނިފައި އެތާގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
އައިނާ ނިކުމެލީ ފާހާނަ އަކަށް ދިއުމަށެވެ. އެގޭގައި އައިނާ އުޅުނުއިރުގައި ބޭނުންކުރި ކޮޓަރި ބޭނުން ކުރަނީ އެގެއަށް އައިސް ތިބި މެހެމާނުންނެވެ. އެހެން ކަމުން އައިނާ މިސްރާބުޖެހީ އަޝްހާގެ ކޮޓަރިއަށެވެ.
އަތާއިފައި ދޮވެލައިގެން، ބުރުގާ ރަނގަޅު ކޮށްލާއިރަށް އައިނާ އަށް ފޯނު ކޯލެއް އައެވެ. އެއީ އައިނާގެ ރައްޓެއްސަކަށް ވުމުން އެކޯލު ނެގީއެވެ. އައިނާ އަށް ދެން ނިކުންނަން ވާއިރަށް އަޝްހާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. މޫނުމަތީގައި ހާސްކަމެވެ. ދާތިކިތައްވެސް އެރީތި މޫނުގައި ދިޔައީ ބަބުޅަމުންނެވެ.
“އަޝޫ.. ކީއްވެ މާބާރަކަށް އައިސް ތިވަނީ..” އައިނާ އަޝްހާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “އަޅެ އަނާތީ ފިނިހަތްކެއްތަ..؟ މިހާރު އަހަރެން ކިހާ އިރެއް އަނާ އާދޭތޯ ސައިކަލު މަތީގައި ހުންނަތާ..؟” އަޝްހާ މައިނޭވާލަމުން ބުނެލިއެވެ.
“އަޝޫ ތިހަމަ ޖެހިބަލަ.. އަހަރެން އުޅުނީ ފާހާނައިގައޭ.. ކިހިނެތްވީ..؟” އައިނާ ބުނެލިއެވެ. “ހައި ދައްތަ ބަނޑައް ތަދުވާތީވެ އެގެނދިޔައީ.. އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން..” އަޝްހާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.
ދެމީހުންވެސް ސައިކަލަށް އަރައި މިސްރާބުޖެހީ ހޮސްޕިޓަލަށް ދިއުމަށެވެ. “އަޅެ ގޭތެރެ ހަލަބޮލި ވިއިރު އަނާ އަކަށް ހަމަ އެއްގޮތަކަށްވެސް އަޑެއް ނީވުނުތަ..؟” އަޝްހާ ސައިކަލު މަތީގައި ހުރެފައި ބުނެލިއެވެ. “އާން.. ނީވޭ.. އެހެންނުވާނީ.. އަޝޫ އަށް އެނގުނީ ނެގިއިރުވެސް އެންމެ އެތެރެ ކޮޓަރި ވިއްޔާ ނަގަން..” އައިނާ ބުނެލިއެވެ. “ޕިސް.. މިހާރު ތިގޯސްވީ މަގޭ ކޮޓަރިއެއްނު..؟” އަޝްހާ ބުނެލިއެވެ. “ތި ވާހަކަ ގިނަނުކޮށް ހިނގާބަ އަވަހަށް ދާން” އައިނާ އަޝްހާގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
އައިނާ އާއި އަޝްހާ ގޮސް ހޮސްޕިޓަލަށް ވަތް އިރު އެންމެން ތިބީ ގޮނޑިބަރީގައި އެވެ. ނޫހު ހުރީ ހާސްވެގެން ދެކޮޅައް ހިނގާލަ ހިނގާލައެވެ. ކައިރީގައި ހިޝާން އާއި ނައިލް ތިއްބެވެ. އެންމެންވެސް ތިބީ ކަންބޮޑުވެ ހާސްވެފައެވެ.
މާގިނަ އިރުވާން ފެށުމުން އެއްބަޔަކު ގެއަށް ދާން ނިންމިއެވެ. އައިނާ އާއި އަޝްހާ ވެސް ދާން ނިންމިއެވެ. އަރުޝް އާއި އަރިން އާއި ނޫހުގެ އާއިލާގެ ތިބި ދެތިން ކުދިން ގޮވައިގެން ދިޔައެވެ. ޚަދީޖާވެސް ނިންމީ މަޑުކުރާށެވެ.
އޭރުވެސް ނޫހު ކަންބޮޑުވެފައި ދޮރުމަތީގައި ހުއްޓެވެ. އޭނާވެސް ފަހުން ގިނައިރު ވާން ފެށުމުން ގޮނޑިބަރީގައި އިށީނެވެ. “ދަރިފުޅާ.. އެދެމައިންވެސް ރަނގަޅު ވާނެ އިރާދަކުރެއްވިއްޔާ..” ނޫހުގެ މަންމަ ހިތްވަރު ދެމުން ބުނެލިއެވެ.
“އެއީ ތެދެއް ދަރިފުޅާ..” ޚަދީޖާވެސް އެއްބައި ވެލިއެވެ. އެހެން ތިއްބާ މެންދުރު ނަމާދައް ބަންގި ގޮވިއެވެ. ހުރިހާ ފިރިހެނުން މިސްރާބުޖެހީ މިސްކިތަށެވެ.
ނަމާދުކޮށް ނިމިގެން ނޫހު ހައިފާ އަށް ހިތްވަރު ދެއްވާ އެދެމައިން ވެސް ރަނގަޅު ހާލުގައި ލެއްވުމަށް އެދި ދުޢާކުރިއެވެ. ނޫހު އެކަންޏެއް ނޫނެވެ. ހިޝާން ވެސް އޭނާގެ ދޮންތަ އާއި ބޭބީ ހެޔޮ ޙާލުގައި ލެއްވުމަށް އެދި ދުޢާ ކުރިއެވެ. ހަމަ އެކަނި އެދެމީހުންނެއްވެސް ނޫނެވެ. ހުރިހާ އެންމެންގެ ހިތުގައި ވެސް އޮތީ އެހެންނެވެ.
***
މިސްކިތުން ފައިބައިގެން އެންމެން ދިޔައިރުވެސް ހައިފާ ނުނެރެއެވެ.
_ނުނިމޭ
އެޕިލޮގް
“އަނާ.. ހަނދާންވޭތަ؟ ހައިދައްތަގެ ޕާރޓި އޮތްރޭ..؟” ހިޝާންގެ ފޯނުކޯލުގެ އިންތިޒާރުގައި، ފޯނަށް ބަލަހައްޓައިގެން އިން އަޝްހާ ހުރެފައި ކުއްލިއަކަށް އަހާލި ސުވާލަކުން އައިނާ ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. “ކި.. ކީކޭ.. ހައިދައްތަގެ ޕާރޓީ އޮތް ރެއޭ..؟ އަ… އާން.. ހަނދާން އެބަހުރި.. ކިހިނެތްވީ..” އައިނާ ދެއަތް މޮޑެމުން އަހާލިއެވެ.
“ބަލާބަ.. ހައިދައްތަގެ ޕާރޓީ އޮތްރޭގައި ދޮންބެދައްތަ ވިހެއީ.. އަހަރެމެން ދެމީހުންގެ ޕާރޓީ އޮތްރޭ ނޫން އަނެއް ދުވަހު ހައި ދައްތަ..؟ އަޅެ ވަރަށް މަޖާ އިއްތިފާގެއްދޯ..؟” އައިނާ ވެސް ފާޑަކަށް ހީލަމުން ބޯޖަހާލިއެވެ. އެރޭގެ މަތިން ހަނދާން ކޮށްލިއަސް އައިނާ އަށް ލަދުން އިސްޖަހާލެވެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Heiii A aaR❤️❤️
Vrh Sali 1st part ❤️❤️
Vrh ufaavehje s 3 eh vx xkiyaalan libuny maa❤️❤️❤️❤️
Keep it up . ❤️❤️
Waiting for the next part ❤️❤️
Stay safe ❤️❤️and tvgc❤️❤️
jazaakallah khairan Ril.. next part soon.. maagina dhuvaheh nuvaane..
Vv salhi ?❤️
Keep it up
Stay safe ??
????