Skip to content
އެސްފިޔަ

އައިނާ 3 ޓްރެއިލާ

އައްސަލާމް އަލައިކުމް.. މިއީ އަޅުގަނޑުގެ ފަސްވަނަ ވާހަކަ ސިލްސިލާ “ލޯބިވާވަރު އަންގަދޭހިތްވޭ” އަށް ފަހު ނެރޭނެ އަޅުގަނޑު ހަވަނަ ވާހަކަ ސިލްސިލާ އެވެ. އައިނާ ސީޒަން އެކަކާކާއި ދޭކައްފަހު އަޅުގަނޑު މިވަނީ ބައެއް ކިޔުންތެރިން އެދިވަޑައިގެންނެވިގޮތައް އައިނާގެ ތިންވަނަ ސީޒަނެއްވެސް ނެރެން ގަސްތުކޮށްފައެވެ.

ކުރިން އަޅުގަނޑު ލިޔުނު ވާހަކަ ތަކަށްވުރެ ބޮޑު ތަރުހީބެއް އަޅުގަނޑުގެ އާވާހަކަ ސިލްސިލާ، އައިނާ ސީޒަން ތިނަކަށް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ. މިވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލައް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ ވާހަކަ އެކެވެ. ކިޔުންތެރިންނަށް ތަފާތު ރީތި އަދި ހިތްގައިމު ވާހަކަ އަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ. މިވާހަކައިގެ އެއްވަނަބައި ވަރަށް އަވަހަށް ތިޔަ ކިޔުންތެރިނަށް ކިޔާލަން ލިބޭނެއެވެ.

އައިނާ ސީޒަން 2 ގެ ނިމުން..

އޭގެ އިރުކޮޅެއް ފަހުން ދެން ފެށިގެން ކުރިއަށް ދިޔައީ ކައިވެނީގެ އުފަލުގައި ބާއްވާ ވަލީމާ އެވެ. ދެޖޯޑު ގޮސް މަޑު ކޮށްލީ ދެ ސްޓޭޖް ގައެވެ. އައިނާ އާއި ހިޝާން އަތުގުޅުވާލައިގެން ތިބި އިރު ހީވަނީ ދުވަހަކުވެސް އެއަތުން ދޫނުކުރަން ތިބިހެންނެވެ. އެދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުމުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެދެމީހުންގެ އުނގައް ޖަމާވެފައިވާ ހެންނެވެ.

އެތައް އަޑި ގުޑަންތަކާއި އެތައް ހިތާމައަކާއި އެތައް ހުރަސް ތަކަކާއި އެކުވެސް މިއަދު އެދެމީހުން އެތިބީ ގުޅި ލާމެހިފައެވެ. އައިނާ އާއި ހިޝާން އަށް އުފާވެރި ބާއްޖަވެރި ޙަޔާތަކަށް އެދެމެވެ.

 

ކިޔުންތެރިންގެ ސަމާލު ކަމަށް: މިވާހަކަ ކުރިއަށްދާނީ ހަމަ މިހިސާބުން ފަށައިގެންނެވެ.

ނޯޓް: މިވާހަކައިގެ ފުރަތަމަ އެޕިސޯޑް 12 ޖޫން ވާ ހޮނިހިރު ދުވަހު ކިޔާލަން ލިބޭނެ އެވެ.

Comments (8)

  1. Malaak V

    V sahi ❤️
    Jin do your best
    Good luck ?

    1. A aaR
      Malaak V

      Ohh.. Thnk u Bestie..

  2. Malaak V

    From v to jin
    Vvvv salhi next part konirakun

    1. A aaR
      Malaak V

      Thnks V.. 🙂

  3. hawwa lamya

    Can’t wait to read the story ☺️

    1. A aaR
      hawwa lamya

      Thnk u Hawwa lamya 🙂

  4. Faiherrr

    Varh happy vejje season 3 nereythy ve.. Vrah bodah wait kurevunu season 3 akah..

    1. A aaR
      Faiherrr

      Oww Thnk u Faiherr.. happy to see your comment..

Comments are closed.