Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާވަރު އަންގަދޭހިތްވޭ (ފަހުބައި)

Annna Level 510 Stories100 Comments100 Login
February 12, 2021 7 Mins Read
1 Comment

ނުވަވަނަބައި

“ވަސީލް..” ފާހަނައިން ނިކުތް ވަސީލް އަށް އެނދުމަތީގައި އިން ލިއުޝާ ގޮވާލިއެވެ. “ކީކޭ ލިއު.. ހާދަ ހީވެއޭ ވާހަކަ އެއް ބުނަން އުޅޭހެން..” ލިއުޝާގެ މިޒާޖު ހިތުދަސްކޮށްގެން އިން ވަސީލް ބުނެލިއެވެ. “މިކައިވެނި ހުއްޓުވަންވީނު..؟” ދެއަތް މޮޑެމުން ލިއުޝާ ބުނެލިއެވެ.

***

“ނޫން..” ލިއުޝާ އަށް ބުނެވުނު ކަމެއް ނޭނގެއެވެ. ސިކުންތެކެ ތެރޭގައި ޖަވާބު އައި ގޮތުން ލިއުޝާ ހައިރާންވިއެވެ. ވަސީލްގެ އަތުގައި އޮތް ތުވާލިވެސް ބިންމައްޗައް ވެއްޓުނެވެ. އޭތި ނަގަމުން ވަސީލް ލިއުޝާ އާއި ކުރިމަތި ލިއެވެ.

“ނޫން.. ލައުރާ ޖެހޭނީ މިކައިވެނި ކުރަން.. އެނޫން ގޮތެއް ލައުރާ އަކަށް ނެތް.. ލިއުޝާ އެމަންޖެ އަށް ވިސްނައިދީ.. މީ އޭނާ އަށް ވެސް ހެޔޮއެދިގެން ކުރާ އޭނާ އަށްވެސް ފައިދާ ވާނެކަމެއް.. އަނެއްކޮޅުން އެ ރާހިން އަކީ ނުލާހިކު ރަނގަޅު ކުއްޖެއް.. ލައުރާ ކައިރީގައި ބުނޭ މިކައިވެންޏަކާއި ދެކޮޅެއް ނުހެދޭނެއޭ..” ވަސީލް އެއްފަހަރާ އިއްވާލިއެވެ.

ލިއުޝާ ދެރަވިއެވެ. ވަސީލްގެ ނިންމުމަށް އޭނާ އަށް ވެސް ދެކޮޅު ނުހެދޭނެކަން އޭނާ އަށް އިނގޭމެއެވެ. އޭނާ މިހާރު މަސައްކަތް ކޮށްފިއެވެ. އިތުރަށް ބުނެގެން ދެމީހުންގެ ދޭތެރޭގައި ބޮޑު މައްސަލައެއް ޖެހޭކަށް ލިއުޝާ ނޭދެއެވެ. އެހެން ކަމުން އެކަމާ ހިތްހަމަ ނުޖެހިފައި ހުރެ ނަމަވެސް ނިދަން އެނދައް އެރިއެވެ.

ވަސީލް މިސްރާބު ޖެހީ ޓެރަސް އަށެވެ. އެއީ ނުތަނަވަސް ވެފައިވާ އޭނާގެ ނަފްސައް ހިތްހަމަ ޖެހުމެއް ހޯދާށެވެ. “ބައްޕަ އަށް މާފުކުރޭ ދަރިފުޅާ.. ބައްޕަ އަށް މަޖުބޫރު މިކައިވެނި ދަރިފުޅު ލައްވާ ކުރުވަން..” ވަސީލް އުޑަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

***

އެރޭގައި ސާހިލް އަށްވެސް ނިދޭ ގޮތެއް ނުވިއެވެ. ލައުރާގެ ފަރާތުން ނުފެންނަ ކަމެއް ފެނުމުން ސާހިލް އަށް ހަމަ ވިސްނެނީއެވެ. މެއަށްވެސް ހުންނަނީ ފާޑަކަށް އުނދަގޫވާގޮތް ވެފައެވެ. ހީވަނީ އޭނަގެ ހިތާއި ހަށިގަނޑު ދެތަންވާން އުޅޭ ހެންނެވެ.

***

އޭގެފަހުން ދެތިން ދުވަސްވީ އިރުވެސް ލައުރާ ސާހިލްގެ ފޯނު ކޯލް ތަކަށް އެދެވޭ ޖަވާބެއް ނުދެވެއެވެ. ކުރިމަތި ވެފައި އޮތް ކަންތަކުން ސާހިލް އާއި ވާހަކަ ދައްކަން ލައުރާ އަށް އުނދަގޫ ވަނީއެވެ. ދުވަސްތައް މާޒީއަށް އުކެމުން ގޮސް ޗުއްޓީ ނިމި ލައުރާ ކޮލެޖައް ނިކުންނަ ދުވަސް އައިސް ޖެހިއްޖެއެވެ. ޒިލާ ކިޔަވައި ނިމިފައި ވުމުން، ޒިލާ ވަނީ ފްރާންސް އަށް ގޮއްސައި އައިސް ވަޒީފާ އަކަށް ކުރިމަތި ލާން ނިންމާފައެވެ.

އެކަނި ކޮލެޖުގައި އުޅެން ވުމުން ލައުރާ ފޫހި ވާގޮތްވެސް ވިއެވެ. ނަމަވެސް ބެންޗުގައި އިންދައި ކުރިމަތީގައި އިށީން ސާހިލް ފެނި ލައުރާ ދިޔައީ ސިއްސައިގެންނެވެ. “ހައި ލައު..” ސާހިލް ކަމެއް ވީކަންވެސް ހީނުވެއެވެ. ލައުރާ އިސްޖަހާލިއެވެ.

“ޔޫ ލުކް ޑިފަރެންޓް..” ސާހިލް ލައުރާ އަށް ބަލާލަމުން ބުނެލިއެވެ. “ހަޑީތަ..؟” ލައުރާވެސް ހިތާމަތައް އެއްފަރާތް ކޮށްފައި އުފާވެރި ވަގުތުކޮޅެއް ސާހިލް އާއި އެކު ހޭދަ ކުރެވޭތޯ ބެއްޔެވެ. “ނޫނޭ.. ވަރަށް ރީތި މާޝާ ﷲ..” ސާހިލް ސީދާ ލައުރާގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. ލައުރާ ވަގުތުން އިސްދަށައް ޖަހާލިއެވެ.

“ހިނގާ ކޮލެޖް ނިންމާލައިފައި ކާން މިތާ ކައިރީގައި އިން ރެސްޓޯރެންޓައް ލަންޗަކަށް..” ސާހިލް ލައުރާ އަށް ދައުވަތު ދިނެވެ. “ހުމްމް..” ލައުރާވެސް މަޑުމަޑުން ހޫމް އަޅުވާލިއެވެ. ކްލާސް ގަޑި ޖެހުމުން ދެމީހުންވެސް އެއްކޮށް ހިނގައި ގަތެވެ.

ސާހިލް އާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ލައުރާ އަށް ގެއަށް ދެވުނު އިރު އެހެން ދުވަސް ދުވަހަށްވުރެ ލަސްވިއެވެ. އެހެން ކަމުން ވަސީލްގެ ފަރާތުން އެކަމާއިގެން ސުވާލު އައެވެ. ރައްޓެހި ކުއްޖަކާއި އެއްކޮށް އެތާކައިރީގައި އިން ރެސްޓޯރެންޓަކަށް ވަދެ ކައިގެން އަންނަން ވީމައި ލަސްވީ ކަމަށް ލައުރާ ބުންޏެވެ.

ބައްޕަގެ ކުރިމަތީގައި ލައުރާގެ ކުރީގައި ހުންނަ މިޒާޖެއް ނުގެންގުޅެއެވެ. އަބަދުވެސް ވަސީލްގެ ކުރިމަތީގައި ލައުރާ އިންނަނީ ބަސްމަދުވެފައެވެ.

***

އެއްރެއެކެވެ. އެއީ ރާހިން އާއި އޭނާގެ މަންމަ އާއި ބައްޕަ އަށް ކާން ދަޢުވަތު އެރުވުނު ރެއެކެވެ. ލައުރާ މަތި މަތިން ރީތި ވެލައިގެން މަންމަ ބުނި ގަޑި އަށް ނިކުތެވެ. މިހާރަކަށް އައިސް ލައުރާ ހުންނަނީ ނިކަން ނެގި މަޑު ވެފައެވެ. އެކަން އެގޭ އެންމެންނައް ވެސް ފާހަގަ ކުރެވުނެވެ.

ސާހިލް އާއި ވެސް ލައުރާ ވާހަކަ ދައްކަނީ މަޖުބޫރުވެގެންނޭ ބުނެވިދާނެއެވެ. އެގުޅުން މިހާރު އޮތީ ކެނޑި ނުކެނޑި އެހާ ހިސާބުކަން ސާހިލް އަށްވެސް އެނގެއެވެ. އެހެންކަމުން އޭނާވެސް މާވަރަކުން ލައުރާ އަށް ގުޅާކަށް ނަހަދައެވެ. އެއްގޮތަކަށްވެސް ސާހިލް އާއި ލައުރާ ވާހަކަ ނުދައްކާތާ މިހާރު ހަފްތާ އެއް ވަނީއެވެ.

އެރޭގައި ލައުރާ ނިކުމެ ސިޓިންގ ރޫމްގައި ހުއްޓައި ރާހިންމެން އައިސް ވަނެވެ. ގިނަ އިރަކު ސޯފާގައި މަޑު ނުކޮށް އެންމެންވެސް ކެއުމަށް އިންސާފު ކުރަންފެށިއެވެ. ކައިގެން ހައުލާ އާއި ރާޝިދް އާއި އެއްކޮށް ވަސީލް އެރީ ޓެރަހަށެވެ. ލައުރާ އާއި ރުހާން ސިޓިންގ ރޫމް ގައި އެކަނިވީ ލިއުޝާ އާއި ޒިލާ ބަދިގޭގައި އަދި ވިޝާލް މުހިންމު ކަމަކު ބޭރަށް ދިއުމުންނެވެ.

“ހެއި ލައު.. ކިހިނެތްތަ..؟” ރުހާން ހިތްހެޔޮ ރާގަކަށް އެހީ އެއްމިޔަނަކުން ހިނިތުންވެލަމުންނެވެ. ލައުރާ މަޑު މަޑުން ރަނގަޅޭ ބުނެލިއެވެ. “މިހެން ތިބެންވީތަ..؟ ހިނގާބަލަ އަހަރެންނަށް ލައުގެ ރޫމް ދައްކާލަން..” ރުހާން ނިކަން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ލައުރާ ރުހާން ދެކެ އިތުރަށް ފޫހިވާ ގޮތްވިއެވެ. އެވަގުތުވެސް ލައުރާގެ ސިކުނޑިގައި ކުރެހުނީ ސާހިލްގެ ހިތްގައިމު ތަސްވީރެވެ. އެހެން ހުއްޓައި ފޯނެއް އައިސްގެން ރުހާންވެސް ނިކުތީ ގެއިން ބޭރަށެވެ. ލައުރާ ފޫހިވެގެން ފޯނުނެގިއެވެ. ފެނުނު ވޮއިސް ރިކޯޑު ކުރާ އެޕް ފެނުމުން އެހުޅުވާލާ ހިތްވީ އެންމެ ފަހުން ސާހިލް އާއި ބައްދަލް ވި ދުވަހު ރިކޯޑޫ ކޮށްފައި އިން ސާހިލްގެ އަޑު އަހާލާ ހިތުންނެވެ. ލައުރާ މިސްރާބު ޖެހީ ޓެރަހަށެވެ.

ޓެރަހަށް ވަން ދޮރުކައިރިއަށް ޖެހިލި ވަގުތު ވަސީލް އާއި ރާޝިދް އާއި ހައުލާ ވާހަކަ ދައްކާ އަޑު އިވި ލައުރާ އެނބުރުނީ ދާށެވެ. ނަމަވެސް އިވެންފެށި ވާހަކަ އަކުން ލައުރާގެ ފިޔަވަޅު ހުއްޓުން އެރިއެވެ.

“ވަސީލް ހަނދާން ކުރައްޗޭ.. ރުހާން އާއި ލައުރާގެ ކައިވެނި ޖެހޭނެ ކުރުވަން..” ރާޝިދް ބުނެލި އަޑު އިވުނެވެ. ލައުރާ އިނީ ދެކަންފަތް ތަން މިނަށް ހުޅުވައިގެންނެވެ. ވަސީލް ހޫމް ލައްވާލި އަޑު އިވުނެވެ. “ވާސީލް ހާދަ ފާޑަކަށް.. އެކައިވެނި ނުކުރެވިއްޖެއްޔާމުން އެނގޭނެ ދޯ ވާނެ ގޮތް..” އަނެއްކާވެސް ރާޝިދް ބުނެލި އަޑު އިވުނެވެ. “އާނ.. އާނ..” މިފަހަރު ވަސީލްގެ ޖަވާބު އަވަސްވެފައި ބިރުވެރިކަން ހިމެނުނެވެ. “ހަހަހަ.. ތިހެން ވާން ޖެހޭނެ.. ނޫނިއްޔާ ފެންނާނީ ލޯބިވާ އަންހެނުން ލިއުޝާގެ ފުރާނަ ނެތް މަސްގަނޑު..

އެކައިވެނި ކުރުމަށްފަހު ޖެހޭނެ ލައުރާގެ ފިރިމީހާއަށް ވީތީ ތިޔަ މަޝްހޫރު މުއްސަނދި ކުންފުނީގެ މަތީ މަގާމަކަށް އަހަރެންގެ ދަރިފުޅު ވާން… އަދި ހިއްސާ އެއް ލައުރާގެ ފިރިމީހާގެ މަންމަ އާއި ބައްޕަ އަށް ވީތީ ޖެހޭނެ އަހަރުމެންނަށް ލިބޭން..” ރާޝިދް ހުނުމަކާއެކު ބުނެލިއެވެ.

ލައުރާ އަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ލައުރާ އަވަހަށް ސިޑިން ފައިބައިގެން ދިޔައީ ބައްޕަ ވެއްޓިފައި އޮތް ވަޅުގަނޑުގެ ފުނަމިން އިހުސާސް ކުރެވުމުންނެވެ. އޭނާގެ ކައިވެނި ކުރެވެން އުޅޭ އާއިލާ އަކީ ކިހާ ދައް ފެންވަރެއްގެ ބައެއްކަން ލައުރާ އަށް ފުރަތަމަ ފަހަރަށް އިހުސާސް ވިއެވެ. ލައުރާ އަތުގައި އޮތް ފޯނަށް ބާރު ކޮށްލެވުނެވެ. އޭގެން އަޑެއް ކިއުމުން ލައުރާ ބަލާލިއެވެ.

އޭގައި އޮތީ ދެންމެ އެމީހުން ދެއްކިވާހަކަ ރިކޯޑު ވެފައެވެ. ލައުރާ އޭނާގެ ސިކުނޑި ބޭނުން ކޮށްގެން ރޭވުމެއް ރާވާލިއެވެ. އަދި ޒިލާ އާއި ވިޝާލް އަށް ހިއްސާ ކުރަން އަވަސްވެގަތެވެ.

އެރޭގައި ބާރަޖަހަން އުޅެނިކޮށް ލައުރާ ވިޝާލް އާއި ޒިލާ އަށް ގޮވައި ގެނެސް އެ ރިކޯޑިން ދެއްކިއެވެ. ވިޝާލްގެ ގާތައް އައީ އަމަށަކު ރުޅި އެއް ނޫނެވެ. ޒިލާ އަށްވެސް އިށިންދެލެވުނީ ލައުރާގެ އެނދުމަތީގައެވެ.

ވިޝާލްގެ ހިތުގައި ކަންކަން ކުރަންވީ ގޮތް ރާވައިލިއެވެ. ނިކަން ބަދުނާމް ވާގޮތައް އެމީހުންގެ އަނދިރިފަރާތް އެންމެގެ ލޯމައްޗައް ނިއުޅުވައިލަން ވިޝާލްގެ ހިތައްއެރިއެވެ. “ދޮންބެ އަށް ދެން އެނގޭނީ ކަން ކުރަންވީގޮތް.. ލައު އަށް އޯކޭ ކޮންމެ ގޮތެއްވިއަސް..” ލައުރާ ބުނެލިއެވެ. “އޯކޭ.. އެހެންވީމައި އަޑު އަހަ….” މިހެން ކިޔާފައި ވިޝާލް އޭނާގެ ހިތުގައި ރާވާލިގޮތް ކިޔައި ދިނެވެ. ޒިލާ އާއި ލައުރާ އަށްވެސް ވަރަށް ކަމުދިޔައެވެ.

ޕްލޭން އާއި އެއްގޮތަށް ކަންކުރުމުގެ ގޮތުން އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހުނީ ލައުރާ އަށެވެ. އެހެން ކަމުން ލައުރާ ލިއުޝާ ހޯދަން ދިޔައެވެ. ލިއުޝާ ގާތަށް ގޮސް ލައުރާ އޭނާގެ ސިކުނޑީގައި ރާވައިލި ގޮތައް ވާހަކަ ފެށިއެވެ.

“މަންމާ.. އަނެއް.. މާދަން މެންދުރަށް ރުހާން އާއި އޭނާގެ މަންމަ އާއި ބައްޕަ އަށް ދަޢުވަތު ދެވިދާނެތަ؟؟” ލައުރާ ބުނެލިއެވެ. ލިއުޝާ ވަސީލް އާއި ވާހަކަ ދައްކައިގެން އެކަން ހަމަޖެއްސިއެވެ. އަދި ލައުރާ އާއި ވިޝާލް އާއި ޒިލާ ތައްޔާރުވީ ޖެހިގެން އަންނަ ދުވަހުގެ މެންދުރަށެވެ.

***

ލިވިންގ ރޫމްގައި އިން މޭޒުމަތި ފުރާލައިފައި ވަނީ އެކިވައްތަރުގެ ކާތަކެތިންނެވެ. ކުކުޅާއި ކަރްބޮނަރާ އާއި ރެޑް ސޯސް ޕާސްޓާ އާއި ތަރުކާރީ ބަތާއި ޑެވިލްޑް ކޮށް މަހާއި މީރުކޮށް ހަދާފައި ހުރި ސެލެޑެކެވެ. ފެންނަ ކޮންމެ މީހަކުވެސް ކުޅު ދިޔާވާނެ ކަހަލަގެ ކެއުމެކެވެ.

މާގިނަ އިރެއްނުވެ ރުހާން އާއި އޭނާގެ މަންމަ އާއި ބައްޕަ ވެސް އަތުވެއްޖެ އެވެ. އެތާގައި ނިއުޅިގެން ދާނޭ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ޙާލުގައެވެ. ކެއުމުގައި އެންމެން މަސްޣޫލު ވެގެން ތިއްބައި ގޭގެ މައި ދޮރުގައި ބެލް ޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވަން ދިޔައީ ޒިލާއެވެ. އެދޮރުން ވަދެގެން އައި ނޫކުލައިގެ ޔުނީފޯމު ލައިގެން ތިބި ފުލުހުން ފެނިފައި ލައުރާ އާއި ޒިލާ އާއި ވިޝާލް ފިޔަވައި އެހެން މީހުން ތިބީ ސުވާލު މާކު ޖެހިފައެވެ.

ރާޝިދު އާއި ހައުލާގެ އިތުރުން ރުހާންގެ ނަން ކިޔުމުން އެމީހުން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުވިވަރުން އެމީހުން ސިއްސައިގެން ދިޔަވަރު އެނގެން ހުއްޓެވެ. އެމީހުން އައި ސަބަބު ބުނުމުން އެތިން މީހުންގެ ނިތްކުރިމަތީގައި ދާތިކިތައް ވިދަން ފެށިއެވެ.

“އަޅުގަނޑު މެން ކީއްވީތޯ..؟” ފުލުސް އޮފިސަރު އެމީހާގެ އަތުގައި އޮތް ފޯނުން ޖެހި ރިކޯޑަކުން އެމީހުން ހާސްވާން ފެށިއެވެ. ފަހަތުގައި ތިބި ތިން ފުލުހަކު ކުރިއަށް ޖެހިލުމުން ރުހާން ކަޅި ފަރާތް ފަރާތައް ހިންގަން ފެށިއެވެ. ދެފުލުހުން އައިސް ހައުލާ އާއި ރާޝިދްގެ އަތުގައި ބިޑި އެޅުވުމުން އެމީހުން އަނގައިން އެކައްޗެކޭވެސް ނުބުނެ ހަނު ތިއްބެވެ. ނަމަވެސް ރުހާން ދުއްވައިގަތީ ބޮޑު ދޮރާއި ދިމާއަށެވެ.

ނުހަނު މޮޅާއެކު އެންމެން ކައިރިން ރެކެމުން ގޮސް ރުހާން އަޅައިގަތީ އެތެރެއަށް ވަންނަން އައި ސާހިލްގެ ގައިގައި އެވެ. ސާހިލް ވަގުތުން ރުހާން ހިފެހެއްޓީ ވަމުންދާ ގޮތް ނޭނގޭ ޙާލުއެވެ. ދެފުލުހަކު އައިސް ރުހާން ހިފެހެއްޓުމުންވެސް ގަދަހަދަމުން ދިޔައެވެ.

އެލާމް އަޅަމުން އެމީހުން ގޮވައިގެން ނިކުތުމުން ލައުރާ އަށް ހީވީ ބޮލުން ހިލަ ގަނޑެއް ނެގުނު ހެންނެވެ. މިހެން ކަންތައްތައް ހަމަ އަކަށް އެލޭނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ.  ނަމަވެސް އެވަގުތު އެތަނަށް ސާހިލް އައުމުން ލައުރާ ހުރީ ހައިރާން ވެފައެވެ.

“ސާހިލް ވަދޭ ވަދޭ.. އާދެ ކާން..” ވިޝާލް ހަމަޖެހިލައިފައި ބުނި ގޮތުން ލައުރާ އަށް ޔަގީންވީ އެއީ ވިޝާލް ބުނެގެން އައި ކަމެވެ. ލައުރާ ސާހިލް އަށް ބަލާލައިފައި ހިނިތުން ވުމެއް ދިއްކޮށްލުމުން ސާހިލްވެސް ހިނިތުން ވުމެއް ދިނެވެ. ކެއުން ކުރިއަށް ދެން ދިޔައީ ސާހިލް އާއި އެއްކޮށެވެ.

ކެއުމުގެ ތެރެއިން ކަންތައްތައް ވެގެން ދިޔަ ގޮތް ވިޝާލް ކިޔައި ދިނެވެ. ސުވާލު މާކުގެ ތެރޭގައި ތިބި ވަސީލް އާއި ލިއުޝާ އަށް ފަހުމް ވިއެވެ. ސާހިލް އަށް ވެސް ވެގެން އުޅޭ ގޮތް އެނގުނެވެ. ލައުރާ އޭނާގެ ކޯލް ތަކަށް ޖަވާބު ނުދިން ސަބަބު ވެސް މެއެވެ.

ލައުރާ އަށް ޓަކައި އޭނާ ހިތުގައި ލޯބ=ތްބާއި ހަމްދަރުދީ އުފެދުނެވެ. އެ މައުސޫމް ކުއްޖާ އުޅޭނެ ހާލު އެނގި ދެރަވެސް ވިއެވެ. ނަމަވެސް ހިނިތުން ވެލައިގެން މަޑުން އިނދެ ކާން ފެށިއެވެ.

“ކޮބާ ބައްޕާ ދެން ލައުރާގެ ކައިވެނި އޮތީ ކިހިނެތް..؟” ވިޝާލް ލައުރާ އާއި ސާހިލް އަށް ބަލާލަމުން ބުނެލިއެވެ. ވަގުތުން ލައުރާ ކުށިއެރިއެވެ. ސާހިލް އަވަސް އަވަހަށް ލައުރާ އަށް ފެންތައްޓެއް އަޅާފައި ދިއްކޮށްލި އެވެ. އޭރު އެދެމީހުންނަށް ނޭނގުނީ ހަތަރު މީހުންގެ ލޯ އެދެމީހުންނަށް ހުއްޓިފައި ހުރިކަމެވެ.

ސާހިލް އާއި ލައުރާ ވަގުތުން ރަކިވިއެވެ. “ލައުރާ ބޭނުމިއްޔާ ހަމަ ކުރަންވީ…” ވަސީލް އުފާވެރި ހިނިތުން ވުމަކާ އެކީ މިހެން ބުނީ ސިކުނޑި އަށް އެއްޗެއް ނަގައި ގަނެވުމުންނެވެ.

“ކައިނިމިގެން އެންމެން ސޯފާގައި ޖައްސައިލިއެވެ. “ބައްޕަ އަށް އެނގޭ ދަރިފުޅާ ސާހިލް އާއި ދެމެދު އޮތް ގުޅުން.. ބައްޕަ ވަރަށް ރުހޭ.. ސާހިލް އަކީ ނުހަނު ރަނގަޅު ކުއްޖެއް.. އެކަމް ބައްޕަގެ ނަސޭހަތަކީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށޭ..” ވަސީލް ސީރިއަސް ކަމާއެކު ބުނެލިއެވެ.

“އެހެންވީމައި ލައުގެ ކައިވެނި ކެންސަލް އެއް ނުވޭ ދޯ.. ހަމަ އެކަނި ގްރޫމް ޗޭންޖް ވީ ދޯ..” ވިޝާލް މަޖާ ރާގަކަށް ބުނެލިއެވެ. ލައުރާ ވަގުތުން ލަދުން އިސްޖަހާލިއެވެ.

“އެއީ ހަމަ އެކަނި އަހަރެމެންނަށް ނިންމޭނެ ކަހަލަ ކަންތައްތަކެއް ނޫނެއްނު.. ސާހިލްގެ ޖަވާބެއްވެސް ބޭނުންވާނެ އެއްނު..؟” ސާހިލް އަށް ބަލާލަުން ލިއުޝާ ބުނެލިއެވެ. ލިއުޝާގެ ތުންފަތުގައިވެސް ވަނީ ނިފުލާ ހިނިތުން ވުމެކެވެ.

“އަހަރެންގެ އާއިލާއަކު ނުތިބޭނެ އެކަކުވެސް.. އަހަރެން އެކަނި އުޅެނީ.. އަހަރެން މިހުރީ ލައު އާއި ކައިވެނި ކުރަން ތައްޔާރަށް..” ސާހިލް ލަދުން ހުރެނަމަވެސް ބުނެލިއެވެ. ވިޝާލް ސާހިލްގެ ކޮނޑުގައި އަތްބާއްވާލިއެވެ. މުޅި މާޙައުލުގައި އޮތީ އުފާވެރި ކަމާއި ހިތްހަމަ ޖެހުމެވެ.

***

ކައިވެނީގެ ކަންތައްތައް ކުރިއަށް ދިޔައެވެ. އެއްމަސް ދުވަސްފަހުން އޮތް ލައުރާގެ ކައިވެންޏައް ދިޔައީ ނުހަނު ހަލުވި ކަމާއެކީ އެވެ. ދައުވަތު ކާޑު ބެހުމާއި ކޭޓްރިން އާއި އިންޓީރިއާ މަސައްކަތާއި، ހެދުމެވެ. ކުލައިކީ މަޑު ފެހިކުލައެވެ.

އާދުވަހެކެވެ. ދަންވަރު އެކެއް ޖެހީ އެވެ. ބުރަކޮށް މަސައްކަތް ކޮށްފައި އެންމެން ވެސް އުޅުނީ ގޭތެރެ ސާފު ކޮށްލައެވެ. ގޭތެރެ ހަޑިވީ ލައުރާ އާއި ޒިލާ ހަދަން އުޅު ކަރުދާސް މާތަކެއްގެ ސަބަބުންނެވެ. ކުއްލިއަކަށް ޒިލާގެ ފޯނަށް އައީ ކޯލެކެވެ. ޒިލާގެ ބޮޑުދައިތަގެ ކޯލަކަށް ވުމުން އަވަހަށް ނެގީ އެވަގުތުގެ ގޮތުންނެވެ.

“ކީކޭ..” ޒިލާ ހާސްވެފައި މިހެން ބުނެލިއެވެ. ވެގެން އުޅޭ ގޮތް ޒިލާ ކިޔައި ދިނެވެ. މަސްތުވާތަކެއްޗާއި ފިރާ ހައްޔަރު ކުރީއެވެ. އަދި މިވަގުތު ފަރީހާ ހުރީވެސް މާލޭން ބޭރުގައި ކަމުން ޒިލާ އަށް ހެދޭނެ އެއްވެސް އިތުރު ގޮތެއް ނެތެވެ. ޒިލާ ހާސްވީ ފަރީހާ އާއި މެދުއެވެ. އެހެން ކަމުން އަވަހަށް އަނެއްކާވެސް ފަރީހާ އަށް ގުޅިއެވެ. ފަރީހާ ހަމަ ޖެހިފައި ހުރުން ޒިލާވެސް ހަމަ ޖެހުނެވެ. ފަރީހާ ހީވަނީ ކުރިން ވެސް އެކަން އެނގޭހެންނެވެ. ލައުރާ އާއި ލިއުޝާގެ އިތުރުން ވިޝާލްވެސް ޒިލާ އަށް ހިތްވަރު ދިނެވެ. އެންމެންނަށް އޮށޯވެވުނު އިރު މެންދަމުން އަނބުރައި ދޭއް ޖަހައިފިއެވެ.

***

ޖެހިގެން އައި ދުވަހެވެ. އެންމެވެސް ހައިރާ ކުރުވީ އެތެރެއަށް ވަދެގެން އައި މާކިއަން ފެނިފައެވެ. ބުނެވެސް ނުލައި މާކިއަން އައުމުން އެންމެންވެސް ތިބީ ވަރަށް ހައިރާވެ އުފާވެސް ވެފައެވެ. ޒިލާ ވެސް ފަރީހާ އާއި ވާހަކަ ދައްކާލާ ހަދައި ފައި އައި އިރު މާކިއަން ހުރުމުން ޒިލާވެސް ހައިރާން ވިއެވެ. އެންމެންވެސް އުފާވެރި މާހައުލެއް ގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ކެއުމުގެ ވަގުތުގައި މާކިއަން ދިން ޚަބަރަކުން ވިޝާލް އާއި ލައުރާ ހޯ ހޯ ލައްވައި އަތްތިލަ ބަޑި ޖަހަން ފެށިއެވެ. މާކިއަންވެސް އަންނަ އަހަރުގައި ކައިވެނި ކުރާވާހަކަ ބުނުމުންނެވެ.

“އޯހް ވެޑިން ސީޒަން އެއްތަ މިއާއިލާއަށް..” އާދައިގެ މަތިން ވިޝާލް ފެށިއެވެ.

***

ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް އައިސް ޖެހިއްޖެއެވެ. ލައުރާވެސް ހާސްވާން ފެށިއެވެ. ހަމަ އެކަނި ގާތް މީހުންނަށް ދައުވަތު ދީގެން ބާއްވާލާ އާދައިގެ ހަފްލާއެކެވެ. އެގޭތެރެ ކައިވެންޏައް ތައްރު ކުރެވިފައި ވާރު ކައިވެނި ކުރެވޭ ޖޯޑު ވެސް ހޯލައް އަތުވެއްޖެއެވެ. ރީތި ހުދު ހެދުމުގައި އިން ލައުރާ ފެނިފައި ސާހިލް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތުނެވެ.

މާގިނަ އިރެއް ނުވެ ގާޒީ ވެސް އަތުވެއްޖެއެވެ. ގާޒީ ކައިވެނި ކޮށްދޭން ފެނުމުން ލައުރާގެ ހިތްހީވީ ރޭސް ޖަހާހެންނެވެ. ހީވަނީ ފަންސާސް މީޓަރުގެ ފެތުމެއް ނިންމާފައި އައުމުން ހިތް ތެޅޭ ހެންނެވެ. ‘އަނބި ގަބޫލު ކޮށްފިން’ ބުނުމުން ލައުރާ އަށް ދެލޯ މަރައި ލެވުނެވެ. އޭރު އޭނާގެ ހިތް އުފަލުން ނަށަނީ އެވެ. އޭނާގެ އެންމެ ލޯބިވާ މީހާގެ މިލަކަކަށް ވުމުންނެވެ. އެކަހަލަ ނަސީބެއް ލިބޭ މީހަކު އުފާ ނުވެ ދާނެ ހެއްޔެވެ.

ސާހިލް ތޯއެވެ. އެތައް އަޑި ގުޑަން ތަކަށްފަހުވެސް ލައުރާ އަށް އޭނާ ލޯވިވާރު އަންގައި ދެވުމުން އުފާވިއެވެ. އޭނާ އަށް ހީވީ އޭނާ އަކީ އެވަގުތު އެންމެ އުފާވެފައި ހުރި މީހާހެންނެވެ.

-ނިމުނީ-

މިއީ އަޅުގަނޑު މިވާހަކަ ގެންދަން ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް ދިމާވި ކަމެއްގެ ސަބަބުން އަޅުގަނޑު މިވާހަކަ ކުރިއަށް ނުގެންދެވުނީއެވެ. އެހެން ކަމުން މިވާހަކަ މިހާ ހިސާބުން މި ނިންމާލީއެވެ. އަދި މިއަށް ވުރެ ރަނގަޅު ވާހަކަ އެއް ލިޔެފައި ކިޔުންތެރިންނާއި ހަމައަށް ގެނެސް ދޭނަމެވެ. ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. އަދި މިވާހަކަ ކަމު ދިޔަކަމަށްވެސް އުންމީދުކުރަމެވެ. ނިންމުން ވެސް ކަމުދާނެ ކަމަށް އުނމީދު ކުރަމެވެ.

 

-ވާހަކައިގެ ލިޔުންތެރިޔާ-

 

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

މިހިތައް ހައްޤުލޯބި ދޭށޭ…. ޓްރެއިލާރ

Next

އިމްތިޙާން 57

Next
February 12, 2021

އިމްތިޙާން 57

Previews
February 11, 2021

މިހިތައް ހައްޤުލޯބި ދޭށޭ…. ޓްރެއިލާރ

One Comment

  1. redlailacrose says:
    February 13, 2021 at 2:26 pm

    Nice.??i appreciate this work ?? it is pretty good for a beginner??.insha Allah ur next work would be better.??? love ur stry.??? Stay safe

Comments are closed.


All Right Reserved!