Skip to content
އެސްފިޔަ

އެއްވެސް ކުއްޖަކު ބާކީ ނުކުރަމާ!!

މަރިއަމް އަކީ އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ. މަރިއަމް ހިނގާއިރުގައި ޖެހޭ ކޮރަކީ މަރިއަމް އެންމެ ކުޑައިރުއްސުރެއް ހިނގާއިރުގައި ހުންނަ އައިބެކެވެ. މިކަމުގެ ސަބަބުން ސްކޫލުގައި މަރިއަމް އާއި ދިމާކޮށް މަލާމާތތައް ރައްދު ވެއެވެ. އަދި މިކަމާ މަރިއަމް ދެރަވެ، ހިތްދަތި ވެއެވެ.

އާދުވަހެކެވެ. މަރިއަމް އާދައިގެ ހިނގުމެއްގައި ކުލާސްރޫމަށް މިސްރާބުޖެހިއެވެ. މިތަން ލޮލުގައި އަޅައިގަތީ، މަރިއަމް އާއި އެއްކުލާހެއްގައި ކިޔަވާ އައިޝާ އަށެވެ. “އަނހަ.. މިއޮއް ދަނީ އެއްކަލަ ކޮރު މަރީ.. ހަހަހަ” އައިޗާ މަރިއަމް ހިނގާ ގޮތައް ހަރަކާތް ކުރަމުން ދިމާކޮށްލިއެވެ. ވީ ދެރައިން މަރިއަމް އަށް އިސްޖަހާލެވުނެވެ. އެދުވަހުގެ މޫޑުވެސް ކެޓިއެވެ. އެހެވެ މުޅި ދުވަހު މަރިއަމް ހުރީ ބަސްމަދު ވެފައެވެ.

ޖެހިގެން އައި ދުވަހެވެ. ކުލާހުގެ ހުރިހާ ކުދިން ހަމަ ވެއްޖެއެވެ. ދެގަޑި ދޭތެރެއިން ލިބުނު ވަގުތެއްގައި އެއްކަލަ އައިޝާ ތެދުވެއްޖެއެވެ. އަދި މަރިއަމް އާއި ދިމާކޮށް މަރިއަމް ދެރަކުރަން އެތަކެއް އެއްޗެއް ކިއެވެ. މިތަން ބަލަން ކުލާހުގެ މުދައްރިސް އިންކަމެއް އައިޝާ ނުދެނަހުއްޓެވެ.

މުދައްރިސް ކުލާހަށް ވަނުމުން އައިޝާ ކަމެއްވީކަމަށްވެސް ހަދައި ނުލައި އައިޝާގެ މޭޒުކައިރީގައި އިށީންނެވެ. މުދައްރިސް ވަދެ، އާދައިގެ މަތިން ފޮތްތައް މޭޒުމަތީގައި ބަހައްޓައިފައި، ބޯޑު ކައިރީގައި މަޑުކޮށްލޮއެވެ. ސަލާމުން ފަށާފައި ދުވަހުގެ ފިލާވަޅާއިގެން ކުރިއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް ބޯޑުގައި ސުރުޚީ ޮޑު އަކުރުން ލިޔެލިއެވެ. “އެއްވެސް ކުއްޖަކު ބާކީ ނުކުރަމާ!!” އަދި އެމަޟޫ އާއި ބެހޭގޮތުން އެތައް މައުލޫމާތަކާއި ވާހަކަ އެއްވެސް މުދައްރިސް ކިޔައިދިނެވެ.

އައިޝާ އަށް ވިސްނެނީ އޭނާ މަރިއަމް އާއި ކޮށްފައި ހުރި މަލާމާތާއި ފުރައްސާރަ ދޭތެރޭ އެވެ. މިކަމާ އައިޝާ ވަރަށް ދެރަވިއެވެ. އަދި މަރިއަމް ގާތުން މައާފައް އެދުނެވެ. މަރިއަމް އުފަލާއެކީ މައާފުކޮށްދިނެވެ!

– ނިމުނީ –

Comments (1)

  1. zahuu

    Wow bullying people will one day know what are they doing and the day they will cry ??

Comments are closed.